ޒިވާންގެ ކޮޓަރީގެ ބޮޑު އެނދުމަތީގައި އިށީނދެލައިގެން އަރުޝީ އިނީ ޒިވާންގެ އިންތިޒާރުގައެވެ. ބިރުން ގޮސް މީހާ ފިނިވެފައި އިން އިރު ދެއަތް ދެއަތާ މޮޑެވެމުން ދިޔައީ މިރޭ ކުރިމަތިލާންޖެހޭނޭ އިމްތިހާނާ ދޭތޭރޭ ވިސްނަމުންނެވެ.
އިރުކޮޅަކުން ޒިވާން އައިސް ވަންތަން ފެނުމާއެކު އަރުޝީއަށް ފުންމައިގެން ކޮޅަށް ތެދުވެވުނެވެެ. ވަނުމަށްފަހު ކޮޓަރީގެ ދޮރުލައްޕާލައި ތަޅުލުމުން އަރުޝީގެ މެޔަށް ފިނިވެގެން ދިޔައެވެ. އެއަށް ފަހު ޒިވާން މަޑުން މަޑުން އަރުޝީއާއި ދިމާއަށް އަންނަން ފެށުުމުން އަރުޝީ އިސްޖަހާލީ ބިރުގަނެފައި ހުރި ޒިވާން އަށް ނުދެއްކުމަށްޓަކައެވެ. ޒިވާން އައިސް އަރުޝީ ކުރިމައްޗަށް ހުއްޓި އަރުޝީ އިސްޖެހިފައިވާ މޫނަށް ބަލާލިއެވެ. އެވަގުތު ތުންފަތް މައްޗަށް ވެރިވެގެން ދިޔައީ ވިހަ ހިނިތުންވުމެކެވެ.
ޒިވާންގެ ޝަހާދަތް އިނގިލި އަރުޝީ ދަތްދޮޅިދަށައް ލައްވާލުމަށް ފަހު އެމޫނު މައްޗައް އުފުލާލީ މޫނުމަތިގެ ކުލަވަރު ބަދަލުކޮށް އެމޫނުމައްޗަށް އާދައިގެ މައުސޫމް ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. ޒިވާންއާއި ހަތަރުކަޅި ހަމަވުމާއެކު އަރުޝީ މެޔަށް ފިނިވެގެން ދިޔައީ ކުރެވުނު ބިރުވެރި އިހްސާސެއްގެ ސަބަބުންނެވެ. ޒިވާން އާއި ދުރުވެލަން ފަހަތަށް ޖެހުނު ވަގުތު އެނދުގައި ޖެހިފައި ވެއްޓެން ފަހަތަށް އަރިއަޅާލިއެވެ. ނަމަވެސް ޒިވާންގެ ބާރުގަދަ އަތު ތެރޭގައި އަރުޝީ ހައްޔަރުކޮށްލިއެވެ. ނަމަވެސް އެއަތު ތެރޭގައި އަރުޝީ އަށް ލިބެމުން ދިޔައީ އިތުރު ނުތަނަވަސް ކަމެކެވެ. ހިތް ގޮވަމުން ދިޔައީ ޒިވާން އާއި ދުރަށް ދިއުމަށެވެ. އެވަގުތު އާރާވް މަތިން ހަނދާންވެގެން ދިޔައީވެސް ކީއްވެ ކަމެއް ނޭނގުނެވެ. ސިކުނޑިތެރޭގައި އެނބުރެން ފެށީ މިރޭ ޒިވާން ދެއްކި ވާހަކަ ތަކެވެ.
” ޒިވާން ޕްލީޒް.. މިރެއަކު ނޫން” އަރުޝީއަށް ކެތްނުވުމުން ބުނެވުނެވެ. އެހެން ކަމުން ޒިވާން ވެސް އަރުޝީއަށް ދޫދިނެވެ.
