Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ތޭވީސްނަބައި)

Pinkish Level 5100 Comments10 Stories100 Login500 Comments
November 15, 2017 6 Mins Read
70 Comments

“ހަލޯ. މާއަވަހަށް ދޯ މި ފޮނުވުނީ. ދެން ލިޔުންތައް ތައްޔާރު ވީމަ ހަމަ ފޮނުވާލީ. ހޭއި ޓޫ ޑޭސް ޓް ގޯ. ސޮއި ކޮށްލާފައި އަހަންނާ ހަވާލު ކުރާތި. އެހެންނޫނީ. ހަހަ” މިކްޔަން ވީފޫހިން ފޯނު ކަނޑާލިއެވެ. އެއަށްފަހު އެ ލިޔުންތަކަށް ބަލާލިއެވެ. އަހަރެން މީގައި ސޮއިކޮށްފިއްޔާ ބައްޕަމެން ހާދަ ރުޅިއަންނާނެއެވެ. ނަމަވެސް އަހަރެންނަށް މިނޫން ގޮތެއްވެސް ނެތެވެ. މާޔޫސް ކަންމަތީ މިކްޔަންގޮސް އެ ލިޔުންތައް އެތާހުރި ވަތްގަނޑަކަށް ލާ ތަޅުލިއެވެ.

**************************************

“ޔަން މިތާ ކީއްކުރަނީ؟” މިކްޔަން ހޯދަމުން އައި ޔާނާ މިކްޔަން ލައިބްރަރީގައި ހުރުމުން އަހާލިއެވެ. “މީ ކަމެއް ނުކުރަން. ވާއޫ ޔޫ ލުކް ގޯޖިއަސް” ޔާނާއާ އަރާ ހަމަ ކުރަމުން މިކްޔަން ބުނެލިއެވެ. ޕާޓީގެ ކުލައަކީ ކަޅާ ހުދު ކަމުން ޔާނާ ލައިފައި ހުރީ ވިދާ ހުދުކުލަހެދުމެކެވެ. އެހެދުމުގެ މޭމަތި ކަޅުކުލައިގެ އެސްއިން ޖަރީކޮށްފައިވާއިރު ޔާނާއާ ވަރަށް ގުޅެއެވެ. ކަޅުކުލައިގެ ޝޯލްގެ ތެރެއިން ލުއި މޭކަޕްއެއް ކޮށްފައިވާ އެ ދޮންމޫނު ފެންނަލެއް ނުލަހިކު ހިތްގައިމެވެ. “ދޭބަލަ ތައްޔާރުވާން. އެއްމެން ތައްޔާރު ވެއްޖެއޭ. އޮންނާނެ ގަމީސް އިސްތިރި ކޮށްލާފަ” މިކްޔަން ބޯޖަހާލިއެވެ. މިކްޔަން ދިޔުމުން ޔާނާ ލައިބްރަރީ އަށް ނަޒަރު ހިންގާލިއެވެ. ކަމެއް ނެތި މިކްޔަން މިތާ ހުންނަންވީ ކީއްވެހެއްޔެވެ. ނުބުންޏަސް މިކްޔަން އޭނާއަށް ކަމެއް ސިއްރުކުރާކަން ހަމަ ޔަގީނެވެ.

“ދޮންބޭ ބަލާލަ” ހުދު ގަމީހެއްގެ މަތިން ކަޅުކުލައިގެ ޓައީ އަޅައި އެ ރަނގަޅުކުރަން ހުރި މިކްޔަން ފަހަތް ބަލާލީ ޒާއިން ގޮވާލުމުންނެވެ. އެއައީ ޓައީ އަޅަން ނޭގިގެންނެވެ. ޒާއިން ބޯހޫރާލިއެވެ. “ސާބަސް. މީހަކާ އިންނަންވީއެއްނު. އަބަދު މީހެއްލައްވާ މިކަން ތި ކުރުވަނީ” މިކްޔަން ޒާއިންގެ ޓައީ ރަނގަޅުކޮށްލަމުން ބުނެލިއެވެ.

“ފުރަތަމަ ލޯބި ހުށައެޅިގެނެއްނު މެރީ ކުރެވޭނީ. މިރޭ މިއުޅެނީ ބުނަން”

“އޭނ. ނުވެސް ބުނެ ލޯބިވާ މީހެއް ހުންނަ ވާހަކައެއް. ކާކު؟”

“ސެޓްވީމަ ބުނެވޭނީ”

“އޯކޭ އޯކޭ” މިކްޔަން ޓައީ ރަނގަޅުކޮށްލުމުން ޒާއިން ދާންހިނގައިގަތެވެ. ނަމަވެސް އެއްޗެއް ހަނދާންވެގެން އަނެއްކާ މިކްޔަންއަށް ކުރިމަތި ލިއެވެ. “ދޮންބެ ކައިރި ވާހަކަ އެއް ބުނަންވެފަ. އެކަމް ރުޅި ނާންނަ މަތިން”

“ބުނެބަލަ” މިކްޔަން ޝައުގުވެރިކަމާއެކީ އަހާލިއެވެ. “ދޮންބެގެ އެކައުންޓަށް ފައިސާ ފޮނުވީ އަހަރެން” ޒާއިން މިހެން ބުނުމުން މިކްޔަންގެ ދެލޯބޮޑުވިއެވެ. “ކީކޭ؟ ކީއްވެ”

“ހަމަޖެހިބަލަ. އެހަމަ ދޮންބެގެ ރުފިޔާއޭ”

“އަހަރެންގެއޭ؟ އަހަރެންނަށް މުސާރަ ދެނީ މިހާރު ޒާއިންތަ؟”

“ސާބަސް. ދޮންބެ ދައްތަ ކިޑްނޭޕް ވިއެއްނު. އެހުސް އަހަރެންގެ ކަންތައް.”

