“މިއީ އަސްލު އެއްޗެއްތަ؟” ޝަބާ ރަތްވެފައިވާ ދެލޮލާއެކީ އަހާލިއެވެ. އެ ސުވާލު އިވުމުން ޝަރަފްގެ އަޑު ކަރުގައި ތާށިވީހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނައަށް އެންމެ ފަހުން ޖަވާބުދެވުނެވެ.
“އާނ.” ޝަރަފް އެހެން ބުނެލުމާއެކުހެން އޭނަގެ ކޯތާފަތްމައްޗަށް ހޫނު އެތިފަހަރެއް އެރިއެވެ. އެ އަޑު އިވިގެން ދިޔަތަނާހެން ދުރުގައި ހުރި އަފާފަށް ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ ސިކުންތުގައި އޭނައަށް ނުރުހުންވެވުނީ ޝަބާއަށެވެ. އެ ނުރުހުންތެރިކަމުގައި އޭނައަށް އެއްޗެކޭ ބުނެވެން ވެސް އުޅުނެވެ. އެހެނަސް ޝަބާގެ އެ ޙަރަކާތުގެ ފަހަތުގައިވީ ކޮން ސަބަބެއްކަން އެނގުންވުމުން އަފާފްގެ ހިތް ގެނބިގެން ދިޔަދިޔަހެން އޭނައަށް އަނގަ ލައްޕާލެވުނެވެ. ހަމަ އެ ހިނދު އޭނަގެ މޭގައި ދުވަހަކުވެސް ނުއުފެދޭ ފަދަ ތޫނު ރިހުމެއް އުފެދިގެން ދިޔައެވެ. އިސާހިތަކު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އެ ވަގުތު ދުރުގައި ހުރި ޝަރަފްގެ ނަޒަރު އަފާފަށް ހުއްޓުނެވެ. މިފަދަ ކަމެއް ދިމާވި ފުރަތަމަ ފަހަރު އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ނުކުރެވޭވަރަށް އެވަގުތު އޭނައަށް ކުށްވެރި ކުރެވުނެވެ. އެއީ އޭނަ ޤަޞްދުގައި ކުރިކަމެއް ނޫންކަމަށް ބުނެ ރޮއިރޮއިފައި އަފާފްގެ ގާތަށް ދާން ބޭނުންވިއެއްކަމަކު، އަފާފް ހުރިގޮތުންނާއި ޙާލަތުގެ ގޮތުން އަފާފަށް އޭނަގެ އެއްވެސް ބަހެއް ޤަބޫލެއް ނުކުރެވޭނެކަން އޭނައަށް ޔަޤީން ކުރެވުނެވެ. އެއްޗެކޭ ނުބުނަން ނިންމިޔަސް އޭނަ އެއްޗެކޭ ނުބުނެ ދެން ކުރަން ޖެހޭނީ ކޮންކަމެއްކަން އެނގުންވުމުން އޭނަގެ އެސްފިޔަތަކުގެ ދޭތެރެއިން ކަރުނައެއް ފައިބައިގެން އައެވެ. މޭތެރޭގައި އޮތް ހިތަށް ކެތްނުވާވަރަށް ތަދުވާން ފެށި ވަގުތު އޭނައަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. ދެވަނަ ފިޔަވަޅާއެކީ އޭނަ ވައި އަޑުން އަފާފްގެ ނަން ކިޔާލެވުނު ތަނާހެން އަފާފް ހަޅޭއްލެވިއެވެ.
“ނިކުމެގެންދޭ މިގެއިން!!!” އަފާފް ދޮރަށް ޢިޝާރާތް ކުރަމުން އެ ވާހަކަ އިއްވާލީ ކަރުނުން ފުރިގެންވި ދެލޮލާއެކީ ރުޅިވެރި އަޑަކުންނެވެ. ފުރަތަމަ ފަހަރަށް އަފާފް އެހާ ރުޅިވެރި އަޑަކުން އެފަދަ ބަސްތަކެއް އިއްވާލުމުން ޝަރަފްގެ ހިތަށް ލިބުނު ސިހުމާއެކީ މުޅި މީހާ ގަނޑުވިއެވެ. އިވުނު އެއްޗަކާމެދު ޤަބޫލުކުރަން ވެސް ބޭނުމެއް ނުވެފައި އޭނައަށް އަފާފަށް ބަލަން ހުރެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ އަފާފަށް ގިސްލެވެން ފެށިއެވެ. އަފާފް މޫނުގައި ދެއަތް އަޅައި ސޯފާއަށް ތިރިވި މަންޒަރު ބަލަން ހުރެފައި އަނެއްކާވެސް ޖަޒުބާތުގައި ޖެހިގެން އަފާފްގެ ގާތަށް ދިޔުމަށް ޝަރަފްގެ ހިތް އެދުނެވެ. އެހެނަސް ދެންމެ ޚުދު އަފާފްގެ އެ ދުލުން އިވުނު ބަސްތައް ހަނދާންވެފައި ޝަރަފް އޭނަގެ މޫނުމައްޗަށް ސާބިތުކަން ވެރިކުރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ދިގު ފިޔަވަޅުތަކެއްގައި ސިޑިއާއި ދިމާލަށް މިޞްރާބު ޖެހިއެވެ. ޝަރަފް ސިޑިން އަރައިގެން ދިޔައިރު ޝާދިޔާއާއި ހުސެއިން އަފާފްގެ ކައިރީގައި އިށީންއިރު ޝަބާއަށް ޝަރަފާއި ދިމާލަށް ބަލަން ހުރެވުނެވެ.
ޝަރަފް ގޮސް އޭނައާއި އަފާފް އެކީގައި ޙިއްޞާކުރި ކޮޓަރިއަށް ވަދެ އަވަސް ފިޔަވަޅުތަކެއްގައި ގޮސް އަލަމާރި ހުޅުވިއެވެ. އެއަށްފަހު އަލަމާރީގެ ކައިރީގައި ހުރި ހެދުން ފޮށި ނަގައި އޭތި ބިންމައްޗަށް ޖަހައި އޭގެ ޒިބު ކަހައި ހުޅުވާލިއެވެ. އަދި އަލަމާރީގައި ހުރި އޭނަގެ ހުރިހާ އެއްޗެއްވިއްޔާ ނަގައި ދަބަސް ތެރެއަށް އަޅަން ފެށިއެވެ. އޭނަގެ ޙަރަކާތްތައް އަވަސްވެފައިވީ އޭނަގެ ޙާލަތު ގޯސްވެ އެއްވެސް ކަމެއް ނުކުރެވޭ ހިސާބަށް ދިޔުމުގެ ކުރިން އެކަން ނިންމަން އުޅޭ ފަދަ ގޮތަކަށެވެ. އެ އަވަސް ޙަރަކާތްތަކެއްގައި އޭނަ އަލަމާރީގެ މަތީ ބައިގައި ހުރި ފަޓުލޫނުތައް ނަގަން އުޅެނިކޮށް އޭނަ ނެގި އެއްޗެއްސާއި އެކީގައި ބިންމައްޗަށް ފޮޓޯ އަލްބަމެއް ވެއްޓުނެވެ. ޝަރަފް އެއާއި ދިމާލަށް ބަލާލިއިރު އެ އަލްބަމް އޮތީ ހުޅުވިފައެވެ. އޭގެ ތެރޭގައި ހަރު ކުރެވިފައިވި ފޮޓޯތައް ފެނިފައި ޝަރަފްގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަ ލަސްލަހުން ތިރިވެލަމުން އެ އަލްބަމް ނަގައި ބަލާލިއެވެ. އޭގައި ހުރީ އޭނައާއި އަފާފް ކައިވެނި ކުރި ރޭ އެ ހޮޓެލްގެ ތެރެއިން ނެގިފައިވި ފޮޓޯތަކެވެ. ފެންނަމުން ދިޔަ ހުރިހާ ފޮޓޯތަކެއްގައިވެސް ޝަރަފް ފުރިހަމަ ހިނިތުންވުންތަކެއްގައި ހުރިއިރު އަފާފްގެ މޫނުމަތިން ފެންނަމުން ދިޔައީ ލަދުރަކި ހިނިތުންވުންތަކާއި ޖެހިލުންކަމެވެ. އަފާފްގެ އެ ޖެހިލުންކަން ފިލުވުމަށްޓަކައި އޭނަ ކުރި މަސައްކަތަށްފަހު އަފާފްގެ މޫނުމަތިން ފެންނަން ފެށި އުޖާލާކަމާއި، ދެމީހުން އެކީގައި ޙިއްޞާކުރި ހީލުންތަކާއި، އެއަށްފަހު ދެމީހުން އެކީގައި ގެއަށް ގޮސް ގާތްވިގޮތް ހަނދާންވެގެން ދިޔަދިޔަހެން ޝަރަފްގެ ލޯ ކަރުނުން ފުސްވިއެވެ. އިސާހިތަކު ޝަރަފް އެ އަލްބަމް ލައްޕާލަމުން އޭތި މެއާއި ލައި ބޮނޑިކުރީ ދުވަހަކުވެސް އެ ހަނދާންތަކުން ދުރުވާން ބޭނުންނުވާ ފަދައަކުންނެވެ. އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް އެ ހަނދާންތަކުން ދުރުވެގެން ނޫނީ އޭނައަށް ހިތްހަމަޖެހުމެއް ނުލިބޭނެކަން އެނގުންވި ވަގުތު ޝަރަފަށް ގިސްލެވެން ފެށިއެވެ. އޭނަ އެތައް އުއްމީދުތަކާއެކީ ފެށި ދިރިއުޅުމުން ވަކިވެދާނީ ފަހެ ކިހިނަކުން ހެއްޔެވެ؟ އޭނަގެ އެތައް ވަގުތަކާއި އޭނަގެ ހިތުން އެހާ ބޮޑު ޖާގައެއް ދެވުނު ފަރާތެއްގެ މަތިން ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކުން ޝަރަފްގެ އެ ހިތުގައި އުފެދިފައިވި ޒަޚަމްތައް ފުންވުން ނޫންކަމެއް ނުވިއެވެ. އެހެނަސް އޭނަ މާ ގިނައިރެއްނުކޮށް އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި އެ އަލްބަމަށް ބަލަން ހުރެފައި އޭތިވެސް ފޮށްޓައްލީ އޭނަ އެ އަލްބަމް ހެދީ ކީއްވެކަން ހަނދާންވުމުންނެވެ. އޭނަ އެ ފޮޓޯތައް ރައްކާކޮށްފައިވީ އަފާފްގެ ލޮލުގެ ފެނުން އަނބުރާ އައި ދުވަހަކުން އެ ހަނދާންތައް އަފާފާއެކީ އާ ކުރުމުގެ ނިޔަތުގައެވެ. އެހެނަސް ދާދި ދެންމެ އަފާފް ބުނެލި ބަސްތަކުން އަފާފް އެގޮތް ބޭނުންނުވާކަން ޔަޤީންވުމުން ޝަރަފް އެ އަލްބަމް އެޅުނު ފޮށި ލައްޕައި ޒިބު އަޅުވާލިއެވެ.
**
ސިޓިންގް ރޫމުގައި އިން އަފާފްގެ ގިސްލުން ހުއްޓުމަކަށް އައީ ޝަރަފް ސިޓިންގް ރޫމުގެ ތެރެއިން އޭނަގެ ފޮށި ދަމަމުން އައި އަޑަށެވެ. ހާސްވެގެން ދިޔަ ހިތަކާއެކީ އަފާފަށް އަޑު އަންނަމުން ދިޔަ ދިމާލަށް ބެލުނެވެ. ޝަރަފް ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ އެ ބަސްތައް އަޑުއަހައި އޭނަ ދޫކޮށްދަނީތޯ ހިތަށްއެރިއެވެ. އޭނައަށް ބެލުމެއްވެސް ގަދަކަމުން އޭނައަށް ފަސްދީފައި ދަމުން ދިޔަ ޝަރަފްގެ ހިތަށްވެސް ވެރިވަމުން ދިޔައީ އެފަދަ ސުވާލުތަކެވެ. ދެމީހުން އަނެއްކާވެސް ގުޅިގެންދާނެ ކަމަށް ހިނދުކޮޅަކަށް ނަމަވެސް އެ ދެމީހުންގެ ހިތް ބުންޏެވެ. އެހެނަސް……
“ވަރިވުމަށްޓަކައި ކޯޓަށް ހާޒިރުވާންވީ ދުވަސް ވަރަށް އަވަހަށް އެނގިގެންދާނެ.” ހުސެއިން ހުރިތާހުރެ މަޑުމައިތިރި އަޑަކުން އެންގި ވާހަކައިން ޝަރަފްގެ ފިޔަވަޅުތައް މަޑުޖެހުނު ވަގުތު އަފާފަށް ލިބުނު ސިހުމާއެކީ އޭނައަށް ބައްޕަ ހުރި ދިމާލަށް ނަޒަރު ހުއްޓާލެވުނެވެ. އޭނަ ވަގުތުން ނޫނެކޭ ކިޔައި ހަޅޭއްލަވައިގަންނަން އުޅުނު ވަގުތު ޝަރަފަށް ވެސް އަފާފް އެފަދަ އެއްޗެކޭ ބުނާނެ އިރަކަށް އިންތިޒާރު ކުރެވުނެވެ. އެހެނަސް މިއަދު ދެމީހުންގެ ގުޅުމަށް ބާރު އަޅާނެ އެއްވެސް މަގެއް ނެތްކަން އެނގުންވުމުން ދެމީހުންނަށް ވެސް ހިމޭންކަން ޚިޔާރު ކުރެވުނެވެ. ދެމީހުންނަށްވެސް އެކަކު އަނެކެއްގެ ޖަވާބުގެ އިންތިޒާރުގައި އިރުކޮޅެއް ވަންދެން ތިބެވުނެވެ. އެންމެފަހުން އަފާފް އެއްޗެކޭ ނުބުނާނެކަން ޔަޤީންވުމުން ޝަރަފް ކުރިއަށް ހިނގައިގަތެވެ. އެ ފިޔަވަޅުތަކުގެ އަޑު އިވުނު އަފާފަށް ތެޅިގަތް ހިތަކާއެކީ އެދިމާލަށް ބެލުނެވެ. އެހެނަސް ޝަރަފް މަޑު ކުރުމެއްނެތި އެގެއިން ނިކުމެގެން ދިޔައެވެ. މަންޒަރު ބަލަން ހުރި ޝަބާއަށް އެއްފަހަރު އަފާފަށް، އަނެއްފަހަރު ޝަރަފަށް ބެލެމުން ދިޔައެވެ. މި ވަނީ ވަރަށް ބޮޑު ގޯހެއްހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އަމިއްލަ އެދުން ބޮޑު، ބޭވަފާތެރިއެއްގެ ފަރާތުން ފެންނާނެ ސިފަތައް އޭނައަށް ޝަރަފްގެ ފަރާތުން ފާހަގަ ނުކުރެވުނީ ކީއްވެކަމެއް އޭނައަށް ޔަޤީނެއް ނުވިއެވެ. އަމިއްލަ ވިސްނުމެއްގެ ތެރޭގައި ހުރެ ޝަބާއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެއަށްފަހު އޭނަ އިތުރަށް މަޑު ކުރުމެއްނެތި ޝަރަފްގެ ފަހަތުން ދިޔައެވެ. ޝަބާއަށް ނިކުމެވުނުއިރު ޝަރަފް ޓެކްސީއަކަށް އަރައިގެން ދުއްވާލިއެވެ. ޝަބާ އެކަމާމެދު ނުރުހުންވިއެއްކަމަކު ޝަރަފްގެ އެ ހިމޭންކަމާމެދު އޭނައަށް ދެންވެސް ވިސްނުނެވެ.
