Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ދުރުގައިވިޔަސް…31 ވަނަ ބައި

writer Level 310 Stories100 Comments
August 12, 2017 6 Mins Read
26 Comments

 

ކައިލް ފުރައިގެން ދިޔުމުން އެބޮޑު ގޭގައި ކިޔާރާއާއި ނަކީލް އެކަނި ވިދަފައެވެ. ކިޔާރާއާއި ދުރުގައި ހުންނަން ކޮތަންމެ ބޭނުންވިޔަސް އެކުވެރިޔާގެ އެދުމަށް ކަމޭހިތުމުގެ ގޮތުން ވެސް ކިޔާރާގެ ކަންތައްތައް ބެލެހެއްޓުމުގަަަަަަަަަައި ނަކީލް ފަރުވާތެރިވާންފެށިއެވެ. އަމާނާތެއް ހަވާލުކުރެވުމުން އެއަށް ހިޔާނަތްތެރިނުވުމަށެވެ. ނަކީލްގެ ފަރާތުން ފެންނަމުންދާ އޯގާތެރިކަމުންވެސް ކިޔާރާގެ ހިތް އިތުރަށް ނަކީލްއަށް އެދެވެން ފެށިއެވެ.

ރޭގަނޑުގެ ހިމޭންވަގުތެކެވެ. ފަޒާތެރޭ ހިފާފައިވަނީ ގަނޑުވާކަަހަލަ ފިނިކަމެކެވެ. ކިތަންމެ ފިނި ކަމުގައި ވިނަމަވެސް ހިތްފަސޭހަ ރެއެކެވެ. ކިޔާރާ ޓެރަހަށް ދިޔައީ ފޫހިވާންފެށުމުންނެވެ. ކައިލް ނެތްތުމާއި އެކުގައި އެކީގައި ސަކަރާތްޖަހާނެ މީހަކުވެސް ނެތުމުންނެވެ. ކައިލް ނުހުންނަ ދުވަސްތަކުގައި ކިޔާރާގެ އާދައެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ކިޔާރާ ފިޔަވަޅުތަށް މަޑުޖައްސާލީ ރެއިލިން ކައިރީ ހުރި ނަކީލް ފެނިފައެވެ. އެވަގުތު ނަކީލް ދައްކަމުން ދިޔަ ވާހަކަތަށް އަޑުއަހަން ޝައުޤުވެރިކަން އުފެދުނީ ކީއްވެގެން ކަމެއްނޭނގުނެވެ.

” އެނގޭތަ… އައި މިސްޔޫ ސޯމަޗް… މާޔާއާއި ނުލައި އުޅެން ދަތިވާ ވަރުވޭ… ކިހާ ވަރަކަށްތަ ކީލް ތަޅުވާނީ… މާޔާގެ ކީލް ތަޅުވާނީ… އައި އޭމް ސޮރީ…ކުރިން ވި ހުރިހާ ކަމަކަށް… ޖަސްޓް ކަމް ބެކް… މައި އާ ނުލާ ޑްެރީމް ޕެލަސްވެސް އެކީ ފަޅުވެއްޖެ… ކޮން ތާކަށް ތި ދިޔައީ… ކީލް ކޮންތާކުން މައި ހޯދާނީ… ކަމް ބެކް ޓު އަވަރ ކިންގްޑޮމް…. ކުއީން އާއި ނުލައި ކިހިނެތް ކިންގް ފުރިހަމަ ވާނީ… އައި ޖަސްޓް މިސް ޔޫ…” ނަކީލް އުޑަށް ބަލައިގެން ހުރެ ވާހަަކަ ދައްކަމުން ދިޔައީ މާޔާ އާއި އެކީ ނަގާފައިވާ ފޮޓޯއަކަށް ބަލައިގެން ހުރެއެވެ.

“ޑްރީމް ޕެލަސް…” ކިޔާރާއަށް މަޑުމަޑުން އެހެން ބުނެލެވުނީ އެއީ ކޮންމެވެސް ތަނަކުން އިވުނު ނަމަކަށްވީތީއެވެ.

