ހިތް މިއެދޭ ސޫރައޭ ތީމަގޭ (4 ވަނަ ބައި)
ޔާލްއަަށް އެއްޗެކޭ ނުބުނެވެނީސް އަޔާން ޔާލްގެ އަތުގައި ހިފައިގެން ގޮސް އެރުނީ ގޮނޑުދޮށަށެވެ. އަދި އެތާހުރި ގަސްތަކާ ނިވާވެލިއެވެ. ހަނދުވަރުދޭ ރީތި ރެއެއްކަމުން މުޅި ގޮނޑުދޮށަށްވަނީ ރިހި އަލިކަމެއް އެޅިފައެވެ. ޖެހޭ މަޑުރޯޅި އާއި ރާޅުޖަހާ އަޑުނޫން އެހެން އަޑެއް ނީވޭ ހަމަހިމޭން މާހައުލެކެވެ. “މިހާރު އަހަރެންގެ ފަހަތުން އައީދޯ ހުޅުމާލެއަށްވެސް އެންމެފަހުން ކޮންމެވެސް ޖެއްސުމެއްކޮށްލަން… މިހާރު ފާރަލާންވެސް ފެށީތަ؟؟ ހަމަ ދާހާތާކަށް އެބަ އާދެޔޭ.. ކިހިނެތަ ވެގެން ތިއުޅެނީ..؟؟ ” އަޔާން ޔާލްގެ އަތުގައި ބާރަށް ހިފަހަށްޓައިލައިގެންހުރެ ވާހަކަ ދެއްކިއެވެ. ޔާލްއަށް އިނދެވުނީ ބަސް ހުއްޓިފައެވެ. ކަޅުކުލައިގެ އަތްކުރި އޮޅާލެވިފައިވާ ގަމީސް އަޔާންއާއި ނުލާހިކު ގުޅެއެވެ. ހަނދުވަރުގެ އަލިކަން އެ މޫނުމަށްޗަށް އެޅިފައިވާއިރު ނޫ ކުލައިގެ ކަޅިހީވަނީ ވިދާލާހެންނެވެ. އެ ރީތި ސޫރައަށް ބަލަން ޔާލްގެ ދެލޯ ދުވަހަކުވެސް ފޫހިވާނެ ހެއްޔެވެ.؟؟ ނަމަވެސް ކުރިއެކޭ އެއްފަދައިން މިފަހަރުވެސް ޔާލް އިހްސާސްތަށް ފޮރުވާލުމަށްފަހު އަޔާންއަށް ކަޅިއަޅާލިއެވެ. އެހެން ކިތަށްދުވަހު އުޅެންޖެހޭންބާއެވެ؟؟ ކިތަންމެ ދުވަހެއްވިޔަސް އެގޮތުގައި އޭނައަށް އުޅެވޭނެބާއެވެ؟؟ ކިތަންމެ ވަރަކަށް އަޔާންއާމެދު ނުވިސްނަން އުޅުނަސް އެ ބަސްނާހާ ހިތް އެކަމަށް ޖާގައެއްނުދެއެވެ.. ” އަހަރެން ވިއްޔާ އަޔާންގެ ފަހަތުން ނެއްޓެން ނޭނގިގެން މިއުޅެނީ… މިހާރުވެސް އަޔާންއެއްނު ތިހިރީ އަހަރެންނަށް ފާރަލައިގެން އައިސް މިތާނގަ…” ޔާލް އަތް ފޮޅުވާލަމުން ބުނެލިއެވެ. “އަދި ބުނެފިއެންނު ފާރަލަނީ އޭ.. ” ޔާލް އަނގަޔަށް ގޮތެއް ހަދާލިއެވެ.. “އާނ.. އެކަމެއް ނޭނގެ.. ފެރީ ޓަރމިނަލްގަވެސް ގުދުވެގެން ބަލަން އޮތްގޮތުން ހީވަނީ މުސްކުޅި މާމަގަނޑެއްހެން ވިއްޔާ.. ފެރީ ތެރޭވެސް މީސްމީހުން ވަރަމުންނެންނު ނިކުތީވެސް… ” ހަށަން ބަނދެލަމުން އަޔާން ދެބުމަ ހިއްލާލިއެވެ… އަޔާން އެހުރިހާ ވާހަކައެއް ދެއްކުމުން ޔާލްގެ އަނގަ އެފަހަރުން ބަންދުވިއެވެ.. އަޔާންއަށް އެހުރިހާ ކަމެއް އެނގުނީ ކިހިނެއް ހެއްޔެވެ؟؟؟ މީ އަނެއްކާ އިންސާނެއްބާ..؟؟ ޔާލް ހިތަށް އެރި އެއްޗަކުން ގައިން ހީބިހި ނަގައިގެން ދިޔައެވެ.. އަދި ދެފަރާތް ބަލާލެވުނީ ބިރުގަތުމުންނެވެ.. “ހޫމް.. މިހާރު ފިލައި ރައްކާވާނެގޮތެއްދޯ ތިހޯދަނީ..؟؟ ” އަޔާން ފިޔަވަޅެއް ކުރިއަށް އަޅާލަމުން ބުނެލިއެވެ. ބަދަލުގައި ޔާލް ފަހަތަށް ފިޔަވަޅެއް އަޅަމުން ގޮސް ރާޅުޖަހާ ފަށަށް ދެވިއްޖެއެވެ. މިރޭ ޔާލް ހަގީގަތުގައިވެސް ބިރުގަނެއްޖެއެވެ.. ” ބަލަ އަހަރެންމީ އަރައިކާ އެއްޗެއް ނޫނޭ.. ތިއޮއް އެރެވެނީ މޫދަށް…” ޔާލް އަށް އެކަން ރޭކާލީވެސް ދެނެވެ.. ” މަންމަ ދަހެއް ނުކޮއްދޭތަ އުޅެންވި ގޮތެއް.؟؟ މަންމަ ކުޑައިރު ދަސްކޮށްދިނީ ފިރިހެންނަށް ފާރަލާންތަ..؟؟ ނޫނީ އެމީހުން ފަަހަތުން ޖެއްސުން ކުރަމުން ދުވަންތަ؟ ނޭނގޭނު ޔާލްގެ މަންމަވެސް އުޅުނީ އެގޮތަށް ނޫންކަމެއް..!! ” އަޔާންގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ޔާލް ރުޅިވެރިނަޒަރު އަޔާންއާ ސީދާވުމުންނެވެ.. މިފަހަރު ހަމަ ގައިމުވެސް އަޔާންއަށް އެ ބަލާލުމުން އަސަރެއްކޮށްފިކަން ޔަގީނެވެ… ” މުހަންމަދު އަޔާން ފަޔާޒު ބުނަންތަ ރަނގަޅު ވާހަކައެއް.. އަހަރެންނާ ދިމާލަށް ކޮންމެ އެއްޗެކޭ ކިޔަސް އަހަރެންގެ މަންމައޭ ކިޔައިގެން ނަންވެސް ނުގަންނާތި.. އެހެން ނޫނަސް އަހަރެން މިތަނަށް އައީކީ އަޔާންގެ ފަހަތުން އަޔާންއަށް ޖެއްސުންކުރުމުގެ ނިޔަތުގައެއްވެސް ނޫން… އަޔާންއަށްވެސް އަދި އެހެން މީހަކަށްވެސް އަހަރެންގެ މަންމައޭ ކިޔައިގެން އެއްވެސް އެއްޗެކޭ ބުނުމުގެ ހައްގެއް ނޯންނާނެ… އަޑު އިވިއްޖެ… ދޭ މިތަނުން.. މިބުނީނު ދާށޭ..” ޔާލް ހުރީ ރުޅިއާއި އެއްވަރަށް ދެރަވެސްވެފައެވެ. ހުރިހާ ވާހަކައެއް ނިންމާލިއިރު ޔާލްއަށް ހުރީ ރޮވެން ކައިރި ވެފައެވެ. އަޔާންދެކެ ކިތަންމެ ލޯބިވިނަމަވެސް އެފަދަ އެއްޗެކޭ ހަގީގަތް ބަލާލުމެއްނެތި ބުނުމުން ޔާލް ވަރަށް ހިތުގައި ޖެހުނެވެ. ރޮވެން ފެށުމުން ޔާލްއަށް ދުއްވައިގަނެވުނެވެ… މިއޮށްހުރިހާއިރު ޔާލްގެ ވާހަކަތަށް އަޑުއަހަންހުރި އަޔާންއަށް ހަމަ ބިމަށް އާދެވުނީ ޔާލް ދިއުމުންނެވެ.. ބުނެވުނު އެއްޗެއްވެސް ރޭކާލީ ދެނެވެ.. އަވަސް އަވަހާ ޔާލްގެ ފަހަތުން އަޔާން ދުއްވައިގަތެވެ..*********
