Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ކެތްކުރިން ކުރަން އަދިވެސް ކުރާނަން… 10

Maikaa Level 310 Stories100 Comments100 Login
March 26, 2018 5 Mins Read
11 Comments

ހެނދުނު ހޭލައިގެން ޝާއިން ލައުރާއަށް ގޮވުމަށް މާޝާ ގާތު އެދުނެވެ. މާޝާ ލައުރާގެ ކޮޓަރި ދޮރުގައި ޓަކި ޖަހަޖަހާ ބަލި ވިއިރުވެސް އަޑެއްބަޑެއް ނީވުނެވެ. ތަޅުގައި ހިފާލިއިރު ތަޅުލައިފައި ހުރުމުން އޭނާ އެދޮރުގެ ޑަބަލް ތަޅުދަނޑި ހިފައިގެން އައިސް ދޮރު ހުޅުވިއެވެ. އަދި ބޯ ދިއްކޮއްލިއެވެ.

” ލައުރާ ” މާޝާ ގޮވާލިއެވެ. ލައުރާ ޖަވާބުގައި ހޫމް އަޅުވާލިއެވެ.” ލައުރާ ކޮން އިރަކު ހޭލަނީ؟؟” މާޝާ ދޮރު މަތީ ހުރެ އަހާލިއެވެ.

” ފަތިސް ނަމާދު ކޮއްގެންނޭ ނިދީ..” ލައުރާ ފުރޮޅެމުން ބުނެލިއެވެ. އެއަޑުގައި ނިދިކަން ހުއްޓެވެ. މާޝާ އަޅައި ނުލައި ދިޔައީ ލައުރާ ނިދަން ބޭނުން ވާނެކަން އެނގިގެންނެވެ.

” ކޮބާ ލައުރާ ؟؟؟” ޝާއިންއަށް މާޝާ ފެނުމުން ފުރަތަމަވެސް އަހާލިއެވެ.

” ނިދާފަ.. ވަރަށް ލަހުން ނޯ ނިދީ. އެހެންވެ އަޅައި ނުލީ..” މާޝާ ހެނދުނުގެ ނާސްތާ ހަދަން ފެށިއެވެ.
ފޯން އެލާމް ވުމާއި އެކު ހިތާ ދެކޮޅަށް ލައުރާ ތެދުވިއެވެ. ފާހަނައަށް ވަދެ ފެންވަރައިލައިގެން ނިކުމް ފެހި ކުލައިގެ ޓީޝާޓް އަކައި ދަނބު ކުލައިގެ ލެގިން އެއް ލިއެވެ. ކުރުކޮއް ކޮށާފައިވާ އިސްތަށިކޮޅު މޫނުމަތިން އެއްފަރާތަކަށް ވައްޓަލުމައްފަހު ދިގުކޮންއޮތް ބައި އަނެއް ފަރާތަށް ގެނެސް އައްސާލިއެވެ.

ލައުރާ ބޭރަށް ނިކުތްއިރު ޝާއިން އާއި ޒައިކަލް ޓީވީ ބަލަން އޮތެވެ. ޝައިކާ އާއި ޖީޝަލް އެމީހުން ކައިރީ ކުޅެން ތިއްބެވެ. މާޝާ އުޅެނީ އެމީހުން ކެއި ތަށިތައް ނެގުމުގައެވެ.

” ކޮންތާކަސް ލައުރާ ދާން ތިއުޅެނީ؟؟” ލައުރާ ހަމަ ނިކުތުމާއި އެކު ޝާއިން އެހިއެވެ.

” ތާކަށް ނުދަން.. ސައިބޯން ވެގެން މިއުޅެނީ..” ލައުރާ ބަދިގެއްސް ވަންނަމުން ޖަވާބު ދިނެވެ.

” އެކަމަކު ހީވަނީ ބޭރަސް ދާން އުޅޭހެން..” ޝާއިން ޓީވީއަށް ނަޒަރު ހުއްޓާލިއެވެ. ލައުރާ ޖަވާބުގައި އެހެންހޭ ބުނެލިއެވެ.

