Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢެދެމޭ އުފާ….(48)

Dhippi Level 4100 Comments10 Stories
December 26, 2017 7 Mins Read
18 Comments

”އެއީ ކޮންކަމެއްތޯ؟ މަންމަ އަޅުގަނޑު ކައިރީގަ ނުބުނާނަންތޯ؟” އަލްޔާ ދެރަވެފަ އަހައިލިއެވެ. އޭރު ޖޫދު އިނީ ފެންކަޅިވެފަ އޭނަގެ މަންމަޔާ ދިމާލަށް ބަލަހަށްޓައިގެންނެވެ. “ތިދަރިފުޅު ކައިރީގަ މަންމަ ނުބުނާނެ ވާހަކައެއް އޮވެދާނެހެން ދަރިފުޅަށް ހީވަނީތަ؟ ތިދެކުދިންނަކީ މިމަންމަގެ ހުރިހާ ވެސް އުފަލަކީ..!” އަލްޔާއާ ޖޫދުއާ ދެބެއިން ގަޔާލާ ފިތާލަމުން ނަސްމާ ބުނެލިއެވެ. “ނޫން މަންމާ! އަޅުގަނޑު އެގޮތަކަށް ނުދެކޭނަން..! ދެން ބުނުއްވައްވީނުންތޯ..؟ މިހާރުވެސް އަޅުގަނޑުގެ ކެތްތެރިކަން ކޮޅުން ލައިފި!” ކެތްމަދުވެފަ ހުރި އަލްޔާ އަހައިލިއެވެ. ”އާނ ދަރިފުޅާ.. މި މަންމަޔަކީ ވަރަށް ބަދުނަސީބު މަންމައެއް! ޅައުމުރުގަ ކުރި ކައިވެނި ރޫޅި ލިބުނު މައުސޫމް ދަރިފުޅު ބީވެ ދުނިޔެއިން މޮޔަވީމަ ވާނީ ކިހިނެއް؟ ދަރިފުޅު އައްމިލަޔަށް އިހުސާސް ކޮއްލަބަލަ ދެން މިމަންމަ އުޅޭނެހާލު..! ދަރިފުޅަށް އިނގޭތަ؟ މާމަމެން މަންމަ ލަންކާގަ ބެހެއްޓި ގޮތަށް އެތަނުން މީހަކާވެސް ދެވީ.. ޖޫދު އަކީ އެ ޝިހާބުގެ ދަރިއެއް..!” ނަސްމާ އެނަޔާ ދޭތެރޭ ކަންތައް ވީގޮތް ކިޔައިދެމުން ދިޔައެވެ. އޭރު އެތާ ތިބި އެއްމެންވެސް ތިބީ ކަނުލާ އަޑުއަހާށެވެ.

“ދެން ކިހިނެތްތޯވީ މަންމާ؟” އަވަސް އަވަހަށް އަލްޔާ އަހައިލިއެވެ. “ބައްޕަ ވަރަށް ގޯސް މަންމައަށް! އަބަދު މަންމަ ގައިގަ ތަޅަނީ! ބައެއް ފަހަރު ޖޫދު ގައިގަވެސް ތަޅާނެ! ބައްޕަ ރަށުގަ ހުރިނަމަ ބޭބެމެންނަށް އަޅުގަނޑުމެން ނުވެސް ގެނެވޭނެ މާލެ.. ބޭބޭ ޖޫދުމެން ދެން ނުފޮނުވާތި ބައްޕަ ކައިރިއަށް އެއީ ވަރަށް ގޯސް ބައްޕައެއް..!” ވާހަކަ ދައްކަން ނަސްމާ އަނގަ ހުޅުވައިލިތަނާ ޖޫދު ވާހަކަ ފެއްޓިއެވެ. ޖޫދު ދެއްކި ވާހަކަ އަޑު އަހައިފަ އެތާތިބި އެއްމެންވެސް ތިބީ އިންތިހާޔަށް ހައިރާންވެފައެވެ. “ކީކޭ..؟! ތީހަމަ ތެއްދެއްތަ ކޮއްކޯ؟ އެއީ ތެދެއްތޯ މަންމާ؟!” ހައިރާންވެފަ ދެމައިން ކުރެން ވަކި ވަކިން އަލްޔާ އަހަމުން ދިޔައެވެ. ނަސްމާއަށް ކުރެވުނުހާވެސް ކަމަކީ އާއެކޭ ކިޔާފަ ބޯޖަހާލުމެވެ. “ދެން މަންމަ ކީއްކުރަންތޯ އެހާ އަނިޔާވެރިޔަކާއެކު ތިއުޅުއްވަނީ؟” ދެރަވެ އަލްޔާ އަހައިލިއެވެ.

