Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝީން (ފަންސަވީސްވަނަ ބައި)

Marie Level 210 Stories100 Login100 Comments
March 26, 2018 5 Mins Read
38 Comments

އޭރު ހަމައެކަނި ސޯޓެއްލައިގެން ހުރެ ރައިން އުރާލައިގެން އަޔާޒް ތިރިއަށް ފައިބަނީއެވެ.
އެވަގުތު ކޮޅުވެސް ޝީންގެ ހިތުން އަޔާޒްއަށް ތައުރީފްކުރެވުނެވެ.
ފިރިހެންވަންތަ ކަސްރަތީ އެހަށިގަނޑައް ބަލާލެވުމާއެކު ޝީންގެ ނޭވާ އެތެރެހަށިގައި ތާށިވިއެވެ.
ނަފީސާ ބުނިގޮތައް އަޔާޒްގެ މޭމަތީ އިން ކަޅު ލައް ރައިންގެ މޭމަތީ އިން ލަފާ އެއްވެސް ތަފާތެއްނެތެވެ”
ޝީން އެހެން ހުއްޓައި އަޔާޒް އައިސް ޝީން ގާތު މަޑޫކޮއްލިއެވެ.
އެއްވެސް ސެންޓެއް ބޭނުން ކޮއްފައި ނުވާއިރުވެސް އެގަޑީގައިވެސް ޝީން އަށް އަޔާޒް ގައިން ދުވީ އެހަށިގަނޑުގެ މީރުވަހެވެ.
އަޔާޒް ޝީންގެ މޫނައް ބަލަހައްޓައިގެން ހުރިގޮތުން ޝީން ލަދުގަންނަ ގޮތްވިއެވެ.އެމޫނު މައްޗައް އެރި ރަތް ކުލައިން އަޔާޒް ގެ މޫނުމަތިން ލާނެއް ހިނިތުންވުމެއް ހުއްޓެވެ. ޝީންގެ އެސިފަޔަކީ އަބަދުވެސް އަޔާޒް އަށް އެންމެ ކަމުދާ އެއް ސިފަޔެވެ.
ނެއްތަ ކޮފީއެއް ؟ އަޔާޒް އިތުރައް ޝީންއާއި ކައިރިވެލަމުން އެހެންބުނެލިއެވެ . އެބަ އަންނަން ހިފައިގެން “ރައިން އުރާލުމައްފަހު މޯނާއަތައް ރައިން ދީފައި ފެންވަރުވާލައިގެން ގެނެސް ދިނުމައްބުނެފައި ޝީން ބަދިގެއަށް ވަނެވެ.
ކޮފީ ތައްޔާރު ކުރަން ހުރި ޝީންގެ ފަހަތުން އައިސް އަޔާޒް ބައްދާލިއެވެ. ” އަހަރެން ބޭނުން ވަރައް އަވަހައް މެރީ ކުރަން ” މަންމަމެން އަންނަހާ އަވަހަކައް އަހަރެން އެވާހަކަ ދައްކާނަން “މަންމަމެން އެއްބަސް ވެއްޖާ އަހަރެން ވަރައް އަވަހައް މެރީ ކުރާނަން އޯކޭތަ”
ޝީން އަޔާޒް އާއި ކުރިމަތި ވާނެގޮތައް އެބުރިލަމުން ހިނިތުންވެލީ އެކަމާ އެއްބަހޭ ބުނާގޮތަށެވެ .
ކޮފީތަށި ހިފައިގެން ގޮސް އަޔާޒް ސޯފާގައި އިށީނުމުން ޝީންވެސް އެތާ އިށީނީ މޯނާ ރައިން ގޮވައިގެން އަންނަންދެންނެވެ.
ޓީވީއިން ދައްކަމުން ދިޔަ މަންޒަރުތަކައް ނަޒަރު ހުއްޓައިލައިގެންއަޔާޒް އިންއިރު ޝީންއަށް ބެލެނީ އަޔާޒްއާއި ދިމާލަށެވެ.
ކޮފީތަށި ހުސްވުމުން ޝީންއަތައް ޖޯޑް ދީފައި ތެދުވީ ފެންވަރާލައިން ސައިބޯން އެއަންނީ ކަމައް ބުނެފައެވެ.
މޯނާ ރައިން ފެންވަރުވާލައިގެން އައުމުން ޝީން އަވަސް ކޮއްލީ އަޔާޒް އައުމުގެ ކުރިން ރައިންއަށް ކާންދޭށޭވެ

