އިންތިހާ ދެވަނަ ބައި
މާގިނަ އިރު ތަކެއް ނުވެ ފެރީ އައިސް މާލޭ ތޮށިގަނޑާ ގުޅިފައިވާ ފާލަމަށް ކައިރިކޮށްލިއެވެ. ދެ މީހަކު ފޭބުމާއެކު ޝާޔާ އަދި ތިޔާވެސް އެ ޒުވާނާ ފަހަތުން ހިނގައިގަތީ ބެކްޕެކް އަދި ފޮށިތައް ހިފައިގެން ފެރިން ފޭބުމަށެވެ. ފެރިން ފޭބުމަށްފަހު ނަޒަރު ހިންގާލެވުނީ މާލޭ މަގުތަކަށެވެ. މާލޭގެ މަލަމައްޗާ މީހުންގެ ދިރިއުޅުން ހާދަބަދަލްވެއްޖެއޭ ޝާޔާގެ ހިތަށްއަރަމުންދިޔައެވެ. ޝާޔާހުރީ އާއިލާ މީހުންނާ ބައްދަލުވުމަށް ކެތްމަދުވެފައެވެ. ފަސްއަހަރުގެ ދިގު ކިޔެވުމުގެ ދަތުރު ނިންމާލުމަށްފަހު ތިޔާގެ ވެޑިންނާ ސީދާ ދިމާކޮށް މާލެ އެއައީ އާއިލާއަށް ސަޕްރައިޒެއް ދޭންވެގެންނެވެ. ޝާޔާގެ މަންމަ ނަސީމާ އަދި ބައްޕަ ލަބީބްއަށް ޝާޔާ ފެނުމުން ވާނެގޮތް ހިތައްހަރުވާލިޔަސް ޝާޔާގެ ހިތް އުފަލުން ފޮޅެއެވެ. ހިޔާލީ ދުނިޔެއެއްގައި ހުރި ޝާޔާއަށް ސިއްސައިންގޮސް ބަލާލެވުނީ ކައިރީގައި ހުރި ތިޔާ ޝާޔާގެ އަތައްދަމާ ބާރުކޮށްލުމުންނެވެ.
“ސާބަސް ޝާޔާ ހެޔޮދޯ މަގުމަތިވިޔަސް ހިޔާލީ ފޮލާ ކަށްކަން ، އެއޮތީ ހުސް ޓެކްސީއެއް ކަންނޭގެ، ހިގާބަދެންވެސް ދާން.”
ދެ އެކުވެރިން ޓެކްސީއަށް އެރުމަށްޓަކާ ހިނގައިގަތެވެ. އެހެންނަމަވެސް މިފަހަރުވެސް މަޑުކުރަންޖެހުނީ އެ ޒުވާނާ ކުރިމައްޗަށް އެރުމުންނެވެ.
“ކުރިން ވީ ކަންތަކަށް ވަރަށް ބޮޑަށް މާފަށް އެދެން.. މީ ޔާން އެގޭ” ޔާން ޝާޔާ ދިމާލައް ސަލާމް ކުރުމަށް އެދި އަތް ދިއްކުރިއެވެ. ޔާންގެ އަތުގައި ހިފަން ހިތް އެދުންނަމަވެސް ތިޔާ ލޯއަޅާފައި ހުރުމުންއެކަން ކުރަން ނުކެރުނީއެވެ. އެހެންވެ އެއީ މައްސައެއްނޫން ކަމަށްބުނެ ތިޔާ އެއްކޮށް ގޮސް ޓެކްސީއަށް އެރީއެވެ. ޔާން ޝާޔާދިޔަ ޓެކްސީ ގެއްލެންދެން އެދިމާ ބަލަހައްޓައިގެން ހުއްޓެވެ. ހުދު ޔާންގެ އަމިއްލަ ނަފްސައްވެސް ބުނެދެންނޭގޭ ގޮތް ތަކެއް ވަނީއެވެ. ދެންމެ ފެނުނު ކުއްޖަކަށް އެހާބޮޑު އިސްކަމެއްދެވެނީ ކީވެބާއޭ ޔާންގެ ހިތަށްއަރަމުންދިއެވެ.