“ކީކޭ ޒާއިން އެވަރުގެ ކަމެއް؟”މިކްޔަން ހިތްހަމަނުޖެހުނެވެ. “އަހަރެން ބޭނުންވީ ދޮންބެ އާ ދޮންބެ ދައްތަގެ ގުޅުން ވަރުގަދަ ކުރަން. ސޮރީ. ދެން އެވާހަކަ ނިމިއްޖެއްނު. ތިއޮތީ އެއްލައްކަ ރުފިޔާ އަނެއްކާ ދޮންބެއަށް ލިބިފަ” ޒާއިން މިހެން ބުނުމުން މިކްޔަން ނުރުހިފައި ދެފަރާތަށް ބޯހޫރުވާލިއެވެ.

“އެހެންވެ ދޯ އަހަރެން މާލޯބިން ގެންގުޅުނީ. ހިތަށްވެސް އެރީމޭ ހަމަރީތި ރޫމްއެއްގައި އަހަރެން ބެހެއްޓީ ކީއްވެބާއޭ” ކޮޓަރިއަށް ވަންނަން އައި ޔާނާ ބުނެލީ ޒާއިން ދެއްކި ވާހަކަ ތައް އަޑުއިވުމުންނެވެ. ޒާއިން މަޑުމަޑުން ހިނިގަނޑެއް ޖަހާލިއެވެ. “އެތާހުއްޓެއްނު ދެމީހަކު. އެއަކީ އަހަރެންގެ ރައްޓެހިން. އެމީހުން ކިޔޭ ހާސްވެފަ ޔާނާ ނުވެއް ކައޭ”

“ހޫމް ދެން އެ ރުފިޔާ ޒާއިން އަތުގައި ބޭއްވިނަމަ.” މިކްޔަން ބުނެލިއެވެ. “ނޫނޭ ދޮންބެ ރުފިޔާ ހުންނަން ޖެހޭނީ ދޮންބެގެ އަތުގައި” ޒާއިން މިހެން ބުނުމާއެކީ އިވުނީ އާލިމާ ގޮވާއަޑެވެ. ޔާނާ އަވަހަށް ހިނގާށޭ ބުނުމުން ތިން މީހުން އެއްވަރަކަށް ނިކުމެގެން ދިޔައެވެ.

“ދަރިފުޅާ ބައްޕަ މިއުޅެނީ ލަންކާއަށް ފުރަން. ޑޮކްޓަރަށް ދައްކާލަން ދާން. މިފަހަރު ތަންކޮޅެއް ބޮޑަށް މޭގައި ރިއްސާތީ” ކާރު ދުއްވަން އިން މިކްޔަންއަށާއި މިކްޔަން ކައިރި ކުރީ ސީޓްގައި އިން ޒާއިންއަށް ނާސިހް ބުނެލިއެވެ. “ކީކޭ. ބައްޕަ އަޅުގަނޑުވެސް ދާނަން” މިކްޔަން އަށާއި ޒާއިންއަށް އެއްފަހަރާ ބުނެލެވުނެވެ. “ހާސްވާވަރު ކަމެއް ނޫނޭ. ދަރިފުޅު މެންގެ މައްސަލައެއް ނެތިއްޔާ ދަރިފުޅުމެންގެ މަންމަ ގޮވައިގެން ދާނީ. ތިކުދިން ވަޒީފާގައި އުޅޭއިރު ބުރަވާނެ. އެހެންވެ.” މިކްޔަން އަދި ޒާއިން ހިތާދެކޮޅަށް އާއެކޭ ބުނެލިއެވެ.

ފަހަތު ސީޓްގައި އިންޔާނާ އިނީ ފާޑަކަށް މޭނުބައި ކޮށްފައެވެ. ކާރަށްއެރިފަހުން ވެފައި އިންގޮތެކެވެ. އަނެއްކާ އަހަރެން ބަނޑުބޮޑީ ބާވައެވެ. އެހެންވިއްޔާ މިކްޔަން ހާދަ އުފާވާނެއެވެ. އަވަހަށް ޔަގީން ކޮށްފައި މިކްޔަންއަށް އަންގަންވީއެވެ. ޔާނާ މާދަމާ ހޮސްޕިޓަލްއަށް ގޮސް ޓެސްޓް ހަދަން ނިންމިއެވެ. ޔާނާ ސިހުނީ ކައިރީގައި އިން އާލިމާ ގޮވާލުމުންނެވެ. “ދަރިފުޅަށް އޯކޭ” ޔާނާ އަވަސް އަވަހަށް ބޯޖަހާލިއެވެ. އާލިމާ ހިނިތުންވެލިއެވެ.

*****

“ނަޝްވާ ނަޝްވާ” ނަޝްވާގެ މާމާ ހިދާޔާ އާއެކު ގޭތެރެއަށް ވަން ނަޝްވާގެ ދައްތަ ކަމަށްވާ ހިބާ ގޮވާލިއެވެ. ކޮޓަރީގައި އޮތް ނަޝްވާ ބޯދިއްކޮށްލިއެވެ. “ދައްތާ” ނަޝްވާ ދުވެފައި އައިސް ހިބާގެ ގައިގައި ބައްދާލިއެވެ. އެއަށްފަހު ހިދާޔާ ގައިގަ ވެސް ބައްދާލީ މާމާއޭ ކިޔާގޮވާލާފައެވެ. “ހިނގާބަލަ ތައްޔާރުވެގެން އަފްރާހުގެ ކޮއްކޮގެ ޕާޓީއަށް ދާން” ހިބާ ހީވަނީ ފައިގައި ރޯވެގެން އުޅުނުހެންނެވެ. “އަފްރާހު؟ ދައްތަގެ ހަސްބޭންޑް؟” ނަޝްވާ މިހެން ބުނުމުން ހިބާ ބޯޖަހާލިއެވެ. “ހޫމް ކަލޭ ދަންނަމެއްނު ޒިޔާން އޭނަގެ ބޭބެއެއްގެ ކައިވެނި ޕާޓީއެއްގެ ވާހަކަ މިދައްކަނީ” ހިދާޔާ ނުރުހުންވެފައި ބުނެލިއެވެ.

