Skip to content
އެސްފިޔަ

ކެތްކުރީމޭ އެހެނަސް 3 ވަނަ ބައި

އަހަރެންގެ އަތުގައި ހިފައި ޒާންދަމައިގަތީ ނުހަނު ބާރަކަށެވެ. ” ހީވަނީތަ ޢީޝްއަށް އަހަރެން އެހެން ހެދީ ޢީޝް ބޭނުންނުވާތީއޭ”  އަދިވެސް އަދިވެސް ޢީޝް ހާދަ ބޭނުމޭ…. އެހެނަސް އަހަރެންނަށް މަޖުބޫރޭ….. އައިއެމް ސޮރީ ޢީޝް” ނުވިސްނާ ހުއްޓާ ޒާން އަހަރެންގެ ގައިގައި ބައްދައިގަތީ ނުހަނު ބާރަށެވެ. އިތުރަށް ސިހުން ގެނުވީ ޒާން ދެން ކޮށްލި ކަމަކުންނެވެ. ކުއްލިއަކަށް އަހަރެން ކޮއްޕާލުމަށްފަހު ސައިކަލަށް އަރައިގެން ދިޔައީ ފަސް އެނބުރި ބަލާލުމެއްވެސް ނެތެވެ. އަހަރެންނަށް ރުޅިއާދެވުނެވެ. ޒާން ބަދަލެއް ނުވާނެއެވެ. އެއީ ކުރީގެ ވެސް އާދައެވެ. އޭނާގެ ބޭނުން ފުދުނީމާ އެހެން މީހަކަށް ބެލުމެއް ނޯންނާނެއެވެ. އަހަރެންނަށް އައި ރުޅިއާ ވީދެރައިން އަތުގައި ހުރި ފޮތްތަކަށްވެސް ބަލާލެވުނެވެ. ރަބަރު ފައިލެއްގެ ތެރޭގައި އެތަކެތި ނެތް ނަމަ އަހަރެންގެ ދުވަސް ދިއައީއެވެ.

މަޑުކުރުމެއްނެތި އަހަރެން ގެއަށްދާން ހިނގައިގަތީމެވެ. މިފަހަރު ވެހެމުން ދާ ވާރޭ އަހަރެންނަކަށް ހުރަހަކަށް ނުވިއެވެ. ” އިފާ އަޅެ ދައްތައަށް ގުޅާލިނަމަ ތެމިގެން ނައިސް ވީހެންނު” ސިޓިންރޫމުގައި ބޭރުގެ ސީރީޒްއަކަށް ދެލޯ ދީގެން އިނދެ ދައްތަ މުޚާތަބުކުރީ އަހަރެން ހުރިގޮތް ފެނުމުންނެވެ. ހިނިތުންވުމަކުން ފުއްދާލުމަށްފަހު އަހަރެން ބެލީ އަވަހަށް ނިދަން އޮށޯވެވޭތޯއެވެ.

އެފަހުން މަގެއްގެ މައްޗަށް ނިކުތަސް އަހަރެންނަށް ހީވަނީ ފިޒާން އައިސްފާނެހެނެވެ. ކޮލެޖުގެ ދެތިން ދަރިވަރުންނާއެކު ފިހާރައަކަށް ވަން ދުވަހެކެވެ. މާބަނޑު އަންހެންކުއްޖަކާއެކު ފިޒާން ފެނުމުން އަހަރެންނަށް ބަލަން ބޭނުން ނުވިއަސް ބެލެމުން ދިޔައީ އެދެމީހުނާ ދިމާއަށެވެ. މުޅި މޫޑު ހަރާބުވީ އެހިސާބުންނެވެ. ޒާން ކައިވެނިވެސް ކުރީއެވެ. އަހަރެން ބާކީވީއެވެ. އެހެނަސް އަހަރެންނަށް ޒާން އަށް މި އިންތިޒާރުކުރެވެނީ ކީއްވެގެންހެއްޔެވެ؟

” ޢީޝް” ޒާންއާއެކު އައިސް ހުރި އަންހެން ކުއްޖާ ފައިސާ ދައްކާ ކައުންޓަރާ ކައިރިވީ ވަގުތު ބަލާފައި ޒާން އަހަރެންނަށް ގޮވާލިއެވެ. ” އެއީ  ދިފޫ އަހަރެންގެ… އަހަރެންގެ އަންހެނުން” ފިސްވެފައިވާ ފަދަ އަޑަކުން ޒާން އަހަރެންނަށް އޮޅުންފިލުވައިދިނީ ހަޤީޤަތްކަމަށް ޤަބޫލުކުރަންޖެހުނެވެ. ” ސޯ …. އަހަރެން އެހީންތަ އެއީ ކާކުތޯ؟ ކީއްވެތަ ޒާން އަހަރެން ފެންނަ އިރަކަށް ކޮންމެހެން ވާހަކަ ދައްކަން ތި މަސައްކަތްކުރަނީ؟ އަހެރެން މިހުރީ ޒާން ބޭނުންވެގެން އަހަރެން އެއްލާލި ހިސާބުގައި؟ އަދިވެސް  އަހަރެން މިއީ އެ އިފާޝާ……. އެއްވެސް ކަމެއް އަދިވެސް ބަދަލެއް ނުވޭ ” އަޑުގައި ރުޅިވެރިކަމާއި ހިތްހަމަނުޖެހުމުގެ އަސަރު ގެނައުމަށް އަހަރެން މަސައްކަތްކުރި ނަމަވެސް އަޑުއައީ ގަދަ ބާރުންނެވެ.