“ކީލް…ކީލް” އެނަންވެސް ދެތިންފަހަރަކު ބުނެވުނީ ދަންނަހެން ހީވާނަމަކަށް ވީތީއެވެ. ކޮންމެވެސް ތަނަކުން އަޑުއިވުނު ނަމެއްހެން ހީވަނީ ކީއްވެ ހެއްޔެވެ.  ކިޔާރާ ކޯތާފަތްމައްޗަށް ވެއްޓުނު ކަރުނަތިކި އަތުން ފޮހެލަމުން އަތަށް ބަލަހައްޓައިގެން ހުރީ ގަބޫލުނުކުރެވިފައިވާ ފަދައަކުންނެވެ. ނަކީލްގެ ހިތުގައި އެހެން މީހެއްގެ ނަންވާތީ ދެރަވީހެއްޔެވެ. ނޫނީ ނަކީލް އެހެން މީހަކަށް އިންތިޒާރުކުރާތީ ދެރަވީ ހެއްޔެވެ. ނަކީލްގެ ބަސްތަކުން ކިޔާރާއަށް އެހާ އަސަރުކުރީ ކީއްވެހެއްޔެވެ. ނަކީލް އެ ކިޔާ މާޔާއަކީ ކާކު ހެއްޔެވެ. ވީތަނެއް ނުބުނެ ދިޔައީ ފަހެ ލޯބި ނުވާތީ ނޫންތާއެވެ. ނަކީލް އިންތިޒާރު ކުރަމުން ދަނީ މޮޔަކަމުންބާވައެވެ. ނޫނީ ހަމަ އެހާ ލޯބި މާޔާއަށް ހައްޤުވަނީ ބާވައެވެ. ކިޔާރާގެ ހިތުގައި މާޔާއާއި މެދު ހަސަދަވެރިކަމެއްވެސް ނެތީތީވެސް ހައިރާންވިއެވެ. ލޯބިވާ މީހަ އެެހެން މީހަކަށް އިންތިޒާރުކުރާކަން އެނގުމުން ވާންވީ ދެރައެއް ނޫން ހެއްޔެވެ. އޭގެ ބަދަލުގައި ކިޔާރާއަށް މިވަނީ ކީއް ހެއްޔެެވެ.

ނަކީލް އާއި ކިޔާރާއައި ދެމެދުގައި އެހާބޮޑު ދުރުމިނެއް ނެތްކަމަކު ނަކީލް އަތުގައި އޮތް ފޮޓޯ ފެންނަ ގޮތެއްނުވިއެވެ. މާޔާ ދެކިލުމަށް ޝައުޤުވެރިވެވުނީ ކިހިނެތްކަމެއްވެސް ނޭނގުނެވެ. ހިތުގެ ކަނަކުން އެދެމުން ދިޔައީ ނަކީލްގެ ހިތް ފަތަހަ ކުރި ކުއްޖާ ދެކިލުމަށެވެ. ކިޔާރާއަށް ވުރެ އެތަށް ގޮތަކުން ފުރިހަމަ ކުއްޖަކީ ބާވައެވެ.

ކިޔާރާ ކުރިއަށް އެޅި ފިޔަޅާއި އެކު ޓެރަސް މަތީވެސް ކޮންމެވެސް ވަރަކަށް ސްނޯ ވިރި ފައި ހުރުމުން ފައިކައްސާލައިގެން ވެއްޓެއް އުޅުނެވެ. ނަސީބަކުން ނަކީލްއަށް އެއްޗެއް ހީވެގެން ބަލާލިއިރު ކިޔާރާ ހަށިގަނޑު ބެލެންސް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.އެހެން ނަމަވެސް އަރާފައި ހުރި ފައިވާނުން އެކަމަަށް ތަންނުދެނީއެވެ. ނަކީލް ގޮސް ކިޔާރާގެ އަތުގަައި ހިފާ ދަމައިގަތުން ކިޔާރާ ގޮސް ލަތްވީ ނަކީލްގެ ތަނަވަސް މޭމަތީގައެވެ. އޭރުވެސް ކިޔާރާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔެވެ. ބޮލުގައި ތޫނު ތަދެއް އުފެދުނީ ދާދި ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ. ސިކުނޑި ތެރޭގައި ކުލަފަޑު މަންޒަރުތަކެއް ދައުރުވާން ފެށީ ހަލަބޮލިކަމެއް ގެނުވަމުންނެވެ. ކިޔާރާ އަށް ފެންނަނީ ކިޔާރާ ހިނގާފައި ދަނިކޮށް ވެއްޓެއް އުޅެނިކޮށެވެ. ފިނި މޫސުމުގައި ސްނޯ ފައިބައިފައި އޮތުމުން ހަމަ މިހެންނެވެ. އެހެންނަމަވެްސް ކިޔާރާ އެދުވަހު ވެއްޓުނަ ނުދީ ހިފެހެއްޓީ ބާރުގަދަ އަތަކުންނެވެ. ދެލޯ ހުޅުވާލެވުނު އިރު ކުރިމަތީ ހުރި ޒުވާނާގެ މޫނު ސާފުކޮށް ފެންނަމުން ދިޔައެވެ. ބޮލަށް ވަމުން ދާ ތަދުންނާއި ފެންނަމުންދާ ކުލަފަޑު މަންޒަރުން ކިޔާރާއަށް ނަކީލްގެ ސޫރަ ފެނުމުން ތެޅިގެންފައި ނަކީލްއަށް ދުރަށް ޖެހިލައި އެ މޫނަށް ބަލާލީ ވަރުބަލިވެފައިވާ ފަދައަކުންނެވެ. އެ ހުވަފެންތަކުން ފެންނަ ޒުވާނާއަކީ ނަކީލް ހެއްޔެވެ. އެހާ ވައްތަރުވާނީ ކިހިނެތް ހެއްޔެވެ. ކިޔާރާ ބޮލުގައި އެއްއަތުން ހިފަހައްޓައިގެން ހުރި އިރު ގައިން ހަކަަތަ ހުސްވަމުންދާކަހަލަ އިހްސާސެއް ކުރެވުނެވެ. ނަކީލް އައިސް ކިޔާރާ ގަޔާ ކައިރި ކޮށްލީ ކިޔާރާ ވެއްޓިދާނެހެން ހީވުމުންނެވެ. ބުނާކަަހަލައެވެ.މާޔާއެވެ. މާފުކުރާށެވެ. މިހިތް މާޔާނޫން ދެވަނަ ފަރާތަކަށް ދެވިއްޖެއެވެ. މާފުކުރާށެވެ. ” ކީލް…” ކިޔާރާ ކިތަންމެ މަޑުން ބުނި ކަމުގައިވިޔަސް ނަކީލްއަށް އެއިވުނު ބަހަކުން ދެލޯބޮޑުވިއެވެ. އެއާއި އެކު ކިޔާރާގެ ހަބަރުހުސްވިއެވެ.  އެއީ ހަމަ އެއަޑެވެ. “ކީލް” މިހެން  މުހާތަބު ކުރަނީ ހަމަ އެކަނި މާޔާއެވެ. ކިޔާރާ ކިޔައި އުޅެނީ ނަކީ އެވެ. މިއީ އިއްތިފާގެއް ހެއްޔެވެ.