ނަޝްވާއަށް ހީވީ މީހަކު އޭނާގެ މޫނުމަތީ ޖެހިހެންނެވެ. މާމައަށް ޒިޔާން އިނގުނީ ކިހިނެއްހެއްޔެވެ. “ތި ނަޒީހް އެއްގެ އަވާގައި ޖެހި ތިހިރީ މީހާ ހަލާކުވެފަ. ޒިޔާން ބުންޏޭ އޭނަ ދެއްކި ވާހަކައެއްވެސް އަޑެއް ނޭހިއޭ”

“މާމާ ކީކޭ”

“ޒިޔާން އަކީ އަފްރާހްގެ ކޮއްކޮ. އިނގޭތަ އޭނާއަށް ފުރަތަމަ އަހަރެން ނަޝްވާގެ ފޮޓޯ ދެއްކީމަވެސް ނަޝްވާ ވަރަށް ކަމުދިޔަ. އަހަރެން ޒިޔާން ކައިރި މާލެ އަންނަން ބުނީ ނަޝްވާ އުޅޭނޫޅޭ ގޮތް ބަލަން. އަހަރެން ނަޝްވާއާ މެދު ކަންބޮޑުވާތީ އަހަރެން ޒިޔާން ކައިރި ބުނީ ނަޝްވާއަށް އެހީވާށޭ. އެކަމް ރޭގަ މާމޮޅުކަމެއް ކޮށްލާފަ އެއްނު ތިހިރީ. މީހެއްގެ ދިރިއުޅުން. ޗީ ނަޝްވާ. އަހަރެން ލަދުގަނޭ ތީ އަހަރެންގެ މާމަ ދަރިޔޭ ބުނަން. އެކަމް ވެސް ނަސޭހަތެއް ދީފާނަން. ތި ނަޒީހްގެ ކިބައިން ސަލާމަތްވެ ޒިޔާންއާ އެކީ އުޅެވޭތޯ ބަލާ” ނަޝްވާ ފެންކަޅިވެފައި ހިދާޔާއަށް ބަލަން ހުރުން ނޫންކަމެއް ނުކުރެވުނެވެ. ހިދާޔާ އިރުކޮޅަކު އެހެން ހުރުމަށްފަހު ދިޔައީ ޕާޓީއަށް ދިޔުމަށް ތައްޔާރުވާށެވެ. ހިބާ ނަޝްވާއަށް ބަލާލިއެވެ. ނަޝްވާ ހުރީ ހިތުގައި ޖެހިފައެވެ. ނަމަވެސް މާމަ އެދެއްކީ ދޮގުވާހަކައެއްވެސް ނޫނެވެ.

“ނަޝްވާވެސް ދޭ ތައްޔާރުވާން. އިރުކޮޅަކުން އަފްރާހް އަންނާނެ ބަލައި” ހިބާ ދިޔުމުންވެސް ނަޝްވާއަށް އެހެން ހުރެވުނީއެވެ.

******

ޒާއިން މެންނަށް ދަރުބާރުގެއަށް ދެވުން އިރުވެސް ލާރާ މެން ނާދެއެވެ. ޒާއިން އިންތިޒާރު ކުރަމުން ދިޔައީ ލާރާ އަންނާނެ އިރަކަށެވެ. “އަދިވެސް ނާންނަނީތަ؟” ޒާއިން ސިހުނީ މިކްޔަން މިހެން ބުނުމުންނެވެ. ޒާއިން މިކްޔަން ގައިގަ ބޮނޑިއެއްއަޅާލިއެވެ.

ޒާއިންގެ މޫނު އުޖާލާވެގެން ދިޔައީ ޒިޔާދު އާއެކީ ވަދެގެން އައި ލާރާ ފެނުމުންނެވެ. ޔާނާއާ އެއްކަހަލަ ހެދުމެއް ލާފައި ވާއިރު އެ ފަން އިސްތަށިގަނޑުވަނީ މައްޗަށް ނަގާ އައްސާލެވިފައެވެ. ކުރިމައްޗަށް ދެއިސްތަށިކޮޅު ވައްޓާލާފައި ހުރި އިރު އެ މޫނުމަތި ފެނުމުން ހީވަނީ ޕަރީއެއްހެންނެވެ.

ދުރުގައި ހުރި ޔާނާ ގޮސް ލާރާގެ ގައިގައި ބައްދާލިއެވެ. “ދޮންތަ އާރ ޔޫ އޯކޭ” ޔާނާގެ މޫނު ފެނުމުން ލާރާ އަހާލިއެވެ. ޔާނާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

އިޔާޒްމެން ދެމަފިރިންގެ ފޮޓޯ ނަގަމުން ދިޔަ ޒިޔާން އިރުއިރުކޮޅާ ބޭރަށް ބަލާލެވެނީ ނަޝްވާ އަންނާނެކަމަށެވެ. އިރުކޮޅެއް ފަހުން ވަދެގެން އައި ހިބާ، ހިދާޔާ އަދި އޭނާގެ ދޮންބެ އަފްރާހް ފެނުމުން ނަޝްވާ ނާންނަކަން އިނގި ޒިޔާން މާޔޫސްވިއެވެ.

