Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރުން މިހިތާ ކުޅެނީހޭ (ބާވީސްވަނަބައި)

Pinkish Level 6100 Comments10 Stories100 Login500 Comments
November 14, 2017 7 Mins Read
77 Comments

“ކަމަކާ ވިސްނަނީތަ؟” ޔާނާ އަހާލިއެވެ. މިކްޔަން ހުރިހާ ވާހަކައެއް ކިޔާދޭން ހިތަށް އެރިނަމަވެސް މިފަހަރު ވެސް ކިޔާދޭކަށް ނުކެރުނެވެ. “ނޭނގޭ އަހަރެންގެ އެކައުންޓަށް އެބަހުރި ބައިވަރު ފައިސާ އައިއްސަ. ނޭނގެ. މީހަކަށް އޮޅިގެން ކަމަށް ވާނީ” ޔާނާ ބޯމެޑެން ފެށުމުން މިކްޔަން ލޯމަރާލަމުން ވާހަކަ ދެއްކިއެވެ. ތެދެކެވެ. މިކްޔަން މިއަދު ބޭންކްއަށް ގޮސް ބަލާލިއިރު ކޮންމެވެސް މީހަކު ރުފިޔާ ތަކެއް އޭނާގެ އެކައުންޓަށް ޓްރާންސްފާ ކޮށްފައި އިނެވެ. “ކިހާވަރެއް؟” ޔާނާ އަހާލިއެވެ. “އެއްލައްކަ ވަރު” މިކްޔަން ބުނެލިއެވެ. “ތިމީހަކު ހޯދާނީ ފަހުން. އިހަށް ނިދާލެވޭތޯ ބަލާ އިނގޭ” ހުއްޓުމެއްނެތި މިކްޔަންގެ ބޯމެޑެދެމުން ޔާނާ ބުނެލިއެވެ.

********************************

މިކްޔަން އަށް ނިދުނުކަން ޔަގީން ވުމުން ޔާނާވެސް މިކްޔަން އޮތްފަޅި ނޫން އަނެއްފަޅިއަށް އަރާ އޮށޯއޮތެވެ. ޔާނާއަށް ދެފަރާތަށް ފުރޮޅިލާ ފުރޮޅިލާ އޮވެވުނީއެވެ. އެހިތް ނޭނގޭ ބާރުމިނެއްގައި ތެޅެމުން ދިޔައެވެ. ކަމެއް ވާން އުޅޭހެން އެހިތަށް ހީވަނީއެވެ.

********

ޒާއިންއަށް ކުއްލިއަކަށް ލޯހުޅުވާލެވުނެވެ. މިފެނުނީ ކޮންކަހަލަ ހުވަފެނެއްހެއްޔެވެ. ލާރާ އޭނާއާ ދުރަށް އެދަނީ ކީއްވެހެއްޔެވެ. އަދިވެސް ލާރާގެ ފެންކަޅިވެފައި ހުރި ލޯ ޒާއިންއަށް ސިފަވަމުން ދިޔައެވެ. އަނެއްކާ ލާރާ އަހަރެންނާ ގެއްލެނީބާވައެވެ. ނޫނެކެވެ. އަހަރެން އެހެންވިޔަކަ ނުދޭނަމެވެ. ވީހާވެސް އަވަހަކަށް ލޯބި ހުށައެޅުމަށް ޒާއިން ނިންމިއެވެ. އަނެއްކާވެސް ޒާއިން ނިދޭތޯ ބެލީ މާދަމާ ހެދުނު އޮފީހަށް ނުގޮއްސިއްޔާ ނާސިހް ރުޅިއަންނާނެކަން އިނގޭތީއެވެ.

*****

“އޭ ކަމަނާ ހާދަވަރަކަށް ތި ނިދަނީ. ހޮސްޕިޓަލްއަކަށް ނުދާނަންތަ؟” މިކްޔަން ބެގީ ކޮށްލަމުން ޔާނާއަށް ގޮވާލިއެވެ. ޔާނާ ކަންނެތްގޮތަކަށް ލޯހުޅުވާލިއެވެ. “އަހަރެން ނުދާނަން މިއަދު.”

“އެކީއްވެ.. ބަލީތަ؟”

“ނޫން ދެން މިއަދު ދާހިތް ނެތީ”

“އޯކޭ އަހަރެން ދަނީ” މިކްޔަން ހިނިތުންވެ ހުރެ ނިކުތެވެ. އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ދެން ނަޝްވާ އެއް އެދެމެދަކަށް ނުވަންނާނެކަން އިނގޭތީއެވެ.

ކެބިންގައި އިން މިކްޔަން ވިސްނަމުން ދިޔައީ އެގޮތްނޭނގޭ ފައިސާތަކާ މެދުއެވެ. އޮޅިގެންވިއްޔާ މިހާރު މީހަކު ގުޅާނެހާވެސް އިރުވެއްޖެއެވެ. މި ޖެހުނީ ކަންތަކާއެވެ. އެހެން މީހެއްގެ ފައިސާވީ އަހަރެން ބަލާށެވެ. އެވަގުތު ފޯނު ރިންގްވާން ފެށުމުން މިކްޔަން ފޯނު ނެގީ ސިކްރީނަށް ބަލާވެސް ނުލައެވެ. “ހަލޯ” އެކޮޅުން ބަރު ފިރިހެނެއްގެ އަޑު އިވުމުން މިކްޔަން ފޯނު ދުރުކޮށްލާ ސިކްރީނަށް ބަލާލިއެވެ. މިކްޔަން އަމިއްލަބޮލުގައި ޖަހާލީ ނުދަންނަ ނަންބަރަކުން ގުޅުމުންވެސް ނެގުނީމައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ވިސްނުނީ ފައިސާގެ ކަންތަކުގައި މީހަކު ގުޅީ ކަމަށެވެ.

“މިސާލަކަށް އަހަރެން ނަޝްވާއާ ކަލޭއާ ގައިގޯޅިވެފައި ހުރި ފޮޓޯތައް ޔާނާއަށް ދައްކާފިއްޔާ” އެމީހާ ފުރަތަމަވެސް ބުނެލީ މިހެނެވެ.

