Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދިީ 05

Ushaali Level 810 Stories100 Comments100 Stories500 Comments
March 25, 2018 9 Mins Read
44 Comments

 

“މަންމަ! ބަލާބާ މީ މިއްކޮމެންގެ ފެމެލީ” ހުދު ކަރުދާހެއްގައި ދަނޑި މީހުންގެ ތިން މީހުން ކުރެހުމަށްފަހު އެކި ކުލަތަކުން ކުރެހުން ފަވާލާފައި މިޝްކު ރިމީޝާއަށް އެގަނޑު ދައްކާލިއެވެ. އެގަނޑަށް ބަލާލުމަށްފަހު ރިމީޝާ ހީލާފައި މިޝްކުގެ ގައިގާ ބައްދާލިއެވެ.

 

ފެންވަރައިގެން ކޮޓަރިން ނިކުތް ޝިނާން ހުރީ ތިރިން ގުރާ ފެހިކުލައިގެ ސޯޓެއްގައެވެ. މަތިން އެއްވެސް އެއްޗެއް ނުލާ ހުރީއިރު އެކަސްރަތީ ހަށިގަނޑަށް ސާބަސްދޭހާ ވެއެވެ. އެމްއެންޑީއެފް ގައި މަސައްކަތްކުރާ މީހެއް ކަން ދެވަނަ ވިސްނުމަކަށް ނުގޮސް ކޮންމެ މީހަކަށް ވެސް އެނގޭނެއެވެ. ތުނިކޮށް ކޮށާލާފައިވާ އިސްތަށިގަނޑާއި މޫނުމަތީގެ ކުލަ އާއި ގައިގެ އެހެން ތަންތަނުގެ ހަންގަނޑު ވަނީ ވަރަށް ބޮޑަށް އަނދައިގަނެފައެވެ. ވާނީވެސް އެހެންތާއެވެ. ޝިނާން އަކީ އެމްއެންޑީއެފް އަށް އަލަށް ވަންނަ ރެކްރޫޓް ކުދިންނަށް ފަތަން ދަސްކޮށްދޭ ސްވިމިންގް އިންސްޓްރަކްޓަރ އެކެވެ. ދުވަހުގެ ގިނަ ވަގުތު އޭނާ ހޭދަ ކުރަން ޖެހެނީ މޫދުގައެވެ.

ކާން ހެދުމުގައި ބަދިގޭގައި އުޅުނު ރިމީޝާ ލައިގެން ހުރި ގުރާ ފެހިކުލައިގެ އަތްދިގު ޓީޝާޓް ފެނުމުން ޝިނާން އަށް މަޖާވިއެވެ. އެއީ އޭނާ އަށް ވެސް ހުރެވުނީ އިއްތިފާގަކުން ހަމަ އެކުލައިގެ ޖިންސުފޮތީގެ ސޯޓެއް ލެވިފައެވެ. ޝިނާން ހީލައިގެން ހުއްޓާ ފެނުމުން ރިމީޝާއަށް ވެސް މަޖާވިއެވެ.

“މިޝްކޮ ނިދީދޯ. މާދަމާ މީ އިންޖެކްޝަން ނަގަން ދާން ޖެހޭ ދުވަސް” ގޮނޑި ދުރުކޮށްލާފައި އިށީންނަމުން ޝިނާން ބުނެލިއެވެ. ރިމީޝާ އަވަހަށް ބެލީ ޝިނާން އަށް ކާންހަދާ ދެވޭތޯއެވެ.

“މިރޭ ނެތް އެކަނި ކާހިތެއް. ރިމީ ވެސް އާދޭ ބައިވެރިވާން. އަހަރެން ކަންދެން ރިމީ އަބަދުވެސް ހުންނާނީ ދުރުގައި ބަލަހައްޓައިގެން. އަހަރެން ވަރަށް ލަދުގަނޭ އެހެންވެ” އަނގައަށް ގޮތެއް ހަދާލަމުން ޝިނާން ބުނި އެއްޗަކުން ރިމީޝާ ކައިރިއަށް ވަރަށް ހިނިއައެވެ. ޝިނާން އާއި ޖެހިގެން ހުރި ގޮނޑި ދުރުކޮށްލާފައި އިށީނީ ދެކޮޅު ހަދަން ނުކެރުމުންނެވެ.

“މަންމަ ބުނި ނާއީގެ ވެޑިންގްއަށް އަހަރެމެން އަންނަން ޖެހޭނޭ. ކޮންމެގޮތެއް ވިޔަސް އަހަރެން ދާން ޖެހޭނެ. އަހަރެން ނުގޮއްސިއްޔާ ނާއީ ވަރަށް ދެރަވާނެ. އެކަމަކު މިޝްކު އާއި ދުރުގައި ވެސް އަހަންނަކަށް ނުހުރެވޭނެ” ސަމްސަލުން ބަތްތަށި ހާވަން އިނދެ ރިމީޝާ ބުނެލިއެވެ. ޝިނާން ރިމީޝާއަށް ބަލާލީ ހީލަމުންނެވެ.

“ރިމީ ދިޔަ ތަނަކަށް ފަހަތުން އަހަރެން ދާނަން. އަހަރެމެން ދެމީހުން ހުރި ތަނެއްގައި އަބަދުވެސް މިޝްކު ހުންނާނެ. އެހެންވީމަ ނޯ ވޮރީސް” ހަމަޖެހިލާފައި ޝިނާން ބުނެލިއެވެ. ހަޑިވެފައި ހުރި ތަށިތައް ނަގަމުން ރިމީޝާ ޒިންކު ކައިރިއަށް ދިޔަ ވަގުތު ފާރުގައި ތަތްކޮށްލައިގެން އިން ހޯނެއް ފުންމައިގެން އައިސް ޖެހުނީ ރިމީޝާގެ އަތްމަތީގައެވެ. ސިހުނުވަރުން އަތުގައި ހުރި ތަށިތައް ޒިންކަށް ދޫކޮށްލުމަށްފަހު ފަހަތަށް ޖެހުނު ވަގުތު ޖެހުނީ ޒިންކާއި ކައިރިވެލި ޝިނާންގެ ގައިގައެވެ. ބަލާކަށް ނުހުރެ ރިމީޝާ ޝިނާންގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

ހިނދުކޮޅަކަށް ހިމޭންކަން ވެރިވެފައި ވަނިކޮށް ދެމީހުން ވެސް ސިއްސައިގެން ދިޔައީ ފަހަތުން ކަރުކެހިލި އަޑު އިވުމުންނެވެ. ދެލޯ މަރާ ބާރުކޮށްގެން ހުރި ރިމީޝާ ދެލޯ ހުޅުވާލުމަށްފަހު އަޑު އައި ދިމާ ބަލާލިއެވެ. ލާނެއް ހިންޏެއް އައިއްސަ ހުރި އައްޔަދު ފެނުމުން ރިމީޝާގެ ހިތުގައި ރިއްސާލިއެވެ. އަވަސް އަވަހަށް ޝިނާންގެ ހަށިގަނޑުން ދޫކޮށްލަމުން ރިމީޝާ ފުރަގަސްދިނެވެ. ރިމީޝާ ކަންތައްކުރި ގޮތުން ވީގޮތް އެނގި ޝިނާން ވެސް ފަހަތް ބަލާލިއެވެ. ހިނިތުންވުމެއް ދިނުމަށްފަހު ޝިނާން ސިޓީންގްރޫމާއި ދިމާލަށް ހިނގައިގަތީ އައްޔަދުގެ ކޮނޑަށް އަތްވައްޓާލަމުންނެވެ. އޭރު ވެސް ރިމީޝާ ހިމޭންކަމާއެކު ޒިންކުގެ އިސްކުރު ދޫކޮށްލައިގެން ހުރީ ރޮވިފައެވެ. ކީއްވެކަމެއް ނޭނގެއެވެ. އައްޔަދު ލޮލަށް ފެންނަ ކޮންމެ ފަހަރަކު ރިމީޝާއަށް އިހުތިޔާރަކާއި ނުލާ ރޮވެނީއެވެ. ހިތުގައިވި ޝަކުވާތައް ގިނަ ކަމުން ކަމަށް ވެސް ވެދާނެއެވެ.

