Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިނުވިޔަސް ފިރުމާލަދީ 06

Ushaali Level 810 Stories100 Comments100 Stories500 Comments
March 27, 2018 9 Mins Read
36 Comments

ހުރިހާ ވިސްނުންތަކެއް އެއްވެ އޭނާގެ ސިކުނޑި ފަޅައިގެންދާވަރު ވެފައި ވިޔަސް އޭނާ އަށް ބުރަވެވުނީ އޭނާ ލޯބިވާ ފަރާތަށެވެ. އެންމެ ދުވަހެއްގެ ފަޅިސިކުންތަކަށް ވިޔަސް އައްޔަދުގެ އަންބެއްގެ މަގާމުގައި އިނދެވުމުން އޭނާ އަށް ދުނިޔޭގެ ހުރިހާ އުފަލެއް އިހުސާސް ކުރެވުނީއެވެ. އެކަމަށްޓަކައި ޝިނާން ގެ ހިތް ހަލާކުކޮށްލަން ޖެހުނަސް އެކަން އޭނާ ކުރާނެއެވެ. ޝިނާންއަށްޓަކައި އޭނާގެ ހިތުގައި ރަހްމާއި ހަމްދަރުދީ އިންތިހާ އަށް ވިޔަސް އައްޔަދުގެ މައްޗަށް އެހިތުގައި ފަނޑުވުމެއްނެތް ލޯބި މާ ބާރުގަދަވެފައި ތެދުވެރިއެވެ.

 

ހުކުރު ދުވަހެވެ. ކުޑަކުދިންގެ ބަގީޗާގެ ހިލަ ގޮނޑިއެއްގައި އިން ރިމީޝާގެ ނަޒަރު ހުއްޓިފައި ވަނީ ތަންކޮޅެއް ދުރުގައި ހުރި އުނދޯއްޔެއްގައި ހެއްލަން އިން މިޝްކު އަށެވެ. އަތުގައި ޕޮޕްކޯން ކޮތަޅެއް އޮތް އިރު ކަޅި ހިނދުކޮޅަކަށް ވެސް އެހެން ދިމާލަކަށް ނުހުއްޓެވެއެވެ. ރިމީޝާ ލައިގެން އިން ކަޅު ހެދުމާއެކު އަޅާފައިވާ ކަނޑު ނޫ ކުލައިގެ ޝޯލް މިއއަދުގެ މޫސުމާއި ނުލާހިކު ގުޅޭއެވެ. އުޑުމަތީގައި ވަނީ ސާފު ނޫކުލައެވެ. އެއްވެސް ދިމާލާކުން ހުދު ވިލާކޮޅެއްގެ ނިޝާނެއްވެސް ފެންނާކަށް ނެތެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަޑުން މުޅި ޕާރކްތެރެ ހަލަބޮލި ވެފައިވާއިރު އިރުކޮޅަކާއި މިޝްކު ‘މަންމި’ އޭ ކިޔާފައި ގޮވާލާ އަޑު އިވިލައެވެ. އެއިން ކޮންމެފަހަރަކު ރިމީޝާގެ ފަރި ހިނިތުންވުން މިޝްކު އަށް ދައްކާލައެވެ. ބައެއް ފަހަރު އަތުގައި އޮތް ފޯނުން މިޝްކު އުޅޭ ގޮތް ވީޑިޔޯ ވެސް ކޮށްލައެވެ.

އަތުގައި އޮތް ފޯން ރިންގުވާން ފެށުމުން ރިމީޝާ ބަލާލިއެވެ. ޒޯހަލް ގެ ނަން އަރާ އިނުމުން އަވަހަަށް ކަންފަތުގައި ޖަހާލިއެވެ. އިރުކޮޅަކުން ވަދެގެން އައި ޒޯހަލް އަށް ފެންނާނެހެން ރިމީޝާ އަތް ހޫރާލިއެވެ. ދުރުގައި ހުރި ޒޯހަލް ތުންފަތްމައްޗަށް ވެރިވި ހިނިތުންވުމާއި ފޯން ކަންފަތާއި ދުރުކޮށްލުމަށްފަހު ރިމީޝާ އިން ދިމާލަށް ހިނގައިގަތުމުން އޭނާ އަށް ރިމީޝާ ފެނުނީކަން އެނގުނެވެ. އިރުކޮޅަކުން ދެ އެކުވެރިން ކުޑަކޮށް އެކަކު އަނެކަކު ގައިގާ  ބައްދާލިއެވެ. ރިމީޝާ އިށީނދެގެން އިން ހިލަ ގޮނޑިން ދުރަށް ޖެހިލުމަށްފަހު ކުޑަ ޖާގައެއް ދައްކާލިއެވެ. އެތަނުގައި ޒޯހަލް އިށީނުމާއެކު ދުރުގައި ކުޅެން އުޅުނު މިޝްކު ދުވެފައި އައިސް އެރީ ޒޯހަލް ގެ އުނގަށެވެ.

“ޒޯދައްތާ…” ޒޯހަލްގެ ކަރުގައި އަތްއަޅުވާލަމުން މިޝްކު ބުނެލިއެވެ.

“އައްދޭ ޒޯދައްތަގެ މިޝްކޮ މިހާރު ހާދަ ލޯތްބޭ…. ކާކު ތުންފަތުގައި ލިޕްސްޓިކް ހާކާދިނީ” މިޝްކު ދޮން މޫނުގައި ހިފަހައްޓާލަމުން ލޯތްބާއެކު ޒޯހަލް ބުނެލިއެވެ.

“މަންމި” ރިމީޝާއަށް އިނގިލި ދިއްކޮށްލަމުން މިޝްކު ބުނެލިއެވެ.

“ދަރިފުޅު ދޭބަލަ މަސްފެންގަނޑު ބަލާލަން” ރިމީޝާ އަތުގައި އޮތް ޕޮޕްކޯން ކޮތަޅުން އެތިކޮޅެއް މިޝްކުގެ އަނގައަށް ލަވާ ދިނުމުން އެދިމާލަށް ދިޔައެވެ.

“ޒޯ… ހުރި ވަރަކަށް ދޯ ހުރީ… ދިޔައިމެއްނު ކަސްރަތު ކުލާހަކަށް. ނުހިކޭނެއްނު އެވަރަށް ކާނެ ވިއްޔާ….” ރިމީޝާ ޒޯހަލްގެ ހެދުމުގެ މަތިން ބަނޑުގައި ފިތާލަމުން ބުނެލިއެވެ.

“ދެން ހިކޭށޭ ކިޔާފައި ނުކައި ނުވާނެއްނު. އެހެންނޫނަސް ކުރިން ހިކިފަ އަނެއްކާ ފަލަވީއޭ… ހަޒްބަންޑް އެވަރަށް ލޯބިދެޔޭ…” ހިނިގަނޑަކާއެކު ޒޯހަލް ބުނެލިއެވެ.

