މަޖީދީމަގުން ބާރުދުވެލީގައި އައި ކާރު ޖެހުނީ މަގުހުރަސްކުރަން އުލުނު 40 ވަރަކަށް އަހަރުގެ މިހެއްގެ ގައިގައެވެ. ދުރުގައި ޔުނީފޯމު އަލައިގެން ހުރި 14 ވަރަކަށް އަހަރުގެ އަންހެން ކުއްޖާ “ބައްޕާ..” އޭ ކިޔާ ބާރަށް ހަލޭލަވައި ގަތެވެ. އެއިރު އެކްސިޑެންޓުވި މީހާ އޮތީ ވީއްސަގެން ގޮސް މަގުގެމެދުގައެވެ. އެއިރު އެމީހާގެ އެތަން މިތަނުން ލޭ އަންނަމުން ދެއެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭ އެތަނަށް މީހުން ޖަމާވަން ފެށިއެވެ. މަގުމަތިން ދިޔަ ދެ ޕޮލިހުންނިށް މި މަންޒަރުތަށް ފެނި، އެކްސިޑެންޓުވި […]
“ދޮންބޭ.. ” މިއުނާ އަޑުގެނެތް ތަނަށް ހަލޭލަވައި ގަތެވެ. “މިއުނާ އެއީ އަހަރެމެންގެ މަންމައޭ… ” ލީވާން ބެލީ މިއުނާއަށް ވިސްނާދެވޭތޯއެވެ. “މަންމަ އޭ.. ކޮން މަންމައެއް.. އެމަންމަ ކޮބާ އަހަރެމެން ތިންމީހުން ދޫކޮށްލާފަ ދިޔައިރު…އެއޮއް ކުޑަކުޑަ ޔަނާ ދޫކޮށްލާފައި ދިޔައީ އެންމެ ތިންމަހުގައޭ.. އެކުއްޖާފުލުގެ ހާލުބަލާލަންވެސް މިއޮއް 5 އަހަރު ވީއިރު، އެއް އިރަކު ވެސް ނައީ ކީއްވެތަ..؟ އޭނާ ހާދާން ނޭތުނީތަ އޭނާގެ ތިން ދަރިން ދުނިޔޭގަ ތިބި ކަން ވެސް… އެވަރުންވެސް މަ […]