Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޯއުފާވެރި ހަޔާތައް އެޅުނު ހިޔަނި ( 1 )

Aisha Level 3100 Comments10 Stories100 Login
October 14, 2017 5 Mins Read
22 Comments

ކޮންމެ މީހަކަވީސް ދިރިއުޅުމުގައި އަޑިގުޑުންތަކަކާ ކުރިމަތިލާނެ މީހެކެވެ. ދުނިޔޭގެ އާދަކާދައިގެ މަތިން އުފަލެއް ލިބިއްޖިއްޔާ ހިތާމައެއްވެސް ލިބޭނެއެވެ. އަހަރެންގެ ހަޔާތުގައިވެސް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އަދި އެކަމަށް ހައްލެއް ލިބިފައި ނެތަސް އަބަދުމެ ކުރާ ދުޢާއަކީ ކޮންމެވެސް އެއްދުވަހަކުން އަހަރެންގެ ހަޔާތައް ބާހާރުމޫސުން އައުމެވެ. އަހަރެންނަކީވެސް އެހެން އަންހެން ކުދިންނެކޭ އެއްފަދައިން އުފާވެރި ދުވަސްތަކެއް ވޭތުކުރަމުން ދިޔަ ކުއްޖަކީމެވެ. އެހެންކުދިންނާ ޙިލާފަށް އަހަރެންގެ އުމުރުން 21 އަހަރު ވީއިރުވެސް އަހަރެންގެ ހަޔާތުގައި ބައިވެރިއަކު ނެތެވެ. ކިޔާވާނިމި ވަޒީފާއަށް ނިކުންނަތާވެސް 3 މަސްވެފައި ވާއިރު ގާތް އެކުވެރިންނާއިއެކު ވަގުތު ހޭދަކުރުމާއި އާއިލާއަށް ވަގުތު ދިނުމަކީ އަހަރެން ކޮންމެ ދުވަހެއްގެ ތާވަލުގައިވެސް ހިމަނާ ކަންތަކެވެ. އަހަރެން އޭގެ އިތުރަށް ކުރާކަމަކަށް ދެން އޮންނާނީ ވޮލީ ކުޅުމެވެ. އެއީ އެންމެ ކުޑައިރުއްސުރެ އަަހަރެން އެންމެ ކުޅެން ހިތްވާ އެއްކުޅިވަރެވެ.

އާދައިގެ މަތިން އަަހަރެން ވޮލީ ކުޅެން ދިޔައީމެވެ. ނަމަވެސް އަހަރެންނަށް ނޭނގުނީ އެދުވަހު އަހަރެންގެ ހިތް އެހެން މީހެއްގެ މިލްކުވެރިކަމުގެ ދަށަށްދާނެކަމެވެ. އަހަރެންގެ ހިތުގައި އެހެން މީހަކަށްޓަކާ އައު ވިންދެއް ޖަހާނެކަމެވެ. އާނއެކޭ އަހަރެންގެ ހިތް އަމިއްލަ އިޙްތިޔާރުން ބޭރުވީ ދެވަނަ މީހެއް ފެނިފައެއް ނޫނެވެ. ޒިދާން ފުރަތަމަ ފެނިލުމާއެކުވެސް އަަހަންނަށް އޭނާ ކަމުދިޔައެވެ. އެހިނިތުންވުން ދުށުމަށްޓަކާ މިހިތް ބޭޤަރާރުވާންފެށީ ކީއްވެކަމެއް ޙުދު އަހަރެންނަށްވެސް ނުވިސްނުނެވެ. ނަމަވެސް އަބަދު އޭނާއާއި ވާހަކަދައްކާ ހިތްވަނީއެވެ. އޭނާގެ އެހުންނަ ސަކަ މިޒާޖުގެ ސަބަބުން ކޮންމެ މީހަކަށްވެސް އޭނާ ކަމުދިޔައީ ހީނުކުރާހާ އަވަސް މުއްދަތެއްގެ ތެރޭގައެވެ. އަހަރެންގެ ބަސްނާހާހިތް އަހަރެންނަށް ކިޔަަމަން ނުވެދާނެތީ އަހަރެން ހުންނަނީ ބިރުންނެވެ. އެތައްރެޔަކު ލޮލަށް ނިދިނައިސްފައި ހުންނަން ފެށީ އޭނާގެ ހިޔާލުތަކުން ހިތައް އުނދަގޫވާވަރުންނެވެ. ދުވަހަކަށްފަހު ދުވަހެއް ފާއިތުވަމުންދިޔައެވެ. އަހަރެންނަށް ޒިދާންގެ ފަރާތުން އެހެން ކަމެއް ފާހަގަވާން ފެށިއެވެ. އޭނަ އަހަރެންމެންގެ ޓީމްގެ އެހެން ކުއްޖަކާ ރައްޓެހިވީއެވެ. ކިތަންމެ ދެރަވިޔަސް އުފަލާއެކު އެމީހުންނަށް މަރުހަބާކީ އަހަރެންނަކީ އަމިއްލަ އިހްސާސްތައް ފޮރުވުމުގައި މާޙިރަކަށްވާތީއެވެ. ކިތަންމެ ލޯބިވިޔަސް އަހަރެންނަކީ ދެމީހެއްގެ ދޭތެރެއަށް ވަންނާނެހާ ނުބައި މީހެއް ނޫނެވެ. އެކަން އަހަރެން އެދެމީހުންނަށް ސާބިތުކޮށްދިނީމެވެ.