ނަކީލް ކިޔާރާ ގޮވައިގެން ގޮސް ނަކީލް ކޮޓަރިއަށް ވަދެ އެނދުގައި ބޭއްވީ ކިޔާރާ ކޮޓަރިއާާއި ބަލާފައި އެކޮޓަރި ކައިރީގައި ހުރުމުންުނެވެ. ކިޔާރާގެ ގަނޑުފެންކޮޅެއްހާ ފިނި އަތުގައި ހީފާލަމުން އެމޫނަށް ފަރުވާތެރިކަމާއި އެކު ނަޒަރު ހިންގައިލީ އެ ސޫރާ ހިތުގައި ރައްކާކުރާ ހާލުގައެވެ. ކިޔާރާ ލައިގެން ހުރި ޓޮޕްކޮޅު ހިއްލިފައި އިނުމުން ކިޔާރާގެ ބަނޑުން ތަންކޮޅެއް ފެންނަން ހުއްޓެވެ. ނަކީލްގެ އަށް ކިޔާރާގެ ހާމައަށް ހުރި ބަޑުފެނުމުން ކިޔާރާއަށް ބަލައިލެވުނީ ހިންދިރުވާލަމުންނެވެ. އެއާއި އެކު ނަކީލްގެ ސިކުނޑިއަށް ވެރިވި ހިޔާލަކުން އަތް ތުރުތުރުލަމުން ދާ ހާލު އެ ޓޮޕްކޮޅު ތަންކޮޅެއް މައްޗައް ހިއްލައިލީ ހިތުގައި ކުރެވެމުންދާ އުއްމީދުތަކަކީ ވަހުމަކަށް ނުވުމަށް އެދެވޭ ހާލުގައެވެ.  ކިޔާރާގެ ބަނޑުގައި އިން ނިޝާން ފެނުމުން ނަކީލް ޓޮޕްކޮޅޫ އިހުނަށް ހުރިގޮތަށް ރަގަޅުކޮށްލައި ކިޔާރާގެ ގައިމަތީ ރަޖާ އަޅައިދިނެވެ. ނަކީލް އެގޮތަށް ކަންތައްކުރީ އެއީ މާޔާކަން ޔަޤީންކުރުމަށެވެ. މާޔާގެ ބަނޑުގައި އިންނަ ކަހަލަ އުފަންލަފެއް ކިޔާރާގެ  ބަނޑުން ފެނުމުން ހިތަށް ވެރިވީ ބަޔާންކުރަންދަތި ހިތްހަމަ ޖެހުމެކެވެ. އެއީ ނަކީލްގެ މާޔާ ކަމާއި މެދު މިހާރު ޝައްކެއް ނެތެވެ.

” އައި ފައުންޑް ޔޫ ލަވް…  އެންޑް ވަންސް އަގެއިން އައި ފެލް އިން ލަވް ވިތް ޔޫ…” ނަކީލް ފުން ހިނިތުންވުމެއް ވެރިކުރުވަމުން އެހެން ބުނެލީ ކިޔާރާގެ މޫނަށް ބަލައިގެން އިދެއެވެ. މާޔާ ސަލާމަތުން ކުރިމަތީ ފެންނަން ހުރުމުން އެތަށް ފަހަރަކު ހެއްދެވިފަރާތަށް ޝުކުރު އަދާކުރިއެވެ. ނަކީލް ކިޔާރާގެ އަތުގައި ބޮސްދިނީ ލޮލުން ފޭބި ކަރުނަތިކި ފޮހެލަމުންނެވެ. އެހެނަސް އެއީ އުފާވެރިކަމުގެ ކަރުނައެވެ.

