އުޑުމަތީގައި ތަރިތައް ވަރަށް މަދެވެ. ހަނދު މަހުން ފަހު ދުވަހުގެ ރޭ ކަމަށްވުމުން އުޑުމަތިން ހަނދު ވެސް ނުފެނެއެވެ. ޤުދުރަތީ ގޮތުން އަނދިރި ރޭގައި ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި އަލިކޮށްލާފައިވަނީ ރަށުގެ މަގުތަކުގައި ހަރުކޮށްފައި ހުރި ބޮޑެތި މާކަރީ ލައިޓުތަކުންނާއި އިމާރާތްތަކުގައި ދިއްލާފައިވާ ބޮކިތަކުގެ އަލިންނެވެ. ތަލަ ބޮލެއްގައި ފަޅާފައި ހުންނަ މަދު އިސްތަށިތަކެއްހެން ރަށުގެ ތެރެއިން ފެންނަ މަދު ގަސްތަކުގެ ގޮފިތަކުގައި ވެސް ބޮކިބޮކި ހަރުކޮށްގެން އަލިކޮށްފައި ހުއްޓެވެ. އެ ވަގުތު ބޭރު ޤައުމުތަކުން ދަތުރުކޮށްގެން […]
ޒިޔާ! ފެންޑާގެ ދޮރުމައްޗައް ހުއްޓުނު މީހަކު ގޮވާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. އެއާއެކު ޒިޔާ އެދިމާއަށް ބަލާލިއެވެ. އެ ދޮރުމަތީގައި ހުރީ ލޫތު ކަންއެގުމުން ވަރަށްބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ލޫތުއާއި ދިމާލަށް ބަލާލާފައި ހިނިތުންވެލިއެވެ. އަހަރެންގެ ދުޢާ އިޖާބަކުރައްވައިފި ! އާދެބަލަ މިސުވާލުގެ ޖަވާބު ހޯދަން. އުޅެއުޅެ ނުފެނިގެން މިއުޅެނީ! ޒިޔާ އުފާވެލާފަ ބުނެލިއެވެ. “ހިއުމަން ބައޮލޮޖީ” އަކީ ޒިޔާ އެއްމެ ކިޔަވާހިތްވާ އެކަމަކު އޭނާ އަށް އެންމެ އުނދަގޫ އެއް މާއްދާ އެވެ. މިއައީ […]
“ކަރީމްބެ ގޯއްޗާ އުޅެއެއްނު ނިކަން ދޮން ސޮރެއް…. އެ ސޮރު ދުއްވާ ސައިކަލު ހުއްޓޯ އެތާ ތަންކޮޅެއް ދުރުގައި…. އެކަމަކު، އަނދިރިކަމުން ޔާނީ ކައިރީ އިނީ ކޮން ސޮރެއްކަމެއް ނޭނގެއޯ” ހުސްނާ އޮޅުންފިލުވައިދިނެވެ. “ހޫމް އެނގިއްޖެ އެސޮރަށް ކިޔަނީ އަފްލާކް….. އޭނައަށްވެސް އެނގުނީ މިއޮށްބޮޑު ރަށުން މަގޭ ދަރި ދޯ އަތުއަޅުވާލަން….. ހުސްނާ، ހިނގާބަލަ އެޖޯލިފަތިތަކާ ދިމާއަށް….. ފަރީޝާ އެބުނީ ތެދަކަށްވެއްޖެއްޔާ މިރޭ އަޔާނީއަށް ކުޅި ދައްކާލާނަން……” މިހެން ބުނެފައި އަމްހާ ސޯފާއިން ތެދުވެގެން ބޭރަށް ދާން […]
ކައިގެން ނުކުމެފައިވެސް މާޒްއަށް އައުފްއާއެކު އެތައްއިރަކު ވާހަކަދައްކަން އިންނަން ޖެހުނެވެ. ޔޫޝައުވެސް އެމީހުންނާ ބައިވެރިވެގެން މަޖާކޮށް ހީ ހެދިއެވެ. މާޒް ގެއަށް ދަންދެންވެސް އައިކާ ހުރީ ޔޫޝައުއާއި ބައްދަލު ނުކުރަން ނިންމައިގެންނެވެ. އޭނާ ޔޫޝައުއާއި ގާތުގައި އުޅޭތަން ފެނުމުން މާޒްގެ ހިތަށް ތަދުވާނެކަން އެނގޭތީއެވެ. ނަމަވެސް އެއީ ކިހާ ހެއްވާ ކަމެއްކަންވެސް އޭނާއަށް އެނގެއެވެ. އެހެނަސް އެނގި އެނގި ހުރެ މާޒްގެ ހިތަށް ތަދުކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ކައިގެން ނުކުމެފައިވެސް މާޒްއަށް އައުފްއާއެކު އެތައްއިރަކު ވާހަކަދައްކަން […]