ފިހާރައަށްވަދެ އެކި އެއްޗެހި ބަލަމުންދިޔަ ޝާނިމްގެ ނަޒަރު ހުއްޓުނީ ކުރިމަަތީހުރި ޓީވީގެ ލޯގަނޑުން ފެންނަންހުރި އަންހެން ކުއްޖާއަށެވެ. ޝާނިމްއަަށް ފަހަތް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. މަޑު ހިނގުމެއްގައި ފަހަރަކު އެއްޗެއްގައި އަތްލަމުން ހިނގަމުންދިޔަ އެ އަންހެން ކުއްޖާގެ ހަރަކާތްތަކަށް ބަލަން ހުރެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގެއެވެ. އިރުއިރުކޮޅުން މޫނުމަށްޗަށް ވެއްޓޭ އިސްތަށިކޮޅު އެއްފަރާތް ކޮށްލައެވެ.. ފަން ދިގު އިސްތަށިގަނޑެކެވެ، އައިބަކަމެއްނުވާ ދޮން މޫނެކެވެ. ޝާނިމް އޭނާގެ އަތް ގެންގޮސް ހިތާވީ ދިމާލުގައި ފިރުމާލެވުނެވެ. އަހަންނަށް މިވަނީ ކީއްހެއްޔެވެ؟؟ މި ގޮތް ނޭނގޭ ސޫރަ ޝާނިމްގެ ހިތް ވަގަށް ނަގައިފިކަން ގައިމެވެ. “ކޯއްޗެއް ގަންނަންތޯ..؟؟”
ޝާނިމް ސިހުނީ ފިހަރައިގެ ކުއްޖަކު އައިސް ވާހަކަ ދެއްކުމުންނެވެ. ޝާނިމް ދެފަރާތަށް ބޯ ހަލުވާލުމަށްފަހު ބާރަށް ހިނގައިގަތީ އެކުއްޖާ ފިހާރައިން ނިކުމެގެން ދިއުމުންނެވެ. ބޭރަށް ނިކުތް ޝާނިމް މާޔޫސްވީ ދެންމެ ފެނުނު ކުއްޖާގެ ހިލަމެއް ނުވުމުންނެވެ. އިސްޖަހާލައިގެން އަތިރިމައްޗާ ދިމާލަށް ހިނގައިގަތީރުވެސް ޝާނިމްގެ ލޯމަތިން އެ މޫނު ސިފަވަމުން ދިޔައެވެ.******************************************
ރާޅުޖަހާ ފަށުގައި ހިނގަމުންދިޔަ ޔާލް ހީވަނީ މިސރާބެއްނެތި ދާމީހެއްހެނެވެ. މިއަދު ހަގީގަތުގައިވެސް އަޔާންދެކެ ވަރަށް ހިތްހަމަނުޖެހުނެވެ. އަބަދުވެސް ދެމީހުން ދޭތެރޭ ކޮންމެސް މައްސަލައެއް ޖެހެނީ ކީއްވެ ހެއްޔެވެ.؟؟ ޔާލްގެ ފަހަތުން އަޔާންވެސް ހިނގަމުން ދިޔައީ ޔާލް ހަމަޖެހޭނެ ގޮތެއް ވިސނަމުންނެވެ. ޔާލް ދެރަވެފަ ހުރިވަރުން އެ ހިލަ ހިތަށް އެއްޗެއް ވިސްނުނީ ކަންނޭނގެއެވެ.. އިސްޖަހައިގެން ހިނގަމުންދިޔަ ޔާލް މޫދު ފައި ދޮވެލުމަށްފަހު އެއްގަމަށް އަރަން ހިނގައިގަތީ އަޔާން ފަހަތުގައި ހުރިކަމަށްވެސް ހަދާ ނުލައެވެ. އެއްގަމަށް އަރަންދިޔަ ޔާލް ހަޅޭއްލަވައިގަތީ ކޯޅެމުންއައި ދެ ބުޅާ ޔާލްގެ ފައިބުޑަށް ޖެހުމުންނެވެ. ޔާލްއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ފުންމައި ގަންނަމުން ދުއްވައިގަތްގޮތަށް ތަތްވީ އަޔާންގެ ގައިގައެވެ. ރޮއިގަންނަމުން ޔާލް ކުއްލިއަކަށް އަހަރެން ސަލާމަތްކޮށް ދޭށޭ ކިޔާ އަޔާން ގައިގައި ބައްދައިގަތެވެ. ބިރުން ހުރިވަރުންނެވެ. ޔާލްއަށް ވީގޮތް ފެނި އަޔާން ހުރީ ހިނިފިއްތައިލައިގެންނެވެ. ނަމަވެސް އިރުކޮޅެއް ނުވެ ޔާލްއަށް ހުރެވުނު ގޮތް އެނގުމުން ދުރަށްޖެހިލެވުނު ގޮތްވެސް ނޭނގުނެވެ. އަޔާން އިނީ ދެޖީބަށް އަތްޖަހާލިގޮތަށް އަދިވެސް އެހެންނެވެ. ނަމަވެސް ތުންފަތުގައިވީ މަލާމާތުގެ ހިނިތުންވުމެކެވެ. “އަ..” ޔާލް ބުނަން އުަޅުނު ޖުމްލަ ފުރިހަމަ ނުކުރެވުނީ ޝާނިމް ގޮވާލުމުންނެވެ. “ޔާލް ކޮންއިރަކު އައީ..؟؟ މިވީ މާ ރަނގަޅަކަންނު.. އެންމެން އެއްކޮށްދޯ ދާނީ..” ޝާނިމް ގޮނޑު ދޮށަށް ފައިބަމުން ބުނެލިއެވެ. “އެހާ ފިނޑި ކުދިން ނުގެންގުޅެވޭނު.. ” އަޔާން އެއްގަމަށް އަރަމުން ޔާލްއަށް ވަށްބަހުން ޖަހާލިއެވެ. ” ޔާލް.. ” ފަހަތުން އިވުނު އަޑަށް ބަލާލި ޝާނިމްގެ ދެލޯ ބޮޑުވިއެވެ. އެއީ ހަމަ ފިހާރައިން ފެނުނު ކުއްޖާއެވެ.. ފުރަތަމަ ނަޒަރުން ޝާނިމްގެ ހިތް އަތުލި އެ ހިތުގެ މަލިކާއެވެ. ” އަނހަ.. ނޫރާވެސް އެބައުޅެންތަ..؟؟ ” އަޔާން ނޫރާއާއި އެއްހަމަ ކުރަމުން ޔާލްއަށް ބަލާލިއެވެ. އޭރު ޔާލް އިނީ އަދިވެސް ތުން ފިއްތައިގެންނެވެ… ” ހެހެ.. ނޫރާ ކީއްވެތަ މާ ފިނޑި ބޭބީން ތަންތަނުގަ ބަހައްޓާފަ ދަނީ..؟؟ ” އަޔާން ޔާލްއަށް ވަށްކަޅިން ބަލާލަމުން އެއްލޯމަރާލިއެވެ. މިހާރު އަޔާންގެ ބޭނުމަކީ ޔާލް ލަދު ގަންނަވާލުމެވެ. ” އެކަމު އޯކޭ ދެން.. އެހެން ހެދީމަ ހަގެއްވެސް…” އަޔާން ބުނަން އުޅުނު ޖުމްލަަ ފުރިހަމަ ނުވީ ޔާލް ވާހަކަ މެދުކަނޑާ ލުމުންނެވެ. ” ނޫއަށް އިނގޭތަ އެހެރީއޭ ޝާނިމްއަކީ.. ކުރިއަށް އޮތްތާ ނޫގެ ބޮސް…” ޝާނިމްއާ ދިމާލަށް އަތް ދިއްކޮށްލަމުން ޔާލް ބުނެލިއެވެ. އަދި އަޔާންގައިގައި އަވަސް ހަރަކާތަކާއެކު ވިކައިގަތީ އެވާހަކަ ނުބުނާށޭ ބުނާފަދަ އަކުންނެވެ. އަޔާން އަށް މަޑުމަޑުން އައްދިއްޔޯއޭ ބުނެލެވުނެވެ. މިހާރު އަޔާން ހަގީގަތުގައި ޔާލްދެކެ ރުޅިއެއް ނާދެއެވެ. ބޭނުންވަނީ ޔާލް އަށް އަބަދުވެސް ޖެއްސުންކޮށްހަދާށެވެ. ޔާލްގެ މަންމަ އާއި ދިމާލަށް އެހެން ބުނެވުމުން އަޔާންގެ ހިތަށްވެސް އެއްޗެކޭ އެރީ ކަންނޭނގެއެވެ. ” އާނ.. އޭ އާދެބަލަ… ކިހިނެއްވެފަތަ ކާޅެއްހެން އަނގަމަށްޗަށް ޖަހައިގެން ތިހުންނަނީ…؟؟!!” އަޔާން ޝާނިމްއާ ދިމާކޮށްލިއެވެ. ” މިހުރީއާ ބުރޯގެ ޕާސަނަލް ސެކެޓްރީ.. ނޫރާ.. ދިސް އިޒް ޝާނިމް.. އެން ޝާނިމް،، ދިސް އިޒް ނުރާ…” އަޔާން ދެމީހުން ތަޢާރަފް ކޮށްދިނެވެ. ޝާނިމްއަށް ހުރެވުނީ ޝޮކެއް ލިބިފައެވެ، އޭނަ ކިހާ ނަސީބު ރަނގަޅުހެއްޔެވެ.؟؟ ލޯބިވެވުނު ކުއްޖާވެސް މިވީ ކުރިއަށް އޮތްތާ އެންމެ ގާތުގައި މަސައްކަތްކުރާނެ ކުއްޖާއަކަށް ނޫންހެއްޔެވެ.؟؟ ޝާނުމްގެ ހިތް އުފަލުން ނަށާލިއެވެ.. ހަތަރު މީހުންވެސް އެކި ވާހަކަތަކުގަައި ހިނގަމުން ދިޔައީ ފެރީ ޓަރމިނަލަށެވެ.. ނަމަވެސް އެންމެން ވާހަކަ ދައްކާ މަޖާކުރާއިރުވެސް ޔާލް ހުރީ އިސްޖަަހާލައިގެންނެވެ. ހީވާގޮތުން އަދިވެސް އަޔާންދެކެ ހިތްހަމަ ނުޖެހިފައެވެ.. އަޔާން އަށް ޔާލްގެ މި މަޑުމައިތިރިކަން ކަމަކު ނުދިޔައެވެ. އަދި ޔާލް ކާރީ މައާފަށް އެދޭނެ ގޮތެއް ވިސްނަމުން ދިޔައެވެ. ” އޭތް.. މަޑު ކޮށްބަލަ.. އަހަރެންގެ އައިނު ވެއްޓިފަ ކަންނޭނގެވީ އެދިމާލަށް.. ޔާލް ހިނގާބަލަ އަހަންނާއެކު އެހޯދަން ގޮސްލާފަ އަންނަން… ” ސީދާ ޔާލްގެ ނަން ބުނުމުން ޔާލްހުރީ ކުނި މޫނު ހަދައިގެނެވެ.. ޝާމިންވެސް ހުރީ ވާނުވާގައެވެ. ޔާލްދެކެ އަޔާން އަންނަ ރުޅި އެންމެ ގާތުން ފެނިފަ ހުންނާނީ އޭނައަށެވެ. ނަމަވެސް ޔާލް ގާތު އަންނަން ބުނުމުން ޝާނިމްހުރީ އަނގަ ހުޅުވިފައެވެ. ޔާލްގެ ހާލަކީތޯއެވެ. އަޔާންއާ ދިމާލަށް އަމިއްލައަށް ހޯދަން ދާންވީނޫންހޭ ބުނެލަން ބޭނުންވި ނަމަވެސް އެހެން މީހުންވެސް ތިބުމުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.. ” އޯކޭ.. އަހަރެމެން ދެމީހުން މަޑުކޮށްލާނަން.. ” ޝާނިމްއަށް ބަލާލަމުން ނުރާ ބުނެލިއެވެ.. އަޔާން ހިނގައި ގަތުމުން ޔާލްވެސް އަޔާން ފަހަތުން ދިޔައެވެ.. އެމީހުން ކުރިންތިބި ދިމާލަށް ދިއުމަށްފަހު އަޔާން ބީޗަށް ފޭބިއެވެ. ޔާލްވެސް ނުދާން ހުރެފައި ދިޔައީއެވެ. އެކި ތަންތަނަނަށް ބަލަމުން ދިޔަ ޔާލްގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ޖެހޭ ނުޖެހޭ ހިސާބަށް އައިސްހުރި އަޔާން ފެނުމުންނެވެ. ގަމީހުގައި އަޅުވާލެވިފައި އޮތް އައިނު ޔާލްގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. އެކައްޗެކޭވެސް ނުބުނެ ޔާލް އެއްގަމަށް ހިނގައިގަތީ އަޔާންއާއި އެހާ ގާތުގައި ވުމުންނެވެ. އަޔާންދެކެ ކިތަންމެ ރުޅިއައި ނަމަވެސް އެ ހިތަށް ބާރެއްނުފޯރުވެއެވެ. ” އަމްމްް.. ސޮރީ.. ” ޔާލްގެ އަތުގައި ހިފާލަމުން އަޔާން ބުނެލިއެވެ. ޔާލް ދެލޯ މަރާ ބާރުކޮށްލިއެވެ. އެހާ ފަސޭހައިން އަޔާންއަށް މާފުކުރެވޭނެ ހެއްޔެވެ.؟؟ އިހުސާސްތަކުގެ މައްޗަށް ރުޅި ފޯރުވަމުން ޔާލްއެނބުރި އަޔާންގެ އަތް ފޮޅުވާލިއެވެ. ” މިތަނަށް އަޔާން ތިއަައީ އަހަރެންގެ މާފު ހޯދަންކަމަށް ވަންޏާ ބުނެލަން އޮތީ ތިކުރެވުނީ ބޭކާރުކަމެކޭ… ” އަޔާންގެ ލޮލަށް ނަޒަރު ހުއްޓާލަމުން ޔާލް ބުނެލިއެވެ. ” މިފަހަރު ބޭކާތު ވިޔަސް ފަހުން ބަލާތި.. ކުރިންވެސް ބުނާހެން،، އަދި ތިހެން ސަލާމަތެއް ނުވެވޭނެ… އަހަރެން ޔާލްގެ ކިބައިން މާފު ހޯދާނަން… އަދި އެއްވާހަކަ… ކުރިން އަހަރެން ޔާލްދެކެ އެހާ ރުޅިއައީ އަހަރެންގެ ފޯނު ހަލާކުވީމަ.. ” ޔާލް ވަކި އެއްޗެކޭ ނުބުނެ ހިނގަމުންދިޔައެވެ. ” މިއަށްވުރެ މާ ރަނގަޅުވާނެ ދެން އެކުވެރިކޮށް އުޅުނިއްޔާ… އަބަދު ތޮޅޭނީ ކުޑަކުދިން.. ” އަޔާން ބެލީ ކޮންމެވެސް ގޮތަކުން ޔާލް ރުއްސޭތޯއެވެ.. ” އެކުވެރިވާން ދޭބަލަ އެހެން އަންހެނުންނާ… ” ޔާލް ރައްދު ދިނެވެ.. އަޔާން ދެން ނިންމީ ކޮންމެވެސް އެހެން ގޮތެއް ހޯދުމަށެވެ. އެވަގުތު އަޔާންއަށް ރަނގަޅު ހިޔާލެއް އައެވެ………………..
