Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

ދެގަޑި ތިރީސް 6

Ushaali Level 810 Stories100 Comments100 Stories500 Comments
August 12, 2017 8 Mins Read
14 Comments

“އެހެންތަ! އެހެންވިއްޔާ އަހަރެން އިންނަން ބޭނުމީ އަހަރެންގެ އާ މަމް އާ…. މައި ހޮޓް މަމް…. ހީން…. ރަޔާހީން ދެކެ އަހަރެން ލޯބިވަނީ. އަހަރެންނަށް ހީން ލިބުނުނަމަ އަހަރެންގެ ކަރުދަށުން ކަންފަތް ދަށުން މިކަހަލަ ނިޝާންތަކެއް ނުފެންނާނެ” މާކިލް ރަޔާހީންގެ އަތުގައި ހިފާ ދަމައިގަތުމާއެކު ރަޔާހީން ލުއި ފަތެއްހެން ގޮސް ތަތްލީ މާކިލްގެ މޭމަތީގައެވެ. ކިތަންމެ ގަޓުވެފައި ހުއްޓަސް ރަޔާހީންގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ރަޔާހީން ހިތް އެދެން ފެށީ އޭނާގެ އެހީތެރިޔާ އަވަހަށް އެތަނަށް ފާޅުވުމަށެވެ.

 

“ކިހިނެއްވީ މަމް. ކޮބާ އެ އަނގަ” މާލާމާތުގެ ހިނިގަނޑަކާއި އެކު މާކިލް ބުނި އަޑު އިވުނެވެ. ރަޔާހީން ދެލޯ މަރާލިއެވެ.

“އަނހާ ނޯޓީބޯއީ…. ސަން ހަޑިކަމެއް އެނގޭ… ދެން އެކަހަލަ ވާހަކަ ނުދައްކައްޗެ… އެނގެއެއްނު މަމް ގެ އަތުގައި ހިިފާ ތިހެން ކަންތައް ކުރުމުން ވާނެ ގޮތް” ރަޔާހީން ކުރިން ވާހަކަދެއްކި ރާގުގައި މާކިލްގެ އަތުން ވީއްލިގަނެގެން ތަންކޮޅެއް ދުރުގައި ހުއްޓިލަމުން ބުންޏެވެ. އޭނާ ހުރީ އެކޮޓަރިން ނިކުންނަން ބޭނުންވެފައެވެ. މާކިލް އޭނާ އަށް ކަމެއް ކޮށްފާނެތީ ބިރު ގަންނަނީއެވެ.

“އެހެންތަ މަމް…. މިފަހަރު މަމް އަށް މި ރޫމުން ނިކުމެވޭނީ މަމްގެ ދަރިފުޅަށް ހަދިޔާއެއް ދީފައި….” މާކިލް ރަޔާހީނާއި ގާތަށް ފިޔަވަޅު އަޅަން ފެށުމުން ބޭއިޚްތިޔާރުގައި ރަޔާހީނަށް ވެސް ފަހަތަށް ފިޔަވަޅު އެޅެން ފެށިއެވެ.

“ހަނދާންނެތުނީތަ އެއްކަލަ ރޭ. މިއަދު ވެސް އެކަހަލަ ބޮނޑިއެއް ބޭނުންވީތަ. ނޭނގޭތަ މަމް މީ އާދައިގެ އިންސާނެއް ނޫން އެނގޭ… ކުރިން މިބުނަނީ. ކައިރިއަށް ނައިސް ތިހުރި ތަނުގައި ހުއްޓޭ….. އެހެންނޫނީ…..”

“އެހެންނޫނީ….މަމް ކީއްކުރާނީ…. ހެހެހެ… މަމް ޅަ ވީމަ ދޯ އުމުރުން ފަންސަވީސް އަހަރުވެފައި ހުރި މީހަކަށް ޖިންނި ވާހަކަ ކިޔާދެނީތި. ހެހެހެ…” ކުއްލިއަކަށް މާކިލް ގޮސް ދުރުގައި ހުރި ރަޔާހީން އުރާލިއެވެ. އަދި އެންމެ މިނެއްޓެއް ވެސް ލަސްނުކޮށް އެނދުމައްޗަށް ވައްޓާލިއެވެ. ރަޔާހީން ބިރުން ރޫރުއަޅަން ފެށިއެވެ. ހުސް ބޮކްސާ ކޮޅުގައި ހުރި މާކިލް ނުލަފާ ފާޑަކަށް ހެމުން ގޮސް ކޮޓަރީ ދޮރު ތަޅުލިއެވެ.

ރަޔާހީން ބިރުން އެނދުގައި އިނދެ ފަހަތަށް ޖެހެން ފެށިއެވެ. އޭނާގެ ހިތުން މީހަކަށް އެދި ގޮވަނީއެވެ. ސަލާމަތަށެވެ. އޭނާގެ ހަށިގަނޑަކީ މީހެއްގެ އަމާނާތެކެވެ. މާކިލް އައިސް ރަޔާހީންގެ ދެފައިގާ ހިފާ އޭނާ އާއި ކައިރިއަށް ދަމާލިއެވެ. އަދި އެދޮން ތުނި ފައިތިލައިގާ އޭނާގެ ތުންފަތުން ބޮސްދޭން ފެށިއެވެ. ކުއްލިއަކަށް ރަޔާހީން ސަލާމަތުން އޮތް ފައިން މާކިލްގެ ބޮލުގައި ބާރަކަށް ޖެހިއެވެ. އެވަގުތު މާކިލް ބުރައިގެން ގޮސް ޖެހުނީ ކޮޓަރީ ދޮރު ބުޑުގައެވެ.

ރަޔާހީން ބިރުގަތެވެ. އެއީ އޭނާ ގަސްދުގައި ކުރި ކަމެއް ނޫނެވެ. ދޮރު ބުޑުގައި ހުރަހަށް ގުޅައަކަށް ޖެހިފައި އޮތް މާކިލް އޮތީ ސީދާ ނުވެވިފައެވެ. އޭނާ ރަޔާހީނަށް ބަލާލީ ރުޅިވެރި ލޮލަކުންނެވެ.