ހިބާ ނަޝްވާ ކައިރި އައުމަށް އެތަށް ފަހަރަކު އެދުނު ނަމަވެސް ނަޝްވާހުރީ އެއަށްވުރެ ދެރަވެފައި ކަމުން އޭނާ އަންނާކަށް އެއްބަހެއް ނުވިއެވެ.

މީހުން މާހައުލުގައި ހަލަބޮލިވުމުން ޒާއިން ގޮސް ދުރުގައި ހުރި ލާރާ ކައިރި އައުމަށް ބުނެ ހިނގައިގަތެވެ. ލާރާވެސް ފާޑަކަށް ބަލާލުމަށް ފަހު ޒާއިންގެ ފަހަތުން ދިޔައެވެ. ޒާއިންގޮސް ހުއްޓުނީ މީހުން ނެތް ހިސާބެއްގައެވެ. “އަނެއްކާވެސް އަހަރެންނަށް ގޮރިއްލާއެއް ދައްކަންތަ ތިއުޅެނީ” ލާރާ އައިސް ހުއްޓިލަމުން ބުނެލިއެވެ. ޒާއިން ހިނިތުންވެލިއެވެ. “ލާރާ ވަރަށް ރީތި މިރޭ”

“އާ ޔޫ އޯކޭ. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ” ލާރާ މިހެން ބުނުމުން ޒާއިން ފުންނޭވާއެއްލިއެވެ. “ލާރާ އަހަރެންނަކަށް ނޭނގެ މިވާހަކަ ބުނާނީ ކިހިނެއް ކަމެއް. އެކަމް އެކަމް އަހަރެންނަށް ވަރަށް ކަމުދޭ ލާރާ”

“ބުނަން ޒާއިން. ކޮންމެ ކަމަކާ ސަމާސާ ކުރިޔަސް ތިކަހަލަ ކަމަކު ސަމާސާއެއް އަހަރެންނަކަށް ކަމަކު ނުދޭ” ހިނިގަނޑަކާއެކު ލާރާ ބުނެލިއެވެ. ނަމަވެސް ނޭނގޭ ބާރުމިނެއްގައި އެހިތްތެޅެމުން ދިޔައެވެ. “އަހަރެންނަކަށް ނޭނގޭ. އަހަރެންނަށް އުނދަގޫ ލާރާއާ ދުރުގައި އުޅެން. އަހަރެން ބޭނުން ލާރާ އަހަރެންގެ މީހަކަށް ހަދަން. އަހަންނަށް ހީވޭ ލާރާ ވެސް ބޭނުންވާހެން” ލާރާ އަށް ގަބޫލެއް ނުކުރެވުނެވެ. އެހެންވެ ޒާއިންއަށް ބަލަން ހުރީއެވެ.

“ލާރާއަށް ގަބޫލުނުކުރެވެންޏާ އަހަރެން މިހާރު ގޮސްވެސް ޒިޔާދު ބޭބެ ކައިރި ބުނެފާނަން ލާރާއާ އިންނަން ބޭނުމޭ. އަހަރެންގެ މީހަކަށް ހަދަން ބޭނުމޭ. ތި ގައިގަ ބައްދާލާ ލޯބިކޮށްލަން ބޭނުމޭ” ޒާއިން ކެރިހުރެ ބުނެލިއެވެ.

“ޒާއިން” ގަންލަދަކުން ލާރާއަށް މިހެން ބުނެވި އަތުގައި އޮތް ކޯކް ތަށިން މޫނު ފޮރުވާލިއެވެ. ޒާއިން މަޑު ހިނިގަނޑެއް ޖަހާލުމަށް ފަހު ލާރާ ކައިރިއަށް އައިސް ލާރާގެ އަތްތިރިކުރުވިއެވެ. ލާރާގެ މޫނުމައްޗަށް ޖަންބުކުލަ އަރާފައި ހުރުމުން ޒާއިންއަށް އިރުކޮޅަކު ބަލަން ހުރެވުނެވެ.

“އައި ލަވް ޔޫ” ޒާއިންއަށް މަޑުމަޑުން ބުނެލެވުނެވެ. ލާރާއަށްވެސް ޒާއިންގެ މޫނަށް ބަލާލެވުނެވެ. “ޑޫ ޔޫ ލަވްމީ؟” ލާރާ އަނބުރާލާފައި ދާން ހެދުމުން ޒާއިން ލާާރާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ލާރާ ހުރީ ލަދުން ބުނާނެއެއްޗެއް ނޭގިފައެވެ. “މޮޔަ ކޮންމެވެސް އެއްޗެކޭ ބުނެފަ ދޭބަލަ. އޯކޭ މިރޭ ނޫނަސް. އަހަރެން ދޭނަން ވަގުތު. މާދަންނޫން އަނެއް ދުވަހުގެ ރޭ ޖަވާބު ދޭންވާނެ އިނގޭ. އަހަރެން އިންތިޒާރު ކުރާނަން.” ލާރާ މަޑުމަޑުން ބޯޖަހާލިއެވެ. “ތިހެނެއްނޫން. ބުނޭ އަނގައިން އޯކޭއޭ އޭރުން ދެވޭނީ” ޒާއިން ލާރާ އޭނާއާ ވީފަޅިއަށް އަނބުރާލަމުން ބުނެލިއެވެ. “އޯކޭ” ކުއްލިއަކަށް އަތުގައި އޮތް ކޯކްތަށި ޒާއިންގެ މޫނުމައްޗަށް ޖަހާލުމަށްފަހު ހެމުން ހެމުން ލާރާ ދުވެފައި ގޮސް އެތެރެއަށް ވަނެވެ. ޒާއިން އެއްއަތުން މޫނު ފޮހެލީ ހިނިތުންވެލާފައި ހުރެއެވެ.