“އަޔާ!! ކަމަކުތަ؟” ސޯފާ ގޮނޑީގައި އިށީންނަމުން ޝިނާން އަހާލިއެވެ.

“ސޮރީ ބްރޯ…. އަހަރެންގެ ސަބަބުން ތިދެމީހުންގެ ރޮމޭންޓިކް ސީން ހަރާބުވީ ދޯ. އެހެނެއްނުވީހެއްނު އަޅެ ދޮރު ލޮކް ކޮށްފަ ބެހެއްޓިނަމަ” އަތުގައި އޮތް ފައިލް އެއްކައިރީ ބާއްވަމުން އައްޔަދު ބުނެލިއެވެ. ޝިނާން ދުރުގައި ހުރި ރިމީޝާއަށް ބަލާލީ ހަމްދަރުދީ ވެފައެވެ. އައްޔަދު އެބުނި ޖުމްލަ ރުވާފައި ފޮނުވާލި ތީރެއްހެން ގޮސް ވަނީ ރިމީޝާގެ ހިތުގެ އެންމެ ފުނަށެވެ. ޒަހަމްވެފައިވާ ހިތް އިތުރަށް ޒަހަމްވުން ނޫން ކަމެއް ނުވިއެވެ.

“އެކަމުވެސް ޝިނާން އާ ރިމީ ވަރަށް ގުޅޭ” ވިސްނާލުމެއްނެތި އައްޔަދުގެ ދުލުން ބޭރުވެގެންދާ ކޮންމެ ލަފްޒެއް ކޮންމެ ޖުމްލައެއް ގެ ސަބަބުން އަނިޔާވެގެން ދަނީ ރިމީޝާގެ ކުށެއްނެތް ހިތަށެވެ.

“ކޮން ފައިލެއް ހިފައިގެން ތިއުޅެނީ” ގަސްދުގައި ޝިނާން މައުލޫ ބަދަލުކޮށްލީ ރިމީޝާގެ ހިތުގެ ހާލު އިހުސާސް ކުރެވިފައެވެ.

“އާނ މީދޯ.. މިވާހަކަ ދައްކަންށޭ މިއައީ… ރިމީ!!!  އާދޭ… ރިމީ ވެސް ހުރެގެން މިވާހަކަދެއްކޭނީ. ރިމީ އަކީ ޝިނާންގެ ވައިފް އަށް ވިއިރު މިކަމަކީ ރިމީ އަށް ވެސް އެނގުން މުހިއްމު ކަމެއް” ކައިރީގައި އޮތް ފައިލް ނަގަމުން އައްޔަދު ދުރުގައި ހުރި ރިމީޝާއަށް ވެސް ގޮވާލިއެވެ. އަންނަން ނާންނަން ދެހިޔާލެއްގައި ހުރެފައި ވެސް ރިމީޝާ ދެލޯ ކައިރި ރަނގަޅަށް ސާފުކޮށްލުމަށްފަހު ތާޒާ ހިނިތުންވުމަކާއެކު އައިސް އިށީނީ ޝިނާން ކައިރީގައެވެ. ޝިނާން ކަރުއެލުވާލަމުން ރިމީޝާއަށް ބަލާލިއެވެ. ރިމީޝާ ހީލަމުން ޝިނާންގެ އަތްމަތީގައި ރިމީޝާގެ އަތް ބާއްވާލިއެވެ. ރިމީޝާގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިރުކޮޅަކު އިނުމަށްފަހު ޝިނާން ދެން ބަލާލީ އައްޔަދަށެވެ.

“އަޔާ!! ތިކުރަން އުޅޭ ކަމެއް ކުރުމުގެ ކުރިން އަހަރެން ބޭނުން ވަރަށް ބޮޑު ކަމެއް އަޔާ އަށް އޮޅުންފިލުވަދޭން” ހިތްވަރުކޮށްފައި ޝިނާން ބުނި އެއްޗަކުން ހައިރާންވެފައި އައްޔަދު ޝިނާން އަށް ބަލާލީ ކޮންކަމެއްހޭ އަހާލާ ކަހަލަ ގޮތަކަށެވެ.

“ރިމީ އަކީ މިހާރު އަހަރެންގެ އަންބެއްނޫން. މިތިބީ ވަރިވެފަ.” އެއް އަތްތިލަ އަނެއް އަތްތިލަ އާއި ހާކާލަމުން ކުޑަކޮށް ހީލާފައި ޝިނާން ބުނެލިއެވެ. އައްޔަދު ދެލޯ ބޮޑުކޮށްލަމުން އެއްފަހަރު އިސްޖަހާލައިގެން އިން ރިމީޝާއަށް އަނެއްފަހަރު ޝިނާން އަށް ބަލާލިއެވެ.

“ވަޓް؟ އަހަރެން ހީކުރީ… ދެން މިޝްކު އެއީ އެހެންވިއްޔާ…..”

“މިޝްކު އަކީ އަހަރެންގެ ދަރިއެއް. މިޝްކުގެ މަންމައަކީ އަހަރެން. އަދި ބައްޕައަކީ ޝިނާން” އައްޔަދުގެ ސުވާލު ފުރިހަމަ ނުވަނީސް ޖަވާބުދިން ރިމީޝާ އެންމެ ފަހަރަކު ވެސް އައްޔަދާއި ހަތަރުކަޅި ހަމަނުކުރެއެވެ. ޝިނާން ރިމީޝާއަށް ބަލާލީ ހައިރާންވެފައެވެ. ރިމީޝާގެ ރާގުގައި ހަރުކަށިކަމެއް ވިޔަސް ވާހަކަދެއްކުމުގައި އިހްތިޔާރުކުރީ މަޑުމައިތިރިކަމެވެ.

“އޯވް…. އަސްލު ކިހިނެއްވީ ޑިވޯސްވީ… މިޝްކޮ އަށް އެންމެ ރަނގަޅުވާނީ މަންމަ ބައްޕަ އެކުގައި އުޅުމުން ދޯ…. އެކަމު…. ސޮރީ… ތިދެމީހުން ދިރިއުޅުން ދޯ….” ދައްކަން ބޭނުންވި ވާހަކަ ފުރިހަމަ ކުރާކަށް އައްޔަދު ބޭނުމެއްނުވިއެވެ.