”ދަރިފުޅާ މަންމަޔަށް އެބައޮއްތަ އިތުރުގޮތެއް؟! ދަރިފުޅު ޖަހައިގެން ދިޔަގޮތައް ޖޫދު ޖަހައިގެން ގޮސްފިއްޔާ ކިހިނެތްތަ ހަދާނީ؟ މި މަންމަ ވެސް ބޭނުމޭ ދަރިންގެ އުފާ..! މަންމަ ބަލިވި ދުވަހަކު ބޯ ފެންފޮދެއް ދިއްކޮލަންވެސް ވަކި ކާކު ހުންނާނީ؟ އެެހެންވީމަ އޭނަ ކިތަންމެ އަނިޔައެއް ކުރިޔަސް އޭނަގެ އަޅަކަށް ވެގެންވެސް މަންމަ ބޭނުމޭ ޖޫދު ކައިރީގަ ހުންނަން..! ދަރިފުޅަށް ވުރެ މޮޅަށް ވަކި ކާކަށްތަ އިނގޭނީ މަޔަކާ ވަކިން އުޅެން ޖެހުނީމަ ހިތަށް ކުރާ އަސަރާ ވޭން..؟!” ރޮމުން ނަސްމާ ވާހަކަ ދައްކަމުން ދިޔައެވެ. އޭރު އަފީފާގެ ހިތަށް ކުރި އަސަރުން އަޑުން އަޑުނަގާ ރޯންފެށިއެވެ.

”ނަސްމާ އަހަރެންނަށް މާފު ކުރޭ! ނަސްމާގެ މިކުށެއް ނެތް ދަރިފުޅަށް އަހަރެންގެ ފަރާތުން ވަނީ އެތައް ވޭނަކާ ތަކުލީފެއް އުފުލަން ޖެހިފަ..! މިދެއަތުން އެފަކީރު މަރާލަންވެސް މަސައްކަތް ކުރެވުނު..!” ނަސްމާ ކުރެން މާފަތް އެދެމުނު ދެއަތް ނަގާ އަފީފާ ދައްކާލިއެވެ. އަފީފާގެ އެ އަމަލް ފެނިފަ އެއްމެން ތިބީ ހައިރާންވެގެން އޭނަގެ މޫނަށް ބަލަންށެވެ. “ތިހެން ނުބުނޭ އަފީފާ އަހަރެން ކޮންގޮތަކަށް ތިވާހަކަ ގަބޫލު ކުރާނީ؟” އަފީފާގެ ދެއަތުގަ ހިފާލަމުން ނަސްމާ ބުނެލިއެވެ. އަދި އެވަގުތު އަލްޔާއާ ދޭތެރޭ ކަންތައް ވެގެން ދިޔަ ގޮތް ތަފުސީލު ކޮށް ސައުދު ކިޔާދިނެވެ. ނަސްމާ އިނީ ބުނާނެ އެއްޗެއް ނޭގި އަނގަ ހުޅުވިފައެވެ. ”މަންމާ މިހާރު ހުރިހާ ކަމެއް ވެސް އޯކޭޔޭ! އެކަމާދެން ނުވިސްނަވަށްޗޭ! މިހާރު މަންމަ ވެސް ވަރަށް ލޯބިވެޔޭ އަޅުގަނޑުގެ ދެކެ.. ދޯ މަންމާ؟” ނަސްމާ ވަގުތު ކޮޅަކަށް ނަމަވެސް ހިތްހަމަ ނުޖެހި ހުރުމުން އެކަން ހަމަޔަކަށް އަޅުވަންވެގެން އަލްޔާ ބުނެލިއެވެ. ކޮންމެ ގޮތެއް ވިޔަސް މިހާރު އަފީފާގެ މައްޗަށް އެއްވެސް މީހަކު ހިތް ބަރުވާކަށް އަލްޔާ ނޭދެއެވެ. އަމުދުން ދެ މަންމަ ދެމެދުގައި ހަސަދަވެރިކަމެއް އުފެދޭނެ އެއްވެސް ކަމެއް ވާކަށް އަލްޔާ ނޭދެއެވެ.

“އިހަށް ދެން ތިހުރިހާ ވާހަކައެއް ފަހަށް ބާއްވައިފަ ނިދަން އުޅެމާ.. މިހެން އަގަތަޅަން ތިއްބާ އިރު އަރާނީ” އިތުރަށް އެމައުލޫއަށް ކުރިއަށް ދާން ބޭނުން ނުވާތީވެ ސައުދު ބުނެލިއެވެ. “ތިވެސް ރަނގަޅު ވާހަކައެއް.. ވަރަށް ދަންވެއްޖެ މިހާރު.. ދަރިފުޅާ ވިނާން މަންމަމެން ލާދޭން ހިނގާ އަވަހަށް…” ގަޑި ބަލާލުމަށް ފަހު ނަސްމާ ބުނެލިއެވެ. “ކޮންތާކަށްތޯ ދާންވީ؟ މަންމަމެން މީގެ ފަހުން ތިބެންވާނީ މިގޭގަ އަޅުގަނޑުމެން ބޭނުމެއް ނޫން އަޅުގަނޑުމެން ވަކި ތަނެއްގަ މަންމަމެން ވަކި ތަނެއްގަ ތިބޭކަށް..!” ވިނާން ބުނެލިއެވެ. އަލްޔާ އިނީ ބުނާނެ ވަކި އެއްޗެއް ނޭގޭތީ އަނގަ މަޑު ލައިގެންނެވެ. އޭނަ ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ؟. ކޮންމެ ގޮތެއް ވިޔަސް މަންމަމެންނެއް ކަމަކު މީހެއްގެ ގޭގަ އޭނަޔަކަށް ނުބެހެއްޓޭނެތާއެވެ.