“ހޫމް…. ކިހިނެއް ޒޯގެ މަންމަމެން.” ޒޯހަލް ކައިވެނިކޮށްގެން ރަށުގައި ދުވަސްކޮޅަކު އުޅުމަށްފަހު މާލެއައިތާ އަދި މިވީ އެންމެ ދުވަހެކެވެ.
“ވަރަށް ރަނގަޅު. އެނގޭތަ؟ ނާއި ގެ ވާން އުޅޭ އަންހެނުން ވަރަށް ލޯބިކޮށް ހުންނަނީ. ޗަބީކޮށް ބޮޑު ކޮލެއް ލާފައި. މަށާ ވަރަށް އެއްގޮތް. ވަރަށް ފްރެންޑްލީ” ޒޯހަލް މަޖާވެލާފައި އަތަށް ހަރަކާތެއް ގެންނަމުން ބުނެލިއެވެ.

“އެހެންތަ. ނާއީ ފޮޓޯއެއްވެސް ނުފޮނުވާނަމޯ… ރަށަށް އައިސް ބަލާށޯ ބަލާނެ ވަރަކަށް” ރިމީޝާ ހީލަމުން ބުނެލިއެވެ.

“އަސްލު. މަދަމާ ދެން ދެވޭނެއްނު. ވަރަށް ދެރަވޭ ޒޯ އަންނައިރަށް މަށަށް މިޖެހުނީ ރަށަށް ދާން. ތިއެއް ނޫނޭ ޝިފްގެ މަންމަމެން ރަނގަޅުތަ؟” ރިމީޝާ އެއަހާލީ ޒޯހަލްގެ ފިރިމީހާ ކާޝިފްގެ މަންމަމެންގެ ވާހަކައެވެ.

“ނަސީބަކުން ރަނގަޅު. ދެން ރަނގަޅުވާނެތާ އެމީހުންގެ ހުރި ހަމައެކަނި ދަރިއަކީ ކާޝިފް. ދަރިފުޅު ދެކެ ވާ ލޯތްބެއް އެދަރިފުޅުގެ އަންހެނުން ދެކެވެސް ވާނެތާ” ހިނިގަނޑަކާއެކު ޒޯހަލް ބުނެލިއެވެ.

“އަލްހަމްދުލިއްލާހި” ރިމީޝާ ހީލަމުން ބުނެލިއެވެ.

“ރަނގަޅު ނުވި ނަމަވެސް ހޭއަރުވާލީމުސް. ބިންމައްޗަށް ވައްޓާލާފައި ގައި މަތީގައި އިށީންނާނީ. އޭރުން ހުންނާނެއްނު ގޯސް ވެވިފަ” ޒޯހަލް މަޖާވެލާފައި ބުނެލިއެވެ. ރިމީޝާ އިނީ ހޭންފަށާފައި ހުއްޓާލަން ނޭނގިފައެވެ.

“މީޓްކޮށްދޭނަން އެނގޭ ބަލާ އަންނަ ގަޑީގަ. ބުނަން ހިތްނުކިޔައްޗެ…. އެމަގޭ” ޒޯހަލްގެ ވާހަކަތަކުން ރިމީޝާ ހީލިއެވެ. ކިތަންމެ ދުވަހެއް ވިޔަސް ޒޯހަލްގެ އެހުންނަ ލާނެއް ގޮތްގަނޑު ނުކެނޑެޔޭ ރިމީޝާގެ ހިތަށް އެރިއެވެ.

“ހޫނ.. ދެން މަގޭ ވާހަކަ ބާއްވާފަ މަންޖެގެ ވާހަކަ ކިޔާބަލަ” އަޑަށް ސީރިޔަސްކަން ގެންނަމުން ޒޯހަލް ބުނެލިއެވެ.

“މާބޮޑުކަމެއް ނުވޭ. އެކީގައި އުޅެފައި މަށަށް ލަނޑުދީފަ ކުއްލިއަކަށް ފިލީނު. އެގޮތަށް ހަމަކުއްލިއަކަށް ކުރިމައްޗަށް އައިސް ހުއްޓުނީ. އެކަމަކު މުޅިން އެހެންމީހެއްގެ ގޮތުގައި” ދުރުގައި މަސްތައް ބަލަން މަޑުމަޑުން ހިނގަމުން ދިޔަ މިޝްކު އަށް ބަލަން ހުރެފައި ރިމީޝާ ބުނެލިއެވެ.

“އޭނ؟ ކީކޭ ތިބުނީ. އޭނަ އައީތަ؟ މިހުރިހާ ދުވަހު ކޮންތާކު އުޅުނީ؟” ތިން ސުވާލު އެއްފަހަރާ ޒޯހަލް ކޮށްލިއެވެ.

“އުޅުނީ ރައްޖޭން ބޭރުގަހެން ހީވަނީ. މިހާރު އެއީ ކުޑަކުޑަ ކުއްޖެއްގެ ބައްޕައެއް. އަންހެނުން ވަރިކޮށްފަޔޯ. އެނގޭތަ އެއީ ޝިނާންގެ ތިމާގެ ކޮއްކޮއެއް. އަހަރެމެން މިއުޅެނީ އެއްގެއެއްގައި ނަމަވެސް ވަކި އެޕާރޓްމަންޓެއްގައި” ރިމީޝާ ބުނެލިއެވެ.

“އަސްލު. ދެން ކޮންގޮތެއް ރިމީ ވިސްނަނީ… މިބުނީ އޭނަ ބޭނުމިއްޔާ ޝިނާން ކައިރިން ދުރަށްދާނީތަ؟” ޒޯހަލް އަހާލިއެވެ.

“ޒޯ… ޒޯ އަށް ވެސް އެނގޭނެ މަށާ ޝިނާންގެ ކައިވެނި އެއީ ކިހިނެއް ކުރެވުނު ކައިވެންޏެއްކަން. އަހަރެންގެ ހިތުގައި ޝިނާންއަށްޓަކައި ހަމްދަރުދީ އޮވޭ. އެކަމު ލޯތްބެއްނުވޭ. އަހަރެން ހިތުގައި އަދިވެސް ލޯބި ވަނީ އަޔާއަށް. އަހަރެން ދުވަހަކު ވެސް އަޔާ މަތިން ހަނދާން ނައްތައެއް ނުލެވޭނެ. އަޔާ މަށާ އިންނަން ހުރިއްޔާ އަހަރެން ކިހިނެއް ދެކޮޅަށް އެއްޗެއް ބުނާނީ” ލިބުނު ހިތް ނުތަނަވަސްކަމުގައި ރިމީޝާއަށް އިންތަނުން ކޮޅަށް ތެދުވެ ދެކޮޅަށް ހިނގަން ފެށުނެވެ.

