Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(17)

Dhippi Level 4100 Comments10 Stories
September 21, 2017 6 Mins Read
15 Comments

“ހެލޯ ވިނާ ހައު އާރޔޫ؟ ހާދަ ފަލައޭދޯ މިހާރު؟” ވިނާން އައިސް އިށީނުމުން ތުއިވެފައި އުޝާ އަހައިލިއެވެ. އުޝާ ހީވަނީ ރީތިވެގެން ހުރި އިރު އެހެންފަދަ ކަމެއް ހެންނެވެ. އެގޭގަ އިތުރު މޭކަޕު ސާމާން ކޮޅެއް ދެން އޮވެދާނެހެނެއް ވެސް ހީނުވެއެވެ. އޭނަ ހުރީ އެވަރު އަރުވާލައިފައެވެ. އެކަން ފެނި ވިނާން ހުރީ ފޫހިކަން ދެގުނަ އިތުރު ވެފައެވެ. އުޝާ ދެވަނަ ފަހަރަށް ގޮވައިލުމުންވެސް ވިނާން ހުރީ އަނގައިން ވެސް ނުބުނެ އިސްޖަހައިގެންނެވެ. އެމަންޒަރު ފެނި އުޝާގެ ބައްޕަ ހިތުގައި ޝައްކުތަކެއް ވެއްޖެއެވެ. ނަމަވެސް އެއްޗެއް ނުބުނެ ހުރީ ވާއެއްޗެއް ބަލަންށެވެ. “ތި ދެކުދިންނަށް ވެސް އިނގޭދޯ މަންމަމެން ދައްކަން މިއުޅެނީ ކޮންވާހަކައެއްކަން؟!” ވަޒުނާ ވެސް އައިސް އިށީނުމުން އަފީފާ ވާހަކަ ދައްކަން ފެށިއެވެ. “ކީއްވެ އެއްވެސް ކުއްޖަކު އެއްވެސް އެއްޗެއް ނުބުނެ އަނގަ މަޑު ލައިގެން ތިތިބީ؟” އެއްވެސް މީހަކު އެއްޗެއް ނުބުނުމުން އުޝާޔާ ވިނާންގެ މޫނަށް ބަލަމުން އަފީފާ އަަހައިލިއެވެ. “އެބުނާހެން ކީއްވެ އެއްވެސް ކުއްޖެއް އަނގައިން ނުބުނެ ތިތިބީ” އަފީފާޔާ އެއްބައިވަމުން އުޝާގެ މަންމަ ވަހީދާ އަހައިލިއެވެ. “މަންމަމެން ބޭނުން ވަނީ ދަރިފުޅުމެން ބޭނުންވާ ދުވަހެއްގައި ކައިވެނި ކުރަން އެކަމަކު ވީހާވެސް އަވަހަކަށް، ދެން ދަރިފުޅުމެންނަށް ފެންނަ އެއްޗެއް ކިޔާބަލަ” އުޝާޔާ ވިނާންއާ ދެމީހުން ކުރެ އެކަކު ވެސް އެއްޗެއް ނުުބުނެ ހުރުމުން ވަހީދާ އަހައިލިއެވެ.