.ޖަލުގައި ދުވަސް ތައް ހޭދަ ކުރަންޖެހުމުން އަލޫކް އަށް ވިސްނެމުން ދިޔައީ ޝީން އާއި ދޭތެރޭގައެވެ.
ޝީން އަދިވެސް އޭނަގެ އިންތިޒާރުގައި ހުންނާނެކަން އަލޫކް އަށް އެނގެއެވެ.
އެކަމަކު އެގޮތައް ކަންތައް ވުމުން ޝީން ދެރަވާނެ ވަރުވެސް އަލޫކް އަށް ވިސްނާލެވުނެވެ.
މުހަންމަދަކީ މާލޭގެ ނަން މަސްހޫރު މީހެއްކަމުން ރެއާއިދުވާލުއޭނަ މަސައްކަތް ކުރަމުން ދިޔައީ އެވޭނުން އޭނަގެ ދަރިފުޅު ސަލާމައް ކުރުމަށެވެ.
ކިތަންމެ ބޮޑު އަގެއްދީގެން ވިޔަސް އޭނަ ހުރީ އެކަން ކުރަން އަތުކުރި އޮޅާލާފައެވެ.
މިޒަމާނަކީ ކޮންމެ ކަމެއްވެސް ލާރިން ވާ ޒަމާނެނެވެ.އެއަށް ނުހެއްލޭނެ މީހެއް ނުހުންނާނެއެވެ.
**
ކުއްލި ގޮތަކައް މޯނާގެ މަންމަ ބަލިވެގެން އޭނަގެ ގައުމައް ދިޔަފަހުން ޝީންއަށް އޮފީހައް ދެވޭގޮތެއްނުވިއެވެ.
ނަފިސާ ވެސް ނެތުމުން އިތުރުގޮތެއް ނެތިގެން ޝީން އާޔަން ގާތު ބުނުމައްފަހުއޮފީހުންވަކީވީއެވެ.
މިހާރު ހުރިހާ ވަގުތެއްވެސްޝީން ހޭދަކުރަނީ ރައިންއާއި އެކުގައެވެ.
ސޯފާގައި އަޔާޒް އޮށޯވެލައިގެން އޮތީ ގައިމަތީގައި ނިދިފައި އޮތް ރައިން ބާއްވާލައިގެންނެވެ.
އޭރު ޝީން ބަދިގެތެރޭގައި އެއްކަމެއް ކޮއްލާފައި އަނެއްކަމެއް ކޮއްލާފައި އުޅެއެވެ.
އަދިވެސް ނުނިމޭތަ ” ،މިހާރު އެއާޕޯޓައްދާގަޑިވެސް އެއޮއްޖެހެނީ” އަޔާޒް ޓީވީއަށް ބަލަހައްޓައިގެން ހުރެ ބަދިގެ ތެރޭ އަވަދިނެތި އުޅެމުން ދިޔަ ޝީންއަށްއަޑުއިވޭވަރައް ބުނެލިއެވެ.
މިނިމުނީ “އަޔާޒް އެހެންބުނެ ނިމުން އިރު ޝީން އައިސް އެހިސާބައް އަރަމުން ބުނެލިއެވެ.
ދޭދެން ތައްޔާރުވާން އަހަރެންވެސް މިއަންނަނީ ފެންވަރާލައިގެން” ޝީން އެހެން ބުނެ އަޔާޒްގެ ގައިމަތީ ނިދިފައި އޮތް ރައިން އުރާލިއެވެ. ޓީވީ ނިއްވާލުމައްފަހު އަޔާޒްވެސް ކޮޓަރިއަށް ދިއުމައްޓަކާ ހިގައިގަތެވެ.
ގަޑިއެއްހާއިރުފަހުން އަޔާޒް އައިސް ޝީންގެ ކޮޓަރީ ދޮރުގައި ޖަހާލިއެވެ.
ޝީން އައިސް ދޮރު ހުޅުވާލުމާއެކު އަޔާޒް ކޮޓަރިތެރެއަށް ވަނެވެ.އޭރު ރައިން ރީތިކޮއްފައި އެދުމަތީގައި ކުޅޭއެއްޗެހި އަޅާފައި ބައިންދާފައި އިނެވެ.
