ޟީން
ހާލާަކޮވެލީގެއަޑުން ފަތިސްވެއްޖެކަން މުޅިދުނިޔެ އަށް އިއުލާން ކުރަމުން ދެއެވެ.”ދަރިފުޅާ ޟީން ހޭލަބަލަ އެއޮއް ފަތިސް ނަމާދު ކުރަނީ. މަންމަ އަށް ވެސް މިހޭލެވުނީ މިއަދު ތަން ކޮޅެއް ލަހުން އަވަހައް ތެދުވޭ” މުނީރާ ދެފަހަރަކު ދޮރުގަ ޖަހާލުމައްފަހު ގޮވާލިއެވެ.ކަންނެއް ގޮތަކައް މޯަޅިއަކަށް ދެމިލާ ޟީން ތެދުވެ ފާޙާނާ އަށް ވަދެ ވުލޫ ކޮއްލައިގެން ނިކުމެ ފަތިސް ނަމާދު ކޮއްލިއެވެ.އެއީ ކޮންމެ ދުވަހެއްގެވެސް ޟީން ގެ ފެށުމެވެ.ރޭގައި ގިނަ އިރުތަކެއްގައި ނުނިދާ ރުއިމުގެ ސަބަބުން ޟީންގެ ދެލޯާރަތްވެ ބޮލުގައިމަޑުަ ރިހުމެއްވެސް އެބަހުއްޓެވެ. މިއަދަކީ އޯލެވެލް އިމްތިހާން ނިއްމުމައްފަހު ކޯސް ހެދުމައްޓަކާ ޟީން މާލެ ފުރާ ދުވަހެވެ. އެހެން ހިތައް އެރިޔަސް ޟީން ގެ ލޮލުން ކަރުނަ އާދެވެ. ލޯބިވާ މަންމަ އާއި ނުލާ ޟީން އުޅޭނެ ގޮތެއް ވެސް ނޭގެއެވެ. މުނީރާގެވެސް ހާލަކީ މިއަދު ހަމަ އެއީއެވެ. ލޯބިވާ ދަރިފުޅާ ނުލާ އުޅޭނެ ގޮތެއް އޭނާ އަށް ވެސް ނޭގެެެެެެެއެވެ. ޟީން ގެ ކުރިމަތީ ހިއްވަރު ގަދަކޮއް ލައިގެން ހުރެވޭތޯ މުނީރާ ވަރައް މަސައްކަތް ކުރެއެވެ.އެއީ މުނީރާގެ ފިރިމީހާ ޒުބެއިރުގެ އެންމެ ބޮޑުއެދުމެވެ. ޒުބެއިރު ދުނިޔެ ދޫކުރި އިރު ޟީންގެ އުމުރުން ވީ ފަނަރަ އަހަރެވެ.ޭޭޭޭ ޒުބެއިރުގެ ކުއްލި މަރަކީ މުނީރާ އާއި ޟީންގެ ހިތް ކުދިކުދިވި އަދި މުޅި ރައް ސިއްސުވާލި މަރެކެވެ. މުނީރާމެންު ދެމަފިރިންނަކީ ރަށުގައި ފުދިގެންުއުޅުނު އާއިލާއެކެވެ. ޒުބައިރުގެ މަސްވެރިކަން ކުރުމައްޓަކާ ކަންނެލި އޮޑިއެއް އޮތެވެ.ެެެެެެެ ޒުބައިރު މަރުވީ އެންދަމަން މޫދަށް ފައިބައިގެން އުޅެނިކޮށް ވީނުވީއެއްނޭގިއެވެ……………………
ގަޑިން ހަވީރު ހަތަރެއްޖެހުމާއެކު މުނީރާ ޟީން ގޮވައިގެން ބޯޓު ދޮށައް ދިޔައެވެ .”މުހަންމަދާ މަގޭދަރި ބޯޓު މަތީ ރަގަޅަށް ބަލައިދޭތި!!
ރޮވިފައިވާ އަޑަކުން މުނީރާ ބުނެލިއެވެ. އޭރު ޟީން އަށްވެސް ރޮވެނީ އެވެ. ” ނައްޓާލަނީ އަވަހައް ދާމީހެއްވިއްޔާަަަަަަަަ އަރާ” ފަޅުވެރިއަކު އެހެން ގޮވަާލުމާއެކު މުނީރާ ޟީން ގެ ގައިގާ ބާރައް ބައްދާލިއެވ.ެ “ދަރިފުޅާ މަންމަ އާއި ބައްޕަ ފަހުރުވެރި ވާކަހަލަ ކުއްޖަކައްވާތި!! ބަސްއަހއިގެން އުޅޭތި !! މުނީރާ އޭނަގެ ލޯބިވާ ދަރިފުޅަށް ނަސޭހަތްތެރިވިއެވެ.”މަންމާ ދެރަނުވޭ އަހަރެން މަންމަ ބޭނުން ވާކހަލަ ކުއްޖަކައްވާނަން” ޟީން ބޯޓައް އެރީ ފަހުފަހަރައް އޭނަގެ ލޯބިވާ މަންމަ އަށް ބަލާލުމަށްފަހުއެވެ…………….
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
12 Comments!
Comments are closed.




alhe feshun vr reethi?..whn next part? Thankolheh dhigu koh adhi avahah up kolladhehchey?
???Vr reethi cant wait love you
✌Me second dhoa
Awesome
Feshun reethi.. Hope kuran varah reethi vaahaka akah vaane kamah ??
Sali
Varah reethi
When next part?
Keep it up
Wow ???
Aww sheen o leen ? .. if sheen .. layaage ehdharifulhuge namevess eree enmefahun vaahakayah ?? btw feshun salhi unmeedhukuranee maigandaai kunnuvess mihaa furihama vaanekamah .. and quite ehkanthah vaahakaige pregraphs thah thankilheh dhurukohlaafa space eh dheeba ingey.. Eyrun kiyaalan faseyhavaane .. love u dear.. keep it up
Vrh reethi vaanehn hive waitinn for the next part……
V reethi mi vaahakaage feshun adhi kiriyaa mi vaahaka kiyan mi feshy v salhi ingey feshun
wow
salmi