“އެސްކިއުޒް މީ. ހޫއިޒް ދިސް؟” މިކްޔަން ދެބުމަ ކައިރި ކޮށްލިއެވެ. އެމީހާ ޖަހާލީ ހިނިގަނޑެކެވެ. “ކާކު ކަން ނުބަލާ އަހަރެން މިބުނި ވާހަކައާ މެދު ވިސްނަބަލަ”

“ބުނަން ވާހަކައެއް. ފޮޓޯ ދައްކާކަށް އަހަރެންނާ ނަޝްވާއާ ތިހާ ގާތެއް ވެސް ނުވަން”

“އެކަކު އަނެއްކަކު ގައިގަ ބައްދަމެއްނު”

މިކްޔަން ހިނިގަނޑެއް ޖަހާލިއެވެ. “އާން އެއަކީ ކުރިން. އަހަރެންނަށް ހެޔޮ ޔާނާއަށް ތި ދެއްކިޔަސް. އޭނަ ގަބޫލެއް ނުކުރާނެ”

“ރޭގައި އޮޅުލާ މަންޑި ކުޅެނިކޮށް ނަގާފައި އިން ފޮޓޮއެއްގެ ވާހަކަ މިކިޔަނީ. އަހަރެންގެ މޮޅު ފޯނުން ނެގީ. ޑޭޓް ވެސް އިންނާނެ ގަޑިއާ އެއްކޮށް” އެމީހާ ބުނެލިއެވެ. މިކްޔަންގެ ދެބުމަ ގޮށްޖެހުނެވެ.

“އަހަރެން އޮޅުލާ” މިކްޔަންއަށް މިހިސާބަށް ބުނެވުނު ތަނާ ހަނދާންވީ ރޭގައި ނަޝްވާ ބައްދާލި މަތިންނެވެ. އެހެންވެ އެމަންޒަރު މިމީހާ ފޮޓޯ ނެގީތާއެވެ. މިކްޔަން ފުންނޭވާއެއް ލިއެވެ.

“އަހަރެން ޔާނާއަށް ކިޔާދޭނަމޭ ރޭގަ ވީކަންތައް ސޯ ނޯވޮރީސް”

“ހަހަހަ. މިސާލަކަށް އަހަރެން އެ ފޮޓޯ އެހެންގޮތަކަށް ޔާނާ އަށް ދައްކާފިއްޔާ؟ ލައިކް” އެމީހާ މިހިސާބަށް ބުނިތަނާ މިކްޔަންގެ ފޯނަށް ވައިބާއިން މެސެޖެއެއް އައެވެ. މިކްޔަން ފޯނު ދުރުކޮށްލާފައި ބަލާލިއެވެ. ފޮޓޮއެކެވެ. އޭގައި އިނީ ރާއްޖޭންބޭރު އެކްޓަރެއްގެ ފޮޓޮއެވެ. ލައިގެން ހުރީ ގަމީހަކާ ޖިންސެކެވެ. މި ކޯއްޗެއް ހެއްޔެވެ. އަނެއްކާ ފޮޓޮއެއް އައުމުން މިކްޔަން ލޯޑް ކޮށްލާފައި އެބަލާލިއެވެ. މިކްޔަންގެ ދެލޯބޮޑުވިއެވެ. މޫނު މަތީ އަތްއަޅާލެވުނީ ބޭއިހްތިޔާރުގައެވެ.

އެއަކީ ހަމަ ކުރިން ފޮނުވި ފޮޓޯއެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް އެމީހާގެ އެއްވެސް ފޭރާމެއް ނެތެވެ. މިކްޔަން އަވަހަކަށް އެ ޑިލިޓް ކޮށްލާފައި ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“އަހަރެން ކިހިނެއް ގަބޫލު ކުރާނީ އަހަރެންގެ ފޮޓޯ ކަލޭ އަތުގައި ހުރި ކަމަކަށް؟” މިކްޔަން ބުނެލިއެވެ. އެމީހާ ހޭން ފެށިއެވެ. “ފޮނުވާލަފާނަން. އެކަމް ބަލަން ކެރޭނެތަ. އަހަރެން އިންނާނީ މިހާރު އެ ފޮޓޯ އެޑިޓް ކޮށްފަ. ބޯތް އޮފް ޔޫ. ފުލް ނޭކެޑް. އަން މިފޮނުވާލީ.” މިކްޔަން ފޯނުބަލާލިއެވެ. އެއްކޮށް ލޯޑް ނުވި ނަމަވެސް ނަޝްވާގެ ބުރަކަށި ހާމައަށް ފެންނަން އޮތެވެ. އިތުރަށް ބަލަން ނުކެރިގެން މިކްޔަން އެ ޑިލިޓްކޮށްލިއެވެ. އެ ފޮޓޯގެ ބެކްގްރައުންޑް ވެސް ބަދަލުކޮށްފައި ވާއިރު ހީވަނީ އަސްލެއްހެންނެވެ. އެޑިޓް ކޮށްފައި ހެން ހީވެސް ނުވެއެވެ. މިކްޔަންއަށް ހަދާނެ ގޮތެއް ނޭގުނެވެ.

“ކަލޭ ބޭނުންވަނީ ކޮންކަމެއް؟” މިކްޔަން ބުނެލިއެވެ. އެމީހާ އަނެއްކާވެސް ހިނިގަނޑެއް ޖަހާލިއެވެ. “ތި އައީނުން އަދި ޕޮއިންޓަށް. އަހަރެން އަޑު އެހިން މިތާ ކައިރި ރަށެއްގައި ކަލޭމެންގެ ވަރަށް ސަޅި ގެއެއް ހުންނަ ވާހަކަ. އެ ގެ އަހަރެންގެ ނަންމައްޗަށް ހަދަން ވީ. އޭރުން މި ފޮޓޯއަކީ ނެތް އެއްޗެއް ކަމަށް ހީކޮށްލާ” އެމީހާ ބުނެލީ މަލާމާތުގެ ރާގަށެވެ.

މިކްޔަންއަށް ހީވީ އޭނާގެ މޫނުމަތީ މީހަކު ޖެހިހެންނެވެ. ތެދެކެވެ. އޭނާގެ ގެއެއް ހުންނާނެއެވެ. ނޫނެކެވެ. އޭނާގެ މާމަ އަދި ކާފަގެ ގެއެވެ. ކާފާ ނިޔާވުމުން މާމަ އެގެ ބެލެހެއްޓީ ނުލާހިކު ލޯބިންނެވެ. ކާފަގެ ހަމައެކަނި ހަނދާނޭ ކިޔާފައެވެ. މާމައަށް އެގެ މުހިއްމު ކަން އިހްސާސް ވެ ނާސިހް އެ ގެ ޒަމާނީ ފެންވަރަށް ހެދިއެވެ. މާމަގެ އެއްމެ ފަހު ވަސިއްޔަތަކީވެސް އެގެ ރީތިކޮށް ބެލެހެއްޓުމަށެވެ. އެ ގޭގެ މަތިން ހަނދާން ވާފަހަރަކު މިކްޔަން އޭނާގެ މާމަ މަތިން ހަނދާންވެއެވެ. އެހެންވެ ޔާނާ ކައިރިވެސް މި ގެއާ ބެހޭގޮތުން އެއްޗެކޭ ބުނެފައެއް ނޯންނާނެއެވެ.

“ވިސްނާ ވިސްނާ. އަހަރެން ދޭނަން ދިހަ ދުވަސް. 9 ވަނަ ދުވަހު އަހަރެން ފޮނުވާނަން ލިޔުން ތަކެއް. އޭގައި ސޮއި ކޮށްފައި 10 ވަނަ ދުވަހު އަހަރެންނާ ހަވާލު ކޮށްލާ. އެދުވަހުން އިނގޭނެ އަހަރެން މީ ކާކުކަންވެސް އަދި އަހަރެންގެ އަސްލު ބޭނުން ވެސް” މިކްޔަން ސިހުނީ އެމީހާ ވާހަކަ ދައްކަން ފެށުމުންނެވެ.

“ޕްލީޒް އަހަރެން ކަލޭ ބުނި ވަރަކަށް ރުފިޔާ ދޭނަމޭ. އެކަމް އެ ގެއެއް ނޫން” މިކްޔަން އާދޭސް ކުރަން ފެށިއެވެ. އެގެ ދީފިއްޔާ ނާސިހް މެންވެސް އޭނައަށް ނަފްރަތު ކުރާނެއެވެ. “އަހަރެން މިބުނީ ފައިނަލް ކޮށް. 10 ޑޭސް. ބާއި” އެކޮޅުން ފޯނު ކަނޑާލިއެވެ. މިކްޔަންގެ ދެލޯ ފެންކަޅިވިއެވެ. މިވީ ކިހިނެއްހެއްޔެވެ. އޭނާއަށް މިނޫން ގޮތެއް ހަމަ ނެތީބާއެވެ. އެއްކޮޅުން އޭނާގެ އަލަތު ތެދުވެރި ލޯތްބެވެ. އަނެއްކޮޅުން އޭނާގެ މާމަގެ ވަސިއްޔަތެވެ.

******

ފޯނު ބޭއްވި ނަޒީހްގެ މޫނުމަތީ ވަނީ ކާމިޔާބީގެ ހިނިތުންވުމެވެ. މިފަހަރު ރަނގަޅަށް މިކްޔަން ރޮއްވާލާނަމެވެ. އެކަކަށް ދެރަ ދީފައި އަނެއްކަކު އުފަލުގައި ހުރިޔަ އަހަރެން ދޭނެހެއްޔެވެ. ކުރިން އޭނަ ވިސްނީ ރުފިޔާ ހޯދަން ނަމަވެސް ރުފިޔާ ދިނުމަށް މިކްޔަން އަށް ފަސޭހަ ވާނެއެވެ. ނަމަވެސް އެގެ ދިނުމަށް މިކްޔަން އަށް އުނދަގު ވާނެއެވެ. ދާދި ފަހުން ވިޔަސް އެގެ ހުރިކަން ނަޒީހް އަށް އެނގުމުން ނަޒީހް އުފާވިއެވެ.

*******

ނާސިހް އިނީ ކޮފީއެއްބޯށެވެ. ކައިރީގައި އާލިމާވެސް އިނެވެ. “އިނގޭތަ ރޭގައި އެރަށުގައި ހުއްޓަ އެއްކަލަހެން މެޔަށް އުނދަގުވާން ފެށީ. ހަދާނެ ގޮތްވެސް ނޭނގުން” ނާސިހް ބުނެލިއެވެ. “އޭން. ދެން ރަނގަޅުތަ. ހިނގާ ޑޮކްޓަރަށް ދައްކަން” ނާސިހްއަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމުން އާލިމާ ހާސް ވިއެވެ. “ރަނގަޅޭ މިހާރު. ނަސީބް ރޭގައި ނުދަންނަ ސޮރަކާ ދިމާވީމަ. އޭނަ އަހަރެން ގެއަށް ގެންގޮސްދީ ޑޮކްޓަރަށް ވެސް ގުޅީ. އޭ އާލިމާ ހާސްވީމަ އަދިވެސް ހާދަ ލޯތްބޭ” ލާނެތްކަމާއެކީ ނާސިހް ބުނެލިއެވެ. އާލިމާ ކަޅިއަޅާލިއެވެ. ދެން އިވުނީ ނާސިހްގެ ހިނިގަނޑުގެ އަޑެވެ. ދެބައިއުމުރަށް އެޅިފައި ހުއްޓަސް އެދެމީހުންގެ ލޯތްބަށް ބަދަލެއް ނާދެއެވެ.

