
ނޭނގި ހިތޭ ތި އަތުލީ 26
“މަލާކް ދާނީ އަހަންނަން ޗުއްޓީ ލިބޭ ފަހަރަކުން ދޯ” އަމީނާގެ ކުރިމަތީގައި މައުވަން އެހެން ބުނުމުން މަލާކަށް އިތުރު އެއްޗެއް ނުބުނެއެވެ. އޭނަ ހިތާހިތުން ނިންމައިލީ އެރަށް ދާނެކަމުގައެވެ.
ހަމަ އެވަގުތެވެ. މަލާކްގެ ފޯން ރިންގު ވަމުން ދިޔައެވެ. ނަގާހިޔާލެއް މަލާކް ނުކުރެއެވެ. ވާހަކަ ދައްކާނެ ހިތްވަރު ނެތީއެވެ. ކޮންމެ ފަހަރަކުވެސް ލަނީ ސައިލެންޓަށެވެ. ޔަޒާން ވެސް ހުއްޓާލާކަން ނޫޅުނެވެ. ޔަޒާން ނުހުއްޓާނެކަން އެގުމުން މަލާކް ތެދުވެގެން ދިޔައީ ކޮޓަރިއަށެވެ. ދައްކަން އެ އުޅެނީ ކޮންވާހަކަ އެއްކަން އޭނައަށް އެނގޭތީއެވެ. “އޭނަ ހިތުހުރިހާ ގޮތަކަށް އުޅޭއިރު މަލާކް ތި ހުންނަނީ އިންނާނެ އެހެންމީހަކު ނުލިބޭނެތީތަ؟” ފޯން ނެގުމާއެކު ހެލޯ ވެސް ބުނުމަކާނުލާ ޔަޒާންކޮށްލީ ސުވާލެކެވެ. އެ އަޑުގައި ވި ނުރުހުން ދެނެގަންނާކަން އުނދަގުލެއްނޫނެވެ.
“ފިރިހެނުންނަން ހަތަރެއް ހުއްދަ” މަލާކް ޖަވާބު ދިނެވެ.
“ހިތުން ރުހުމުންތަ ތިހެންތިބުނީ”
“އާނ…”
“އެއްމެންނަން އޮޅުވާ ލެވުނަސް އަހަންނަކަށް އޮޅުވައެއްނުލެވޭނެ… އެނގޭ ތިހުރީ ދެރަވެފަކަން…އަހަރެން މައުވަން އާ ވާހަކަ ދައްކައިގެން ހައްލެއް ލިބޭތޯ ބަލަންތަ…” މި ފަހަރު ޔަޒާންގެ އަޑުގައި ވަނީ ހަމްދަރުދީއެވެ. މަލާކް ކުރީ އިންކާރެވެ.
އެރޭ މައުވަންގެ ކައިވެނި ކުރެވިގެން ދިޔައީ އޭނަގެ ގޭގައެވެ. ކުލަގަދަ ހަފްލާއެއް ނުބާއްވައެވެ. ރަފާ އުރީ އުފަލުން ފޮޅިފައެވެ. މައުވަންވެސް ޕްލާސްޓިކް ހިނިތުންވުމެއް ވެރިކޮށްގެން ހުއްޓެވެ. ހަފްލާގައި ޔަޒާން އަދި އަކްޔަންވެސް ބައިވެރިއެއް ނުވެއެވެ.
