ތިޔަ އިންތިޒާރުގައި 7
މީރާ ސޯފާގައި އިނުމުން މާއިޝް މީރާ އާ ގާތަށް ޖެހިލިއެވެ. މީރާގެ ހިތް އިހުނަށްވުރެ ބާރަށް ތެޅިލިއެވެ. މާއިޝް ދައްކަން އުޅޭ ވާހަކަ އަޑުއެހުމައް ކެއްމަދުވާން ފެށިއެވެ. މާއިޝް މީރާގެ އަތުގައި ހިފާލިއެވެ.
” މީރާ! އިނގޭ މީރާގެ ހިތުގައި ވަރަށް ގިނަ ސުވާލު ތަކެއް އުފެދިފަ ވާނެކަން. އަދި އަހަރެން ބޭނުން އޮޅުންފިލުވައިދޭން.” މާއިޝް ހަށިފުރާ ނޭވާއެއް ދޫކޮއްލިއެވެ. މީރާ އިނީ ބަހެއްވެސް ނުބުނެ އަޑު އަހާށެވެ.
” ފުރަތަމަ ނަޒަރުން ލޯބި ވެވެއޭ ކިޔާތީ އަޑު އަހަން. އެކަމް އެއީ ހަޤީގަތެއް ކަމަކަށް ދުވަހަކުވެސް ޤަބޫލެއް ނުކުރަން. އެކަމް މިއަދު އެކަން ޤަބޫލު ކުރަން މަޖުބޫރު ވެއްޖެ. މީރާ ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެންގެ ހިތް ވަނީ މީރާއަށް ދެވިފަ. އާނ މީރާ. އަހަންނަށް މީރާ ދެކެ ލޯބި ވެވިއްޖެ. އަހަރެންގެ ފޯނުގައި އެއީ އެދުވަހު މީރާ އަހަންނާ ސަލާން ކުރިވަގުތު ނެގި ފޮޓޮއެއް. އެ ފޮޓޯ އަހަރެން ފޯނު ސްކްރީނަށްލީ ފުރަތަމަ ޑިއުޓީއަށް ނުކުތް ދުވަހު. އަހަރެން ބޭނުންވީ ހިތް އެދޭ ކޮންމެ ވަޤުތަކު ދެކިލުމައް ފޮޓޯ ލޮކް ސްކްރީނަށް ލާން. މީރާ ގާތު ފޯނު ގެނެސްދޭށޭ ބުނި ދުވަހު އަހަރެން ކުޑަކޮންވެސް ނެތްހަނދާނެއް ފޮޓޯ މަތިން. އެހެން ނަމަ އެގޮތައް އެ ފޮޓޯ ނުފެނުނީސް. ނޫނީ ވެދާނެ ނަސީބަކަށްވެސް. އެހެން ނޫންނަމަ ކިތަންމެ ދުވަހެއް ވިޔަސް އަހަންނަށް މިހެން ނުބުނެވުނީސް ކަންނޭނގެ. މީރާ ހިތްހަމަ ނުޖެހެންޏާ އަހަރެން ކައިރީ ބުނޭ. އަހަރެން ޓްރައި ކުރާނަން ދޮންބެއެއް ގޮތައް އުޅެވޭތޯ.” މާއިޝް އިސްޖަހާލިއެވެ.
މީރާ މަޑު މަޑުން ކޮޅަށްތެދުވިއެވެ. މާއިޝްގެ މޫނުމަތި މިލީ މީރާ ހިތްހަމަ ނުޖެހުނީ ކަމަށް ހީކުރެވުމުންނެވެ. އިސް ޖަހާލާ ވެއްޓެން ތައްޔާރުވި ކަރުނަތިކި ފޮހެލިއެވެ. މާއިޝް ކޮޅަށް ތެދުވެ އެއްޗެއް ބުނަން ހުޅުވާލި އަނގަ ލައްޕާލެވުނީ މީރާ އެނބުރި މާއިޝްގެ މޭގައި ލައްވެލުމުންނެވެ. ” އައި ލަވް ޔޫ މާއިޝް.” މާއިޝް ސިހުނީ މީރާ ބުނި ލަފްޒުތަކުންނެވެ. މީރާގެ ގައިގާ ބައްދާލެވުނީ ދުވަހަކުވެސް ވަކި ނުވާނަމޭ ބުނަމުންނެވެ. އެރޭ ދެމީހުން އެތައް އިރަކު ހޭލާ ތިއްބެވެ.
