Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭނގި ހިތޭ ތި އަތުލީ 33

Star Level 310 Stories100 Comments100 Login
April 25, 2018 3 Mins Read
67 Comments

 

އިވުނު ވާހަކަ ތަކުގެ ސަބަބުން ހައިރާންވެ ބަސްހުއްޓިފައި މަލާކަށް އިނދެވުނީއެވެ.

“މައިން ބަފައިން ވަކިވުމުން ދަރިންނަން ކުރާނެ އަސަރު އަހަންނަން ވަރަށް ރަނގަޅަށް އިނގޭ… އެކަހަލަ ކަމަކަށް މަގުފަހިވެދާނެ ކަމެއްވެސް އަހަރެން ހަމަހޭގަ ހުރެގެން ނުކުރާނަން…” މަލާކް އިއްވާލިއެވެ.

“ތިބުނި އެއްޗެއް އަހަންނަކަށް ނުވިސްނުނު” މައުވަންއަށް އިނގޭކަމަކަށް ނުވިއެވެ.

“ނޭނގެންޏާ އަޅާނުލާ….އަހަންނަން ރަނގަޅީ ދެން މައުވަން މިތަނުން ދިޔައްޔާ…އަދި ދެވަނަ ފަހަރަށް މިގެއަށް ނާންނާނެ ކަމަށް އުއްމީދުކުރަން…”

މަލާކްގެ ޖުމްލަޔާއެކު މައުވަން ނިކުންނަން ހިނގައިގަތީ  ދެޖީބަށް އަތްޖަހާލައި އިސްޖަހައިގެންހުރެ މާޔޫސްކަންމަތީއެވެ.

މައުވަން ގެއަށް ދިއަގޮތަށް ގޮސް ޖައްސާލީ ނިދާލާށެވެ. ނަމަވެސް ލޮލަކަށް ނިންޖެއްނައެވެ. އެކަމަކު ތެދުވަން ބޭނުން ނުވާތީވެ އޮތީއެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތު ފާއިތުވީރުވެސް ތެދުވާހިޔާލެއް ނުކުރެއެވެ. އެހެންއޮއްވައި ދޮރުގައި ޓަކި ޖަހާލު އަޑުއިވުނެވެ. މައުވަންގެ އިޒުނަޔާއެކު އަކްޔަން އެތެރެއަށް ވަނެވެ.

“ދޮންބެ ހަނދާނެއްވެސް ނެތޭ….އެބައަށްނަން ފެންވަރާލައިގެން…. އިށީދޭ ….ލަހެއްނުވާނެއްނު ދޯ….” އެޔާއެކު އަވަސްކޮށްލާފައި އޭނަވަނީ ފާޚާނާއަށެވެ. އަކްޔަން އިށީންނަ ހިޔާލެއް ނުކުރެއެވެ. އޭނަ ދިޔައީ ކޮޓަރިން ބެލްކަންޏަށް ނުކުންނަން އިންނަނަ ދިމާލަށެވެ. އަދި އެތާ ބެލްކަނީގައި މަޑުކޮށްލައިގެން ހުރީ މަގުމައްޗަށް ނަޒަރު ހުއްޓައިލައިގެންނެވެ. ހިނގާމީހުންނާއި ދުއްވާ އެއްޗެހީގެ އަދަދު ގިނަކަމުން މަގުމަތި ފެންނަނީ ބާރު ބޮޑުކޮށެވެ. ބަރު ގޮނޑު އަޑުވެސް މެދުނުކެނޑި އިވެމުން ދެއެވެ. އިރުކޮޅަކު އެތާހުރުމަށް ފަހު އަކްޔަން އެތެރެއަށްވަނެވެ. ދެން އޭނަ ދިޔައީ ސޯފާގައި އިށީންނާށެވެ. ނަމަވެސް އޭގެ ކުރިން ޑްރެސިން ޓޭބަލްމަތީ އިން ފެންފުޅި ލޮލުގައި އަޅައިގަތުމުން ފެންފުޅިއާއި ދިމާލަށް މިސްރާބު ބަދަލު ކޮށްލިއެވެ. އަދި ފުޅި މަތިނަގައި ދެތިންކޯވަރު އަނގަޔަށް އަޅާލިއެވެ. ދެން ފުޅި މަތިޖަހާފައި ބެހެއްޓި ވަގުތު މައުވަންގެ ވޮލެޓާއި ފަތްޖަހާލާފައި އޮތް ކަރުދާސް ގަނޑެއް ވެއްޓުނެވެ. އަކްޔަން ގުދުވެފައި އެދޭތި ނަގާ އޮތްތާ ބާއްވާލިއެވެ. އަދި އެނބުރި ސޯފާއަށް ދާން އުޅެފައިވެސް ކުއްލިއަކަށް އެ ގަނޑު ބަލާލާހިތް ވިއެވެ. އެއްވެސް ހިޔާލެއް ފިކުރެއްނެތި އަކްޔަން ގަނޑުހުޅުވާލިއެވެ. އެޔާއެކު އޭނަދިޔައީ ހައިރާންވެގެންނެވެ. އަދި އިންތިހާޔަށް ރުޅިގަދަވެގެން ދިޔައެވެ. ހަމައެވަގުތު ފާޚާނާ ދޮރު ހުޅުވާލާފައި މައުވަން ނިކުތެވެ. އަކްޔަންގެ ހާލަތު ނޭނގޭ ހާލު މައުވަން ހީލާފައި ބުނެލީ “ކޮބާ…ލަހެއް ނުވެއެއްނު”