“އެވާހަކަ ބާއްވާފައި ދެން ބުނެބަލަ ތިކުރަން އައި އަސްލު ކަންތައް” ޝިނާން ބުނެލިއެވެ. ރިމީޝާ ވެސް ދުރަށް ބަލަހައްޓައިގެން އިނެވެ.

“ޝިނާން އަށް ވެސް އެނގޭނެ އަހަރެން ބައްޕަ އާއި ޝިނާންގެ ބައްޕަ އަކީ ދެބެންގެދެދަރި ދެމީހުންކަން. އެއަށް ވުރެ ބޮޑަށް ގާތް ދެއެކުވެރިން. ދުރުކަމެއް އިހުސާސް ކުރެވިފައެއް ނެތް ދޯ ދުވަހަކުވެސް. ދެބައްޕަ ވެސް ދަތުރުކުރަން އުޅުނު ބޯޓް ކަނޑުމަތީގައި ހިނގި އެކްސިޑެންޓެއްގައި މިދުނިޔެއާއި އަލްވަދާޢު ކިއީ… މިގެއަކީ އަހަރެންނާއި އެއްވަރަށް ޝިނާންގެ ވެސް ގެއެއް. ނިޔާވުމުގެ ކުރިން ދެބައްޕަ ތައްޔާރުކުރި ލިޔުން މިއޮތީ. މިލިޔުމުގައި ޝިނާން ވެސް ސޮއިކުރޭ. މިގެއަށް ފައިދާއެއް ވިޔަސް އަދި ގެއްލުމެއް ވިޔަސް އެކަމުގައި އަހަރެމެން ދެމީހުންގެ ހިއްސާ އޮންނާނީ އެއްވަރަކަށް. ދެބައްޕަ ދުނިޔެ ދޫކޮށް ދިޔައީ ދެރަހްމަތްތެރިން ފަދައިން. އެކަހަލަ މިސާލެއް އަހަރެމެން ދެމީހުން ވެސް ދައްކަން އަހަރެން ބޭނުން. އަހަރެން ބެނުންވިނަމަ މިލިޔުން އުމުރަށް ފޮރުވައިގެން ވެސް އުޅެވުނީސް. އެކަމު އަހަރެންނަކީ އެހާ ނުބައި މީހެއް ނޫން. އަހަރެންނެކޭ އެއްފަދައިން ދެވަނަ މީހާގެ އިހުސާސްތަކަށް ވެސް އަހަރެން ގަދަރުކުރަން” ޝިނާންގެ އަތަށް ފައިލް ދެމުން އައްޔަދު ބުނެލިއެވެ.

އައްޔަދު ދެއްކި ވާހަކަތަކުން ހައިރާންކަމެއް ލިބި ރިމީޝާ އިނީ އައްޔަދުގެ މޫނުން ނަޒަރު ވަކިކޮށްލަން ނޭނގިފައެވެ. ލިޔުންތަކުގައި ޝިނާން ސޮއި ކުރަން އިން ވަގުތު އައްޔަދު ރިމީޝާއަށް ބަލާލީ ނޭނގުމެއްގެ ތެރެއިންނެވެ. އައްޔަދަށް ހައިރާންކަމެއް ލިބުނީ އޭނާ އަށް ބަލަން ހުއްޓިފައިއިން ރިމީޝާ ފެނުމުންނެވެ. މަޑު ލޭރަތްކުލައިގެ ހިމަ ދެތުންފަތް ކުޑަކޮށް ފޭވިފައިވިއިރު ދެލޮލުގައި ކަރުނަތައް ވިދާ ބަބުޅަމުން ދިޔައެވެ. ރިމީޝާގެ ދެލޮލަށް ހިނދުކޮޅަކަށް އައްޔަދަށް ވެސް ބަލަން ހުރެވުނެވެ. އައްޔަދުގެ ނަޒަރު އެހެންދިމާލަކަށް ބަދަލުކޮށްލީ ރިމީޝާގެ ކޯތާފަތް ހުރަސްކޮށް ތިރިއަށް ރޮނގަކަށް ދަތުރުކުރި ކަރުނަތިކި ފެނިފައެވެ.

“ކީއްވެ؟ ކީއްވެ އަޔާ؟ އަނެއް މީހާގެ އިހުސާސްތަކަށް ތިހާ ގަދަރުކުރާއިރު އަހަރެންގެ އިހުސާސްތަކަށް ގަދަރުނުކުރީ ކީއްވެ؟ އަހަރެންގެ ކުށަކީ ކޮބާތަ؟ އަހަރެންނަށް އިންތިހާ އަށް އަޔާދެކެ ލޯބިވެވުންތަ؟ އެނ؟ ބުނެބަލަ؟ އަހަރެންނަށް ތިވަރުގެ އަނިޔާއެއް ތިދިނީ ކީއްވެތަ؟ އަހަރެންނަށް ހާދަ ތަދުވެއޭ އަޔާ. އަޔާ ހީކުރަނީ އަނިޔާއަކީ ހަމައެކަނި ބޭރުފުށުން ލެވިފައިވާ ޒަހަމްތަކަކަށް ކިޔާ ނަމެއް ކަމަށްތަ؟ ހެޔޮނުވާނެ އަޔާ އެގޮތަށް އަހަރެން ދޫކޮށްލި ސަބަބަކީ ކޮބާތަ؟ މޫނުމަތީގައި އެއްވެސް އަސަރެއްނެތް މީހެއް ފަދައިން އިންތަނުން ތެދުވެގެން ދިޔަ ރިމީޝާ ގޮސް ތަތްވީ ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު އެދޮރުގައެވެ. އެހުރިހާ ޝަކުވާތައް އައްޔަދަށް އިއްވާދޭން ބޭނުންވިޔަސް ދުލު ކުރިއަށް އެންމެ ލަފްޒެއް ވެސް ނައެވެ. އޭނާގެ ހިތް ވަނީ ފަޅިފަޅިވެ އެތިކޮޅު ތަކަކަށް ވެފައެވެ.

ނިކުމެގެން ދިޔަ އައްޔަދަށް ބަލަން ސޯފާގައި އިން ޝިނާން ދެއަތްތިލައިގެ ތެރޭގައި މޫނު ފޮރުވާލީ ހިތަށް ކުރި އަސަރަކުން ކެތްނުވުމުންނެވެ. މިއަދު އައްޔަދު ކުރިމަތީގައި އޭނާ ހާމައެކުރީ ދުވަހަކުވެސް ދެވަނަ މީހެއް ކައިރީގައި ހިއްސާ ކޮށްފައިނުވާ ހަޤީޤަތެކެވެ. މޫނުމަތިން ދެއަތްތިލަ ނަގާ ސޯފާގައި އޭނާ އަށް ބޯއަޅާލާ މައްޗަށް ނަޒަރުހިންގާލެވުނު އިރު އޭނާގެ ހިޔާލީ ލޯނގަޑަށް ރިމީޝާ އޭނާގެ އަންބެއްގެ ގޮތުގައި އެދެއަތު ތެރޭގައި ވީ ދުވަސް ހިޔާލީ ލޯގަނޑުގައި ކުރަހާލިއެވެ.