” މިއަދު ހަވީރު ދާންވާނެ އަހަރެމެންނާއިއެކު ހިނގާލަން..” ލައުރާ ސައި ބޮއެގެން އައިސް ޝާއިން ކައިރީ ހުއްޓިލުމުން ޝާއިން ބުނެލިއެވެ.

” ކޮން ބައެއް ދަނީ؟؟” ލައުރާ ސިހުނެވެ.

” އެންމެން..” ޝާއިން ޖަވާބު ދިނެވެ.

” ލައު އަކަށް ނުދެވޭނެ..”

” އެޔޯ؟؟ ”

” ކަމެއް ނުވެ.. ” ލައުރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފަހަޥޕތުން ޒައިކަލްވެސް ދިޔައެވެ. ލައުރާއަށް ދޮރު ރަނގަޅަށް ނުލެއްޕެނިސް ޒައިކަލް އެތެރެއަށް ދެމިގަތެވެ.

” ނިކުމޭ..” ޒައިކަލް ވަންތް ފެނި ލައުރާ އަމުރު ކޮއްލިއެވެ. ޒައިކަލް ލައުރާ ކިޔަ އެއްޗަކަށް ބެލުމެއްނެތި ލައުރާ ކައިރިއަށް ދިޔުމަށް ހިނގައިގަތެވެ. ލައުރާ ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ” ނިކުންނާށޭ…” ކުރިޔަށް ވުރެ އަޑު ބާރުވިއެވެ.

ޒައިކަލް އަދިވެސް ދިޔައީ ކުރިއަށެވެ. އޭނާ އަޅާކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް ފަހަތަށް އަޅާމުން ލައުރާ ދިޔައެވެ. އެންމެ ފަހުން ލައުރާ ފާރުގައި ޖެހުނެވެ. ޒައިކަލް ބޭނުންވީވެސް އެހެންނެވެ. ބުރަކަށި ފާރުގައި ޖެހުމައިއެކު ލައުރާ އެހެން ދިމާލަކަށް ދާން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ޒައިކަލް ދެފަރާތުގައި އަތް ވިއްދާ ލައުރާ ހައްޔަރު ކޮއްލިއެވެ. އޭރު ލައުރާގެ އެދޮންމޫނުގައި ދާތިކިތަށް ވިދަވިދާ ހުއްޓެވެ.

” ދުރަށްދޭބަ…” މިހަރު ލައުރާގެ އަޑު ނިކުތީ ކިރިޔަ ކިރިޔާ އިވޭ ވަރަށެވެ. އެއަޑުން ބިރުގެންފައިވާކަން އިނގެއެވެ.

” ދޮންބެގެ ބަސްއަހަން ވާނެއެއްނުން..” ޒައިކަލް ލައުރާގެ ކަންފަތް ކައިރީ ވައި އަޑުން ބުނެލިއެވެ. ” ތީ މަންމަ އާއި ބައްޕަ އާއި ދޮންބެގެ ބަސްއަހާ އެމީހުންގެ އޭންޖެލްއެއް ނުން… މިހާރު މަންމައެއް ބައްޕައެއް ނެތް… ހަމައެކަނި ހުރީ ދޮންބެ.. އެހެންވީމާ ނުވާނެދޯ ދޮންބެ ކަމަކު ބުނީމަ ނޫނެކޭ ބުނާކަށް..” ޒައިކަލް އިތުރުކޮއްލިއެވެ.