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
66 Comments!
Comments are closed.




Yayyy.. first first first first.. yayyyy??
hehe mal. 😀 yes you are first. congra 😉 😉 😉
V rythi.. ekam thankolheh kuru…?
yeah kuru dhw 🙂 aslu exam nimmaalaafa dhn hithah ery part eh up kohdheynee ey. 😀 dhn liyevunu varakun up kohla dhiny 🙂 thankyou so much mal. 🙂
hi everyone. so heres the 4th part. hope everyone will like it.. plx let me know the mistakes. kiyaa nulaa up kohlevuny so i think mistakes ginavaane 😉 hehe..insha allah next part on thursday.. or else eyge kurinvx faharehga 🙂 🙂 🙂 enjoy reading. and do comments plx 😀 😀 love you all.. <3
Alhe haadha bodah ehen writers thakuge vaahaka copy kureyey. Ehen writers exam ey bunaathy ehenves buni. Anekka kiyaa nulaa ey mi up kury ey ves bunelaifi. Huvaa Ma hyhy halaaku. Dhen ok. I know thy aammukoh hurihaa vaahaka eh ves kiyaa adhi coomentves kuraa kujjekkan. So mihen vedhaane. Akuru mathyga akuru alhaigen aharemen liyan dhaakuruves
Exam over buny hama othyma. N iyya ga nimunyvx ? aslu iyya ulhuny part eh up nukoh miadhu up kuran but hithah ery up kohladheynee ey ehnve avas kohlan vegen kiyaa nulevunyvx.. Being honest, adhi nuhunnaane ehvx vaahakaeh copy kohfaeh. Hama own ideas beynunkohgen liyany ☺ btw, thankyou dear?
**ovey
WOWW story Hama habeys ????
awwn..thankyou so much princess afu 😀 🙂
Masha Allah….? It was just awesome….?? Vvvv kiyaa hithun indha thi nimmaalee…? Next part when?? Can’t wait….? Keep going girl….. ✨Love you… ❤✨
awwn..thankyou so sooo much Minnie 🙂 🙂
insha allah on thursday..or faharehga eyge kurinvx kiyaalan libidhaane ingey 😀 love yah more 🙂 🙂 <3
Wow
Varah loabi n varah nice
thankyou so much Limsha 🙂 🙂
Varah varah loabi nd nice❤❤
Thankyou so much mai??
v kiyahithn indhanimnee. asl neygey nimnirves vahaka v reethi
thanyou sooo much rose. aslu varah happy vey ehaa interest aa eku mivaahaka kiyaalaathy 🙂 🙂
Alhey…vvvv nice…hama best…lov it
thanyou sooo much Lam.. glad u like it 😀
V Salhi ???? . when next part ??????….. Waiting…………
Thankyou so much dear 🙂 insha allah on thursday or before tht 😀
V.nic..love it❤❤❤???
thankyou so much dear 🙂 🙂
Mashaa allah stry vvv salhi….but mi part ga vess some typing mistake faahagavi dear.
KEEP IT UP SJK…
waiting 4 next part..
Maadhan adhi one more part plx dear if you can ingey…….
Gud nyt SJK..????
thankyou so much dear 🙂 🙂 yeah aee kiyaa nulaa up kohlevuny 😉 😉 insha allah try kuraanan up kohleveytho inge 🙂 🙂 gud nyt.. swyt drymx, 😀
Too short
Story is vvv good
nxt part dhigukohlaanan inge 🙂 🙂 thankyou so much HANEEN 🙂
Wow SJK.❤❤❤ Next part knirakun
thankyou so much awa 😀 😀 insha allah on thursday. or wednesdayga faharehga 🙂
Varah salhi vaahaka eh
oh..thankyou so much rau 😀 😀
Ram ah varah reehcheyy boys black gamys leema.. huvaa mibunyy ayaan varah kamugossi.. ?? noolheveyne ayaan aa nulaa.. ayaaaaaaaannnn … alheyy sjk v salhi… vaahaka kuri ah dhaagoiy vx habeyss.. next part avas kohlahcheyy.. lovess ??