އަޔާޒްއައިސް ކޮޓަރިއަށް ވަނުމާއެކު ޝީންގެހިތާ ހިތުން އަޔާޒް އަށް ތައުރީފު ކޮއްލެވުނެވެ. ކޮންމެ ކަހަލަ ހެދުމެއްގައި ހުއްޓަސް އަޔާޒްގެ ފިރިހެންވަންތަކަމަކައް ބަދަލެއްނާދެއެވ.
ބައްޕަގެ ރެއިން ގައިން ހާދަ މީރުވަސް ދުވަޔޭ” ރައިން ނަގާ އުރާލުމައްފަހު އެމަޑު ކޮލުގައި ނޭފައްޖައްސާލަމުން ބުނެލިއެވެ.
ތިން މީހުން އެކުގައި ގޭން ނިކުތުމު ޑުރައިވަރ ކާރު ގަރާޖުން ނެރުނެވެ.
އަޔާޒް ރައިން އުރައިލައިގެން ހުރެ ޝީން އެރުމައް ދޮރުފަތް ހުޅުވާލަ ދިނުމައްފަހު އަނެއްފަރާތައްގޮސް ދޮރުފަތް ހުޅުވާލުމައްފަހު ޝީން ކައިރީ ފަހަތު ސީޓްގައި ރައިން ގޮވައިގެން އިށީނެވެ.
ކާރު ދުއްވާލުމައްފަހު މާގިނައިރު ތަކެއްނުވެ ހުޅުލެއަށްދާ ފެރީތައް ކައިރިއަށް ކާރު މަޑުކޮއްލިއެވެ.
ޝީންއާއި އަޔާޒް ފޭބުމުން ޑްރައިވަރ އައި ކޮޅައް ކާރު އަނބުރާލިއެވެ.
ތިން ޓީކެޓް ނެގުމައްފަހު އަޔާޒް ޝީންއަތުގައި ހިފައިގެން ހުރެ ފެރީއަށް އެރިއެވެ
އިންޖީނު ސްޓާޓް ކޮއްލުމާއެކު ރައިން ދެލޯބޮޑުކޮއްލައިގެންއިދެ ރޯންފެށިއެވެ.
އަޔާޒް ރައިން ހުއްޓުވަން އުޅުން އިރު ފެރީތެރޭ އެންމެންނެކޭ އެއްގޮތައް ޝީންވެސް އިނީ ބަލަހައްޓައިގެންނެވެ.
ހިނިތުންވެލައިގެން އިންއިރު އެމަންޒަރު ބަލާ ފޫހިނުވެއެވެ.
ރައިން ރޯންފެށުމުން އަޔާޒްއާއި ޖެހިގެން އިން އަންހެންމީހާ އޭނަ ދަރިފުޅު އަތުގައި އިން ކުޅޭއެތި ނަގާ ރައިންއަށް ދިއްކޮއްލިއެވެ.
ކުޑައިރުކޮޅަކުން ރައިން ހުއްޓާލުމުން އަޔާޒް އެދެލޮލުން އައިސްހުރި ކަރުނަތައް ފޮހެލިއެވެ.
ކޮންނަމެއްތަ ކިޔަނީ މި ކޮއްކޮއަށް “އަޔާޒް އާއި ޖެހިގެން އިން އަންހެންމީހާ ރައިން ހުއްޓާލުމުން އަތުގައި ހިފާލާފައި ބުނެލިއެވެ.
އަޔާޒް ހިނިތުން ވެލަމުން އެމީހާގާތު ރައިންއޭ ބުނެލިއެވެ.
ރައިންއާއި ބައްޕަޔާ ހާދަވައްތަރޭ ނުބުންޏަސް ތީ އެސޮރު ބައްޕަކަން އެނގޭ ވައްތަރުކަމުން” އަންހެން މީހާ ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.
އެމީހާ އެހެން ބުނުމުން އަޔާޒް ގާތައް ލާނެއް ހިންޏެއްއައެވެ. ނަމަވެސް އެމީހާއަށް އެކަން ނާންގާ އެމީހާ ބުނިއެއްޗައް އަޔާޒް ވަކިއެއްޗެއްނުބުނެ ހިނިތުން ވެލިއެވެ.