”އެއީ ތެދެއް ނަސްމާ.. ނަސްމާމެން ކުޑަ ވަގުތު ކޮޅަކަށޭ އެ ހޮޓަލުގަ ބެހެށްޓީ..! ދަރިފުޅާ އަލްޔާ ދޭބަލަ މިއަދު ޖަޔާ ލައްވާ ސާފު ކުރުވި ކޮޓަރި މަންމަމެންނަށް ދައްކާލަން…” ސައުދު ވެސް ވިނާންއާ އެއްބަސް ވަމުން ކޮޓަރި ދެއްކުމަށް ދާން އަލްޔާ ކައިރީގަ ބުނެލިއެވެ. “ނޫން! ސައުދު މިހާރުވެސް އަޅުގަނޑުމެންނަށްޓަކައި ކިހާ މަސައްކަތެއް ކޮއްފިތޯ؟ މިވަރުން އަޅުގަނޑުމެންނަށް ފުދޭ…” ވަގުތުން އިންކާރު ކުރަމުން ނަސްމާ ބުނެލިއެވެ. “ނޫން މަންމާ! އިހާ ޒަމާން ކޮއްފަ އަޅުގަނޑު ފެނުނީމަ ވެސް ދާންތޯ ތިއުޅުއްވަނީ؟ މަންމަ ހުންނަވަން ވާނީ އަޅުގަނޑު ކައިރީގަ..!” ނަސްމާގެ އަތުގަ ހިފާ ގެންދަމުން އަލްޔާ ބުނެލިއެވެ. އިތުރު ގޮތެއް ނެތުމުން ނަސްމާވެސް ގަދަ ނަހަދާ އަލްޔާއާ އެއްކޮށް ގޮސް ކޮޓަރިއަށް ވަނދެއްޖެއެވެ.

ދުވަސްތައް ފާއިތު ވަމުން ދިޔައީ ހީވެސް ނުކުރާހާ އަމާން ކަމާ އޮމާން ކަމާއެކުއެވެ. މިހާރު ނަސްމާވެސް އަލްޔާއެކު އެގޭގަ އުޅެމުން ދަނީ އުމުރުގަ ވެސް ނޫޅޭހާ އުފަލާ އަރާމުގައެވެ. އަލްޔާ ބޭނުންވި ގޮތަށް ވިނާން ވަނީ ޖޫދު ވެސް މާލޭގެ ފެންވަރު ރަނގަޅު ސުކޫލަކަށް ވައްދާ އެކުއްޖާޔަށް ކިޔެވުމަށް ފުރުސަތު ވެސް ހޯދަދީފައެވެ. އެހެން ނަމަވެސް ނަސްމާގެ ހިތުގަ އޮންނަ ބިރުވެރި ކަމެއް އޮވެއެވެ. ޝިހާބު މާލެ އައި އިރަކުން ވާނީ ކިހިނެއް ކަމެއް ނޭގޭތީ އެކަމާއެވެ. އެހެން ނަމަވެސް ވިނާން ވަނީ ނަސްމާ ހީކުރާ ގޮތާ ހިލާފަށް އެ ހުރިހާ ކަމެއް ވެސް ހަމަޔަކަށް އަޅުވާފައެވެ. އެހެން ކަމުން ޝިހާބު ވެސް މިހާރު ބޭނުން ވަނީ ކުރީގެ އުޅުން އިސްލާހުކޮށް ޖޫދުއަށްޓަކައި ނަސްމާއެކު ރަނގަޅަށް ދިރިއުޅެން ނިއްމާފައެވެ. އަދި އަލްޔާ އަކީ ވެސް އޭނަގެ ދަރިއެއްކަަމަށް ދެކިގެން ކުރިއަށް ގެންދިއުމަށެވެ. އެހެން ނަމަވެސް އަދި ނަސްމާ އަކަށް މީގެ އެއްވެސް ކަމެއް ނޭގޭނެއެވެ.

