Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވޭލީ (6)

Nau Level 810 Stories100 Comments500 Comments100 Stories100 Login1K Comments
October 15, 2017 5 Mins Read
65 Comments

އަނދިރީގެ ތެރޭގައިވެސް ރަތްކުލައިން ދިއްލިފައިވާ ރަންޔާގެ ދެލޯ އައިދުންއަށް ފާާހަގަވިއެވެ. އައިދުން ބަލައިލުމާއެކު އޭނާ ހީލިއެވެ. އެއާާއެއްކޮށް އޭނާގެ މުޅީ އަނގައިން އޮހޮރިގަތީ ރަތް ލެޔެވެ. ހުދުދަތްތައްވެސް ރަތް ލެއިން ފަވައިލައިފައިވާ ކަހަލައެވެ. އައިދުންއަށް ހިންދިރުވައި ލެވުނެވެ.

އެސަކަރާތުގައި އެތައްއިރަކު ތިބުމަށްފަހު އާކިފްމެން މަސްބާނަން ދިއުމަށް ތައްޔާރުވާން ފަށައިފިއެވެ. އައިދުންވެސް އެމީހުންނާ ބައިވެރިވެގެން ދިޔައެވެ. ހުރިހައި އަންހެންކުދިން ޓެންޓްތަކަށްވަދެ ތިއްބެވެ. އެމީހުންނާއެކު އެތަނުން އެއްފިރިހެނަކު މަޑުކުރިއެވެ.

މަސްބާނަން ތިބި އާކިފްމެން ގާތުގައި މަޑުކޮށްލައިގެން އައިދުން ހުއްޓެވެ. އެކަމާ އެހައި ގަޔައި ނުވެފައެވެ. މަސްނުބޭނިއެއްކަމަކު އެމީހުންގެ ވާހަކައިގައި އައިދުންވެސް ބައިވަރިވަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން ވަށައިގެން ހޯދައިލެވެއެވެ.

އެއްލިކަޅިއަކުން ގަހެއްގެ ކައިރީގައި އިން މަލާކް އައިދުންގެ ލޮލުގައި އަޅައިގަތެވެ. އޭނާ ވަރަށް ހައިރާންވިއެވެ. އެހައި އަނދިރިތަނެއްގައި މަލާކް އެކަނި އިނުމުންނެވެ. މަލާކް އެއީ ދުވަހަކުވެސް އަނދިރީގައި އެކަނި އިންނަން ކެރުނު ކުއްޖެއްނޫނެވެ.

އައިދުން ބަލައިލުމާއެކު މަލާކް ހަނާއަޅައިލިއެވެ. އަދި އޭނާ ގާތަށް އައުމަށް ބުނަމުން ދިޔައެވެ. އާކިފްމެންނާ ދިމާއަށް ބަލައިލުމަށްފަހު އެބައަންނަމޭ ބުނެ އައިދުން މަލާކްއާ ދިމާއަށް ހިނގައިގަތެވެ.

“މަލް. މިތާ އެކަނި ކީއްކުރަނީ؟” މަލާކް ގާތަށް ހުއްޓިލުމަށްފަހު އައިދުން އަހައިލިއެވެ. “އައިދު މަތިން ހަނދާންވާވަރުން ކެތްނުވެގެން މިއައީ. ހިނގާބަ ހިނގާލަން ދާން.” މަސްތީގޮތަކަށް އައިދުންގެ މޫނުގައި ފިރުމައިލަމުން މަލާކް ބުނެލިއެވެ.

އައިދުން ހިނިތުންވެލުމަށްފަހު މަލާކްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. މަލާކްވެސް ހެވިފައި އައިދުންގެ އަތުގައި ހިފައިގެން އިނދެ ހިނގަމުން ދިޔައެވެ.

ރާޅުޖަހާ ހިސާބުގައި ދެމަފިރިން އަތުގުޅުވައިލައިގެންތިބެ ހިނގަމުން ދިޔައެވެ. މަލާކްގެ ހަމަހިމޭންކަމުން އައިދުންއަށް އުނދަގޫވަމުން ދިޔައެވެ.

“މަލް. ކިހިނެއްވެފަ ތިއިނީ؟” އައިދުން މަލާކްގެ ކޮލުގައި ފިރިމައިލަމުން ލޯތްބާއެކު އަހައިލިއެވެ. “ކަމެއް ނުވޭ. ކުޑަކޮށް ބޮލުގައި ރިއްސަނީ.” އެހުރިގޮތަށްހުރެ މަލާކް ބުނެލިއެވެ. “ދެންކީއްވެ ތިއައީ؟ ޓެންޓްގަ އަރާމުކޮށްލަން އޮތްނަމަ.” މަލާކްގެ ބޮލުގައި އައިދުން ފިރުމައިލިއެވެ. “ނޫނޭ. އަހަރެން ނައިސް ކިހިނެއް އަހަރެންގެ މަގުސަދު ހާސިލް ވާނީ؟” މަލާާކް ބުނެލި ޖުމުލައިން އައިދުން ސިހުނެވެ. “ތިބުނީ؟” މަލާކް ބުނި އެއްޗެއް ނުވިސްނުމުން އައިދުން އަހާލިއެވެ. “މިބުނީ އަހަރެން ނައިސް ކިހިނެއްހޭ އައިދު އާ އެއްކޮށް މިހާ ރީތި ހިތްގައިމު ވަގުތުކޮޅެއް ހޭދަކޮށްލާނީ؟” ނުލަފާ ފާޑަކަށް ހެވިފައި އިނދެ މަލާކް ބުނެލިއެވެ. އައިދުން އަށް މަލާކްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ކުޑަކޮށްވެސް ފާހަގައެއް ނުވިއެވެ. އެހެންނޫންނަމަ މަލާކް އެބުނީ ތެދެއްނޫންކަން ވަގުތުން އެނގުނީހެވެ.