ފަތިޙު ހޭލައިގެން މީރާ ނަމާދު ކޮއްލައިގެން ޒިކުރުތައް ކިޔަން އިންދާ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން ހައިރާން ވިއެވެ. ނަމާދު ދޮޅި ބާލާފައި ފަތް ޖަހާލުމައްފަހު މުސައްލަ މަތީ ބާއްވާލިއެވެ. އެއައްފަހު ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރި މާއިޝް ފެނި ހީލިއެވެ. ” ކިހިނެއްވީ. ނުވެސް ނިދަންތަ.” މިރާ މާއިޝް ގާތު އަހާލިއެވެ.
“ނޫނޭ. ނަމާދު ކޮއްލަން ތެދުވިގޮތައް ނިދި ނައިސްގެން މިއައީ ކޮފީއެއް ލިބޭތޯ؟ ލިބޭނެތަ؟” މާއިޝް މީރާ ގާތުއެދުނެވެ. މީރާ ބޯ ޖަހާލަމުން ކޮޓަރިން ނުކުތީ ބަދިގެ ފަރާތައް ދިޔުމަށެވެ. ކޮފީ ގިރައިގެން މީރާ އައި އިރު މާއިޝް ސޯފާގައި އޮށޯވެލައިގެން އޮތެވެ. މީރާ އައުމުން ތެދުވެ ހަމަޖެހިލަމުން ހީލިއެވެ.
މީރާ މާއިޝް ގާތުގައި އިނީ ކޮފީތަށި ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ބަހައްޓާފައެވެ. މާއިޝް ކޮފީތަށިން އެތިފޮދެއް ބޯލުމައްފަހު މޭޒުމަތީ ތަށި ބެހެއްޓިއެވެ. އަދި މީރާގެ އުނގުގައި ބޯއަޅާލިއެވެ. މީރާ ލޯބިން މާއިޝްގެ ބޮލުގައި ފިރުމާލިއެވެ. ” މާޝް. އަހަރުމެން ދެމީހުން ގުޅެން މަންމަމެން ޤަބޫލު ވާނެތަ؟ ޤަބޫލު ނުވެއްޖެއްޔާ ކިހިނެއް ހަދާނީ.” މީރާ ދެރަވެލާފައި ބުނެލިއެވެ. ” ޕޮޒިޓިވްކޮން ވިސްނަބަ. ހުރިހާކަމެއްވެސް އޯކޭ ވާނެ. އެކަމާ ނުވިސްނައްޗޭ. ޕްރޮމިސް ކުރޭ.” މާއިޝް އެ އޮތްގޮތަށް އޮވެ މީރާގެ މޫނުގައި ފިރުމާލިއެވެ. މީރާ ޕްރޮމިސްއޭ ބުނެ ހީލިއެވެ.
” ދެން ތެދުވޭ. ސެވަން ތާރޓީ ވެއްޖެ.” މީރާ ގޮވާލީ ސޯފާގައި ނިދިފަ އޮތް މާއިޝް އަށެވެ. ” އަހަރެން އެކަނި ބާއްވާފަ ކޮންތާކަށް ދިޔައީ.” ހިނގައިގަތް މީރާގެ އަތުގައި ހިފާލަމުން މާއިޝް ޝަކުވާ ކޮއްލިއެވެ. ” މާޝްއަށް ނިދުނީނު. އެހެންވެ ސައި ހަދާލަން ދިޔައީ. ދެންވެސް ދޭބަ ފެންވަރައިގެން އަންނަން ސައިބޯން. ވަރަށް ބަނޑުހައި.” މޫނަށް ގޮތެއް ހަދާލަމުން މީރާ އެހެން ބުނެލުމުން މާއިޝް ގާތަށް ހިނި އައެވެ.
މާއިޝް ޑިއުޓީއަށް ދިޔުމުން މީރާ އެކަނި ވިއެވެ. ކުރާނެ ކަމެއް ނެތުމުން ގޭތެރެ ސާފު ކޮއްލަން އުޅުނީ ވަޤުތު ކުރު ކޮއްލުމުގެ ބޭނުމުގައެވެ.