ނަކީލް މާޔާ ގޮވައިގެން ދާން ކިތަންމެ ހާވެސް ބޭނުމެވެ. އެހެން ނަމަވެސް އެކަން އެގޮތަށް ކުރެވޭނީ ކިހިނެތް ހެއްޔެވެ. މާޔާ ދެކޭގޮތުން އެއީ ކިޔާރާއެވެ. ކައިލްގެ ކޮއްކޮ ކިޔާރާއެވެ.ކުޑައިރުންފެށިފެން އުޅެބޮޑުވީ އެމެރިކާގައެވެ. އެހެން ކަމަށް ވަންޏާ ކައިލް ދޮގު ހެދީތާއެވެ. އެކުވެރިޔަކަށް ވެހުރެ އެހާ ބޮޑުއޮޅުވާލުމެއް އޮޅުވާލީ ކީއްވެބާވައެވެ. އޭގެ ފަަހަތުގައި ވަނީ ކޮން މަޤްސަދެއް ބާވައެވެ. ކޮންމެ މަޤްސަދެއްގައި ކުރި ކަމެއް ކަމުގައި ވިޔަސް ނަކީލް އެ ސުވާލުތަކުގެ ޖަވާބު ކައިލް ކައިރިން ހޯދާނެއެވެ. ކުށްވެރިއަކީ ކައިލް ކަމަށް ވަންޏާ އެ ހުރިހާ އަހަރެއްގައި ނަކީލް ކުރި ހިތާމަ ކައިލްވެސް ކުރުވަން ޖައްސާނެއެވެ. ކޮންފަދަ ބޮޑު އޮޅުވާލުމެއް ހެއްޔެވެ. ނަކީލް ހިތުގައި ކައިލް އަށް ރުޅިވެރިކަން އުފެދުނީ ކުރިން ކައިލްއާއި ދެކެވިފައި ހުރި ވާހަކަތަކުގެ މައްޗަށް ބުރަވަމުންނެވެ. ދޮގުހެދީތީއެވެ.  ނަކީލްއަށް މާޔާއަށް ހަޤީގަތް ކިޔައިދެވިދާނެ ބާވައެވެ. ހަދާނުން ބައެއް ފޮހެވިފައި ވަނިކޮށް މިއީ މާޔާގެ ފިރިމީހާއޭ ބުނަން ކެރޭނެ ބާވައެވެ. މިއީ މާޔާގެ ނަކީލްއޭ އެތަށް ފަހަރަކު ބުނަން ބޭނުންވިކަމުގައި ވިޔަސް ބުނަން ކެރޭނެ ބާވައެވެ. ނަކީލްގެ ހިނިތުންވުން ފަޑުވީ ހިތަށް ވަތް ހިޔާލަކުންނެވެ. މާޔާ ހަޤީގަތް ޤަބޫލުނުކުރިއްޔާ  ނަކީލްއަށް މާޔާ ގެއްލިދާނެއެވެ. މާޔާގެ ސިއްހަތަށް ވިސްނައި ގަދަކަމުން ހަދާންކުރުވާކަށްވެސް ނުކެރޭނެއެވެ. މާޔާ ސަލާމަތުން ހުރީތީ އުފާކުރެވޭ ހާލު އެ ލޯބި ފަސްލާން ވީހެއްޔެވެ. ނޫނެކެވެ. މާޔާގެ ހަދާންތަށް އާވަންދެން ނަކީލް އިންތިޒާރުކުރާނެއެވެ. މުޅި އުމުރު ހުސްކޮށްލަން ޖެހުނަސް ހެވެއެވެ. ކޮންފަދަ މަޖްބޫރީއެއް ހެއްޔެވެ. އެލޯތްބައް ދުރުގައި އެތަށް ވޭނެއް ތަހަމައްލު ކުރި ލޯބި މިއަދު ކުރިމަތީގައި ސަލާމަތުން ހުރިކަމުގައި ވިޔަސް ލިބޭނެ ކަމުގެ އުއްމީދެއް ނެތެވެ.

” ވައި ޑިޑް ޔޫ ފޮގެޓް މީ މައި…  އުމުރު ހުސްވަންދެންވެސް މައި އަށް އިންތިޒާރުކުރާނަން..” ނަކީލް ކިޔާރާގެ ނިތުގައި ބޮސްދެމުން ބުނެލީ ހިތްދަތިވެފައިވާ ހާލުގައެވެ. މާޔާ ފެނުމުން އުފާވިޔަސް ކުރެވެމުން ދަނީ ތަފާތު އިހްސާސެކެވެ. މާޔާ ގެއްލިދާނެ ކަމުގެ ބިރެވެ.

………………………………………………………………………..

