އަނެއްކާވެސް އިތުރު ބައްދަލުވުމެކެވެ. މިފަހަރުގެ ވާހަކަ ފަށަން މިޖެހެނީ ގާޑިޔާދޮށަށް ކުރުނބާ ބޯން ދިޔަ ދުވަހެއްގެ ވާހަކައިންނެވެ. އަހެރެންނާ ލަމްއާ ދެމީހުން ކޮލެޖު ނިމިގެން ދަމުން ގާޑިޔާ ދޮށަށް މަޑުކޮށްލީ ކުރުނބާއެއް ބޯހިތްވީތީއެވެ. ލާރިދައްކާ ހަދައި ކުރުނބާ ހިފައިގެން ގޮސް އަހަރުމެން އިށީނީ ދިގުކޮށް ރާނާފައި ހުރި ފާރުބުރީގެ މަތީގައެވެ. ކުއްލިއަކަށް އައި ނައިތަނެއް ނޭނގި ފެނުނީ ޒާން އައިސް ދާދި ގާތުގައި ހުއްޓިލީ މަންޒަރެވެ. “ޢީޝް…. އެންމެ ފަހަރަކުވެސް އަޅެ އަހަރެން ދައްކާ ވާހަކަ އަޑުއަހައި […]
އަހަރެންގެ އަތުގައި ހިފައި ޒާންދަމައިގަތީ ނުހަނު ބާރަކަށެވެ. ” ހީވަނީތަ ޢީޝްއަށް އަހަރެން އެހެން ހެދީ ޢީޝް ބޭނުންނުވާތީއޭ” އަދިވެސް އަދިވެސް ޢީޝް ހާދަ ބޭނުމޭ…. އެހެނަސް އަހަރެންނަށް މަޖުބޫރޭ….. އައިއެމް ސޮރީ ޢީޝް” ނުވިސްނާ ހުއްޓާ ޒާން އަހަރެންގެ ގައިގައި ބައްދައިގަތީ ނުހަނު ބާރަށެވެ. އިތުރަށް ސިހުން ގެނުވީ ޒާން ދެން ކޮށްލި ކަމަކުންނެވެ. ކުއްލިއަކަށް އަހަރެން ކޮއްޕާލުމަށްފަހު ސައިކަލަށް އަރައިގެން ދިޔައީ ފަސް އެނބުރި ބަލާލުމެއްވެސް ނެތެވެ. އަހަރެންނަށް ރުޅިއާދެވުނެވެ. ޒާން ބަދަލެއް ނުވާނެއެވެ. […]
“ޒާން” ހިތުގެ އެއްކަނަކުން ނަމަވެސް އަހަރެންނަށް ގޮވާލެވުނެވެ. މަޑުން ނަމަވެސް އަހަރެންގެ އަނގައިން ނުކުތީ އެނަމެވެ. ބަލާލަން ބޭނުންނުވެފައި ހުރެވެސް އަހަރެން ބަލައިލީމެވެ. ދާދި ގާތުގައި ހުރީ މީގެ އެތަކެއް އަހަރެއް ކުރީންވެސް އަހަރެން ދުން ޒާންއެވެ. ފިޒާންއެވެ. ޕޮލިސް ޔުނީފޯމްގައި ޒާން ފެނިލުމުން އަހަރެންގެ ހިތް ތެޅިގަތީ އިންތިހާއަށެވެ. ޒާން އެންމެފަހުން އޭނަގެ ހުވަފެންތައް ހަޤީޤަތަކަށް ހެދީތާއެވެ. ދިރިއުޅުމައިގެން ކުރިއަށް ދާން ނޭނގިފައި މިހުރީ އަހަރެންތާއެވެ. ދެލޯ ބޮޑުކޮށްލައިގެން އަހަރެންނަށް ޒާންއަށް ބެލެމުންދިޔައީ އެމޫނުން ކަމެއް […]
ކެތްކުރީމޭ އެހެނަސް.. މާޒީގެ ދުވަސްތައް ހިތުގެ އެއް ކަނެއްގައި ރައްކާކޮށް މާލެ އައީ ކުޑައިރުއްސުރެ ދެކެވެމުންދިޔަ ހުވަފެންތައް ހަޤީޤަތަކަށް ހަދާށެވެ. އަހަރެންނަކީ އަނގަ ގަދަ ، ކަންތައްތަކުގައި ހިތްވަރުކުރަން ދަންނަ ނަމަވެސް ތިމާގެ ދިފާޢުގައި ބަސްބުނާ ކުއްޖެއްނޫނެވެ. މިއީ އަހަރެންގެ ގާތް ރަހުމަތްތެރިންނާއި ގޭ މީހުން އަބަދުވެސް ބުނެ އުޅޭ ވާހަކައެކެވެ. ” އިފާ އަކަށް ނުހުރެވޭނެ އަނގަ މަޑުންލައިގެނެއް. މިގޭގައި ރެޑިޔޯ ގެންގުޅޭނެ ކަމެއް ނެތެއްނު” މަންމަ އަބަދުވެސް ބުނާނެއެވެ. ބައްޕަގެ އިފާ ބޮޑުވެގެން […]