ދެހަފްތާ ފާއިތުވީ ހީވެސް ނުކުރާހާ އަވަހަށެވެ. މަރީނާ އާއި ސަލީމްވެސް އައުމުން މީރާގެ އެކަނިވެރިކަން ފިލައިގެން ދިޔައެވެ. މީރާ އާއި މާއިޝްގެ ގުޅުން ސިއްރުވެފައިވަނީ ރަނގަޅު ވަޤުތަކުން މަރީނާމެންނާ ވާހަކަ ދެއްކުމަށެވެ.
ދުވަސްތައް ފަށްފަށް ވަމުން ގޮސް އަހަރު ނިމި އާ އަހަރަކަށް މަރުޙަބާކީ އާ އުއްމީދު ތަކަކާ އެކީއެވެ. “ހެޕީ ނިޢު އިޔާ.” މާއިޝް ވާހަކަ ދެއްކީ މީރާ އާއެވެ. ” ދެހާސް ފަނަރަ ދޯ. ސާދަ ނިމުނީ ހާދަ އަވަހަކަށޭ ދޯ.” މީރާ މާއިޝްއަށް ބުނެލިއެވެ.
އާ އަހަރުގެ ފުރަތަމަ ދުވަހުގެ އިރު އަރައިގެން އައީ ވަރަށް އުފާ ވެރިކޮށެވެ. ބަންދު ދުވަހެއް ކަމުން މާއިޝް ގޭގައި މަޑު ކުރީ މީރާ އާއެކު ވަޤުތު ހޭދަ ކުރެވޭނެތީއެވެ.
” ދަރިފުޅާ މީރާ. އާދެބަލަ މިތާ މަންމަ ކައިރިއަށް.” ހެނދުނުގެ ސައި ހެދުމައްފަހު ބަދިގެއިން ނުކުތް މީރާއަށް މަރީނާ ގޮވާލިއެވެ. ” މަންމަ ދަރިފުޅު ގާތުގައި ވާހަކައެއް ބުނަން. ދަރިފުޅު މިހާރު ތިހުރީ ބޮޑުވެ ފުރިހަމަ ވެފާ. މަންމަ ބިރުގަނޭ ދަރިފުޅު ސަލާމަތުން ދަރިފުޅުގެ ހަޔާތުގެ ބައިވެރިޔާއަށް ނުދެވިދާނެތީވެ. އެހެންވެ މަންމަ ބޭނުން ދަރިފުޅު މީހަކާ އިންނަން. ދަރިފުޅު ލޯބިވާ ކުއްޖަކު ހުރިއްޔާ މަންމަމެން ގާތު ބުނޭ. މަންމަމެން ހުރިހާ ކަމެއް ކޮއްދޭނަން.” މަރީނާ އެއް ނޭވާއިން ވާހަކަ ދައްކާ ނިންމާލިއެވެ.
” މަންމާ! އަޅުގަނޑު އެހާ އަވަހަށް މީހަކާ އިންނަން ގަސްތެއް ނުކުރަން. އަދި މީހަކު ހޯދައިގެންނު މީހަކާ އިނދެވޭނީ.” މާއިޝް އާއި މީރާގެ ގުޅުން ސިއްރު ކުރަމުން މަރީނާއަށް ޖަވާބުދިނެވެ. ” އަދި ނުބުނަމެއްނު އަވަސް ކުރާކަށް. ދަރިފުޅަށް ފެނުނީމަ އެވީ. އެކަމް އަންހެން ކުދިން އެހާދުވަހު ތިބޭކަށް ނުވާނެ. ނުބައި ލޯތަކުން ސަލާމަތް ވާން ވަރަށް އުނދަގޫ ވާނެ.” މަރީނާ މަޔަކު ދަރިޔަކަށް ދޭންޖެހޭ ނަސޭހަތް ދިނީ އަމިއްލަ ދަރިއަކަށް ނަސޭހަތް ދޭފަދައިންނެވެ. މީރާ ބޯ ޖަހާލިއެވެ.
އެރޭ މީރާ މާއިޝް އާ އެވާހަކަ ދެއްކިއެވެ. ދެން ހަދާނެ ގޮތަކާއި ދޭތެރޭ ވިސްނަން މަޖުބޫރުވިއެވެ. އެންމެ ފަހުން މާއިޝް ނިންމީ މަރީނާ ގާތު ވާހަކަ ދެއްކުމަށެވެ. މީރާވެސް މާއިޝްގެ ނިންމުމައް ތާޢީދު ކުރިއެވެ.