“އެކަމަކު ރިމީ ވިސްނާލަބަލަ…. ރިމީ ތިހެން ކަންތައްކޮށްފިއްޔާ އެއީ ޝިނާން އަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. މަށަށް ފެންނަނީ ރިމީ އަދި އެއްފަހަރު ވަރަށް ފިނި ސިކުނޑިއަކުން ވިސްނާލަން” ޒޯހަލް ރިމީޝާގެ އަތުގައި ހިފައިގެން އައިސް ކުރިން އިންތަނުގައި ބައިންދަމުން ބުނެލިއެވެ.

“އަހަރެން ކިތަންމެ ވަރަކަށް ވިސްނިޔަސް އަހަރެންގެ ހިތާއި ސިކުނޑިން ނިކުންނާނީ އެއް ޖަވާބެއް” އިސްޖަހާލަމުން ރިމީޝާ ބުނެލިއެވެ.

“ދެން އެކަމަކު…. އޭރުން މިޝްކުއޯ… އެކުއްޖާ ކިހާ ދެރަވާނެ” ޒޯހަލް ބުނެލިއެވެ.

“މިޝްކު  އެއީ އަހަރެންގެ ދަރިއެއް. އެކުއްޖާ މަންމަ ކިޔަނީ މަށަށް. މިޝްކު ހުންނާނީ އަހަރެން ހުރި ތަނެއްގައި. އަހަރެންނަށް މިޝްކު އާއި ނުލާ އަދި މިޝްކު އަަށް މަށާ ނުލާ ނޫޅެވޭނެ. އަހަރެން ނޭފަތުން ނޭވާ ލެވޭހާ ހިނދެއްގައި މިޝްކު ދޫކޮށެއްނުލާނަން. ބައްޕަ އަށް ވުރެ ބޮޑަށް ކުޑަ ދަރިއަކަށް ބޭނުންވާނީ މަންމައެއްގެ އެހީތެރިކަން”  ރިމީޝާ ބުނެލިއެވެ. އެވަގުތު ދުރުގައި ހުރި މިޝްކު ރިމީޝާއަށް ބަލާލަފައި އަތުން ހާއި އަޅާލިތަން ފެނުމުން ކަރުނައިގެ ތެރެއިން ރިމީޝާއަށް ހީލެވުނެވެ.

“ކީކޭ ދެން ބުނާނީ. ރިމީގެ ދިރިއުޅުން. ރިމީ ކޮންމެ ނިންމުމެއް ނިންމިޔަސް އަހަރެން އަބަދުވެސް ހުންނާނީ ރިމީ އާއެކު” ރިމީޝާގެ އަތުގައި ހިފާލަމުން ޒޯހަލް ބުނެލިއެވެ.

“ރިމީ ކިޔަވާ ހުރިހާ ކަމެއް ނިންމާ ހޮސްޕިޓަލުން ޖާގަ ލިބުނީމަ ވެސް ހަމަ ގޭގަ ހުންނަންތަ ވިސްނަނީ. ކިޔެވި އެއްޗެއްގެ ބޭނުންހިފާކަށް ބޭނުމެއްނުވޭތަ؟” ޒޯހަލް އަހާލިއެވެ.

“އަހަރެން ވެސް އުއްމީދެއް ކުރިން. އަހަރެންގެ ފަރާތުން ރައްޔިތުންނަށް ހިދުމަތެއްކޮށްދޭން ވަރަށް ބޭނުންވި. އެކަމަކު ނޭނގިހުއްޓާ އަހަރެންގެ ދިރިއުޅުން އެފުށްމިފުށަށް ޖެހިގެން ދިޔައީނު. އަހަރެންނަށް މަޖުބޫރުވީ އެހުވަފެންތަކުން ނިކުމެ ދިރިއުޅުމެއް ފަށަން. މިހާރު އަހަރެންގެ އެހުރީ ނުލާހިކު ބަލި ކުއްޖެއް. އަހަރެން ވަޒީފާއަށް ގޮސްގެން ކިހިނެއް އެކުއްޖާ އަށް ވާނީ. މިހާރު ހަމަ ގޭގަ ހުންނަހިތް ވަނީ. ކޮންމެއްކަމެއް ވެސް ވާނީ ރަނގަޅަކަށް” ކުޑަ ހީލުމަކާއެކު ރިމީޝާ ބުނެލިއެވެ. އެތައް ވަގުތަކު ދެރަހްމަތްތެރިން ވާހަކައިގާ ތިބެފައި ޕާރކުން ނިކުންނަން ހިނގައިގަތީ އިރުއޮށްސުމުގެ ކުލަވަރު އުޑުމަތިން ދައްކާލުމުންނެވެ.

 

ބަދިގެތެރޭގައި ހޭބޯނާރާ ކެއްކުމައިގެން އުޅޭ ޝަނުމް އިރުކޮޅަކާއި ނިތްކުރިމަތިން ހިއްލާފައި ހުރި ދާތައް އަތުގެ ނުފުށުން ފޮހެލައެވެ. ކާމެޒު ކައިރީގައި ލުނބޯހުތު ފަނިތައްޓެއް ބޯން އިން އައްޔަދު ޝަނުމް އާއި ދިމާކުރުމުގައި އިނެވެ. ކޮޓަރިއަށް އައިކު ނިންދަވަން ވަން ޒާއިރާ އަދިވެސް ބޭރަކަށް ނުނިކުމޭއެވެ. ކުއްލިއަކަށް ޝަނުމްގެ ހިނިތުންވުން ފުޅާ ވެގެން އައީ ވަދެގެން އައި ރިމީޝާ ފެނިފައެވެ. ހިނދުކޮޅަކަށް އައްޔަދުގެ ނަޒަރު ވެސް ރިމީޝާއަށް ހުއްޓުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ނަޒަރު ހުއްޓާލީ ކުރުމަތީގައި ހުރި ލުނބޯހުތު ފަނި ތައްޓަށެވެ.

“ރިމީ.. މިއަދު ކޯއްޗެއް ހިފައިގެން ތިއައީ” ރިމީޝާ އަތުގައި ހުރި ތަށި އަތުލަމުން ޝަނުމް އަހާލިއެވެ.

“ވާއު… ލޮނުމިރުސް ގަނޑެއް. ކާކު ހެދީ” ކުޅުދިޔާވެގެން ގޮސް ދެތުންފަތް ތެރެއިން ވެއްޓެން ތައްޔާރުވި ސޮނިގުޅަ ދެތުންފަތް ދޭތެރޭގައި ހައްޔަރުކޮށްލަމުން ޝަނުމް ބުނެލިއެވެ.

