“ޔުއާން އެވެ. މައިލީން ހުއްޓުވާށެވެ. އެއީ ތިހުގެ ލޯތްބެވެ. ދޫކޮއްނުލާށެވެ. ހިފައްޓާށެވެ. ލޯބި ވާވަރު ހާމަ ކޮއްދޭށެވެ. މާފަށް އެދޭށެވެ. މައިލީން މާފު ކުރާނެއެވެ. މައިލީން ގެ ހިތުގައި ވަނީ ހަމަ އެކަނި ތިޔަ ލޯތްބެވެ. ކުރިމަތިލާށެވެ. ފަހަތުން ދާށެވެ. ޔުއާން އެވެ. ފަސްނުޖެހޭށެވެ. ޔުއާން ދިން ކޮންމެ ހިތާމައަކަށް ޔުއާންގެ ސަބަބުން އެ ދެލޮލުން އޮހޮރުނު ކޮންމެ ކަރުނަތިއްކަކަށް ވާވަރަށް ލޯބިދީ އެ ހިތް އުފަލުން ފުރާދޭށެވެ. އެހެންނަމަވެސް ޔުއާން ހުރިގޮތަށް ހުރިއެވެ. މައިލީން ގޮސް […]
ކެތްކުރީމޭ އެހެނަސް.. މާޒީގެ ދުވަސްތައް ހިތުގެ އެއް ކަނެއްގައި ރައްކާކޮށް މާލެ އައީ ކުޑައިރުއްސުރެ ދެކެވެމުންދިޔަ ހުވަފެންތައް ހަޤީޤަތަކަށް ހަދާށެވެ. އަހަރެންނަކީ އަނގަ ގަދަ ، ކަންތައްތަކުގައި ހިތްވަރުކުރަން ދަންނަ ނަމަވެސް ތިމާގެ ދިފާޢުގައި ބަސްބުނާ ކުއްޖެއްނޫނެވެ. މިއީ އަހަރެންގެ ގާތް ރަހުމަތްތެރިންނާއި ގޭ މީހުން އަބަދުވެސް ބުނެ އުޅޭ ވާހަކައެކެވެ. ” އިފާ އަކަށް ނުހުރެވޭނެ އަނގަ މަޑުންލައިގެނެއް. މިގޭގައި ރެޑިޔޯ ގެންގުޅޭނެ ކަމެއް ނެތެއްނު” މަންމަ އަބަދުވެސް ބުނާނެއެވެ. ބައްޕަގެ އިފާ ބޮޑުވެގެން […]
ލޯބީގެ އިޝްގުގައި ޖެހި އަޝްވާގެ ހިތުގެ ކެތްތެރިކަން ކޮޅުންލަމުން ދިޔައެވެ. ޝަނުމްއަށް އޭނާގެ ހިތުގެ ހާލަތު ކިޔައިދޭން ބޭނުމެވެ. ބޭގަރާރުވަމުން ދާ ހިތަށް ހަމަޖެހުމެއް ހޯދަދޭން ބޭނުމެވެ. އިއްޔެ ހޮސްޕިޓަލުގައި ދެމީހުން އެކަނި ވަގުތު އަޝްވާ އޭނާގެ ލޯތްބަށް އިއުތިރާފްވާން އުޅުނެވެ. އެހެންނަމަވެސް އެވަގުތު އެތަނަށް ރީމްގެ މަންމަ އަމީހާ އައުމުން ހާލަތު އެކަމަށް ތަންނުދިނީއެވެ. އޭރުން ފެށިގެން އަޝްވާ މަސައްކަތް ކުރަމުން ދަނީ ޝަނުމް އާއި އެކަނި ވެލެވޭނެ ވަގުތެއް ހޯދުމަށެވެ. ކާއިން އަޝްވާއަށް އޭނާގެ […]