“އޯހް. އެހެން ދޯ. ނޭނގޭނު. ފާޑެއްގެ މަގުސަދެއްގެ ވާހަކަ ދެއްކީމަ.” ހިނިގަނޑެއް ޖަހައިލަމުން އައިދުން ބުނެލިއެވެ. ދެންދިޔައީ އަނެއްކާވެސް ހަމަހިމޭން ވަގުތުކޮޅެކެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ.

އިރުކޮޅަކު އެގޮތުގައި އިނުމަށްފަހު މަލާކް އައިދުންގެ އަތުން އޭނާގެ އަތް ވަކިކޮށްލިއެވެ. އަދި މޫދާ ދިމާއަށް ހިނގައިގަތެވެ. ރާޅުޖަހާ ހިސާބުގައި މަޑުކޮށްލުމަށްފަހު މޫދާާ ދިމާއަށް މަލާކް ބަލައިލިއެވެ. އޭނާ ހުރީ އައިދުންއަށް ފުރަގަސްދީގެންކަމުން މަލާކްއަށް ވަމުންދާ ގޮތްތަކެއް އައިދުން އަކަށް ނުފެނެއެވެ.

* * *

ޓެންޓް ތެރޭގައި މަލާކް ނީމް އާއި ވާހަކަދައްކަން އިނެވެ. ނީމްގެ ސުވާލަށް މަލާކާ އައިދުން ދިމާވިގޮތުގެ ވާހަކަ މަލާކް ކިޔައިދެމުން ދިޔައެވެ.

“އޫމްމް.. ސަޅި ލަވް ސްޓޯރީއެއް” ހިނިގަނޑެއް ޖަހަލައިފައި ނީމް ބުނެލިއެވެ. “ސާބަސް ނީމް އަށް. ނީމްއާ އާކިފް ދިމާވީ ކިހިނެއް؟” މަލާކް އެހެން އަހަލުމުން ވަރަށް ގަޔާވެފައި ނީމްވެސް އޭނާއާ އާކިފްއާ ދިމާާވި ގޮތް ކިޔައިދެމުން ދިޔައެވެ.

“އޭތް ތިހެންނުތިބެ އައިސްބަލަ. މަސްބާނައިގެން އެމީހުން އަތުވެއްޖެ. މަސްފިހަން މިއުޅެނީ.” އެތަނުން ކުއްޖަކު މަލާކްއާ ނީމް އަށް ގޮވައިލަމުން އެހެން ބުނުމުން ދެމީހުން އަވަސް އަވަހަށް ޓެންޓް ތެރެއިން ނުކުތެވެ.

“ކޮބާ އައިދު؟” އައިދުން ނުފެނުމުން މަލާކް އަހައިލިއެވެ. “ނޭނގެ. އެބަ އަންނަމޭ ކިޔާފަ ދިޔައީ. އަހަރެމެން ހީކުރީ މިތަނަށް ކަމަށް އައީ.” އާކިފްވެސް ހައިރާންވެލާފައި ބުނެލިއެވެ. “މިތަނަކަށް ނާދޭ.” ކަންބޮޑުވެފައި މަލާކް އެހެން ބުނުމުން އެންމެންގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. “ދެންކޮންތާކަށްބާ އެދިޔައީ؟” އާކިފްގެ އަޑުންވެސް އޭނާ ކަންބޮޑުވެފައިވާވަރު އެނގެއެވެ.

“ނޭނގެ. އަޅެ އައިދުއަށް ކަމެއްވީތަ؟” މަލާކްއަށް ރޮވުނެވެ. “އޭ މަލް. އަދި ތިހެން ވިސްނާވަރެއް ނުވެއެންނު. ވެދާނު އައިދުން ހިނގާާލަން ދިޔައީ ކަމަށްވެސް. ދެން ހުއްޓާލާ. އާާކިފްމެން ދާންވީނު އައިދުން ވީތަނެއް ބަލައިލަން.” ކަންބޮޑުވި ނަމަވެސް އެކަން ފޮރުވަމުން ނީމް މަލާކަށް ހިތްވަރުދެމުން ދިޔައެވެ.

“އާނ. ތީ ރަނގަޅު ވާހަކައެއް. މަލް ހިތްވަރުކުރޭ. އިރާދަކުރެއްވިއްޔާ އައިދުން އަށް އެއްވެސް ކަމެއް ނުވާނެ. އަހަރެމެން އަންނާނަން އައިދުން ހޯދަން ގޮސްފަ. އަހަރެމެން އަންނަންދެން ހުރިހާ އަންހެންވެރިން ތިބޭ ޓެންޓް ތެރޭގަ. ބޭރަށް ނުކުމެގެން ނުވާނެ. ނިހާާދު ކަލޭ އެމީހުން ގާތު މަޑުކުރޭ.” އާކިފް އެއްފައްޗަކަށް އަމުނައިލިއެވެ. ކޮންމެ މީހަކަށްވެސް ހަދަންވީގޮތް ބުނެދިނުމަށްފަހު އެތަނުން ފިރިހެން ގްރޫޕެއް ގޮވައިގެން އާކިފް ހިނގައިގަތެވެ.