“މަ ހެދީ… ހިތަށް އެރީ މާގިނައިން ހެދުނީމަ ޝައްނުމެންނަށް ގެނެސްދޭނީއޭ” ރިމީޝާ ޝަނުމް ކައިރީގައި ހުރި މޭޒުގައި އަތް އަޅުވާލަމުން ބުނެލިއެވެ.

“އަނހަ މީ ކޮންކުއްޖެއް. އަހަރެމެން އައިފަހުން އަދި ތިވަދެލީ މިބަޔަށް. އާދޭ އިށީންނަން ކުޑަކޮށް އަނގަތަޅާލާފައި ދާނީ” ކޮޓަރިން ނިކުމެގެން އައި ޒާއިރާ ރިމީޝާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“މާގިނައިރަކު ނީނދެވޭނެ. އިރުކޮޅަކުން މިޝްކޮގެ ކްލާސް ނިމޭނެ. އޭރަށް ބަލާދާން ޖެހޭނެ” ހީލަމުން ގޮނޑީގައި އިށިން ރިމީޝާ ބުނެލިއެވެ. ހިމޭނުން ފަނިތަށި ބޯން އައްޔަދު އެއްވެސް ބަހެއް ނުބުނެ އިނެވެ.

“އެކޮއިމެންގެ ކައިވެންޏަށް ވަރަށް ދުވަސްވެއްޖެތަ”؟ ޒާއިރާ ހީލާފައި އަހާލި އެއްޗަކުން ރިމީޝާގެ މޫނުގެ ކުލަވަރު އޮށްސުނެވެ. އެއްޗެއް ނުބުނެ ހިނދުކޮޅެއް ވޭތުވިއެވެ.

“ވަރިކޮށްފަ” ޖަވާބުދިނީ ހަމަ އެމޭޒުގައި އިން އައްޔަދެވެ. ޒާއިރާ ބަލާލީ އައްޔަދަށެވެ.

“އެތެދެއް؟” ދެލޯ ބޮޑުކޮށްލަމުން ހައިރާންވެފައި ޒާއިރާ ބަލާލީ ރިމީޝާގެ މޫނަށެވެ. ޝަނުމް ވެސް ރިމީޝާގެ މޫނަށް ބަލާލީ ހަގީގަތް އެނގެން ބޭނުންވެފައެވެ.

“އެކަމަކު. ނުއިނދެ ދެމީހުން ތިހެން އެއްގޭގަ” ޒާއިރާ އެއްޗެއް ނުބުނީ އިސްޖަހާލައިގެން އިން ރިމީޝާ ބޯޖަހާލުމުންނެވެ.

“އެނގޭ. އަހަރެމެން ދެމީހުންނަކީ ހިލޭ ދެމީހުން. އެކަމަކު ދަރިފުޅަކީ ބަލި ކުއްޖަކަށްވާތީ އެކުއްޖާ ދޫކޮށްލާފައި ދެވޭކަށް ނެތް. ދަރިފުޅާއި ނުލާ ޝިނާން އަކަށް ވެސް ނޫޅެވޭނެ. އެހެންވީމަ އެގޭގައި އުޅުން ނޫން ގޮތެއް މަށަކަށް ނެތް. ހިލޭ ފިރިހެނަކާއި އެކު އުޅުނަސް އަހަރެން ފާފައެއް ނުކުރާނަން” ރިމީޝާ ބުނެލިއެވެ.

“ދެން އަލުން އޭނަ އާއި އިންނަންވީނުން. ކޮބާ ހުރަހަކީ؟ ދަރިފުޅަށް ވެސް ރަނގަޅުވާނީ މަންމަ އާއި ބައްޕަ އެކީގައި އުޅުނިއްޔާ” ޒާއިރާ ރިމީޝާގެ މޫނަށް ބަލާލަމުން ބުނެލިއެވެ.

“ޝިނާންގެ މަންމަމެން އަހަރެންނާއި އެހާ ގަޔާ ނުވޭ. އެހެންނޫނަސް އަހަރެންގެ ވިސްނުމެއްނެތް ޝިނާން އާއި އިންނަން” ރިމީޝާ ދެއަތުގެ އިނގިލިތަކާއި ކުޅެމުން ބުނެލިއެވެ.

“އެކަމަކު މީހަކާއި ނުއިނދެ ތިހެން މުޅިއުމުރު ހޭދަކޮށްލާކަށް ނުވާނެ. އެކުގައި ތިހާ ދުވަސް ވީއިރު ވެސް ޝިނާންދެކެ ލޯބިނުވޭތަ؟” އަނެއްކާ ވެސް ޒާއިރާގެ ސުވާލެކެވެ. ރިމީޝާ އިސްއުފުލާ ބަލާލީ އައްޔަދަށެވެ. އައްޔަަދު ކުރިން ވެސް އިންގޮތަށް އިނެވެ.

“ވަރަށް ލޯބިވޭ… ދުވަހަކު ވެސް ވަކިނުވާނޭ ހީކުރިން. އެކަމަކު ބަގީޗާގައި އުޅޭ އެހެން މާބުރުތައް ފަދައިން ކަރުގަނޑަށް ތިރިކޮށްފަ ފޮނިކޮޅު ބޯލާފައި އުދުހިގެން ދިޔައީ. ފަހުންވާނެ ގޮަތަކާއި މެދު ވިސްނާވެސްނުލާ….” ރިމީޝާގެ ކަރުނުން ފުރިފައިވި ދެލޯ އަމާޒުވެފައި ވަނީ އައްޔަދަށެވެ. އައްޔަދު ވެސް ނޭނގުމުގެ ތެރެއިން ރިމީޝާގެ މޫނަށް ބަލާލިއެވެ. ރިމީޝާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނިފައި އެހެން ދިމާލަށް އައްޔަދަށް ބަލާނުލެވުނެވެ. ޒާއިރާ އެއްފަހަރު ރިމީޝާގެ މޫނަށް އަނެއްފަހަރު އައްޔަދުގެ މޫނަށް ބަލަބަލާ އިނެވެ. ރިމީޝާ އެބުނި އެއްޗެއް ޝަނުމްގެ ސިކުނޑިއަށް ނަގައިނުގަނެވުމުން ދެކޮނޑު އަރުވާލާފައި އަލުން އުނދުން ކައިރިއަށް ޖެހިލިއެވެ.

“ދައްތާ މިހެން އިނދެވޭކަށް ނެތޭ. މިޝްކޮ ބަލާދާން މިދަނީ. މިހާރު ޝިނާން ވެސް ކާން އަންނަން އުޅޭނެ” ދެލޯކައިރި ފޮހެލަމުން ރިމީޝާ އަވަސް އަވަހަށް އިންތަނުން ތެދުވެ ހިނގައިގަތެވެ.