އެގޮތުގައި މާޔާއާއި އެތަށް ވާހަކައެއް ހިއްސާކުރަމުންދިޔައީ ހިތާއިހިތުންނެވެ. ޝަކުވާކުރެވެމުން ދިޔައީ ހިތާއިއެވެ. މާޔާ ގެއްލޭކަން ނަކީލް ބޭނުމެއް ނޫނެވެ. މިގޮތަށް ފެންނަން ހުރުންވެސް އެއީ ކިހާ ބޮނޑު އުފަލެއް ހެއްޔެވެެ.

ކިޔާރާ ކުއްލިއަކަށް ދެފާރާތަށް ބޯ ހަލުވަން ފެށީ ހުވަފެނެއް ފެނިގެން ތެޅޭފަދަ ގޮތަކަށެވެ.  ކުޑަ ސިކުންތު ކޮޅެއްގެ ތެރޭގައި މުޅިމީހާ ދާހިއްލަން ފެށީ ފެންނަމުން ދިޔަ ހުވަފެނުގެ ބިރުވެރިކަމުން ކަމުގައިވެސް ވެދާނެއެެވެ.  ނަކީލްއަށް މިތަން ފެނި ހާސްވިކަމުގައިވިޔަސް ކިޔާރާއަށް ގޮވާކަށް ނުކެރުނީ އެވަގުތުކޮޅުގައި ސިކުނޑި ރަގަޅަށް މަސައްކަތް ނުކުރާތީ ކަމަށްވެސް ވެދާނެވެ.

” ނަތީޤް…” ސިއްސައިގެން ތެދުވެ އެދުގައި އިށީނީ އަޑުގެ ކޮޅަށް އެހެން ގޮވާލަމުންނެވެ. ނަކީލްވެސް ސިހިގެން ދިޔަކަމުގައި ވިޔަސް މާނޭވާ ލެވެމުން ދިޔަ ކިޔާރާ ފެނި އިހްސާސްތައް ހަމައަކަށް އަޅުވައިލީ އެއީ މާޔާކަމަށް ކަށަވަރުކުރަމުންނެވެ. މޭޒުމަތީހުރި ފެން ޖަގުން ތައްޓަކަށް ފެން އެޅުމަށްފަހު ކިޔާރާއަށް ދިނީ އެބޯލުމަށް އެދެމުންނެވެ. އެއާއި އެކު އަތްތުރުތުރު އަޅާ ހާލު ކިޔާރާއޭގައި ހިފީ ނަކީލްއަށް ބަލާހާލުގައެވެ. އެކުއްޖާ ވެއްޓުނުއިރު އެ ކުރެވުނީ ކޮންކަހަލަ ވޭނީ އިހްސާސެއް ހެއްޔެވެ. އެ އަންހެން މީހަކީ ހުދު ކިޔާރާއަށް ވީ ހިނދު އެތާ ނަކީލް ފެނުނީ ކީއްވެ ހެއްޔެވެ. ނަކީލް އެކިއްޖާ އުގުގައި ބާއްވައިގެން އެހީ އަށް އެދެމުން ދިޔައީ ކީއްވެ ހެއްޔެވެ. ނަކީލްއާއި އެކުއްޖާއާއި ހުރީ ކޮން ގުޅުމެއް ހެއްޔެވެ. ކިޔާރާއަށް ނަކީލްގެ ހުވަފެންތަށް އުދަނގޫ ކުރަނީ ކީއްވެ ހެއްޔެވެ. ފަހަކަށް އައިސް މާވަރަކަށް ބޮލުގައި ރިހެނީ ކީއްވެ ހެއްޔެވެ. ނަކީލްއާއި ކޮންމެވެސް ގުޅުމެއް ވާކަމަށް ކިޔާރާގެ ހިތްބުނަނީ ކީއްވެ ހެއްޔެވެ. މާބޮޑަށް ނަކީލްއާއި މެދު ވިސްނޭތީ ބާވައެވެ. ހިތުގައި ފޮރުވައިގެން އުޅޭ ލޯބި ހާމަކުރަން ވީ ބާވައެވެ.

” ބިރުވެރި ހުވަފެނެއެއް ފެނުނީ ދޯ…. ދެން ޝަހާދަތްކިޔައިގެން ކުރުސި ކިޔައިގެން ނިދާލާ އިނގޭ..” ނަކީލް ކިޔާރާއާއި ވާހަަކަ ދެއްކީ މާވަރަަކަށް ކިޔާރާ ބަލަމުންދާތީއެވެ.

” ސުވާލެއްކޮއްލަންތަ..” ކިޔާރާ ނަކީލްއަށް ބަލަން އިނދެ އަހައިލިއެވެ. އެދުގައި ލެގިލައި ހަމަޖެހިލީ ބޮލުގައި ނުފިލާ ރިހުމެއް އުފެދިވާތީއެވެ. ނަކީލް ބުނަ ހިއްލާލާފައި ބަލާލީ ކޮން ސުވާލެއްހޭ އަހާ ފަދައަކުންނެވެ.

