Skip to content
އެސްފިޔަ

ލޯބިކަން 3

“ވިޝާލް” އަންހެން  ކުއްޖާގެ އަނގައިން ހަމައެކަނި ބޭރުވީ އެ ލަފްޒެވެ.ޗޮކުލެޓް ކުލައިގެ ފަން އިސްތަށިގަނޑެއް ލާފައިހުރި  ޒުވާނާގެ ފެހި ދެލޮލަށް ބަލަ  ހައްޓައިގެން ހުރި އަންހެން ކުއްޖާގެ އަނގަތަން މިނަށް ހުޅުވައިގެން ހުއްޓެވެ.ކުއްލިއަކަށް  އެ  އަންހެން ކުއްޖާ ގައިގަ ހުރިހާ ބާރެއް ލާފައި ދުއްވައިގަތީ ދޮރު މަތީގައި ހުރި ވިޝާލް އާއި ދިމާއަށެވެ.ނަމަވެސް ނަސީބު ދިމާކުރި ގޮތުން ހަށިގަނޑުން ބެލެންސް ކަޓައިގެން ގޮސް ވެއްޓެން ދިޔަ އެއަންހެން ކުއްޖާއަށް ލޯ މަރާ ބާރުކޮށް ލެވުނީ ހަށިގަނޑު ގައި ހުރިހައި ބާރެތްލާފައެވެ. ވެއްޓެމުން ދިޔަ ހަށިގަނޑު ގޮސް ބިމުގައި ޖެހުމުގެ ކުރިން ބާރުގަދަ  އަތަކުން އެ ހަށިގަނޑު ކޮންޓުރޯލް ކުރިއެވެ.

“މާޔާ”ވިޝާލް އެއަންހެން ކުއްޖާ ނަގައި ތެދު ކޮއްލަމުން ރަނގަޅަށް ބަލައިލިއެވެ. އަންހެން ކުއްޖާގެ ނޫ ދެ ލޮލުގެ ތެރެއަށް ގެބިގެން ދާން ބޭނުންވިއެވެ.ނަމަވެސް ކުއްލި އަކަށް މީހަކު ފަހަތުން ކޮނޑަށް އަތް ލިހެން ހީވެގެން ވިޝާލް ފަހަތް ބަލައިލިއެވެ.

“ކައިލާން”ފަހަތުގައި ހުރި ޒުވާނާ ފެނުމުން ވިޝާލް އަށް ސިއްސައިގެން ގޮސް މާޔާގެ އަތުން ދޫކޮށްލެވުނެެވެ.

“ވިޝާލް…..ކޮން އިރަކު އައީ……..”ކުރިމަތީ ގައި ހުރި ތޭވީހަކަށް އަހަރުގެ ޒުވާނާގެ ކަޅުކުލައިގެ  ބޮޑު ދެލޮލުގައި ވަނީ  ސިހުމެވެ. އިންތިހައި ދަރަޖައިގެ ހައިރާންކަމެވެ.ގަޔަތް ފިޓް ނޫކުލައިގެ ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސްގައި އެކަސްރަތީ ހަށިގަނޑުގެ ރީތިކަން ފާޅުވޭވޭ ހުއްޓެވެ.

“އުމމމމ…..ދެންމެ….ކައި ކިހިނެތްތަ…..ހާދަ ނުވަގުތެއް ގަ ކިހިނެތް ވީ އޯ އަނެއްކާ….”އަނގަ އޮޅުވަމުން ކަހަލަ ގޮތަކަށް ވިޝާލް އަހައިލިއެވެ.

“ހަމަރަނގަޅޭ……އެހެން އަންނަ އިރަކު ނޭންގޭ  ނެ ދޯ ތިދެމީހުން ރޮމޭންސް  ކުރަންކަމެއް ތިބޭނީ….މިތާ ބޭރުގަ ބޮޑު ބޯޑެއް  ޖާހާފަ ބެއިން ދިނަމަ ދޯ ވަނުން މަނައޭ ޖަހާފަ އޭރަކަށް ނުވަނީމުހޭ……”ކައިލާން  ހިނި  އައިސްފައި   ހުރެއެހެން ބުންޏެވެ.