“ހެހެހެ… ރިމީ އަށް ކޮންމެސް މީހަކު ލަނޑެއްދިނީ ކަންނޭނގެ” ރިމީޝާ އެތަނުން ދިޔުމުން ޒާއިރާގެ ނަޒަރު އައްޔަދަށް އަމާޒުވެދާނެތީ އެހެން ބުނެލުމަށްފަހު އަވަސް އަވަހަށް އެތަނުން ތެދުވެގެން ހިނގައިގަތެވެ. ޒާއިރާ ބަލާލީ ކައްކަން ހުރި ޝަނުމް އަށެވެ. މިވަގުތު ޒާއިރާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބު ދެވޭނީ އެކަނި ޝަނުމް އަށެވެ. އެހެންކަމުން އަނގައިން ރާގެއް އަޅުވާލައިގެން ދޭފަތް ހިފައިގެން ކުދިކުދި ޑާންސް ސްޓެޕްތަކެއް ޖައްސަން ހުރި ޝަނުމްގެ އަތުގައި ހިފައިގެން ޒާއިރާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

 

ރަށަށް ފުރަންވެގެން ހުރިހާ މީހުން ހުޅުލެއަށް ދިޔައީ ގާތްގަނޑަށް އެކީގައެވެ. ޗެކިން ބަންދުކުރުމާއި މެދު ކުޑަ ވަގުތުކޮޅެއް އޮތުމުން ރިމީޝާ މިޝްކު ގޮވައިގެން ކުޑަކޮށް ހިނގާލުމަށްޓަކައި އިންތަނުން ބުޑު ހިއްލާލިއެވެ. ދުރުގައި އައިކު ގޮވައިގެން އައްޔަދު ވެސް ސަކަރާތެއްގައި އިނެވެ. އިރުކޮޅަކުން ރިމީޝާގެ އަތުގައި އޮތް ފޯނަށް މެސެޖެއް އައި ކަން އެނގުމުން ހުޅުވާލިއެވެ. ޝިނާން ބުނެފައި އޮތީ އަވަހަށް ޗެކިންވުމަށް އައުމަށެވެ.

ތިރީސްފަސް މިނިޓްގެ ކުރު ދަތުރަކަށްފަހު ވިލާތަކުގެ ތެރޭގައި ފޮރުވިފައި އޮތް ބޯޓް އައިސް ހދ.ހަނިމާދޫ ރަންވޭގައި ޖެއްސިއެވެ. އިރުކޮޅަކާއި މީހުންތައް އެމީހުންގެ ޖާގައިން ދަބަސްތައް ހިފައިގެން ބޯޓުން ފައިބަން ހިނގައިގަތެވެ. ރިމީޝާ މިޝްކު އުރާލައިގެން އެންމެ ކުރިން ފޭބީ އެމީހުން ތިބީ އެންމެ ކުރީ ޝީޓްގައި ކަމަށްވުމުންނެވެ. ހުރިހާ މީހުން އެކީގައި ލަގެޖް ހަމަކޮށްގެން ނިކުތްއިރު ބޭރުގައި ނަޒީމްގެ އިތުރުން ނާއިން ހުއްޓެވެެ. އަދި ނާއިން ކައިރީގައި ކުރިން ނުދެކޭ އަންހެންކުއްޖެއް ހުރުމުން ދެވަނަ ވިސްނުމަކަށް ނުގޮސް ރިމީޝާއަށް އެއީ ކާކުކަން އެނގުނެވެ.

“މާމާ….” ރިމީޝާގެ ކަރުގައި ބައްދައިގެން އޮތް މިޝްކު އަށް އަލްވީރާ ފެނުމާއެކު ފުންމައިގެން އެރީ އަލްވީރާގެ ދެއަތްމައްޗަށެވެ. ރިމީޝާގެ މޫނަށް އަލްވީރާ ބަލާލީ ވެސް މިޝްކުގެ މޫނު ވަށާ ބޮސްދިނުމަށް ފަހުގައެވެ. އަލްވީރާ ރިމީޝާގެ ގައިގާ ބައްދާލީ އެއްއަތުގައި މިޝްކު ވެސް ބައިންދައިގެންނެވެ. ޝިނާން އާއި ނަޒީމް އެކަކު އަނެކަކާއި ސަލާންކޮށް ބައްދާލާ ކައިރީގައި ހުރި އައްޔަދާއި ވެސް ސަލާން ކޮށްލިއެވެ. ޒާއިރާ އާއި އަލްވީރާ އެކަކު އަނެކަކަށް ހިނިތުންވުމެއް ބަދަލުކޮށްލިއެވެ.

“އަނހަ މީ ކޮންކުއްޖެއް” ޝަނުމް ގެ އަތުގައި އިން އައިކުގެ ކޮލުގައި ކޮށްޓާލަމުން އަލްވީރާ އަހާލިއެވެ.

“މަންމާ މީ އައްޔަދުގެ ދަރި” އަލްވީރާގެ ސުވާލަށް ޖަވާބު ދިނީ ރިމީޝާއެވެ. އަލްވީރާ ހީލަމުން އައިކުގެ ބޮލުގައި ލޯތްބާއެކު ފިރުމާލިއެވެ. އައިކުގެ މަންމަ އާއި ބެހޭ ގޮތުން ސުވާލުކުރަން އުޅެފައި ވެސް އަލްވީރާގެ ނިންމީ އެސުވާލު ނުކުރުމަށެވެ.

“ދޮންތާ” މިހުރިހާއިރު އެއްޗެއް ނުބުނެ ހުރި ނާއިން ރިމީޝާގެ މޫނުގައި ދެފަރާތުން ހިފާލަމުން ބައްދާލިއެވެ. ލޯބިވާ ކޮއްކޮގެ ގައިގާ ބައްދާލިޔަސް ރިމީޝާ މޫނު ހަދާލިއެވެ.

“ނާއީ އަށް އަދި ކިރިޔާތަ ދޮންތަ ފެނުނީ” ރިމީޝާ މޫނު ހަދާލިތަން ފެނުމުން ޝިނާން އަހާލިއެވެ.

“މަށަށް އެނގޭ މަ ކުޑަ ވީމަ ދޮންތަގެ ކައިރިން އެންމެ ފަހުން ޖާގަ ލިބޭނީ މަށަށް ކަން. އެހެންވެ ބަސް އަހައިގެން ކިޔޫގަ މަޑުކުރީ. އަސްލު ބޭނުންނަމަ ކިޔޫ ފަޅާވެސް ލެވުނީސް. އެކަމަކު… ނާއިން ބޯ އަރިކޮށްލާ ބަލާލީ ތަންކޮޅެއް ދުރުގައި ހުރި އޭނާގެ ވާން އުޅޭ އަނބިމިހާ އަންޖަލް އަށެވެ.