ކުރީގެ އަދަދާއި ގުޅޭ: އެހެންވިއަސް އަހަރެން އެވާހަކަތައް ރިޔާއަށް ކިޔައިދޭން މިހާރު ބޭނުމެވެ. އަހަރެންނަށް ލިބޭ މިއުނދަގޫތަކުން ކިރިޔާވެސް ލުޔެއް ލިބޭނީ މިވާހަކަތައް އަހަންނަށް މީހަކަށް ކިޔާދެވިގެންނެވެ. އެއާއި ޖެހިގެން އައި ދުވަހު ސްކޫލަށް އަހަރެން ދިޔައީ ވަރަށް ކަންބޮޑުވެފައި ހުރެގެންނެވެ. މިހާރު ރިޔާ ހިތަށް އަރާނީ ކީކޭކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަންނަށް ވިސްނެމުންދިޔައީ އެކަމާއެވެ. އެހެންނަމަވެސް ގަޑިޖެހިގެން ގޮސް ސްކޫލް ގޭޓް ބަންދުކުރިއިރުވެސް ރިޔާއެއް ކްލާހަކަށް ނާދެއެވެ. އަނެއްކާ ރިޔާ ސްކޫލަށް ނައީ ކީއްވެގެން ބާއޭ […]
އެނދު މައްޗަށް އަލްޔަން ވެއްޓިގަނެފިއެވެ. އެހިނދު މަޑުމަޑުގެ އެނދުގެތެރެއަށް އޭނާ ގެނބިގެން ހިނގައްޖެއެވެ. އަލްޔަން ވަނީ ނުހަނު ބޮޑަށް މާޔޫސްވެފައެވެ. ޒީކްގެ ކުށްހީ ފިލުވަދޭން އޭނަ ހަދާނީ ކިހެނެއް ހެއްޔެވެ. ޒީކްދެކެ ލޯބިވާވަރު ހާމަކޮށްދޭން ކުރެވޭނީ ކޮންކަމެއް ހެއްޔެވެ. އެނދުމަތީގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހިންގައި ލައިގެން އަލްޔަން އޮތްއިރު ހިތުގަ ތެރޭގައި އުތުރިއަރަމުންދިޔަ އުދާސްތައް ހަމައަކަށް އެޅުވޭތޯ މަސައްކަތްކުރަމުންދިޔައެވެ. ހަމަހިމޭންކަމާއެކު ވަގުތުކޮޅަކަށް ފަހު އެނދުކައިރީގައި ހުރި މޭޒުގެ ވައްގަނޑު ދަމާލުމަށްފަހު އޭގެ ތެރެއިން ފޮޓޯގަނޑެއް ނަގައިފިއެވެ. […]
ފިހާރަޔަށްގޮސް ފޯރީގައި ވިޔަފާރިކުރަމުން ދިޔައިރު ރީމާއާ ފާތުމަވެސް ރީމާގެ ހެދުން ތައްޔާރުކުރުމުގައި އަވަދި ނެތި އުޅުނެވެ. އެރޭގެ ޖަލްސާއަށް ހަނާ ރީމާގެ ސްޕީޗް ލޔެދީފިއެވެ. އަދި އެޖަލްސާއަކީ ރީމާއަށް ނުހަނު ހާއްސަ ޖަލްސާއެކެވެ.އެހެންކަމުން ފާތުމަ ބެލީ ވަރަށް ފުރުހަމަކޮށް އެ ހެދުން ނިންމޭތޯއެވެ. އެމީހުންނަށް އެހެދުން އެއްކޮށް ނިންމާލެވުނީ ފަސްގަޑިބައިވެބޮޑުވިފަހުންނެވެ. އަޔާޒާ އަހުނަފަށް ވެސް ގެއަށް ދެވުންއިރު ބަންގިގޮވަނީއެވެ. ގަޑީގެ ކަށި ބުރަކަށްފަހު ބުރެއް ހަމަކުރަމުން އައިސް ޖަލްސާފެށެން ކުޑައިރުކޮޅަކަށް ވެއްޖެއެވެ. އަހުނަފާ އަޔާޒު މަޑުކޮށްގެން ތިބީ […]