ޝަރަފް އޭނަގެ ފޮށްޓާއެކީ ގެއަށް ވަތްތަން އެންމެ ފުރަތަމަ ފެނުނީ ބޮޑު ކޮޓަރީގައި އިން ޢައްބާސްއަށެވެ. ޝަރަފްގެ މޫނުމަތިން ފެނުނު ކުލަވަރުން ޢައްބާސް ވަގުތުން ކަންބޮޑުވުމަކާއެކީ ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޝަރަފް ޖަވާބު ދޭން ބޭނުންވިއެއްކަމަކު އެކަމަށްޓަކައި ކުޑަވެސް ހިތްވަރެއް ނުލިބުމުން އޭނަ އިސްޖަހާލަމުން ގޮސް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. އޭނަ އައިތާ މާ ގިނައިރެއްނުވެ ޝަބާ ވެސް ގެއަށްވަނެވެ. ޝަބާ ވަގުތުން ގޮސް ޝަރަފާއި އެތައް ސުވާލެއް ކުރަން ބޭނުންވިއެވެ. އެހެނަސް އެއަށްވުރެ ކުރިން ބައްޕަގެ ސުވާލުތައް އޭނައަށް އަމާޒުވުމުން ޝަބާއަށް އެކަން ކުރުމުގެ ފުރުޞަތެއް ނުލިބުނެވެ.
ޝަބާއަށް އެފަހުން ވެސް ޝަރަފާއި ވާހަކަ ދެއްކުމުގެ ފުރުޞަތެއް ނުލިބުނީ ޝަރަފްގެ މުޅި އެ ދުވަސް ކޮޓަރި ތެރޭގައި ވޭތުވެގެން ދިޔައީތީވެއެވެ. އެކަނިމާއެކަނި އެ ހަތަރުފާރުގެ ތެރޭގައި ވަގުތުތައް ފާއިތުވަމުން ދިޔަދިޔަހެން އޭނަގެ ސިކުނޑި ވިހަގަދަ ޚިޔާލުތަކުން ފުރެން ފެށިއެވެ. މޭތެރޭގައި އުފެދިފައިވި ރިހުމަށް ކެތްނުކުރެވޭނެހެން ހީވި ވަގުތު އޭނައަށް މި ޙާލަތް ދިމާވާންވީ ކީއްވެތޯ ހިތަށްއެރިއެވެ. އޭނައަށް ގޯސްކޮށް ކުރެވުނީ ފަހެ ކޮންކަމެއް ހެއްޔެވެ؟ އޭނައަށް ނުވެސް އެނގި އޭނައަށް ކުރެވުނު ފާފައެއްގެ ޢަޒާބު ﷲ އޭނައަށް ދެއްވަނީ ހެއްޔެވެ؟ އެހެނަސް އެއީ ހާދަ ނާއިންސާފު ގޮތެކެވެ. ހަމަ އެއާއެކު އޭނައަށް މި ޙާލަތް ކުރިމަތިވީ ވެސް އޭނަ ﷲ އަށްޓަކައި ފެށި ކަމެއްގެ ސަބަބުންކަން އޭނައަށް އެނގުންވިއެވެ. އޭނަ އެ ރިސޯޓެއް އަޅަން ނުފެށި ނަމަ ނުލަފާ ބަޔަކު އޭނައާއި ދެކޮޅަށް ރޭވުންތައް ނުރޭވީހެވެ. އަދި އަފާފަކީ ވެސް މީހުންނަށް ހެޔޮ ނަޞޭޙަތެއްދޭން މަސައްކަތް ކުރާ ކުއްޖަކަށް ނުވިނަމަ އެދެމީހުންގެ ޙަޔާތަށް ގޮންޖެހުންތަކެއް ކުރިމަތި ނުވީހޭ ހިތަށްއެރިއެވެ. އެހެނަސް މިއަދު އެދެމީހުން ކުރަން މަސައްކަތް ކުރި ހެޔޮ ކަންތައްތަކެއްގެ ސަބަބުން ދެމީހުންނަށް ވެސް ޖެހިފައި މިވަނީ ހިތްދަތި ޙާލެކެވެ. ކީއްވެ ހެއްޔެވެ؟
އެ ސުވާލާއިމެދު ވިސްނަމުން ދިޔަދިޔަހެން ޝަރަފްގެ ވިސްނުން އިހު ހުރި ގޮތަށް ބަދަލުވާން އުޅުނެވެ. އޭނަގެ ޙަޔާތުގައި ދެން އެއްވެސް ކަމެއް ރަނގަޅު ނުވާނެކަމަށް ހިތް ބުނިތަނާހެން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވެން އުޅުނެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް އެންގެވިފައި އޮތް އާޔަތް ހަނދާންވިޔަސް އޭނަ އެވަގުތު އެއްގޮތަކަށް ވެސް ﷲ އާއިމެދު ހެޔޮކޮށް ވިސްނަން ބޭނުމެއް ނުވިއެވެ. ހެޔޮކޮށް ވިސްނޭނީ ފަހެ ކިހިނެއް ހެއްޔެވެ؟ އޭނަ މި ހުރިހާ ދުވަހު ކުރި ހެޔޮ ކަންތައްތަކެއްގެ ބަދަލުގައި އޭނައަށް މި ފެންނަނީ މިފަދަ ދުވަހެކެވެ. އޭނަގެ ޙަޔާތަށް މިފަދަ އަނދިރިކަމެއް ވެރިވެފައިވާނީ އެކަލާނގެ ކޯފާ އޭނައަށް އަމާޒުވެފައިވާތީވެކަމަށް އޭނައަށް ނިންމުނެވެ. ހަމަ އެ ހިނދު އެކަމާމެދު އަޅާނުލައި އަނެއްކާވެސް ނުބައި މަގުން ހިނގައިގަތުމަށް ޝައިޠާނާ ވަސްވާސްދޭން ފެށިއެވެ.
އާހިލް އެ ޗުއްޓީ ދުވަހު ޓިއުޝަންގައި ހުރެފައި ގެއަށް އައީ މެންދުރު ނަމާދަށް ބަންގި ގޮވަމުން ދިޔަ ވަގުތެވެ. އާދައިގެ މަތިން އޭނަ ގެއަށް ވަދެގެން ގޮސް ކޮޓަރިއަށް ވަންނަން އުޅުނު ވަގުތު ކާމޭޒު ދޮށުގައި އިން ޝަބާ ވާހަކަ ދެއްކިއެވެ.
“އާހިލް މިއަދު ބައްޕަ ކޮޓަރިއަށް ގޮސް ފެންވަރާ.” ކަންވެފައި އޮތް ގޮތާއިމެދު ބޮލުގަ ރިއްސައިގެން އިނދެ ޝަބާ ބުންޏެވެ.
“އެއީ ކީއްވެ؟” އާހިލްއަށް އޭނަގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލަމުން އަހާލެވުނެވެ.
“ދޮންބެ އެބަހުރި އެކޮޓަރީގަ. އިތުރު ސުވާލުތަކެއް ނުކުރާތި!” ޝަބާ އާހިލްއާ އެ ވާހަކަ ޙިއްޞާކުރަން ބޭނުމެއްނުވިއެވެ. އެހެނަސް ޝަބާއަށް ނޭނގުނު ކަމަކީ އާހިލްއަށް ގެއަށް އައި މަގުމަތީގައި ތުންތުންމަތިން އެފަދަ ވާހަކައެއް އިވުނު ކަމެވެ. އަދި ދޮންބެ ގޭގައި ހުރުމާއި އެ ވާހަކަ އޭނަ ނުހަނު ފަސޭހައިން ގުޅުވާލި ކަމެވެ.
“ދޮންބެއާއި އަފޫ ދައްތި ޑިވޯސް…..” އާހިލްއަށް އެހާ ހިސާބަށް ބުނެވުނުތަނާހެން ޝަބާ އާހިލްގެ ނަމުން ގޮވަމުން މޭޒުމަތީގައި އެއްއަތުން ޖަހައި ކޮޅަށް ތެދުވިއެވެ.