*******

ނަޝްވާ ހުއްޓުމެއްނެތި ގުޅަމުން ދިޔައީ ނަޒީހް އަށެވެ. ނަމަވެސް ނަޒީހް އެއްފަހަރުވެސް ފޯނެއް ނުނަގައެވެ. ރިންގްވެފައި ކެނޑެނީއެވެ. މާޔޫސްވެފައި ހުރިނަމަވެސް ނަޝްވާ ހުއްޓުމެއްނެތި ގުޅަމުން ދިޔައެވެ.

އިރުކޮޅެއްފަހުން ވަދެގެންއައި ހިދާޔާ ފެނިފައި ނަޝްވާ ފޯނު ތިރިކޮށްލިއެވެ. ނަޝްވާ ހިތުގައި ޖެހުނީ ހިދާޔާ ބަލާވެސް ނުލައި ދާންހެދީމައެވެ. “ކޮބާ ދައްތަ؟” ނަޝްވާ އަހާލިއެވެ.

“އެއަކީ ކަލޭއެއްނޫނޭ ގޭގައި ތަތްވެފައި އިންނަން. އޭނާ ފިރިމީހާ ގޯތި އޭނާ ވާނީ”

“މާމާ އަހަރެންނަށް މާފެއް ނުކުރާނަންތަ؟”

“އަހަރެންގެ މާފް ލިބޭނީ ތި ނަޒީހްއަކާ ގުޅުން ކަނޑާލިދުވަހަކުން” ހިދާޔާ މިހެން ބުނެ އެތެރެއަށް ވަދެގެން ދިޔައެވެ. ނަޝްވާ ފަޒާގެ ތެރެއަށް ނޭވާއެއް ދޫކޮށްލިއެވެ.

*******

ނިދަން އުޅި އުޅި ލާރާއަކަށް ނުނިދުނެވެ. އޭނާއަށް ހަމަ އޭނާގެ ލޯބި ލިބެން އުޅެނީބާވައެވެ. މިހާރުވެސް ޒާއިންއަށް އާނބަސް ދޭން ބޭނުންވެއެވެ. ނަމަވެސް ބޭނުންވަނީ ޒާއިން ތަޅުވާލާށެވެ. ލާރާ އޭނާގެ ބެއާގައި ބައްދާލިއެވެ. އެއަށްފަހު ލޯމަރާލިއެވެ. އޭނާ އާއެކޭ ބުނުމުން ޒާއިންއަށް ވާނެގޮތް ހިތަށްއަރާފައި އިރުއިރުކޮޅާ ލާރާގެ މޫނުމައްޗަށް ލަދުރަކި ހިނިތުންވުމެއް ވެރިވެއެވެ.

ޒާއިންއަށް ހީވަނީ އޭނާގެ ބޮލުން ބޮޑުހިލަގަނޑެއް ނެގިހެންނެވެ. ލާރާ ކައިރި ލޯބިވާކަން ހާމަ ކުރެވުމުން އެހިތަށް ހާދަބޮޑު ހަމަޖެހުމެއް ލިބިއްޖެއެވެ.

*******

މިއަދު މިކްޔަން ހޮސްޕިޓަލްއަށް ނުދާތީ ޔާނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އޭނާއަށް ދެން ކޮންމެވެސް އެއްޗެކޭ ކިޔާފައި ހޮސްޕިޓަލްއަށް ދެވޭނެއެވެ. ޔާނާ ހެދުނު ސައިބޯލައިގެން އާލިމާމެން ފުރުމުން ތައްޔާރު ވަމުން ދިޔައީ ހޮސްޕިޓަލްއަށް ދާށެވެ. އޭނާއަށް ރޭގައި ދަންވަރު ދެތިންފަހަރު ހޮޑުލެވުމުން މިހާރު ޔާނާއަށް އޭނާ ޕްރެގްކަން ޔަގީނެވެ. އޭނާއަކީވެސް އަންހެނުންގެ ހާއްސަ ޑޮކްޓަރެއް ވިއްޔާއެވެ. ނަމަވެސް ޔަގީންކޮށްލަން ބޭނުންވާތީ ދާން ތައްޔާރުވަނީއެވެ.

“ކޮންތާކަށް ބޭބީ؟” ޔާނާގެ ގައިގައި ފުރަގަހުން ބައްދާލާފައި ހަމަޖެހިލަމުން މިކްޔަން އަހާލިއެވެ. މިކްޔަން ނިންމާފައި ވަނީ އެގެ އެ ނުދަންނަ މީހާއަށް ދީފައި ޔާނާއާއެކީ އުފަލުގައި އުޅުމަށެވެ. ބައްޕަ މެންނަށްވެސް ހަގީގަތް އެނގުމުން ރުޅިއެއް ނާންނާނެއެވެ. “އަންނާނަމޭ ވަރަށް އަވަހަށް. ގައިމުވެސް އެހެން ފިރިހެނެއްގެ ކައިރިއަކަށް ނޫން މިދަނީ” ލާނެތްކަމާއެކީ ޔާނާ ބުނެލިއެވެ. “އޯކޭ އޯކޭ. އެކަމް އަވަހަށް އަންނައްޗޭ. ހޮސްޕިޓަލްއަށްވެސް ނުގޮސް މިއަދު މިހިރީ ބޭބްއަށްޓަކައޭ” މިކްޔަން މިހެން ބުނުމުން ޔާނާ ހިނިތުންވެލާފައި ބޯޖަހާލިއެވެ.