ރަޔާހީން ހަމަޖެހިލާފައި އެނދުން ތެދުވިއެވެ. އަދި ދެއަތް ދެއަތާއި ފޮޅާލުމަށްފަހު މާކިލް ކައިރިއަށް ގޮސް ހުއްޓުނެވެ.

“ކޮބާ މަމް ބުނީމެއްނު…ދެން ތެދުވޭ… ދެން އެކަހަލަ ކަންތަކަށް ވިސްނައިގެން އުޅެއްޗެ… އާދޭ ސައިބޯން ފެންވަރައިގެން. މިހާރު އެނގިޖެއްނު މާކިލް ބޭނުން ގޮތެއް ރަޔާހީނަށް ނުހެދޭނެކަން ދޯ”  ރަޔާހީން އަށް ބަލަން ބަލިވެފައި އޮތް މާކިލް ވެސް ރައްދުގައި އެއްޗެއް ބުނެވޭތޯ އަނގަ ތަޅުވަން ފެށިއެވެ.

“ކޮންމެ ފަހަރަކު ރަޔާހީނަކަށް ކުރިއެރުމެއް ނުލިބޭނެ ދޯ… އެއްދުވަހަކުން އަހަރެން ތިހަށިގަނޑު ނޮޅާ ކާނަން. އެހާތަނަށް އުފާ ކުރޭ…. އަދި ބުނެފިއެއްނުން މަމް އޭ… ” އެހާލުގައި އޮތް އިރު ވެސް މާކިލް އޮތީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ. މާކިލް އަށް ދެލޯ އަޅާލުމަށްފަހު ރަޔާހީން އެކޮޓަރިން ނިކުންނަމުން އެއްފަރާތަކަށް ބަލާލާފައި ހިނިތުންވެލިއެވެ. ހީވަނީ ކައިރީގައި ހުރި ނުފެންނަ ފަރާތަކަށް އޭނާ ޝުކުރުއަދާކުރަނީ ހެންނެވެ.

 

ހަފްތާއެއްވީއިރު ވިކްޔަންގެ ހުން ވިހެލާ އޭނާ ގެ ތަބީޢަތަށް ލުޔެއް ލިބިފައިވެއެވެ. މައިސަރާ އަށް އޭނާގެ ދަރިފުޅަށް ބަދަލުތަކެއް އައިސްގެން އުޅެނީ ކޮންއިރަކު ކޮންކަމަކާއި ގުޅިގެން ކަން ވިސްނާލުމުން އެނގިގެން ދިޔައެވެ. ވިކްޔަންގެ ހާލަތަށް ރަނގަޅު ބަދަލެއް އަންނަން ދެން އޭނާ ނުބުނެ ލަސްކުރިޔަސް މިހާރު އޭނާ އެދަނީ ވިކްޔަން އާއި ސުވާލު ކުރާށެވެ. ވިކްޔަން އަކީ މިހާތަނަށް ވެސް އޭނާގެ ހުރިހާ ސިއްރުތަކެއް މަންމަ އަށް ކިޔާދީފައިވާ މަޑުމައިތިރި ދަރިއެކެވެ. އޭނާގެ ހަޔާތަށް އަންހެންކުއްޖަކު އައި ވާހަކަ އާއި އެކުއްޖާގެ ނަން ވެސް ބުންޏެވެ. އޭނާ މިހާރު އެކުއްޖާގެ ނަން ހަނދާން ނެތްއިރު އެކުއްޖާގެ ވާހަކަ ވެސް ނުދައްކާތާ ދުވަސްތަކެއް ފާއިތު ވެއްޖެއެވެ. އޭނާގެ ދަރިފުޅުގެ ބައްޔާއި އަންހެންކުއްޖަކާއި ގުޅުމެއް ވެޔޭ ހިތް ބުނަނީއެވެ. އަދި މިހާރު ވަކިން ބޮޑަށް ކަމަކަށް ޝައްކު ވަނީއެވެ.

އޭނާ ވިކްޔަންގެ ކޮޓަރީ ދޮރުހުޅުވާލިއިރު އެނދުގައި އިން ވިކްޔަން ފޯނު ކުރުކޮށްލަނީއެވެ. މައިސަރާ ފެނުމާއެކު ވިކްޔަން ހީލިއެވެ.

“ދަރިފުޅާ! ހެނދުނު ވެސް ސައި ރަނގަޅަކަށް ނުބޮމެއްނު. މެންދުރު ވާނެ ރަނގަޅަށް ކާން. ބަލާލަބަލަ މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ދަރިފުޅުގެ ހަށިގަނޑު ދެމިލި ވަރު” ވިކްޔަންގެ ހަށިގަނޑަށް އިޝާރާތް ކޮށްލަމުން މައިސަރާ ބުންޏެވެ. އޭނާ ބެލީ ވީހާ ވެސް ދުރުން ވާހަކަދެއްކޭތޯއެވެ.

“ކާން ބޭނުން މަންމާ. އެކަމު އަނގަ ހިތިވެފައި ހުންނާތީ ނުކެވެނީ…. އެކަމު މަންމަ ދެރަނުވައްޗެ. ކާނަން މެންދުރު” ވިކްޔަން އޭނާގެ މަންމަ ހިތްހަމަޖައްސާ ދިނެވެ.

