Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ކުރި ލޯބި (11)

Hath Level 110 Stories100 Comments
October 15, 2017 4 Mins Read
12 Comments

” ލޮތްބަކީ އެއްވެސް އިންސާނަކަށް ގަދަކަމުން ހޯދޭނެ އެއްޗެއް ނޫން. އެކަން ދަންނާތި!” ދަތްކުނޑި ވިކި، އަޑަށް ބާރުލާފައި އަހަންނަށް ބުނެވުނެވެ. ވިރާހު ފަސްއެނބުރި ބަލާލަމުން ނުލަފާ ހިނިތުންވުމެއް އަހަންނަށް ދެމުން ކޮޓަރިން ބޭރަށް ހިނގައިގަތެވެ.
ލޮލުގައި ޖަމާވެފައި ހުރި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގަތެވެ. ބައްޕަ އެވާހަކަ ވިދާޅުވިއިރަށްވުރެ ހިތުގައި އެޅި ވޭން ގަދަވިހެންވެސް ހީވިއެވެ. ވިރާހު އެބުނީ ހަމަ ހަޤީޤަތެއްބާވައެވެ؟ އަހަރެންގެ ނުރުހުމުގައިވެސް އޭނާ އަހަރެންނާއި ކައިވެނި ކުރަން ތައްޔާރު ބާއެވެ؟
ގަޑިއަށް ބަލާލި އިރު ކަމަކުދާކަށް ނެތެވެ. ގަޑިން އިރުއޮއްސި 6:30 ވީއެވެ. އަދި ހުރީ އެއްވެސް ކަމެއް ނުކޮށެވެ. މިރޭ އިޔާ ޕްރޮޕޯޒް ކުރަން ދާތަނަށް ލައިގެން ދާނެ އެއްޗެއްވެސް އަދި އިސްތިރިއެއް ނުކުރަމެވެ.
އަހަރެންގެ ފޭވަރިޓް ރަތް ހެދުން ނަގާ އިސްތިރިކޮށްލުމަށްފަހު ދިޔައީ ފެންވަރާށެވެ. ފެންވަރާ ނިމިގެން ހެދުން ލައިގެން އައިސް ކުޑަކޮށް މޭކަޕް ކޮއްލުމަށް ލޯގަނޑު ކުރިމަތީ ހުއްޓިލީމެވެ. މިހެދުން ހުންނަނީ ވަރަށް ބޮޑަށް ގަޔަށް ހިފާފައި ކަމުން އަހަރެންގެ ދަންފުޅިއެއްހެން ހުންނަ ބައްޓަން ވަރަށް ރީއްޗަށް ފާޅުވާން ހުއްޓެވެ. ކަކުލާއި ހިސާބުން ފަޅާލައިފައިވާ ފަސްބައިން ފައިގެ ދޮންކަން ހާމަވާން ހުއްޓެވެ. އަދިވެސް ދެލޯ ކުޑަކޮށް ދުޅައެވެ. ނަމަވެސް މޭކަޕް ކޮއްލީމައި ދުޅަކަން އެހާ ފާޅުނުވާނޭ ހިތަށް އަރުވާލާފައި މޭކަޕް ކުރަން ފެށީމެވެ. މޫނުގައި ކުޑަ ފުށްކޮޅެއް ޖެހުމަށްފަހު ލޮލުގައި އަނދުން އަޅާލީމެވެ. ބުމައިގެ ކަޅުކަން ގަދަ ކޮށްލާ، އެސްފިޔަތަކުގެ ކަޅުކަން ގަދަކޮށްލީމެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލީމެވެ. އިސްތަށިގަނޑު ފަހަތަށް ދޫކޮށްލުމަށްފަހު ހުދުމުތެއް ހަރުކޮށްފައިއިން ދައްޗެއް އިސްތަށިގަނޑުގެ ވާތް ފަރާތުގައި ޖަހާލީމެވެ. މަންމަ ދީފައިވާ ރަން އަތު އުޅާ ކަނާއަތުގައި އަޅާލާ އަތުގެ ފަޅުކަން ފިލުވާލީމެވެ. ގަޑި ބަލާލި އިރު ގަޑިން 8 ޖަހަން ދެން އޮތީ 15 މިނެޓެވެ. ކާރެއްވެސް ނުލިބިދާނެތީ ޑްރެސިންޓޭބަލް މަތީގައި އޮތް ހުދުކުލައިގެ ކްލަޗް ނަގާ އެއަށް ފޯނާއި،ލިޕްސްޓިކް ލުމަށްފަހު ހުދު ކުލައިގެ ބްލޮކް ހީލްއަށް އަރައިގެން ގަޑި ނުޖެހި ދަރުބާރުގެއާ ހިސާބަށް ދެވޭތޯ އަހަރެން އަވަސްވެގަތީމެވެ. ކޮޓަރިން ނުކުމެގެން ތިރިއަށް ދާން ހިނގައިގަތް ވަގުތު ކޮރިޑޯއިން ބައްޕައާއި ބައްދަލުވިއެވެ. އަހަރެން ވަރަށް ބިރުގަތެވެ. ބައްޕަ ހުންނެވީ އަދިވެސް އެކަންތަކާއި ރުޅިދުރުވެފައި ކަމަށް ހިތަށް އަރާފައެވެ.
ނަމަވެސް ބައްޕަ ހުންނެވީ ރުޅިދުރުވެފައެއް ނޫނެވެ. އަހަރެން ވަރަށް ލަދުގަތެވެ. ބައްޕަ ގާތުގައި އިޔާދެކެ ލޯބިވާކަން ހާމަކުރެވުނުކަން ހަނދާން ވެފައެވެ. އެ ކަންތަކާ ބެހޭ ގޮތުން ބައްޕަ އެކަމާއި އިތުރަށް އެއްޗެއް ވިދާޅުވާން ބޭނުން ނުވާ ފަދައެވެ.