“މަންމާ މަންމަންގެ އެއްވެސް ނިންމުމަކަށް އަޅުގަނޑު އިންކާރެއް ނުކުރާނަން، އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް އަޅުގަނޑު ކައިވެނި ކުރާނަން” އުޝާ ތުއިކަމާއި ބޮޑާ ކަމާއެކު ބުނެލިއެވެ. އެތާއެ ހުރިހާ ވާހަކައެއް ދައްކާ އިރު ވެސް ވިނާންއަށް އަޑުވެސް ނުއިވޭ ކަހަލައެވެ. އޭނާ ހުރީ އަލްޔާ ފެންނަން ނެތީތީ އެކަމާ ސަކަރާތް ވެފައެވެ. އުޝާ އެއްބަސް ވާނެތާއެވެ. ކިތަންމެ ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާފަ އޮތަކަސް އޭނާ ވިނާން ދެކެ ލޯބިވާނެތާއެވެ. ކައިވެނި ކުރަން ހަމަ ޖެހުނީއްސުރެ އޭނާވެސް އެތައް ފޮނި ހުވަފެނެއް ދެކޭ ވިއްޔާއެވެ. “ދަރިފުޅާ ވިނާން ދަރިފުޅު ކީކޭތަ ބުނަނީ؟ ދަރިފުޅު ވެސް އެއްޗެކޭ ބުނެބަލަ އުޝާ އެއޮތީ އޭނާ ބޭނުން ވާކަމަށް ބުނެފަ ދެން ދަރިފުޅު ޑޭޓަކާ އެއްޗެހި ހަމަޖައްސަބަލަ މަންމަމެން ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކަން ނިންމާލަން އެކަމަކު ދަރިފުޅުގެ ދެކުދިން ބޭނުންވާ ތާރީޙެއްގައި” އަފީފާ ބޮލިރަވަ ފައްޗެއްހެން ތަޅުވައި ބޭލިއެވެ. އެވަގުތު ވިނާންގެ ފައިގައި ވަޒުނާ ކޮއްޓާލުމުން ވިނާން ސިހިފަ އިސްއުފުލާލިއެވެ. “މަންމާ އަދި އަޅުގަނޑު މީހަކާ އިންނާކަށް ނުވޭ އަޅުގަނޑު އަދި ރެޑީއެއް ނޫން ތިކަމަކާއެއް، އަޅުގަނޑު ތި ކައިވެންޏެއް ނުކުރާނަން!” ވަޒުނާގެ އެހީއާއެކު ވިނާން ބޭނުންވާ ގޮތް ބުނެލިއެވެ. ވިނާންގެ ޖުމްލަ އަޑުއިވިފައި އުޝާގެ ހިތް ދިޔައީ ކުދި ކުދި ވެގެންނެވެ. އަފީފާގެ ދެލޯ ދިޔައީ ތަންމިނަށް ހުޅުވިގެންނެވެ. ސައުދު އާ ވަޒުނާ ނޫން ދެން ތިބި އެއްމެންނަށް ވެސް ވީ ހަމަ އެވަރެވެ. “އަދި އެއްފަހަރު ބުނެބަލަ ތިބުނި އެއްޗެއް!” އަފީފާއަށް އެއިވުނީ ނުބައި އަޑެއްކަމަށް ހިތާ ދެވަނަ ފަހަރަށް ވިނާން ކުރެން އަހައިލިއެވެ. އަފީފާ އެހެން ބުނުމުން ދެވަނަ ފަަހަރަށް ވެސް ވިނާން ހަމަ އެ ޖަވާބު ދިނެވެ. އެއްމެން ތިބީ ތަލިން ކުޅުހިކި ބަސް ހުއްޓިފައެވެ.