“އަހަރެން ހިޔެއްނުކުރަން ދޮންބެތީ ތިހާ ދަށްފެންވަރެއްގެ މީހެއްކަމަކަށް….އެހެއްނު ވަނީ ޖަވާހިރެއް ލިބުނީމަވެސް ގެންގުޅޭކަންވެސް ނޭނގުން ވިއްޔަ….އެކަމަކު އަހަރެން ހިޔެއްނުކުރަން ދޮންބެއަށް ކުޑަކުޑަ ފުރާނައެއް ދުއްވާލަން ކެރޭނެ ކަމަކަށް… އަދިއެވެސް އަމިއްލަ ލޭ…..” ރުޅިއައިސް ރަތްވެހުރެ އަކްޔަން ކުރިއަށް ގެންދިޔައެވެ.

“އަކްޔަން ކީކޭތަ ތި ކިޔަނީ…. ތި ކިޔޭއެއްޗެއް އެބައިނގޭތަ….”މައުވަންވެސް ރުޅިއަންނަ ގޮތްވިއެވެ.

“އަދިވެސް ސިއްރުކުރަންތަ ތި އުޅެނީ….ލަދުގަނޭ ތީ އަހަރެންގެ ބޭބެއޭ ބުނަންވެސް…..” އެހެންބުނެލާފައި އަތުގައި އޮތް ކަރުދާސް ގަނޑު މައުވަންގެ މޫނަން އެއްލާފައި ، ބަންލާފަ ދޮރުޖަހާފައި އަކްޔަން ނުކުމެގެން ދިޔައީއެވެ.

މައުވަން ގުދުވެފައި އެ ގަނޑު ނަގާ ބަލާލިއެވެ. އެއީ އޭނަ ހޮސްޕިޓަލުން ހޯދި ގަނޑެވެ. އެކޮޅުގައި ބިޒީކަމުން ނުބެލުނީއެވެ. ފަހުން ބަލާލަށް ބެހެއްޓީ ކޮންމެހެން އެހާ މުހިއްމު އެއްޗަކަށް އެ ނުވާނެކަމަށް ހީކޮށެވެ. މާލެ އައިސް އަދި އެމަތީން ހަނދާންވެސް ނެތީއެވެ. “މައުވަންވެސް ރުޅިއައިސް މީހަ ތުރުތުރު އަޅައިގެން ދިޔައެވެ. ގަނޑުވެސް މުށުތެރެއަށްލާ ބޮޑި ކޮށްލެވުނީ އިޚްތިޔާރަކާނުލައެވެ. އެޔާއެކު އޭނަ ނުކުމެގެން ދިޔައީ އަކްޔަންއަށް ކަންވެފައި އޮތްގޮތް އޮޅުންފިލުވާ ދޭށެވެ. ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން ގޮސް ސިޓިން ރޫމަށް އާދެވުނުއިރު އަކްޔަން އިނީ ސޯފާގައި ބޮލުގައި ދެއަތް އަޅައިގެންނެވެ. ކައިރީގައި އަލާއިނީ އޭނަގެ ކޮނޑުގައި އަތް ހާކާލަ ހާކާލައެވެ. އެއްޗެއް ނުބުނުނެ މައުވަން ދިޔައީ ސޯފާގައި އިށީންނާށެވެ. ނަމަވެސް އެވަގުތު ދޮރުން ވަތް ރަފާފެނިފައި އޭނަގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓިއެވެ. ފޮށި ދަމަމުން އައުމުން މާލެ އެއައީ ދެންމެކަން އެނގުނެވެ. ސިޓިން ރޫމަށް ރަފާ އަށް ކިރިޔާ ފިޔަވަޅެއް އަޅާލެވުނުކަމެވެ.

“ގޮތް ކުޑަ އަންހެނާ….ދެން އެއްމެ ފިޔަވަޅެއްވެސް އިތުރަށް އެތެރެއަށް ނާޅާތި…” ރަފާއާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްގެން ހުރެ މައުވަން އިއްވާލިއެވެ. އެވަގުތު ދޮރަށް ފުރަގަސް ދީގެން ތިބި  އަކްޔަން އާއި އަލާ ވެސް ދޮރާދިމާލަށް ބަލާލިއެވެ. ރަފާ ހުރީ ވާނުވާ ނޭނގިފައެވެ. އޭނަ ކޮށްގެން އައިކަންތައް ފަޅާ އެރީ ކަމަކަށް ހިއެއް ނުކުރެއެވެ.