މައުވަންއާ ރަފާ ދެމީހުންނަން ޚާއްސަ ކުރެވިފައިވާ ކޮޓަރިއަށްވަނީ ގާތްގަނޑަކަށް އެރޭ ބާރަ ޖަހާއިރެވެ. ވަރުބަލިވެފައި ހުރިލެ ބޮޑުކަމުން މައުވަން އުޅުނީ އެއްޗެހި ބަދަލު ކުރިގޮތަށް ނިދާށެވެ. އެކަމަށް ހުރަސް އެޅީ ރަފާއެވެ. “ކަލޭ ހީކުރީ އަހަރެން ކަލެއާ ކައިވެނި ކުރީ އަނބެއްގެ ގޮތުގަ ގެންގުޅެން ކަމަށްތަ؟…. ނޫނީ ކަލޭ ދިން އިންޒާރުތަކުން ބިރުންކަމަށްތަ؟…އަހަރެން ކަލެއާ އިން ހަމައެކަނި ސަބަބަކީ ކަލޭގެ ކިބައިން އަހަރެންގެ ކޮއްކަ ސަލާމަތްކޮށް އޭނައަށް އޭނަގެ ލޯބި ހޯދަދިނުން… އެހެންވީމަ އަހަންނަން މިހާރު އެކަންތަން މިވީ…ދެން އަހަރެންނަން ކަލޭތީ އެއްވެސް މީހެއްނޫން…އަދި އަހަރެންގެ ފަރާތުން އެއްވެސް އުފަލެއްވެސް ނުލިބޭނެ…ބަދަލުގަ ކަލޭ ކުރިމަތި ލާންޖެހޭނީ އަހަރެންގެ އަނިޔާތަކާ” ކޯކަށިގަނޑަށް ވާންކޮއްފައި މައުވަން ވާހަކަ ދެއްކިއެވެ. ރަފާ ކޮންމެސް ވަރަކަށް ދެރަވިއެއް ކަމަކު ގޮތްދޫކުރާކަށް ނޫޅުނެވެ. އެކަމަކު މައުވަންއަށް ރައްދު ދޭންނުކެރުނީ މައުވަންގެ ރުޅި ކޮންޓްރޯލުން ނައްޓަފާނެތީއެވެ. އެކަމަކު އޭނަގެ ހިތާހިތުން ރޭވުންތައް ރާވަމުން ގެންދިޔައެވެ.
މައުވަންއަށް މަލާކްމެންއަށް ދެވުނީ އަނެއްދުވަހު މެންދުރު ފަހެވެ. އޭރު މަލާކް އުޅެނީ ރަށަށް ދައުމަށް އެއްޗެހި ފަތްޖެހުމުގައެވެ. “ތީ ކޮންކަމެއް؟” މައުވަން އެހިއެވެ.
“ބުނީމެންނު ރަށަށް ދާން ބޭނުންވާހަކަ…މާދަން ހެނދުނު ފްލައިޓްއިން ޓިކެޓް ނަގައިފިން” ކުރަން ހުރި މަސައްކަތް ކުރިއަށް ގެންދަމުން މަލާކް ބުނެލިއެވެ.
“ކުރިންވެސް ބުނީމެންނު އަހަންނަން ޗުއްޓީ ލިބުނީމައޭ ދާނީ…”
“އެކަމު އަހަރެން ދާން ބޭންނުންވާތީ އޭ މި ރެޑީވަނީ”
“މަލާކަށް ރަށަކަށް ނުދެވޭނެ…ވަރަށް ސާފް ބަހުން މިބުނީ…ފްލައިޓަށް އަރާއިނަސް އަތުގަ ހިފާ ދަމާފަވިއަސް ގެންނާނަން” މައުވަންގެ ނިންމުން އިއްވާލުމާއެކު މަލާކަށް ހުރެވުނީ ހައިރާން ކަމާއެކު ބަލާށެވެ. އަދި އިތުރު ސުވާލެއް ކުރުމަކާނުލާ އޭނަ ކުރަން ހުރި ކަންތަން ނިންމާލައި ފޮށީގެ ޒިބްއަޅުވާލިއެވެ.
އެރޭ މަލާކްއާއި އަމީނާ ގޮވައިގެން މައުވަން ކުޑަކޮއް ވިޔަފާރި ކޮއްލަން ދިޔައެވެ. އަމީނާގެ އެކުވެރީން ހަދިޔާ ގަތުމަށެވެ. މައުވަން ހިތުން މަލާކް އޭނަގެ ދަތުރު ކެންސަލް ކޮށްފިއެވެ. ބޭނުންވާ ސާމާނު ގަނެގެން އެމީހުން ދިޔައީ ގެއަށެވެ. މައުވަން ވެސް އެރޭ މަލާކްގެ ގާތިގައި މަޑުކުރަން ނިންމިއެވެ.
މަލާކް ކޮޓަރިއަށް ވަތްއިރު މައުވަން އޮތީ އެނދުގައެވެ. މަލާކް ވެސް އައިސް އެއްޗެހި ބަދަލު ކޮށްލައިގެން ނިކުތެވެ. އަދި އެއްމެފަހުން ދަބަހަށް ލާން ޖެހޭ އެއްޗެހި ލާ ނިންމާލިއެވެ. މަންޒަރު ބަލަން މައުވަން އޮތެވެ. “މަލާކަށް އަހަރެން ބުނާ ބަސް ޤަބޫލް ނުކުރެވިގެން ތިއުޅެނީ ކީއްވެގެން؟” މައުވަން އެހިއެވެ. މަލާކް ވަކިއެއްޗެއް ނުބުނެއެވެ. މައުވަން އޮތްތަނުން ތެދުވިއެވެ. އަދި މަލާކް ގާތަށް ގޮސް ހުއްޓިފައި ބުނެލީ މި ދަތުރު ނުދިއުމަށާ އޭނައަށް އެއްމެއަވަހަށް ލިބޭ ޗުއްޓީއެއްގައި މަލާކް ގޮވައިގެން ރަށަށް ދާނެކަމުގައި ބުނެލީ ވިސްނާދިނުމުގެ ރާގެއްފައެވެ. “އަހަންނަން އިނގޭ ރަށަން ދާން ތި އުޅެނީ ކީޢްވެކަން…” މައުވަން ބުނެލިއެވެ. ދެންވެސް މަލާކް ގަސްތުކުރީ ހިމޭންކަމއެވެ.