“މަންމާ ހަވީރު އެބޮތް ދަތުރެއް. އަޅުގަނޑު މިއަދު ނިކުންނަން ބޭނުން. މިރޭ ދަންވަރު ގެއަށް އާދެވޭވަރު ވާނެ. މަންމަ އާއި މާއްކޮ ކައިގެން ތިބެއްޗެ” ވިކްޔަން އޭނާގެ މަންމަ ކައިރިއަށް އައިސް މައިސަރާގެ ކޮނޑުގައި އަތް ބާއްވާލަމުން ބުންޏެވެ. ވިކްޔަން އަކީ ޕައިލެޓަކަށް ވުމުން އޭނާ އެގޮތަށް ދަތުރަކަށް ދަންޏާ އެއީ އަބަދުގެވެސް އާދައެވެ. މަންމަ އާއި ހުރި ހަމައެކަނި ކޮއްކޮ އަކީ އޭނާގެ ހުރިހާ ވެސް ހިތްވަރެވެ.

“މަންމަ ހީކުރީ އަދި ދެތިން ދުވަސް މަޑުކޮށްލާފައި ކަމަށް ދަރިފުޅު ޖޮބަށް ނިކުންނާނީ” މައިސަރާ މަސައްކަތްކުރީ އޭނާ ވާހަކަގެންދަން ބޭނުންވާ ހިސާބަށް ދިޔުމަށް މަގު ކޮށާށެވެ.

“ހަގީގަތަށް ބުނަންޏާ ބޭނުމީ ވީހާ ވެސް ގިނަވަގުތު ވަޒީފާއިގާ ހޭދަކުރަން. ގޭގައި މިހެން އޮންނަން ވެއްޖިއްޔާ އަޅުގަނޑުގެ ދުވަސް ގޮސްދާނެ މަންމާ. ވިސްނަން ބޭނުންނުވާ ކިތަންމެ ކަމެއް ބޮލަށް އުނދަގުކުރޭ” ވިކްޔަން ބުންޏެވެ.

“އާނ… އަދި މަންމަ ހަނދާންނެތިފައޭ މިހުރީ. މިރެއިން ފެށިގެން ކޮންމެރެޔަކު މާއްކޮ އަށް ކިޔަވާދިނުމަށް ހީން އަންނާނެ އެނގޭ ދަރިފުޅާ. މާއްކޮ އެއްގޮތަކަށް ވެސް މާކް ގެންނާކަށް އެއްބަހެއް ނުވި” މައިސަރާ ވިކްޔަންގެ އަތުގައި ފިރުމާލަމުން ބުންޏެވެ. ވިކްޔަންގެ މޫނު މައްޗަށް އައި ބަދަލު ކިތަންމެހާ ވެސް ރީއްޗަކަށް މައިސަރާ އަށް ފެނުނެވެ. ހީންގެ ނަން އިވުމުން ވިކްޔަން އަށް މިވަނީ ކީއްހެއްޔެވެ؟ ހީން އާއި ވިކްޔަން އާއި ދެމެދުގައި އޮތީ ކޮންކަހަލަ ގުޅުމެއް ހެއްޔޭ މައިސަރާ ހިތަށް އަރަމުން ދިޔައެވެ.

“ނޫން. އޭނަ ގެންނާނެ ކަމެއް ނެތް. މާއްކޮ އަށް ހުރިހާ ކަމެއްގައި ވެސް އެހީ ވާނީ އަޅުގަނޑު. ކުރިއަށް އޮތް ތަނުގައި ވެސް” ވަގުތުން ވިކްޔަން ދެކޮޅު ހެދިއެވެ.

“ދަރިފުޅު ކީއްވެތަ ހީން ދެކެ ތިހާ ރުޅި އަންނަނީ. ދަރިފުޅު މިހާރު ވީ އޭނާ އާއި ގާތްވާކަށް ނޫންތަ. ހީން މިހާރު އެހުރީ ދަރިފުޅުގެ ބޮޑުބޭބެއެއް ފަދަ މީހެއްގެ އަންބަކަށް ވެގެން މި އާއިލާ އަށް އައިސް. މަންމަ އަށް ފާހަގަކުރެވޭ ދަރިފުޅާއި މާކް ވެސް އެމަންޖެ ދެކެ ވަރަށް ރުޅި އަންނަ ކަން. ކޮބާތަ މައްސަލައަކީ. އެއީ ވަރަށް ރަނގަޅު ހިތްހެޔޮ ކުއްޖެއް” މައިސަރާގެ ވާހަކަތައް އެހާ ހިސާބަށް ދިޔުމުން ވިކްޔަން އަށް އިންތަނުން ތެދުވެވުނެވެ. އޭނާގެ މަންމަ ދައްކަމުން އެދަނީ އޭނާ އަޑުއަހަން ބޭނުންވާ ވާހަކަތަކެއް ނޫނެވެ.

“މަންމާ ހެޔޮނުވާނެ ހުއްޓާލާ… މަންމަ ތިއުޅެނީ އަޅުގަނޑު އަނެއްކާ ބަލިކޮށްލަންތަ. ބޮލުގަ އެބަ ރިއްސާ. ނެތްތަ ބޭސްގުޅައެއް” ވިކްޔަން މޮޔައެއްހެން ބޮލުގައި އަތްއަޅާ ކޮޓަރީގައި ހުރި އަލަމާރީގެ ކަބަޑުތައް ހުޅުވަން ފެށިއެވެ.

“ދަރިފުޅާ ވިކީ… މަންމަ އަށް މިދެއްކުނީ ހަމަ އެހާ ދަރިފުޅު ހިތްހަމަނުޖެހޭ ވާހަކަތަކެއްތަ؟ ދަރިފުޅު ބުނެބަލަ. މަންމަ މިދެއްކީ ތެދު ވާހަކައެއް ނޫންތަ. ހީން އަކީ ރަނގަޅު ކުއްޖެއް ނޫންތަ؟ މައިސަރާ ބޭނުންވަނީ އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. ދެވަނަ ފަހަރަށް ދަރިފުޅު ބަލިކޮށްލަން ޖެހުނަސް އެސުވާލުތަކުގެ ޖަވާބު މިރޭ އޭނާ ބޭނުމެވެ. އެސުވާލު ތަކުގެ ޖަވާބު ދެވޭނެ ހަމައެކަނި އިންސާނަކީ ހަމައެކަނި ވިކްޔަން އެވެ.