” މާފުކުރޭ… އަހަންނަށްވެސް އެނގޭ އަދި ވަގުތު ނަގާނެކަން… ދެން އަހަރެން އަރުޝީ ގައިގަ އަތްލާނީ އަރުޝީ ބޭނުން ވި އިރަކުން… އަރުޝީވެސް ޗޭންޖް ކޮށްލައިގެން ނިދަން އުޅޭ.. އަހަރެން އަންނާނަން ބޭރުތެރޭގަ ހިނގާލާފަ.. އެހެން ނޫނީ ނިންޖެއް ނާންނާނެ…” އަރުޝީ އަށް ވަގުތު ދިނުމަށްފަހު ޒިވާން ކޮޓަރިން ނިކުމެގެން ދިއުމުން އަރުޝީއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެއަށް އަވަސް އަވަހަށް އަލަމާރިން ޓީޝާޓަކާ ހަރުވާޅެއް ނަގައިގެން ފާހަނައަށް ވަދެ ފެންވަރާލައިގެން ނިކުމެ ނިދުމުގެ ކުރިން ނަމާދުކިޮށްލިއެވެ. އަދި މިކައިވެންޏަކީ ކާމިޔާބު ކައިވެންޏަކށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް މާތްﷲގެ ކިބައަށް ވާގި އެދުނެވެ. ނަމާދުކޮށްލުމުން އަރުޝީގެ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެއަށް ފަހު އެނދުގައި އޮށޯވެލާ ދެލޯ މަރާލުމާއެކު ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދިޔައެވެ.
ދެން އަރުޝީއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ހޭލެވުނު އެނދުގެ އަނެއްކޮޅުގައި މޫނުމަތީގައި ބާލީސް އަޅައިގެން ޒިވާން ނިދާފައި އޮތެވެ. ތެދުވެ ފާހަނައަށް ވަދެ ވުޟޫކޮށްގެން ނިކުމެ ޒިވާން ކައިރިއަށް ހުއްޓި ދެތިން ފަހަރަކު ޒިވާން އަށް ގޮވާލިއެވެ. ނަމަވެސް ޒިވާން އަށް ހޭލެވޭ ގޮތެއް ނުވިއެވެ. އަރުޝީ ކޮންމެހެނެއްވެސް ޒިވާން ފަތިސް ނަމާދަށް ހޭލައްވަން އެބަޖެހެއެވެ. އެއީ ކޮންމެހެނެއް ވެސް އަންބެއްގެ ހައިސިއްޔަތުން އަރުޝީއަށް ވާޖިބުވާ ކަމެކެވެ. އަނެއްކާވެސް ގޮވާލަމުން ޒިވާންގެ ކޮނޑުގައި ދެތިންފަހަރަކު ކޮއްޓާލިއެވެ.
” ކިހިނެއްތަ ވީ އަރުޝީ ” ނިދިތެރޭގައި އޮވެ ޒިވާން އަށް ބުނެވުނެވެ.
” ފަތިސް ނަމާދަށް ބަންގި ގޮވައިފި.. ” އަރުޝީއަށް ބުނެވުނީ މިވަރަށެވެ. ދެން ދިޔައީ ހިމޭން ކަމުގެ ވަގުތުކޮޅެކެވެ. ޒިވާން ތެދުވާކަށް ގަސްދެއް ނުކުރިއެވެ.
” ޒިވާން ފަތިސް ނަމާދު…” އަރުޝީއަށް ފުރިހަމައެއް ނުކުރެވުނެވެ.
” ކިހާ ދެރަކެމެއްތަމީ.. އަރުޝީ ނަމާދުކޮށްބަލަ.. ކޮންމެހެން އަހަންނަށް ގޮވާނެ ކަމެއް ނެތް… ” ޒިވާންގެ ބަރުއަޑުން ހަޅޭއްލަވާ ގަތުމާއެކު ސިހިފައި އަރުޝީއަށް ފަހަތަށް ޖެހިލެވުނެވެ. އަރުޝީއަށް މިފެނުނީ ދުވަަހަކުވެސް ޒިވާންގެ ކިބައިން ނުފެންނަ ސިފައެކެވެ. އެހެންޏާ މަޑުމައިތިރި ކަމާއެކު އެންމެންނާ ވާހަކަދައްކާ ހަދާ ޒިވާން މިއަދު އަރުޝީއަށް އަޑުލައި ހެދީ ކީއްވެ ހެއްޔެވެ. ނޫނީ ޒިވާންއަށް އެހެން ބުނެވުނީ ނިދީތެރޭގައި ހެއްޔެވެ. އެހެން ނޫނީ ރޭގައި އަރުޝީ އެގޮތަށް ކަންތައް ކުރުމުން އެކަމާ ހިތްހަަމަ ނެޖެހުނީ ހެއްޔެވެ. ކޮންމެ ގޮތެއް ވިޔަސް އިތުރަށް ޒިވާން އަށް ގޮވާކަށް ނުކެރުނެވެ. ދެފަރާތަކަށް ބޯހޫރާލުމަށްފަހު މުސައްލަ އަޅައިގެން ނަމާދުކުރަން ފެށިއެވެ.