” ދަރިފުޅާ ހާދަ ނަލަވެލައިގެން ކޮންތާކަށް؟ އެކަނިތަ؟ ” ބައްޕަ ވިދާޅުވިއެވެ.
“މިދަނީ އިޔާޒް ބާއްވާ ކުޑަ ހަފްލާއަކަށް ދައުވަތު އަރުވާފައި އޮތީމައި…” އިސްދަށަށް ޖަހާލައިގެން ހުރެ އަހަރެން ވާހަކަ ދެއްކީމައި.
” ދަރިފުޅު އެކަނިތަ ދަނީ؟ ” ބައްފަ އެއްސެވިއެވެ.
” ލައްބަ ބައްޕާ، ކާރެއްގައި ދާން ކަމަށް… ” އަހަރެން ބުނެލީމެވެ.
” ނޫން ދަރިފުޅާ އެއްގޮތަކަށްވެސް އެކަނި ކާރެއްގައި ދާނެ ކަމެއް ނެތް.. ވިރާހު ކައިރީ ބައްޕަ ބުނެފައި އޮންނާނީ ދަރިފުޅު ދާ ތަންތަނަށް ސައިކަލުގައި ލައިދޭށޭ! ވިރާހު ކައިރީ ބައްޕަ މިބުނަނީ. ވިރާހު އެބައުޅޭ ގޭގައި. ދަރިފުޅު ތިރިއަށް ގޮސްލާ! ވިރާހު ދާނެ އިރުކޮޅަކުން… ” ބައްޕަ ވިދާޅުވިއެވެ.
ބައްޕަ އެހެން ވިދާޅުވުމުން ބޯޖަހާލާފައި އަހަރެން ތިރިއަށް ދިޔަ އިރު ވިރާހު މެހެމާނުން ތިބެން ހަމަޖެހިފައިވާ ކޮޓަރިން ނިކުމެގެން ގޭގެ މައި ދޮރާ ދިމާލަށް ދަނީއެވެ. ވިރާހު އޭރު ދެއްކި ވާހަކަތައް ހަނދާންވެ ޖެހިލުންވިއެވެ. ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބައްޕަ ވިދާޅުވީމާ ޖެހޭނީ ކިޔަމަންވާށެވެ. އަހަންނަށް ޔަގީންވާ އެއްކަމަކީ އަހަރެން ކިތަންމެ ނުރުހުންވި ކަމުގައި ވިއަސް ބައްޕަ އަހަރެންނަށް ދެރަ ގޮތެއްވާން ނޭދޭނެ ކަމެވެ.
ގޭގެ މައިދޮރާށިން ނިކުތް އިރު ވިރާހު އިނީ ސައިކަލުގައި ގޭ ދޮރުމަތީގައެވެ. އަހަރެން ފެނި ވިރާހު އިނީ ހުއްޓުން އަރާފައި ކަހަލަ ގޮތަކަށެވެ.
” ހާދަ ހާދަ ހާދަ ރީއްޗޭ މިރޭ! އަހަރެންގެ ލޯބި ލޯބި ރާނީ! ސިއްރެއް ބުނަންހޭ؟ މަށަށް ހާދަ ރީއްޗޭ! ޗާލޭ ކަލާ ހާދަ ޗާލޭ، ހަނދުވެސް ލަދުން އޮއްސިގެން ދާނޭ…!” ވިރާހު ތައުރީޕް ކުރަމުން ލަވަ ކިޔަން ފެށިއެވެ.
” ކިހާ ދެރަ ކަމެއް ވިރާހު މަށަށް ލަސްވޭ!! ” އަހަރެން ރުޅިއައިއްސަ ހުރެ ބުނެލީމެވެ.
” ދެންވެސް ސައިކަލަށް ނާރާ ހުރީމަތަ ދެވެނީ ލޯބީ؟ ” އަހަންނާއި ދިމާލަށް ވިރާހު ބުނެލިއެވެ.
ހެދުންކުޑަކޮށް އަރުވާލައިފާސައިކަލަށް އަރާ ދާންވީ ދަރުބާރުގެއަށޭ ބުނެލީމެވެ. ބޮޑުތަކުރުފާނުމަގަށް އެޅުމަށްފަހު ވިރާހު ސައިކަލުގެ ވާތު މުއްގަނޑުން އަތް ނަގާ އަހަރެންގެ ހެދުން ފަޅާލާފައިވާ ހިސާބުން ފައިގައި އަތްލިއެވެ. އަހަރެން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އެހާމެ ދެރަވެ ފެންކަޅިވިއެވެ. އަހަރެން ގައިގައި އަތްލަން އަހަރެންގެ ހިތް އެދެނީ އެންމެ މީހެކެވެ. އެމީހަކީ އިޔާ އެވެ.
” ވިރާހު ޕްލީޒް، ގައިގަ އަތްލާނީ ވިރާހުގެ ހައްޤަކަށްވީމައި! އިނގޭ!! ހަމަ މިހާރު އަތް ނަގާ! ” އަމުރުވެރި ގޮތަކަށް ވަރަށް ހިތްހަމަ ނުޖެހިފައި ހުރެ ބުނެލީމެވެ.
އެހެން ބުނުމުންވެސް ވިރާހު އަތްނެގީ ދަރުބާރުގެއާ ހިސާބަށް އައިސް ހުއްޓާފައެވެ. ސައިކަލުން ފައިބާފައި އެނބުރިލި ވަގުތު ވިރާހު އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފިއެވެ.
” ޓޭކް ކެއާރ ބޭބީ! ޕްލީޒް ޑޯންޓް ޑޫ އެނީތިންގް ދެޓް ވުޑް ހާރޓް މީ… ” ސީދާ އަހަރެންގެ ލޮލާ ދިމަ ބަލަން ހުރެ ބުނެލިއެވެ.