އިރުކޮޅަކުން އޭނާ އިން ތަނުން ތެދުވެ ދެކޮޅަށް ހިނގަންފެށީ އެހިޔާލުތަކުން ދުރުހެލިވުމަށްޓަކައެވެ. މޭގެ ހިތާއިވީ ފަޅީގައި އަތުން ފިރުމާލެވުނީ ހިތަށް ތޫނު ތަދެއް އިހުސާސް ކުރެވުމުންނެވެ. ދާދި ދެންމެއަކު ރިމީޝާ އައްޔަދަށް ބަލަން އިންގޮތާއި އައްޔަދަށްޓަކައި އެދެލޮލުން ފެނުނު ނިމުމެއްނެތް ލޯތްބެއްގެ ސަބަބުން ޝިނާންގެ ހިތުގައި ވަނީ ކޫރުން އެޅިފައެވެ. ކަރުހިއްކައިގަނެފައިވާ އިންސާނަކު ބޯފެން ބޭނުންވާ އުސޫލުން އޭނާ ވަނީ ރިމީޝާގެ ލޯތްބަށް ފެންބޮވައިގަނެފައެވެ. ނަމަވެސް އެއްފަރާތުން ވެވޭ ލޯތްބަކީ އެންމެ ވޭންދެނިވި ލޯބި ކަން އެނގޭއިރު ގަދަކަމުން އެލޯބި ހޯދާކަށް އެއްވެސް މަސައްކަތެއް ކުރާކަށް ޝިނާން ބޭނުމެއް ނުވޭއެވެ. ރިމީޝާގެ އުފާވެރިކަން ވަނީ އައްޔަދާއި ގުޅިފައިކަމުގައި ވާނަމަ އެދެމެދަށް ހުރަހަކަށް ވެގެން ހުންނާކަށް ފަހަރެއްގައި ވެސް ޝިނާން ބޭނުމެއްނުވޭއެވެ.

 

އާދުވަހަކަށް އިރު ފެނުން ތޮޅިލީ އެތައް ބައެއްގެ ހަޔާތަށް އުފާވެރިކަމާއި ހިތާމަ ގެނެސްދެމުންނެވެ. ހިތްވަރެއް ހުރި އިންސާނެއްވިއްޔާ ލިބުނު ހިތާމައަކާއި ކުރިމަތިލާން މަޖްބޫރު ކުރަމުންނެވެ. އެއީ ދުނިޔޭގެ އާދައެވެ. ކުޑަކުޑަ އައިކު ރޯލުމާއެކު ނިދާފައި އޮތް ޝަނުމް އެކުޑަކުޑަ ފުށްގަނޑުގެ ނެޕީމަތިން ކުޑަކޮށް ފޫކޮޅުގައި ތަޅާލައެވެ. އޭނާގެ ބޭނުމަކަށްވީ އައިކުގެ ރޯއަޑުން އޭނާގެ ނިންޖަށް ބުރޫއެއް އެރިޔަނުދިނުމެވެ. ނަމަވެސް އައިކު މިފަހަރު ގަދަކޮށްލިއެވެ. ޝަނުމްގެ ކަންފަތް ފަޅައިގެންދާ ވަރަށް ރޯންފެށިއެވެ. އެއްވެސް މީހަކަށް އުނދަގުނުކޮށް މުޅި ރޭގަނޑު ނިދުމުގައި އެކުޑަ ކުއްޖާ ހޭދަކޮށްފައި ފަތިހުގެ ހިތްގައިމު ވަގުތަށް އަބަދުވެސް ހޭލަން ވަނީ އާދަކޮށްފައެވެ. ނަމަވެސް ފަތިހުގެ ނިންޖަކީ ޝަނުމް އަބަދުވެސް އެންމެ މީރުކޮށްފައި ކާ ނިންޖަށްވާތީ އައިކު ރޯއަޑު އިވުމުން ޝަނުމް އަށް ވީ އުނދަގުލެވެ.

ކުއްލިއަކަށް ކޮޓަރީ ދޮރުހުޅުވާލާފައި ވަން ޒާއިރާ ޝަނުމް ކައިރީގައި ބޮޑު އެނދުގައި އިން އައިކު  ފެނުމުން ހިތްހަމަނުޖެހުނީ ޝަނުމް ދެކެއެވެ. އަނގައިގާ ރޫރު އަޅުވާފައި ރޯން އިނީ އޭނާގެ އަޑަށް އެއްވެސް މީހަކު އިޖާބަ ނުދިނުމުންނެވެ. ޒާއިރާ ފެނުމާއެކު އައިކު އެނދުން ފައިބަން އުޅެންފެށިއެވެ.

“ސާބަސް އެކަމަކު ޝަނުމް އަށް. ޝައްނު ރޭގައި އެވަރަށް ކީމަ ދޯ އައިކު މިކޮޓަރިއަށް ގެނައީ. އެކަމަކު އެކުއްޖާ އެވަރަށް އެހީއަކަށް އެދި ގޮވުމުން ވެސް އޮތްތަނުން ހިއްލާނުލިތާ ދެލޯ ހުޅުވާ އެކުއްޖާފުޅަށް ބަލާވެސްނުލި. ތެދުވޭ. ނަމާދުވެސް ނުކުރަމެއްނު. މިހާރު ތެދުވެގެން ގޮސް ވީ އެންމެ އަވަހަކަށް ނަމާދަށް އަރަންވީ” އައިކު ކިހިލީގައި ޖަހައިގެން ޒާއިރާ ކޮޓަރިން ނިކުތީ ޝަނުމް އަށް ނުނިދޭނެ ވަރުު ކޮށްފައެވެ. ސިޓިންގރޫމަށް ނިކުމެ ކުޅެއެއްޗެހިތަކެއްދީފައި އައިކު ތިރީގައި ބައިންދާފައި ޒާއިރާ ވަނީ ބަދިގެއަށް ބުށްތައްޓެއް ހެދުމަށެވެ.

ޖޮގިން ނިންމާފައި އައްޔަދު ބޭރުން އައިސް ގެއަށް ވަނީ ޒާއިރާ އައިކު އަށް ބުށްތަށި ދޭން އިންދައެވެ. ގިނަ އިރުތަކަކަށްފަހު އައިކު އަށް ބައްޕަ ފެނުމުން ކޮނޑުގައި އެލިގަތެވެ. ދާހިއްލާފައި ހުއްޓަސް އައްްޔަދަށް އެދަރިފުޅު ދުރުކޮށްލާކަށް ނުކެރުނެވެ.

“ޝިނާންމެން ރަށަށް ދާން އެބައުޅޭ ހަފްތާއަކަށް. ޒާއްތަ ދާން ބޭނުންތަ؟” އައްޔަދު ޒާއިރާ އަށް ބަލާލަމުން ބުނެލިއެވެ.