ޖެހިގެން އައި ދުވަހު މާއިޝް ޑިއުޓީ ނިންމާލާފައި ގެއަށް އައިސް ވަތްއިރު މީރާ ގޭތެރޭގައި މޮޕް ލާން އުޅުނެވެ. ” ޖާނޫ. ނެތްތަ ކާ އެއްޗެއް. ވަރަށް ބަނޑު ހައި.” މާއިޝް އެހެން ބުނުމުން މީރާ ދެތުންފަތުގައި އިނގިލި ޖައްސާލިއެވެ. އަދި މަންމަމެން އުޅޭ ވާހަކަ ބުމުން މާއިޝް މަޑު މަޑުން ސޮރީއޭ ބުނެލިއެވެ.
ރޭގަނޑުގެ ކެއުމަށް އެންމެން ކާންތިބި ގަޑީގައި މާއިޝް މީރާގެ ވާހަކަ ދައްކަން އަނގަ ހުޅުވާލި ވަޤުތު ސަލީމް ވާހަކަ ދައްކަން ފެށިއެވެ. ” ދަރިފުޅާ މީރާ! ބައްޕަގެ ރައްޓެއްސެއްގެ ދަރިއަކު ދަރިފުޅާ އިންނަން އަހައިފި. ޝިމަން ކިޔަނީ. ބައްޕަ ބުނިން މީރާ ގަބޫލީ އާއޭ އާނބަސް ބުނެވޭނީ. ދަރިފުޅު ކީކޭ ބުނަނީ. ބައްޕަ ވަރަށް ހިތްހަމަ ޖެހޭ ކުއްޖެއް އެއީ.” ސަލީމް ބުނި އެއްޗަކުން މާއިޝް ކޮށި އަރާ ގޮތްވިއެވެ.
” ކީކޭ. ހަމަ ރަނގަޅަށްތަ. އެ ޝިމަން އަކީ އަމިއްލަ ވިޔަފާރި ކުންފުންޏެއް ހިންގާ ކުޅަދާނަ ޒުވާނެއް. އެހާ ޅައުމުރުގަ އެހާ ކާމިޔާބު ކުއްޖެއް އެއީ.” މަރީނާ އިތުރު ކޮއްލިއެވެ. ” ދަރިފުޅު މާދަމާ ބައްޕަ އަށް ވާނެ ޖަވާބެއް ދޭން. އެކަމް ބުނަން ބައްޕަމެން މިހެން ބުންޏަސް ދަރިފުޅު ބޭނުން ނުވަންޏާ ނޫނެކޭ ބުނާނީ. ދަރިފުޅަކަަށް އެއްވެސް ކަމެއް މަޖުބޫރެއް ނުކުރާނަން.” ސަލީމް ލޯތްބާއެކު މީރާ ގާތު ބުނެލިއެވެ.
” ދެން ކިހިނެއް ހަދާނީ. މީރާ ނޫނެކޭ ބުންޏަސް ބައްޕަމެން ރުޅިއެއް ނާންނާނެ.” މާއިޝް ވާހަކަ ދެއްކީ މާއިޝްގެ ކޮޓަރީގައި އިން މީރާ އާއެވެ. ” އިނގޭ. އެކަމް ބައްޕަވެސް މަންމަވެސް ހިތް އެދުނު ކަމަކު އެބުނީ ފުރަތަމަ ފަހަރަށް. ދުވަހަކުވެސް މަންމަމެން އަހަރެންގެ ހިތް އެދޭ ގޮތަކަށް ނޫނީ އެއްކަމެއްވެސް ނުކުރާނެ. ކިހިނެއް ނޫނެކޭ ބުނާނީ. ނުކެރޭނެ.” މީރާއަށް ހަގީގަތުގައިވެސް ގޮތް ހުސް ވެއްޖެއެވެ.
” ބުނޭ ޤަބޫލޭ. އިތުރު ގޮތެއް ނެތެއްނު. ބައްޕަ އެހެން ބުނެފަ އޮއްވާ ކިހިނެއް ބުނާނީ އަހަރުމެންގެ ރިލޭޝަންގެ ވާހަކަ. ހިތްހަމަ ނުޖެހުނިއްޔާ ދެމީހުންނަށް ދެރަ ވާނެ. މުޅި ފެމިލީއަށް އަސަރު ކުރާނެ. ބަޓް މިކަމުން ދެރަ ވާނީ އަހަރެމެން ދެމީހުން ދޯ. ޓްރައި ކުރާނީ.” މާއިޝް ރޮވިފައިވީ އަޑަކުން ބުނެލިއެވެ. މީރާ މާއިޝްގެ ގައިގާ ބައްދާލިއެވެ.