“އާހިލްއާ ނުގުޅޭ ކަންކަމުގެ ވާހަކަ އާހިލް ނުދެއްކިއްޔާ ރަނގަޅުވާނީ! ހަނދާން ހުންނާނެ؟” ޝަބާ އައި ރުޅީގައި ހަރުކަށި ގޮތަކަށް ވާހަކަ ދެއްކީ، މި ވޭތުވެ ދިޔަ ދުވަސްތަކުގައި އާހިލްއަށް އައިސްފައިވި ބަދަލުތައް އޭނައަށް ފާހަގަ ކުރެވިފައި ނުވާތީވެއެވެ. އާހިލްއަކީ މިއަދު 5 ވަގުތު 5 ނަމާދު އަދާކުރާ ކުއްޖެކެވެ. ގިނަގިނައިން ޤުރުއާން ކިޔަވައި، ޤުރުއާން އުނގެނި، ޤުރުއާން ހިތުދަސްކުރާ ކުއްޖެކެވެ. ދުވަހުގެ ވަގުތުގެ ބޮޑުބައެއް އޭނައަށް ޤުރުއާނަށް ދެވެނީ އެ ފޮތަށްޓަކައި ހިތުގައި ޖެހިފައިވި ލޯތްބެއްގެ ސަބަބުންނެވެ. އެ ލޯބި އޭނަގެ ހިތުތެރޭގައި ޖެހުނީ އޭނަގެ ޙަޔާތަށް ވަރަށް ބޮޑު އަޑިގަނޑެއް އައި ދުވަސްވަރެއްގައެވެ. މީގެ މަސްތަކެއްކުރިން ދޮންބެގެ އެހީގައި އޭނަ ދުވަސްކޮޅަކަށް މާއިޝްގެ އަތް ދަށުން ސަލާމަތް ވެވުނެއްކަމަކު ދުވަސްކޮޅަކުން އެއަށްވުރެ ގިނަ ކުދިންގެ އަނިޔާތަކާއި މަލާމާތްތަކާ އޭނަ ކުރިމަތިލާން ޖެހުނެވެ. އެ ދުވަސްވަރު އޭނަ އެއްވެސް މީހަކާ އެ ވާހަކަތައް ޙިއްޞާ ކުރަން ބޭނުމެއްނުވީ އެކުދިން ބުނާހެން އޭނަ ‘ކަޓު’ މީހަކަށް ވެދާނެތީވެއެވެ. އެހެންކަމުން އޭނަ އެދުވަސްކޮޅު އުޅެމުން ދިޔައީ ނުވާ މޮޅެއްގައި މޮޅުވެގެންނެވެ. ޚުދު އޭނައަށް އަނިޔާ ދެމުން ދިޔަ މީހުންނާއި އެއްގޮތަށް ޔުނިފޯމް އަޅައި އެމީހުން ހިނގާ ގޮތަށް ހިނގަން ފެށީ ވަކި އެގޮތަށް އުޅެން ފަސޭހަވެގެންނެއްނޫނެވެ. އެހެނަސް އެހެން އުޅުމުން އެމީހުންގެ މަލާމާތްތަކުން ކޮންމެވެސް އެއްދުވަހަކުން ސަލާމަތްވާނެ ކަމުގެ އުއްމީދުގައެވެ. ކޮންމެ ދުވަހެއް ނިމިދާން ފެށީ އާހިލްގެ އެ އުއްމީދު ފުނޑުފުނޑުވަމުންނެވެ. ހެވާއި ނުބައިގެ ތަފާތު ނޭނގޭ އަނދިރިގަނޑެއްގައި ވަނިކޮށް އޭނައަށް އަލިމަގެއްގެ ހިލަމެއް ވެގެން ދިޔައީ އެއްދުވަހު މަންމަ ބުނެގެން ވަރަށް ގިނައިރު ވަންދެން ޤުރުއާން އަޑު އެހުމުންނެވެ. އެ އާޔަތްތަކުގެ މާނަ ނޭނގުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެދުވަހު އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އޭގެ އަނެއްދުވަހު ވެސް އޭނަގެ ހިތް ދެރަވެފައިވި ވަގުތެއްގައި އޭނަ ޤުރުއާން އަޑުއެހުމުން ވެގެން ދިޔައީ އެކަހަލަ ގޮތެކެވެ. އެންމެ ފަހުން ޤުރުއާން އަޑުއެހުން އޭނަގެ އާދައަކަށްވެގެން ދިޔައެވެ. އޭގެ މާގިނަ ދުވަހެއްނުވެ ޤުރުއާނުގެ އާޔަތްތަކުގެ މާނަތަކާމެދު އިތުރަށް އުނގެނެން ބޭނުންވުމުން އޭނަ އެކި މިސްކިތްތަކުގައި ދޭ ތަފްސީރު ދަރުސްތަކަށް ވެސް ދާންފެށިއެވެ. އެ އިވެމުން ދިޔަ ދަރުސްތަކެއްގެ ސަބަބުން އޭނަ ވަށައިގެންވި މީހުންނާއިމެދު ވިސްނާ ގޮތާއި އެމީހުންނާއި މެދު ކަންތައް ކުރާ ގޮތްވެސް ތަފާތުވިއެވެ. މިގޮތުން އޭނައަށް އަނިޔާ ކުރާ ކުދިންނަކީ ވެސް ކޮންމެވެސް ހާސްކަމެއްގައި ވާ ބައެއްގެ ގޮތުގައި ފެނުނެވެ. އަދި އެމީހުން ކުރާ ކަންތައްތަކެއްގެ ބަދަލު ހިފުމުގެ ބަދަލުގައި އާހިލް އެމީހުންނަށް ވެސް ވީހާވެސް ހެޔޮކޮށް ހިތަން ފެށިއެވެ. މިގޮތަށް ކަންތައް ކުރަން ފެށިތާ މާ ގިނަ ދުވަހެއް ނުވެ އާހިލްގެ މުޅި ޙަޔާތް ބަދަލުވިއެވެ. އޭނައަކީ ޒިންމާދާރު، އެންމެންގެ ލޯބި ލިބިގެންވާ ކުއްޖަކަށްވިއެވެ. އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުން އޭނަގެ ހިތުތެރޭގައި އަބަދުވެސް ނުފިލާ ހަމަޖެހުމެއްވެއެވެ. ޤުރުއާނާއެކީ ވަގުތު ހޭދަކުރާ ކޮންމެ ފަހަރަކު އެ ހަމަޖެހުން އިތުރުވުން ނޫންކަމެއް ނުވެއެވެ.