ފެރީ އައިސް ހުޅުލެއާއި ކާރިކުރުމާއެކު އެންމެންތައް ފެރީން ފައިބަންފެށިއެވެ.
ލޯމަތީއިން އަވިއައި ރަގަޅުކޮއްލަމުން އަޔާޒް ހިނގައިގަތީ އެހެން މީހުންނެކޭ އެއްގޮތައް އަވަހައްފެރީން ފޭބުމަށެވެ.ފެރީން ފައިބައިގެން ދިޔަ ޒުވާން އަންހެން ކުދިންގެ ނަޒަރު އަޔާޒްއަށް ހުއްޓެން ފެށުމުން ޝީންއައިސް އަޔާޒް އަތުގައި ހިފާލިއެވެ.
ހީވަނީ އަޔާޒްއަކީ އޭނަގެމީހެއްކަން އެހުރިހާ ކުދިނައް އަނގާލަން އުޅުންހެންނެވެ.
ހާދަވަރަކަށޭ އަޔާއަށް އަންހެންކުދިން އެބަލަނީ”ޝީން ތުންދަމާލާފައި އެހެން ބުނުމުން އަޔާޒްގާތައް ހިނިއައެވެ.
ޝީން އަތުގައި ހިފާލާފައި ހުރިގޮތުން އެއީ އެމީހުން ބަލާތީކަން އެގި އަޔާޒް ގާތައް ވަކިންހިނިއައެވެ.
ކޮއްކޮއާ ސަލާންކޮއްލާ އަވަހައް ” ފެރީގައި އަޔާޒް ކައިރީ އިންމީހާ އޭނަގެ ދަރިފުޅުގާތު ރައިންއާއި ދިމާލައް އަތް ދިއްކޮއްލުވަމުން ބުނެލިއެވެ.
އަޔާޒްވެސް ރައިންގެ އަތުގައި ހިފަހައްޓާ އެކުއްޖައާއި ސަލާމް ކުރުވިއެވެ.
އެނގޭތަ އެދިޔައީނު ދޯ މީހެއް ‘އެމީހާ ބުނީ ރައިން އަހަރެންނާ ވައްތަރީއޯ ބަލާލާފަވެސް އެނގިއްޖޯ އަހަރެން ދަރިއެއްކަން ” އަޔާޒް އެހެން ބުނި އިރު ޝީންގެ މޫނުމަތި ފެނުންނަމަ އަޔާޒް އަށް އެކން ޔަގީންވީހެވެ.
އެހާބޮޑު ބަދަލެއް ޝީންގެ މޫނުމައްޗައް އައެވެ.ހާސް ކަން ވެރިވެފައިވާ ހިތް ހަމަޔަކައް އަޅުވާލަމުން ޝީން އަޔާޒް އާއި ބައިވެރިވެލަމުން ހީލިއެވެ.
އެގޮތައް ކިތައްމީހުންނައް އެކަން ފާހަގަ ވާނެހެއްޔެވެ. ކިހިނެއްވީ ހާދަ މަޑުވީ ” އެއަހަރެން އެހެން ބުނިއެއްޗެއް ނޫނޭ އެމީހާ އެހެން ބުނީމަ ބުނެލީއޭ”.
ޝީން އެކަން ފޮރުވަން އުޅުނީމަވެސް އަޔާޒް އަށް އެކަން ނަގައިގަނެވުނީއެވެ.
އެހެންވެ އެއްނޫނޭ ކުޑަކޮއް ބޯއަބުރަނީ “ޝީން ބުނެލިއެވެ.
ހިނގާ އެތާ އިށިންނަންދާން ކުޑަކޮއް ރަގަޅުވީމް ދާނީ” އަޔާޒް އެތާ އިށީންދެވޭގޮތައް ހަދާފައި ހުރިތަނައް އިށާރާތް ކުރަމުން ބުނެލިއެވެ.
އިރުކޮޅަކުން ރަގަޅުވެދާނެ މިހާރު މަންމަ މެން ނިކުންނަން ވެސް އުޅޭނެ” ޝީން އެހެން ބުނެލުމުން އަޔާޒް ހިނގައިގަތެވެ.