* * *

މަލާކް އޭނާއަށް ފުރަގަސްދީގެން އިނުމުން އައިދުންއަކަށް ކެތެއްނުވިއެވެ. މަލާކް ގާތަށް ދިއުމަށްޓަކައި ނެގި ފުރަތަމަ ފިޔަވަޅާއެކު އައިދުން ހުއްޓުން އެރިއެވެ. ބަލަބަލައި ހުއްޓާ މަލާކްގެ ކުރު ފަންއިސްތަށިގަނޑު ދިގުވާން ފެށިއެވެ. އުނަގަނޑާ ހަމައަށް އެއިސްތަށިގަނޑު ދިގުވިތަންފެނި އައިދުން ގަނޑުވިކަހަލަައެވެ. އަނެއްކާ މިއީ އަސްލަށްވެސް މަލާކް ބާާވައެވެ؟ އައިދުންގެ ހިތަށް އަރަމުން ދިޔައެވެ.

ލައިފައި އިން އަތްކުރު ޓީޝާޓްކޮޅާއި ހަރުވާޅުވެސް ކަޅުވެ ދިގުވަމުންގޮސް ފައިކޮޅާ ހަމައަށްއަރާ ދިގުހެދުމަކަށް ބަދަލުވިއެވެ. ހަންގަނޑުގެ ކުލަވެސް މަޑު ނޫކުލައަކަށް ބަދަލުވަމުން ކުރަކިވަމުން ދިޔައެވެ. ހަންގަނޑު ކުރަކިވެގެންގޮސް އެކި ތަންތަނުން ފަޅައިގެން ގޮސް ލެއާއި ފާދިޔަ ފައިބާތަން ފެނުމުން އައިދުން އަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. އަތުގެ ނިޔަފަގިތައްވެސް އިރެއް އިރަކަށް ދިގުވަމުން ތޫނުވަމުން ދިޔައެވެ. ކުއްލިއަކަށް މަލާކް ހަޅޭލަވައި ގަނެފައި އައިދުންއާ ދިމާއަށް އެނބުރުނުއިރު ހުރީ ރަންޔާގެ ސިފައިގައެވެ. މޫނުގެ އެއްބައިވަނީ ވިރިގެންގޮސް ފައިބައިފައެވެ. މުޅި މޫނުގައިވެސް އޮތީ ހުސްލެއެެވެ. އަނގައިގެ ދެމިޔަކަނުންވެސް ބޮކި ޖަހައިފައި ލޭތައް ފައިބަމުން ދިޔައެވެ.

އައިދުންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ދުއްވައިގަންނަން ބަލައިލިއިރު އޭނާއަށް ހުރެވުނީ ގަސްބޯ ޖަންގަލީތެރޭގައެވެ. މިވީ ކިހިނެއްހެއްޔެވެ؟ ދާދި ދެންމެއަކު އޭނާ ހުރީ ގޮނޑުދޮށުގައެވެ. ވާނުވާާ ނޭނގިފައި ހުރި އައިދުން ސިހުނީ ނާމާން އަޑަކުން ރަންޔާ ހޭންފެށީމައެވެ.

“މޫދުތަ ތިހޯދަނީ؟ މޫދެއް ނުފެންނާނެ. ކަލެއަށް ފެންނާނީ އަހަރެން ކަލެއަށް ދެއްކި ތަނެއް. ބަލަ މިއޮތްހުރިހައި އިރުވެސް ކަލޭ ތިއުޅުނީ މިގަސްބޯ ޖަންގަލީ ތެރޭގައޭ. އަހަރެން މިތަން ކަލެއަށް ގޮނޑުދޮށުގެ ސިފައިގަ ދެއްކީމަ ކަލެއަށް އެހެން ފެނުނީ.” އަންހެން ފިރިހެން ދެއަޑު އެއްވެފައިވާފަދަ އަޑަކުން ރަންޔާ ވާހަކަދައްކަމުން ދިޔައެވެ. އެއަޑުން މުޅި ފަޒާ ގުގުމައިގެން ދިޔައެވެ. އައިދުން ހުރިގޮތް ފެނުމުން ރަންޔާ ބާާރު ހިނިގަނޑެއް ޖަހައިލިއެވެ.

އައިދުންއަށް ބިރުންގޮސް ހުރެވުނުތަންވެސް ނޭނގޭ ހާާލުގައި ދެފަޔަށް ލެވުނުހައި ބާރެއް ލައިފައި ދުއްވައިގަތެވެ. ދާނެ ވަކި މިސްރާބެއް ނޭނގުނަސް އެބިރުވެރި ސޫރައާ ދުރަށެވެ. އެހެނަސް އައިދުންއަށް ނޭނގުނު ކަމަކީ ރަންޔާގެ ސިފައިގައިހުރި ބީނިޝްވެސް އޭނާާގެ ފަހަތުން އަންނަމުން ދިޔަކަމެވެ.