”ދަރިފުޅު ހާދަ ފަލަ ވެއްޖެޔޭ ހަނީމޫނަށް ގޮސްފަ އައިފަހުން! މަންމަޔަށް ހީވަނީ ދުވަސް ކޮޅަކުން އައިރަމްގެ ދޮރުތައް ބަދަލް ކުރަން ހެން ޖެހޭނީ..!” ވަޒުނާ އެހެންޏާވެސް މަންމަ ކައިރިއަށް ޒިއާރަތް ކުރާ ފަދައިން މިއަދު ވެސް ޒިއާރަތުގެ ދަތުރެއްގަ އައިސް ވަނުމުން އަފީފާ ބުނެލިއެވެ. ވަޒުނާ ކައިވެންޏަށް ފަހު ދިރިއުޅުން ބަދަލު ކުރީ އައިރަމްމެން ގެއަށެވެ. ސަބަބަކީ މިހާރު ގޭގަ ގިނަމީހުން ތިބެފަ މަންމަމެން އެކަނި ނުވާނެތީއާ އެކުއެވެ. އަނެއް ކޮޅުން އައިރަމް ވަޒުނާ ގެއަށް ބަދަލު ވެއްޖެ ނަމަ އެގޭ މީހުން ވެސް ކިހާ އެކަނި ވެރި ވާނެތާއެވެ.

“ހެހެ.. ފަލަތޯ މަންމާ؟” ސޯފާގަ އިށީންނަމުން ވަޒުނާ އަހައިލިއެވެ. “ތިއެއް ނޭގެ މަންމަޔަކަށް.. ބަލާބަލަ ދަރިފުޅު އަމިލަޔަށް ވެސް މިހާރު ތިވާވަރު” ހެވިފަ ހުރެ އަފީފާ ބުނެލިއެވެ. ”ތި މަންމަޔަށް ހީވާ ގޮތެއް.. ކޮބައިތަ އަލް؟” ވަޒުނާ އަހައިލިއެވެ. “ވެއްޖެ ކޮޓަރީގަ.. އެފަކީރު ގައިގަ ނުހުރޭ ކޮއްޅަށް ހުރެވޭނެ ވަރު ވެސް.. މިއަދުވެސް އެއްފަހަރު ހޮސްޕިޓަލަށް ގެންގޮސްފަ މިއައީ” އަފީފާ ކިޔާދިނެވެ. “އެހެންތޯ؟! ކީއްވެ އެޅުގަނޑަށް ގުޅާ ނުލީ؟“ ވަޒުނާ އަހައިލިއެވެ. ”އެދެން މިހާރަކަށް އައިސް އެފަކީރުގެ ހާލުތާ؟ މިއަދު ޑޮކުޓަރު ބުނިީ އަންނަ މަހު ވިހާނެޔޯ..!” އިތުރަށް އޮޅުން ފިލުވާދެމުން އަފީފާ ބުނެލިއެވެ.

“ނޫނު ވެލިދޫގޭއްގަ އަލިފާނުގެ ހާދިސާއެއް ހިގާ ބޮޑެތި ގެއްލުންތައް ވެއްޖެ! މިހާދިސާ ހިގި އިރު އެވަގުތުގަ ގޭގަ އުޅެނީ ގޭގެ ވެރިމީހާ ބަދޫރާ އިސްމާއިލް ކިޔާ ބޭފުޅެއް ކަމަށް މައުމާލުމާތު ލިބޭ… ވެލިދޫގަ ތިއްބެވި ޕޮލިހުންގެ ޓީމުން ވިދާޅުވި ގޮތުގަ މިކަމާ ބެހޭ ގޮތުން އިތުރު ތަފުސީލެއް ދެވެން ނެތް ކަމަށާ ފަހުން އިތުރު މައުމާލޫމާތު ހިއްސާ ކުރާނެ ކަމަށް ވިދާޅުވޭ…!” އަލްޔާ ތިރިއަށް ފޭބި އިރު އިވުނު އަވަސް ހަބަރުން ހީވީ މެޔަށް ހޫނުފެން އެއްޗެއް އޮއްސާލި ހެންނެވެ. “ދަރިފުޅާ ކިހިނެތްވީ؟ ކީއްވެ ތިވެއްޓުނީ؟” އަލްޔާ ތިރިިވިތަން ފެނުނީމަ ދުވެފަ ގޮސް އަފީފާ އަހައިލިއެވެ. “މަންމާ! މަންމަޔަށް އިނގޭތަ އެއީ ކާކުގެ ވާހަކަ އެއްކަން އެބުނީ ؟” އަފީފާގެ މަސައްކަތުން އަލްޔާ ތެދުކޮއްގެން ސޯފާގަ ބެހެއްޓީމަ އަލްޔާ އަހައިލިއެވެ. “އުހު.. ނޭގެ! ކިހިނެތްވީ ދަރިފުޅާ؟” ހައިރާންވެފަ އަފީފާ އަހައިލިއެވެ. ހަގީގަތުގަ ވެސް ދުވަސް ވުމުގެ ސަބަބުން އެއީ ކާކުކަމެއް އަފީފާ އަކަށް ނަގައެއް ނުގަނެވުނެވެ. “އެއީ އަޅުގަނޑު ބަލާބޮޑުކުރި މަންމަ ބަދޫރާއޭ! މަންމަ ހަނދާނެއް ނެތްތޯ؟” ހައިރާންވެފަ އަލްޔާ އަހައިލިއެވެ. “އާނ..! އެއީ އެ ބަދޫރާތަ؟! މަންމަޔަށް ނޭގުނީއޭ..!” ކުއްލިއަކަށް އަލްޔާ ބުނުމުން ހައިރާންވެފަ އަފީފާ ބުނެލިއެވެ. “ލައްބަ! އަޅުގަނޑު މިހިތަށް އަރަނީ އަޅުގަނޑުގެ ކޮއްކޮމެން ކޮބައިބާއޭ؟! ކީއްވެބާއޭ އެމީހުން ގޭގަ ނެތީ އެގަޑީގަ..؟!” އަލްޔާ ހިތަށް އެރި އެއްޗެއް އަފީފާ ހިއްސާ ކުރަމުން އަހައިލިއެވެ.