” އަހަރުމެން ދެމީހުންނަށް ރަހުމަތްތެރީންގެ ގޮތުގައިވެސް ނުތިބެވޭނެތަ؟ ކުރީގެ ގޮތަށް ………” ޒާން އޭނަގެ އަންހެނުން ދިފްލާއަށް ނަޒުރު ހިންގާލަމުން އަދިވެސް ބެލީ އަހަރެންނާ ވާހަކަ ދެއްކޭތޯއެވެ. އަހަރެން ދިނީ ހިތި ހިނިތުންވުމެކެވެ. ތުންފިއްތާލަމުން އެކުގައި އައިސްތިބި ކުދީންނާއެކު އަވަހަށް ފިހާރައިން ނިކުމެވޭތޯ ބެލީމެވެ. އަހަރެން ފަސް އެނބުރި ޒާން އަށް ބަލައިލީމެވެ. އޭރު އެއަންހެންކުއްޖާ އައިސް ޒާންގެ އަތުގެ މުލައްދަނޑީގައި ހިފަހައްޓާލައިހުރެ ނިކުންނަން ދާން އިޝާރާތްކުރަނީއެވެ. އަހަރެން އަވަސްއަވަހަށް ނޫންކަމަށް ހެދީމެވެ.

ޒާން ކިތަންމެ ވަރަކަށް ބޭނުންވި ކަމުގައިވިޔަސް އަހަރެންނަކަށް އަލަކުން ކުރީގެ އިފާޝާއަކަށް ބަދަލެއް ނުވެވޭނެއެވެ. ރަށުގައި އެކުއެކީ ވައުވަލުން އަތިރިމަތީ ގޮނޑުދޮށްތަކުން ކުޅެއުޅެމުން ފެށި ލޯބި ޒާން ބިމާ ހަމަކޮށްލީ އަހަރެންނަށް ނުވެސް އެނގިހުއްޓައެވެ. އެއިރު އަހަރުމެން ދެމީހުންނަކީ ދެ ލޯބިވެރީންނަށްވުރެ ބޮޑަށް ދެ އެކުވެރީންނެވެ. ޒާން އަހަރެންނަށްވުރެ 4 އަހަރު ދޮށިކަމުގައި ވިޔަސް އަހަރުމެން ދެމީހުންގެ އުމުރުގެ ތަފާތެއް އަހަރެންނަކަށް ފާހަގައެއް ނުވެއެވެ. އެކީއުޅެމުން ފެށުނު ގުޅުން ހީނަރުވަމުން ދިޔައީ ޒާން އޭލެވެލްއަށް މާލެ ބަދަލުވީ ހިސާބުންނެވެ.

ކުރަމުން ދިޔަ ކޯލުތައް ކުރުވެ އެންމެފަހުން އެއްކޮށް ގުޅުން ކެނޑިގެން ދިޔައީއެވެ. އަދިއަދަށްވެސް އަހަރެންނަށް ޒާންއަށް ވީގޮތް އޮޅުމަކުން ނުފިލައެވެ. އޮޅުންފިލުވުމަށް އަހަރެން ކުރި މަސައްކަތަށް ނަތީޖާއެއް ނުފެނުމުން އަހަރެންވެސް ކިޔެވުމައިގެން ކުރިއަށް ދިއުމަށް ހިތްވަރުކުރީ އެކަންކަމުން އަރައިގަނެވޭތޯއެވެ. އެހެނަސް އެހެނަކުން ނުވިއެވެ. މާލެއައުމާއެކު އަލުން އަހަރެންނަށް ލޯއުކެންފެށީ ގެއްލިފައިވާ ލޯބި ހޯދުމަށެވެ.

އަނެއްކާވެސް އިތުރު ބައްދަލުވުމެކެވެ. މިފަހަރުގެ ވާހަކަ ފަށަން މިޖެހެނީ ގާޑިޔާދޮށަށް ކުރުނބާ ބޯން ދިޔަ ދުވަހެއްގެ ވާހަކައިންނެވެ…

ނުނިމޭ

Comments (8)

  1. Hairaan

    Varah reethi

  2. Icy♡

    Nice

  3. Angle

    V v reethi

  4. Xaaan

    ރީތި އެކަމަކު ހާދަ ކުރޭ

  5. Pinky shifoo

    Varah reethi mi part vx ??… Bt maa kuru… Plxx next part dhigukoh genesdhehchey HEERAA ??… Waiting for next part ??

  6. EHLEE

    Wow v reeti when next part

  7. Zaaraa

    Story heevy v reethivaanehen?? lasnukoh up kohdhyne kamah ummeedhukuran?? waiting for next part

  8. jousha

    Very nice..waiting for next part

Comments are closed.