“ދޮންތާ! އަންޖަލް. އަންޖޫ!! އަހަރެންގެ އެންމެ ލޯބިވާ ދޮންތަ. އަދި މީނީ ދޮންބެގެ ކުޑަކުޑަ ބަޓަރފްލައި. ދޯ މިޝްކޮ” މިޝްކު ލައިގެން ހުރި ބަޓަރފްލައި ހެދުމަށް ދަމާލަމުން ނާއިން އަންޖަލް އަށް ރިމީޝާއާއި މިޝްކު ތަޢާރަފް ކޮށްދިނެވެ.

“ވަރަށް ލޯބި ފަހަރިއެއް ތިހޯދަދިނީ ދޮންތައަށް” އަންޖަލް ގައިގަ ކުޑަކޮށް ބައްދާލަމުން ރިމީޝާ ހީލާފައި ބުނެލިއެވެ.

“ކޮބާ ލޮރީ އެއޮތީ ތައްޔާރަށް. ހިނގާ ބަނދަރާއި ދިމާލަށް ދަމާ” ނަޒީމްގެ އަޑަށް ހުރިހާ މީހުން ބަލާލީ މާދުރުނޫން ހިސާބެއްގައި އޮތް ނޫކުލައިގެ ލޮރީ އާއި ދިމާލަށެވެ. އައިކު ގޮވައިގެން ޒާއިރާ ކުރިއަށް އެރުމުން ބާކީ ތިބި ހުރިހާ މީހުން ފަހަތަށް އަރަން ފެށިއެވެ. ފަހަތުން މަޑުމަޑުން އައި ރިމީޝާ ހުރީ ލޮރީ އަށް އަރާ ވަގުތު އައްޔަދުގެ އަތުގެ ހިމާޔަތް ހޯދަން އިންތިހާ އަށް ބޭނުންވެފައެވެ. ނަމަވެސް އައްޔަދު އެރުމަށްފަހު ފަހަތުގައި ހުރި ޝަނުމް އަށް އަރަން އެހީވެދީ އެނބުރުނީ އަނެއް ފަރާތަށެވެ. ރިމީޝާ ވީދެރައިން ކަރު އެލުވާލިއެވެ. އެންމެ ފަހަށް ރިމީޝާއަށް ޖެހުނީ ޝިނާންގެ އެހީތެރިކަމާއެކު އަރާށެވެ. އެމަންޒަރުތައް ބަލަން އެއްފަރާތުގައި ޝިނާން ހުރިއިރު އެތެރޭގައި އިން ޒާއިރާ އަށް ވެސް އެމަންޒަރު ފެންނަމުން ދިޔައެވެ.

އެއް ގަޑީރުގެ ކުރު ދަތުރަކަށްފަހު ލޯންޗު ރަށު ފަޅުން ވަދެގެން އައިސް މަޑުކޮށްލީ ޖެޓީ ކައިރިއަށެވެ. އެކަކު އަނެކަކުގެ އެހީތެރިކަމާއެކު އެންމެން ފައިބާ ނިމި ހުރިހާ ދަބަސްތައް ބާލުވާ ނިިމި ހިންދެމިލުމަށްފަހު ލޮރީ އަންނަން ދެން ބަނދަރުމަތީގައި ހުރި ހިލަ ގޮނޑިތަކުގައި އެންމެން އިށީނދެލިއެވެ. ނާއިން ދުރުގައި ޕާކް ކޮށްފައި ހުރި ސައިަލުގައި އަންޖަލް ގޮވައިގެން ގެއާއި ދިމާލަށް ދުއްވާލީ ގޭތެރޭގެ ބައެއް މަސައްކަތް ހަމައަކަށް އަޅުވާލުމަށެވެ. މެންދުރުވަމުން އަންނައިރު މަދުމަދުން ބަނދަރުމަތިން މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ބަނދަރުމަތީގައި ފެންނަން ހުރި މިސްކިތަށް  ބަންގި ގޮވުމުގެ ކުރިން މުސްކުޅި ފުރާގެ މީހުން ވަންނަމުން ދިޔައެވެ. އެ ސަރަހައްދުގައި އުޅުނު ބައެއް މީހުންގެ ލޯތައް އެމީހުންނަށް އަމާޒު ވަމުން ދިޔައިރު ބައެއް މީހުންނާއި ހީލުމަކާއެކު ސަލާންކޮށް އެއީ ކޮންބައެއްކަން ނަޒީމް ބުނެދެމުން ދިޔައެވެ. އަވި ބާރުވަމުން އަންނަ ވަގުތަށް ވުމުން އަވި އައިނުގެ އެހީ ނުހޯދާ އެތަނުގައި ހުރި ކޮންމެ މީހަކު އަވި ދީފައިވާ ސަރަހައްދަށް ބަލާލަނީ ދެލޯ ވީހާ ވެސް ކުޑަކޮށްލަމުންނެވެ. ބަނދަރު މަތީގައި ތަފާތު އެކި ވައްތަރުގެ ބޮޑެތި ގަސްތައް ހުރިއިރު ގުދުރަތީ ސާފު ވައި ޖެހެމުން ދިޔައެވެ. އެހެންކަމުން އަވި ބާރަސް އެއްވެސް މީހެއް ދަލެއް ނުހިއްލައެވެ.

ހިލަގޮނޑިއެއްގައި އިން ރިމީޝާގެ އުނގުތެރޭގައި މިޝްކު ދަތުރު ވަރުބަލިކަމާއެކު ނިދިފައި އޮތެވެ. ސައިކަލުގައި ކައިރިކޮށްލި ނާއިން ރިމީޝާގެ އަތަށް ކުޑަ ފިނިފެން ފުޅިއެއް ދިނުމަށްފަހު ރިމީޝާގެ އުނގުގައި ނިދިފައި އޮތް މިޝްކު އުރާލައިގެން ގެއާއި ދިމާލަށް ސައިކަލް ދުއްވާލިއެވެ. އިރުކޮޅަކުން ލޮރީ އައުމުން ނަޒީމް އާއި ބައިވެރިވެގެން ޝިނާން އާއި އައްޔަދު ލޮރީއަށް ފޮށިތައް އަރުވަން ފެށިއެވެ. ގެއާއި ދިމާލަށް ލޮރީ ދުއްވާލުމާއެކު ފަހަތުގައި ހުރި ނަޒީމް ޝުކުރު އަދާ ކޮށް ލޯންޗުގެ ފަޅުވެރިންނަށް އަތް ހޫރާލިތަން ފެނުނެވެ.