*******

“ދޮންތްސް. ވަޓް އާ ޔޫ ޑޫއިން ހިއާ؟” ލާރާއަށް ޔާނާ ފެނުމުން އަހާލެވުނެވެ. “މި ޓެސްޓްއެއް ހަދާލަން” ޔާނާ މިހެން ބުނުމުން ލާރާ ޔާނާއަށް ފުންކޮށް ބަލާލިއެވެ. “ޔޫ ޕްރެގްނެންޓް؟” ލާރާ ކުއްލިއަކަށް ބުނެލިއެވެ. “މޮޔަޔާ ޔަގީން ކުރަން މިއައީ. ހަނދާން ކުރާތި މިވާހަކަ އެކަކު ކައިރިވެސް ނުބުނާތި އަނގަ ގަދަ ވެގެން” ޔާނާ ލާރާގެ މޫނުގައި ޖަހާލަމުން ބުނެލިއެވެ. ލާރާ ހެވިފައި އޯކޭއޭ ބުނެލިއެވެ. “ހޭއި އިޓްސް މައި ނަމްބާރ. ދަނީ” ޔާނާގެ ނަންބަރު ޖެހުމުން ޔާނާ ބުނެލިއެވެ. ލާރާ އޯކޭ އޭބުނުމުން ޔާނާ އެތެރެއަށްވަނެވެ.

އެތެރެއިން ނިކުން ޔާނާ ހުރީ މާޔޫސް ވެފައެވެ. ޓެސްޓްގެ ރިޒަލްޓް ލިބޭނީ އަދި މިރެއެވެ. ވީފޫހިން ޔާނާ ގެއަށް ދިޔުމަށް ހިނގައިގަތެވެ.

ޒާއިން ހުރީ ލާރާ ރިޕްލައި ނުކުރާތީ ބޯގޮވާފައެވެ. ލާން ދާން އަދި ބަލާނައުމަށް ލާރާއެދިފައި އޮތުމުން ޒާއިން ހުރީ ހަދާނެގޮތެއްވެސް ނޭގިފައެވެ. ދެން އޭނާއަށް ލާރާ ފެންނާނީ މާދަމާ ރޭހެއްޔެވެ. ޒާއިން މޫނު ކުނިކޮށްލިއެވެ. އެއަށްފަހު ލާރާއަށް ކުދިކިޔާލިއެވެ.

******

ނަޝްވާ ނަޒީހް އަށް ގުޅަމުން ދިޔައެވެ. އެއްމެ ފަހުން ނަޝްވާ ނިންމީ ނަޒީހް މެން ގެއަށް ދިޔުމަށެވެ. އެގެއަށް ދާން ތައްޔާރުވި ނަމަވެސް މާމަ ކައިރި ބުނާނެ އެއްޗެއް ނުވިސްނުމުން ނަޝްވާ ކޮޓަރީގައި އޮތެވެ. ހަވީރު ވަގުތު ހިދާޔާ ބޭރަށް ދިޔުމުން ފުރުސަތުބަލާފައި ނަޝްވާ ގޭން ނިކުތެވެ.

******

ނަޒީހް މެންގެއަށް ދެވުމުން ނަޝްވާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެއަށްފަހު މަޑުމަޑުން އެތެރެއަށް ހިނގައިގަތެވެ. ސިޓިންގްރޫމްއަށް ވަންނަ ދޮރު ކުޑަކޮށް ހުޅުވިފައި ހުރުމުން ނަޝްވާ ގޮސް ތަޅުގައި ހިފާލިއެވެ. ނަމަވެސް ބަޔަކު ވާހަކަ ދައްކާއަޑަށް ހުއްޓުންއެރިއެވެ. ނަޝްވާ ދޮރާއި ކަންފަތް ކައިރިކޮށްލީ ކިޔާއެއްޗެހި ބޮޑަށް ސާފު ވޭތޯއެވެ. ނަޝްވާގެ ދެލޯބޮޑުވެ ދެލޮލަށް ކަރުނަ ޖަމާވެގެން ދިޔައީ ނަޒީހް ދައްކަމުން ދިޔަ ވާހަކައެއްގެ ސަބަބުންނެވެ.

=ނުނިމޭ=

Share Article

Follow Me Written By

Pinkish

Level 5100 Comments10 Stories100 Login500 Comments

...

Other Articles

Previous

ވޭންތަކުން ދިން ހިތި މާޒީ (17)

Next

ފައިނުފެންނަ މަގު

Next
November 15, 2017

ފައިނުފެންނަ މަގު

Previews
November 15, 2017

ވޭންތަކުން ދިން ހިތި މާޒީ (17)

70 Comments!

  1. Sadhin says:
    November 15, 2017 at 8:31 pm

    Ooowww.. Up vejje.. Adhi nukiyan.. Kiyaalaafa comment eh kohlaaanan

    1. Ram says:
      November 15, 2017 at 10:22 pm

      Okay saadhin☺?

  2. Nish says:
    November 15, 2017 at 8:31 pm

    Again first libuni yeyyyyy☺
    Adhi nuskiyan☺

    1. Nish says:
      November 15, 2017 at 8:53 pm

      Hehe first eh noon dhw second☺ finally zaain ah loabi husha elhijje dhw☺soo nice mi part ves?waiting!LY?

    2. Ram says:
      November 15, 2017 at 10:27 pm

      Second viyas ok eyy dww.. heheh.. thankyou so much ?❤?