އާހިލް އޭނަގެ އަމިއްލަ ތަޖުރިބާގެ މަތިން ވިސްނާލުމަށްފަހު ދޮންބެއާއި މެދު ވިސްނިއެވެ. ދޮންބެއާއި އަފޫ ދައްތި ވަކިވީ ވާހަކަ ސަބަބާއެކީ އޭނައަށް މަގުމަތިން އިވިފައިވަނީ ދޮންބެގެ ނަން ވެއްޔާއި މޮޑެވިދާ ފަދައަކުންނެވެ. މިފަދަ ޙާލަތެއްގައި ދޮންބެ ކިހާ ހިތާމައެއް ކުރާނެކަން އޭނައަށް ތަޞައްވުރު ކުރެވުނެވެ. ދޮންބެ ކޮޓަރިތެރޭގައި އެ ގޮތަށް ހުންނާނީވެސް އެހެންވެތާއޭ ހިތަށްއެރިއެވެ. ހަމަ އެއާއެކު ދޮންބެއަށްޓަކައި ކުރެވިދާނެކަމެއް އާހިލްގެ ޚިޔާލަށްއައެވެ. އޭނަ ވަގުތުން ގޮސް ޓީވީގެ ރެކް ހުޅުވާލުމަށްފަހު ސީޑީއެއް ނަގައި ޑީވީޑީ ޕްލޭޔަރަށް ލައްވާލިއެވެ. އާހިލްއަށް އޭރުވެސް އިތުބާރު ނުކުރެވޭ ޝަބާ ތި ކީއްކުރަނީތޯ ކިޔައި ކުދި ކިޔަމުން ދިޔައެވެ. މާ ގިނައިރެއްނުވެ ބިސްމީގެ އަޑު އިވެން ފެށުމުން ޝަބާގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ޙައިރާންކަމާއެކީ އޭނަގެ ދަރިފުޅަށް ބަލަން ހުރެވުނެވެ. ޔޫސުފް ސޫރަތް ފެށިގެން ދިޔަދިޔަހެން އާހިލް ލަސްލަހުން ފަސްއެނބުރި އޭނަގެ މަންމައަށް ބަލާލިއެވެ. މަންމަ ދެންވެސް އަޖާއިބުވެފައި އޭނައަށް ބަލަހައްޓައިގެން ހުންނަން ފެށުމުން އާހިލް ހިނިތުންވުމަކާއެކީ އެތާ ފާރުގައި މާނައާއެކީ ހަރުކުރެވިފައިވި އާޔަތަށް ޢިޝާރާތް ކުރިއެވެ. އެއީ ހަނދާންކޮށްދިނުމެއްގެ ގޮތުން ޚުދު އާހިލް އަމިއްލައަށް އެދުވަހު ލިޔެ، ހަރުކޮށްފައިވާ ގަނޑެކެވެ. އޭގައި ލިޔެވިފައިވަނީ ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިން ކަމަށެވެ. އެ މާނަ ފެނިފައި ޝަބާއަށް އާހިލްއާއި ދިމާލަށް ބަލާލެވުނު ވަގުތު އޭނަގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވެފައިވިއެވެ. ދޮންބެއަށް އެހީވުމަށްޓަކައި އާހިލް އެ ޚިޔާރު ކުރިގޮތުން ޝަބާގެ ހިތް ލޯބިން ފުރިގެން އައެވެ. ހަމަ އެހިނދު ޝައްކެއްވެސް ނެތް ގޮތުގައި ﷲ އަކީ ދުޢާތައް އިޖާބަކުރައްވާ ރަސްކަލާނގެކަން އެނގުންވުމުން ޝަބާގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އޭނައަށް ދިގު ފިޔަވަޅުތަކެއްގައި ގޮސް އާހިލްގެ ގައިގައި ބައްދާލެވުނީ އާހިލްއަށްޓަކައި ހެޔޮ ދުޢާ ކުރާ ޙާލުގައެވެ. އާހިލްއަށް ހެޔޮގޮތް ދެއްކެވި ކަމަށްޓަކައި ޙަމްދު ކުރެވުނު ވަގުތު އޭނަގެ ކޮއްކޮއަށް ވެސް މިފަދަ ދަނޑިވަޅެއްގައި ހިދާޔަތް އިތުރު ކޮށްދެއްވުމަށް އެދި ޝަބާއަށް ދުޢާ ކުރެވުނެވެ.
ޝަބާއަށް ނޭނގުނެއްކަމަކު އޭނަގެ އެ ދުޢާ އިޖާބަވާން މާ ގިނައިރެއްނުނެގިއެވެ. ބޭރުން ބިސްމީގެ އަޑު އިވެން ފެށުމުން ކޮޓަރީގެ ބިންމަތީގައި އިށީނދެގެން އިން ޝަރަފްގެ ގާތަށް ފުރަތަމަ އައީ ރުޅިއެކެވެ. އެއީ އެވަގުތު އޭނަގެ ސިކުނޑި ތެރޭގައި ހިނގަމުން ދިޔަ ނޭދެވޭ ޚިޔާލުތަކެއްގެ ސަބަބުންނެވެ. ފެށިގެން ދިޔައީ ޔޫސުފް ސޫރަތްކަން އެނގުންވުމުން އޭނަ އިތުރަށް ފޫހިވާ ގޮތްވިއެވެ. އެއީ ދިގު ސޫރަތަކަށްވެފައި އެ ސޫރަތުގައި ދެކެވިފައިވަނީ ކިހާ ހިތާމަވެރި ވާހަކައެއްގެ ވާހަކަކަން އެނގުންވުމުންނެވެ. ސޫރަތް ފެށުނު ފުރަތަމަ ސިކުންތުގައި ވެސް އޭތި އަޑު ނާހަން ޝަރަފް ނިންމިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އެ ސޫރަތުން ދެކެވެމުން ދިޔަ ވާހަކަތަކަށް އޭނައަށް ސަމާލުކަން ދެވުނެވެ. އިރުކޮޅެއްގެ ތެރޭގައި އޭނައަށް ހީވީ އޭނައަށް ޔޫސުފް ޢަލައިހިއްސަލާމްގެ އެ ވާހަކައިގެ ތެރޭގައި އުޅެވެމުން ދިޔައީ ހެންނެވެ. ޔޫސުފް ޢަލައިހިއްސަލާމްއާއި މެދު އެހާ ގޯސްކޮށް ކަންތައްވެފައި ވަނިކޮށް ވެސް، އެކަލޭގެފާނު ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމުން އެ ދުޢާ އިޖާބަވެ، އެކަލޭގެފާނު ނުބައި ރޭވުމަކުން ސަލާމަތްވި ގޮތުގެ ވާހަކަ އިވިގެން ދިޔަ ހިނދު ޝަރަފަށް ހީވީ އެ ވާހަކަތައް އަމާޒުވަމުން ދިޔައީ ޚުދު އޭނައަށް ހެންނެވެ. އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމެއް އެޅުވި، ކުޑަ ގޮޅިއެއްގައި ހުންނަވަން ޖެހިވަޑައިގަތް އިރުވެސް އެކަލޭގެފާނު ﷲ ގެ ދީނަށް ގޮވައިލައްވަން ލިބިވަޑައިގަތް ފުރުޞަތުގެ ބޭނުން ހިފައި ޖަލުގެ ދެ އެކުވެރިންނަށް ނަޞޭޙަތް ދެއްވި ގޮތުގެ ވާހަކަ އިވެމުން ދިޔަދިޔަހެން ޝަރަފްގެ ހިތް މަޑުވަމުން ދިޔައެވެ. އެ ވާހަކައިގައި އެތައް އަހަރެއް ފަހުން ވިޔަސް އުއްމީދު ވެސް ނުކުރާ ފަދަ ގޮތަކަށް ޔޫސުފް ޢަލައިހިއްސަލާމްގެ ޙަޔާތްޕުޅު ބަދަލުވާން ފެށި ގޮތުން ޝަރަފްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ޝަރަފްގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ ވާހަކަ ނިމެން ގާތްވެފައިވަނިކޮށް ޔަޢުޤޫބް ޢަލައިހިއްސަލާމްގެ ދޫފުޅުން އިވުނު ވާހަކަތަކުންނެވެ. އެކަލޭގެފާނަށް އެކަލޭގެފާނުގެ ދަރިކަލުން ނުފެނި އެތައް އަހަރެއްވެފައި ވީއިރު ވެސް އެކަލޭގެފާނު ﷲ ގެ ރަޙްމަތުން އުއްމީދު ނުކެނޑުމަށް ވިދާޅުވި ގޮތުންނެވެ. އަދި ކާފިރުވާ ބަޔަކު ނޫނީ އެކަލާނގެ ރަޙްމަތުން އުއްމީދު ނުކަނޑާނެކަމަށް އިވުނު ވާހަކައިން ޝަރަފްގެ ލޮލުން ކަރުނަ ހިލި، އޭނައަށް ގިސްލެވެން ފެށިއެވެ. ހަމަ ޙަޤީޤަތުގައި ވެސް ދާދި ދެންމެއަކު އޭނަ ދީނާއި އެހާ ދުރުވާން އުޅުނީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވުމުންކަން އޭނައަށް އެވަގުތު އެނގުންވިއެވެ. އެފަދަ މީހަކަށް ނުވުމަށްޓަކައި ޝަރަފް ސިކުންތުކޮޅެއް ވެސް ބޭކާރު ކޮށްލުމެއްނެތި އަމިއްލަ ފައި މައްޗަށް ކޮޅަށް ތެދުވިއެވެ. އަދި ވުޟޫ ކުރުމަށްފަހު މެންދުރު ނަމާދު ކުރުމަށްޓަކައި ޤިބްލައަށް ކުރިމަތިލީ ދާދި ދެންމެއަކު އޭނައަށް ދެން ދުވަހަކުވެސް ނުލިބޭނެހެން ހީވި ހިތުގެ ހަމަޖެހުމާއެކީގައެވެ. ނަމާދުގައި ވެސް ޔަޢުޤޫބް ޢަލައިހިއްސަލާމްގެ އެ ބަސްފުޅު އޮތް އާޔަތް ހިމަނައި ޝަރަފް ލޮލުން އޮހެމުން ދިޔަ ކަރުނަތަކާއެކީ އެ ބަސްތައް ތަކުރާރު ކުރަމުން ދިޔައީ އޭނަ އެ ބަސްތައް ހަނދާންނުނެތޭނެ ގޮތެއް ހައްދަވައި ދެއްވުމަށް އެދި ދުޢާ ކުރަމުންނެވެ.