ހުރިހާ މީހުން ގެއަށް ވަދެ ބޭރު ހިރުނދު ގަސްދޮށުގައި އެލުވާފައި ހުރި ޖޯލިތަކުގައި ޖައްސާލިއެވެ. ގޯތި ތެރޭގެ ހުރިހާ ދިމާލަކުން ފެންނަން ހުރީ ސާފުތާހިރު ކަމެވެ. ކުރިއާއި ހިލާފަށް ބަދިގެ އާއި ކާގެ ވަކިން ހަދާފައި ހުރިއިރު ގޯތީގެ ވަކި ސަަރަހައްދެއް ހުރީ އެކި ވައްތަރުގެ ގަސް އިންދާފައެވެ. ތަނުގެ ހަމަހިމޭންކަން ނަގާލާފައި ހުރީ ގޯތީގެ އެއްކަނެއްގައި ހަރުކޮށްފައި ހުރި ދަގަނޑު ގުރާ ކޮށީގައި ތިބި ގުރާތަކުގެ ހިތްގައިމު އަޑުންނެވެ.  މެންދުރު ނަމާދު ބަންގި ދިނީ އެމީހުން އެގޮތުގައި ވަރުބަލިފިލުވަން ތިއްބައެވެ.

ޒާއިރާ އަށް ޖެހުނީ އައިކު އަށް ނިދިފައި އޮތުމުން އަލްވީރާ ފަހަތުން ކޮޓަރިއަށް ވަންނާށެވެ. އަލްވީރާ ހުރިހާ މީހުންނަށް ވަރަށް ފިނިކޮށް ކުރުނބާ ފަނި ހަދައިގެން ގެނެސްދިނުމުން ކޮންމެ މީހަކު ވެސް އެއްނޭވައިން ފަނިތަށި ދަމާލިއެވެ. ނާއިން އަންޖަލް ގެއަށް ލާން ދިޔަ ވަގުތު އަލްވީރާ އެގޭގައި ހުރި ކޮޓަރިތައް ބަހާލިއެވެ. ނާއިން އާއި ޝިނާން އަދި އައްޔަދު އެއްކޮޓަރި ހިއްސާކުރަން ޖެހުނު އިރު ޝަނުމް އާއި ޒާއިރާ އަދި އައިކު އަށް ކުރިން ރިމީޝާ ބޭނުންކުރި ކޮޓަރި ދިނެވެ. ރިމީޝާ އަދި މިޝްކު ހުންނަން ބޭނުންވީ އަތިރި އާއި ވީކޮޅަށް އެންމެ ފަހުން ހަދާ ނިންމާލި ކޮޓަރީގައެވެ. އެކޮޓަރީގެ ކުޑަދޮރުތައް ކަނޑާފައި ހުންނަނީ އަތިރިމައްޗާއި ވީ ދިމާލަށެވެ. ކުޑަދޮރު ހުޅުވާލައިގެން ހުންނައިރު އަތިރިމަތީގެ ބޮޑު ބައެއް ފެންނަން އޮންނައިރު ކަނޑުން ނަގާ ތާޒާ ވައިރޯޅި އެއްވެސް ހުރަހެއްނެތި އައިސް ބީހިލާނީ މޫނުގައެވެ. މިޝްކު އަކީ ބަލި ކުއްޖަކަށް ވެފައި މިޝްކު އަށް އެންމެ ރަނގަޅުވާނީ ވެސް އެކަހަލަ ކޮޓަރިއަކަށްވާތީ އާއިވެސް އެކުގައެވެ.

މެންދުރު ނަމާދުކޮށްގެން ހުރިހާ އެންމެން އެކުގައި ކާން އެރިއެވެ. އަލްވީރާ އާއި އަންޖަލްގެ މަސައްކަތުން ކާމޭޒުމަތި ވަނީ އެކި ވައްތަރުގެ ކާއެއްޗެހި ތަކުން ފަޅުފިލުވާލާފައެވެ. ގަރުދިޔަ އާއި ބަތެވެ. ރިހާކުރާއި ފިހުނު މަހެވެ. ބޯކިރާއި މަސްމިރުހާއި ފޮތިކޮށް ކޮށާފައި ހުރި ފިޔާއެވެ. ތެއްލި ފަތާއި ތެތްލި މަހެވެ. ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭން ބޭރުގައި އުޅުމުގެ ސަބަބުން މިފަދަ ކެއުންތަކާއި ދުރުގައި ހުރެ ރަހަކެނޑިފައި އިން ޒާއިރާ އަލްވީރާގެ ކެއްކުންގަނޑަށް ތައުރީފްކޮށްނުލާ ނުއިނދެވުނެވެ.

“ކޮންއިރަކުން ނިންމަނީ ނާއީ” ކާން އިން އައްޔަދު ކައިނިމިގެން އައިސް އިށިން ނާއިން ކައިރީގައި އަހާލިއެވެ.

“ނުޖެހޭނެ އިންތިޒާރުކުރާކަށް. މިރޭ އޮތީ” ފެންތަށި ތުބުން ނައްޓާލަމުން ނާއިން ބުނެލިއެވެ.

ހުރިހާ ފިރިހެނުން ކައިނިމިގެން އެތަނުން ތެދުވެގެން ބޭރަށް ނިކުތުމުން އެންމެފަހުން ކާން އިށީނީ ޝަނުމް އާއި އަލްވީރާ އެވެ. ރިމީޝާ މިޝްކު އަށް ކާންދޭން ފެށިތަނާ އަލްވީރާ މާނޫން ގޮތަކަށް ރިމީޝާއަށް ބަލަން ފެށިއެވެ. ރިމީޝާ ކައިރީގައި އެއްޗެއް އަހާލަން އުޅެފައި ވެސް ދެން ބަލާލަނީ ޝަނުމް އަށެވެ. ހީވާ ގޮތުން ދައްކަން ބޭނުންވާ ވާހަކަ އިތުރު މީހަކު ކައިރީގައި އިންދާ ދައްކަން ބޭނުންނުވަނީއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 10

Next

ލަދަކާ ހުރެ ތަދެއް ނުފިލާނެ

Next
March 27, 2018

ލަދަކާ ހުރެ ތަދެއް ނުފިލާނެ

Previews
March 26, 2018

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 10

36 Comments!

  1. Ushaali says:
    March 27, 2018 at 9:39 am

    salaamall!! mi bai ves huriha kudhin varag gayaa vegem kiyaalaane kamah heekuran. dhn in bai v haa ves avahah genesdheveytho ushaali try kuraanan 🙂
    mistake hedhifa iniyya konme kuhjjeh ves ekan faahaga kolla dheche… varah varah baajjaveri dhuvahakah edhen huriha kudhinnah ves 🙂 🙂

  2. araash says:
    March 27, 2018 at 9:55 am

    V v v v salhi…Nxt prt whn?waiting ingey

    1. Ushaali says:
      March 28, 2018 at 8:57 pm

      Thankyu araash ❤
      Next part on tomorrow night. Insha allah 🙂

  3. Z says:
    March 27, 2018 at 10:38 am

    Vvvv reethi

    1. Ushaali says:
      March 28, 2018 at 8:56 pm

      Thankyu Z ❤

  4. Niu says:
    March 27, 2018 at 10:39 am

    V v v reeethi
    Waiting for next part

    1. Ushaali says:
      March 28, 2018 at 8:55 pm

      Thankyu Niu❤

  5. mishy says:
    March 27, 2018 at 10:40 am

    Vrh reethi… curiously waitinnn…ly…♥♥♥♥

    1. Ushaali says:
      March 28, 2018 at 8:54 pm

      Thankyu mishy❤

  6. Swety says:
    March 27, 2018 at 10:41 am

    Mi part ves vvvvv nice ?????????????