ލައުރާ ހިތުގައި ޖެހުނެވެ. ޒައިކަލް އެބުނީވެސް ތެދެކެވެ. އޭނާގެ ހުރީ ހަމައެކަނި ދޮންބެއެވެ. މަންމައެއް ބައްޕައެއް ނެތެވެ. އެހެންވީމާ ދޮންބެގެ ބަސްއަހަން ވާނެއެވެ. އެހެންނޫނަސް ދޮންބެ އެދުނީ ކުޑަކުޑަ ކަމަކަށެވެ. ހަމައެކަނި ހިނގާލަން ދިޔުމަށެވެ. ނަމަވެސް……

ކުޑަ ހިނދުކޮޅަކަށް ނަމަވެސް ލައުރާގެ ޝާއިންމެންނާއިއެކު ދާން ބޭނުންވިއެވެ. އެކަމަކު ޒައިކަލް އެހެން ބުނީތީ ގޮތް ދޫ ކުރާކަށް ބޭނުމެއްނުވިއެވެ.

” މާ ވަރަކުން ނުދާން ތިއުޅެނީ އެހެން މީހުންނަށް ޝާއިން އަކީ ދި ފޭމަސް މާޑަރަރ ގެ ދޮންބެކަން އެނގި ދާނެތީތަ؟؟؟ އެނަމެ މީހެއް ދެމީހެއް ނޫން.. ތިން މީހުން މަރާލަފައެއްނުން ތިހުންނަނީ.. އަދި އެވެސް ނުލާހިކު ކުލޯޒް ބައެއް.. އެއީ ދޯ އެންމެންވެސް ދެކޭ ގޮތް..” އެންމެ ފަހު ޖުމްލަށް ބާރު ލަމުން ޒައިކަލް ބުނެލިއެވެ. އަދި ނުލަފާ ފާޑަކަށް ހީލިއެވެ.

ލައުރާ ފުން ނޭވާއެއް ލުމަށްފަހު ދެލޯ މަރާލިއެވެ. ” މަ ނުދާނަމޭ ބުނި ސަބަބު އެއީ ޒައިކަލް އާއި ބެހޭ ކަމެއް ނޫން ކަންނޭނގެ..” ލައުރާ ދެލޯ ހުޅުވާލިއިރު އެރީތި ދެލޮލުގައި ޒައިކަލްއަށް ޓަކައިވާ ސާފު ނަފުރަތު ފެންނަން ހުއްޓެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ޒައިކަލް އަނދާ އަޅިޔަށް ހަދާފާނެހެންނެވެ. ލައުރާ އާއި ހަތަރު ކަޅި ހަމަ ކުރަން ޒައިކަލްއަށް އުނދަގޫވިއެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާ ހުރީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. އަތް ނަގައި ލައުރާގެ މޫނުގައި ފިރުމާލަން އުޅުނެވެ. ނަމަވެސް އެއަށްވުރެ ކުރިން ލައުރާ އެއަތުގައި ހިފެހެއްޓިއެވެ.

” އެން މަށަށް މުހިންމީ މަ ދެކޭ ގޮތް.. އެހެން މީހުންނަކީ މަށަށް ބޭކާރު ބަޔެއް.. މިހާރުވެސް މަށާ ދެކޮޅަށް މުޅި ދުނިޔެ ތެދުވިޔަސް ހެޔޮ..” ވާހަަކަ ދައްކަމުން ދިޔަ ވަރަކަށް ލައުރާ ދިޔައީ އޭނަގެ ނިޔަފަތިތަށް ޒައިކަލް އަތުގެ ހަންގަނޑު ތެރެއަށް ވައްދަމުންނެވެ. ކުއްލިޔަކަށް ލައުރާ އަތް ދޫ ކޮއްލުމަށްފަހު ޒައިކަލް ކޮއްޕާލިއެވެ. ނުވިސްނާ ހުރުމުން ޒައިކަލް ވިއްސައިގެން ދިޔައެވެ. އެވަގުތު ކޮޅުގެ ބޭނުން ހިފާ ލައުރާ ކޮޓަރިން ނިކުންނަން ދިޔައެވެ. ދޮރާ ހިސާބަށް ދިޔައިރު ފަހަތުގައި ޒައިކަލް ވިއްދާފައި ހުއްޓެވެ. ޒައިކަލްއަށް ލައުރާ ހުއްޓުވުމުގެ ކުރިން ލައުރާ ދޮރު ހުޅުވިއެވެ. ދެމީހުންވެސް މޫނުމަތިން ހަމަޖެހޭ ގޮތް ދައްކަމުން ކޮޓަރިން ނިކުތެވެ.