” ކިޔާ ދަންނަންތަ ކުރިން… ކުރިން ދެމީހުން ދިމާވިތަ…” ކިޔާރާ ކުރަން ނުކުރަން ހުރެފައިވެސް ކޮށްލީ އެ ހިޔާލުތަކުން އުދަނގޫކުރަމުން ދިޔައީތީއެވެ.

“އަލަކަށް ނު ކިޔާރާއާއި މި ދިމާވީ… އަދި ނުވޭނު މާގިނަ ދުވަހެއް…” ނަކީލް އެހެން ބުނެލީ ދުރު ބަލަމުންނެވެ. އެހިތަށް ކުރަމުންދަނީ ބަޔާންކުރަން ދަތި އަސަރުތެކެކެވެ. ލޯބިވާާ އަނބިމީހާ ކުރިމަތީ ހުއްޓާވެސް ލޯބިން ބައްދާލެވޭކަށް ވެސްނެތެވެ. އެ އަތުގެ ތެރެއަށް ގެނެސް ދުވަހަކުވެސް ވަކިވިޔަ ނުދޭނަމޭ ބުނަން ބޭނުންވިޔަސް އެކަމަށްވެސް ނަކީލް ވަނީ ނުކުޅަދާނަ ވެފައެވެ.” ދެން މާ ބޮޑަށް ނުވިސްނާއި ނިދާލާ މިރޫމްގަ… އައި ވިލް ސްލީމް އޮން ސޯފާ…” ނަކީލް އެދުން ތެދުވެގެން ގޮސް ލައިޓް ނިއްވާ ނިދާ ބޮކި ޖައްސާލާއި އެދުމަތީ އިން ކިޔާރާއަށް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ނިދާ ޕަޖާމާއަކާއި ތުވާލި ހިފައިގެން ފާހަނައަށް ވަނީ އިތުރު އެއްޗެއް ބުނުމުގެ ފުރުސަތެއް ވެސް ނުދީއެވެ.

ފާހަނައަށް ވަދެ ދޮރު ތަޅުލުމަށްފަހު ނަކީލް މޫނު ބަލާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލީ ހިތްދަތިވެފައިވާ ހާލުގައެވެ. އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައީ ހިތުގައި ލެވުނު ޒަހަމް ފުންވީތީއެވެ. ޝަކުވާ ކުރެވެމުން ދިޔައީ ތަޤްދީރާއި މެދުގައެއް ނޫނެވެ. އަމިއްލަ ނަސީބާއި މެދުގައެެވެ. މިއަދު މާޔާ ކިތަންމެ ކައިރީގައި ހުއްޓަސް ހީވާނީ އެތަށް މޭލެއް ދުރުގައިވާ ހެންނެވެ. މިއީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ.

“މައި… ހައު ކޭން ޔޫ  ފޮގެޓް މީ… އެގޭތަ ކިހާވަރަކަށް މައި މަތިން ހަދާން ވިކަން… އެންމެ މިނިޓެއްވެސް ނުދޭ ތިނަން ހިތުގަ ނެތް… މައިގެ ހަދާނުގަ… ކިހާ އިންތިޒާރެއް ކުރިން މައި…. ހައު ކޭން ޔޫ ފޮގެޓް މީ… ކީލްގެ ލޯބީގަ ހަމަ އެއްވެސް ބާރެއް ނެތީތަ… ނޫނީ ކީލް ދެކެ ލޯބި ނުވަނީތަ.. ނޫން…ޔޫ ކާންޓް ފޮގެޓް މީ..  ޔޫކާންޓް..” ނަކީލް ލޯގަނޑުން ބަލައިގެން ހުރެ ބަންޑުންކުރަމުން ދިޔައީ ހިތުގެ އުދާސްތަކެވެ. ރުއިމުގެ ސަބަބުން އަޑު ކުރަކި ވެފައެވެ.

” ނޫން… ތީ އަދިވެސް މައި ވައިފް… އައި ހޭވް އެވްރީ ސިންގަލް ރައިޓް އޮންޔޫ.. ކައިލްއަަކަށް ވިޔަސް ދުރެއް ނުކުރެވޭނެ… މިއީ ކިޔާރާ އާއިބައްދަލުވި ފުރަތަމަ ފަހަރު… އެކަމް ކިޔާރާއަކަސް އަދިވެސް ފެނޭ ތި ދެލޮލުން ކީލްދެކެ ލޯބިވާވަރު… ޕްރީޒް ރެމެބްބަރ މީ މައި… މައި އެއް ނޫންތަ ބުނީ މައި ނެތިއްޔާ މައި މަތިން ހަދާން ނައްތާލާށޭ… މައި ކީއްވެތަ ކީލް މަތިން ހަދާން ނައްތާލީ…”  ޝަކުވާތަށް އެތަކެއް ބައިވަރެވެ. އެކަމަކު އެއަޑު އަހާނެ މީހެއްނެތެވެ. މޭފިތޭ ކަހަލަ އިހްސާސެއް ކުރެވެމުން ދާތީ މޭގައި އަތް އަޅާލީ މަޑުއާހެއް ބޭރުކުރަމުންނެވެ.  މިގޮތަށް ނަކީލްއެންމެ ފަހުން ރުއީ މާޔާ ގެއްލިގެން އުޅުނު ދުވަހުގައެވެ. އެހިތުގައި އެޅީވޭނާއި އެއްވަރުގެ ވޭނެއް އެހިތަށް ލިބިފައިވާ ފަދައެވެ. ލޯބިވާ ފަރާތެއް ކުރިމަތީ ހުއްޓާ އެކަން ހާމަކުރެވެން ނެތީތީއެވެ. މާޔާއަށް ހުރިހާ އެއްޗެއް ކިޔައިދޭން ބޭނުންވިޔަސް އެކަން ވާކަން ނެތެވެ. އެހާ ބޮޑު ސިހުމެއް ދޭކަށް ބޭނުންނުވާތީއެވެ. މާޔާގެ ހަދާން އަލުން އަންނާނެ ދުވަހަކަށް އިންތިޒާރު ކުރުން ނޫން ގޮތެއްނެތެވެ.

