އިރުކޮޅެއް ވަންދެން ހުރިތާ ހުރުމަށްފަހު އޭނަ ލޫސީއާއި ދިމާލަށް ދާން އުޅުނު ވަގުތު އޭނަ އޭރު ހަމަވެފައިވި ހޮޓެލްގެ ދޮރު ހުޅުވުނު އަޑު އޭނައަށް އިވުނެވެ. އެފަރާތަށް ބަލާލި ތަނާހެން އޭނަ ހުއްޓުން އެރިއެވެ. ހޮޓެލުން ނިކުމެގެން އަންނަމުން ދިޔައީ އަފާފް ނޫން ދެވަނަ މީހެއްނޫނެވެ. ފުރަތަމަ ސިކުންތުގައި ޝަރަފަށް އޭނަގެ ލޮލަށް ވެސް އިތުބާރެއް ނުކުރެވުނެވެ. އަފާފް މިތާނގަ ހުންނާނީ ކިހިނަކުންތޯ ހިތަށްއެރިއެވެ. އެހެނަސް ފަޅި ސިކުންތެއްގެ ތެރޭގައި އޭގެ ދެ އަހަރު ކުރިން ވެސް […]
“ޔަޝްމް ދޫނީ އަވަހަށް އާދޭ ނަމާދުކުރަން… ދޫނީ” ވުޟޫ ކޮއްގެން ނުކުތް މައިލީން ޔަޝްމް އަށް ބުނެލިއެވެ. އެއާއެކު ކުޑަ ކުޑަ ޔަޝްމް ކުޑަ ބުރުގާކޮޅަކާއެކު އައެވެ. މައިލީން އެ އަޅުވާލަ ދިނުމުން ހެވިފައި އަތް ތިލަ ބަޑި ޖަހަން ފެށިއެވެ. މައިލީން ކުޑަ ކުޑަ ޔަޝްމް އަށް ބަލައިލިއެވެ. ޔަޝްމް ގެ ލޯ އޭނާއަށް ކަމެއް ހަނދާން ކޮއްދޭން އުޅޭފަދައެވެ. ހިޔާލުތަކަކަށް ގެއްލިފައި ހުރި މައިލީން ނަމާދުކުރަން އަވަސްވެގަތެވެ. އޭނާގެ ފަހަތުން ޔަޝްމް ވެސް އެ […]
ނާސިޔާ އާލިޔާއަށް ތޫނު ނަޒަރެއް ދީފައި ނިޝީ ގޮވައިގެން ދިޔައެވެ. އާލިޔާ ބިރުގަތީ ދެނެވެ. ނާސިޔާއަކީ ކޮނަކަހަލަ މީހެއްކަން އަދިކިރިޔާ މިއެނގުނީއެވެ. އެއް އަހަރު ފަހެވެ. މެންދުރު ކައިގެން ތަށިތައް ދޮވެލުމަށް ފަހު ކޮޓަރީގެ ބެލްކަނީގައި އާލިޔާ ހުރީ ޒީހާންގެ އިންތިޒާރުގައެވެ. ޒީހާން އައިސް ކޮޓަރިއަށް ވަނީ އާލިޔާ އެތާ ހުއްޓައެވެ. ޒީހާން އާލިޔާއަށް ގޮވާލުމާއެކު އާލިޔާ އެނބުރި ބަލައިލިއެވެ. ޒީހާން އާ ދިމާއަށް ހިނގައިގަތް އާލިޔާ ކުއްލިއަކަށް އޯކާ ދެމިގެންފައި ދުއްވައިގަތީ ފާޚާނާއަށެވެ. އާލިޔާއަށް ހޮޑުލެވުނީ […]
ހޮސްޕިޓަލަށް ލޫޔާގެންދިއުމާއެކު އެޑްމިޓްކުރެވުނެވެ. އަދި ޓެސްޓްތަކެއް ހެއްދުނެވެ. އޭރުވެސް ހުން 104ގައިހުރުމުން ޑޮކްޓަރު ފަރުވާދެމުން ދިޔައީ އަވަހަށް ހުންތިރި ކުރެވޭތޯއެވެ. އެހާވަރަށް ހުން ހުރުމުން ފިޓްޖެހުމަށް މަގުފައިވާނެތީ އެކަމުން ސަލާމަަތްކުރުމަށް އެމީހުން އަވަދިނެތި އުޅެމުންދިޔައިރު ފަރޫންއާއި އަރުޝަދުމެންވެސް ތިބީ ލޫޔާއަށް އަވަސް ޝިފާއަކަށްއެދި އެދިއެވެ. އެދުވަހުގެ ކޮލެޖްކެންޕަހުގައި ހިންގަން ހަމަޖެހިފައިވާ ކަންކަންވެސް އަލީގެ އެދުމުގެ މަތީން ފަސްކޮށްލުމަށްފަހު އެންމެންވެސް އިރުއޮއްސެންދެން އެތާންގައިތިބީ ލޫޔާގެ ހުން ތިރިވެލީމާ ދާށެވެ. ނާދިޔާއާއި ޝަކީބްވެސް އަމިއްލަ ދަރިއަކަށް ހޭހަން ކޮށްދޭ ފަދައަކުން […]
ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާމިނަލް އަށް ވަންނަންދިޔައިރު އޭނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން އޭނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ. އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް […]
“ބައި ދަ ވޭ……އަހަރެން އަޑުއެހިން ހަނާ ޝަރަފްގެ ކައިރިއަށް އައުމުގެ ކުރިން ދެއްކި ވާހަކަތައް. ހީވަނީ އަފާފާއި ޒާތީ ގޮތުން ޖައްސާލައިގެން އުޅޭ އަންހެނެއްހެން. ނޭނގޭ ކިހިނެއްކަމެއް ވެސް އޭނައަށް އަފާފް އެނގެނީ. އެކަމަކު އޭނައާއި އެކީގަ ވާހަކަ ދެއްކި ފިރިހެނުންވެސް ހަމަ އަފާފާއި ވަރަށް ދެކޮޅު. އެމީހުން އެ ދައްކަނީ އެހެން އަފާފަކާމެދުގައޭ ބުނެވޭކަށް ވެސް ނެތް. އަފާފް ހުސެއިނޭ ހަމަ ކިޔަމުން ދިޔައީ.” ޝިނާޒް ސީރިއަސްކަމާއެކީ ބުނެލި ވާހަކައިން ޝަރަފަށް އިސްއުފުލައި ބަލާލެވުނެވެ. ޝިނާޒް […]
ހުޅުލޭ އެއާރޕޯޓަށް ދެންމެ ޖެއްސި އެމައިރޭޓްސް ގެ ބޯޓުންފެއިބި ޒުވާނާގެ ތުންފަތް މަތީގައިވަނީ ހިނިތުންވުމެކެވެ. މީހުންތަކުގެ ތެރެއިން ފުރޭނިގަނެގެން ޓާރިނަލް އަށް ވަންނަންދިޔައިރު ޒުވާނާ ލާފައި ހުރީ ސްވެޓަރ ވައްތަރެއްގެ އެއްޗެކެވެ. ތިރިން ޖީންސެއް ލާފާއިވާއިރު އަރާފައިވަނީ ސްނިކާ ބޫޓަކަށެވެ. ކަންފަތަށް ހެޑްސެޓެއް ޖަހާފައިވެއެވެ. ދުވަހަކީ ފިނިދުވަހެކެވެ. ހެދުނުއްސުރެ ވާރޭ ވެހިފައި ހުއްޓާލީ ދެންމެއެވެ. އެހެންކަމުން ޒުވާނާ ލާފައިހުރި އެއްޗެހިވެސް މި ފަދަ މޫސުމާ ނުހަނު ގުޅެއެވެ. އިމިގްރޭޝަން ކައުންޓަރ ދޮށުގައި މީހުންތައް ކިއޫގައި ތިއްބެވެ. ޒުވާނާވެސް […]
އިޝާނަމާދުން ފައިބައިގެން ޝަކީބްއާއި އެކިގައި ގެއަށް އައި ފަރޫންގެ ދެލޯ ހޯދަމުންދިޔައީ އަލްޔާގެ އެރީތިސޫރައެެެވެ. ފަރޫންއަށް އަލްޔާ ފެނުމުން އެވަނީ ކިހިނެއްކަމެއްވެސް ނޭންގެއެވެ. އިނގޭހާވެސްކަމަކީ ލޭގެ ހިނގުން އަވަސްވެފައި ހިތުގެތެޅުން ބާރުވެގެން ދާކަމެވެ. އަތްފަޔަށް ފިނިވެގެންދާކަމެވެ. “ޝަކީބް އާދޭ ފަރޫންގޮވައިގެން ކާން.. މިހާރު އަލްޔާވެސް ނަމާދުކޮށްލައިގެން ނިކުންނާނެ.. ” ސޯފާގައި އިން ޝަކީބްއަށް ނާދިޔާ ގޮވާލިއެވެ. އެވަގުތު އަލްޔާވެސް ކޮޓަރިން ނިކުމެގެން ކާގެއާ ދިމާއަށް ދިޔައެވެ. ފެށުނީއްސުރެ އާއިލާއެއްކޮށް އެއްސުފުރާމަތީން ކެއުމަކީ ޝަކީބްގެ އާއިލާގެ އެންމެ ކަމުދާ […]