ފަހަތްބަލައިލާ ކޮންމެ ފަހަރަކު އޭނާއާާއި ދާދިގާތުގައި ރަންޔާ އިންނަތަން ފެނުމުން އައިދުންގެ ހިތް މޭފަޅައިފައި ނިކުންނަހާ ބާރަށް ތެޅެންފެށިއެވެ. މިއިން ދުވަހަކުވެސް ނަމާދެއް ކޮށްލައިފައިނުވާއިރު އެދުލަށް ކިޔާނެ ހެޔޮއެއްޗެއްވެސް ނައެވެ.

ދުވަމުންދިޔަ އައިދުން ފަހަތްބަލައިލުމަށްފަހު ކުރިޔަށް ބަލައިލިގަޑީ ހަޅޭލަވައިގަނެވުނެވެ. އޭނާގެ ކުރިމަތީގައި އިން ރަންޔާ ފެނިފައެވެ. އޭރުވެސް ރަންޔާާ ބާރު ބާރަށް ހެމުންދިޔައެވެ. އައިދުންއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

“ކަލެއަށް ކޮންތާކަށް ދެވޭނީ. އަހަރެންނަށް ފިލާކަށް ކަލެއަކަށް އެއްވެސް ތަނަކަށް ނުދެވޭނެ. ކަލޭގެ ހިޔަނިހެން ކަލޭދާ ކޮންމެ ތަނަކަށް އަހަރެން ދާނަން.” ރަންޔާގެ އަޑުގައިވަނީ ނަފުރަތާއި ރުޅިވެރިކަމެވެ. “ހެޔޮނުވާނެ އަހަރެން ދޫކޮށްލާ. އާދޭސްކުރަން.” އައިދުންގެ ހިތްވަރުއެލިގެން ދިޔައެވެ.

“ހުއް. ބަލަ ރަންޔާާވެސް ހަމަ ކަލޭގާތު ކިހައި އާާދޭހެއްކުރި. އޭނަ ކަލެއަށް ކޮން އުނދަގުލެއް ކޮށްގެންތަ ކަލޭ އޭނަ މަރައިލީ. ކަލޭގެ ނުބައި ނުލަފާ އަމަލުތަކުގެ ވާހަކަ ޕޮލިހަށް އަންގާނަމޭ ބުނެގެންނު ކަލޭ އޭނަ މަރައިލީ. ކަލޭ އެއަހެންކުއްޖާ މަރައިލުމުގެ ކުރިންވެސް އެކުށެއްނެތް ނިކަމެތި ކުއްޖާއަށް އެހައި އަނިޔާ ކުރީމެއްނު. އަހަރެންނަށް ހުރިހައި އެއްޗެއް އެނގޭ.” ކުއްލިއަކަށް ރަންޔާގެ ސިފަ އައިދުން މީގެކުރީގައި ދެކިފައިވެސް ނުވާފަދަ ބިރުވެރި ސޫރައަކަށް ބަދަލުވިއެވެ. އިވުނު ވާހަކަތަކުންނާއި ފެނުނު ބިރުވެރި މަންޒަރުތަކުގެ ސަބަބުން އައިދުންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކަނޑައި ވައްޓައިލި ރުކެއްހެން ބިންމައްޗަށް އައިދުން ވެއްޓުނެވެ. އައިދުންއަށް ބަލަން އިރުކޮޅަކު އިނުމަށްފަހު ބީނިޝް ގެއްލުނެވެ.

* * *

އައިދުން ހޯދަން އުޅުނު އާކިފްމެން ސިހިފައި ބަލައިލީ އެއްޗެއް ވެއްޓުނު އަޑަށެވެ. އަޑުއައި ދިމާއަށް ހިނގަމުންދިޔަ އާކިފްްމެންގެ ލޮލުގައި ބިންމަތީގައި ވެއްޓިފައި އޮތް އައިދުން އަޅައިގަތެވެ. ދުވެފައިކަހަލަ ގޮތަކަށް އޭނާއަށް އައިދުން ގާތަށް އާދެވުނެވެ. ނަސީބަކުން އައިދުންއަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އައިދުން ވަނީ ވަރަށް ގަދައަށް ހުންއައިސްފައެވެ.

އައިދުން ނަގައިގަނެގެން އެމީހުންނަށް ޓެންޓްތައްހުރި ހިސާބަށް ދެވުނުއިރު މަލާކްގެ ގިސްލުމުގެ އަޑުއިވިއިވި ހުއްޓެވެ. އެތަނުން އެކަކުގޮސް މަލާކްމެންނަށް ގޮވުމުން އަވަސް އަވަހާ މަލާކް ނުކުތެވެ. ހޭނެތިފައިއޮތް އައިދުން ފެނުމުން މަލާކް ވަށައިގެންވި މާހައުލުވެސް އެނބުރިގަތްކަހަލައެވެ. އައިދުންގެ ގާތަށް ދިޔައިރު އާކިފް އުޅެނީ އައިދުން ހޭއެރުވޭތޯ މޫނުގައި ފެންއުނގުޅައެވެ.

“އައިދުއަށް ކިހިނެއްވީ؟ ކޮންތާކު އައިދު އޮތީ؟” އައިދުންގެ ގައިގައި އޮޅުލައިގަންނަމުން މަލާކް ރޮއެގަތެވެ. “ނޭނގެ. ވަލުތެރޭގައި ވެއްޓިފައި އޮއްވަ ފެނުނީ.” އާކިފް ވެސް އިނީ ކަންބޮޑުވެފައެވެ.