ކިޔާރާވެސް އެދުގައި ދެފަރާތަށް ފުރޮޅިލާ އޮތީ ނިދި މާދުރަށް ގޮސްފައިވާތީއެވެ. ނަކީލްއާއި އެކީ ހޭދަކުރެވުނު ވަގުތުތަށް ކުލަފަޑު ތަސްވީރެއްހެން ތަކުރާރުކޮށް ފެންނަމުންދާތީއެވެ. ނަކީލްއާއި ކިޔާރާއާއި އޮތީ ކޮންގުޅުމެއް ހެއްޔެވެ. ނަކީލް ކިޔާރާއަށް މާޔާއޭ ގޮވަނީ ކީއްވެގެން ހެެއްޔެވެ. މާޔާއެއީ ކާކު ހެއްޔެވެ. ކިޔާރާއި ގުޅުމެއްވާކަމަށް ޤަބޫލުކުރެވެނީ ކީއްވެހެއްޔެވެެ. ފާހަނައިގެ ދޮރު ހުޅުވިއަޑަށް ކިޔާރާ އަވަސް އަވަހަށް ދެލޯމަރާއި ނިދާކަމަށް ހެދުނީ ކީއްވެ ކަމެއް ނޭނގެއެެވެ.

ނަކީލް ތުވާލީ ރަގަޅުކޮށް ރެކުގައި އެޅުވުމަށްފަހު އެދާދިމާލަށް އައީ ކިޔާރާ ގައިމަތީ އޮތް ރަޖާ ރަގަޅުކޮށްދިނުމަށެވެ. އެހާ ކައިރިން ކިޔާރާގެ ކޫރުމެއްނުވާ ދޮންމޫނު ފެނުމުން ބަލަންހުރެވުނީ އެސްފިޔަޖަހާލަންވެސް ނޭނގިއެވެ. އޭރު ކިޔާރާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައީ ނަކީލް ކައިރިވުމުންނެވެ. އެހިތުގައިވެސް ހިނގަނީ ހަމަ އެއްޖަޒްބާތެކެެވެ.  ނަކީލް ކުޑަކޮށް ގުޅުވެ ކިޔާރާ ނިތަށް ބޮސްދިނީ ލޯބިންނެވެ. ” އައި ލަވް ޔޫ މައި… އީވެން އިފް ޔޫ ފޮގޮޓް މީ އައި ވިލް ސްޓިލް ވެއިޓް ފޯ ދި ޓޭ ޔޫ ރެމެމްބާރ މީ މައި ލަވް… ގުޑްނައިޓް ވައިފީ” މަޑުމަޑުން އެހެން ބުނުމަށް ފަހު ކިޔާރާގެ މޫނުގައި ފިރުމައިލާ  އެނދުން ބާލިހެއް ހިފައިގެން ސޯފާއާއި ދިމާލަށް ދިޔައީ ނިދުމަށެވެ. މިރޭ ނުނިދޭނެ ކަން ރަގަޅަށް އެނގޭ ހާލުގައި ވެސް މެއެވެ. އިތުރަށް ކައިރީ ހުންނަން ވިއްޔާ އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވިދާނެ ތީއެވެ.

ކިޔާރާއަށް ނަކީލް ދެއްކި ވާހަކަތަށް އަޑުއިވުމުން ލިބުނީ ސިހުމެކެވެ. މާޔާ އެއީ ނަކީލްގެ އަންހެނުން ތާއެވެ. އެހެން ނަމަވެސް ކިޔާރާއަށް މާޔާއޭ ކިޔައި ގޮވަންވީ ކީއްވެ ހެއްޔެވެ.އަނެއްކާ ކިޔާރާއަކީ މާޔާ ބާވައެވެ. އެހެންވާނީ ކިހިނެތް ހެއްޔެވެ. ހައްތަހާވެސް ޖަވާބު ނުލިބޭ ސުވާލުތަކެވެ.