ފަތިސް ނަމާދުކޮށްގެން ޒިކުރު ކިޔާ ނިންމާލިއިރުވެސް ޒިވާން އެއޮތް ގޮތަށް ނިދާފައި އޮތެވެ. އަނެއްކާވެސް ޒިވާން އަށް ގޮވާލަން ހިތަށް އަރާފައިވެސް ފަސްޖެހެވުނީ މީގެ ކުޑައިރުކޮޅެއް ކުރިން ޒިވާން ކަންތައް ކުރިގޮތް މަތިން ހިތަށް އަރާފައެވެ. އެހެން ކަމުން އިތުރަށް އެތާ މަޑުނުކޮށް މަރިޔަމް އޮތް ކޮޓަރިއަށް ދިޔައީ މަރިޔަމްގެ ހާލެއް ބަލާލުމަށްޓަކައެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ ފަސްފޫޓުގެ އެނދުގެ ބޮޑުބައިގާ ނިދާފައި އޮތް މައިރާއެވެ. މައިރާ ކައިރީގައި އޮތް މަރިޔަމް އޮތީ ފުން ނިންޖެއްގައެވެ. އަރުޝީ ވަރަށް ފުން ނަޒަރަކުން ނިދާފައި އޮތް މައިރާއަށް ބަލާލިއެވެ. އަތް ކެނޑި ޓީޝާޓަކާއި ކުރު ސޯޓުކޮޅެއް ލައިގެން އޮތް އިރު ލަދުގެ ކަންފުޅެއްވެސް ނެތީބާއޭ ހިތަށް އެރިއެވެ. މަޑުމަޑުން ދޮރުލައްޕާލުމަށްފަހު ބަދިގެއާއި ދިމާއަށް ދިޔައީ ބަނޑުހައި ހޫނުކަން ފިލުވާލުމަށްޓަކައެވެ. އެހިސާބާއި އަރާ ހަމަވިއިރު ރައިހާނާ ކާމޭޒު ކައިރީގައި ކޮފީއެއް ބޯން އިނެވެެ. ރައިހާނާ އަށް އަރުޝީ ފެނުމުން ރައިހާނާ އާއި ބައިވެރި ވުމަށް ދައުވަތު ދިނެވެ. ދެމައިން އެއްކޮށް ކޮފީ ބޮއެ ނިންމާލުމށްފަހު ހެނދުނަށް ސައި ތައްޔާރު ކުރީވެސް އެކު އެކީގައެވެ. ސައިހަދާ ނިންމާލުމަށްފަހު ސޯފާގައި އަރާމު ކުރުމަށްޓަކައި އިށީންދެލިއެވެ. އެއަށް ފަހު ޓީވީ ހުޅުވާލީ ހެނދުނުގެ ޕްރޮގްރާމް ތައް ބަލާލުމަށްޓަކައެވެ.
” މަންމާ އަޅުގަނޑު ވާހަކައެއް އަހާލަންތަ” ވަރަށް ވިސްނަން އިނދެފައި އަރުޝީ އަހާލިއެވެ.
” ދަރިފުޅު ނުޖެހޭނެ މަންމަގެ ހުއްދަ ހޯދާކަށް” ހީލަމުން އަރުޝީއާއި ދިމާއަށް ބަލާލުމަށްފަހު އަނެއްކާވެސް ޓީވީއަށް ނަޒަރު ހުއްޓާލިއެވެ.
” ކޮބާ ޒިވާންގެ ބައްޕަ” އަރުޝީގެ ސުވާލުން ރައިހާނާގެ މޫނުމަތީގެ ކުލަ އޮއްސުނެވެ. މިތަންފެނި އަރުޝީއަށް ކުރެވުނު ސުވާލާ މެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވުުނެވެ. އަދި ރައިހާނާ ކައިރިން އެކަމަށް މައާފަށް އެދުނެވެ. ނަމަވެސް ރައިހާނާ އެއީ ކަމެއް ނޫންކަަމަށް ބުނެ އަރުޝީގެ ސުވާލަށް ޖަވާބުދޭން ފެށިއެވެ.
” ތެދަށް ބުނަންޏާ މަންމައަށް ނޭނގޭ ބައްޕަ ވީތަނެއް.. ދުނިޔޭގައި ހުރި ކަމެއްވެސް ނޫނީ ނެތް ކަމެއްވެސް ނޭނގެ.. މީގެ އަހަރެއް ކުރިން ބިޒްނަސް ޓްރިޕެއްގައޭ ކިޔާ ރާއްޖެތެރެއަށް ފުރިގޮތަށް ހަފްތާއެއް ވެގެން ދިޔައިރުވެސް ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކުރީ.. އޭގެ ފަހުން އަދި އަދަށްވެސް ޒަހީންގެ ހަބަރެއް ނުވޭ..ޒިވާން އާއި އާރާވް އަދި އާއިލާ އެހެން މީހުން އެތިބީ މިހާރު އުއްމީދު ކަނޑާލައިގެން އެކަމް މަންމަ އަދިވެސް އުއްމީދު ކަނޑައެއް ނުލަން.. ހިތް ބުނަނީ ކޮންމެވެސް އެއްދުވަހަކުން ޒަހީން އަންނާނޭ މަންމައާއި ދަރިން ކައިރިއަށް” ރައިހާނާ ވާހަކަދެއްކިއިރު ލޯވަނީ ފެން ކަޅިވެފައެވެ.