“މިއޮތީ ހުންއައިސްފައެންނު. ހިނގާ ރަށަށްދާން ފުރަން” މަލާކް ބޭނުންވީ އައިދުންގެ ހާލު ފެނުމުން އަވަހަށް ރަށަށްދާށެވެ. ދެންތިބިމީހުންވެސް އެކަމާ އެއްބަސްވީ އައިދުންގެ ހާލު ގޯސްވެފައިވާވަރު ފެނުނީމައެވެ.

އޭގެ އިރުކޮޅެއްފަހުން އައިދުން ހޭއެރިއެވެ.ނަމަވެސް އެއްވެސް މީހަކާ އަނގައިނެއް ނުބުނެއެވެ. ގަބުވެފައި އެއްދިމާއަކަށް ބަލަހައްޓައިގެން އޮންނަނީއެެވެ. ވީގޮތެއް އަހައި އަހައި ވެސް އައިދުން ވާހަކައެއް ނުދެއްކިއެވެ.

ދޯނި ތައްޔާރުކޮށްފައި އަވަހަށް ދަތުރަށް ފެށިއެވެ. ރަށަށް ދެވެންދެންވެސް މަލާކް އިނީ އައިދުންގެ ބޮލުގައި ފިރުމާށެވެ. ރަށަށް ލެފުމުން އާކިފް އައިދުންގެ ދެމަފިރިން ކާރުގައި ގެއަށް ލާާދިނެވެ. އަދި އައިދުން ކޮޓަރިއަށް ގެންދިއުމަށް މަލާކަށް އެހީވިއެވެ.

އާކިފްއަށް ޝުކުރު އަދާކޮށްފައި އެމީހުން ދިއުމުން ބަދިގެއަށް ގޮސް ކުޑަ ތައްޓަކަށް ފިނި ފެންފޮދެއް އަޅައިގެން މަލާކް އައެވެ. އަދި ކުޑަ ރުމާކޮޅެއް ތެތްކޮށްލުމަށްފަހު އައިދުންގެ ގައިގައި އުނގުޅަން ފެށިއެވެ.

އައިދުން ހަމައަކަށް އެޅުނީ އޭގެ ދެދުވަހެއްވަރު ފަހުންނެވެ. އެހެނަސް އެރޭގައި ކަންތައްވީ ގޮތުގެ ވާހަކައެއް އޭނާާ އެކަކަށްވެސް ކިޔައެއްނުދެއެވެ. ޚުދު މަލާކަށްވެސް އައިދުން އެކަން ސިއްރުކުރީއެވެ. މަލާކްވެސް އެސުވާލުކުރުން ހުއްޓައިލީ އައިދުންގެ ފަރާތުން މާއެދެވޭ ޖަވާބެއް ނުލިބޭނެކަން އެނގޭތީއެވެ.

އައިދުން ހަމައަކަށް އެޅުމާއެކު އޭނާ ބޭނުންވީ އަވަހަށް މާލެދާން ފުރާށެވެ. ދާހިތްނުވިއަސް އައިދުން އެވަރަކުން ދާންބޭނުންވެގެން އުޅޭތީ މަލާކްއަށް ޖެހުނީ ހަތިޔާާރު ބަހައްޓާފައި އެކަމަށް އެއްބަސްވާށެވެ.

ފުރުމަށްޓަކައި ތައްޔާރުވެގެން މަލާކާއި އައިދުން ލޯންޗަށް އަރައި ތިއްބެވެ. ފުރަން ބުނެފައިވާ ގަޑި ޖެހިގެންދިޔައިރުވެސް ނުފުރުމުން އައިދުން އެތަނުން ފަޅުވެރި ކުއްޖެއްގެ ގާތުގައި ވެގެން އުޅޭގޮތެއް އަހައިލިއެވެ.

“ނޭނގެ ހަމައެއްގޮތަކަަށްވެސް ވެފައިހުރި ގޮތެއް. އިންޖީނުވެސް ބަރާާބަރު. ތެޔޮވެސް ފުލްކޮށް އެބަހުރި. ދެން ނޭނގެ ހަމަ އެއްގޮތަކަށްވެސް ލޯންޗް ސްޓާޓް ނުވަންވީ ސަބަބެއް. ވަރަށް މަސައްކަތްކުރެވިއްޖެ.” އެކުއްޖާ އެހެން ބުނުމުން އައިދުންގެ ބޮލުގައި ރިއްސައިލިއެވެ.

“މިއަދު މިރަށުން ފުރާ ދޯންޏެއް އޮންނާނެތަ؟” ނިތްކުރިމަތީގައި އަތް ހިންގައިލަމުން އައިދުން އަހާލިއެވެ. “ނޫން. މިއަދު ފުރާ އެއްޗެއް ނެތް. ދެން އެންމެ އަވަހަށް އެއްޗެއް ފުރިއަސް ފުރާނީ މީގެ ތިންވަރަކަށް ދުވަސްފަހުން.” އެކުއްޖާާގެ ޖަވާބާާ އެއްކޮށް އައިދުން މާޔޫސްވިއެވެ.