އަހަރެން މޫނު ކުނިކޮއްލުމަށްފަހު އަތް ފޮޅުވާލާފައި ހިނގައިގަތް އިރު ވިރާހު މަސްނޫއީ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ދެކޮޅަށް ބޯހޫރާލާފައި ދުއްވާލީއެވެ.
ދަރުބާރުގެއަށް ވަދެވުމާއިއެކު ހީވީ ބަގީޗާ އަކަށް ވަދެވުނުހެންނެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީ އެކި ވައްތަރުގެ މާމެލާމެއްޔާއި އުއްބައްތިތަކެވެ. ހަފްލާ އޮތީ ބިއްލޫރި މާލަމްގައި ކަމުން ރަތް ފިނިފެންމަލާއި ހުދު އޯކިޑުން ޖަރީކޮއްފައި އޮތް ވޯކް ވޭ އިން އެދިމާލަށް ދިޔައިރު ވަރަށް ބައިވަރު މީހުން ތިއްބެވެ.
އެންމެ ހައިރާންވީ ހީކުރި ގޮތާއި ޚިލާފަށް ވަރަށް ބައިވަރު މީހުން މި ހަފްލާގައި ބައިވެރިވުމަށް އައިސް ތިބީމައެވެ. ބިއްލޫރި މާލަމަށް ވަންނަން ދިޔަ އިރު އަހަރެންނާއި ދިމާލަށް ކޯޓުފަޓުލޫނު ލާފައިހުރި މީހަކު ޖީބަށް އަތް ޖަހާލައިގެން ހުރެ އާދެއެވެ. އެއީ އިޔާ ނޫން ދެވަނަ މީހެއް ނޫނެވެ. އެއްމިޔަކަނުން ހީލާފައި ހުންނަ އިރު އަދި މާ ރީއްޗެވެ. އަހަރެންގެ ހިތް އިޔާ ފެނިގެން ތެޅިގަތީކީ ތިޔަހެނެއްނޫނެވެ. އަހަރެން އިޔާ ފެނިގެން އުފާވާންވީ އެއްވެސް ސަބަބެއް ނެތެވެ. މިއީ އަހަރެން ހިތާމަ ކުރާނެ ރެޔެއްކަން ގައިމެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިޔާ އެއުޅެނީ އަހަރެން ނޫން އެހެން އަންހެން ކުއްޖަކަށް ޕްރޮޕޯޒް ކުރަންވިއްޔާއެވެ… ނަމަވެސް ވެވޭ ލޯތްބެއްގެ ބޮޑުކަމުން ނުބަލާ ހުރެވެނީކީ ނޫނެވެ.
އިޔާ އަހަންނާއި އަރާ ހަމަ ކުރުމަށްފަހު އަހަރެން އަތުގައި ހިފާލިއެވެ. އަދި ޚާއްސަކޮށް މިރޭ އަހަރެން ވަރަށް ރީތިކަމަށް ބުނެ ތައުރީފު ކޮއްލިއެވެ. އަހަރެންގެ ވަރަށް ރަކިވިއެވެ. އަހަރެންގެ އުނަގަނޑުގައި އަތް އަޅުވާލައިގެން އިޔާ ހިނގައިގަތެވެ. އަހަރެންގެ ހިތް ނުތަނަވަސްވިއެވެ. އިޔާ މިހެން ހެދީމަ އިޔާ ލޯބިވާ ކުއްޖާއަށް ފެނިގެން ހިތަށް އަރާނީ ކީކޭބާއެވެ؟ މިއީ އެންމެ ރަނގަޅު ގޮތް ނޫން ކަމުން އަހަރެން އިޔާގެ އަތް އުނަގަނޑުން ނެގޭތޯ ވަރަށް މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ މުޅިން ބޭކާރު ކަމަކަށެވެ. އިޔާ ހުރީ ވަރަށް ވަރުގަދައަށް އަތް އަޅުވާލައިގެންތާއެވެ. އިޔާ އަހަރެން ކަނަކަށް ގެންގޮސް ލައްކޮށްލިއެވެ. އަދި އަހަރެންގެ ތުންފަތުގައި މަޑުމަޑުން އަތް ޖައްސާލުމަށްފަހު ކަންފަތްދޮށުގައި އެއްޗެއް ބުނަން އުޅޭހެން ހީވުމުން ކަނުލާ އަޑު އަހަން ތައްޔާރުވެލީމެވެ. ސަބަބަކީ ހަފްލާގައި ކުޅެމުންދިޔަ ހިތްގައިމު ލައިވް މިޔުޒިކުގެ ސަބަބުންއަޑުނީވިދާނެތީއެވެ. މިރޭ އަހަރެންގާތު އިޔާ ބުނާ ކޮންމެ ވާހަކައެއްވެސް ވަރަށް ކަނުލާ އަޑު އަހަން އަހަރެން އެހާ ބޭނުންވަނީ ކީއްވެގެންކަމެއް ހުދު އަހަންނަކަށްވެސް ނޭނގެއެވެ.
” ބޭބީ ކޭން ޔޫ ޑޫ މީ އަ ފޭވަރ؟ މިރޭ މަ ބުނާ ގޮތެއް ހަދާބަ ޕްލީޒް.” އިޔާ އާދޭހުގެ ރާގެއްގައި އަހަރެންގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގެންދިޔައެވެ.
-ނުނިމޭ-