“ވިނާ ކީއްވެ އަހަރެންނަށް ތިހެން ތިހެދީ؟ ވިނާންއާ އަހަރެންނާ އެކަށީގެން ނުވަނީތަ؟ ނޫނީ އަހަރެންގެ ސިފަ ހުތުރީތަ؟” އުޝާ އަޑުން އަޑު ނަގާ ރޮމުން އަހައިލިއެވެ. “އަހަރެން ކައިވެނި ކުރާކަށް ވަކިމީހެއް ނެތް އަހަރެން ނުބަލަން މުއްސަންޖަކަށް، ފަގީރަކަށް، ސިފަޔަކަށް، ކަޅަކަށް ދޮނަކަށް، އަހަރެން ބަލަނީ ހަމަ އެކަނި ރިވެތި އަހުލާގަކާ ގެވެހި އަންހެން ކުއްޖެއް އަހަރެން މިހާރު ވެސް މިބުނީ ަުފަހުން ވެސް ބުނާނީ އަހަރެން އަދި މީހަކާ އިންނާކަށް ނުވެޔޭ!” އެހެން ކިޔާފަ އެހެން މީހަކަށް ވާހަކަ ދައްކަން ފުރުސަތު ވެސް ނުދީ އެތަނުން ތެދުވެގެން ވިނާން ހިނގައްޖެއެވެ. ސައުދު އިނީ ލިބުނު މޮޅު ހިތަށް އަރާ ނުލަފާ ވަތްތަރަކަށް ހިތުން ހޭންށެވެ. ހަގީގަތުގައި ސައުދު އަކީ ނުބައި މީހެއް ނޫނެވެ. އަދި އޭނަޔާ ދޭތެރޭ އެމީހުން ކަންތައް ކުރި ގޮތުގެ ބަދަލް ހިފުމެއް ވެސް ނޫނެވެ. އޭނާގެ ދަރިން އުފަލުގައި އުޅޭތަން ދެކެން ބޭނުން ވާތީއެވެ. ކޮންމެއަކަސް ވިނާންގެ އެ ނިންމުމާ ދޭތެރޭ އެއްމެން ކަހަލަ ގޮތަކަށް ތިބީ ބުނާނެ އެއްޗެއް ނޭނގި ހައިރާން ވެފައެވެ. ވިނާން ސިޑިން އަރައަރާ ހުއްޓާ މަޑު ކޮއްބާލާށޭ ކިޔާ އޭނާގެ ފަހަތުން އަފީފާ ދުއްވާގަތެވެ.

“ދަރިފުޅާ އުޝާ ދެން ނުރޮއެ ހުއްޓާލާ އެއްވެސް މީހަކަށް އަނެކާއަށް ދެރައެއް ދީފަ ވަކި މޮޅެއް ނުވެވޭނެ، ދަރިފުޅަށް ވެސް އަދި ރަނގަޅު ކުއްޖެއް ލިބިދާނެ މިތާގަ އިތުރަށް ބޭޒާރު ވާން ނުހުރެ ހިނގާ އަވަހަށް ގެއަށް ދާން! މިއީ ދަރިފުޅުގެ ނަސީބަކަށް ވީކަމަކަށް ވެސް” އުޝާއަށް ހިތްވަރު ދެމުން ސައުދުގެ ދެބަފައިންނަށް ކަޅި އަޅާލަމުން ވަހީދާ ބުނެލިއެވެ. “މަންމާ އެކަމަކު އަޅުގަނޑު ހާދަ ލޯބިވެޔޭ ވިނާ ދެކެ! މަންމާ ހެޔޮ ނުވާނެ ވިނާއަށް ވިސްނައިދީބަލަ” . އުޝާ ރޮއެ ހޭރެމުން އޭނާ މަންމަ ކައިރީގައި އާދޭސް ކުރަމުން ދިޔައެވެ. “ދަރިފުޅާ ދެން ހިނގާދާން މަންމަ ބޭނުމެއް ނޫން މިތާ ހުންނާކަށް އަދި ދަރިފުޅުގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެސް ވެއްޓޭކަށް!” އެހެން ކިޔާފަ އުޝާގެ އަތުގައި ހިފައިގެން ވަހީދާ ނިކުމެގެން ހިނގައްޖެއެވެ. އެމީހުން ދިއުމުން ސައުދު ހަށިފުރާ ނޭވާއެއް ލައިފަ އޭނާގަ ފޯނު ނަގައިގެން ކުޅެން ފެށިއެވެ. ވަޒުނާ ވިސްނަމުން ދިޔައީ އޭނާގެ ކުޑަބެގެ ހިތްވަރު ގަދަ ކަމާ ދޭތެރޭގައެވެ.