“އާނ މަންމާ އެއީ ބޮޑު ކެހިވެރިއެއް. މަކަރުވެރިއެއް. ދޮގުވެރިއެއް. މަންމަ އަށް ތިއުޅެނީ އޭނާގެ ހިތްހެޔޮކަން ފެނިގެނެއްނު. އަޅުގަނޑަށް ވަނީ އެރީތި ސޫރައިގެ ނިވަލުގައިވާ މަކަރުވެރިކަމާއި ކެހިވެރިކަން ފެނިފައި. އަޅުގނޑު ބޭނުމެއްނޫން އޭނަގެ ވާހަކަދައްކާކަށް” ވިކްޔަން ނުރުހުންވެފައި އެނދުގައި އިށީނެވެ. މައިސަރާ އަށް ކުރެވުނު ޝައްކު ގާތްގަނޑަކަށް ޔަގީނަށް ބަދަލުވުމުން އޭނާ ބޭނުންވީ އޭނާގެ ހިތުގައި އުފެދުނު ޝައްކު އެއްކޮށް ފިލުވާށެވެ.

“ދަރިފުޅު ކީކޭ ތިކިޔަނީ. ދަރިފުޅު ކުރިން ވެސް ހީން ދަންނަންތަ؟ އެއީތަ އަނެއްކާ އެކުއްޖަކީ. އެކަމަކު އެ ނަމެއް ނޫން ބުނީކީ. ކީކޭތަ ބުނީ…. އަމްމްމ…..” ވިކްޔަން ކައިރީގައި އިށީންނަމުން މައިސަރާ ވާހަކަދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ.

“އަޅުގަނޑު ބުނީ ރާޔަން އޭ… އެއީ އެންމެން އޭނަ އަށް ހީން ކިޔާތީ އަޅުގަނޑު ތަފާތު ނަމެއް ކިޔަން ބޭނުންވީ… އާނ މަންމާ ރަޔާހީނަކީ އަޅުގަނޑުގެ ލޯބިވެރިޔާ. އޭނާ އަޅުގަނޑާއި އެކު ނުލާހިކު ލޯބިން އުޅެފައި ނޭނގޭ ކުއްލިއަކަށް ބަދަލުވީ ކީއްވެ ކަމެއް؟ ނޭނގެ އޭނާގެ ހަޔާތުގެ ބައިވެރިޔަކަށް ދޮންބެ އިޚްތިޔާރުކުރީ ކީއްވެ ކަމެއް. އޭނާ އަށް ވުރެ ދޮންބެ އެތައް ތަނެއް ޢުމުރުން ބޮޑުއިރު ވެސް…..” ވިކްޔަން ވާހަކަދެއްކުން ހުއްޓާލީ އޭނާ އަށް ރޮވިދާނެތީއެވެ. ރަޔާހީން އޭނާ އަށް ބޭވަފާތެރިވިޔަސް އެލޯތްބަށްޓަކައި ވިކްޔަން އިންތިޒާރު ކުރިއެވެ. ނަމަވެސް އޭނާގެ ހިތަށް ދެވަނަ ފަހަރަށް ރަޔާހީން ހަންޖަރެއް ހަރާލީ އޭނާގެ ބޮޑުބޭބެއާއި އިނދެގެން އެގެއަށް އައުމަށްފަހުގައެވެ. އޭގެ ފަހުން އޭނާގެ ހިތުގައި ވަނީ ރަޔާހިނާއި މެދު ފޫހިކަމެއް އުފެދިފައެވެ.

“ޔާރައްބީ….ދަރިފުޅާ ތީ ހަމަ ތެދެއްތަ؟ މަންމަ ހިތަކަށް ވެސް ނާރާ…..” ވިކްޔަންގެ ބުރަކަށީގައި ފިރުމާލަމުން މައިސަރާ ބުންޏެވެ. އެވަގުތު ވިކްޔަންގެ ކަރުނުން ފުރިފައިވި ދެލޯ އޭނާގެ މަންމަ އާއި އަމާޒުކޮށްލިއެވެ. އޭނާގެ ދަރިފުޅަށް މިއައި ކުއްލި ބަލިތަކުގެ އަސްލަކީ މަކަރުވެރި ރަޔާހީން ކަން އެނގުނު ހިނދު މައިސަރާގެ ހިތުގައި ރަޔާހީނާއި މެދު ނަފްރަތުގެ އޮއިވަރެއް ހިނގާލިއެވެ.

“ދަރިފުޅު އެކަމާއި ކަންބޮޑުނުވޭ. ދަރިފުޅަށް ތިގެއްލުނީ ދަރިފުޅު ދެކެ ހަގީގީ ލޯބިވާ ފަރާތެއް ނޫން. އެކަމަކު އޭނާ އަށް ގެއްލިގެން އެދިިޔައީ އޭނާ ދެކެ ހިތާއި ފުރާނައިން ލޯބިވި ފަރާތެއް. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް” މައިސަރާގެ ވާހަކަތަކުން ވިކްޔަންގެ ހިތަށް އިތުރަށް އުނދަގުވިއެވެ. މަންމަގެ ކޮނޑުގައި ބޯއަޅާލީ މިވަގުތު އޭނާ ބޭނުމީ މަންމަގެ އެހީ އޭ ބުނާ ފަދައަކުންނެވެ.