*****

ޒާއިން އަދި ޒާޔާ ކާރުގައި ލާރާ ބަލައި އައިއިރު ލާރާ ބޭރުގައި ހުއްޓެވެ. ލާރާ އަވަހަކަށް ގޮސް ޒާޔާ ކައިރި ފަހަތު ސީޓަށް އެރިއެވެ. “ދާހިތްވެފައި ހުރިވަރުން ބަލާލަ މިހާރު ބޭރުގަ ވިއްޔަ އެހުރީ” ޒާއިން ދިމާކޮށްލިއެވެ. ލާރާ ތުންއަނބުރާލިއެވެ. “އޭ އަހަރެންމެން މިއުޅެނީ ކައިވެނި އަވަސް ކޮށްލަން އަންނަ ހަފްތާ ބުދަ އަށް” ޒާޔާ ބުނެލިއެވެ. ލާރަ އަވަސް އަވަހަށް އިނގިލިން ދުވަސް ގުނަން ފެށިއެވެ. ޒާއިން އަށް ބުނެލެވުނީ ވަޓް އެވެ. “އެންމެ 8 ޑޭސް. ކީއްވެ؟” ލާރާ ބުނެލިއެވެ.

“އިޔާޒްގެ ދޮންބެ އަކަށް ނުލިބެ ޗުއްޓީއެއް ނެކްސްޓް މަންތްއަކު. ދެން އިޔާޒް ބޭނުންވަނީ އެއްމެން ހުންނަ އިރަކުން ކުރަން. އެހެންވެ. ދޮންބެ އާއި ދޮންބެ އިނދެގެން އުޅޭ މީހަ އަންނާނެ އަންނަ ހަފްތާގައި ހަމަ ޕާޓިއަށް” ޒާޔާ އޮޅުން ފިލުވަދިނެވެ. ލާރާ އަދި ޒާއިން އަށް އެއްފަހަރާ އޯ އޭ ހަދާލެވުނެވެ. “އެހެންވެ ވަރަށް މަސައްކަތް އޮންނާނެތާ ދޯ” ޒާއިން ބުނެލީ ޝައުގުވެރިކަމާއެކީ ނަމަވެސް އޭނަގެ ސަމާލުކަން ހުރި މަގަށެވެ. “ހޫމް. ޒާއިން މެންނަށް. އަހަރެން ވެޑިންގްޑްރެސް ވެސް ލިބިއްޖެ. ބައްޕަވެސް އަންނާނެ ވަރަށް އަވަހަށް” “ހޫމް ހޫމް” ޒާޔާ ފޮނި ވި ވަރުން ޒާއިންއަށް ބުނެލެވުނެވެ.

****

ލާރާ މެން އިޔާޒް މެން ގޭގައި ހުއްޓި ބެލް އަޅާލިއެވެ. ދޮރު ހުޅުވާލުމާއެކީ އިޔާޒް ޒާޔާގެ އަތުގައި ހިފައިގަތެވެ. ޒާޔާ ސިހުނު ވަރުން ކުޑަކޮށް ހަޅޭވެސް ލަވައިގަތެވެ. “ހަމަ ގަޑިއަށް ތިއައީ. ހިނގާ ކާޑް ފައިނަލް ކުރަންދާން” އިޔާޒް ލާރާ މެންނަށް އެއްލޯމަރާލަމުން ބުނެލިއެވެ. ޒާއިން އަދި ލާރާއަށް ޖަހާލެވުނީ ހިނިގަނޑެކެވެ. “ހޫމް ހިނގާބަ. އަހަރެންވެސް ވަރަށް ބޭނުން ތިކަން ކުރަން” ޒާޔާ މިހެން ބުނުމުން އިޔާޒް ޒާޔާ އަތުގައި ހިފައިގެން އެނބުރި ދިޔައީ ޒާއިން އަދި ލާރާ ކައިރި ވަނުމަށް ބުނެފައެވެ.

“އަނހަ ދެކުދިން އާދޭ. އިށީއިނޭ. އަޅެ ދައްތަ ހަވީރު ހެދިކާ އެއްވެސް ނަހަދަން. ދަރިފުޅާ ޒިޔާން ދޭބަލަ ހެދިކާ ކޮޅެއް ގަނެލައިގެން އަންނަން” ކޮމްޕިއުޓަރާ ކުޅެން އިން ޒިޔާން ކައިރިން އާބިދާ އެދުނެވެ. “ނޫނޭ. އެ އޯކޭ ވާނެ” ލާރާ ބުނެލިއެވެ. “އޯކޭ އެއްނުވާނެ. ދަރިފުޅު ދޭ” ޒިޔާން ތެދުވެ ހިނގައިގަތެވެ. “އަހަރެންވެސް ދާނަން.” ޒާއިން އަވަސް އަވަހަށް މިހެން ބުނެ ތެދުވެ ޒިޔާން އާ އެއްވަރުކޮށްލިއެވެ. ޒިޔާން ރަނގަޅު ބްރޯއޭ ބުނެލީ ޒާއިންގެ ބުރަކަށި ޖަހާލަމުންނެވެ. އެއަށްފަހު ދެމީހުން ހިނގައިގަތެވެ.

“އިޔާޒްގެ ބައްޕަ ނޫޅޭތަ؟” ލާރާ އޭނާގެ ހިތުގައި ވާ ސުވާލު ކޮށްލިއެވެ. އާބިދާ އިސްދަށަށް ޖަހާލިއެވެ. “ދައްތަ ވަރިވެގެން މިއައީ.” އާބިދާ ދިނީ ކުރުޖަވާބެކެވެ. ލާރާ އޯ އޭ ލައްވާލިއެވެ. “ބޭބެ ކަޑައީތަ” ކިތަންމެ ނާހަން ހިތަށް އެރިޔަސް އަނގަ ގަދަކަމުން އަނެއްކާ ލާރާއަށް އަހާލެވުނެވެ. “ހެހެ ކޮއްކޮގެ ތިހުންނަނީ ހަމަ ދައްތަގެ އެކުވެރިއެއްގެ ގޮތް. ދައްތަ އަށް ކޮއްކޮ ހާދަ ވައްތަރުވެސް ވައްތަރޭ އޭނައާ” ނާހީ މަތިން ހަނދާން ކުރަމުން އާބިދާ ބުނެލިއެވެ. “އެހެންވިއްޔާ މީ ދައްތަގެ އެފްރެންޑް ކަމަށް ދެކިބަލަ” ލާރާ އަމިއްލަ މޭގައި އަތް ބާއްވާލަމުން ބުނެލިއެވެ. އާބިދާ ހީލިއެވެ. “އިނގޭތަ އޭނާ ނިޔާވެއްޖެ. ހާދަ ދެރަވިޔޭ ނާދެވުނީމަ. އެކަމް މަޖުބޫރިވީ. އަންނަން ބޭނުންވިޔަސް ދައްތައަށް ނާދެވުނީ. ދައްތައެއް ގޮތަށް ދެކުން މީހެއް އެއީ” މާޔޫސީ ގޮތަކަށް އަބިދާ ބުނެލިއެވެ. “އެކީއްވެ”