” ދެރަ ނުވޭ މަންމާ އިންޝާﷲ ބައްޕަ އަދި އަންނާނެ… އަހަރުމެންނަށް އޮތީ ދުއާ ކުރުން .. އިރާދަކުރެއްވިއްޔާ ކޮންމެވެސް އެއްދުވަހަކުން ބައްޕަ އެނބުރި އަންނާނެ” ރައިހާނާގެ ކޮނޑުގައި ފިރުމާލަމުން އަރުޝީ ވާހަކަދެއްކިއެވެ.
” ހްމްމް ދެން އަވަހަށް ދޭ ޒިވާން އަށް ގޮވަން،.. މިހާރު އެއޮށް އޮފީހަށް ދާ ގަޑި ޖެހެނީ” ރައިހާނާގެ ޖުމްލައާއި އެކި އަރުޝީގެ ހިތް ނުތަނަވަސްވެގެން ދިޔައީ ފަތިހު ޒިވާން ކަންތައް ކުރި ގޮތުގެ މަތިން ހަނދާންވެފައެވެ.
” ކިހިނެއްވީ.. ލަދުން ދޯ ތިއިންނަނީ.. އެންމެ ރަނގަޅު މަންމަ ހިނގަިއިދާނަން ޒިވާން އަށް ގޮވަން .. ދަރިފުޅު ގޮސް މާމައަށް ސައިދީފަ އަންނަން ވީނު..” ރައިހާނާގެ ޖުމްލައިން އަރުޝީއަށް ހިތްހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އަދި އަވަހަށް ސައިހިފައިގެން މަރިޔަމް އޮތް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ކޮޓަރިއަށް ވަން އިރު މަރިޔަމް އޮތީހޭލާ ކަމުން އެންމެ ފުރަތަމަވެސް އަރުޝީ މަރިޔަމް ދަތް އުނގުޅުވާ މޫނު ދޮއްވާލިއެވެ. އެއަށް ފަހު ސައި ދިނުމަށްފަހު ބޭސް ދިނެވެ. އަރުޝީ މިހުރިހާ ކަމެއް ކުރިއިރުވެސް މައިރާ ހަމަ އެއޮތްގޮތަށް ނިދާފައި އޮތެވެ. ނަމެއްގައި ޒިވާން ގެނައި ނަރުހެކޭ އަރުޝީގެ ހިތަށް އެރިއެވެ. ހުރިހާ ކަމެއް ނިންމާލުމަށްފަހު ދާންވެގެން ދެތިން ފިޔަވަޅު އަޅާލުމާއެކު ފެނުނު އެއްޗަކުން އަރުޝީ ހުއްޓުން އެރިއެވެ. މައިރާ ކައިރީގައި އެނދުމަތީގައި އޮތް ރަތް ކުލައިގެ ގޮށެކެވެ. ކޮންމެވެސް ތަނަކުން ފެނުނު ހަނދާނެއް ވުމުން އަރުޝީ އެގޮއް ހިފައިގެން އެތަނުން ނިކުތީ ރައިހާނާ އަށް ދައްކާލުމަށްޓަކައެވެ.
ނިކުތް އިރު ޒިވާން އާއި ރައިހާނާ ސައިބޯން ތިއްބެވެ. ޒިވާން ފެންނަ ކަމަށްވެސް ނުހަދާ އަރުޝި ބަދިގެއަށް ވެދެގެން ދިޔައީ މަރިޔަމް ސައިބޮއެ ތަށިތައް ދޮވުމަށެވެ. އެއަށްފަހު އަނބުރާ ކޮޓަރިއަށް ދާން އުޅުނު ވަގުތު ރައިހާނާ ސައިބޯން އަންނަން ބުނުމުން އިތުރު ބަހެއް ނުކިޔާ ސައިބޯން އިށީނީ ރައިހާނާ ހީކޮށްފާނެ އެއްޗަކާމެދު ވިސްނާފައެވެ.