“މަންމަ މިއަދު ދައްތަ އަށް ހުރިހާ އެއްޗެއް ކިޔާ ދޭނަން. ރަޔާހީނަށް ލާހިކެއް  ނޫން މިއާއިލާ އާއި ކުޅޭކަށް. ދަރިފުޅާއި މެދު އަމަލުތައް ބެހެއްޓި އުސޫލުން އޭނާ އިރުފާން ކޮއްކޮ އާއި މެދު ވެސް ކަންތައް ކުރާނީ” މައިސަރާ އިނީ އިވުނު ހަބަރަކުން ނުރުހިފައެވެ. އޭނާ ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިޔަސް އޭނާގެ ހިތް ދެން ރަޔާހީނަކަށް ހެވެއް ނުވާނެއެވެ. އެހެނީ ރަޔާހީން ވަނީ އޭނާގެ މޭގެ އެތިކޮޅާއި ކުޅެލާފައެވެ. ރަޔާހީނަށް މާފު ހައްގެއް ނޫނެވެ.

“ނޫން މަންމާ… އެކަކު ކައިރީގަ ވެސް މިވާހަކަތައް ނުދައްކާތި. އަޅުގަނޑު ބޭނުމެއްނޫން އެވާހަކަ މިކޮޓަރީ ހަތަރުފާރުން ބޭރުވާކަށް. އެހެންނޫނަސް ހީން ބަދުނާމުވާން އަޅުގަނޑު ނޭދެން” ވިކްޔަން އޭނާގެ މަންމަ އަތުގައި ހިފާ ތަޅުވާލަމުން ބުންޏެވެ. މައިސަރާ އެގޮތާއި ގަބޫލުވިއެވެ. ރަޔާހީން އޭނާގެ ދަރިފުޅު ހިތް ފުނޑުފުނޑު ކޮށްލާފައި ވިޔަސް އެދަރިފުޅު ހިތުގައި އަދިވެސް ލޯބިވާކަން މިއަދު މައިސަރާ އަށް އެނގިއްޖެއެވެ. އެހެނީ މީހަކު ދެކެ ހަގީގީ ލޯބި ވެއްވިއްޖެނަމަ އެހާ ފަސޭހައިން އެމީހަކަށް ނަފްރަތު ކުރުމަކީ ވުމަށް ވުރެ ނުވުން ގާތް ކަމެކެވެ.

 

މެންދުރުގެ އެންމެ ގަދަ ހޫނުގައި ބޭރުގޯތީގައި ހުރި ބޮޑު ޖަނބުރޯލު ގަސްދޮށުގައި އެލުވާފައި ހުރި ޖޯއްޔެއްގައި އިރުފާން އޮތީ ވިސްނުމެއްގައެވެ. މިހާރަކަށް އައިސް އެއީ އަބަދުގެ ވެސް ހާލެވެ. އެކަނި ވެއްޖިއްޔާ އޭނާގެ ސިކުނޑި އަބަދުވެސް އެދި ގޮވަނީ އޭނާގެ މާޒީ މަތިން ހަނދުމާކުރާށެވެ.

ގަހުގައި އަޅާފައިވާ ހުދާއި ރަތްކުލައިގެ ޖަނބުރޯލުތަކަށް ބަލަހައްޓައިގެން އިރުފާން އޮތް އިރު ގޭ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް އިރުފާން ސިހުނީ ގަހުގެ ތެރެއިން އޭނާ އަށް ކުޑަކުޑަ މައުސޫމް ދެކުދިންގެ މޫނު ފެނުނުހެން ހީވުމުންނެވެ. ފުރަތަމަ ފަހަރަށް އޭނާ ބިރުނުގަތީ ވަގުތަކީ ދުވާލުގެ ވަގުތަށް ވުމުންނެވެ.

ޗޮކެއް ކަނޑާލުމަށްފަހު އޭނާ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ. ‘ދެގަޑި ތިރީސް’ ވެފައި ހުއްޓާ ފެނުމާއެކު އިރުފާންގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދުނެވެ. ދަންވަރަކަސް ދުވާލަކަސް ދެގަޑި ތިރީސް ވެފައި ހުއްޓާ ގަޑިއަކުން ފެނިއްޖެނަމަ އޭނާ ބިރުގަނެއެވެ. އަދި އޭނާ ނޭނގި ގަޑިއަށް ބަލާލިޔަސް އަބަދުވެސް އެގަޑިއަކުން ހުންނަނީ ދެގަޑި ތިރީސް ވެފައެވެ.

އިރުފާން ރުޅިއައިއްސާ އޭނާގެ އަތުކުރީގައި އޮތް ގަޑި އެއްލާލިއެވެ. ޖަނބުރޯލު ގަހަށް ނުބަލަން މިފަހަރު އޭނާ ދެލޯ މަރާލިއެވެ. ނަމަވެސް އެތަނުންދާ ކަހަލަ ޚިޔާލެއް އޭނާ ނުގެންގުޅޭއެވެ. މީހަކު އޭނާގެ އަތުގައި ބީހޭ ކަހަލަ އިހުސާސެއް ކުރެވުމާއެކު ހަމަ އެސިކުންތުގައި އޭނާ ދެލޯ ހުޅުވާލިއެވެ.

އޭނާ އަށް ފެނުނު މަންޒަރަކުން މީހާ އެއްކޮށް ގަނޑުވި ކަހަލައެވެ. އޭނާ ކުރިން ގަޑި އަޅާފައި ހުރި ތަނުގައި އަނެއްކާ އެވަނީ ގަޑި އަޅުވާފައެވެ. ނަމަވެސް އޭނާ އެއްލާލި ގަޑިއެއް ނޫނެވެ. މިހާރު އޭނާގެ އަތުގައި އެވާ ގަޑިއަކީ މާޒީގެ ތެރޭން ދުވަހަކު އޭނާގެ ހަޔާތާއި ގުޅުނު އަންހެންކުއްޖަކު ވަރަށް ލޯބިން ކައިވެންޏަށް އަހަރު ފުރުނު ރެޔަކު އޭނާގެ އަތުގައި އެޅުވި ގަޑިއެކެވެ.