“ކޮއްކޮއަށް ނޭގުނަސް ދައްތައަށް ނުވިސްނި ގޯސް ކަމެއް ކުރެވުނު. ދައްތަ ބޭނުމެއް ނުވޭ އެވާހަކަ ދައްކާކަށް. ދައްތަ އެކަނިވެރިވަފަ މިހުންނަނީ އޭނަ ނެތީމަ. ހިތަށް އަރާ އަހަރެން ގެ ލޯބިވާ އެކުވެރިޔާ ހުންނަނަމައޭ” އާބިދާ މިހެން ބުނުމުން ލާރާ އިން ސޯފާއިން ތެދުވެ ގޮސް އާބިދާ ކައިރި އިށީއިނދެލިއެވެ. “ނޭނގެ ކޮއްކޮ އޭނައާ ވައްތަރު ކަމުން ކަންނޭގެ މިވާހަކަ ތައް މިކިޔައިދެވެނީވެސް.” ލާރާ ހިނިތުންވެލިއެވެ. “ދައްތަ ދެން އެހެން މީހަކަށް ކައިވެނި ކުރަން ނުވިސްނަންތަ؟”

“ކައިވެނި ކުރަން ބޭނުމެއް ނޫން. އެކަމް އެކުވެރިޔާއަށް ޓަކައި އެކަން ވެސް ކުރަން ބޭނުން. އެކަމް އެކަން ވާކަށް ނެތް މިވަގުތު. އެކަމުގައި ދައްތަގެ ޝަކުވާއެއް ވެސް ނެތް”

“ކީއްވެ ވާން ނެތީ. ދައްތަ އަށް ކަމުދާ މީހަކު ދައްތަ އާ އިންނަން އެއްބަސް ނުވީތަ؟ އަހަރެން ކައިރި ބުނެބަލަ އެމީހަކު. އޯކޭ ކޮށްލާނަން އެއްބުރުން” ލާރާ ފޮނިވެލާފައި ބުނީ އާބިދާގެ މޫޑު ރަނގަޅުކޮށްލުމަށެވެ. އެކަން ކާމިޔާބު ވެސް ވިއެވެ. އާބިދާ ހިނިތުންވެލިއެވެ. “ނާހީ. ހަމަ ނާހީ ގެ ގޮތް” ލާރާގެ މޫނުގައި ޖަހާލަމުން އާބިދާ ބުނެލިއެވެ. ލާރާ ގެ ހިނިތުންވުން ގެއްލުނެވެ. ނާހީ އަކީ އަހަރެންގެ މަންމަގެ ނަމެވެ. “ނާހީ” ލާރާ އެއްޗެކޭ ބުނަން އުޅުނެވެ.

“ހާދަ އޮލަ ވާހަކަ އެއްގައޭ ދޯ” އެތެރެއަށް ޒިޔާންއާއެކީ ވަން ޒާއިން ބުނެލިއެވެ. އާބިދާ މެން ހިނިތުންވެލިއެވެ. ލާރާވެސް ގަދަކަމުން ހިނިތުންވެލިއެވެ.

******

“ހަލޯ ނަޝްވާ ކަލޭ ކޯއްޗެއް ބޭނުންވެގެން އަހަރެންނަށް ތިހެންތިހެދީ” މިކްޔަން ގުޅާލީ ނަޝްވާއަށެވެ. “ޔަން ކީއްވީ” މައުސޫމު އަޑަކުން ނަޝްވާ ބުނެލިއެވެ. “ކީއްހޭވީ. ރޭގަ އަހަރެން ގައިގަ ބެއްދީ އަހަރެންގެ ދިރިއުޅުން ހަލާކު ކޮށްލަންށެއްނު. މީހަކު ލައްވާ ފޮޓޯ ނެގިޔަސް އަހަރެން ކަލޭއަކަށް ދެން ހެވެއް ނުވާނެ ހަނދާންކުރާތި. “ކީކޭ ފޮޓޮއޭ. އަހަރެންނަކަށް ނޭނގޭ” ނަޝްވާ މިހެން ބުނުމުން މިކްޔަން ރުޅިއައިއްސަ މިއަދު ވީކަންތައް ކިޔާދިނެވެ. “ވަޓް. އަޅޭ. ކޮންމެވެސް ގޮތަކުން އެ ފޮޓޯ ލީކްވިޔަ ނުދެއްޗޭ. އަހަރެންގެ ލައިފް” ނަޝްވާ ރޯންފެށިއެވެ. “އެކަމާ ވިސްނާނެ ކަމެއް ނެތް. އަހަރެން އެކަމާ އުޅޭނަން.” މިކްޔަން ފޯނު ކަނޑާލިއެވެ. ނަޝްވާގެ ވާހަކައިން މިކަމުގައި ނަޝްވާގެ އަތެއް ނެތް ކަން މިކްޔަންއަށް އިނގުނެވެ. މިކްޔަން ފަޒާގެ ތެރެއަށް ނޭވާއެއް ދޫކޮށްލިއެވެ.

ފޯނު ބޭއްވި ނަޝްވާގެ މޫނުމަތީ ވަނީ ހިތާމަވެރި ކަމެވެ. އަހަރެން މިކުރަނީ ރަނގަޅު ކަމެއްބާވައެވެ. ޒިޔާން ބުނި ބަސް ގަބޫލު ކުރަންވީބާވައެވެ. ނޫނެކެވެ. ނަޝްވާ ދެފަރާތަށް ބޯހޫރުވާލިއެވެ. ނަޒީހްވެސް މިކްޔަން ދެކެ އެހާ ރުޅިއަންނާނީ މިކްޔަން ކަމެއް ކޮށްގެން ނޫން ހެއްޔެވެ.