“ވިނާން ތިހިރީ ހަމަހޭގަތަ؟ ނޫނީ ބުއްދި ފިލާތަ؟ ކީއްވެތަ އުޝާ އާ އިންނަން ދެކޮޅުހެދީ؟ ކޮބައިތަ އޭނަގެ މައްސަލައަކީ؟ ބަލަ ވިނާން އާއޭ މި ވާހަކަ ދައްކަނީ” ވިނާންގެ ފަހަތުން އައިސް އަފީފާ ހަޅޭއް ލަވަމުން ދިޔައެވެ. “މަންމާ އަޅުގަނޑު ބުނީމެއް ނޫންތޯ؟ އަދި އަޅުގަނޑު މީހަކާ އިންނާކަށް ނުވެޔޭ، އެހެން ނޫނަސް އަޅުގަނޑު ލޯބިނުވާ މީހަކާ އިނދެގެން އަޅުގަނޑު އުޅޭނީ ކިހިނެއްތޯ؟” ވިނާން ކިތަންމެ ހިތްހަމަ ނުޖެހި ހުއްޓެއް ކަމަކު އޭނާގެ މަންމަޔާ ރީތި ބަހުން ވާހަކަ ދައްކަމުން ބުނެލިއެވެ. “މަށަށް އިނގެޔޭ ވެގެން އުޅޭ ހުރިހާ އެއްޗެއްވެސް ވިނާން ހީނުކުރައްޗޭ މަށަށް އެއްވެސް ކަމެއް ނޭނގިގެންނޭ މިއުޅެނީ” އަފީފާ ރުޅި އައިސް ބުނެލިއެވެ. “ކޯއްޗެއް މަންމައަށް އެނގިގެން ތިއުޅެނީ؟ މަންމަޔަކަށް ނޭނގޭނެ އެކައްޗެއްވެސް އެހެން ނޫނަސް ކަމެއް ވީނަމަތާ އިނގޭނީވެސް” މިފަހަރު ތަންކޮޅެއް އަޑު ބާރުކޮށް ވިނާން ބުނެލިއެވެ. އޭރު އެދަމައިންގެ އަޑު ގަދަ ވެގެން އުޅޭތީ ސައުދުއާ ވަޒުނާޔާ ދެބަފައިން ވެސް އައިސް އެތަނަށް ވަނދެއްޖެއެވެ. “ބަލާ ކަލޭމެން ބަލާބޮޑު ކޮއްފަ މޮޅަށް ކިޔަވާދީފަ ތިތިބީކީ މިގޮތަށް އަހަރުންގެ އަގު ވައްޓާލާ ބަނދުނާމު ކުރާކަށް ނޫނޭ މިއަދު އެދެމަފިރިން ހިތަށް އަރާނީ ކީކޭ؟ ވިނާން ތިގޮތަށް ކަންތައް ކުރުމުން އުޝާ ފަކީރަށް ވާނެ ވަރު އިހުސާސް ކޮއްލިންތަ؟ ވިނާން ތި ނިންމުން ތިގޮތަށް ނިންމި އިރުވެސް ހަމަ ރަނގަޅަށް އިނގޭނެ މި ކައިވެންޏަކީ މާ ކުރީއްސުރެ ރާވާއިފަ އޮތް ކަމެއްކަން ވީއިރު ކީއްވެ ތިހެން ކަންތައް ތިކުރީ؟” އެ ހިސާބަށް ބުނެވުނު އިރު އަފީފާ ހުރީ ރަނގަޅަށް ވެސް ރޮވިފައެވެ. ވިނާން ހުރީ ކުތްވެރިއެއް ހެން އިސްޖަހައިގެންނެވެ. މަންމަ ރޯތަން ފެނުނީމަ ހިތަށް އަސަރު ވެސް ކުރިއެވެ. އެކަމަކު ވެސް އޭނާގެ އަމިއްލަ އަތުން އޭނާގެ ދިރިއުޅުން ނަރަކަޔަކަށް ހަދާކަށް އޭނާ ބޭނުން ނުވީއެވެ. ވާނީ ވެސް އެހެންތާއެވެ. އެއްވެސް މީހަކު އެމީހެއްގެ ދިރިއުޅުން އަމިއްލަ އަތަކުން ފުޑުފުޑު ކޮށެށް ނުލާނެތާއެވެ.