ލޯބިވާ މަންމަ އާ ބައްޕައާ ބައްދަލު ކޮށް ސަޕްރައިޒެއް ދޭން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ޔާންވެސް އެންމެ އަވަހަށް ލިބުން ޓެކްސީއަކަށްއަރާ ދާންވީ އެޑްރެސް ޓެކްސީ ޑްރައިވަރ ކައިރީގައި ބެނެލިއެވެ. ޓެކްސީ ޑްރައިވަރ ފަހަރަކު މަގަކަށް އަޅަމުން ޓެކްސީ ދުއްވަމުން ގެންދިއެވެ. ޔާން އިނީ ވަރަށް ސަމާލު ކަމާއެކު މާލޭއަށް އައިސްހުރި ބަދަލް ތަކަށްބަލާށެވެ. އެހެން އިނުމުގެ ތެރޭގައިވެސް ޔާންއަށް ސިފަވަނީ ޝާޔާގެ ރީތި މޫނެވެ. އެރީތި ހިނިތުންވުމެވެ. ހިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން ޔާން ސިއްސައިގެން ދިޔައީ ޓެކްސީ ޑްރައިވަރގެ އަޑެށެވެ.
“މީ ދެއްތޯ ބުނި އެޑްރެހަކީ”
“އާދެ ރަނގަޅު އެޑްރެސްހަމަ މިއީ، ވަރަށް ބޮޑަށް ޝުކުރިއްޔާ” ޑްރައިވަރަށް ދަތުރުގެ އަގު ދިނުމަށްފަހު ޓެކްސީން ޔާން ފޭބިއެވެ. އަދި ފޮށިތައް ހިފައިގެން މ.ބުލޫމާގޭ ދޮރު ކުރިމަތީ މަޑުކޮށްލުމައްފަހު ވަރަށް ހިނިއައިސްފައި ހުރެ ދޮރުގައި ޓަކި ޖަހާލިއެވެ. އެވަގުތު ދެބައި އުމުރުގެ އަންހެނެއް ދޮރު ހުޅުވުމަށްފަހު ކީކުރާ ކުއްޖެއްތޯ ޔާންކައިރީ އަހާލިއެވެ. ޔާން އަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. މަންމަ އާއި ބައްޕައާއެކު ބޭރަށް ކިޔަވަން ބަދަލްވުމުގެ ކުރިން ޔާން އުޅުނީ މިގޭގައެވެ. އަދި ފޯނުން މަންމަ މެންނާ ވާހަކަ ދައްކާ ފަހަރަކުވެސް އެހެން ގެއަކަށް ބަދަލުވާ ވާހަކަ ބުނެފައި ނެތުމުން ޔާން އިތުރަށް ހައިރާން ވިއެވެ. އެހެން ކަމުން އިތުރަށް އޮޅުން ފިލުވުމަށްޓަކާ އަންހެންމީހާއާ ވާހަކަ ދައްކާލާނަމޭ ޔާންގެ ހިތަށްއެރިއެވެ.
“އަޅުގަނޑަށް ކިޔަނީ މުޙައްމަދު ޔާން، ކޮބައިތޯ ކުރިން މިގޭގައި އުޅުން މީހުން؟”
“އަޅުގަނޑަކަށް ނޭގޭ ކުރިން މިގޭގައި އުޅުނީ ކޮންބައެއް ކަމެއް. މިހާރު އަޅުގަނޑާ އަޅުގަނޑުގެ ދެދަރިންނާ މިގޭގައި އުޅޭތާވެސް މިވަނީ އަހަރެއް.”
އަންހެންމީހާގެ ވާހަކަތައް އަޑުއިވުމަށްފަހު އިތުރަށް އޮޅުންފިލުވާނެ ވާހަކަ އެއް ނެތުމުން ޝުކުރު އަދާ ކުރުމައްފަހު އެބުރި އައިކޮޅަށް ދިއުމަށްޓަކާ ހިނގައިގަތީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.


‘Me first dho v salhi when next part cant ????wait love you so much
Haadha kurey but v reethi when next part
Nice ingey.. Waiting for next part ??
Haadha kurey dhn ekm ok avahah up kohdhinyma
Btw stry dhaagoth v reethi
Haadha kurey but ok then ? when next part?
Keep it up
Wow
V reethi..keep going..!