އެގަޑިން ވެސް ދެގަޑި ތިރީސް ވީއެވެ. އިރުފާނަށް ނޭނގި އަޑުގަދަކޮށްލެވުނީ އޭނާގެ ކަންފަތް ބުޑުން އިވުނު އަންހެނެއްގެ ހުނުމުގެ އަޑުންނެވެ. ކުރިން އޭނާ ކައިރިއަށް އަންނަ ކުޑަ ދެކުދިން މިފަހަރު އޭނާ އަށް ފެނުނީ އުނގުގައި އިންދައެވެ. އޭނާ ފުންމައިގެން ޖޯލިން ތެދުވިއެވެ. ދެކުދިންނަށް ވީގޮތެއް ވެސް ނޭނގުނެވެ. އޭނާ ގެއަށް ވަނުމަށް ދުއްވައިގަތް ވަގުތު ޖަނބުރޯލު ގަހުން އެކޮޅުކޮޅުން އޭނާ އާއި ދިމާލަށް ތިރިވީ ތިންމޫނު ފެނިފައި ބިންމަތީގައި ދެފައި ތަތްވި ކަހަލައެވެ. ބިންފަޅާފައި އޭނާ އަޑިއަށް ދާނެ ނަމައޭ ހިތަށް އެރިއެވެ. އޭނމައްޗަށް ބަލާލީ އިރު އެކޮޅުކޮޅުން ތިބި ތިން އަންހެނުންގެ ފައި ވަނީ ޖަނބުރޯލު ގަހުގެ އެންމެ މަތީ ގޮފިގަނޑުގައި އަޅުވާލާފައެވެ.

އިރުފާން އަޑުގަދަ ކުރަން ބޭނުންވިޔަސް މިފަހަރު އޭނާ އަށް އެކަމެއް ނުވިއެވެ. ދެފަރާތުގައި ބޯކޮޅުވަތަށް ކުރިން ވެސް އޭނާ އަށް ފެންނަ ދެކުޑަ ކުދިން ތިބިއިރު މެދުގައި އޮތް ޒުވާން އަންހެންކުއްޖާގެ މޫނުން އޭނާ އަށް ފެނުނީ ހިތާމަވެރިކަމެވެ. އެ އަންހެންކުއްޖާ ދެލޮލުން ކަރުނައިގެ ބަދަލުގައި ލޭފައިބަމުން ދިޔައެވެ. ނަމަވެސް ދެފަރާތުގައި ތިބި ކުޑަ ދެކުދިން ތިބީ އިރުފާނަށް ލޯ އަޅައިގެންނެވެ.

“ކީއްވެ؟ ކީއްވެ އިރޫ؟ ކީއްވެތަ އެގޮތަށް ކަންތައްކުރީ” މެދުގައި ރޮވިފައި އޮތް ޒުވާން އަންހެންކުއްޖާ އަނގަ ހަރަކާތް ނުކުރިޔަސް އެކުއްޖާ ވާހަކަދައްކާ އަޑު އިރުފާނަށް އިވެމުން ދިޔައެވެ.

“ބައްޕާ ފެންފޮދެއް….ބައްޕާ ފެންފޮދެއް……” ރުޅިވެރިކަމާއެކު އިރުފާނަށް ބަލަން އޮތް ދެކުދިން އެއްފަހަރާ ރޯން ފެށިއެވެ. އިރުފާނަށް މިފަހަރުވެސް ގަނެފައި ހުރި ބިރެއްގެ ސަބަބުން ދެކަމު އެއްކޮށް ދެވުނެވެ. އޭނާ އެމީހުން ވަށާލާފައި ގޭގެތެެރެއަށް ވަންނަން މައިދޮރާއި ދިމާލަށް ދުއްވައިގަތެވެ. ނަމަވެސް އޭނާ ފައިގާ ހަމައެހާ އަވަހަށް ބާރުގަދަ ދެއަތަކުން ހިފައިފިއެވެ.

އިރުފާން ހޭރިގަނެފައި ފަހަތަށް އެނބުރުނުއިރު އެދޮރާއި ގާތްގަނޑަކަށް ފަސް ވަރަކަށް ފޫޓް ދުރުގައި ހުރި ޖަނބުރޯލު ގަހުގައި ބޯކޮޅުވަތަށް އެލިގެން ތިބި ތިންމީހުންގެ އަނގަ ހުޅުވިފައި ހުއްޓެވެ. ތިން މީހުންގެ ދޫތައް ދިގުވެގެން އައިސް އިރުފާންގެ ދެފައިގާ އޮޅާލީ އޭނާ ބަލަން ހުއްޓައެވެ.. ދޫތަކުން ފައިބާ ލޭތައް އޭނާގެ ދެފައިތިލާއިގާ ހޭކެމުން ދިޔައެވެ. ގޮތް ހުސްވެފައިވާ އިންސާނެއް ފަދައިން އޭނާ ތެޅެމުން ދިޔައެވެ.

މި މަންޒަރުތަކަކީ ދުވަހަކު ވެސް އޭނާ ހުވަފެނުގައި ވެސް ދެކިފައިވާ ކަންތަކަށް ނުވާތީ އޭނާ ހިތް ދުވަހަކުވެސް ނުތެޅޭހާ ބާރަކަށް ތެޅެމުން ދިޔައެވެ. އޭނާ އަށް އޭނާގެ މަރު ގާތްވެއްޖެ ކަމުގެ އިހުސާސް ކުރެވި ގައިން ބާރު ދޫވާން އުޅޭ ކަހަލަ އިހުސާސެއް ކުރެވެން ފެށިއެވެ.

ކުއްލިއަކަށް އޭނާ ވިއްސައިގެން ގޮސް ޖެހުނީ އެގޭ ބިތްދޮށު ހެދިފައި ހުރި ހިރުނދު ގަސްތަކެއްގެ ބުޑަށެވެ. އެވަގުތު އެތަނުން އެއްވެސް މީހަކު ފެންނަން ނެތް އިރު ކުރިން ފެނުނު ބިރުވެރިކަމެއް ވެސް ފެންނާކަށް ނެތެވެ. އޭނާ ހަށިގަނޑު ފޮޅާލަމުން ތެދުވިއެވެ. ގަޔަށް ދެވިފައި ހުރުމުގެ ސަބަބުން އޭނާ މިސްރާބުޖެހީ ގެއާއި ދިމާލަށް ދިއުމަށެވެ.