އެ ނަމާދުވެގެން ދިޔައީ އެތައް ދުވަހެއްފަހުން ޝަރަފް ކުރި ނަމާދުތަކެއްގެ ތެރެއިން އޭނައަށް އުއްމީދުން ފުރިގެންވި ކަރުނަތަކުން އޭނައަށް ރޮވުނު ނަމާދަކަށެވެ. އެ ނަމާދުން ސަލާމް ދިން ވަގުތު އޭނައަށް ދިމާވެފައިވި މުޞީބާތް އޭނައަށް ފެންނަމުން ދިޔައީ ކުޑަކަމެއްގެ ގޮތުގައެވެ. އެއްވެސް މުޞީބާތަކީ ﷲ ގެ އިރާދަފުޅުން ނުފިއްލަވާނެ މުޞީބާތެއް ނޫންކަން އޭނައަށް ޔަޤީންވެފައިވީތީވެއެވެ. ހަމަ އެއާއެކު ޚުދު އެ މުޞީބާތަށްޓަކައި ވެސް އޭނައަށް ޙަމްދު ކުރެވުނެވެ. އޭގެ ތެރެއިން އޭނަގެ ހިތުގެ އީމާންތެރިކަން ވަރުގަދަވިކަން އޭނައަށް އިޙްޞާޞް ކުރެވުމުންނެވެ. އޭނަ އެވަގުތު ކަންބޮޑުވީ އެންމެ ކަމަކާއި މެދުގައެވެ. އާޔަތެއް މެދުވެރިވެގެން އޭނަގެ އިޙްޞާޞްތަކަށް މިފަދަ ބަދަލެއް އަޔަސް އަފާފަށް މިފަދަ ހަމަޖެހުމެއް ލިބިފައިވެދާނެ ކަމާމެދު ޝައްކު ކުރެވުނީތީވެއެވެ.
ޝަރަފަށް ހީވެފައި އޮތީ ރަނގަޅަށެވެ. އާޔަތެއްގެ ސަބަބުން އޭނައަށް ހިނދުކޮޅެއްގެ ތެރޭގައި ހަމަޖެހުމެއް ލިބުނަސް އަފާފްގެ އިޙްޞާޞްތަކަށް އެއްވެސް ބަދަލެއް ނާދެއެވެ. ހިތްތަކަށް ހަމަޖެހުން ލިބެނީ ﷲ ގެ ހަނދުމައިންކަމަށް ބުނެ މުޅި ދުވަހު އޭނަގެ ހިތް އޭނައަށް ހަނދާން ކޮށްދިނެއްކަމަކު އޭނައަށް އެކަން ޤަބޫލެއް ނުކުރެވުނެވެ. މި ހުރިހާ ދުވަހު އޭނައަށް ލޯބިދިން ފިރިމީހާ އޭނައަށް ބޭވަފާތެރިވުމުގެ ސަބަބުން އޭނައާއި މުޅި ޢުމުރަށް ވަކިވާން ޖެހޭނެ ކަމުގެ ޚިޔާލާއެކީ ޤުރުއާން އަޑުއެހިޔަސް އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެކަމަށް އަފާފަށް ނިންމިފައި އޮތް ފަދައެވެ. ވަކިން ޚާއްޞަކޮށް މަންމައާއި ބައްޕަ މިހާރުއްސުރެ ދައްކަން ފެށި ވާހަކަތަކެއްގެ ސަބަބުން ދެން ހުރިހާ ކަމެއްވާނީ ގޯހުން ގޯހަށްހެން އަފާފަށް ހީވާން ފެށިއެވެ.
“މާދަމާ ހެނދުނު އަފާފާއި އޭނަގެ ވަރި ސާބިތުކުރުން އޮތީ. މި ޚަބަރު ލިބިފަވެސް މިހާރުއްސުރެ އަފާފާއި އިންނާނެ މީހުންގެ ކިއުއެއް ހެދިއްޖެ.” ހުސެއިން އެރޭ ކާމޭޒުދޮށުގައި އިނދެ އެވާހަކަ ބުނެލީ މާ ބޮޑު ކަމެއް ނުވާ ފަދައަކުން ހެވިފައި ހުރެއެވެ. އޭނައާއި ޝާދިޔާއަށް ވެސް ނޭނގުނު ކަމަކީ އެ ވާހަކައިން އަފާފްގެ މޭނުބައި ކުރިކަމެވެ. އޭނަ އެހާ ރަނގަޅު ކަމަށް ހީކުރި ފިރިއަކު އޭނައަށް ބޭވަފާތެރިވެފައިވި ވާހަކަ އަދި އޭނައަށް ހަޖަމް ނުކުރެވިގެން އުޅެނިކޮށް އޭނަގެ ދެވަނަ ކައިވެންޏެއްގެ ވާހަކަ އިވުމުންނެވެ.
“ޢިއްދަ ހަމަވާއިރަށް އަފާފް އިންނާނެ މީހަކު ހަމަޖައްސާފަ ބަހައްޓާ ހުސެއިން. އެ ކައިވެނީގަ އަފާފަށް ދަރިއަކު ނުލިބި ހުރިކަން އެއީ އަހަރުމެންގެ ނަސީބު.” ޝާދިޔާ އެހެން ބުނެލުމާއެކުހެން އަފާފް އޯކަތް ދަމަން ފެށިއެވެ.
ނުނިމޭ
30 Comments
Comments are closed.
Assalaam’alaikum. dhen onnaany dhe bai In Sha Allah. next part tuesday ga In Sha Allah 🙂
Wa alaikum Salaam, jaxakillh khaeran
Baarakallah Feeki! 😀 <3
Afaaf othy hospital ga nun tha jana
Sharaf ekolhun furan feshi iru hospital ga dho? Sharaf ah aadhevunu iru geah genevifa hury. 😀
Wow… afoo preg v dw?? ??
hahahaaa. shadhiyaa v rulhi annarne dw dhn afoo dheke.
hehe…mamma aku dharifulhah rulhi naannaane kamah balamaa dho? 🙂 aslu Shaadhiya ves e rulhi annany eyna hithun afaaf ah heyo edhigenney. ey hama visnun hunna gothun baeh faharu aharumennah heyo edhigen ves nubai kanthah kureveny
Vaahaka reethi. Hyvey adhi kuriah oi bai rythivaanehen. Ekm kudakoh alhaigan thankolheh kaivenyge fotothah albamga huri thankolhu. CD kahala ehchehga hurinama better i think. Cx foto print kuryma afaaf n sharaf aa nugulhey
emeehunnah emme kamudhaa kahala gothakah dho emeehun photo gengulheyny? 😀 Sharaf ah kamudhaa gothaky ey kanneynge dho? 😉 hehe….Alhamdhulillah! <3
Sharaf ehn meehakaa hedheetha alhe
Loabi ah heeveytha ehen?