ބޭނުމިއްޔާ ދެކޮޅު ހެދި ދާނެއެވެ. ގެއްލުމެއް ނުވާނެއެވެ. އެކަމަކު ހިތް ހަމައެއް ނުޖެހޭނެ އެވެ. އެހެނަސް މީރާ މާދަން ގޮތެއް ނިންމަން އެބަ ޖެހެއެވެ. މީރާއަށް ނިދުނީ އެކަމާ ވިސްނަން އޮއްވައެވެ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.


hama inthizaaru ga huhta thi up kohla dhinee
Really☺☺☺ thnkyou Aki❤❤❤
Haadha kurey
Yaa Aamin… Sry 4 that.. Something hppn.. Thax y.. Nxt part dhiguvaane insha allah
Hello guys here is 7th part.. Hope u guys liked it.. Sry thankolheh short v ma..
Nxt part thankolheh lasvedhaane kuda kamehga v buxy vegen… Tym eh libey irah up kohdheveythw try kuraanan… Luv u guys… Gud nyt
Wow nice❤️.. Bt haadha kurey?.. When next prt
Tnkyou Shyn☺☺☺ yup dhw.. Kuda kameh dhimaavegen kuru v.. N next part thankolheh las vedhaane.. But try kuraanan..???
Alhey… pls 2 kudhin dhurunukurey… haadha heeveyey meeraa e marriage aa ehbas vaanehen… sooo sad
Tnkx lotus☺☺☺ lets see dhw what hppn.. Bt hope kiyaalaane kamah.. Aslu stry ge main bayaa hisaabah mi aadhevuny..❤❤❤ keep reading and supporting..☺☺☺
Vaahaka reethi bt thankolheh kury.. N meera n maaish vakinukurahchey plx
Tnkx Naju☺☺ n sry short v ma… Letx see dhw what hppn..
Wowwww ?????… Mi part vx v v v reethi ?????… Kihineh baa meeraa hadhaanee dhn… Curiously waiting for the next part ?????… Kurakas story kiyaalan libunyma v v v happy ?????… Curiously waiting for the next part ?????
Tnkyou pinky shifoo… ☺☺☺☺Always ur comment was very colour full..❤❤❤????? I just luv it..❤❤❤❤?????? letx see dhw what hppn☺☺☺☺☺?? v ufaavey vaahaka kiyaalaafa loabi loabi comment eh kollyma…☺☺☺❤❤❤❤ luv yuh????????
Vv reethi mi partvs…waiting for the next part..❤???
Tnkyou Shafa☺☺☺ insha allah tym eh libumun up kohlaanan… V try kuraanan.. Lotx of luv???
Ur mst wlc dear n Gud nyt n sleep tight ??
Wow varah nice mi part..??
Tnkyou Haami..☺☺☺ v happy vaahaka kamudhiyaimaa..❤❤❤??? hope u always read it??????
Nuxu kiyaadheyba esfiya ah registr kuraane goiy. Alhugandu vrh masahkaiy kohfin. Ekm nuvi rangalheh.plx hlphoto me dear.. Nuxu esfiya ah registr kuri gothuga kuru thafseeleh…???
Dear Jazlee,
Please go to this link to find out how to register to esfiya.
https://www.esfiya.com/howtoregister/
if you need any help please do not hesitate to call/msg admin team on 7997991.
Editor buneli fadhain e link ah vadheba.. Thatx how im register.. Need any help bunelaa.. I will help u
Help eh beynumiyyaa tell me..☺☺☺?????? I will help u personally… If u want??❤❤☺☺☺☺☺
Linkah vadhefa hadhan v kihineh tho.mathy ga gehi pasword thryga password confirmation kuhryma vx nuvi…dhn email or username intha e letterx eh liyuny ma nuvey…plx hlp mee nuxu. I want your hlp too
Please call 7997991
Will explain.
u said nxt prt lasvaaneyey dhw.. i undrstand ehen vx vaane.. but is it possible to tel wen nxt prt kiyaalan libeynee.. hama kiyaahithun ahaalevenee
Waiting waiting hama…??????