ރޮމުން ގިސްލަމުން އޭނާ ކޮރަމުން ދަނިކޮށް އޭނާ ގާތަކުގެ މައްޗަށް ވެއްޓުނީ ކޮންމެސް އެއްޗެއް ފައިގާ އަޅައިގަނެފައެވެ. ގާތަކުގެ މަތީގައި ޖެހި އޭނާގެ ގައިގަ އެތަންމިތަން މެށިގެން އެތަންތަނަށް ނަގަން ފެށި ދިލަ އާއެކު އޭނާ ދެފައި ރޫރު އަޅަން ފެށީ ފައިބުޑުގައި އޮތް މަރުވެފައިވާ އިންސާނެއް ފެނުމުންނެވެ. ހަމަ އެދަނޑިވަޅުގައި އެޭނާގެ ދެފައިގާ ހިފެހެއްޓިކަހަލަ އިހުސާސެއް ކުރެވުމުން ބިރުން ތުރުތުރުއަޅާ ހާލު އޭނާ ބަލާލިއެވެ.

ކުރިން ފެނުނު ކުޑަދެކުދިން އިރުފާންގެ ދެފައިގާ ހިފާ ރޮނީއެވެ. އެކުއްޖަކު ފެނަށް އެދޭއިރު އަނެއްކުއްޖާ ތިހެންނަހަދާށޭ ކިޔަނީއެވެ. އިރުވީނު ބޮލަށް އެނބުރުން އަރަން ފެށީ ހަމަ ކުއްލިއަކަށެވެ. އޭނާ ގާތަކުގެ މައްޗަށް ބިމުން ކަނޑާލި ރުކެއް ވެއްޓޭހެން ވެއްޓުނީ ތިރީގައި މަރުވެފައި އޮތް އިންސާނާ އޭނާގެ ކުރިމަތީގައި ކޮޅަށް ހުއްޓާ ފެނުމުންނެވެ. ކަފުނާ ވެސް އެއްކޮށެވެ.

 

އިރުފާންގެ ދެފަރާތުގައި ތިބި އާސިރު އާއި ފީރޯޒާ ކަންބޮޑުވެފައި ތިބީ އިރުފާން ޒަހަމްތަކަކާއި އެކު އެތަނުގައި ވެއްޓިފައި އޮތް ސަބަބެއް ނޭނގުމުންނެވެ. އޭނާގެ ހަށިގަނޑުގައި ހުރި ޒަަމްތަކުގައި ބޭސްއަޅާފައި ހުރިއިރު ބައެއް ތަންތަނުގައި ރަތްބޭސް ހާކާފައި ހުއްޓެވެ. އިރުފާންގެ ބޯކޮޅުގައި ރަޔާހީން އިނީ އޭނާގެ އިސްތަށިގަނޑުގައި ފިރުމާލަ ފިރުމާލައެވެ. ފާރުގައި ލެގިގެން ހުރި މާކިލް ހުރީ ބައްޕަ އަށް ވީގޮތެއް ނޭނގި ހިތް ބިރުގަނެފައެވެ.

ކޮޓަރިއަށް ވަދެގެން އައި މައިސަރާ އާއި މަހާ ވެސް ކަންބޮޑުވެފައި އައިސް ހުއްޓުނީ ފީރޯޒާ ކައިރީގައެވެ.

“ދަރިފުޅާ ހީން… ދާންވީނުން ކާންހަދަން. މަންމަ އަށް ހީވަނީ އިރުފާން ހޭއަރަން އަދި ކުޑަ އިރުކޮޅެއް ނަގާނެހެން” ކިިޔަމަންތެރި ދަރިއެއް ފަދައިން ރަޔާހީން ކޮޓަރިން ނިކުތެވެ. އެވަގުތު މައިސަރާ ރަޔާހީނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.

ހުރިހާ މީހުން ސިޓިންރޫމަށް ޖަމާވީ އެތަނުގައި ވާހަކަދައްކަނިކޮށް އިރުފާނަށް އުނދަގު ވެދާނެތީއެވެ. އިރުފާނަށް ވީގޮތެއް އޭނާގެ ކައިރިން އޮޅުންފިލުވާ ހިތުން ފީރޯޒާ އާއި އާސިރު އިނީ ކެތްމަދުވެފައެވެ.

“އަސްލު ކިހިނެއްވީ ދައްތާ” މަހާ އުނގުގައި ބައިންދަމުން މައިސަރާ ސުވާލު ކުރިއެވެ.

“ނޭނގެ. މެންދުރު ކާން ބުނީމަ ވަރަށް ކުޑަކޮށް ކައިގެން ނިކުމެ ބޭރު ޖޯލީގަ އޮތީ… ރަޔާހީން އޭނާ އަށް ޖޫސް ހިފައިގެން ދިޔައިރު އެތަނުގައި ނެތް. ދެން ކަމެއްގަ ބޭރަށް ދިޔައީ ކަމަށް ހީކޮށް ތިބީ ގެއަށް އަންނަންދެން. ލަސްވީމަ ފޯނަށް ގުޅާގުޅާ ވެސް ނުދޭ ޖަވާބެއް. އުމުރުން ސާޅީސް އަހަރުވީރު އަދި ނެތް ދުވަހަކު ވެސް އަހަރެން ގުޅައިގެން ފޯނު ނުނަގާފައެއް. އިރުއޮށްސުނު ވަގުތު މާކިލް ނިކުމެ އިރުފާން ހޯދަނިކޮށް ފެނުނީ ބިތްދޮށުފަޅިން ގާތަކުގެ މަތީގައި ވެއްޓިފައި އޮށްވާ…. އަހަރެންގެ ދަރިފުޅު އޮތް ގޮތް ފެނި ކިރިޔާ އަހަރެންގެ ހިތް ނުހުއްޓުނީ….” ފީރޯޒާ އަށް ރޮވުނެވެ. ކައިރީގައި އިން މާކިލް މާމަ ގެނެސް ގަޔާ ކައިރިކޮށްލިއެވެ.