އާދައިގެން މަތިން އޮފީސް ނިންމާފައި އަހަރެން ގެޔައަށް ދިއުމަށް ކާރުގައި މިސްރާބު ޖެހީ މިއަދު ވޮލީ ޕުރެކްޓިސް ކެންސަލްވެފައިވާތީއެވެ. ޔޫނާ ވެސް މިއަދު ގެއަށް ދިޔައީ އޭނާގެ ދޮންބެއާއި އެކު ކަމަށް ވާތީ އަހަރެން އިނީ ކުޑަކޮށް ފޫހިވެފައެވެ. ގެއަށް ދެވުމާއިކު ހަލުވިފިޔަވަޅުތަކެއްގައި އަހަރެން ގެއަށް ވަނީ ބަނޑުހައިވެސްވެފައި ހުރުމުންނެވެ. ކޮޓަރިއަށްވަދެ ފެންވަރާލައިގެން ތިރިއަށް ފޭބިއިރު މަންމަ ހުރީ ކާން ހަދާދީފައެެވެ. “މަންމަ ކައިފިންތަ؟؟” ގޮނޑީގައި އިށީނދެ ހަމަޖެހިލަމުން އަހަރެން ބުނީމެވެ. “މަންމަ އަދި ނުކަން ދަރިފުޅު އަންނަންދެން މަޑުކޮށްލައިގެން މީނީ” ” މަންމަ ކައިރީގަ ލީން ބުނީމެއްނު ކައިގެން ހުންނާށޭ.. ބިޒީ ކަމުން މިއަދު ބުރޭކަށް ނާދެވުނީއެވެ.” އެރަނގަޅުވާނެ.. އެހެންނޫނަސް މަންމަ އަބަދުވެސް ކަނީ ދަރިފުޅާ ދަރިފުޅުގެ ބައްޕަޔާ އެކުއެއްނު.. ދަރިފުޅުގެ ބައްޕަ މިއަދު ރިސޯޓަށް ދިއައީމަ މަންމަ ދަރިފުޅު އަންނަންދެން މަޑުކޮށްލީ.. ދަރިފުޅާ ދަރިފުޅަށް ކަމުދާ ކުއްޖަކު އެބަހުރިތަ؟؟”މަންމަ އެހެން ބުނުމާއެކު އަހަރެން ކޮށިއަރައިގަތެވެ. “ކިހިނެއް ތިހެދީ” ފެންތަށި އަހަރެންގެ ތުބުގައި ޖައްސާލާފައި ބުރަކަށީގައި ފިރުމާލަމުން ކަންބޮޑުވެފައި މަންމަ ބުންޏެވެ. އަހަރެން ހަމައަކަށް އެޅުމާއިކު.. ކަރުތެރޭގައި އެއްޗެއް ތާށިވީކަމަށް ބުނީމެވެ. ދެން އެހެންވީއިރު ބުނެބަލަ ލީންއަށް ކަމުދާ ކުއްޖަކު އެބަހުރިތަ؟؟” އަހަރެން މަޑުމަޑުން ބޯޖާލިއެވެ. ކޮންކުއްޖެއް އެއީ ދެކުދިން ރައްޓެހިވެގެންތަ އުޅެނީ” “ނޫން” ” އެއީ ކީއްވެ މަންްމަ ވާހަކަދައްކަންތަ އެކުއްޖާއާ؟؟ ކޮންނަމެއް ކިޔާ ކުއްޖެއް އެއީ؟؟ “ނޫން މަންމާ އަޅުގަނޑު ވާހަކަދައްކާނަން އޭނައާ” އެންމެ ރަނގަޅޭ ބުނެ މަންމަ އެވާހަކަ ބޭއްވިކަން އެއީ އަހަރެންގެ ނަސީބޭ އަހަރެން ހިތައް އެރިއެވެ. ކޮންމެއަކަސް ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. އަދި ޒިދާން އޭނާ ރައްޓެހިވެގެން އުޅުނު ކުއްޖާއާއި ރުޅިވި ހަބަރުވެސް ކުޅުންތެރިން މެދުގައި ފެތުރިގެން ދިޔައެވެ. އޭގެެއިން ވަކި އަހަރެންގެ ހިތައް ލިބުނު ހަމަޖެހުމެއް ނެތެވެ. އަހަރެން ޒިދާންއާއި ދުރުން އުޅެންފެށީ ހިތުގައި ކުރިލައި ފޯދި އަރަމުން އަންނަ އިހްސާސްތަކުގެ މައްޗަށް ކުރިހޯދުމަށެވެ.