hahaha.. aslutha??? thivarah govaalyma mihaaru ayaan ahvx adu iveyne ingey 😉 😉
THANKYOU SOOO MUCH ramkolhooo 🙂 🙂 yeah insha allah avas kuraanan 😀 loves <3
Story vrh reethi ekamu dhen anna part dhigu kohlan dhehchey ingey…. ?? ey sjk Korean ge exam vx nimunee miadhu tha??? Me 2 ingey? heheh … anyways kihineh vanee exam???? N waitingss hama❤❤❤
thankyou so much juma 🙂
yeah dhn anna part insha allah dhigukohlaanan 😀
yeah miadhu nimuny.. varah faseyha 😀 😀 hw abt u?? 🙂
hehe dhn result libunyma ingeynee vaane gotheh 😉 😉
insha allah rangalhuvaane..
Heheheh. Hmm dhw . Result libunyma ingeyny . Test faseyha? n Now I’m waiting is to pass out with flying colours. ? insha allah i will ? n o level dhw hama???? Commerce stream tha??? ?
Insha allah u’ll????
Yes dear
Varah varah reethi…… waiting….
thankyou so much zuam 🙂 🙂
i just read the last few parts and i’m so excited for the next one. Ayaan and Yaal’s scenes are super cute. ❤️
Thanks a lottt ava
❤❤?
Mihaaru olhijje..kaakuba fas fahathun dhevenee dho. Hehe. Yaal gadha ingey.. ma namaves hadhaanee ehen.. hehe. Varah interesting dear..
??ekaku anekakah abadhu shakku kurany viyya dhw?
Thankyou so much dear??❤
varah reethi mibaivess…varah intresting….next part dhigu kohlahchey SJK KOREAN
Thank you dear?? Insha allah dhigukohlaanan
Salhi ekm kuru dhen bai dhigukohllaaathi
Thank you sinaa ?❤❤
Dhn dhigukohlaanan ingey?
Reethi… Mibai kuruhen heeeve… Next part dhigukoh lahcheyy… Vaahaka hama reethi.. ???
Thank you sadhin ?? Insha allah dhigukohlaanan
Hii dear? dhuvas thakakah fahu story mikiyaalevuni☺all part ves vv salhi?keep going dear?luvs?
Hi Nish ? Thank you so much. ❤?? loves ❤❤
㊗❤?
❤❤?? ❤❤
Hii sjk ??☺️ Really love your story.. adhi alah mi comment kohly ekam baraabarah kiyan ingey vaahaka.. ? Varah reethi mi part ves ??Ayaan varah loabi ?? waiting for next part ❤️
Hii. ?? ❤
Thankyou soo much roo ?
Pakistan series eh balaigen copy kohfa hen heevany ekm kuda thafaatheh genaathy okey nice story
Actually this is not a copy. Just own ideas. Dhn faharehga ihthifaagun ehgoih vedhaane dhw ?☺
Thankyou so much manjeke❤
Nice awahah up kohdheeba waiting
Thank you so much Kul?❤❤❤?
sjk ❤❤
mi part vx varah reethi ?
and yaal ge ulhun too cute ?
next part maadhan kiyaalan libeyne kamah ummeedhu kuran ingey ❤❤?
hi merr 😀
thankyou soo much dear .. yeah.. maadhan insha allah up kohla dheynan dhigukoh inge 🙂 keep waiting <3
yesss yessss ❤❤❤
thank you sjk ?
waiting
ly ??
Hii… Tonight up kureveyne tha??? V kiyaaa hithun mihureee.. Plx mirey one part up kohladheeebaaa…. ??????????????????????
hii… alheyy sorry dear, maadhan up kohladheynan thankolheh dhigukoh insha allah 🙂 🙂 v bodah sorry mirey up nukohdheveythee 🙂 🙂