ހެނދުނު ތެދުވިގޮތަށް މަލާކް ތައްޔާރު ވަމުންދިޔައީ ރަށަށް ދާށެވެ. މައުވަންހުރީ އޭނަގެ ގޮތުގައެވެ. އެދެމީހުންގެ ކޯޅުން ނޭނގޭހާލު އަމީނާހުރީ އުފަލުންނެވެ. ދުވަސް ތަކަކަށްފަހު ރަށަށް ދެވޭތީއެވެ. މަލާކް ރެޑީވެގެން ކޮޓަރިން ފޮށި ހިފައިގެން ނުކުންނަން ހިނގައިގަތް ވަގުތު މައުވަން މަލާކަށް ގޮވާލިއެވެ. އަދި އޭނަ އަތުގައިވާ މަލާކްގެ އައިޑީ ކާޑާ ނުކުންނަން ހިނގައިގަތް ވަގުތު މައުވަން މަލާކަށް ގޮވާލިއެވެ. އަދި އި ޓިކެޓް ދައްކާލިއެވެ. އޭރު މައުވަންހުރީ ހެވިލާފައެވެ. މަލާކް ރުޅިއައިސްގެން ދިޔައީ އެތަކެތި އަތުލާށެވެ. އެކަމަކު މައުވަން މާހުށިޔާރެވެ. ” އަހަރެން ވަރަށް ރީތިކޮށް ބުނީމެއްނު މިފަހަރަކު ނޫނޭ ރަށަށްދާނީ” މައުވަން ބުނެލިއެވެ. “އަހަރެން ވަރަށް ބޭނުން މިފަހަރު ދާން” މިފަހަރު މަލާކްގެ އަޑުގައިވަނީ މާޔޫސްކަމައެވެ. “އެކަމަކު މީ އެއްމެ ރަނގަޅު ވަގުތެއްނޫން” މައުވަން ބުނެލިއެވެ. “އައި ޑޫ ކެއާ އެބައުޓް ޔޫ” އެހެން ބުނެލާފައި ޓިކެޓް ވީދާލާފައި އައިޑީކާޑް އަމިއްލަ ވޮލެޓަށް ލަމުން ކޮޓަރިން ނިކުތީ އަމީނާ ފުރުވާން ދާންވާނެކަމަށް ބުނަމުންނެވެ.
އަކްޔަން އިނީ އަލާ ގޮވައިގެން ރެސްޓޯރެންޓެއްގައެވެ. ތަނުގައި މީހުން ފުދޭވަރަކަށް މަދެވެ. އަކްޔަން އިނީ އަޅި ކުލައިގެ އަތްދިގު ގަމީހަކާއި ކަޅުފަޓްލޫނުގައެވެ. ގަމީހުގެ ކުލައަށްވުރެ ޓައީގެ ކުލަ ތަންކޮޅެއްގަދައެވެ. އަތުކުރީގެ ގޮއްވަނީ އަޅުވާފައެވެ. އަވިއައިނު އިނީ ބޯމަތީގައެވެ. ތަނުގައި ތިބި މަދު އަންހެންކުދިންގެ ސަމާލުކަން އޭނައަށް ހުއްޓެމުން ދާކަށް އެނގުނެއްކަމަކު ފަރުވާލެއް އެކަމަކަށް ނުދެއެވެ. އަލާވެސް އިނީ ހެޔޮވަރު ވަރެއްގެ ފީޗް ޓޮޕް ކޮޅަކާއި ޖިންސެއްގައެވެ. ބޮލުގެ އިސްތަށި ގަނޑު ވަނީ ސިމްޕަލްކޮށް ފުނާއަޅައި ދައްޗެއް ޖަހާލާފައެވެ. ދެމީހުންވެސް ހެދުން އަޅާފައިވާގޮތުން އެއައީ އޮފީހުގައި އުޅެފައިކަން އެނގެއެވެ.