” ތިއެއް ނޭގެ ދަރިފުޅާ.. ޚަބަރުގަ އެބުނީއެއް ނޫން އިތުރު ތަފުސީލެއް ދެވެން ނެތް ވާހަކަ..! އެހެންވީމަ ދެން ޖެހޭނީ އެރަށުގަ އުޅޭ މީހަކަށް ގުޅާގެން ހަބަރެއް ބަލަން..!” އަފީފާ ބުނެލިއެވެ. އެވަގުތު އަލްޔާ ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅާލިއެވެ. “ޝާ އަޑުއެހިންތަ ރަށުގަ ވެގެން އުޅޭ ކަންތައް؟!“ ޝަރާ ފޯނު ނެގުމާއެކު އެލްޔާ އަހައިލިއެވެ. “އާނ.. ދެންމެ އައްޒަ ގުޅި ބުނީ އެގޭ އެއްކޮށް އަނދާ ހުޅި ވެއްޖެޔޯ..! ބަދޫރާގެ ހާލުވެސް ވަރަށް ދެރަޔޯ އައްޒަ ބުނީ ރަށުތެރެއިން ކިޔައޯ އެގޭ މޯގްއޭޖު ކޮއްފަ އޮތީ ވަރަށް ބޮޑު ލޯނެއް ނަގާފަޔޯ.. ލޯނު ނުދެއްކުނީމަ ބޭންކުން ގެ ނަގަން އުޅޭތީވެ އޭނަ އަމިއްލައަށް ކުރި ކަމެކޯއެއީ! އަދި އޭނަ ބުންޏޭ ލޯނު ނެގީވެސް އަޒުހަމް ޖަލުން ސަލާމަތް ކުރަން ވެގެން ލޯޔަރަށް ލާރިދޭން ވެގެންނޯ..!” ޝަރާގެ ރައްޓެއްސެއް ކަމަށްވާ އައްޒަ ގުޅާފަ ދެއްކި ވާހަކަ އަލްޔާއަށް ކިޔާދެމުން ބުނެލިއެވެ. ” އެހެންތަ؟ ލައިޒާ ކޮބައިބާ މިހާރު؟ އަލްބޭނުން އޭނަ ހުރި ތަނެއް ބެލަން..!” ދެރަވެފަ އަލްޔާ އަހައިލިއެވެ. “އަލް އަކަށް ނޭގޭތަ؟ ލައި ވެސް އެގެއިން ބޭރު ކޮއްފައޭ ހުންނަނީ! އޭނަ މިހާރު އުޅެނީވެސް އަތޮޅު އެހެން ރަށެއްގަ! ވަންނާނެ ތަނެއް ނެތީމަ ވާނީ އެހެންތާދޯ؟” ޝަރާ ކިޔާދިނެވެ. “އެހެންތަ؟! އަޑުއެހިތާ މިހިރީ.. މި ހުރިހާ ކަމަކީވެސް އަހަރެންގެ ވެސް ކުށް! އެކުދިންގެ ހާލުވެސް ބެލުނީކީ ނުން ދެން ވާނީ މިހެންނެއު ނޫން..؟” އަމިއްލަ ނުފުސު ކުށްވެރި ކުރަމުން އަލްޔާ ބުނެލިއެވެ. އޭރު އަފީފާ ހުރީ އަލްޔާ ދައްކާ ހުރިހާ ވާހަކައެއް އަޑު އަހައިގެންނެވެ. “ދަރިފުޅާ ތިހެން ނުބުނޭ! އެއްވެސް މީހަކަަށް ދެރަގޮތެއް ނުވާނެ.. އިރާދަ ކުރެއްވިއްޔާ ލައިޒާ ހުންނާނީ ހެޔޮހާލުގަ…” އަލްޔާއަށް ހިތްވަރު ދެމުން ބުރަކަށީގަ ފިރުމާލަމުން އަފީފާ ވާހަކަ ދެއްކިއެވެ. މިވަގުތު އަލްޔާ އިނީ ވަރަށް ހިތުގަ ޖެހި ދެރަވެފަކަން އިނގޭތީ ފޯނު ބޭއްވުމަށް ފަހު ޝަރާ މިސްރާބު ޖެހީ އަލްޔާމެންގެ ގެއަށް ދިއުމަށެވެ.