  3. Min says:
    November 15, 2017 at 8:32 pm

    Me first dhw Vvvvvvvvvvvvvvvv reethi mi part ves varah gina dhuvas vejje dhw comment eh koh nulevey thaa any ways ly????

    1. Ram says:
      November 16, 2017 at 2:01 pm

      Heii min.. happy to see your comment after long time..thankyou soo much ??❤

  4. PRINCESS AFU says:
    November 15, 2017 at 8:36 pm

    Hi ram story Hama awesome ? just love it ???
    Ly ram ????

    1. Ram says:
      November 15, 2017 at 10:28 pm

      Heii.. thankyou so much.. ly more??❤

  5. Sadhin says:
    November 15, 2017 at 8:48 pm

    Alhey knme faharaku vx thi minmaalaneee ehme reethi hisaaabun… When next part ram..

    1. Ram says:
      November 15, 2017 at 10:30 pm

      Alheyy.. next part tomorrow dear.. thankyou ??❤

  6. Shaa says:
    November 15, 2017 at 8:49 pm

    Alhey i love this story v v v reethi… ???so curious to read next part… ??❤

    1. Ram says:
      November 15, 2017 at 10:32 pm

      Thankyou so much dear ???❤

  7. Anonymous says:
    November 15, 2017 at 8:59 pm

    Mii vrh dhigu story ehtha?? Around kithah parts??

    1. Ram says:
      November 15, 2017 at 10:33 pm

      Heii anonymous… neygey bunaakah.. dhnn nimumuge magumahchah mi ery.. heheh.. dhn ehaa gina parts eh nuhunnaane.. around 5 .. eahvure vx ekm gina vedhaane igeyy..

  8. Mai says:
    November 15, 2017 at 9:01 pm

    Varah reethi abadhuves inthizaaru kurevey dhen annabai kiyaalevey thoa thankolheh avaha☺

    1. Ram says:
      November 15, 2017 at 10:35 pm

      Awwn thankyou soo much mai ?❤

  9. Sinaa says:
    November 15, 2017 at 9:05 pm

    Salhi

    1. Ram says:
      November 15, 2017 at 10:35 pm

      Thankyou sinaa ?

  10. SJK...KOREAN says:
    November 15, 2017 at 9:07 pm

    hi ramko.. hows u??:D alheyyyyy.. JUST LOVE THIS STORYY.. mihaaru emme kiyaa hiyyvaa hisaabun hama nimeny 😀 hiyy thalhuvaalaafa.. at last, zaain confessed his love dho.. woww. varah salhi mi story dhaa goih. hama obinesss to the maxxx. waiting. LYSM 🙂 <3 <3 <3

    1. Ram says:
      November 15, 2017 at 10:37 pm

      Heii sjk.. hama gud eyy.. you?? Awwn thankyou so much sjk.. loves much more dear ??❤?

    2. SJK...KOREAN says:
      November 15, 2017 at 10:40 pm

      great 😀

  11. Aisha says:
    November 15, 2017 at 9:10 pm

    V reethi…mi story ah v inthizaaru kurevijje….next part avahah up kohlacheyy????❤❤

    1. Ram says:
      November 16, 2017 at 12:05 am

      Yess aisha.. thankyou ??❤

  12. Riii says:
    November 15, 2017 at 9:11 pm

    Ram…… Neygey bunaane ehchehvx…. Ram Vvvv gadha…..woWWWwww

    1. Ram says:
      November 15, 2017 at 10:37 pm

      Alhey thankyou so much riii ???❤

  13. Rsh says:
    November 15, 2017 at 9:16 pm

    WOW Ram mi part ves v v v Reethi ???. I ? it.

    1. Ram says:
      November 15, 2017 at 10:38 pm

      Thankyou soo much rsh ??❤

  14. Rihoo says:
    November 15, 2017 at 9:18 pm

    V vvv reethi

    1. Ram says:
      November 15, 2017 at 10:39 pm

      Thankyou rihooo ??❤

  15. Merr says:
    November 15, 2017 at 9:19 pm

    ramko ❤❤
    alhey e ge nazeeh ah nudheythi ?
    waiting ingey next part ah ??

    1. Ram says:
      November 15, 2017 at 10:40 pm

      Heii.. lets see dww vaagotheh.. thankyou mer ???❤

  16. Limsha says:
    November 15, 2017 at 9:25 pm

    Varah varah rythi ingey Ekam mirey ves hiy thalhuvaalaafa ey ram thi ninmaaly

    1. Ram says:
      November 15, 2017 at 10:41 pm

      Ooops hehee.. thankyou so much limm ??❤

  17. Awa says:
    November 15, 2017 at 9:28 pm

    Wowww… cant wait ingey next part ah?

    1. Ram says:
      November 15, 2017 at 10:42 pm

      Hehe.. thankyou awa darl ??❤

  18. Ainth says:
    November 15, 2017 at 9:31 pm

    Masha Allah.. Haadhahaa furihamaey mibaives.. Ram ge story thakun enme alhaigannany, sifa kohdhyfa hunnaleh furihama kamun.. Story kiyamun dhaairu hama hyvany aslahves eyge thereyga ulheveyhen.. Ram ge story baraabarah up kohdheyne kamuge furihama ithubaaruves ovey.. Ram ge khonme story ehves mi kiyaalany hama kiyaalaahithun ufalaaeky.. Thy ainth ge enme lovely vaahaka liyun theriaa.. Luv u bodukoh ramkolhu.. V beynun ram ge frnds akah vaan.. Kihineh hadhan jeheyny???

    1. Ram says:
      November 15, 2017 at 10:46 pm

      Awwn.. thankyou so much ainth.. loves more igeyy.. heii ram vx beynumeyy.. ummm number dhinun is not safe mithaa dww.. so can you send you email?