އަކްޔަން ދައްކަމުން ދިޔައީ މައުވަން މަލާކް އާ ދޭތެރޭ ކަންތައް ކުރާގޮތުގެ ވާހަކައެވެ. އޭނަ އަކްޔަންއަށް ވިސްނަދޭން ވަރަށް މަސައްކަތް ކުރެވެއްޖެކަމަށް ބުނެލިއެވެ. އަލާވެސް އިޝާރާތުން އަކްޔަންގެ ވާހަކައިގައި ބައިވެރިވެއެވެ. އަކްޔަންއަށް ނޭނގެނީ އޭނަގެ ދޮންބެ އޭނަގެ ލޯބި ހޯދަން އެހީތެރިވީކަމެވެ.
އަމީނާ ފުރުވާފައި ދެމީހުން ގެއަށް އައިއިރު މެންދުރު ވެއްޖެއެވެ. އޭރު އަކްޔަންގެ ފޯނަން ތަކުރާރުކޮށް ރަފާ ގުޅަމުން ދާކަން މަލާކަށްވެސް އެނގެއެވެ. ފޯން ނަގަން ނޫޅުނުތާ ދާޚިޔާލެއްވެސް މައުވަން ނުކުރެއެވެ. ބަދަލުގައި އޭނަ އުޅުނީ އޯޑަރު ކޮއްގެން ކޮންމެސް ކާއެއްޗެއް ގެނެވޭތޯއެވެ.
“ކޮންޗެއް މަލާކް ކާނީ؟” މައުވަން އެހިއެވެ.
“ތީތަ މިވަގުތަށް މައުވަންއަށް މުހިއްމުވި ކަމަކީ… އަހަންނަން ހީވަނީ ތި ފޯން މެދު ނުކެނޑި ރިންގުވަމުން އެދަނީ ކޮންމެސް ކަމެއް ވީމަހެން…އަނެއްކާ އޭނަ މަތިންވެސް ފީހުވީތައެހާ އަވަހަށް….”
ހަމަޖެހިލާފައި މައުވަން އެކަމަށް އެއްބަސްވެލިއެވެ. އަދި ރަފާ ކާރިއަށް ދާނީ މާދަން ހެނދުނު ކަމަށް ބުނެ ފޯންވެސް ނިންވާލިއެވެ.
“އަހަންނަން ހީވަނީ މީހުންނާ އިންނައިރު އެނގެން ވާނެހެން ވަގުތު ދޭންޖެހޭނެކަމާ ގުޅީމަ ފޯން ނަގަންޖެހޭނެކަން” މައުވަން ކަންތައް ކުރިގޮތެއް މަލާކަށް ކަމަކު ނުދިޔައެވެ. “އޭނައަށްވެސް އިނގެއްޖެހޭނެ އިނދެވުނީ މީހެއްގެ ފިރިއަކާކަން” މައުވަން ރައްދު ދިނީ ޕިއްޒާއަކަށް އޯޑަރު ދީ ނިންމާފައެވެ.
މަޒްހަރުގެ ގޭގައި އެކަކު އަނެކަކާ މެދު ނަފްރަތު އޮންނަކަން މަޑުމަޑުން މަޒްހަރަށް ފަހުމް ވަމުންދެއެވެ. ރަފާ އާއި ލުބާ އެކަކު އަނެކަކާ ވާހަކައެއް ނުދައްކައެވެ. ނަސްރީނާވެސް އެއްޗެއް ބުނެލަނީ މަދު ފަހަރަކުއެވެ. އެކަމަކު ނަސީމާ ރަފާއަށް ރަނގަޅެވެ. ޔަޒާން ރަފާހުންނަ ތަނަކަން ވަދެވެސް ނުލައެވެ. އަކްޔަން ކޮންމެސް ވަރަކަށް ވާހަކަ ދައްކައެވެ. ހަމައެކަނި މައުވަންގެ ހާޟިރުގައެވެ. އަނެއްކޮޅުން މައުވަން އާއި ޔަޒާންގެ ގުޅުން ރަނގަޅެއް ނޫނެވެ. އެކަމަކު އިތުރު މީހަކަށް އެކަން ފާހަގަ ވާވަރަށް ވުރެ އެދެމީހުން ހުށިޔާރެވެ.