Share Article

Follow Me Written By

Hath

Level 110 Stories100 Comments

My hobby is writing stories. :)

Other Articles

Previous

ތިޔަ ދިން އުފާ 24

Next

ހަވޭލީ (6)

Next
October 15, 2017

ހަވޭލީ (6)

Previews
October 15, 2017

ތިޔަ ދިން އުފާ 24

12 Comments!

  1. im says:
    October 15, 2017 at 7:31 am

    v.kuru but nice miadhu adhi i art up kodheebaa

    1. Hath Mikal says:
      October 16, 2017 at 6:01 pm

      Thanks 🙂

  2. im says:
    October 15, 2017 at 7:33 am

    yeah me first

  3. khajja says:
    October 15, 2017 at 7:42 am

    Ohh haadha kurey but stry v awsome ?? whn nxt prt avskolladhybala n dhiguves kolla dhinun edhen

  4. $JK..KOREAN says:
    October 15, 2017 at 8:23 am

    story awesome..

  5. Shaa says:
    October 15, 2017 at 8:26 am

    Hadha kurey

  6. Rock ? says:
    October 15, 2017 at 11:17 am

    He’s gonna propose thimm na?? ?

  7. eyna says:
    October 15, 2017 at 12:12 pm

    salhi

  8. iyaaz says:
    October 15, 2017 at 12:28 pm

    salhi

  9. click a shot ? says:
    October 15, 2017 at 12:59 pm

    Varah salhi mi part ves..waitting..avaskohlachey ?

  10. viraah says:
    October 15, 2017 at 1:41 pm

    alhe iyaaz thim ah propose kuraane nama ….

  11. Hath Mikal says:
    October 16, 2017 at 6:03 pm

    Thanks hurihaa kudhinnah. Thankolheh kurukoh dho mi genesdheveny.. In sha Allah mikanthahthah rangalhu kureveytho balaanan inge 🙂

Comments are closed.


All Right Reserved!