*****

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައިރު އެކަކު ވެސް އަމިއްލަ ދިރިއުޅުމަށް ސުނާމީ އަރަން އުޅޭކަން ރޭކާ ނުލައެވެ. އެއްމެންވެސް ދިޔައީ ހޭބޯނާރާ ޒާޔާގެ ކައިވެނި ޕާޓީއަށް ތައްޔާރު ވަމުންނެވެ. ޔާނާ ހޮސްޕިޓަލްއިން ޗުއްޓީ ނެގީ އޭނައަށް މިހާރު އާދަޔާ ހިލާފު ވަރުބަލި ކަމެއް އިހްސާސް ވާތީއެވެ. ހަށިގަނޑަށް ލޮނޑުކަމެއް އިހްސާސް ވާތީއެވެ. އަނެއްކޮޅުން މިކްޔަން ކޮންމެ ދުވަހަކު ހާސްވެފައި ހުންނާތީ ޔާނާ ހުންނަނީ ހަދާނެ ގޮތް ހުސްވެފައެވެ. ކިތަންމެ ވަރަކަށް އެހިޔަސް މިކްޔަން ކަމެއް ނުވެޔޭ ބުނެ ވާހަކަ އޮއްބާލާނެއެވެ.

ލާރާ އަދި އާބިދާގެ ގުޅުން ދިޔައީ ވަރުގަދަ ވަމުންނެވެ. ނާހީ އަކީ ކާކުތޯ އަހަން ލާރާ އުޅެއެވެ. ނަމަވެސް މީހުން ހުންނާތީ އަހަން ނުކެރެނީއެވެ. ޒާއިން ލާރާއަށް ލޯބި ހުށައަޅާނެ ގޮތަކާ ވިސްނަމުން ދިޔައީ ލާރާ ގެއްލިދާނެ ކަމުގެ ބިރަށްޓަކައެވެ. މިހާރަކަށް އައިސް އަބަދުވެސް އޭނާއަށް ލާރާ ވަކިވެދާތަން ހުވަފެނުގައި ފެނޭ ވިއްޔާއެވެ.

*****

ޔާނާ އަދި ލާރާ، ޒާޔާ ތައްޔާރު ކުރަމުންދިޔައީ ޕަރީއެއްފަދައިންނެވެ. ވާނީވެސް އެހެންތާއެވެ. މިއަދު މީ ކައިވެނި ކުރަން ހަމަޖެހިފާވާ ރެއެވެ. ރީތި ކޮށް ނިމުމުން ލާރާ އަދި ޔާނާ ޒާޔާއަށް ބަލާލިއެވެ. “މާ ޝާ ﷲ ޒާޔާ. ހަމަ ހީވަނީ ޕަރީއެއްހެން” ޔާނާ ބުނެލިއެވެ. “ހޫމް ދެން ތިމީހުންވެސް ދޭ ތައްޔާރުވާން. ގަޑިއަށް ތައްޔާރުވާތި” ޒާޔާ އަމުރުކޮށްލުމުން ލާރާ އަދި ޔާނާ އޯކޭ ބޮސްއޭ ކިޔާ ހިނިތުންވެފައި ނިކުމެގެން ދިޔައެވެ.

ގޭގެ ބެލް ޖެހި އަޑަށް މިކްޔަން ގޮސް ދޮރު ހުޅުވާލިއެވެ. މީހަކު ފެންނަން ނެތުމުން ދޮރު ލައްޕާލަން އުޅެނިކޮށް ދޮރުމަތީ ބާއްވާފައި ހުރި ލިޔުންތައް ފެނުމުން އެކޯއްޗެއްކަން މިކްޔަންއަށް އިނގުނެވެ. އަވަސް އަވަހަށް އެހިފައިގެން މިކްޔަން ގޮސް ވަނީ ގޭގެ ލައިބްރަރީއަށެވެ. ލައިބްރަރީއަށް ހަމަ ވަންތަނާ އެއްކަލަ ނަންބަރުން ގުޅަން ފެށިއެވެ.

“ހަލޯ. މާއަވަހަށް ދޯ މި ފޮނުވުނީ. ދެން ލިޔުންތައް ތައްޔާރު ވީމަ ހަމަ ފޮނުވާލީ. ހޭއި ޓޫ ޑޭސް ޓް ގޯ އިނގޭ. ސޮއި ކޮށްލާފައި އަހަންނާ ހަވާލު ކުރާތި. އެހެންނޫނީ. ހަހަ” މިކްޔަން ވީފޫހިން ފޯނު ކަނޑާލިއެވެ. އެއަށްފަހު އެ ލިޔުންތަކަށް ބަލާލިއެވެ. އަހަރެން މީގައި ސޮއިކޮށްފިއްޔާ ބައްޕަމެން ހާދަ ރުޅިއަންނާނެއެވެ. ނަމަވެސް އަހަރެންނަށް މިނޫން ގޮތެއްވެސް ނެތެވެ. މާޔޫސް ކަންމަތީ މިކްޔަންގޮސް އެ ލިޔުންތައް އެތާހުރި ވަތްގަނޑަކަށް ލާ ތަޅުލިއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Pinkish

Level 6100 Comments10 Stories100 Login500 Comments

...

Other Articles

Previous

ތިޔަ ލޯބީގެ ހައްޤުގައި (ޓްރެއިލަރ)

Next

ވިންދު ލޯބިން ޖެހި ހިތެއްގައި (28)

Next
November 14, 2017

ވިންދު ލޯބިން ޖެހި ހިތެއްގައި (28)

Previews
November 14, 2017

ތިޔަ ލޯބީގެ ހައްޤުގައި (ޓްރެއިލަރ)

77 Comments!

  1. sum says:
    November 14, 2017 at 10:32 pm

    yayyy me first??? is it?

    1. sum says:
      November 14, 2017 at 10:33 pm

      story vvvvv reethi i love the twists

    2. Ram says:
      November 14, 2017 at 10:34 pm

      Yess summ.. yayy ?❤

    3. Ram says:
      November 14, 2017 at 10:34 pm

      Thankyou soo much summ ??❤

    4. sum says:
      November 14, 2017 at 10:44 pm

      ram , alhe how do you come up with the ideas??? it’s just stupendous!!