ރުއިމުގެ ތެރެއިން މަންމަ އުނދަގުލާއެކީ އެއްޗެކޭ ކިޔުނެއްކަމަކު އަނގަ ރަނގަޅަށް ޙަރަކާތް ނުކުރެވުނީތީ އެ ކިޔުނު އެއްޗެއް ފުރަތަމަ ފަހަރު ޝަރަފަކަށް ނޭނގުނެވެ. އެހެނަސް ދެވަނަ ފަހަރަށް އިހުނަށްވުރެ ގަދައަށް ރޮއިގަންނަމުން އޭނައާއި ދިމާލަށް ދެއަތް ދިއްކޮށް މަންމަ ކިޔާލީ އޭނަގެ ނަންކަން އެނގުންވީ ހިނދު ޝަރަފަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ މި ވާގޮތެއް ދެނެގަންނަން ބޭނުންވެގެން އެއްޗެކޭ ބުނަން އުޅުނުތަނާހެން ކުއްލިއަކަށް މަންމަގެ ކަޅި މައްޗަށް އަރަން ފެށިތަން ފެނުނެވެ. ޝަރަފްގެ […]
ކުރީގެ އަދަދާއި ގުޅޭ: ރިޔާއާ އެކުވެރިވެފައި އަހަރެން ރިޔާއަށް އާހިލްގެ ވާހަކަ ކިޔާދިނީމެވެ. ކުރީގައިވެސް ރިޔާއަކީ އަހަރެންގެ ރައްޓެއްސެކެވެ. އެހެންނަމަވެސް އޭރު އަހަރެންނާ ރިޔާއާ އެހާ ގާތް ގުޅުމެއް ނޯވެއެވެ. އޭރު އަހަރެން ބޮޑަށް ގާތްވާނީ ޝީނާއާއެވެ. އަހަރެންނަށް ލިބޭ ހަމައެކަނި އުފަލަކީވެސް އާހިލްއާ ރިޔާއާ ވާހަކަދައްކާލެވުމުން އެލިބޭ އުފަލެވެ. އަހަރެން ބޭނުންވީ ވީހާވެސް ގިނައިން އެމީހުންނާ ވާހަކަދައްކާށެވެ. އެހެން ވިސްނުންތަކުން އަހަރެންގެ ސިކުނޑި ސަލާމަތްކުރާށެވެ. އެހެންނަމަވެސް ބައްޕަ އައިސް ރަށުގައި މަޑުކުރާ ދުވަސްތަކަކީ އަހަންނަށް ބިރުވެރި […]
އޭނާ ވިސްނި ވަރަކަށް ސިކުނޑި ދިޔައީ ހާސްވަމުންނެވެ. އެ ހިތް އެދިގޮވަމުން ދިޔައީ މައިލީން އެމޭ ގައި ފޮރުވާލުމަށެވެ. ކުރެވިފައިވާ ކޮންމެ ކުށަކަށް ވަކިވަކިން މާފަށް އެދުމަށެވެ. އެދެއަތުގެ ހިމާޔަތް މުޅި އުމުރަށް ދިނުމަށެވެ. އޭނާގެ ސަބަނުން ވެއްޓުނު ކޮނެމެ ކަރުނަތިއްކެއްގެ ބަދަލް ދިނުމަށެވެ. ދުނިޔޭގައި ދެވެންޏާ ދެވޭހާ އުފަލެއް ދިނުމަށެވެ. އެހެންނަމަވެސް….. މިއަދު މާލަސްވެއްޖެއެވެ. އިތުރަށް މައިލިން ގެ ހަޔާތުން އޭނާއަށް ޖާގައެއްނެތެވެ. އެހެންނަމަވެސް އެ ހިތުގައި އަދިވެސް ޔުއާން އަށް ނަފްރަތުގެ ޒައްރެއްގެ މިންވަރުވެސް […]