މާލެ ނުފުރި އެނބުރި ގެއަށް އަންނަންޖެހުމުން އައިދުންގެ ހިތް ނުތަނަވަސްވިއެވެ. އެހެނަސް ދެންއިތުރު ގޮތެއްވެސް ނެތެވެ.

އޭގެ އަނެއްދުވަހުގެ ހަވީރުގެ ވަގުތެވެ. އައިދުން އެރަށުގައި ހުންނަ އޭނާާގެ ބައްޕަގެ ގެސްޓްހައުސްގެ ކަންތައްތައް ބަލައިލަން ދިއުމުން މަލާކް ފޫހިކަމާއެކު ބޭރަށް ނުކުތެވެ. ވަލުފަރާތްކަމުން މުޅި އެހިސާާބުގެ ބިންމަތި ފޮރުވިފައިވަނީ ހުސް އެކިކަހަލަ ގަސްގަހުގެ ފަތުންނެވެ.

ބޭރަށް ނުކުމެ ގޭގެ ދޮރުކައިރީގައި ހުރި ޖޯލިފައްޗެއްގައި މަލާކް ޖައްސައިލިއެވެ. އަތުގައި އޮތް ވާާހަކަފޮތުން ފަހަރަކު ސޮފުހާއެއް ކިޔަމުން މަލާކް ދިޔައެވެ. ކުއްލިއަކަށް ޖެހިލިފިނި ވައިރޯޅިއަކާއެކު މަލާާކްގެ އިސްތަށިގަނޑުވެސް ހޭވިގެންދިޔައެވެ. ވާާހަކަފޮތް ތިރިކޮށްލުމަށްފަހު މަލާކް ތެދުވެ އިނށީދެލިއެވެ. ދެންވާާންފެށި ގޮތަކުން މަލާާކް ހައިރާންވެ އަނގަ ތަންމިނަށް ހުޅުވިގެންދިޔައެވެ.

މަޑުމަޑު ވައިރޯޅިތަކާއެކު އެގޮތް މިގޮތަށް ހުރި ފަތްތައް ދެފެރާތަށް ކެހެމުން ވަލާއި ދިމާއަށް ހިމަ ރީތި މަގެއް ހެދެމުން ދިޔައެވެ. މަލާކަށް އިންތަނުން ތެދުވެވުނެވެ. ހައިރާންކަމާއެކު ހެދެމުންދިޔަ މަގަށް ގެއްލިފައި މަލާކްއަށް އިނދެވުނީއެވެ. ހީވަނީ މީހަކު އިލޮށިފައްޗަކުން ކަހައި ސާފުކޮށްލިހެންނެވެ.

ބޭއިޚުތިޔާާރުގައި މަލާކަށް އެމަގުން ލައިފައި ހިނގައިގަނެވުނެވެ. މަލާާކް ހިނގައިފައި ދާވަރަކަށް ފަތްތައް ދެފަރާާތަށް ކެހެމުން ދިޔައެވެ. ވަށައިގެން އެކި ދިމަދިމާއަށް ބަލަމުން މަލާކް ހިނގަމުންދިޔައެވެ. މަގުގޮސް ނިމަފައި އިނީ ބޮޑު ނިކަގަހަކާއި ހަމައަށެވެ. އެހިސާާބަށް ދެވުމުން މަލާކް ހުއްޓުނެެވެ. އަދި ފަރާތް ފަރާތް ހޯދައިލިއެވެ.

ދެންފެނުނީ އަދިކުރިއަށްވުރެވެސް ހައިރާާންކުރުވަނިވި މަންޒަރެކެވެ. އެހިސާބުން ކުޑަކުޑަ ވައިރޯޅިއެއްހެން ފަތްތައް އެނބުރެމުން މައްޗަށް އަރަން ފެށިއެވެ. މަލާކަށް ދެލޯބޮޑުކޮށްލެވުނެވެ. ފަތްތައް ވަކިހިސާބަކަށް އެރުމަށްފަހު މުޅިތަނަށް ވިހުރިގެންދިޔައެވެ. އެއާއެކު ފަތްތައް އެރިދިމާލުގެ ބިންމަތީގައި އޮތް ފެހިކުލައިގެ ބަނޑޭރިގަނޑެއްލީ ފޮތެއް މަލާކްގެ ލޮލުގައި އަޅައިގަތެވެ. އެއީ ކޮންފޮތެއްބާވައެވެ؟

Share Article

Follow Me Written By

Nau

Level 810 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އިންތިޒާރު ކުރި ލޯބި (11)

ކެހިވެރި ދުނިޔެ
Next

ކެހިވެރި ދުނިޔެ

Next
ކެހިވެރި ދުނިޔެ
October 15, 2017

ކެހިވެރި ދުނިޔެ

Previews
October 15, 2017

އިންތިޒާރު ކުރި ލޯބި (11)

65 Comments!

  1. Naufa says:
    October 15, 2017 at 1:53 pm

    Hey all.. Assalaam alaikum.. Here is the sixth part of this stry.. Hope al will like this part too.. Rangalhu kuran jehey kameh innama bunelahchey.. Mi stry ge dhn oih part in sha allah on tuesday.. Bt eyahvure kurin write koh nimihjehyaa eyah vure kurin genesdheynan.. Ly all?❤

    1. imsha☺ says:
      October 15, 2017 at 2:08 pm

      Plx avas kolla dhehcheyy.. ☺☺

    2. Naufa says:
      October 15, 2017 at 2:12 pm

      Yes dear.. Will try my best in sha allah..❤

  2. imsha☺ says:
    October 15, 2017 at 1:58 pm

    Me 1st dhwww… BTW vrh vrh ryhii..