Masha allah afaf preg vee dhw? jana afaf lolah fenifa ingey story ninmaany
balamaa dho xaaan. thi kamaa mihaaru hussain men ulheny 😀
Dhn sharaf aa Afoo aa vaki nukurahchey… Eyrun baby ah loabi libeyny from both mummy and daddy..
dho Maain? jana ves beynumeh nuvey baby ah hama ekani ekegge loabi libeykah. eyrun baby ves emme rangalhu gothuga bodeh nuvaane nu dho? 🙁 dhen balamaa vaagotheh In Sha Allah 🙂
jana …reethi mi part ekam madu madun sharaf menah kuri hoadha dhy,,..:)
Alhamdhulillah! aan eba balan thikan kureveytho xeyboo In Sha Allah 😉
Wow ❤️❤️❤️… Maasha Allah mi part vx v v v reethi ???… Hama rovihje ???… Sharaf n afaaf dhuruvyma vee dherainn iny hama rovey varu vefa… V furihama ah feelings thah deliver kohdhyfa thi huri jana ???… Aahil ge bai airu hama ufalun fenkalhi vi ???… V v loabi mi part ???❤️❤️❤️… I love it ???… Curiously waiting for the next part ???… Next part kiyaalaahithun kehmadhuvefa mihaaru vx ???… Heheh
hehe…jana ahves rovunu mi bai liyunu iru :'( Ahil ge bai liyunu iru ves varah asaru kuri. jana ah hureveyny vaahaka liyaairu hama character ge dhuniye ah vadhevifa. hehe….Alhamdhulillah! next part up vejje ingey shifoo 😉 much love <3 <3 <3
Masha allhah mibai varah reethi kiyayalafa rovihje
jana ahves rovunu ingey Hu. Alhamdhulillah! <3
FB Post (English)
وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ
“….And don’t lose hope in the mercy of Allah…” Surah Yusuf, ayah 87
This isn’t the first time I’m sharing these words with you. Just a few weeks ago, I shared a similar ayah from Surah Az-Zumar. But Subhaanallah these words in this surah leave me in absolute awe.
Why do I feel that way? Imagine this. Imagine a father losing his younger son at the hands of his older ones. He wasn’t even sure what happened to his son. Whether he was killed or kidnapped or getting hurt by someone. He had to spend year after year in this state of uncertainty. Yearning to see his son and to know how he was. He cried so much in this pain that he went blind. After almost a decade that he lost his son, he loses his other son. That too after that son had gone with the same brothers. Imagine the pain and the rage he would feel at this point. What would a regular father have done in a situation like this? Punish the older brothers for what they have done? Kick them out of the house? Or at least scold them about how bad they are?
Not sure about all the fathers. But Ya’qub (AS) who was in this exact same situation did something incredible. Even at that moment of intense trauma, he said words of hope. Subhaanallah you have to go through them yourself if you want to feel them. Here I will just share the last of the sentences he said right at that moment. He says:
يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ
اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ
“O my sons, go and find out about Yusuf and his brother and do not lose hope in the mercy of Allah. Indeed, no one loses hope in the mercy of Allah except the disbelieving people.” Surah Yusuf, ayah 87
Notice how he told the older sons to go look for Yusuf even before he mentioned the other son. How much hope and courage would this man have in his heart to say that? While he had lost Yusuf such a long time ago? So much so that people around him have started mocking him for still waiting for Yusuf. And yet here he is, telling everyone else not to lose hope in the mercy of Allah. Subhaanallah!
And what was the result of his hope in Allah’s mercy? He reunited with his son, even after so many years, even when everyone thought that reunion was impossible. Even when everyone else had lost hope.
So dear brothers and sisters, the next time you are stuck in a situation, the next time you feel a pain inside your chest that is eating away at your heart, the next time you feel that its impossible for a sadness to go away, just remember these words of Ya’qub (AS). Do not lose hope in the mercy of Allah. For you never know how close you are to that mercy. You never know how the situation will turn around because of that mercy without you even realizing.
May Allah make us of those who never lose hope in his mercy. Ameen!
FB Post (English)
“When your heart is aching, forget everything else and turn towards the word that will heal your heart.”
The Word of Allah <3
Even if you dont know any of its meaning, even if you don't think it will have any impact, just pick it up, recite it, listen to it and memorize it. It will help you in ways that you never even imagined In Sha Allah! <3
FB Post (Dhivehi)
وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ
“….ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާށެވެ….” ސޫރަތް ޔޫސުފް، 87
މިއީ އަޅުގަނޑު މި ބަސްތައް ޙިއްޞާކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ދުވަސްކޮޅެއް ކުރިން ހަމަ މި އާޔަތާއި ވަރަށް އެއްގޮތް އާޔަތެއް ޒުމަރު ސޫރަތުން އަޅުގަނޑު ޙިއްޞާ ކުރީމެވެ. އެހެނަސް މި ބަސްތައް މި ސޫރަތުގައި އައިސްފައިވި ގޮތުން އަޅުގަނޑުގެ ހިތަށް ކުރަނީ މާ ފުން އަސަރެކެވެ.
އެއީ ކީއްވެތޯއެވެ؟ މި ޙާލަތް ޚިޔާލަށް ގެންނާށެވެ. ބައްޕައަކަށް އޭނަގެ ދޮށީ ދަރިންގެ އަތްދަށުން އޭނަގެ ހަގު ދަރިފުޅު ގެއްލިގެން އުޅޭ މަންޒަރު ޚިޔާލަށް ގެންނާށެވެ. އެ ހަގު ދަރިފުޅަށްވީ ގޮތް އެ ބައްޕައަށް ޔަޤީނެއްވެސް ނުވެއެވެ. އެ ދަރިފުޅު މަރުވީތޯ ނޫނީ މީހަކު ހައްޔަރު ކުރީތޯ ނޫނީ މީހެއްގެ ކިބައިން އަނިޔާއެއް ލިބެމުން ދަނީކަމެއް ނޭނގެއެވެ. އަހަރަކަށްފަހު އަހަރެއް އެ ޔަޤީންކަމެއް ނެތް ޙާލަތުގައި މި ބައްޕަ ހޭދަކުރަން ޖެހުނެވެ. އެ ދަރިފުޅު ދެކެން ބޭނުންވެފައި އެ ދަރިފުޅު ކިހިނެއްތޯ ބަލަން ބޭނުންވެފައެވެ. މި ޙާލަތުގައި އެ ބައްޕަގެ ލޮލުގެ ފެނުން ގެއްލިދާވަރަށް އެ ބައްޕައަށް ރޮވުނެވެ. އެ ދަރިފުޅު ގެއްލުނުތާ 10 ވަރަކަށް އަހަރު ފަހުން ހަމަ އެ ބައްޕަގެ އަނެއް ދަރިފުޅު ގެއްލިދެއެވެ. އެއީ ވެސް ހަމަ އެއްކަލަ ދޮށީ ދަރިންނާއެކީ ތަނަކަށް ގޮސްފައި ހިނގި ކަމެއްގެ ތެރެއިންނެވެ. މި ޚަބަރު ލިބޭ ވަގުތު ކޮޅުގައި އެ ބައްޕައަށް ކުރެވޭނެ އިޙްޞާޞްތައް ޚިޔާލަށް ގެންނާށެވެ. އެ ހިތްދަތިކަމާއި އެ ނުރުހުންތެރިކަން ޚިޔާލަށް ގެންނާށެވެ. މިފަދަ ޙާލަތެއްގައި ބައްޕައަކު ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެ ދޮށީ ދަރިންނަށް އަދަބު ދޭނީ ހެއްޔެވެ؟ އެހެންނޫނީ އެމީހުން ގެއިން ނެރެލާނީ ހެއްޔެވެ؟ އެހެންނޫނީ ކުޑަމިނުން އެމީހުންނާއި ދިމާލަށް އެއްޗެހި ގޮވާނީ ހެއްޔެވެ؟
ހުރިހާ ބައްޕައިންގެ ގޮތެއް ނޭނގެއެވެ. އެހެނަސް މި ޙާލަތާއި އެއްވެސް ތަފާތެއްނެތް ޙާލަތެއްގައިވި ޔަޢުޤޫބް ޢަލައިހިއްސަލާމް ކަންތައް ކުރެއްވީ އަޖާއިބު ކުރުވަނިވި ގޮތަކަށެވެ. ހާސްކަމާއި ހިތްދަތިކަން އިންތިހާއަށް ދާނެ އެ ވަގުތުކޮޅުގައިވެސް އެކަލޭގެފާނު ވިދާޅުވީ އުއްމީދުގެ ބަސްތަކެވެ. އެ އުއްމީދުގެ އިޙްޞާޞް ތިބާ ކުރަން ބޭނުންނަމަ ތިބާ އަމިއްލައަށް އެ އާޔަތްތައް ބަލާލާށެވެ. މި ތާނގައި އަޅުގަނޑު ޙިއްޞާ ކުރާނީ އެ ވަގުތުކޮޅުގައި ޔަޢުޤޫބް ޢަލައިހއްސަލާމް އެންމެ ފަހުން ވިދާޅުވި ބަސްތަކެވެ.