ޒާނާ އޭނަގެ ދޮންބެގެ ދިރިއުޅުމާ ދޭތެރޭ ކަންބޮޑު ވިއެއް ކަމަކު އަމިއްލަ ދިރިއުޅުމާމެދު ފަރުވާ ކުޑައެއްނުކުރެއެވެ. އޭނަވެސް ކުއްޖަކާ ރައްޓެހިވެގެން އުޅޭތާ ތިންމަސް ވެއްޖެއެވެ. އެއްވެސް މީހަކާ އެވާހަކަ ހިއްސާކުރަން އަދި އޭނަ ބޭނުން ނެތީއެވެ. ހިއްސާކުރަން ތިބި މީހުން އުޅެނީ އެމީހުންގެ އަމިއްލަ ދިރިއުޅުން ހަމަޔަކަށް ނޭޅިގެން ވިއްޔާއެވެ.
މައުވަން ރަފާ ކާރިއަށް ދިޔައީ ޖެހިގެން އައިދުވަހު ބްރޭކް ގަޑީގައެވެ. ފުރަތަމަވެސް ދިމާވީ ނަސީމާއާއެވެ.މައުވަން ފެންނައިރަށް ނަސީމާ ކިޔަންފެށީ އެއްޗިއްސެވެ. އަދި ރަފާއާ ދޭތެރޭ ފަރުވާ ކުޑަ ނުކުރުމަށް ނަސޭހަތްތެރި ވިއެވެ. ދެމީހުން ގޮވައިގެން ނޫޅެވޭނެ ކަމަށް ވާނަމަ މަލާކް ވަރިކުރުން އެއީ މައްސަލައެއް ނޫންކަމުގައި ބުނެލިއެވެ. މައުވަން ވަކި ޖަވާބެއް ނުދެއެވެ.
34 Comments!
Comments are closed.
Finally upkoh levihjje dhw haadha kurukoshey mihaa dhuvas kohlaafaves but v nicr ☺
Thanks. Ehaa dhuvas kohfa eh nooonehnu up mi kureee
Yaay… me first dhw
Nope. Thanks
alhey haadha kurey mi part.. ekamu ves varah reethi
Thanks
Dhamakun badi eh jahaairuves ehaaa kuru …. bored
Sorry. Dhen foohi nuve bala plx.
Readers foohivaaan fashaifi hen haadha heevey. Few comments?????
Varah kuru ehaa gina dhuvahah fahu up kuraa iruves . But story varah reethi
Thanx.
Thihaa kurukoh genesdheythee varah foohi mihaaru ehgotha kahves kiyaa hitheh nuvey
SORRY. Kikuraaani liyevey varu hama. I will try thankolheh avas kohlevey thw
Hadheeja
??story haadha kurey
❤❤Story v nice v v v v kiyaa hithun indhaa eh nimunee next part avahah up kohdhechey
Thanks. Balaanan avas kohleveythw
varah reethi mi part ves dhen konirakun up vaanee
Ehen neyge bunaakah. Liyevunu haa avahakah
Haadha kurey
Hii Star… Mi part vx varah reethi.. Waiting for next part.. Avahah up kohladhehchey ☺️☺️
stry v nice ekm kurukan faahagaa kurevey … plx up next part soon
Star. Varah reethi story eh mi. Waiting…
Nashko Nash
mihaa dhuvas kohfa up kuraairuves haadha kurukonney thi liyanee varah foohivey mihaaru mi vaahaka kiyan
Star. Haadha kuurey ehaalahun up kuri iruves.. Boring mihaaru las vaathy reethi vaahaka akas… Dhen thankolheh Dhigukoh avahah kohdhybaa pulyxxx….
Foohi varah lahun up kuraathi
When next part
Reethi mi vhk ekm maa maa kury
Hope dhn liyaa part eh dhiguvaane kamah
?
Kon irakuntha dhn upvaanee
Nice
Why too late
Star thyvaa varu gadha stareh
Garunakun fehna stareh
??
Aadheys koh koh ehme fahun stry dheke foohi v ma thi vkh up kurany
Dhn anehkaa jeheny vhk alun kiyan
Dhn v foohivey
Rangalhu vaahakeh thee. Kureege bai handhaan nethey fahun anehbai ??eves kiyaa kiyaa angaaga gui raha laafahun ??
Aslu ehaalahungenes dhineema vaahakaage hunna shauq gelley hithaharaa miliyaa kidhin gina comentkuraathee gina meehun mivaahakayah aadheys kuruvanbaa ey heekurevenee
Meehunge nanthah olhuvaalaafa, bunan ulhey ehcheh dhekolhu nujehefa… ?. Anekka ehen meehehtha mihaaru mivaahaka liyany star ge namuga.