    1. Naufa says:
      October 15, 2017 at 2:01 pm

      Yes dear.. U first.. N thanks❤❤

  3. Iz says:
    October 15, 2017 at 2:04 pm

    Mi part ves reethi.. Mee hiyaalee noony hageegee vaahaka ehtha naufa?

    1. Naufa says:
      October 15, 2017 at 2:06 pm

      Thank u iz.. Mee hiyaalee vaahaka eh..?

  4. Shau Aria says:
    October 15, 2017 at 2:05 pm

    Yay im first dho… Btw vaahaka varah reethi keep it up ? waiting for next part… Btw when is next part?

    1. Naufa says:
      October 15, 2017 at 2:10 pm

      Thanks shau aria.. In sha allah on tuesday or sooner than that.. ?❤

  5. Shau Aria says:
    October 15, 2017 at 2:07 pm

    oops sry kurin huri comments nifennathy i thought im first kamah

  6. annoying reader says:
    October 15, 2017 at 2:08 pm

    awesome waiting for the next part

    1. Naufa says:
      October 15, 2017 at 2:11 pm

      Thanks annoying reader.. ?

  7. Shaa says:
    October 15, 2017 at 2:12 pm

    V reethi

    1. Naufa says:
      October 15, 2017 at 2:13 pm

      Thank u shaa?

  8. Maroon ge fan?? says:
    October 15, 2017 at 2:14 pm

    Dhn mashah heevany malaak e foiy nageygen kiyaany hen..e fothuga onnaany beenish kiyeydheyn beynunvaa hurihey vaahaka eh…dhn malaak efoiy keema ingey ne ehnnu hurihey kameh. .dhn thankolheh avhah e goiy neyngey kotereegey in meehaa ge bey ves genesdheythi koyaa..vhk varah reethi…thee hama women ehkey???

    1. Naufa says:
      October 15, 2017 at 2:29 pm

      Thank u sooooo much.. Hehe ya.. E myhehge vaahakavx ingeyne adhi.. ❤?

  9. maik g says:
    October 15, 2017 at 2:17 pm

    its nice… the way it started was really boring but mihaaru varah reethi..

    1. Naufa says:
      October 15, 2017 at 2:29 pm

      Thank u?

  10. $JK..KOREAN says:
    October 15, 2017 at 2:23 pm

    wowwww.. storyy hama awesome… v biruveri dhw 😀 I LIKE HORROW STORY’s MOST, n this is fantastic.. keep it up nau.. 🙂 i really appreciate ur work.. ly 🙂 🙂 waiting for nxt part

    1. Naufa says:
      October 15, 2017 at 2:30 pm

      Thank u $JK.. Ly too ❤❤

  11. Suhaa says:
    October 15, 2017 at 2:25 pm

    Vaahaka varah reethi. Avahah upload kuraa vaahaka eh v ma kiyan feshyvx.
    But haadha reehchey. Nau ah bunelan othy kiyun theringe hiyy dhamai gathumuge furathama fiyavalhaky avahah up kurumey.

    1. Naufa says:
      October 15, 2017 at 2:31 pm

      Thank u suhaa.. Yes.. ❤❤

  12. Lil says:
    October 15, 2017 at 2:41 pm

    Wow.. mi part wes hama wrh wrh reethi☺☺❤

    1. Naufa says:
      October 15, 2017 at 2:42 pm

      Thanks lil?❤

  13. Lam says:
    October 15, 2017 at 3:15 pm

    Hama best…waiting ingey

    1. Naufa says:
      October 15, 2017 at 3:39 pm

      Thanks lam❤

  14. jjey ? says:
    October 15, 2017 at 3:30 pm

    ??. Waiting ?❤

    1. Naufa says:
      October 15, 2017 at 3:40 pm

      Thank u jjey?❤

  15. Naufa says:
    October 15, 2017 at 4:04 pm

    Varah Reethi vaahaka ❤️

  16. sana says:
    October 15, 2017 at 4:18 pm

    Wow! Nice ???????????????????????????

    1. Naufa says:
      October 15, 2017 at 4:29 pm

      Thanks sana❤❤?

  17. samahaa says:
    October 15, 2017 at 4:32 pm

    Plx don’t use writer name she told that’s why I also tall??? …… Story is very very nice keep it up and you can wirte story nau ?????????

    1. Naufa says:
      October 15, 2017 at 4:51 pm

      Thank u samahaa❤❤

  18. Axka says:
    October 15, 2017 at 4:34 pm

    Oh….. What happen next ????

    1. Naufa says:
      October 15, 2017 at 4:54 pm

      Lets see dhw?

  19. Alisha says:
    October 15, 2017 at 4:37 pm

    Waiting for story best of luck nau?????????????????

    1. Naufa says:
      October 15, 2017 at 4:55 pm

      Thank u❤❤

  20. mamee says:
    October 15, 2017 at 4:43 pm

    Neyngeneetha naufaage namakee mivaahaka liyaakuhjaage nankameh thihenkanthahkureema ehen kiuntherinhykuraanee keeky .nauge amilla nammathee Nau kikkuran comment kuranve aeeky thikahala moyaehnunviyya.