“ކައި ވެސް ދޯ ދެން….”ވިޝާލް  ވެސް ހީލަމުން ގޮސް ކައިލާންގެ ގައިގައި ބައްދާލިއެވެ.

“ކޮބާތަ ޔޫހާ އެން އާންޓް…”ކައިލާން ވިޝާލްގެ މޫނަށް ބަލައި ލަމުން ސުވާލެއް ކޮށްލިއެވެ.

“ނޭންގެ….އަދި  މިއުޅެނީ  މޯމް ގާތު ނުވެސް ބުނެ އައިސް “ވިޝާލް އެތެރެއަށް ދާން  ހިނގައި ގަންނަމުން ފަހަތް ބަލައިލި އިރު މާޔާ ފެންނަން ނެތުމުން ވަށައިގެން ހޯދައިލިއެވެ.

“ކައި….ކޮބާ މާޔާ….”ވިޝާލް އަހައިލިއެވެ.

“ދެންމެ ހުރި މިހާރު ކޮބާ….”ކައިލާން ވެސް ވަށައިގެން ބަލައިލިއެވެ.

“ހިނގާ ދާން އެތެރެއަށް  މާޔާ ދިޔައީ  ކަން ނެއިން ގެ ދޯ…..”ވަރުބަލި ވެފައި ހުރިލަތް ބޮޑުކަމުން ވިޝާލް ކަންނެއް ހިނގު މެއް ގައި މިސްރާބު ޖެހީ ސިޑި އާއި ދިމާއަށެވެ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (21)

  1. unique

    missed it a looooooooooooooot

    1. Maikaa
      unique

      hehe..thankx

  2. Rifu

    Hrdha lahakun up thi kurany.. mihaaru handhaan vx neiii kury prt ga v gotheii…? thankolheh avahah up koh dhyba plx …

    1. Maikaa
      Rifu

      ohh…sorry aslu midhuvas kolhu varah bxy kamun up nukureve nee..next part avahah up kurevetho balamaa dho..thanks

  3. lotus

    Aslu vx.. thankolheh avaha up kohdheeba.. story ga vaanuvaa balaalan v beynun.. good luck maikaa?

    1. Maikaa
      lotus

      thanks lotus..next time avahah up kureveyy tho try kuraanan:]

  4. baby sis

    varah reethi .. but kuriiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii.

    1. Maikaa
      baby sis

      THANK YOU BABY SIS

  5. Anonymous

    vaahaka kiyan fashaa iru ihnani nimifa… eyhen vey kiyaa hith ves nuvey…..3part up v iru adhi ragalhah vaahaka nuves feyshey…..migoathah vaahaka geynes dhenyaa v foohi….

    1. Maikaa
      Anonymous

      next part gai igeyyne kanneige vaagoi..sorry for that…thank u anonymous

  6. mishy

    Vrh miss vi mi strii mathin… nxt prt avas khkahcheyy..plx… mi prt vrh kuru… nxt prt dhigu khleveythw balahcheyy… ly…♥♥

    1. Maikaa
      mishy

      next part miadhu up kurevey tho try mi kuranee…thank you mishy

  7. Swety

    Alhey vvvvv nice bt maaku bodahves kuru???

  8. Pinky shifoo

    Reethi bt it’s too short… Kury part thakuga v gotheh hadhaanvx neh… Avahah up kohladhehchey next part ingey… Waiting…

    1. Maikaa
      Pinky shifoo

      ok…thank you pinky shifoo..n next part up vane varah avahah…inshaa allah

  9. Maikaa

    thank you swety……sorry kuru v ma

  10. Mee

    Baeh mistakes ebahuri stwryga… sukunuge massalaves vaahaka thankolheh kuree dhw heevany reethivaanehen

    1. Maikaa
      Mee

      mistake thah n sukunuge massalaves ragalhu kureveyy tho try kuraanan….thank you mee

  11. maya

    Hey, my name is Maya ingeyyy
    Anyways story warh reethi next part dhigu kohla dhecheyy
    ?❤

    1. Maikaa
      maya

      really ur name is maya tha hama…hehee..next time dhigu kohlaanan insha allah

  12. Kooji

    too short, n maa las up kuraaleh

Comments are closed.