“ބަލަ އަފީފާ އަދި ރޯވަރު ކަމެއް ނުވެއެއް ނޫންތަ؟ އެސޮރު އިންނަން ބޭނުން ނުވާތީތާ ނުއިންނާނަމޭ ބުނީ” އަފީފާ ރޯތީ ސައުދު ބުނެލިއެވެ. “މިހުރިހާ ކަމަކީ ސައުދުގެ ކަންތައް އެމީހުން ބުނާ ހުރިހާ ކަމެއް ބުނާ ކޮންމެ ގޮތަކަށް ސައުދު ދަނީ ކުރަމުން!، އެެހެން ވީމަ އެކުދިން ވެސް އެކުދިން ބޭނުން ގޮތަކަށް ނޫންތަ ކަންތައް ކުރާނީ؟! ސައުދު ހުންނާނެ އެކުދިނިންނަށް ހިތްވަރު ދޭން އެދެމީހުން ކުރެ އެކަކު ވެސް އަހަރެން ބުނާ އެއްވެސް ގޮތަކަށް ކަމެއް ނުކުރޭ!” އަފީފާ ރުޅި އާ އެއްވަރަކަށް ރޮމުން ބުނެލިއެވެ. “އަފީ ބަލަ ހަމަ ޖެހިބަލަ!، މީހާ ހަމަ ޖެހުނީމަދޯ މީހަކު ކިޔާއެއްޗެއް ވިސްނޭނީވެސް، މަ އެންމެ ފުރަތަމަ ދުވަހު ވެސް އަފީ ކައިރީގަ ބުނިން އެކުދިންގެ ތިބާވަތުގެ ކަންތަކާ އެއް މަ ނުބެހޭނަމޭ! މަށަށް އަބަދުވެސް ޔަގީންކަން އޮވޭ އެކުދިން އެކުދިންނަށް ފެންނަ ގޮތަކަށް ނޫނީ އެއްވެސް ކަމެއް ނުކުރާނެޔޭ، މަށަށް މަގޭ މިހިރަ ފަސް އިނގިލި ފެންނަ ފަދައިން އިނގޭ އެކުދިން ނިންމާ ކޮންމެ ނިންމުމަކީ އެކުދިންނަށް އޭގެން މަންފާ ކުރާނެ ކަމެއްކަން! އެހެންވީމަ އަހަރެން އޭގެ އެއްވެސް ކުއްޖަކަށް މަޖުބޫރެއް ނުކުރާނަން ވަކި މީހަކާ އިންނާކަށް އަދި މީހަކުވެސް ނުދައްކާނަން!!” ސައުދު އޭނާ ވިސްނާ ގޮތާ ދެކޭ ގޮތް ތަފުސީލްކޮށް ކިޔާ ނިންމާލިއެވެ. “ހޫމް… ކަލޭ ހުރޭ ކަލޭގެ ދެދަރިން ހަލާކުކޮށް އެމީހުންނަށް ނަސުރު ދޭން!، މަ މިދަނީ” ރުޅި އައިސް އެހެން ބުނެފަ ބަން ލާފަ ދޮރު ޖަހާފަ އަފީފާ ނިކުމެގެން ހިނގައްޖެއެވެ. އަފީފާ ދިއުމުން ވިނާން ކައިރީގައި އިން ސޯފާގައި އިޝީންނުމުން ސައުދު ވާހަކަ ދައްކަން ފެށިއެވެ.