އަޔާޒްމެންގޮސް އެހިސާބުގައި މަޑުކޮއްލިތަނާ ޓްރޮލީއަކައް ފޮށިތައް އަރުވައިގެން ނަފީސާމެން ނިކުމެގެން އާދެއެވެ.
ރައިން ޝީން އަތައް ދިނުމައްފަހު އަޔާޒް އެދިމާލައް ހިނގައިގަތެވެ
ނަފީސާގެ އަތުގައި ހިފާލައިގެން ހުރި ޔޫން އުރާލަމުން ލޯބި ކޮއްލިއެވެ. އަދި ދޮންބެއަށް ހަދިޔާ ގެނައިންތޯ އަހާލިއެވ.”
ޔޫން ބޯޖަހާލަމުން އަޔާޒް އާއި ވާހަކަދައްކަންފެށީއެވެ.
ނަފީސާގެ ފަހަތުން ނިކުމެގެން އައި އަންހެން ކުއްޖާ އަޔާޒްގެ ގައިގާ ބައްދާލުމާއެކު އަޔާޒް ސިހުނެވެ.
އަނހެން ކުއްޖަކު އައިސް އަޔާޒް ގައިގައި ބައްދާލުމުން އޭރު ޝީން ހުރީ ހިތްހަމަނުޖެހިފައެވެ.
ފަލަކް ….
އަޔާޒް ގައިގައި ބައްދާލައިގެން ހުރި ފަލަކް ފެނުމުން އަޔާޒް އަށް ގޮވާލެވުނެވެ.
ކިހިނެއް އަހަރެންގެ ސަޕްރައިޒް
ހިނިއައިސް ހުރެ ފަލަކް ބުނެލިއެވެ.
ފަލަކް އަކީ ޔާސިރުއެއްބަނޑު ނައީމާގެ ދަރިފުޅެވެ. ކުޑައިރުންސުރެވެސް އެކުގައި އުޅުމުން އެދެމެދުގައި ވަރައް ގާތް ގުޅުމެއް އުފެދިފައިވެއެވެ.
ނައީމާމެން ލަންކާއަށް ބަދަލް ވުމުން ފަލަކް ނުދާންވެގެންވެސް ވަރައް އުޅުނެވެ .މިފަހަރުވެސް ލިބުން ކުޑަ ޗުއްޓީކޮޅުގައި މާލެ އެއައީ އަޔާޒް ދެކިލުމަށެވެ.
އަޔާޒް ފަލަކް އާއި ވާހަކަދައްކަން ހުރެފައި ގޮސް ޔާސިރުއަތުން ޓްރޮލީ އަތުލަމުން ބައްޕައާއި ވާހަކަ ދައްކަމުން ހިނގައިގަތެވެ.
މާމައާއި ދައްތަމެންގެ ހާލުވެސް އަޔާޒް އެހީ ބައްޕަގެ ގާތުންނެވެ.
ނަފީސާއަށް ރައިންފެނުމާއެކު އުރާލަމުންލޯބިކޮއްލިއެވެ.
ނަފީސާ އައިސް އެކުއްޖާއަށް މާމަ ކިޔައިދިނުމުން ފަލަކް ޝީންއަށް ބަލާލީ ސުވާލްގެ ނަޒަރަކުންނެވެ
ޝީންގެ ރީތިކަން ފެނުމާއެކު ފަލަކްއަށް ހަސަދަވެރިވެވުނެވެ.
އަންހެނަކައް އެ އަނހެނަކައްވުރެ ރީތި ސިފައެއްލިބިފައިވާ ކޮންމެ މީހެއްފެނުމުން ހަސަދަވެރިވާގޮތަށެވެ.
ފަލަކްހިތައް އައި އެއްޗަކުން ވަގުތުން އަޔާޒް ގާތުން އެއީ ކާކުތޯ އަހަންބޭނުންވިއެވެ.