ދުވަހަކީ ބަންދު ދުވަހެއް ކަމުން ގޭގައި އަހަރެން އުޅުނީ ބަންދު ދުވަސްތަކުގައި އާންމުކޮށް އަހަރެން ގެއިން ބޭރަށް ނުނިކުންނާތީއެވެ. ބަންދުދުވަހެއްނަމަ އާދައިގެ މަތިން ކަންތައް ކުރާ އުސޫލުން އަހަރެން ގޭގެ މަސައްކަތުގައި މަންމައަށް އެހީވަމުން ދިޔައީމެވެ. މެންދުރު ފަހުން ބަނަކޮށް އޮތް އުޑުމަތިން ބޯވާރޭ ވެހެން ފެށީ އެއެއްމިޔެއް ބަލާފައެއްނޫނެވެ. އެވަގުތު މާހައުލުގައި ހިފާލި ތެތް ފިނިކަމުން ހަށިގަނޑުގައި ރޫރޫ އަޅައިގަތެވެ. އަހަރެންނަކީ ފިނިވީމައި ބުލޭންކެޓް ދަށުގައި އޮވެ ފިލްމު ބަލާ ހިތްވާ މީހަކަށް ވާތީ ބަދިގެޔަށް ވަދެ އޯމްލެޓް ތައްޔާރުކޮށްފައި ހޮޓް ޗޮކްލެޓް ތައްޓެއްވެސް ހަދާލީމެވެ. އަދި މަންމައަށް ގޮވާފައި އަވަން ތެރޭގައި އޯމްލެޓްއާއި ހޮޓް ޗޮކްލެޓްތައްޓެއް ހުންނާނެކަމައްބުނެ އަހަރެން މައްޗަށް އެރީ ބަލާނީ ކޮންފިލްމެއްތޯ ވިސްނަމުންނެވެ. ލެޕްޓޮޕް ހުޅުވާލުމަށްފު ފިލްމުތައް ހުރި ފޯލްޑާ ހުޅުވާލާފައި އެގަޑީ ބަލާހިތްވެފައި ހުރި ފިލްމު އަޅުވާލީމެވެ. ފިލްމު ބަލަން އޮއްވާ ސައިޑް ކަބަޑް މަތީ އޮތް ފޯންއަށް ނޯޓިފިކޭޝަންއެއް އައުމުން ފިލްމު ޕައުސްކޮށްލާފައި ފޯން ނަގާ ބަލާލިއިރު އައިސްފައި އިނީ ޒިދާންގެ މެސެޖެކެވެ.

” އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފަ އެބައޮތް މިރޭ 8 ޖަހާއިރު އަހަރެންނާ ބައްދައްލުކޮށްލެވިދާނެތަ؟؟”

ޒިދާންގެ މެސްޖް ކިޔާލުމާއެކު އަހަރެންގެ ހިތް އަވަސްވެގެން ދިޔައެވެ. އަވަސް އަވަހަށް “އޯކޭ އޭ” ޖަހާފައި އަހަރެން ރިޕްލައިކޮށްލީމެވެ. ފިލްމު އަޅުވާފައި ހުއްޓަކަސް އަހަރެންނަށް އެއަށް ސަމާލުކަމެއް ނުދެވުނެވެ. ޒިދާން ބުނަން އުޅޭ ވާހަކައެއް ނޭނގޭތީ އަހަރެންގެ ހިތް ހުރީ އަވަސްވެފައެވެ. އިންތިޒާރުގެ ގަޑި ގުނަން ފެށުނީ ބޭގަރާރު ވެފައި ހުރިލެއް ބޮޑުކަމުނެވެ. އެއީ އަހަރެންގެ ހަޔާތައް އައި އެންމެ އުފާވެރި ރޭތަކުން އެއްރެޔެވެ. ކޮންމެއަކަސް އަހަރެން ތައްޔާރުވެލައިގެން ޒިދާންގެ އިންތިޒާރުގައި ހުރީ އޭނާ އަހަރެން ބަލާ އެބަ އަންނަކަމަށް ބުނުމުންނެވެ. އޭނާ އަހަރެން ގޮވައިގެން ދިޔައީ ޔޫނާމެންްގެޔައަށެވެ. އަހަރެން މިގެއަށް އައީ ކީއްކުރަންތޯ ސުވާލުކުރުމުން ޖަވާބެއް ނުދީ އޭނާ އެގެޔަށް ވަނެވެ. އަހަރެންވެސް އިތުރު ސުވާލެއް ނުކޮށް އޭނާގެ ފަހަތުން އެގެއަށް ވަނީމެވެ. އެނގޭ ހެއްޔެވެ؟؟ ޒިދާން އަހަރެންނަށް ލޯބި ހުށައެޅީއެވެ. ކުދި އުއްބައްތިތަކުން އެގޭގެ ބެލްކަނީގެ ޓައިލްސްމަތީގައި އައި ލްވިޔޫ ޖަހާލާފައި އިންއިރު ކުޑަކަކޫ ޖާހަލައިގެ އަހަންނާއި ދިމާލަށް ފިނިފެންމަލެއް ދިއްކޮށްލައިގެން އިނީ ދެވަނަ މީހެއް ނޫނޭ އެއީ މިހިތުގައި އެމީހަކަށްޓަކައި ވިންދުޖަހަމުން ދިޔަ ޒުވާނާއެވެ. ” ވިލް ޔޫ ބީ މައި ގާލްފުރެންޑް؟؟” އަހަރެން ވީއުފަލެއްގެ ބޮޑުކަމުން އަނގަމަތީ އަތްއަޅާލީމެވެ. އަދި ޒިދާން ދިއްކޮށްގެން އިން ރަތްކުލައިގެ ފިނިފެންމަލުގައި ހިފާލަމުން “އާއެކޭ” ބުނީމެވެ. އަހަރެމެންގެ ގުޅުން ފެށިގެން ދިޔައީ އެހިސާބުންނެވެ. ކޮންމެ ރެޔަކު ފޯނުން އެތައް އިރަކު ވާހަަކަދައްކަން އަހަރެެމެން ތިބެމެވެ. މަދު މަދުން ބައްދަލުވިޔަސް އަހަރެމެންގެ ގުޅުން ކުރިލައި ހެދެމުން ދިޔައީ ހީނުކުރާހާ އަވަހަށެވެ. އަަހަރެމެންގެ ގުޅުމަށް 6 މަސްވެގެން ދިޔުމާއިއެކު އަަރެން ބޭނުންވީ އެގުޅުން މަންމަމެންނަށް އެންގުމަށެވެ. ޒީދަންގެ އާއިލަގެ ރުހުން މާކުރިންވެސް ލިބިފައިވާތީ އެކަމާ އެހާ ބޮޑަކަށް އަހަރެމެން ނުވިސްނަމެވެ. އަހަރެން ޒިދާންދެކެ އިންތިހާއަށް ލޯބިވަމެވެ. އަދި ޒިދާންވެސް އަހަރެންދެކެ އިންތިހާއަށް ލޯބިވާކަން އަހަންނަށް އިނގެއެވެ. އަަހަރެމެން ދެމީހުން އެކަކު އަނެކަކުދެކެވާ މަތިވެރި ލޯބި އެންމެންނަށްވެސް އިނގޭނެއެވެ. އެތައްބަޔަކު އަހަރެމެންގެ ލޯތްބަށް ދިގުއުމުރެއް ލެއްވުމަށް އެދި ދުޢާކުރަމުން ދިޔައިރު އަނެއްބަޔަކު ހަސަދައިގެ ލޮލުން އަހަރެމެން ދެމީހުންނަށް ބަލަމުން ދިޔައެވެ. ނަަމަވެސް އަަހަރެމެން އެކަމަކަށް ފަރުވާލެއް ނުބަހައްޓަމެވެ. ޒިދާންގެ އަހަރެންނަށް ކަމުނުދާ ދެސިފަ ހުރެއެވެ. އެއީ ކަމުގެ ހަޤީގަތް ނުބަލާ ރުޅިއައުމާ ސިނގިރޭޓް ބުއިމެވެ. ނަމަވެސް އަަރެން އޭނަށް ލޯތްބާއިއެކު އެއީ ގޯސްކަމެއް ކަމުގައި ބުނެދިނީމެވެ. އޭނަ އެކަން ރަނގަޅުވޭތޯ މަސައްކަތްކުރާތަންފެނި އަހަރެން އުފާވެސްވެއެވެ.