Share Article

Follow Me Written By

writer

Level 310 Stories100 Comments

Other Articles

Previous

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 1 ވަނަ ބައި

Next

ދެގަޑި ތިރީސް 6

Next
August 12, 2017

ދެގަޑި ތިރީސް 6

Previews
August 12, 2017

ވަކިވެގެން ތިޔަދިޔައީ މާދުރަށް ދުނިޔެއާ 1 ވަނަ ބައި

26 Comments!

  1. writer says:
    August 12, 2017 at 8:44 pm

    hello readers.. I injured my hand so its very difficult to type… kome dhuwahaku kuda ethikolheh liyegen mi upload kohdhiny.. engey varah las vejje kanves… I am so sorry…

  2. Aki says:
    August 12, 2017 at 8:50 pm

    inthizaaru ga huhta thi up kohla dhinee. thanks ??

  3. Flufkin says:
    August 12, 2017 at 8:55 pm

    Aww.. its ok writer??
    Story is awesome❤ kiara eii maya dhw hama..
    Gws writer….. i really love this story??❤

  4. annoying reader says:
    August 12, 2017 at 8:58 pm

    alhey i keep checking the site every day for this story. really love it. i just hope maya regains her memory soon so that they both can be united. finally the truth can b out too. waiting for the next part. gws writer. please update the next part as soon as u can,eagerly waiting

  5. click a shot ? says:
    August 12, 2017 at 9:08 pm

    Finally..i was waitting every single day for this stry….anyways mi part ves Hama best ???get well soon WRITER..tc..ly

  6. Maa says:
    August 12, 2017 at 9:09 pm

    Thanx upkoh dhinee thee….Get well sooooon…. and waiting for next part

  7. Mai says:
    August 12, 2017 at 9:10 pm

    It’s okay writer… mee mai ge emme fav stry mi site ga inna… ehen vyma inthixaar kurevidhrne… ? vrh vrh reethi mi part vx… ShifaakiAllah… luv this stry nd writer..?

  8. ??? says:
    August 12, 2017 at 9:53 pm

    Alhe ehaa lahunn nerey iruvess thann kolheh dhigu koh nerebala..mibaii vess vv rythi ☺☺???

  9. Ram says:
    August 12, 2017 at 10:44 pm

    Omg… v v habbu ??❤

  10. yaina says:
    August 12, 2017 at 10:45 pm

    Wow avahahhen avahah las nukoh e loabi kingdom furihama kohlaa… ?? Vvv reethi ماشا الله

  11. Xxxx says:
    August 12, 2017 at 10:57 pm

    It’s ok dear..story iz as usual v.nice n lovely?????????????????.. shafaakihllah n take care dear… waiting 4 next part….

  12. Jinn says:
    August 12, 2017 at 10:59 pm

    Varah reethi mibaives. Get well soon.

  13. Anonymous says:
    August 13, 2017 at 1:19 am

    Thank u up kohdhinee ma thihaa varun ves. V reethi

  14. khajja says:
    August 13, 2017 at 1:48 am

    Ohhh it’s ok but so sad?? bcs this struy is awsome v waite kurevey stry eh miee thihaalugaves up kolladhinyma v v v thanks n shafakallah writer gud nyt??❤❤?????????

  15. mil says:
    August 13, 2017 at 1:49 am

    Plxxxxx avahah up kohdhyba.. Can’t wait ey ?

  16. Adha? says:
    August 13, 2017 at 8:39 am

    Vvv reethi mi part ves..?
    Waiting.. nd… gws❤❤❤❤

  17. xaan says:
    August 13, 2017 at 9:12 am

    wow haadha reehchey vaahaka plx adhi eh part up kohdheeber

  18. xaan says:
    August 13, 2017 at 9:14 am

    GWS

  19. fai says:
    August 13, 2017 at 9:43 am

    kon dhuvahakun dhn upload kuraaany anneh bai .. varah reeethi mi vaahaka

  20. Shaa says:
    August 13, 2017 at 12:46 pm

    V teethi v inthizaru kurevey mivahakayah

  21. Shafu says:
    August 14, 2017 at 3:24 am

    Wowsome….?? i love it…avahah up kohdhybaaa…..???

  22. Shafu says:
    August 14, 2017 at 1:40 pm

    Kn irakun tha aneh part up vanii….?…??

  23. Any says:
    August 14, 2017 at 8:18 pm

    Wow

  24. Ishoooo says:
    August 15, 2017 at 10:11 pm

    Wow Beautiful story

  25. Shyn says:
    August 16, 2017 at 10:56 am

    Nxt part avahah up kohla dhyba

  26. love???? says:
    August 17, 2017 at 7:38 pm

    Mi vaahaka haaadha lahey dhw up kuraaaaalei..?? Awahan up nukndhevenyaaa bunelaanama dhw…. BT waahaka v obi…. awahan up kndhiii next part….????

Comments are closed.


All Right Reserved!