ރައިހާނާ ސައިބޮއެ ނިންމާލައިގެން ދިއުމުން އަރުޝީއާއި ޒިވާން އެކަނި ވިއެވެ. އަރުޝީ ސައިބޮއެ ނިމިގެން ވެސް އެތާ އިށީނދެގެން އިނީ ޒިވާން ސައި ބޮއެ ނިމުމުން ތަށިތައް ނަގާފައި ދާށެވެ. އެހެން އިން އިރުވެސް ދެމީހުން އެކަކު އަނެކަކާ އެއްވެސް އިތުރު ވާހަކައެއް ނުދައްކައެވެ. އިރުކޮޅެއްފަހު ޒިވާން ފެންތައްޓެއް އަޅަން ބުނުމުން އަރުޝީ ކޮޅަށް ތެދުވެލާ ޒިވާން ކައިރިއަށް ހުއްޓި މޭޒުމަތީގައި ހުރި ފެން ޖަގު ނަގާ ޒިވާންގެ އަތުގައިވާ ތައްޓަށް ފެންއަޅައިދިނެވެ. އެއަށް ފަހު އެނބުރި ގޮނޑީގައި އިށީންނަން ދިޔަ ވަގުތު ޒިވާން އަރުޝީގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތުމާއެކު އައިސް ޖެހުނީ ޒިވާންގެ އުނގުގައެވެ. ދެލޯބޮޑުކޮށްގެން އިން އަރުޝީއިނީ ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ. މުޅި މީހާ ފިނިވެފައި އިންއިރު ގައިގާ މަޑު މަޑު ތުރުތުރެއްވެސް ހުއްޓެވެ.
” ރުޅިއައިސްފަތަ ތީނދީ” އިނގިލީ ކުރިން އަރުޝީގެ ކޯތާފަތުގައި ފިރުމާލަމުން ޒިވާން ބުނިއިރު އެއަޑުގައި މަސްތުކަމެއްވިއެވެ.
” ޒިވާން ދޫކޮށްލަބާ.. ޕްލީޒް މީހަކަށް ފެނިދާނެ” ތުރުތުރުލާ އަޑަކުން އަރުޝީއަށް ބުނެވުނެވެ. ނަމަވެސް އެކަމަށް ޒިވާން ގެ ފަރުވާލެއް ނެތް ކަހަލައެވެ. އަރުޝީގެ މޫނާ މަޑުމަޑުން ކައިރިވަމުން ދިޔައިރު ހިޔާލެއް ފިކުރެއް ނެތެވެ.
” ޒިވާން…” މައިރާގެ އަޑާއެކު ޒިވާން ސިހިފައި އަރުޝީ ގައިން ދޫކޮށްލިއިރު އަރުޝީވެސް އަވަހަށް ޒިވާންގެ އުނގުމަތިން ތެދުވެ ހަމަޖެހެވޭތޯ މަސައްކަތް ކުރިއެވެ.
” ސޮރީ ޑިސްޓަރބް ކޮށްލެވުނީމަ..” މައިރާ މާފަށް އެދުމުން އަރުޝީ އެއީ ކަމެއް ނޫން ކަމަށް ބުނެ ސައި ބޯން އައުމަށް މައިރާ އަށް ދައުވަތު ދިނެވެ.
” ޒިވާން މުސާރަ ކަންތަކާ ވާހަކަ ދައްކާލަންވެގެން އައީ” އަރުޝީއަށް ވަކި ޖަވާބެއް ނުދީ މައިރާ ޒިވާން އަށް ބުންޏެވެ.
” އާނ… މުސާރަ ދޯ… މިއަދު މެންދުރު އޮފީހަށް އައިމަ ހަމަޖެހޭނެ އެނގޭ.. ” މިހެން ޒިވާން ދާން ތެދުވިއެވެ. އަދި އަރުޝީގެ ކޮލުގައި ފިރުމާލުމަށްފަހު ހީލަމުން ދަބަސް ހިފައިގެން ގެއިން ނިކުންނާން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.



zivan ah lande dheebaa
alheyyy…so nice masha Allah waiting for next part….
Maa sha allah ?
Nice
V.nice dear?????keep it up…zivan ah rulhi….hehe
Ohh wow??? masha allah v rythi v interestin when nxt prt avaskollabala plx plx plx gud nyt ???❤❤????????
V reethi. zivaan haadha goahey.
V REETHI
Aaraav kobaatha mihaaru.. miss him? hehe…? varah reethi mi part ves…
Waitingssss❤❤❤❤
Azza…can u plz tell why zivan married arushy when he doesnt love her and is having an affair… btw story is amazing.