    5. Ram says:
      November 14, 2017 at 10:50 pm

      Thankyou summ… neygeyey bunedheykah.. hehe ?

  2. Ramxaa says:
    November 14, 2017 at 10:33 pm

    First me dhw. ..

    1. sum says:
      November 14, 2017 at 10:35 pm

      hama onr minute different ??sorry dear but lets say we both first???

    2. Ram says:
      November 14, 2017 at 10:35 pm

      Second ramuu.. ??❤

  3. Ram says:
    November 14, 2017 at 10:38 pm

    Heyy guyxx miothyu 22 vana partt.. dhn adhi annaany aslu twist .. so keep waiting igeyy .. and do comment below your views ? loves???

  4. Limsha says:
    November 14, 2017 at 10:44 pm

    Mi part Hyvany kuruhn
    Bt nice ingey keep it up

    1. Ram says:
      November 14, 2017 at 10:50 pm

      Alheyy kurutha?? thankyou lamm ??❤

  5. Juma says:
    November 14, 2017 at 10:53 pm

    Story vrh reethi. .. hama waiting ingey…. next part dhigu kohlan dhehche??❤❤

    1. Ram says:
      November 14, 2017 at 11:02 pm

      Aww.. thankyou so much.. i will try igey ??❤

  6. Riii says:
    November 14, 2017 at 10:55 pm

    Alhëyy… Vv loabi… Vv reeethi…

    1. Ram says:
      November 14, 2017 at 11:03 pm

      Thankyou soo much riii ??❤

  7. SJK...KOREAN says:
    November 14, 2017 at 11:01 pm

    hii dear Ramko..woww. its becoming more n more interesting.. keep it up dear.. varah loabi mi partvx… hama best 🙂 waiting. love u <3 🙂

    1. Ram says:
      November 14, 2017 at 11:05 pm

      Heii sjk.. thankyou soo muchh.. loves yah much more ??❤

  8. Saajy says:
    November 14, 2017 at 11:03 pm

    Ehaa kureh nun… komme dhuvahaku mivarah up kiranyyaa hama best… n v reethi story dhaa goi…

    1. Ram says:
      November 14, 2017 at 11:05 pm

      Aww thankyou so much for understanding dear.. thankyou saajy ??❤

  9. Friends says:
    November 14, 2017 at 11:12 pm

    Mashaa allah mi part vess vvv reethi ramuu..
    Waiting 4 next part dear..upload soon ramu.
    Gud nyt ramu..???

    1. Ram says:
      November 15, 2017 at 12:11 am

      Thankyou so much.. and yess i wll.. goood nytss.. ??

  10. Rsh says:
    November 14, 2017 at 11:35 pm

    WOW V V V Salhi. I ? it . Waiting ……….

    1. Ram says:
      November 15, 2017 at 12:12 am

      Thankyou Rsh ??

  11. Ainth says:
    November 14, 2017 at 11:49 pm

    Alhey ram, haadha hiy thalhuvaa laafaey thi ninmaaly.. Ram thy hama number one igey.. Mi site enme furihama eh vaahaka mee.. Mihira ibaaraah kurun thakeh n mihira sifa kohdhinumeh dhw.. Hama bunaane ehchehves neynge.. Hama ehaaves nala.. Mihaaru khonireh mi story nukumeytho inthixaaru kuraathaa.. Adhi kiriaa mi libuny kiyaalan.. V v v v ves rythi mibaives.. Luv u ramkolhu

    1. Ram says:
      November 15, 2017 at 12:13 am

      Awwwn.. sorry igeyy las v ma.. thankyou soo much ainth.. loves more ainth??

  12. Axee says:
    November 14, 2017 at 11:56 pm

    Mi story haadha salhiey…….thank you ram mihaa salhi storyeh kiyaalan libeythee………anyways ram kamaku kiyantha? Adi mirey ehen part eh kiyaalan libeyne goiy hadhaadhevidhaanetha? Hama maadhamaa ahves wait nukurevigen miulheneee.please ram…

    1. Ram says:
      November 15, 2017 at 12:23 am

      Alheyy.. i m soo sorry.. dear mirey dhn nuvaane.. varah dheravejje axee ge thikan nukohdhevunyma..anywayy dear thankyou soo much ???

  13. mal says:
    November 15, 2017 at 12:00 am

    Alhey ram this is awesome???

    1. Ram says:
      November 15, 2017 at 12:24 am

      Thankyouuuu mal??

  14. kylie says:
    November 15, 2017 at 12:08 am

    wowowow haadha reacheyyyy
    keep it up ramko

    1. Ram says:
      November 15, 2017 at 12:25 am

      Thankyou so much kylie ??

  15. kylie says:
    November 15, 2017 at 12:09 am

    btw if u dont mind whats ur full name?

    1. Ram says:
      November 15, 2017 at 12:26 am

      Full name dww.. can you send yours email .. eyrun i can tell.. loves ??

  16. Roo says:
    November 15, 2017 at 12:23 am

    Alhey haadha dhera gothekey mi vy ?? avahah upkohla dhehchey ingey ram.. varah kiyaalaa hithun mihury ?❤️ goodnight and ly ?

    1. Ram says:
      November 15, 2017 at 12:27 am

      Roo.. thankyou soo much.. yes i will … goodnyt .. ly more ??

  17. shif says:
    November 15, 2017 at 2:49 am

    Vvv loabi mi part vx…..???????

    1. Ram says:
      November 15, 2017 at 9:17 am

      Thankyou shiff ???

  18. Nia says:
    November 15, 2017 at 4:31 am

    Alhe enme curious vaa hisaabun ram thi ninmaalany…. Knme dhuvahaku mi story up vaane ireh belunu adhadheh vx neynge…. Ram u r the best….

    1. Ram says:
      November 15, 2017 at 9:17 am

      Awwn thankyou so much ??

  19. Mal. says:
    November 15, 2017 at 7:03 am

    wowww ram… v nice?

    1. Ram says:
      November 15, 2017 at 9:18 am

      Thankyou mal ???