”ދަރިފުޅު ކޮންތާކުތަ ތިއުޅެނީ؟ ބިޒީ ނޫނިއްޔާ ވަރަށް އަވަހަށް ގެއަށް އައިސްދީބަލަ!” މާ ގަދަޔަށް އަލްޔާ ރޯތީވެ އަފީފާ ވިނާންއަށް ގުޅީފަ ބުނެލިއެވެ. އޭރު ނަސްމާ ވެސް އުޅެނީ އަލްޔާ ހުއްޓޭތޯއެވެ. އެހެން ނަމަވެސް އޭނަގެ ބައްޕަގެ ވަސިއްޔަތް އަދިވެސް އޭނަ ހަނދާން އެބަހުއްޓެވެ. އެހެން ކަމުން އެވެސް އޭނަގެ ކޮއްކޮމެންތާއެވެ. އެހެން ވީމަ އެކުދިންގެ ހާލު ބެލުމަކީ އޭނަ ކުރަން ޖެހޭ ކަމެއް ތާއެވެ. “ކިހިނެތްތޯވީ މަންމާ؟ ކަމެއް ގޯސްވީތޯ؟” ހައިރާންވެ ހުރެ ވިނާން އަހައިލިއެވެ. ހަމަ އެވަގުތު ވެގެން އުޅޭގޮތް އަފީފާ ކިޔާދިނެވެ. “އޯކޭ މަންމާ އަޅުގަނޑު މިދަނީ..” އެހެން ކިޔާފަ ވިނާން ފޯނު ބޭއްވިއެވެ. “މާކް ހިނގާބަލަ ވަރަށް އަވަހަށް އަަހުރުން ގެއަށް ޖައްސާލައިފަ އަންނަން.. އަލް ވަރަށް ސަކަރާތްވެގެން އެބައުޅޭ!” ސޯލްޓް ރެސްޓޯރެންޓްގަ ކޮފީއެއްގަ ހުރެފަ ވިނާން ބުނެލިއެވެ. “ބަނޑުގަ ރިއްސަނީތަ އަނެއްކާ؟” ވީގޮތެއް ވިނާން ނުބުނާތީ ވާނުވާ ނޭގުމުން މާކިން އަހައިލިއެވެ.

“ނޫން ބަނޑުގަ ރިއްސަނީކީނޫން! މަންމަ ބުނީ އަލްގެ ކޮއްކޮ ވީތަނެއް ނޭގިގެންނޯ.. އެގޭ އެއްކޮށް އަނދާ ހުލި ވެއްޖެޔޯ..! ޝަރާއަށް ގުޅީމަ ބުންޏޯ ލައި ވީ އެތާ ކައިރި ރަށެއްގަޔޯ! އެ ބަދޫރާ ވަރަށް ހާލުދެރަޔޯ އެކަމާ އަލް މާ ބޮނޑަށް ރުއެފަ ސަކަރާއްވެގެން..!” މާކިންއަށް އޮޅުން ފިލުވާދެމުން ވިނާން ބުނެލިއެވެ. “އޯ އެހެންތަ؟! ހިނގާ އަވަހަށް ދާން…” މާކިން ބުނެލިއެވެ. “އާނ.. ހިނގާދާން! މިވީ ގޮތުން ޝިހާބުބެ ބަލާ އެއާރޕޯޓަށް ވެސް ނުދެވުނީއޭ“ އެހެން ކިޔާފަ ވިނާން ހިނގައިގަތީ އަވަހަށް ގެއަށް ދިއުމަށްޓަކައި ތިރިއަށް ފައިބަންށެވެ. މާކިން ވެސް އޭނަގެ ފަހަތުން ބާރު ބާރަށް ނިކުތެވެ.