ނަފީސާ ޝީންއާއި ވާހަކަ ދެއްކީ އަމިއްލަ ދަރިޔަކާ ވާހަކަ ދައްކާހާ ލޯބިންނެވެ. ފެރީ އާއި ހިސާބައް އައިސް ފޮށިތައް ފެރީ އަށް ލުމައްފަހު ނަފީސާ އަތުގައި އިން ރައިން އުރައިލައިގެން އަޔާޒް ފެރީއަށް އެރިއެވެ.
ފަލަކް އަށް އެ ކުޑަ ކުއްޖާއާއި އަޔާޒްއާއި ވައްތަރުކަން ފާހަގަވިއެވެ. އެއްވެސް ކަމެއްވިސްނައިގަންނަން ނޭގިފައި ފަލަކް އަށް އިނދެވުނީއެވެ.
ފެރީއަށް އަރާފައި ޝީން ރައިން އުރާލަން އުޅުނެވެ.އަޔާޒްއަތުގައި އިނުމުން މީހުންނައް މާބޮޑައް ވައްތަރުކަން އެނގިދާނެތީއެވެ. ނަމަވެސް އުރަން އުޅެ އުޅެވެސް ރައިން ޝީންކައިރިއަކައް ނުދިޔައެވެ. އަތް ދިއްކޮއްލާއިރައް އަޔާޒްގެ ކަރުގައި ދެއަތުން ވަށާލަމުން ބައްދައިގަނެއެވެ.
ނަފީސާވެސް އިނީ ރައިން އުޅޭގޮތުން ހިނިއައިސްފައެވެ. އެވީ ކުޑަދުވަސް ކޮޅުތެރޭ ރައިންއާއި އަޔާޒް ގުޅުން ރަގަޅުވެފައިވާ ވަރު އެނގުނެވެ.
ގެއަށް ވަދެވުމާއެކު ޝީން އަވަސްވެގަތީ ތަށިތައް މޭޒުމައްޗައް ލުމަށެވެ. ހުރިހާއެއްޗެއް މޭޒުމައްޗައް ލައި ނިމުމުން ޝީން ނިކުމެ އެންމެންނައް ކާން ގޮވިއެވ.
އަޔާޒް އެގަޑިވެސް އިށީނީ ރައިން އުނގައްލައިގެންނެވެ. ހުރިހާއެންމެން އިށީނުމުން ޝީން ތަށިތަކައް ފެން އެޅުމައްފަހު ރައިން އުރާލުމައް އުޅުނެވެ. ނަމަވެސް އަޔާޒް ޝީންގާތު ކާން އިށީނުމައް ބުންޏެވެ. އެހުރިހާ އިރު އެމީހުންނާ ދިމާލައް ބަލަހައް ޓައިގެން އިން ފަލަކް އަށް އެދެމީހުން ދޭތެރޭއޮތީ އާދައިގެ ގުޅުމެއް ނޫންކަން އެނގުނެވެ.
**
އާދުވަހަކައް އަރައިގެން އައި އިރާއެކު އަޔާޒް މޯލިއަކައް ދެމިލަމުން ތެދުވިއެވެ. އޮފީހައް ދާ ގަޑިގާތްވެފަ ހުރުމުން ފެންވަރާލައިގެން ތައްޔާރުވެގެން ނިކުތްއިރު ޝީން ބަދިގޭގައި އުޅެއެވެ.އަޔާޒް ފެނުމާއެކު އަތުގައި ހުރި ކޮފީ ޖޯޑް މޭޒުމަތީ ބެހެއްޓުމައްފަހު ގޮނޑިދަމާލާފައި އިށީނުމައް ބުނެލިއެވެ.އަދިތަވާމަތީގައި އޮތް ބިސްގަނޑު ތައްޓަކައްލަމުން ގެނެސް އަޔާޒް ކުރިމަތީ ބެހެއްޓިއެވެ.
ގަޑިއަށް ބަލައިލަމުން ގޮނޑިން ތެދުވެ ދެފަރާތް ބަލާލުމައްފަހު ޝީންގެ ގައިގާ ބައްދާލުމައްފަހު ނިތައް ބޮސް ދިނެވެ.
ލޯއުނގުޅަމުން ތިރިއަށް ފޭބި ފަލަކްއަށް އެމަންޒަރު ފެނުމާއެކު ދެލޯ ބޮޑުވިއެވެ.