  20. Awa says:
    November 15, 2017 at 7:18 am

    Ramko mi part vx v reethi. Avahah next part up kohdheebala plxx??

    1. Ram says:
      November 15, 2017 at 9:20 am

      Alhey avas kohlaanan igeyyy… thankyou awa ??

  21. Shaya says:
    November 15, 2017 at 8:41 am

    Varah reethi.
    Ekam Mikyan aa Maayaa aa 2 meehunge bai maa madhee

    1. Ram says:
      November 15, 2017 at 9:22 am

      Aww… ginakohlan v dww ? thankyou ??

  22. ino says:
    November 15, 2017 at 9:09 am

    alhey e liyun thakugai soe kuriya nudheythi, konmevess gothakun ekan hutuvaathi plxx Ram….mivaahaka varah intresting mihaARU

    1. Ram says:
      November 15, 2017 at 9:23 am

      Lets see dww vaa gotheh.. thankyou soo much ??

  23. Sadhin says:
    November 15, 2017 at 10:15 am

    Alhey mihaaru next part koyaaa hithun kiriyaaa mihureveneee… Miadhu kihaaa iraku up kohdheynee…. Alhey yan eyga signature nukurahchey… Yan evaahaka yaanaa kaireega bunan got hah hadhahcheyy… Egothah nuvanyaaa kada.. Bt story dhagoii hama obi

    1. Ram says:
      November 15, 2017 at 11:19 am

      AWW.. type kohlevunuhaa avahakah igeyy.. lets see vaagotheh.. micky hama bunefaane truth yaanaa kairi.. ? thankyou so much?❤

  24. aki says:
    November 15, 2017 at 10:16 am

    yaana ah hadgeegai engunas ok vaane . ekamu e nazeeh ah gey nudheythi mikyan

    1. Ram says:
      November 15, 2017 at 11:20 am

      Lets see dww aki ? thankyou ?❤

  25. Nish says:
    November 15, 2017 at 11:52 am

    Hii ram?hws u..? So sorry comment nukohleveythy..balive ulheythyve story nukiyuni..bt all part kiyaafin☺ mihaaru vara kanthah hingaalafa dhw..kihinehbaa dhen vaani..it’s becoming so interesting☺mi part ves vv salhi..?keep it up!waiting for the next part!luv u?

    1. Ram says:
      November 15, 2017 at 1:45 pm

      Heii nishh ?goood.. nish oa? Awww mihaaru kihineh??lets see ? thankyou soo much ??❤ loves more ?

  26. PRINCESS AFU says:
    November 15, 2017 at 12:04 pm

    Wowwwwwwww
    ???????????

    1. Ram says:
      November 15, 2017 at 1:46 pm

      Thankyou afuu ??❤

  27. Shaya says:
    November 15, 2017 at 1:57 pm

    Ram avaskohllaa❤
    Yaanaa preg vanee dhw.
    Kiyaahithun kehmadhuvefa

    1. Ram says:
      November 15, 2017 at 8:28 pm

      Hehe.. lets see dear.. thankyou so much ?

    2. Ram says:
      November 15, 2017 at 8:28 pm

      Hehe.. lets see dear.. thankyou so much ?

  28. s says:
    November 15, 2017 at 2:13 pm

    Ram . Kihineh tha phone in vaahaka liyany? Help me please .

    1. Ram says:
      November 15, 2017 at 8:30 pm

      Login vaairah annaane write a story from mobile.. eyah click kohlaany.. ?

  29. kylie says:
    November 15, 2017 at 2:30 pm

    srry but i dont have an email right now

    1. Ram says:
      November 15, 2017 at 8:31 pm

      Ohh ?

  30. bolheh says:
    November 15, 2017 at 3:26 pm

    Egey vaagoi… yaana is pregnant… mikyan nubune huttaa yaana ah ingeyny..dhn dhemyhun dhurah dhaany… thats typical story background eh nu…

    1. Ram says:
      November 15, 2017 at 10:57 pm

      Hehe bolheh, thankyou for commenting.. thihen vx vedhaane.. ehen gotheh vx vedhaane.. so hama lets see eyy buneveynyy.. thankyou ?

  31. Shaya says:
    November 15, 2017 at 3:44 pm

    Rammmmmmmm..
    Mihaaru 100 varakah faharu belihjje up vithoa… Please avaskohlladhee

    1. Ram says:
      November 15, 2017 at 10:58 pm

      Alheyy dear ?

  32. Nahu says:
    November 15, 2017 at 4:50 pm

    Ram miadhu vaahaka up nukhdhey dhuvaheh thr? kn irakun up kh dheynyy

    1. Ram says:
      November 15, 2017 at 10:59 pm

      Aww nahuu ?

  33. Sadhin says:
    November 15, 2017 at 6:35 pm

    Hey ram… Kobaa story… Up nukuranee tha…?? ????

    1. Ram says:
      November 15, 2017 at 11:01 pm

      Alheyy..?

  34. Sadhin says:
    November 15, 2017 at 6:44 pm

    Hii ram… Plx up kohdheeebla… Ehn noonee up kohladheyne time eh bunela dheybala… Plxxxx… ?????

    1. Ram says:
      November 15, 2017 at 11:00 pm

      Alheyy ram konme dhuvahaku vx kuramehnu dhww.. ?

  35. ?? says:
    November 15, 2017 at 7:35 pm

    Hey.. Hii… S.. Cheetah keyboard app alheema vx liyeveyne… N dhn jeheyneee thaana keyboard download kuran.. Dhww…. ?? phone ah E app alheee…

    1. s says:
      November 15, 2017 at 8:23 pm

      ohh okay . thankyou 🙂

  36. Lam says:
    November 15, 2017 at 8:15 pm

    Ram ..kobaa stry…alhey haadha inthizaarekey thi kuruvanee ramooo….alhey hama kiyaa hithun needhevigen miuleh nee…

    1. Ram says:
      November 15, 2017 at 11:02 pm

      Awwww thankyou lamuu ?

Comments are closed.

Next Episodeސިއްރުން މިހިތާ ކުޅެނީހޭ (ތޭވީސްނަބައި)←


All Right Reserved!