” ރޯޒާ ކީއްވެތަ އެންމެ ނުބައިކޮށް ވިސްނަނީ… ބަލަ އެފަޅިއަށް އޭނަ ކަމެއްގަ ވެސް ގޮސްދާނެ ދޯ…. އަހަރެންގެ ހިތް ބުނަނީ އެހެން” އާސިރު އޭނާ އަށް ހީވާ ގޮތް އެންމެންނަށް އިއްވާލިއެވެ. މައިސަރާ ވެސް އާސިރާއި އެއްބައިވެގެން ބޯޖަހާލިއެވެ.

“އެފަޅީގައި ދެން އޭނަ ކޮންކަމެއް ކުރަން އޮންނާނީ… އޭރުގައި މިގޭގައި އެހާދިސާއެއް ހިނގިފަހުން އެއްވެސް މީހަކު އެފަޅިއަކަށް ނުދޭ…އަމުދުން މިހާރު ދިޔުމުގެ ބޭނުމަކީ ކޮބާ؟… އެންމެ ނުބައި ވައްތަރުގެ ގަސްތައް ހެދިބޮޑުވެފައި އެހުރީ… ހިރުނދާއި ދިއްގާ އާއި މަގޫ ގަސްތައް… މަ ނުބުނަންތަ އާސިރު ކައިރީގަ އެގަސްތައް ކަނޑާށޭ.. ކޮޓަރީގައި ހުރެ ކުޑަދޮރުން އެދިމާލަށް ނޭނގި ބަލާލެވުނަސް އަހަރެންނަށް ހުރި ތަނަށް ދެވޭ ވަރުވޭ… އަނެއްކާ ކަމެއްވީމަ ދޯ އެސޮރަށް ދެކަމު ދެވިފައި އޮންނާނީ…”  މުޅިން ވެސް ފިރޯޒާގެ ޝަކުވާއެވެ. މައިސަރާ ވެސް އަނގަ މަތީގައި އަތް އަޅާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ދުރުގައިވިޔަސް…31 ވަނަ ބައި

Next

ހިތުގެ މިލްކުވެރިޔާ (ފަނަރަ ވަނަ ބައި)

Next
August 12, 2017

ހިތުގެ މިލްކުވެރިޔާ (ފަނަރަ ވަނަ ބައި)

Previews
August 12, 2017

ދުރުގައިވިޔަސް…31 ވަނަ ބައި

14 Comments!

  1. ushaali says:
    August 12, 2017 at 9:15 pm

    assalam alaikum everyone! mi part ves kiyaalaa…. mi part ves huriha kudhinnah kamudhaane kamah heekuran 🙂 🙂 love you ol…

  2. RaMko says:
    August 12, 2017 at 10:01 pm

    mifaharu huree iruveen by irufaan ah name change kuri dhw. story vv salhi..

    1. ushaali says:
      August 12, 2017 at 10:26 pm

      mistakes rangalhu koffin 🙂 thanks buneladhineema

  3. Shii says:
    August 12, 2017 at 10:30 pm

    V salhi.waiting for next part

    1. ushaali says:
      August 12, 2017 at 10:34 pm

      thanks Shii 🙂

  4. Sandy says:
    August 13, 2017 at 12:48 am

    Abadhu gaya dhevifa mi vaahakaiga enmen thibenee. Writer ekan rangalhukohla baa. Vaahaka varah obi.

    1. ushaali says:
      August 13, 2017 at 4:16 pm

      gayah levifa kamah story ga bunefa innaany irufan ge vahaka ekani. eves emme 2 scenega. kamaka inthiha ah birugane goi husvaahen heeveema baeh meehunnah vaagotheh e’ee…. btw thanks for da comment sandy 🙂 🙂 🙂

  5. khajja says:
    August 13, 2017 at 2:08 am

    Ohhh wow masha allah v rythi v furihama ?? ebunaahen irufaan ah abadhuhunnany dhekamu eky gayah dhevifa dhw?? emmen ekakaa hithaavegen ulheythy vaagothekkanneynge stry obiness to the max when nxt prt up soon ingey gud nyt ly???❤❤❤???????

  6. Nana says:
    August 13, 2017 at 8:31 am

    Vaanuvaa neyge aslu liyamuh dhaa iru.

    1. ushaali says:
      August 13, 2017 at 4:18 pm

      olhun araa nama ahaalaa engey Nana…. ekamu vahaka ya visnaigen kiyaanama olheyne thaneh neennaane…. ekamu ves dhn faharakun ahaalache. thanks for da comment 🙂 🙂

  7. warah vaahaka says:
    August 13, 2017 at 9:03 am

    when next part ? cant wait . hama worah habeys

  8. nux says:
    August 13, 2017 at 9:15 am

    wow wow v nice mi partvess hama superb heen keehkuranbaa irufaan aa iny… ……story v obi. keep it up dear??????????

  9. Reader says:
    August 13, 2017 at 12:30 pm

    Aslu v kiyaa hithun kiyaalevey story eh.. Dhn vaanee keehbaa ey hithah araa kiyaalaa iru.. Past ga vee kihineiyy baaey? Waiting for next part ??

  10. ushaali says:
    August 13, 2017 at 4:20 pm

    thanks for da lovely comments huriha kudhin 🙂 🙂 🙂

Comments are closed.

Next Episodeދެގަޑި ތިރީސް 7←


All Right Reserved!