“ކޮން ރަށަކަށް ދަނީ. ޒާއްތަ ރާއްޖެތެރެއަށް ނުދާތާ ވަރަށް ގިނަ ދުވަސްވެއްޖެ. ނުދާކަށް މިވަގުތަށް އެއްވެސް ހުރަހެއް ނެތެއްނު. ޝަނުމްގެ ކިޔެވުން ވެސް އަދި ފެށޭނީ ދެހަފްތާ ފަހުން. އެހެންވީމަ ހިނގާ ދަމާ” ޒާއިރާ އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ.

“އަހަރެން ވެސް ވަރަށް ބޭނުން ދާން. އެހެންވީމަ ނާނު ކައިރީގައި ބުނާނަން އެންމެން ދާނޭ. އެކަމު އަދި ޝައްނު ބޭނުންވާ ގޮތެއް ވެސް ނޭނގެއެއްނު” އައްޔަދު ބުނެލިއެވެ.

“ޝައްނު ދާނެ. މިކަހަލަ ހަލަބޮލި ތަނަކަށް ވުރެ ރާއްޖެތެރޭގެ ހިތްގައިމު މާހައުލު ހިތާއި ސިކުނޑި އަށް ވެސް ހަމަޖެހުން ގެނުވާނެ. ޒާއްތައަކަށް ހިއެއްނުވޭ ޝައްނު ނޫނެކޭ ބުނެފާނެހެނެއް” ޒާއިރާގެ އޭނާގެ ހިޔާލު ފާޅުކޮށްލިއެވެ.

އެންމެފަހުން އައްޔަދު ކޮޓަރިއަށް ވަނީ ޒާއިރާ ބުށްތަށި ދީ ނިމުމުން އައިކު ގޮވައިގެންނެވެ. ސައިބޯން އަންނާނެ ކަމަށް ބުނެ އައްޔަދު ދިޔުމުން ޒާއިރާ ވިސްނުންތަކާއި ދުރުވެ ހެނދުނުގެ ސައި ހެދުމުގައި އަވަދިނެތި އުޅެންފެށިއެވެ.

ކޮޓަރިން ނިކުތް ޝިނާން ބަދިގެއަށް ބޯދިއްކޮށްލީ ސިޓިންގްރޫމުން ރިމީޝާ ފެންނަން ނެތުމުންނެވެ. ނަމަވެސް ބަދިގެއިން ވެސް ރިމީޝާ ފެންނަން ނެތުމުން ޝިނާން ސިޓިންގްރޫމުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލިއެވެ. ރޭގަނޑު ދިހައެއް ޖަހަން ގާތްވަނީއެވެ. ފިހާރައަކަށް ވެސް މިވަގުތު ރިމީޝާ ގޮސްދާނެހެނެއް ޝިނާން އަކަށް ހިއެއް ނުވެއެވެ. މިޝްކުގެ ކޮޓަރީގައޭ ހިތާ ޝިނާން އެކޮޓަރީގައި ޓަކި ޖަހާލުމަށްފަހު ކުޑަކޮށް ދޮރު ކައިރީގައި މަޑުކޮށްލިއެވެ. އެތެރެއިން ހަބަރެއް ނުވުމުން ޝިނާން ތަޅު އަނބުރާލަމުން އެތެރެއަށް ބޯދިއްކޮށްލިއެވެ. އެނދުގައި ނިދާފައި އޮތް މިޝްކު ފެނުމުން ޝިނާން އަލުން ދޮރު ލައްޕާލުމަށްފަހު ސިޓިންގްރޫމަށް ނިކުމެ ތުނބުޅީގައި އަތް ހާކާލީ ރިމީޝާ ދިޔަ ތަނަކާއި މެދު ވިސްނާލަމުންނެވެ. އެހެންޏާ ރިމީޝާއަކީ ނުބުނެ ތަނަކަށްދާ ކުއްޖެއް ނޫނެވެ. އަލުން ކޮޓަރިއަށް ވަދެ ޗާޖަރަށް ޖަހާފައި އޮތް އޭނާގެ ފޯނު ހިފައިގެން ކޮޓަރިން ނިކުތީ ރިމީޝާގެ ނަންބަރަށް ގުޅަމުންނެވެ. ރިމީޝާގެ ފޯނުގެ ރިންގުގެ އަޑު އަންނަ ސިޓިންގރޫމުން ނިކުމެވެން ހުންނަ ބެލްކަންޏަށް ޝިނާން ނިކުމެލިއެވެ.

ކަންފަތުގައި ޖަހާފައި އޮން ފޯނު ޝިނާން ތިރިކޮށްލީ ރެއިލިންގްގައި ހިފަހައްޓާލައިގެން ހުރި ރިމީޝާ ފެނުމުންނެވެ. ރިމީޝާގެ ނަޒަރު ސީދާވެފައިވަނީ އަނދިރިކަން ވެރިވެފައިވާ އުޑު މެދުގައި ހުރި ހަނދަށެވެ. ޝިނާން އެތަނުގައި ހުރި ކަމެއް ރިމީޝާއަކަށް ނޭނގޭއެވެ. އޭނާގެ ކަންފަތް ކޮޅަށް ޖެހިގެން ދިޔައީ ހިތާމައާއި ވޭން އެކުލެވިގެންވާ އަޑަކުން ރިމީޝާ ކިޔަމުން ދިޔަ ޅެން ބައިތަކަށެވެ.

“އަނދިރި ރޭ ރޭ ވިދާ ތަރިތައް

ފެނުނީމާ ހަނދާން އާވޭ

އެކަނިވެރިކަން ފެތުރިފައިވާ

މަގޭ މިހަޔާތް ބަދަލުވޭތޯ

ލޯބިނުވިޔަސް ފިރުމާލަދީ…..”

އެޅެން ބައިތު ރިމީޝާ ނިންމާލިއިރު ކިތަންމެހާވެސް ރީއްޗަށް ޝިނާންގެ ހިތާއި ކުޅެލައިފިއެވެ. އިހުތިޔާރަކާއި ނުލާ އޭނާގެ ދެލޯ ފުރިގެން އައީ އޭނާއަށްޓަކައި ރިމީޝާގެ ހިތުގައި ޒައްރެއްގެ މިންވަރަށް ވެސް ލޯތްބެއް ނުވާ ކަން އިހުސާސް ވުމުންނެވެ. ނަމަވެސް އެފަދަ ހަމަހިމޭން ވަގުތުކޮޅެއްގައި ރިމީޝާއާއި އެކުގައި އެކަނި ވާހަކަދައްކާ ލެވުމުން ވެސް އޭނާގެ ހިތަށް އެތައް ޓަނެއްގެ އުފާވެރިކަން އިހުސާސް ކުރެވޭނެތީ ޝިނާން އެތަނުން ދާހިޔާލެއް  ނުކުރިއެވެ. އޭނާ ފަހަތުގައި ހުރިކަން ރިމީޝާއަށް އަންގަދިނުމަށްޓަކައި ކަރުކެހިލިއެވެ. ސިހިފައި ރިމީޝާ އެނބުރި ބަލާލިއެވެ. ފަހަތުގައި ޝިނާން ހުރިކަން އެނގުމުން ރިމީޝާ ރަކިވިިއެވެ.