” ދޮންބޭ.. ލައު ވެއްޖެ ތާކަށް ދާން.. ދޮންބެ މެން ބޭރަސް ގޮއްސަ ގުޅާލާ.. އޭރުނަ ދާނަން.. އެކަމް ފައިވް ތާރޓީގެ ފަހުން..” ކޮޓާރިން ނިކުތަ ގޮތަށް ލައުރާ ބޭރަށް ނިކުންނަމުން ބުނެލިއެވެ. އެންމެ ކުޑަމިނުން ޝާއިން އިންތޯވެސް ނުބަލައެވެ.

ރިއުވީ އޮތީ ފޫހިވެގެން ކުރާނެ ކަމެއް ނޭނގިފައެވެ. އެހެން ދުވަސް ދުވަހު މިގަޑީގައި ދާނީ ހިނގާށެވެ. ނަމަވެސް މިއަދު ލައުރާ ގޭގައި ހުރުމުން މެންދުރު މިއޮތް ރަތް ގަދަ އަވީގައި ހިނގަން ދިޔުމުގެ ބޭނުމެއްނެތެ. ކީވާން ކައިރީ ފޫހިވާ ވާހަކަ ބުނުމުން ބޭރަށް ދާން އެއްބަސް ވީ ރޭގަނޑެވެ.

ކުއްލިއަކަށް މީހަކު ގުޅަން ފެށުމުން ފޫހިވެފައި އޮވެ ރިއުވީ ފޯން ނަގާ ކާކުތޯ ބަލާލިއެވެ. ލައުރާގެ ނަން އަރާފައިވާތަން ފެނި ހިނިތުންވެވުނީ ލައުރާ އެގުޅަނީ ހިނގާލަން ދާން ބުނަން ކަމަށް ހީކޮއްފައެވެ. ފޯން ނަގައި ހެލޯ އޭ ބުނި އިރު އަޑުން އުފާވެފައިވާ ވަރު އެނގެއެވެ. ނަމަވެސް ސިކުންތެއްގެ ތެރޭގައި އެހިނިތުންވުން ފިލިއެވެ. ވަން މިނެޓް އޭ ކިޔާ ފޯން ކަނޑާލާފައި އަވަސް އަވަހަށް ގޮސް ރިއުވީ އުޅޭ އެޕާޓްމަންޓު ދޮރު ހުޅުވާލިއެވެ. އޭރު ކުރިމަތީ ލައުރާ ހުއްޓެވެ. އެރީތި ދޮން މޫނު ވަނީ ރަތްވެފައެވެ. އެހެން ފަހަރުތަކާ ހިލާފަށް ކަރުނަ ނަޔަސް ދެލޯ ވަނީ ދުޅަވެފައެވެ. އިރު އިރު ކޮޅާ ނޭފަތް ދަމާލައެވެ.

ލައުރާ ހުރި ހާލު ފެނުމުން ރިއުވީވެސް ދެރަވިއެވެ. އަނގައިން ބުނުމެއް ނެތި ލައުރާގެ އަތުގައި ހިފައި އެތެރެއަށްް ވެއްދިއެވެ. ކޮޓަރިއަށް ވެއްދުމަށް ފަހު ބޭރަށް ނިކުމެ އައިސްކްރީމް ތައްޓެއް ހިފައިގެން ވަނެވެ. އެނދުމަތީ އިން ލައުރާ އަތަށް އައިސްކްރީމް ތަށި ދިނެވެ. އަދި ލައުރާ ކައިރީ އެނދު މަތީ އިށީނެވެ.

” ލައު.. ކިހިނެތް ވީ؟؟؟” މަޑުމައިތިރިކަމާއެކު ރިއުވީ އަހާލިއެވެ.