“ކިހިނެތްވީ އަލް؟ ކަމެއް ވާއިރަށް ތިވަރަށް ރުއީމަ ގެއްލުން ވާނީ ބޭބީ އަކަށް ނޫންތަ؟” ވިނާންއާ މާކިންއާ ދެމީހުން ގެއަށް އައިސް ވަން އިރު ވެސް އަލްޔާ އިނީ ރޯންށެވެ. ކައިރީގަ ޖޫދު ވެސް ހުރެގެން ތިއްތާ ހުއްޓާލާށެ ކިޔާ ރޮނީއެވެ. އަލްޔާ ގަޔާލައި ކައިރިކުރަމުން ވިނާން އުޅުނީ އަލްޔާއަށް ވިސްނާ ދެވޭތޯއެވެ. “ވިނާ މަ އެބަ އަންނަން ބޭރަށް ނިކުމެފަ…” ބޭރަށް ނިކުމެ އަންނަނީ ކަމަށް ބުނެ މާކިން ފޯނު ނަގާ ކޮންމެވެސް މީހަކަށް ގުޅަމުން ނިކުތީ ބޭރަށެވެ. “އަލް ތިވަރަށް ރުއީމަ އެއްވެސް ކަމެއް ވޭތަ؟ ނިކަން ހަމަޖެހިގެން ކޮއްކޮއަށްޓަކައި ކަމެއް ކުރެވޭތޯ އުޅެބަލަ! އަލް އަކީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއް ނޫންތަ؟ ވިނާއަށް އިނގޭ އަލް އަކީ ވަރަށް ހިތްވަރު ގަދަ ކެރޭ ކުއްޖެއްކަން… ދެން ވެސް ހީލަބަލަ!” އަލްޔާއަށް ހިތްވަރު ދެމުން ކޮލުގަ ހީފަ މަޑުން ފީތާލަމުން ވިނާން ބުނެލިއެވެ. އެވަގުތު އަލްޔާ ރޮއެ ރޮއެ ހުއްޓަސް ވިނާން އެހެން ހެދުމުން ފާޑަކަށް ހެވޭގޮތް ވިއެވެ.

”ވިނާ ވަރަށް އަވަހަށް ލާންޗެއް ހަމަ ޖެއްސިދާނެތަ؟” މާކިން ބޭރަށް ނިކުއްތާ ވިއްސަކަށް މިނިޓް ފަހުން އައިސް އަހައިލިއެވެ. “ކިހިނެތްވީ؟ ކީއްކުރާ ލާންޗެއްތަ؟” ހައިރާންވެފަ ވިނާން އަހައިލިއެވެ. “ޕިސް..! އިތުރު ސުވާލު ނުކޮށް ވަންޏާ ވާނެޔޭ ބުނެބަލަ..!” ޗިސް ކަނޑަމުން މާކިން އަހައިލިއެވެ. “އާނ.. ވެދާނެ އެކަމަކު އެއީ ކީއްކުރަންތަ؟” ވެދާނެ ކަމަށް ވިނާން ބުނުމުން އިތުރު އެއްޗެއް ވެސް ނުބުނެ އަނެއްކާވެސް މާކިން އޭނަގެ ފޯނު ނަގާ މީހަކަށް ގުޅާލިއެވެ. “އާނ ކޮބައި! ލާންޗް ހަމަ ޖެހިއްޖެ! އޭނަ ކައިރީގަ ބުނޭ ރެޑީ ވާށޭ.. ބުނާތި މިހާރު ލާންޗް ފުރަނީއޭ އިނގޭ..!” ގުޅިމީހެއް ކައިރީގަ އެހެން ބުނުމަށް ފަހު މާކިން ފޯނު ކަނޑާލުމަށް ފަހު ޖީބަށް ލިއެވެ. އަދި ވިނާންއާ ވި ފަރާތަށް އެބުރި ވާހަކަ ދައްކަން ފެށިއެވެ. އޭރު އެތާތިބި އެއްމެން ވެސް ތިބީ ވާނުވާ ނޭނގި މާކިންއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

“ކީއްކުރާ ލާންޗެއްތަ މާކް..؟!” އަނެއްކާވެސް ވިނާން އަހައިލިއެވެ. ލައިޒާ ބަލާދާކަށް ނޫންތަ؟ އެރަށަކު ނެތް މިކޮޅަށް ފުރާ އެއްޗެއް އޭނަ އިނީ ހުޅުދޫގަ! އެހެންވެ އެރަށުގަ އުޅޭ ފުރޭންޑަކަށް ގުޅައިގެން އޭނަ ކައިރީގަ ބުނެގެން ލައި މިގެންނަނީ.. ނަސީބު ރަނގަޅު ކަމުން މަގޭ ފުރެންޑެއްގެ ފުރެންޑެއް ލައި އަކީ! އިރާދަ ކުރެއްވީތީ އެއީ ނަސީބު ގަދަ ކުއްޖެއް..!” ލާންޗު ބޭނުންވި ސަބަބާ ހުރިހާ އެއްޗެއް މާކިން ކިޔާދިނެވެ. އެންމެން ވެސް ތިބީ މާކިންގެ ހެޔޮކަމާ ރަނގަޅު ކަމުން ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ. “ދެންވެސް ހުންނަނީތަ؟ އަވަހަށް ބުނި ލާންޗު ހުޅުދޫއަށް ދެވޭނެ ގޮތެއް ހަދާބަލަ..!” ބަސް ހުއްޓިފަ ވިނާން ހުރުމުން މާކިން ބުނެލިއެވެ. “އާނ.. އޭތެދެކޭދޯ؟ އެކަމަކު މާކް ވަރަށް ކުޅަދާނަ އިނގޭ! މަށަށް ވުރެ ފަހުން ނޫނު އަތޮޅު މީހަކާ އިނީ.. އެކަމަކު މަށަށް ވުރެ ގަދަ ކޮއްލައިފި އިނގޭ..!” އެހެން ކިޔާފަ ރިސޯޓް ލާންޗް ދުއްވަން އުޅޭ ކައްޕިއަށް ވިނާން ގުޅައިގެން ވަގުތުން ދަތުރު ހަމަ ޖެއްސިއެވެ. “ހެެހެ.. ދެން ތިހެން ކިޔާނެ ކަމެއް ނެތް މަމާ ހެޕީވޭ އަހަރުންގެ ބާބީ ހެޕީވީމަ…” އަލްޔާއާ ދިމާލަށް އެއްލޯ މަރަމުން މާކިން ބުނެލިއެވެ.