يَا بَنِيَّ اذْهَبُوا فَتَحَسَّسُوا مِن يُوسُفَ وَأَخِيهِ وَلَا تَيْأَسُوا مِن رَّوْحِ اللَّـهِ ۖ إِنَّهُ لَا يَيْأَسُ مِن رَّوْحِ
اللَّـهِ إِلَّا الْقَوْمُ الْكَافِرُونَ
“ތިމަންކަލޭގެފާނުގެ ދަރިންނެވެ! يوسف ގެފާނާއި، އޭނާގެ أخ އާގެ خبر އެއްވޭތޯ ތިޔަބައިމީހުން ދާށެވެ! އަދި اللَّه ގެ رحمة ން ތިޔަބައިމީހުން اميد ކަނޑައިނުލާށެވެ! ހަމަކަށަވަރުން، كافر ވިމީހުން މެނުވީ، اللَّه ގެ رحمة ން اميد ކަނޑައެއް ނުލާނެތެވެ” ސޫރަތް ޔޫސުފް، 87
މި ތާނގައި އެކަލޭގެފާނު ދާދި ދެންމެއަކު ގެއްލުނު ދަރިކަލުންގެ ވާހަކައިގެ ކުރިން ވެސް ޔޫސުފްގެފާނުގެ ވާހަކަ ގެނައި ގޮތް ދެކެބަލާށެވެ. އެ ބަސްތައް ބުނެވޭނީ އެކަލޭގެފާނުގެ ހިތްޕުޅުގައި ކިހާ ބޮޑު އުއްމީދަކާއި ހިތްވަރެއް އޮވެގެން ހެއްޔެވެ؟ ޔޫސުފް ޢަލައިހިއްސަލާމް އެކަލޭގެފާނަށް ގެއްލުނުތާ އޭރުވަނީ އެތައް ޒަމާނެއް ވޭތުވެފައެވެ. އެކަލޭގެފާނުގެ ވަށައިގެންވި މީހުން އެކަލޭގެފާނު އަދިވެސް ޔޫސުފް ޢަލައިހިއްސަލާމްއަށް އިންތިޒާރު ކުރައްވާތީ އެކަލޭގެފާނަށް މަލާމާތް ކުރާ ހިސާބަށް ވެސް ގޮއްސިއެވެ. އެހެނަސް އެހެން މީހުންގާތު ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލުމަށް މި ނަޞޭޙަތްތެރިވަނީ އެކަލޭގެފާނެވެ. ސުބްޙާނަ ﷲ!
ޔަޢުޤޫބް ޢަލައިހިއްސަލާމް ﷲ ގެ ރަޙްމަތަށް އުއްމީދު ކުރުމުގެ ނަތީޖާއަކަށްވީ ކޮންކަމެއްތޯއެވެ؟ އެކަލޭގެފާނު އެތައް އަހަރެއް ފަހުން ވެސް އެކަލޭގެފާނުގެ ދަރިކަލުންނާއި ގުޅިގެން ދިޔުމުންނެވެ. ދެން ދުވަހަކުވެސް އެ ދެބޭކަލުން ބައްދަލުނުވާނެހެން އެހެން އެންމެންނަށް ހީވެފައި ވަނިކޮށެވެ. އެހެން އެންމެން ވެސް އުއްމީދު ކަނޑާލާފައި ވަނިކޮށެވެ.
ދެންފަހަރަކު ތިބާ ހިތްދަތި ޙާލަތެއްގައި ވާ ހިނދު، އެހެންނޫނީ ތިބާގެ މޭގައި ނުފިލާ ރިހުމެއް އުފެދިފައިވާ ވަގުތު، އެހެންނޫނީ އެ ހިތާމައަކުން އަރައިނުގަނެވޭނެހެން ހީވާފަދަ ހިތާމައަކާ ތިބާ ކުރިމަތިވާ ހިނދު، ޔަޢުޤޫބް ޢަލައިހިއްސަލާމްގެ މި ބަސްފުޅު ހަނދާނަށް ގެންނާށެވެ. ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާ ނުލާށެވެ. އެހެނީ އެ ރަޙްމަތްވަނީ ތިބާއާއި ކިހާ ގާތުގައި ކަން ތިބާއަކަށް ނޭނގެއެވެ. އަދި އެ ރަޙްމަތުގެ ސަބަބުން ތިބާއަށް ނުވެސް އެނގި ތިބާގެ ޙާލަތް ބަދަލުވެގެން ދާނެ ގޮތް ތިބާއަކަށް ނޭނގެއެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެ ރަޙްމަތުން އުއްމީދު ކަނޑާލާ ބަޔަކު ކަމުގައި ނުލައްވާށި! އާމީން!
Aameen..
FB Post (Dhivehi)
“ތިބާގެ ހިތަށް ތަދުވާ ވަގުތު، އެހެން ހުރިހާ ކަމެއް ހަނދާން ނައްތައި ތިބާގެ ހިތުގައިވި ޒަޚަމްތަކަށް ޝިފާއެއް ހޯދައިދޭނެ ކަލާމްފުޅަށް އެނބުރި ދާށެވެ.”
އެއީ ﷲ ގެ ކަލާމްފުޅެވެ.
އޭގެ އެއްވެސް މާނައެއް ތިބާއަށް ނޭނގުނަސް، އަދި އެއިން އެއްވެސް ފައިދާއެއް ކުރާނެހެން ތިބާއަށް ހީނުވިޔަސް، އެ ފޮތް ނަގާށެވެ. އެ ކަލާމްފުޅު ކިޔަވާށެވެ. އެ އަޑުއަހާށެވެ. އެ ނުބަލައި ދަސްކުރާށެވެ. ތިބާ ހިވެސް ނުކުރާ ގޮތްގޮތުން ތިބާއަށް އެއިން ފައިދާކުރާނެއެވެ. (އިން ޝާ ﷲ)
Assalaam’alaikum. mi baiga eba thibi jana varah reply kuran beynunvaa comment thah. hehe.. 😀 mireyge vaguthegga miadhuge part up koffa reply kuraanan In Sha Allah 🙂
Maasha Allah ❤️❤️❤️… V v beynuntheri v important baskolheh mifaharu vx thi himanaalee ???… Shifoo v v v ufaavehje jana mi part ga fb post himanaaleema ?????… Thank you soooooo much ??????…
shifoo ah faidhaa eh kuriyyaa thee libunu varah bodu hiyvareh Alhamdhulillah! 🙂 Jazaakillah Khairan <3
nice