” ރީވް.. ލައު މީ ހަމަ އެހާ ގޯސް މީހެއްތަ؟؟” ލައުރާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

” ނޫން .. ލައު ތީ ގޯސް ކުއްޖެއް ނޫން.. ވައި؟؟” ރިއުވީ އަދި މިވަނީ ކީއްކަން ނޭނގިހުރެ އަހާލިއެވެ.

” އިނގެއެއްނުން ޒައިކަލް… ލައު ޕިކް ފޮނުވީމެއްނުން.. އޭނައެއީ ދޮންބެދައްތަގެ ކޮއްކޮ.” ރިއުވީ ބުނި އެއްޗަކާމެދު ވިސްނާލުމެއްނެތި ލައުރާ ބުނެލިއެވެ.

” ތި ބުނީ ދެޓް ޒައިކަލްތަ؟؟ ލައު ފަހަތުން ނުނެއްޓިގެން އުޅުނު ސޮރުތަ؟؟” ރިއުވީ ހައިރާންވެފައި އަހާލިއެވެ.

” ހޫމް..” ލައުރާ އައިސްކްރީމް ކޮޅެއް އަނގައަށްލިއެވެ.” އެހެން މޮޔަވެގެން އުޅެނިކޮއް އޭނާއަށް އެނގުނީ މާޝާ އާއި ދޮންބެގެ ގުޅުން. މާޝާ މެރީ ކުރަން އުޅެނީ ލައުގެ ދޮންބެއާކަން. މާޝާ އާއި ދޮންބެ މެރީ ކުރީމަ އޭނާއަށް އަހަރުންގެ ގެއަށް ވަނުމަށް ހުއްދަލިބުނީ.. މިހަރު ލައު އާއި ޒައިކަލް ދެމީހުން އުޅެނީ އެއްގެއެއްގައި..”

” ދެން ކިހިނެއްވީ ކުއްލިއަކަށް މިއަދު އޭނަގެ ވާހަކަ ތިކިޔައިދެނީ؟؟” ރިއުވީ އޭނާގެ ހިތުގައި ކުއްލިއަކަށް ކޮއްޓަލި ސުވާލު ކޮއްލިއެވެ.

” ހީ ކޯލްޑް މީ އަ މާޑަރަރ..” ލައުރާ ކިރިޔަ ކިރިޔާ އިވޭ ވަރަށް ބުނެލިއެވެ.

********************************************

” މަންމާ.. އެންމެން ދިޔައީމަ އަޅުގަނޑު އެކަނި ވާނެއެއްނުން.. ދެން ޕްލީޒް…” ލައުރާ އެނދުމަތީ އިނދެ ކުޑަކުއްޖެއް ފަދައިން ކުސްތަޅާލިއެވެ. ލައުރާގެ މަންމަ ލުލްމާ އިނީ އޭނާގެ ފޮއްޓަށް އެއްޗެހި އެޅުމުގައެވެ. ލުލްމާގެ މަންމަ ލައުރާގެ މާމަ ޒާވިޔާ ބަލިވެގެން އެއުޅެނީ ރަށަށް ދާށެވެ. ލުލްމާއާއިއެކު އޭނާގެ ފިރިމީހާ ޝިޔާޒްވެސް ދެއެވެ. ޝާއިންވީ މާޝާއާއި އިނދެގެން މީގެ ދެތިން ދުވަސް ކުރިން ހަނީ މޫނަށް ގޮހެވެ.

” ދެން މަމީ.. ޕްލީޒް..” ލުލްމާ އެއްޗެކޭ ނުބުނުމުން ލައުރާ އަނެއްކާވެސް އާދޭސްކޮއްލިއެވެ.

” އާން.. އޯކޭ.. އެންމެ ރަނގަޅު.. އެކަމކު ޝިރުމީއްތަ ހުއްދަ ދިނިއްޔާ..” ލުލްމާ އެންމެ ފަހުން ހުއްދަ ދިނެވެ.

” ޔޭ.. ޔޫ އާ ދި ބެސްޓް މަމް އެވާރ..” ލައުރާ އުފަލުން ލުލްމާ ގައިގާ އޮޅުލައިގަތެވެ.