    2. Ainth says:
      November 16, 2017 at 12:22 pm

      Hai ramkolhu, fonuvaanan igey email, insha allah

    3. Ram says:
      November 16, 2017 at 2:03 pm

      Okay ainth ?

  19. Maya says:
    November 15, 2017 at 9:40 pm

    Alheyy ram hama neyvaa hifahahtailaigen mi iny…. Wow.. Finally zaain n laaraa gulheny… And nashvaa ves rangalhu kohbala dhenn. Waiting.. Waiting… ????

    1. Ram says:
      November 15, 2017 at 10:47 pm

      Lets see vaagotheh hehe… ? thankyou so much maya.. loves ??❤

  20. mal says:
    November 15, 2017 at 9:46 pm

    Ram varah reethi mirey partves???

    1. Ram says:
      November 15, 2017 at 10:48 pm

      Thankyou mal darl ??❤

  21. Lam says:
    November 15, 2017 at 9:53 pm

    Alhey…dhn kihineh vaanee…bust vee dhw nazeeh…waiting

    1. Ram says:
      November 15, 2017 at 10:49 pm

      Lets see ?? thankyou lamuu ??❤

  22. Friends says:
    November 15, 2017 at 10:19 pm

    Hey stry vvv salhi..
    KEEP IT UP RAMUU..
    Waiting 4 next part….
    Gud nyt ramuu…???

    1. Ram says:
      November 15, 2017 at 10:50 pm

      Heii friend ☺ thankyou so much ? Guud nytss ?❤

  23. rose says:
    November 15, 2017 at 10:28 pm

    Vrh rythi..

    1. Ram says:
      November 15, 2017 at 10:51 pm

      Thankyou rose ?

  24. Nia says:
    November 15, 2017 at 10:51 pm

    Alhe ram enme rythi hisaabun thi ninmaaly…. curious to knw wats gonna happn nxt….. Plx plx tmrw thankolheh kurin nxt part up kohdhevi dhaane thr….

    1. Ram says:
      November 15, 2017 at 10:54 pm

      Okayyy i will try igeyy luvv.. thankyou so muchh nia ??❤

  25. Hert says:
    November 15, 2017 at 10:52 pm

    Nice

    1. Ram says:
      November 16, 2017 at 12:06 am

      Thankyou hert ?

  26. Roo says:
    November 15, 2017 at 11:02 pm

    Alheyyy ram emme kiyaalaa hiy vi hisaabun thi nimmaaly.. mihaaru haadha interesting baekey story ga kuriyah midhany ?❤️ Nuves hurevey kiyaalaa hithun.. ? waiting ingey next part ah.. Lovesss ??

    1. Ram says:
      November 15, 2017 at 11:06 pm

      Awwwn.. thankyou soo muchh.. keep waiting.. loves ??❤?

  27. kylie says:
    November 16, 2017 at 12:57 am

    ram haadha molheyy varah reethi mi part ves .
    aaaaaaaand waiting for the next part .
    omg im so excited

    1. Ram says:
      November 16, 2017 at 2:04 pm

      Aww thankyou darl ??❤

  28. MXna says:
    November 16, 2017 at 11:51 am

    awwn.. ?‍❤‍?blush v vareh?…
    V rythi mi part..

    1. Ram says:
      November 16, 2017 at 2:04 pm

      Hehe.. thankyou soo much ?❤

  29. Sadhin says:
    November 16, 2017 at 12:10 pm

    Ram.. Kihaaa irakun up kohdhevey varu vaaeeee…

    1. Ram says:
      November 16, 2017 at 2:05 pm

      Type kohlevunuhaa avahakah igeyy ??❤

  30. Nahu says:
    November 16, 2017 at 4:39 pm

    V salhi mibai vx dhn kn irakun up khdheynyy… Rammu..

    1. Ram says:
      November 16, 2017 at 6:03 pm

      Heii nahu.. mi feshy type kohlan.. ?

  31. FSN says:
    November 16, 2017 at 8:47 pm

    Uh.. V foohivey avahah vaahaka up nukuraa thy… Liyun therein vex adhi nueh bunaane up vaaane gadi eh vex… Eyrun Gina kudhin comment tha libeynun dhw. Kujjaku kihaairaku up kohdhyny ey bunaane type kurevunu has avahakshey.. Adhi mi liyun therein fonikamun nueh bunaane up kohdhyne gadi eh vex… Thihen lahun vaahka up kohdhenyaa liyun therein foo hi vaaane…

    1. Ram says:
      November 16, 2017 at 11:20 pm

      Heii… i know dear.. foohi vaane… but writers vx haadha hard work kohgeney story eh e genesdhenyy.. i m sorry.. i have said that i will upload knme dhuvahaku.. ehenve ram konme dhuvahaku upkohladheyn.. gadi eh nubunany ebunaa gadi akah upnukoh dhevijjiyyaa readers maa hiyhama nujeheythyy.. so sorry.. but happy vejje hithuga oiy gothah buneladhinyma.. i will try to improve that igeyy.. loves ?

  32. Shaya says:
    November 16, 2017 at 10:32 pm

    Haadha ginairekey type kuran?

    1. Ram says:
      November 16, 2017 at 11:21 pm

      Aww shayaa.. ☺?

  33. Chawder says:
    November 16, 2017 at 11:13 pm

    Ramm…..please avas kohlabaa.11v mihaaru.vaaka reethi kamun hama keth madhu vany. Sorry.?hope u will understand.

    1. Ram says:
      November 16, 2017 at 11:22 pm

      Yess i understand dear.. upkohlaafin igeyy.. thankyou .. loves ?

Comments are closed.


All Right Reserved!