“ދަރިފުޅާ ދަރިފުޅުމެންގެ ނިންމުމަކަށް ބައްޕަ ދެކޮޅެއް ނަހަދާނަން! އެކަމަކު މަންމަ އެެހެރީ އިންތިހާޔަށް ދެރަވެ އެހާ ރުޅި ގަދަވެފައި، ބައްޕަ ބުނަން މިއުޅޭ ވާހަކައަކީ ދަރިފުޅު މަންމަގެ ކިބައިން މާފަށް އެދޭށޭ ދަރިފުޅަށް އިނގޭނެ އިސްލާމް ދީނުގައި މަންމަމެންނަކީ ކިހާ މާތް ބައެއްކަން، ދަރިފުޅަށް ސުވަރުގެވެސް ވަނދެވެނީ އެ މަންމަގެ ހިތުން ހަލާލު ލިބުމަށް ފަހު އެފައިތިލަ ދަށުން އެހެން ވީމަ ބައްޕަ އުންމީދު ކުރަން ބައްޕަ މިދެއްކި ވާހަކަ އަޑުއަހައި އަމަލް ވެސް ކުރާނެ ކަމަށް” އެހެން ކިޔާފަ ވިނާންގެ ކޮނޑުގައި އަތުން ބީހިލާފައި ސައުދު ނިކުތީ ބޭރަށެވެ. ސައުދު ނިކުތުމުން ވިނާންއާ ވަޒުނާޔާ ދެކުދިން ފެށީ ޕަކަ ޕަކަ ލާފަ ހޭންށެވެ. “ކޮބާ ކުޑަބެ ހީވެއްޖެ..؟! މަބުނީމެއް ނޫން ބައްޕަ ކޫލް ވާނެޔޭ މަށަށް އިނގޭ ބައްޕަ ބުނާނީވެސް އެހެންކަން” ވަޒުނާ ޕަކަ ޕަކަ ލާފަ ހެމުން ބުނެލިއެވެ. “ހެހެ… ކުޑަބެއަށް ވެސް އިނގެޔޭ ބައްޕައަކީ ސަޅިމީހެއްކަން އެކަމަކު މައްސަލައަކީ މަންމަ ކުޑަބެއަކަށް ހީނުވޭ ދެން މަންމަ އަނގައިން ވެސް ބުނާނެހެނެއް! އަދި ބައްޕަ އެ ދެއްކީވެސް ދޮގު ވާހަކައެއް ނޫން!” ވިނާން މަޖާ މޫޑު ގެއްލި ދެރަވެގެން ބުނެލިއެވެ. “ޔާ… ވަޒޫއަށް ވެސް އިނގޭ، ދެން އަޅާނުލާ ދުވަސް ކޮޅަކުން މަންމަ ވެސް އޯކޭ ވެދާނެ” ވިނާންއަށް ހިތްވަރު ދެމުން ވަޒުނާ ބުނެލިއެވެ.