“އެނގޭތަ! އެކުއްޖާ އަށް ވެސް ކިޔަނީ ހީން….. ދޮންބެ ބުނީ އެކުއްޖާ އަށް އެނގޭނޭ ދޮންބެ ބަލިކަން. އެކަމަކު ރަނގަޅީ ގޮވާލަން ވެސް ނައިއްޔާއޭ…. ދޮންބެ މިހާރު ބޭނުމެއްވެސް ނޫނޯ… ދޮންބެ ފޫހިވެޔޯ…. ދޮންބެ ބަލި ރަނގަޅުވީމަ މާއްކޮ އަށް އެހެން ދައްތަ އެއް ގެނެސްދޭނަމޯ” މަހާ ގެ ވާހަކަތައް އަހާފައި ރަޔާހީނަށް ރޮވުނީ ކީއްވެ ކަމެއް ނޭނގޭއެވެ. އޭނާ ހިތުގައި ނުފިލާ ރިހުމެއް އުފެދުނުކަން ގައިމެވެ. ނަމަވެސް މަހާ ކައިރީގައި އިނދެ އެގޮތަށް އުޅެން ނުވާނޭކަން […]
އަތުގައި އޮތް ކުޑަ ކެމެރާ އޮފް ކޮށްލަމުން ތެދުވެގެން ދުއްވައިގަތެވެ. ސާޔާވެސް މާ ބޮޑު ކަމަކަށް ނަހަދައި ގެއާއި ވީ ދިމާލަށް ދުއްވައިގަތެވެ. ރާއިޝްގެ ކިބައިން ސަލާމަށް ވުމަށެވެ. ގެއަށް ވަދެވުމާއިއެކު ފެން ތައްޓެއް ބޯން އަވަސްވެގަތެވެ. މޫނުމަތީގައި ވާ ހާސް ކަމާއި އެހެން ހުރިހާ އަސަރުތައް ފިލުވައިލުމަށްފަހު ބަދިގެއިން ނިކުތެވެ. “ސާޔާ ކަނބުލޯ އެއްޗެއް ބޭޏުންތޯ؟..” އައިސާއްތަ ސުވާލުކޮށްލިއެވެ. “ނޫން އައިސާއްތަ.. ފެން ފޮދެއްބޯލީއޭ..ކޮބާ އާޝް؟ ފޮނުވަބާ ކިޔަވަން..” ސާޔާ ކޮޓަރިއާއި ދިމާލަށް ދަމުންބުނެލިއެވެ. އާޝާ […]
އަމީނާޔާ ޒޫމީ ވާހަކަ ދައްކަން ތިއްބާ އީތަން އައީ ހުތްއަބު ކޮތަޅެއް ހިފާގެންނެވެ.” ދަރިފުޅާ ތިޔޯ،؟! ކޮންތާކުން މާ ބައިވަރު އަނބު ތަކެއް ހޯދީ؟!” އީތަން ވަނުމުން އަމީނާ ހައިރާން ވެފަ އަހައިލިއެވެ. “މަންމާ މިއީ ރަށުން ލިބުނު އަނބު ކޮތަޅެއް ޒޫމީ އަނބު ކައި ހިތުން އުޅޭތީ ރައްޓެއްސެއް ލަށްވާ ގެނުވީ” އީތަން އަމީނާޔަށް އަނބު ލިބުނު ގޮތާ ގެނާ ސަބަބު ބުނެލިއެވެ.”އާ… އެހެންދޯ މަންމަ ހަދާން ނެތުނީއޭ، މަންމަ މިހާރު ވެސް މިކިޔަނީ ޒޫމީ […]
ދުވަސްތައް ފާއިތުވަމުން ގޮސް މަސްދުވަސްވެގެން އަހަރުގެ މެދަށް އައިސްފިއެވެ. އަހަރުގެ މެދުތެރެއަކީ ކޮލެޖުތަކުގެ ކޯސްތަކުގެ އިމްތިޙާންތައް ފަށައިގެން އުޅޭ ދުވަސްވަރެވެ. އަދި އޭ ލެވެލް ކިޔަވާ ބައެއް ދަރިވަރުންނަށް އޭ ލެވެލް އިމްތިޙާނު ވެސް ފެށެނީ މި ދުވަސްވަރެވެ. ފާއިތުވެދިޔަ އަހަރުތަކުގައި ރާއްޖޭގެ އަބާދީ އެތައް ގުނައަކަށް އިތުރުވުމުން ރާއްޖޭގައި ކިޔަވާ ކުދިންގެ އާބާދީ ވެސް އިތުރުވިއެވެ. އެހެންވުމުން ޖަނަވަރީގެ އިތުރުން ޖޫން މަހުގައި ވެސް އިމްތިޙާނުތައް ހެދޭ ގޮތަށް މަދަރުސާތަކާއި ކޮލެޖުތަކުން ހަމަޖައްސާފައިވެއެވެ. އަދި އަހަރެއްގެ […]
އުޑުމަތި ސާފުރީތި ދުވަހެކެވެ. ހަވީރުގެ ހިތްގައިމު ވަގުތެވެ. ހުޅަނގު ފަރާތުން ޖެހެމުން ދާ ނަލަނަލަ ވައިރޯޅިން ހިތްތަކަށް ފިނިކަން ލިބެއެވެ. މާހައުލު އެހާވެސް ފުރިހަމަ އެވެ. ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އުފާވެރި ކަމެވެ. އެހެނަސް ގުދުރަތީ މި ފުރިހަމަ ކަމުން އުފާ ލިބިގަންނަނީ މަދުބައެކެވެ. ހަލަބޮލިވަމުން މިދާ ދުނިޔޭގައި މިއަދު މި ފެންނަ މަންޒަރަކީ ވަރަށްވެސް ތަފާތު މަންޒަރެކެވެ. އާއެކެވެ. އިންސާނުން ހޭބޯނާރާ ހޭލަމޭލައަކަށް އުޅެމުންދާ ތަނެވެ. ދުވާލު ރޭގަނޑަށްވެ ރޭގަނޑު ދުވާލަށްވާ ތަނެވެ. […]