” ދަރިފުޅާ.. ތީ މިހާރު ކުޑަކުއަޖެއް ނޫނޭ.. ޒެކް ކައިރީ ބުނިން މަންމަމެން ދިޔައީމަ ދަރިފުޅުގެ ހާލު ބަލަންޗޭ.. އެއްޗެއް ބޭނުންވެގެން ބުނެފިއްޔާ ގެނެސްދެންޗޭ. އެހެންވީމާ އޭނަ އަންނާނެ އިނގޭ..” ލުލްމާ ގައިގަ އޮޅުލައިގަނެގެން ހުރި ލައުރާ ކުއްލިއަކަށް ދުރަށް ޖެހިލިއެވެ.

” އެތާކު ހުރި ބަޑު ޕާޓޭ ގަނޑު ކައިރީތަ މަންމައަސް ބުނަން އެނގުނީވެސް. އަދި މަންމަވެސް އެބަ ކިޔައެއްނުން ޒެކްއޭ…” ލައުރާ އަނގަޔަށް ގޮތެއް ހަދާލިއެވެ.

” ލައުރާ.. މަންމަ ބުނަން ދޯ މީހުން ނައި ދިމާލަށް ފާޑުފާޑުގެ އެއްޗެހި ނުކިޔާށޭ. އޭނާގެ އަތުގައި ދެތިން އެތި އަޅާފައި ހުއްޓަސް ނުލާހިކު ރީތިކޮން ބޯ ކޮށާފައި ރީތިކޮން އެހުންނަނީ.. ތިބުނާހާ ޕާޓޭ ގޮތްގަނޑެއް ނުހުރެ..” ލުލްމާ ހިތްހަމަ ނުޖެހުނެވެ. އޭނާގެ ދެދަރިންގެ ކިތަންމެ ރަނގަޅު ތަރުބިއްޔަތެއް ދީގެން ބޮޑުކުރިޔަސް މީހުންނާއި ދިމާލަށް ފާޑުފާޑުގެ ނަން ކިޔުމެއް އޭނާއަކަށް ނުހުއްޓެވުނެވެ. ހަމައެކަނި ލައުރާއެއް ނޫނެވެ. ޝާއިންގެ އަދި އެކަން މާ ބޮޑެވެ.

” މަންމަ ވެސް އަދި އޭނަ ގޯނި ފުލަށް ލަތި އޭނަ މިތާ ނެތަސް… އެއީ ހަމަ ތާކު ހުރި ޕާޓޭގަނޑެއް.. މަންމަ ކައިރީ ބުނީމެއްނުން ގޭންގެއްގެ ބަޔަކު ލައުއަށް ޖެއްސުން ކުރަނިއްޔޭ.. އެގޭންގައި އުޅޭ މީހެއް އެއީ.. ” ލައުރާ ދެކޯ ފުއްޕާލިއެވެ.

” ޔަގީންތަ؟؟’ ލުލްމާ އަދިވެސް ގަބޫލުކުރާ ހިތެއް ނުވިއެވެ. ދަރިން ދައްކާ ވާހަކަތަށްވެސް ހަގީގަތެއް ނުބަލާ ގަބޫލުކުރާކަށް އޭނާ ބޭނުމެއްނޫނެވެ.

” ގަބޫލު ކުރިޔަސް ނުކުރިޔަސް ލައުއަށް އޯކޭ.. މިދަނީ މެލް އަށް ގުޅަންށޯ..” ލައުރާ ކޮޓަރިން ނިކުމެގެން ދިޔަތަން ބަލަން ވިސްނުމެއްގައި ލުލްމާ އިނެވެ.