“އޭ އަދި ނިމުނީކީ ނޫން އިނގޭ! ކޮބާތަ ކުޑަބެގެ ގާރލް ފުރެންޑު؟ މިހާރު މިއޮތީ އެކަން ވެސް ނިމިފަ ދެން ނުބުނެއެއް ސަލާމަތެއް ނުވެވޭނެ އިނގޭ!” ވަޒުނާ ބާލީހެއް ނަގައި ޖަހަމުން ބުނެލިއެވެ. “ހައްހައް… އަދި ނުބުނެވިއެއް ނެތެއް ނޫން؟ ބުނާނަމޭ ހަމަޖެހިބަލަ!” ހިނިގަނޑަކާއެކު ވަޒުނާ އެއލި ވާލީސް މަތަ ކުރަމުން ވިނާން ބުނެލިއެވެ. “ހޫމް… ދެން ބުނަންވީ އިނގޭ ނުބުނެފިއްޔާ މިތަނަކުން ނުވެސް ނިކުންނާނަން….” އެނދުގައި ހަމަޖެހިލާފަ އޮށޯންނަމުން ވަޒުނާ ބުނެލިއެވެ. “އޯކޭ އޯކޭ ބުނާނަމޭ ހަމަޖެހޭ… އެކަމަކު ވަޒޫ ނުވާނެ އެއްވެސް މީހެއް ކައިރީގަ ބުނެގެން!” ވިނާން ފާޑަކަށް ސީރިއަސްވަމުން ބުނެލިއެވެ. “ޝުވާރ… ނުބުނާނަން ތިއީ މަގޭ ވަން އެންޑް އޮންލީ ކުޑަބެ އެއްނޫން” ވަޒުނާ ބުނެލިއެވެ. “އޯކޭ ކުޑަބެ ބުނީމެއްނުން އަދި ރިލޭޝަނަކަށް ވެސް ނުދަމޭ ކުޑަބެ މިވިސްނަނީ އެކަން ކުރާނެ ގޮތެއް!!” ވިނާން ބުނެލިއެވެ. “ކަމޯން ކުޑަބޭ..! ދެން ޕުރުޕޯޒް ކޮއްބަލަ ތިހެން ހުއްޓާ ތެޔޮނާށި ކާޅު ޖަަހައިގަންނާނެ..!” ވަޒުނާ ދެފައި ވަށްކޮއްލައިފަ ބުނެލިއެވެ. “ކޮއްފީމޭ..! އެކަމަކު އޭނަ ޖަވާބެއް ނުދިން އާއެކޭވެސް ނޫނެކޭވެސް ނުބުނި އެހެންވެ ކުޑަބެ މިހިރީ އޭނަ ކުރިމައްޗަށް ވެސް އަރަން ނުކެރިފަ!” ވިނާން ދެރަވެފައި ބުނެލިއެވެ. ހުވާތަ؟ ކާކުތައޭ؟ މަގޭ ކައިރީގަ ބުނެބަލަ އޭރުން ކުޑަބެ އޭނަ މަތިން ހަނދާން ނުނެތޭ ވަރު ކޮއްލާނަން..!” ވަޒުނާ މަޖާވެފަ ބުނެލިއެވެ. “އަމް ހަމަ ބުނަންވީތަ އެއީ ކާކުކަން؟!” ވިނާން އަހައިލިއެވެ. “އާއެކޭ ބުނެބަލަ އޭރުންތާ ތިކަން ކުރެވޭނީ” ވަޒުނާ ހަމަ އެ މޫޑުގައި ބުނެލިއެވެ. “ހެހެ… އޯކޭ މިބުނަނީ އެކަމަކު ވަޒޫ ނުވާނެ ޖެއްސުން ކޮއްގެން ޕްރޮމިސް ކުރޭ!” ވިނާން ބުނެލިއެވެ. “ޕްރޮމިސްއޭ ދެން ތިވަރަށް ނުތަޅުވާ ބުނެނަލަ!” ވަޒުނާ ހިތް އަވަސް އަރުވާފަ ބުނެލިއެވެ. އެއީ… އެއީ… އަލް އަލްޔާ!، ކުޑަބެ އެނޫން އެއްވެސް ކުއްޖެއް ބޭނުމެއް ނުން” އެންމެ ފަހުން ވިނާން ބުނެލިއެވެ. ވަޒުނާ ދިޔައީ ދެލޯ ބޮޑުވެ ބަސް ހުއްޓިގެންނެވެ. “ވަޒޫ..!ވަޒޫ..! ކީއްވެ އެއްޗެއް ނުބުނީ؟” ވަޒުނާ އެއްޗެއު ނުބުނެ ހުރުމުން ވިނާން އަހައިލިއެވެ. “އާނ ކީކޭ ކުޑަބެ؟” ވަޒުނާ ހިޔާލަކަށް ގެއްލި ހުރެ އަހައިލިއެވެ. “ޕިސް ޕިސް… ކުޑަބެ ބުނީ ކީއްވެހޭ އެއްޗެކޭ ނުބުނެ ތިހިރީ އަނެއްކާ ވަޒޫއަށް ކަމުނުދަނީތަ އަލް؟!” ވިނާން އަހައިލިއެވެ. “ނޫނޭ ކުޑަބެ ވަޒޫއަށް އޯކޭ، އެކަމަކު ވަޒޫ ހިތައްވެސް ނައަރާ ކުއްޖެއް ދެކެ ލޯބިވީމަ އަނެއްކޮޅުން މަންމަ އަރުވާލާނެ ވަރު ހިތަށް އަރާ ބުނާނެ އެއްޗެއް ނޭނގިފަ މިހިރީ!، ބަޓް ވަޒޫ އަލްއާ ޓޯލްކު ކޮއްފާނަން އޯކޭއެއް ނޫންދޯ؟!” ވަޒުނާ ވިސްނާލައިފަ ބުނެިއެވެ. ވިނާން ހުރީ ވަޒުނާ އެހެން ބުނުމުން އުފަލުން ހެވިދިލިފައެވެ. ކޮންފަދަ ލޯބިވެތި ދެބެއިން ހެއްޔެވެ. އެއްކުއްޖަކު އަނެއް ކުއްޖަކަށްޓަކައި ގުރުބާން ވާން ތައްޔާރަށް ތިބި ކަހަލައެވެ. ކޮންމެއަކަސް އެއްބަނޑު އެއްބަފާ ކަމުގެ ލާމަސީލް ދެބެއިންނެވެ. ވިނާންއާ ވަޒުނާޔާ ދެބެއިން އެތައް އިރަކު ވާހަކަ ދައްކަން ތިބެފަ ވަޒުނާ ދިޔައީ ވިނާންއަށް އަލްޔާގެ ލޯބި ހޯދަ ދޭން އޭނާޔަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމަށް ވައުދު ވެފައެވެ.