“ހާދަ ރީތި ޅެމެއްް ތިކިޔާލީ…” ރިމީޝާއާއި އެއްހަމައެއްގައި ހުއްޓިލަމުން ޝިނާން ބުނެލިއެވެ. ރިމީޝާ ލުއިލުއި ކޮށް ހީލި މަންޒަރު ފެނުމުން ވެސް ޝިނާންގެ ހިތް ފުރިގެން އައެވެ.

“ހެހެހެ… ކުރީގަ ސްކޫލުގަ ވަރަށް ޅެންކިޔާ އުޅުނިން. އެއީ ވަރަށް ކުރާހިތްވާ ކަމެއް. ރައިވަރާއި ބަނދި ވެސް ކިޔާ ހެދިން. އެނގޭތަ؟ އަޔާ ވެސް ވަރަށް މޮޅަށް ބަނދި ކިޔާނެ” އެއްވެސް އަސަރެއް ނެތް ގޮތަކަށް ރިމީޝާ ބުނެލިއެވެ.

“ރިމީ ވަރަށް ހޯދާފައޭ މިތަނަށް މިނިކުމެލީ” އައްޔަދުގެ ވާހަކަތައް ދައްކައިގެން ރިމީޝާގެ ހިތަށް ތަދުކުރަން ބޭނުންނުވާތީ ޝިނާން ބުނެލިއެވެ.

“އާނ… މިޝްކޮ ނިދީމަ ހިތަށް އެރީ ނިކުމެލާން. ޝިނާން ވެސް ކޮޓަރީގައި ވިއްޔާ އުޅުނީ. ގޮވަން އުޅެފައިވެސް ހިތަށް އެރީ ކޮންމެސް އަމިއްލަ ކަމެއްގައޭ އުޅޭނީ. އެހެންވެ ނުގޮވީ” ރިމީޝާ އޮޅުންފިލުވާދިނެވެ. ރިމީޝާ ރެއިލިންގްގައި ދެއަތް އަޅުވާލައިގެން ހުރިއިރު ޝިނާން ހުރީ ރެއިލިންގްގައި ބުރަކަށި ޖައްސާލައިގެން ހަށަން ބަނދެގެން ރިމީޝާގެ މޫނަށް ބަލަހައްޓައިގެންނެވެ.

“އޮފީސް މަސައްކަތެއްގައޭ އިނީ” ޝިނާން ބުނެލިއެވެ.

“ރިމީ!! އަހަރެން ވާހަކައެއް އަހާލަންތަ؟” ޝިނާން ބުނެލިއެވެ. ރިމީޝާއަށް ކުޑަ ހައިރާންކަމެއް ލިބި ހިތްތެޅިލިއެވެ. ޝިނާން އަހަން އުޅޭ އެއްޗެއް ނޭނގި ޝިނާންގެ މޫނަށް ބަލާލިއެވެ.

“އަޔާ އިންނަން ހުރިއްޔާ ރިމީ ބޭނުންތަ އިންނަން” ރިމީޝާގެ ލޮލާއި ޝިނާންގެ ލޯ ސީދާކޮށްލަމުން ޝިނާން އަހާލިއެވެ. ރިމީޝާ ކުޑަކޮށް ހީލިއެވެ. ޝިނާންގެ ލޮލުން ނަޒަރު ވަކިކޮށްލަމުން ދުރަށް ބަލާލީ އެއީ ވާނެ ކަމެއް ނޫނޭ ހިތާއެވެ.

“ދެއަންބަށް. ހިއެއްނުވޭ ތީ ދުވަހަކު ވެސް އަޔާ ކުރަން ބޭނުންވާނެ ކަމެއްހެނެއް” ރިމީޝާ ދުރަށް ބަލަން ހުރެ ބުނެލިއެވެ.

“ސުވާލަކީ ދެއަނބިން ތިއްބަސް އަޔާ އެކަން ކުރަންހުރިއްޔާ ރިމީ އިންނާނަންހޭ” ރިމީޝާ ދުރަށް ބަލަން ހުއްޓަސް އަދިވެސް ޝިނާންގެ ނަޒަރު ވަނީ ރިމީޝާގެ މޫނަށް ހުއްޓިފައެވެ.

“ދެއަނބިން ކީއްކުރަން. ހަތަރު އަނބިން ތިއްބަސް އަހަރެންގެ ފަރުވާލެއްނެތް” މޮޅިވެރިކަން އެކުލެވިގެންވީ އަޑަކުން ރިމީޝާ ބުނެލި ބަހުގެ ހަމަލާ ރައްދުވީ ސީދާ ޝިނާންގެ ހިތަށެވެ. ދެލޮލުގައި ކަރުނަތައް ބަބުޅަން ފެށީ ބަސްބުނާހާ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެއްލޮލުން ވެއްޓެން ތައްޔާރުވި ކަރުނަތިކި ރިމީޝާ ބަލާލުމުގެ ކުރިން ފޮހެލުމަށްފަހު އަވަސް އަވަހަށް ހީލިއެވެ.

“ހަމަ އެހާ ލޯބިވޭތަ އަޔާދެކެ” ޝިނާން އަހާލިއެވެ. ބަދަލުގައި ރިމީޝާ ޝިނާން އަށް ބަލާލަމުން ހަމައެކަނި ބޯޖަހާލިއެވެ. މޫނުމަތިން ހިނިތުންވުން ދައްކައިގެން ހީލައިގެން ހުއްޓަސް ޝިނާންގެ މޭތެރޭގައި ކުށެއްނެތި ރޮމުން ދިޔަ ހިތް ވިރިގެން ފައިބަނީއެވެ.

“ރިމީ އަށް ވަރަށް އުފާވެރި ހަބަރެއް އޮތީ” ޝިނާން ބުނެލިއެވެ. ރިމީޝާ ޝިނާން އަށް ބަލާލިއެވެ.

“އަޔާ ގެ މިހާރު އަންބެއްނެތް. ޖަނާން އޭނަ ދޫކޮށްލާފައި ދިޔައީ އެމީހުންގެ ބޭބީއަށް މަހެއްވެސް ނުވަނީސް” ޝިނާން ބުނެލިއެވެ. ރިމީޝާއަށް ކުއްލި ސިހުމެއްލިބި ދެލޯ ބޮޑުވިއެވެ. ޝިނާންގެ ވާހަތަކުން އިތުރަށް އައްޔަދާއި މެދު އެހިތުގައި ހަމްދަރުދީ އާއި ލޯބި ބޮޑުވެގެން ދިޔައެވެ.

“އަހަރެންނަށް ފެންނަނީ ރިމީ އަޔާ އަށް އޭރުގެ ހުރިހާ ހަގީގަތެއް ކިޔާދޭން. އެއީ އޭނާ އަށް ވެސް އެނގުން މުހިއްމު ހަޤީޤަތެއް. ކޮންމެސް ސަބަބަކާއި ހުރެ ނުބުނެވި ވިޔަސް މިހާރު އެއްވެސް ހުރަހެއް ނެތެއްނު” ޝިނާން ބުނެލިއެވެ. ރިމީޝާ ވަކި ޖަވާބެއް ނުދީ ހިމޭނުން ހުއްޓެވެ.