ނުނިމޭ
.
.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Marie

Level 210 Stories100 Login100 Comments

Other Articles

Previous

ތަޤްދީރު (23)

Next

އެހެނަސް…(2)

Next
March 26, 2018

އެހެނަސް…(2)

Previews
March 26, 2018

ތަޤްދީރު (23)

38 Comments!

  1. Aki says:
    March 26, 2018 at 8:57 pm

    haadha inthizaaru kohfin may mivaahaka ah

    1. Marie says:
      March 27, 2018 at 2:02 pm

      Sorry vrh bodah lass v ma … mirey aneh part up ??kolladheynan inshaallah

  2. Noory says:
    March 26, 2018 at 9:02 pm

    V rythi mi bai vx.. kyp it up

    1. Marie says:
      March 27, 2018 at 2:02 pm

      ??thank u noory

  3. Ibsha says:
    March 26, 2018 at 9:06 pm

    Wow varah reethi

    1. Marie says:
      March 27, 2018 at 2:03 pm

      ??thank u ibsha

  4. unique says:
    March 26, 2018 at 9:09 pm

    love it

    1. Marie says:
      March 27, 2018 at 2:03 pm

      ??thank u unique

  5. Aki says:
    March 26, 2018 at 9:11 pm

    varah furihama mi part ves

    1. Marie says:
      March 27, 2018 at 2:03 pm

      ??thank u aki

  6. mishy says:
    March 26, 2018 at 9:14 pm

    Vrh waitt khfin mi stry ah… nd finally… vrh reethi mi prt s… as usual… kyp it up…nxt prt kn irakun… waiting…. ly nd this stry

    1. Marie says:
      March 27, 2018 at 2:05 pm

      ??thank you mishy
      Vrh bodah sorry las v ma
      Mirey next part up ?kolladheynan inshaallah

  7. Shann says:
    March 26, 2018 at 9:24 pm

    Wow haadha ryhchey mibaives… Haadha inthixaareh kurevihjey mi story ah… V kiyaahithun mibaives mi kiyaaly

    1. Marie says:
      March 27, 2018 at 2:06 pm

      ??thank you shann
      Vrh bodah sorry las v ma

  8. lotus says:
    March 26, 2018 at 10:00 pm

    V nice… dhen kihinebaa vaanee.. waiting for the next part

    1. Marie says:
      March 27, 2018 at 2:07 pm

      ???thank you lotus
      Asluvess ..dhen kihinehba ??dw vaany

  9. Z says:
    March 26, 2018 at 10:08 pm

    Vvv reethi aya aai sheen dhuru nukrahche

    1. Marie says:
      March 27, 2018 at 2:08 pm

      ???hhehehe ..thank you
      Z

  10. ♥♥♥ says:
    March 26, 2018 at 10:38 pm

    Vr reethi mi partvx aya n sheen dhuru nukurahche

    1. Marie says:
      March 27, 2018 at 2:08 pm

      ???hhehehe ..thank you
      ???

  11. Sinn says:
    March 26, 2018 at 11:31 pm

    Dhn kihinebbaa vaanii dhww..falak avahah fonuvaala aithanakah..

    1. Marie says:
      March 27, 2018 at 2:09 pm

      ???hehehe ..thank you
      Sinn

  12. No one says:
    March 26, 2018 at 11:37 pm

    Salhi varah ❤️❤️❤️
    Kon irakun next part up vaany…..
    Cant wait ?

    1. Marie says:
      March 27, 2018 at 2:10 pm

      ???.thank you
      Next part mirey up kolladheynan inshaallah

  13. Swety says:
    March 26, 2018 at 11:48 pm

    Mi part ves vvvvv nice

    1. Marie says:
      March 27, 2018 at 2:10 pm

      ??thank u swety

  14. remoo says:
    March 27, 2018 at 12:53 am

    v reethi mipart awesome

    1. Marie says:
      March 27, 2018 at 2:10 pm

      ??thank u remooo

  15. Xaaan says:
    March 27, 2018 at 8:33 am

    Masha allah mi partves vvv reethi waiting next part

    1. Marie says:
      March 27, 2018 at 2:11 pm

      ??thank u xaaaan

  16. eina says:
    March 27, 2018 at 9:30 am

    salhi varah

    1. Marie says:
      March 27, 2018 at 2:11 pm

      ??thank u eina

  17. MIYAA says:
    March 27, 2018 at 9:48 am

    varah salhi… ekam ayaa aa sheen demeehun nugulhujihyaa miwaahaka nuwes kiyaanan…… 😛

    1. Marie says:
      March 27, 2018 at 2:13 pm

      ??hheheh thank you miyaa …alhe balamaa dw vaagotheh
      Ekam vaahaka kiyahchey ingey

  18. shaha says:
    March 27, 2018 at 10:09 am

    V nice

    1. Marie says:
      March 27, 2018 at 2:13 pm

      ?? thank you shaha

  19. unique says:
    March 27, 2018 at 1:42 pm

    waiting for the story……. im vvvvvv pleased to read it

  20. Marie says:
    March 27, 2018 at 2:14 pm

    ?? thank you unique
    Inshaallah mirey next part ??upkolladheynan

Comments are closed.

Next Episodeޝީން(ސައްބީސްވަނަ ބައި)←


All Right Reserved!