…..ނުނިމޭ…..

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ވިންދު ލޯބިން ޖެހި ހިތެއްގައި (13)

Next

އަގެއްނެތްލޯބި 25 ވަނަ ބައި

Next
September 21, 2017

އަގެއްނެތްލޯބި 25 ވަނަ ބައި

Previews
September 21, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (13)

15 Comments!

  1. Adam says:
    September 21, 2017 at 12:19 pm

    Hope hurihaa kudhinna mi part kamudhaane kami…plzz comment all… Also varah sorry mi dhuvas kolhu buxy Cathy kuda koi kurukoi Gene’s dheveny… Rangalhu kuran kamei in nama plxx comment…

  2. Addu manje says:
    September 21, 2017 at 12:21 pm

    Varah reethi mibaives.. ❤

    1. Adam says:
      September 21, 2017 at 12:29 pm

      Thanks

  3. Meyri says:
    September 21, 2017 at 12:33 pm

    V reethi bt thankolheh dhigukohdhi plxx

    1. Adam says:
      September 21, 2017 at 12:36 pm

      Thanks…ok kureveytho balaanan…

  4. ?ain? says:
    September 21, 2017 at 12:37 pm

    ????❤??????????????

  5. lyn says:
    September 21, 2017 at 12:48 pm

    Reethi mi part ves…waiting waiting..

  6. Hawwa says:
    September 21, 2017 at 1:11 pm

    Wow v ves rythi .vinaan haadha hiyvaru gadhaey dhw. Hehe❤❤

  7. ipher says:
    September 21, 2017 at 1:11 pm

    Just wow ey bunelaany….v v v furihama… Whn next part up kuraany…Eagerly waiting fr the next part…

  8. Lam says:
    September 21, 2017 at 2:08 pm

    Masha Allah..keep itup

  9. ?een? says:
    September 21, 2017 at 2:11 pm

    V reethi. ???

  10. Huba says:
    September 21, 2017 at 2:31 pm

    Wooooow v v v salhi

  11. aloo says:
    September 21, 2017 at 4:41 pm

    WOOOOOOOOOOOOOOOOOOOOOOOOOOOOOOOOOW

  12. Alvyn says:
    September 21, 2017 at 7:33 pm

    Omg… I hv no words to express… Just luv it.

  13. khajja says:
    September 22, 2017 at 1:27 am

    Ohh wow masha allah?? such luv??? when nxt prt plx avas can’t wait plx happy islaamic new year n gud nyt ly ???❤❤❤?????

Comments are closed.


All Right Reserved!