” ހޭ މެލީނޯ.. ވަޓްސް އަޕް.. މަދަރ ހުއްދަ ދީފި.. ޔޯ މަމް އޯކޭ ވިއްޔާއޯ.. ތޭންކް ގޯޑް.. އަންނަންޗޭ ފައިވްގައި.. ފައިވް ތާރޓީގައި މަމް އެން ޑޭޑް ފުރަނީ.. ނައު ޕެކް ޔޯ ބޭގްސް..” ލައުރާ ކިޔާނެއެއްޗެއް ކިޔުމަށް ފަހު ފޯން ބޭއްވިއެވެ.

********************************************

ލައުރާގެ އަޑެއް ބަޑެއް ނީވުމުން ރިއުވީ ބަލާލިއިރު ލައުރާ އޮތީ ނިދާފައެވެ. ރިއުވީ މަޑުމަޑުން އެނދުން ތެދުވެ ލައުރާގެ ގައިމަތީ ބްލޭންކެޓް އަޅައި ދިނެވެ. އަދި ބޮކި ނިއްވާލުމަށްފަހު ރިއުވީ އޭނާގެ ލެޕްއާއި ހެޑްސެޓް ހިފައިގެން އައިސް އެނދުމަތީ އިށީނެވެ. އަދި އޭގައި އެއްޗެހިތަކެއް ޓައިޕް ކުރަން ފެށިއެވެ.

ރިއުވީ އިނީ ލެޕްގެ ތެރެއަށް ވަދެވިފައެވެ. ހުރިހާ ސަމާލުކަމެއް ހުރީ ލެޕްްއަށެވެ. އެހެން އިންދައި ސިއްސައިގެން ދިޔައީ ކުއްލިޔަކަސް ފޯން ރިންގް ވާ އަޑު އިވުމުންނެވެ. ރިންގް ވާ އަޑު އަންނަ ދިމާ ބަލާލިއިރު ލައުރާގެ ފޯންއަށް މީހަކު ގުޅަނީއެވެ. ކާކުތޯ ގުޅަނީ ބަލާލި އިރު ގުޅަނީ ލައުރާގެ ދޮންބެ ޝާއިންއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ލޯބިކަން 3

Next

ލޯބިނުވިޔަސް ފިރުމާލަދީ 06

Next
March 27, 2018

ލޯބިނުވިޔަސް ފިރުމާލަދީ 06

Previews
March 26, 2018

ލޯބިކަން 3

11 Comments!

  1. unique says:
    March 26, 2018 at 11:11 pm

    i have been waiting for this story…….missed it a looooot varah reethi… i missed it a loot but varah kuru

    1. Maikaa says:
      March 27, 2018 at 10:01 am

      thanks unique.. sorry kuru v ma.

  2. Fathun says:
    March 27, 2018 at 5:30 am

    V v reethi…v kiyaaahihvey…kon iraku next part

    1. Maikaa says:
      March 28, 2018 at 8:51 am

      thank you fathun…next part inshaa allah Friday ga up koh dhevey tho balaanan

  3. mishy says:
    March 27, 2018 at 9:26 am

    Vrh reethi… vrh waitt s khfin mi vhk ah… kuru vias okii…. 2 strii up kurr ir thts nt a prblm… nxt prt kn irakun..???…

    1. Maikaa says:
      March 27, 2018 at 10:04 am

      thanks mishy.. im hoping friday up koh dheveyne kamah.

  4. LHIYAM says:
    March 27, 2018 at 9:41 am

    oh…wow…super…next part avahah up koh dhey ne kamah hope kuran

    1. Maikaa says:
      March 27, 2018 at 10:05 am

      thnaks lhiyam .. inshaa allah friday up koh dhevey thww balaanan

  5. Pinky shifoo says:
    March 27, 2018 at 10:50 am

    V reethi mi part vx ???… Next part avahah genesdhehchey plxx ???…

    1. Maikaa says:
      March 28, 2018 at 8:49 am

      thank you pinky shifoo…next part Friday ga up koh dhevey thw balaanan

  6. Kooji says:
    July 1, 2018 at 10:10 am

    good

Comments are closed.

Next Episodeކެތްކުރިން ކުރަން އަދިވެސް ކުރާނަން…. 11←


All Right Reserved!