އަހަރެން އާދައިގެ މަތިން ގެއަށް އައީ ބުރޭކްގަޑިއަށެވެ. ގެއަށް އައިސްފައި އަހަރެން މަންމަ ގާތުގައި ޒިދާންގެ ވާހަކާ ބުނީމެވެ. އަދި ބައްޕަ ކައިރީގައި އެވާހަކަ މިއަދު ހަވީރު ދައްކަން ބޭނުންވާ ވާހަކަވެސް ބުނެލީމެވެ. މަންމަ އޮފީސް ނިންމާފައި ޒިދާން ގޮވައިގެން ގެއަށް އައުމަށް ދަޢުވަތު ދިނިމުން އަަހަރެން ޝުކުރުއަދާކުރުމަށްފަހު މަންމަގެ ގައިގައި ބައްދާލީމެވެ. އަދި ވަގުތުން ޒިދާންއަށް ގުޅާ އެހަބަރު ދިނީ ވަރަށް އުފާވެފައި ހުރެއެވެ. ނަމަވެސް ކުރިމަތިވަމުން ދިޔަ ބޯވިލާގަނޑު އަންނަމުން ދިޔައީ އަހަރެމެންނާއި ދިމާލަށްކަމެއް އަަހަރެންނަކަށް ނޭނގެއެވެ. އެގުނުނމަ އޭގެއިން ސަލާމަށްވުމަށް ސިނކުޑިދެމުން ދިޔަ ސިގުނަލްތަކަށް އިޖާބަދިނީހެވެ. މަންމައާއި ބައްޕަ އަހަރެމެންގެ ގުޅުމަށް އާބަސްދިންއިރު އަދި އަަރެންގެ ދެބެންގެ ދެދަރި ތިން ބޭބެއަށް އަަރެމެންގެ ގުޅުން އެނގިފައެއް ނޯންނާނެވެ. އެދުވަހު އެމީހުންގެ ރުހުން ފުރުތަމަ ހޯދުނުނަމައޭ އަަރެންގެ ހިތައް އެރިވަރުގެ އަދަދެއްވެސް ނޭނގެއެވެ. ނަަމަވެސް ކުރާނެކަމެއް ނެެތެވެ. ތަޤުދީރުގައި ވާންއޮތްގޮތެއް ވާނެތާއެވެ. އެންމެންގެ މޫނުމަތިން އަަރެމެންގެ ގުޅުމާ ދޭތެރޭ ހިތްހަަޖެހިފައި ތިބިތަން ފެނުނަސް އަަރެމެންގެ ތިންބޭބެގެ މޫނުމަތިން ފެނުނީ ނުތަނަވަސްކަމެވެ. އަަހަރެން އެހުމުންވެސް އެމީހުން އެއްޗެކޭ ނުބުނީ އަހަރެންގެ އުފަލަށްޓަކައިކަން އަހަންނަށް އެގުނުނަމައެވެ. ކައިވެންޏާއި ހަަމައަށް އަހަރެމެންގެ ގުޅުން ގެންދަން ދެމީހުން ވާހަކަ ދައްކާ ހުރިހާ ކަމެއްކޮށް ނިމުނުތަނާ ދެން ފެންމަތިވީ އެެހެންމައްސަލައެކޭ ޒިދާން އަަހަރެމެން ގުޅެން ބޭބެމެން ގަބޫލް ނޫންކަމަށް ބުނުމުން އަަހަރެން ޒިދާންގެ ވާހަކަ ދޮގު ކުރީމެވެ. އަަހަރެމެންގެ މެދުގައި މައްސަލަޖެެން މެދުވެރިވި ސަބަބަކީ އެއީ ނަމަވެސް ވަކި ހިސާބަކުން ޒިދާން ދައްކަނީ ތެދުވާހަކަން އެގުމުން އަަހަރެން ޒިދާން ކައިރިން އެދުނީ އެންމެ ކަމެެވެ. އެއީ އެމީހުންގެ ރުހުން ހޯދުމަށް އަަހަންނަށް ވަގުތު ދިނުމަށެވެ. ނަމަވެސް ޒިދާންއަށް އެގޮތް ކަަމަކު ނުދިޔައެވެ. އަހަރެންނަށް އަަހަރެންގެ އާއިލާ މުހިންމުވަރު އަންގާދިނުމަށް އަހަރެން ކުރި މަސައްކަތްވީ ބޭކާރެވެ. ޒިދާންއަކީ ބޯހަރު މީހެއްކަމުން އަަހަރެން އެދެމުން ދިޔަ ކޮންމެކަމަކާ ދެކޮޅުހަދަމުން ދިޔައެވެ.