    1. Ushaali says:
      March 28, 2018 at 8:52 pm

      Thankyu swety ❤

  7. Pinky shifoo says:
    March 27, 2018 at 10:41 am

    Hii ushaali ???… As usual mi part vx v v v reethi ???… Sifakurunthah adhi v v v reethi ingey ❤️❤️❤️… V interesting hama vaahaka kuriah dhaa goi ???… Enme inthizaaru kurevey eh vaahaka mee mihaaru ???… Keep up the good work ???… I just hope rimee ah visneyne kamah adhi… Ayadhu ah rimee deserve eh nuvey in my opinion… Shinaan deserves her ???… Let’s see dhw vaagotheh ☺️☺️☺️… Curiously waiting for the next part… Lots of love and take care ❤️❤️❤️????????????

    1. Ushaali says:
      March 28, 2018 at 8:50 pm

      Thankyu pinky shifoo ❤❤❤
      Kithanme nubai myhaku ves fahun ramgalhu vefhaane dhw…. Ayaa ah adhi visneyne fahun 🙂

  8. Shann says:
    March 27, 2018 at 10:52 am

    Wow ushaa haadha ryhchey mibaives… Hama v kiyaahithun mi kiyaaly… V v shauguveri kamaaeky… Rimee haadha loabivey dhw ahyadhu dheke… Ekam shinaan ves haadha rangalhey… Mishkko aky shinaan ge dharieh nun dhw ushaa…

    1. Ushaali says:
      March 28, 2018 at 8:48 pm

      Thankyu ❤shann
      Mishko r behey gothun engeyne adhi

  9. lotus says:
    March 27, 2018 at 11:09 am

    Wow.. v interesting.. past ga kankan v gothaai dhen vaane gothe balaalan v beynunvey.. v interest vaa gothah thi story kuriya gen dhanee.. keep it up?

    1. Ushaali says:
      March 28, 2018 at 8:46 pm

      Thankyu lotus ❤

  10. ?Lam? says:
    March 27, 2018 at 1:05 pm

    Mishko aky shinaan n rimeeshaa ge dhariehtha

    1. Ushaali says:
      March 28, 2018 at 8:45 pm

      Hehe lets see ?Lam?

  11. Shinan ge fan says:
    March 27, 2018 at 2:13 pm

    Mashah rangalhee shinan ah rimeesha libuniyya. He deserves her!!!

    1. Ushaali says:
      March 28, 2018 at 8:43 pm

      Vahaka nimumuge kurin rimee dhaane konmes ekaku ge kairi ah 🙂

  12. Ifa says:
    March 27, 2018 at 2:25 pm

    Adhi kiriya mi enguny zohal ei girl eh kan ? mishk ei aslu kaaku ge dhari eh tha? Shinaan ge tha or rimeesha ge? And mishk ge bayyaky koba tha?

    1. Ushaali says:
      March 28, 2018 at 4:04 pm

      Mishk ge parents mihaaru rngifa onnaany. Hehehe… Zohal kiyaa ushali dhanna girl eh ulhey
      Dhn misku gr bali engeyne adhi :-):-)

  13. A girl says:
    March 27, 2018 at 2:28 pm

    Mi story akee ushaali ge story thakun mashah kiunu enme hadi story… sorry to say that….bt yes… story fesheeiru v salhi comedy kohlaafa otheema..bt twist aisfa eight years kuriah jassaali irah hadi…dhen ekeega eight years ulhefa ekam loabi nuveyo…main lead kuraa girl heevanee v amihla edhun bodu meeheh hen…

    1. Ushaali says:
      March 28, 2018 at 4:02 pm

      So sorry A girl. Vahaka hadi vahaka bunyna dheravehjje 🙁
      Ekamu adhi fahun vahaka reethi vaane. Dhn 8 yrs vandhn ulhunas loabi nuvumaky vedhaane kameh nu. Fahun vaane gotheh nengey nu adhi. Heekuran adhi vahaka kiyaalaane kamah nimendhn 🙂

  14. Goma says:
    March 27, 2018 at 4:02 pm

    Vvv reethi

    1. Ushaali says:
      March 28, 2018 at 3:52 pm

      Thankyu 🙂

  15. Kujjeh mives says:
    March 28, 2018 at 1:30 pm

    Gaimu rimeesha eii komandoo kuhjekeynu kurin buny

    1. Ushaali says:
      March 28, 2018 at 3:51 pm

      Neennaane bunefa rimeesha aky komandoo kuhjjeh kamah 🙂

  16. Samakhaadhdih says:
    March 29, 2018 at 10:13 pm

    When next part….varah reethi ingey ushaa….

  17. Nu Xu says:
    March 29, 2018 at 10:14 pm

    Mi part vx vvvv loabi… 1 day fahun dhw kiyaa milevuny.. Ingeytha stry kiyan v varun gengulhunu data kolhu baiyy kaigen aeiru hux othy huskohlaafa… Ekamaa dhera vegen ulhenikn mirey card eh dhinyma furathama vx mi stry mi kiyaalee.. Mi stry kiyaahithun ulheythy kanneynge nidhaafa onnairu huvafenun stry ge manzaru fennany… Huvaa mibuny vvvvv loabi mi stry… Luv u????????? all the best ushaa…. Waitin 4 nxt part…. ??

    1. Ushaali says:
      March 30, 2018 at 12:36 am

      Huvaatha Nu Xu… varah kiyaahithun huryma dhw huvafenun fennaany. mihaaru upload kollany mi dh in part…. varah varah happy vehjje mi comment kiyaalaafa. thankyu so much Nu Xu 🙂 🙂

  18. Aaf says:
    March 29, 2018 at 10:34 pm

    Konirakun up vaany dhen

  19. Beauty says:
    March 30, 2018 at 12:12 am

    Very interesting

  20. Xee says:
    March 30, 2018 at 2:11 pm

    Zohal aky boy ehkamah heekuree kurin.. Hehe. Story Nice

  21. Kooji says:
    July 1, 2018 at 10:08 am

    salhi

Comments are closed.

Next Episodeލޯބިނުވިޔަސް ފިރުމާލަދީ 07←


All Right Reserved!