  21. samahaa says:
    October 15, 2017 at 4:54 pm

    I think that’s you? you use she’s name and comment
    He he???

    1. click a shot ? says:
      October 15, 2017 at 6:16 pm

      Hageegai nubalaa vaahaka nudhakaba samahaa…so you can’t blame anyone if you don’t know..how can you be so sure…

    2. click a shot ? says:
      October 15, 2017 at 10:50 pm

      Samahaa thihen bunaakah nuvaane..hageegai balaafa vaahaka dhekun edhen..you can’t blame anyone just like that.right ?

  22. samahaa says:
    October 15, 2017 at 4:55 pm

    I think that’s you? you use she’s name and comment
    He he???(mamee)

    1. $JK..KOREAN says:
      October 15, 2017 at 6:11 pm

      aslu hageegaiyy neyngenyaa vaki myhekey buneveykah noannaane.. so better not tell like that! 🙂

  23. mamee says:
    October 15, 2017 at 5:41 pm

    Samahayaa nauge nambynunkuri kuhjaaya othy kongulhumeh …alhugahdakee Naufa dannakuhjeh v saafkohmibunee nauge v gathun vaahakadahkaakuhjeh.kithamme jyy viyas nauge vaahaka v best evarnne hama.

    1. click a shot ? says:
      October 15, 2017 at 6:20 pm

      mamee thi nau ge best friend eh dhw…thikahala supportive friend eh adhinudheken…as you said nau is the best…??

    2. $JK..KOREAN says:
      October 16, 2017 at 11:25 am

      Yeah. Mamee varuge supporter eh nudheken.. ??

    3. Naufa says:
      October 16, 2017 at 12:21 pm

      Yes.. She is my dearest n greatest supporter..❤❤

    4. $JK..KOREAN says:
      October 16, 2017 at 12:56 pm

      Mamee is also a girl dhw.. ??

  24. Naxima says:
    October 15, 2017 at 6:41 pm

    Vvvv.Reethi.??????☺☺☺☺???????????????????

    1. Naufa says:
      October 15, 2017 at 6:49 pm

      Thanks naxima❤?

  25. samahaa says:
    October 15, 2017 at 7:09 pm

    I am not jyy ok (mamee) I love she story she is best wirte….

  26. samahaa says:
    October 15, 2017 at 7:13 pm

    I think (mamee) have some problem so see to doctor ok???

  27. mamee says:
    October 15, 2017 at 7:13 pm

    Naufa kiyaakudin thibedaane ekithanthanu enankiyaakuhjehkamahvanya eygebadalu ehennamehkiyaafa comment kuriyya rahngalhuvaany .naufaakiyaakuhjaku mivaahakaliyanee den mi nankiyaakuhjaku comment kureema mivaahakaliyaa Nau v kanboduvaaneennu please egothah comment nukurahchy.

  28. iam says:
    October 15, 2017 at 7:19 pm

    Dhivehi bahuge gavaidhuga “inun”beynun kurany anhenun nah kamuga viyas, kolhah huri nama beynun kuran jeheyny hama hurun. “Malaakves hevifa aidhunge athuga hifaigen IN’DHE hin’gamun dhiyaeve.” Od gotheh hurihen hynuveytha. Hyvany ishyndhe in’dhegen hin’ganiyyey. Dhn faharakun ekahala kankamaa visnaalahchey. Anyway, vaahaka hama v reethi. Keep it up?.

    1. Naufa says:
      October 15, 2017 at 7:49 pm

      Oh.. Thanks for telling iam.. In sha allah dhn huri bai thakuga thibai rangalhukohlaanan.. Thanks?

  29. mamee says:
    October 15, 2017 at 7:35 pm

    alhugahndeh hiyanyakah mudieh nunagan (samaaha)doctor yah dahkanvy u.right.

  30. $JK..KOREAN says:
    October 15, 2017 at 7:49 pm

    haha. is this a place to blame eachother??

  31. cherish? says:
    October 15, 2017 at 9:34 pm

    Omg?? nuhifaa thibe bala samaaha men…haadha hadi vahtharakashey dhn..ladhun boa halaaku ?

  32. kail says:
    October 15, 2017 at 9:53 pm

    vrh nice

    1. Naufa says:
      October 15, 2017 at 9:57 pm

      Thanks kail

  33. click a shot ? says:
    October 15, 2017 at 10:47 pm

    Mi part ves hama superb..☺️varah salhi..kon fothebaa ai..curious to know..I think malakaa will get to know about aidhun’s secret..waitting ..best of luck..ehen meehun kiyaa ehchisah balaane kameh nei..we’ll support you..??ly dear nau ❤️?

    1. Naufa says:
      October 16, 2017 at 12:19 pm

      Yes.. Thank u sooooooo much dear.. Ly too❤❤?

  34. Faxu says:
    October 16, 2017 at 12:55 am

    Wow mivaahaka ves haadha salhi ey nau

    1. Naufa says:
      October 16, 2017 at 5:02 am

      Thanks faxu❤

  35. R says:
    June 1, 2018 at 12:11 am

    Wow

Comments are closed.


All Right Reserved!