ދުވަސްތައް އޭނގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައެވެ. ޒިދާންއާއި އަަހަރެންގެ ގުޅުން ދުވަހެއް ދުވަހަކަށް ދިޔައީ ހީނަރުވަމުންނެވެ. ގުޅިއަސް އޭނަ ބަލާނީ ކޮންމެސް އެއްޗެސް ކިޔާ އަަހަރެން ރުޅިއެރުވޭތޯއެވެ. ނޫނީ އަަހަރެންގެ ކުށްދައްކައި އަަހަރެން ދެރަ ކުރެވޭތޯއެވެ. ކޮންމެފަހަރަކު އަަހަރެނަން ޖެހެނީ އޭނަގެ ބަސްތައް އަޑުއަހަން ކެއްނުވުމުން ފޯނު ކަނޑާލާށެވެ. އަަހަރެންގެ ތުންފަތްމަތީގައި ކުރިންވި ހިނިތުންވުން ފިލާދިޔައީ އޭނަގެ ފަރުވާ ކުޑަކަމާއި އެގޮތްދޫނުކުރުމުގެ ސަބަބުންނެެވެ. އެތަކެއް ރެޔަކު ކަރުނައަޅާ ރުއީމެވެ. ކޮންމެ ނަމާދަކަށްފަހު އެތަކެއް ދުޢާއެއް އަަހަރެން ކުރީ ޒިދާންއަަށް ހަމަ ވިސްނުންލިބޭތޯއެވެ. ދުނިޔެމަތިން އަހަރެން ފޫހިވާންފެށީ ދުނިޔޭގެ ކެހިވެރިކަމުގެ ދަލުގައި އަހަރެން ޖެހުނީމައެވެ. ކުރިން އަަހަރެންގެ އެހުންނަ ސަަކަ މިޒާޖު އެކީ ފިލާގޮސް މަޑުމައިތިރިކަން އަހަރެން އިޙްތިޔާރުކުރީމެވެ. އަބަދުވެސް ކޮންމެސް ތަނަކަށް ގެއްލިފައި ހުންނާތީ މަންމަވެސް އެތަކެއްފަހަރު ސުވާލުކުރިއެވެ. ނަމަވެސް އަަހަރެންގެ ޖަވާބަަށް ވަނީ ކަމެއްނުވާކަމާއި އެއީ މަންމައަށް ހީވާގޮތެއްކަގައެވެ.