……ނުނިމޭ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhippi

Level 4100 Comments10 Stories

My name is Athifa Adam (Dhippi). I like to read and write stories. I am from K.Mal'e. I'm a woman. I'm 35 years old.

Other Articles

Previous

ހަމްސަފަރް 4

Next

ވާ އިޝްޤް (01)

Next
December 26, 2017

ވާ އިޝްޤް (01)

Previews
December 26, 2017

ހަމްސަފަރް 4

18 Comments!

  1. Adam says:
    December 26, 2017 at 12:45 am

    Mi dhuvaskolhu next year ai ready vaathy buxy kamun nuliyevuny… Hope u all understand… Maybe next episode is the finale or maybe not…. Liyevey gothakun ingeyny… Anyways hope u all enjoy plz like and and comment…. ❤

  2. Shaa says:
    December 26, 2017 at 12:52 am

    Woahh i am first dhw . Vaahaka varahh varah reethi. Waiting for next part.

    1. Adam says:
      December 26, 2017 at 12:55 am

      Hehe ya first thanks shaa

  3. Me says:
    December 26, 2017 at 7:46 am

    Haadha lahakunney dhw

  4. Rau says:
    December 27, 2017 at 11:17 am

    Noonu atolga onnanany hulhudhoo eh noon Holhudhoo

  5. rish says:
    December 29, 2017 at 9:59 pm

    Dhn nu liye venyaa nuliyey. Dhn nu kiyaanan mi vaahaka eh, v foohi vehje

  6. Xoo xoo says:
    January 1, 2018 at 4:55 pm

    Dhn alhe avas khbala. Mihaaru kiyaa hithun keii kureveny eii noon….dhn alhe avahah up khdheeba please

  7. Mixuhan says:
    January 5, 2018 at 5:54 am

    Alhe avahah up khdh dheeba
    Kiyaa hithun mihaaru keii kureveny eiii nooooon

  8. Mixuhan says:
    January 5, 2018 at 10:00 am

    Alhe avahah up khba
    Haaadha kiyaahiyy veyey
    Story is interesting

  9. Sana says:
    January 10, 2018 at 1:26 am

    Kobaatha story Adam

  10. shuaib says:
    January 13, 2018 at 7:19 pm

    kobaa next part

  11. ސ says:
    February 4, 2018 at 10:20 am

    ކޮބާ ވާހަކަ ހުއްޓާލީތަ؟

  12. ?unlucky ? says:
    February 20, 2018 at 6:05 am

    dhn inthizaar kuraane kameh neih mi nimuny mi vaahaka hama huvaa v foohivey

  13. Alee Bey says:
    May 6, 2018 at 1:23 pm

    baeh beyfulhun vakihisaabakun kaahaka huttaalaa thanfeney kiyun therin thibenee Inthizaaruga vaagotheh nenge comment eh kuritas No Answer

  14. Rau says:
    June 21, 2018 at 1:17 am

    Kobaatha alhe myge next part haadha dhuvahekey dhw mivany

  15. sabaa says:
    June 28, 2018 at 10:39 pm

    Kobaatha mi story ge next part…….
    New year feshigen mihaaru dhebai vee mi …….
    Adhives busy?????
    Vee gotheh bunelinama Dho ingeyneeves ………

  16. liyaa says:
    October 13, 2018 at 2:28 pm

    vaahaka den ninmaafa hutaala bala plz maagina part ves huriiue nun dhw adam plz

  17. Naalaa says:
    October 26, 2018 at 2:56 pm

    Mivaahaka v avahah up vaane hen heevanee

Comments are closed.

Next Episodeޢެދެމޭ އުފާ…..(49 ފަހުބައި)←


All Right Reserved!