“ރިމީއަށްޓަކައި އަހަރެން އަޔާ ކައިރީގައި މިވާހަކަ ދައްކަދޭނަން. އަޔާ ޖެހޭނީ ރިމީ އަންބެއްގެ ގޮތުގައި ގަބޫލުކުރަން. އަހަރެން ވައުދުވަން. ރިމީއަށް ރިމީގެ ލޯބި ލިބޭނެ. އެކަމަކު ހަނދާންކުރާތި އަހަރެން މިކަން މިކޮށްދެނީ ހަމައެކަނި ރިމީއަށްޓަކައި. އަހަރެން ރިމީދެކެވާ ތެދުވެރި ލޯތްބަށްޓަކައި….. ދެން އަވަހަށްދޭ ނިދަން. ތިހެން ހުއްޓާ މާބޮޑަށް ފިނިވެ ރޯގާޖެހިދާނެ. މިޝްކުގެ މަންމިއަށް ރޯގާ ޖެހުނީމަ މިޝްކު ދެރަވާނެ” ޝިނާން ބުނަން ބޭނުންވި އެއްޗެއް ބުނުމަށްފަހު ސިޓިންގްރޫމަށް ވަދެގެން ދިޔައެވެ.

ޝިނާން ދިޔަ ދިމާލަށް ބަލަން ހުރި ރިމީޝާއަށް ރޮވުނެވެ. އޭނާގެ އަމިއްލަ އުފަލަށްޓަކައި އެހެން މީހެއްގެ ހިތް ހަލާކުކުރަން ވެދާނެ ހެއްޔެވެ؟ އޭނާ އަށް ރަނގަޅީ ކޮންގޮތެއް ކަމެއް ހުދު އޭނާއަކަށް ވެސް ނޭނގޭއެވެ. އެނގޭ އެއްޗަކީ އެއްފަރާތުގައި ވަނީ އެލޯތްބަށްޓަކައި އޭނާ އަށްއަހަރު ދުވަހު ދިގު އިންތިޒާރެއް ކުރަން ޖެހުނު ލޯތްބެވެ. ދޯކާ ލިބިފައި ވިޔަސް ހިތުން ނުފިލި ލޯތްބެވެ. އެމީހަކަށްޓަކައި އަމިއްލަ ހަށިގަނޑު ގުރުބާން ކުރި ލޯތްބެވެ. އަނެއްފަރާތުގައި ވަނީ އޭނާގެ ލޯތްބަށްޓަކައި ޖާނުން ޤުރުބާންވާން ތައްޔާރަށް ހުރި ފަރާތެކެވެ. ބަހާއި އަމަލުން ކޮންމެދުވަހަކު އެތައް ސަތޭކަ ފަހަރު ލޯބިވާކަން ސާބިތުކޮށްދެމުން އަންނަ ފަރާތެވެ. އޭނާގެ މޭގެ އެތިކޮޅު ކަމުގައިވާ ލޯބިވާ ދަރިފުޅާއި ގުޅިފައިވާ ފަރާތެވެ. މުޅި ދުނިޔެއަށް އޭނާ ބަދުނާމްވެ ބާކީވެފައި ވަނިކޮށް އެހީތެރިކަމުގެ އަތްދިއްކޮށްލި ފަރާތެވެ. އަށްއަހަރު ދުވަހު ކުރި މަސައްކަތުން ވެސް އޭނާ އަށް ލޯބިނުވެވުނު ފަރާތެވެ. ހުރިހާ ވިސްނުންތަކެއް އެއްވެ އޭނާގެ ސިކުނޑި ފަޅައިގެންދާވަރު ވެފައި ވިޔަސް އޭނާ އަށް ބުރަވެވުނީ އޭނާ ލޯބިވާ ފަރާތަށެވެ. އެންމެ ދުވަހެއްގެ ފަޅިސިކުންތަކަށް ވިޔަސް އައްޔަދުގެ އަންބެއްގެ މަގާމުގައި އިނދެވުމުން އޭނާ އަށް ދުނިޔޭގެ ހުރިހާ އުފަލެއް އިހުސާސް ކުރެވުނީއެވެ. އެކަމަށްޓަކައި ޝިނާން ގެ ހިތް ހަލާކުކޮށްލަން ޖެހުނަސް އެކަން އޭނާ ކުރާނެއެވެ. ޝިނާންއަށްޓަކައި އޭނާގެ ހިތުގައި ރަހްމާއި ހަމްދަރުދީ އިންތިހާ އަށް ވިޔަސް އައްޔަދުގެ މައްޗަށް އެހިތުގައި ފަނޑުވުމެއްނެތް ލޯބި މާ ބާރުގަދަވެފައި ތެދުވެރިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އާދޭސް ކުރާ ހިތްވޭ ރޮމުން (7)

Next

ނޫރު (ފަންސާސްތިންވަނަ ބައި)

Next
March 25, 2018

ނޫރު (ފަންސާސްތިންވަނަ ބައި)

Previews
March 25, 2018

އާދޭސް ކުރާ ހިތްވޭ ރޮމުން (7)

44 Comments!

  1. Ushaali says:
    March 25, 2018 at 5:03 pm

    salaam all!!! huriha kudhinnah ves mi bai kamudhaane kamah ummeedhu kuran. mistake eh iniyya fahaga kolla dhinun edhen 🙂
    dh in part tuesday ga genesdheynan. insha allah 🙂

  2. Nu Xu says:
    March 25, 2018 at 5:05 pm

    Hama up vaane irakah balabalaa indhaa thi up kohdhiny… Vvvvv salhi stry eh… Part 3 up kurithanaa mi stry kiyan start kury… Vvvv sweet stry eh meee… I just luv it… Keep it up… Best of luck.. Waiting 4 next part… Luv yuh

  3. Nu Xu says:
    March 25, 2018 at 5:08 pm

    Yeyyyyy me first dhw today… ??????

    1. Ushaali says:
      March 25, 2018 at 11:12 pm

      awww… thankyu so much NuXu 🙂 luv you too… 🙂 🙂

  4. Shann says:
    March 25, 2018 at 6:08 pm

    Miyadhu Sunday v ma khonireh story ah inthixaaru kuraathaa… Iru iru kolhaa balailevey up vehjetho… Kiyaahithun hama kehmadhuvefa…v v ves furihama mibaives…

    1. Ushaali says:
      March 26, 2018 at 9:43 am

      thankyu Shann 🙂 dhn in bai ves hama ehaa furihama vaan. kiyaalahche 🙂

  5. Hana says:
    March 25, 2018 at 6:25 pm

    Alsu ayyadhu dhari ehtha misku aky

    1. Ushaali says:
      March 26, 2018 at 9:45 am

      misku akee ayyadh ge dhari eh nama mishku ah vaany 4yrs eh noonenu. 08 aharu fas dhw mihaaru vahakaigae annany… ehen v ma misku vaany shinan ge dhari akah nu 🙂 🙂 dhn kuriah huri baithakun vaauvaa engemun dhaane 🙂

  6. araash says:
    March 25, 2018 at 7:01 pm

    V v v v salhi…

    1. Ushaali says:
      March 25, 2018 at 11:11 pm

      thankyu araash 🙂

  7. Niu says:
    March 25, 2018 at 7:19 pm

    Ayaa aa rimy nugulhuvathi ushaali
    Dhokaa dheefa dhiyaee nu
    Shinaan kihaa rangalhu dhw
    Vaahaka hama v reethi ingey
    Keep it up
    ??????????