ރޭގަނޑުގެ ހިތްގައިމު ވަގުތުގައި ކޮޓަރީގެ ބެލްކަނީގައި ހުރި ގޮނޑިއެއްގައި އަަހަރެން އޮތީ އެެހެންޏާވެސް ހިތައް އަރާ ފައިބަމުން ދާ ޒިދާންގެ ޙިޔާލްތަކުގައެވެ. އެެހެން އޮތްވާ އަަހަރެންނާ ޖެހިގެން ހުރި ގޮނޑިއާއި ދިމާލަށް ބަލާލީ ކުޑުދޮންބެ އަހަރެންނަށް ގޮވާލުމުންނެވެ. އަަހަރެން ހިނިތުންވެލަމުން ކިހިނެއްވީތޯ ސުވާލު ކުރުމުން ފުންނޭވާއެއްލުމަށް ފަހު ދައްކަންފެށި ވާހަކައަކުން އަަހަރެންގެ ހިތް ހީވީ ކުދިކުދިވީހެންނެވެ. އެރޭ އަހަރެންވި ޤުރުބާނީ އެނގޭނީ އަަންނަށެވެ. ހިތުން ލޭކަރުނަ އޮހުރުވާލާފައި ކުޑުދޮންބެއަށްޓަކާ ކޮށްދިންކަންތައް އެނގޭނެ އިތުރު މީހަކު ނުހުންނާނެވެ. އޭރެއަށްފަހު ޒިދާން އަަހަރެންގެ އަތުން އަބަދުގެ އަބަދަށް ބީވެެން ދިޔައީއެވެ.

ލީން ދެލޯ ފޮހެލަމުން އިސްރާއާއި ކުރިމަތިލިއެވެ. “އަހަރެންމީ މިދުނެޔެމަތިން އެންމެ ނަސީބުދެރަމީހާ އަަހަރެން މިދުނިޔެމަތިން އެންމެ ލޯބިވިމީހާ އަހަރެންްގެ ލޯ ކުރިމަތީ ހުއްޓާ އަަހަންނަށް ގެއްލުނީ” ” ލީން އެރޭ އަސްލު ކިހިނެއްވީ؟؟” ލީން ހިތި ގޮތަަށް ހީލަމުން ކުރިމަތީ އޮތް މޫދާ ދިމާލަށް އެބުރުނެެވެ. ” އެއީ މުޅި ދުނިޔެއަށް އަަހަރެން ފޮރުވަމުން އަންނަ ސިއްރެއް އެސިއްރަކީ ޒިދާންއަށްވެސް ނޭނގޭނެ ސިއްރެއް އަހަރެން ގާތު އެސިއްރުގެ ވާހާކަ ނާހާ” ދެލޮލުން ކަރުނަ ފައިބަމުން ދިޔައިރުވެސް އެވާހަކަ ހިތުރޭ ފޮރުވަން ލީންއަށްވަނީ މަޖުބޫރުވެފައެވެ. އެހަޤީގަތަކީ ޒިދާން އޭނާގެ ހަޔާތުން ނެރެން މަޖުބޫރުވި ސިއްރެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Aisha