    1. Ushaali says:
      March 26, 2018 at 9:47 am

      vahaka nimumuge kurina yagynun ves konmes ekakaa rimy gulhuvaanan… dhn balaany kaakah tho rimee libeny 🙂 and thankyou Niu 🙂

  8. Sham says:
    March 25, 2018 at 7:26 pm

    Salhi ey

    1. Ushaali says:
      March 25, 2018 at 11:11 pm

      thankyu Sham 🙂

  9. NAAZ says:
    March 25, 2018 at 7:27 pm

    V foohivey mikahala anhenundheke olhuvaala makaruberinna hedhi ulhefaane dhn hama…vaahaka v reethi next part avaskoh genasdhehchey…,

    1. Ushaali says:
      March 25, 2018 at 11:10 pm

      foohinuvey NAAZ ekahala anhenun ves vaanenu ulhen dhw. hehehe…. and thankyu dear 🙂

  10. Rai says:
    March 25, 2018 at 7:29 pm

    When did they divorce?
    N y?

    1. Ushaali says:
      March 26, 2018 at 9:48 am

      lets see… kuriah huri bai thakun engeyne keevve kama koniraku kan 🙂

  11. Manje says:
    March 25, 2018 at 7:33 pm

    Ushaali hama thedhah mibunani . mi story kiyaafa v dheravey .Asslu shinan rimysha ge loabi libun haggu . Shinaan manje ebahurin ingey shinan ah takaa .heh? ma nama ma dheke loabivaa myhehge fahathun ma dhaani .ma loabivaa myheh fahathakun noon .Ushaali plx . shinaan ah ehen nuhadhaaba . Roveny roveny dhen hama roveny??

    1. Ushaali says:
      March 25, 2018 at 11:09 pm

      hehehe…. shinan ah manje thihireenu… ehen v ma shinan ekani nuveynu dhw 🙂 shinan jeheynee kuda koh keikollan… dhn balamaa vahaka dhaa goi… and thankyu Manje 🙂

  12. Reem says:
    March 25, 2018 at 8:03 pm

    Alhey..
    Ehen v ma mishku aee ayyadhuge dhw..
    Rimeeshaa ves alhe haadha moya ey..
    Mihaaruves kurin kameh v kan ves ayyadhakah neyge
    Eyna hithuga evves loaibeh neiy rimee akah..
    V foohivey..
    Pls shinan n rimee vaanii gulhuvan..

    1. Ushaali says:
      March 25, 2018 at 11:08 pm

      lets see Reem vaa gotheh…. dhw… thankyu dear 🙂

  13. Swety says:
    March 25, 2018 at 9:00 pm

    Vvvvv nice mi part ves

    1. Ushaali says:
      March 25, 2018 at 11:07 pm

      thankyu Swety 🙂

  14. Unaal says:
    March 25, 2018 at 9:12 pm

    E thedheh shinaan n Rimy plc plc plx ..I hate ayyadhu

    1. Ushaali says:
      March 25, 2018 at 11:06 pm

      hehehe thankyu Unaal 🙂

  15. lotus says:
    March 25, 2018 at 9:33 pm

    Story v nice.. v kiyaahivvey.. but this relations r so complicated adhi neyge much.. mishku is 4years so that means daddy akee shinan ey dho.. but y did they got married in the first place if she never loved him n y r they divorcd now.. so many questions.. mi hurihaa kameh ge hagee gai balaalan kemmadhuvefa.. pls avahah up kolladheh chey?

    1. Ushaali says:
      March 25, 2018 at 11:06 pm

      thankyu so much… yes mishku ge daddy akee shinan kan mihaaru eba engey dhw. thi huriha suvaalu thakegge javaabu vahaka nimigen dhaa iru libeyne 🙂 🙂

  16. Shann says:
    March 25, 2018 at 9:58 pm

    Wow v rythi mibaives… V kiyaalaa hithun mikiyaaly… Alhe remeesha dhen shinaan ge loabi gabool kuraane nama dhw… Shinaan haadha rangalhey… Evaruves remeesha ah nuvisney… V rythi mi story n kuriah gendhaa goehves hama ehvana…

    1. Ushaali says:
      March 25, 2018 at 11:04 pm

      thankyu Shann 🙂 balamaa dhw rimee kanthah kuraa goi

  17. Jaadhu says:
    March 25, 2018 at 11:19 pm

    I just hate ayyadhu so much… foohi golayeh ..

    1. Ushaali says:
      March 26, 2018 at 9:59 am

      hehehe… foohinuvey thihaa varah. eves insaaneh nu 🙂

  18. shanhaa says:
    March 26, 2018 at 12:32 am

    varah salhi vaahaka mihaaru nuthiby heyokameh kohdhinas balaagan na baeh ma nama dhaani ma badhunaam vy haaluga jyhunu dhuvahu magy athuga hifimeehaage gaathah dho?mihaaru kon loabeh thi hageegee loabivaa bayaku nuthiby mihaaru ?mihaaru balanvi thimaa dhyke hageegee loabivaa marudhuvahaa hamayah thimaa loabin gengulhyveyne baiveyrieh dho ☺☺☺☺hehehe ragalhu vaahaka eh tha mibuni hehehe???

    1. Ushaali says:
      March 26, 2018 at 9:49 am

      rangalhah thi buny. ekamu mi vahakaiga rimy ah nuvisneny. adhi visneyne 🙂

  19. dhahtha says:
    March 26, 2018 at 2:21 am

    Vvvvvvvvvv reethi .. i am proud of you… love you ?

    1. Ushaali says:
      March 26, 2018 at 9:58 am

      hehehe… shukuriyya loabivaa dhahthaa 🙂 love you tooo

  20. neem says:
    March 26, 2018 at 5:49 am

    Asluves dhw. Shinaan as Riley aa gulhuvaa

    1. Ushaali says:
      March 26, 2018 at 9:57 am

      thankyu neem 🙂 vahaka nimenvaa iarh rimy dhaane konmes ekaku kairiah 🙂

  21. fai says:
    March 26, 2018 at 9:05 am

    Aslu v v shalhi kiyaa hithun indhaa nimeni than kolhen dhigukon liyebala

    1. Ushaali says:
      March 26, 2018 at 9:56 am

      sorry fai. ushaali mi genesdheny mihaaru ves varah dhigukoh. maa bodah vahakaige thereah vadhe kiyaahithun ineema kuruhen thi heevany 🙂 🙂

  22. Z says:
    March 26, 2018 at 9:49 am

    Vvv reethi Alhehaadha amill edhun bod manjeke rimeeshami v foohi

    1. Ushaali says:
      March 26, 2018 at 9:54 am

      dhw Z…. adhi visneyne rimy ah 🙂

  23. Naanu says:
    March 26, 2018 at 10:16 pm

    varah varah salhi…. keep up the great work 🙂

  24. Aahkas says:
    March 27, 2018 at 8:40 am

    Yumko eh noolhe ehnu. …..ekm vex varah reethi…..???

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 06←


All Right Reserved!