Level 3100 Comments10 Stories100 Login

Other Articles

Previous

އިންތިޒާރު ކުރި ލޯބި (10)

Next

އިންސާފެއް ނެތް އަނިޔާ – 2

Next
October 14, 2017

އިންސާފެއް ނެތް އަނިޔާ – 2

Previews
October 14, 2017

އިންތިޒާރު ކުރި ލޯބި (10)

22 Comments!

  1. Aisha says:
    October 14, 2017 at 3:07 pm

    Hi hurihaakudhin ?.. miothiee fruthama part upkohlevifa unmeedhu kuran mi vaahaka ves kiyhun terinnah kamudhaane kamah.. n aisha mi dhen oiy part gensdheyniee mondayga.. mistake thah buneladhinihyhaa varah ragalhu.. enjoy u r day ❤

  2. kokaa says:
    October 14, 2017 at 3:07 pm

    Ma dhw furathama v v salhi?????

    1. Aisha says:
      October 14, 2017 at 3:09 pm

      Thank yuh ?❤

  3. Shaima says:
    October 14, 2017 at 3:09 pm

    Mi nimunytha mi story?????

    1. Aisha says:
      October 14, 2017 at 3:11 pm

      Noon its just the start

  4. click a shot ? says:
    October 14, 2017 at 3:10 pm

    Varah salhi story eh…? kon hageegathe baa ei..feshunves varah reethi….when next part.hope you’ll up it daily if you don’t have any problem..waiting..?❤️

    1. Aisha says:
      October 15, 2017 at 11:11 am

      Thank u dear ❤ higaa balaama dhw kon hagieegathehkan.. sorry aisha ah daily koh up nukurevidhaane but i will try my best igey ?

  5. Shaima says:
    October 14, 2017 at 3:11 pm

    Ohh maafahun fenuny Aisha ge message

    1. Aisha says:
      October 14, 2017 at 3:20 pm

      Hehehe.. thats okay dear ?

  6. cherish? says:
    October 14, 2017 at 4:15 pm

    Ahcheys varah hadi??
    Miah thuren reethi vaane gothakah liyebala??

    1. Aisha says:
      October 14, 2017 at 10:31 pm

      ?

    2. Aisha says:
      October 14, 2017 at 10:32 pm

      Thank u for the comment

  7. Hafeez says:
    October 14, 2017 at 6:53 pm

    Waiting for Monday.

    1. Aisha says:
      October 14, 2017 at 10:31 pm

      ?

  8. Shaya says:
    October 14, 2017 at 7:28 pm

    Jus some typos.. i think u shud read it before uploading so ul notice the mistakes.. bt nice beginning.. keep it up.✌️

    1. Aisha says:
      October 14, 2017 at 10:33 pm

      Thank yuh.. okay i will try to improve ?

  9. Amy says:
    October 14, 2017 at 8:19 pm

    Reethivaane hen heevey..??

    1. Aisha says:
      October 14, 2017 at 10:34 pm

      Thank u Amy ❤

  10. Adha? says:
    October 15, 2017 at 10:18 am

    Varah reethi first part ves.. huri kudhi kudhi mistakes. But varah salhi..?
    Waitingss for monday❤❤❤

    1. Aisha says:
      October 15, 2017 at 11:12 am

      Thank u Adha ❤ will check igey.. ?

  11. Any says:
    October 15, 2017 at 11:27 am

    V furihama ? ? ?

    1. Aisha says:
      October 15, 2017 at 11:40 am

      Thank yuh Any ❤

Comments are closed.

Next Episodeއުފާވެރި ހަޔާތަށް އެޅުނު ހިޔަނި (2)←


All Right Reserved!