ސިޓިން ރޫމްގައި އަޑުގަދަ ވެގެން އެވަގުތު މަޒްހަރުގެ ދެމަފިރީންވެސް ނިކުތެވެ. “ތިހިރީ ވަރިކޮށްފަ….ޤާތިލަކާ އިނދެގެން އުޅޭކަން އަހަރެން ބޭބުމެއްނޫން” މައުވަންގެ ޖުމްލައާއެކު ހީވީ ތަނުގައި ބޮމެއް ގޮއްވާލިހެންނެވެ. ރަފާ ހުރީ އިސްއުފުލާލަންވެސް ނުކެރިފައެވެ. އޭނަ އެހާ ސިއްރުން ކުރިކަންތައް މިހާ އަވަހަށް ފަޅާއަރާފާނެ ކަމަކަށް އެއްގޮތަކަށްވެސް ހީކުރެވިފައެއްނެތެވެ. އިވުނު ޖުމްލައިން އަކްޔަން އަށްވެސް ވާނުވާ އޮޅުނެވެ. ހަމައެވަގުތު މަޒްހަރުގެ ހޫނު އަތުގެ ހަމަލާއެއް މައުވަންގެ ކޯމަށްޗަށް އަރައިގެން ދިޔައެވެ.

“ބަލަ ތި ކިޔޭ އެއްޗެއް މައުވަންއަށް އެބަ އެނގޭތަ….މީހުންގެ ފުރާނަފަދަ އަންހެން ދަރީންނާ އިނދެގެން ގެންނަނީ ހިތަށް އެރިހާ އެއްޗެއް ކިޔަންތަ….ތީތަ އަހަރެމެން ދިން ތަރުބިއްޔަތަކީ…” މަޒްހަރު ވެސް ހުރީ ވާނުވާ ނޭނގޭ ހާލުވެސް މައުވަން ދެކެ ހިތްހަމަ ނުޖެހިފައެވެ.

މަޒްހަރު ޖެހިލެ ބާރުކަމުން މައުވަންއަށް ހުރެވުނީ ކޯމަތީގައި އަތް އަޅާލައިގެންނެވެ.

“ބައްޕައަށް އަދިވެސް ގޯސްވީ އަހަރެންތަ….ތިހިރަ އަންހެނާ ގާތު އަހާބަލަ އަހަރެން މި ކިޔަނީ ކީކޭތޯ… ނޫނީ މި ބަލާބަލަ….” އަތުގައި ބޮނޑިކޮށްލާފައި އޮތް ކަރުދާސް ގަނޑު ދިއްކޮށްލަމުން މައުވަން ވާހަކަ ދެއްކިއެވެ.

އެބަލާލުމަށް ފަހު މަޒްހަރު ރަފާއާއި ދިމާލަށް ބަލާލީ އޭ ތެދެއްހޭ އަހާފަދަ ގޮތަކަށެވެ. ރަފާއަށް ވީވަރަކީ އިސްޖަހާލުމެވެ. މަޒްހަރަށް ޖަވާބު ލިބުނެވެ.

“ކީއްވެ ؟” މަޒްހަރު ހުރީ ރުޅިއާއި އެއްވަރަށް ދެރަވެސް ވެފައެވެ. އޭނަ ކާފަދަރިއަކަށް ކުރާ އުއްމީދު ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ.

“އަހަންނަން މާފްކުރޭ މައުވަން…އަހަރެން ބޭނުން މައުވަން އާއި އެކީ އުޅެން….މިކަން މިހެން ކުރަންޖެހުނީވެސް އަހަރެން މައުވަން ބޭނުންވާތީވެ” ރަފާހުރީ ރޮވިފައެވެ.

“މައުވަން ބުނީތަ ކުއްޖަކު ބޭނުމެއްނެތޭ؟” ރަފާ ބުނި ޖުމްލަ ދޭހަ ނުވީތީ މަޒްހަރު ސުވާލު ކުރިއެވެ.

ރަފާއަށް ބަލާލެވުނީ މައުވަންގެ މޫނަށެވެ. މައުވަން ބެލީ ދުރެވެ. ރަފާ އާއި ހަތަރު ކަޅި ހަމަކުރަންވެސް އޭނަ ބޭނުން ނެތެވެ.

އިރުކޮޅެއްގެ ހަމަހިމޭން ކަމަށްފަހު ރަފާ ވާހަކަ ދައްކަން ފެށިއެވެ. އެއީ މައުވަންގެ ދަރިއެއް ނޫންކަމާއި އަދި މައުވަން އޭނަ އާއި އިނީ ކީއްވެގެންކަން ހާމަކުރިއެވެ. އިވިގެންދިޔަ ވާހަކަތަކުން ތަނުގައި ތިބި އެއްމެން ތިބީ ހައިރާންވެ ބަސްހުއްޓިފައެވެ. އަކްޔަން ހުރީ  އޭނަ ދެކެ އެވަރަށް ލޯބިވާ އޭނައަށްޓަކައި ޤުރުބާންވި ބޭބެ އާއި ދޭތެރޭ ކަންތައް ކުރެވުނު ގޮތުން ދެރަވެ ލަދުވެސް ގަނެފައެވެ. ރަފާ އެއްމެންގެ ކިބައިން މާފަށްއެދި ގެއިން ނުކުމެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Star

Level 310 Stories100 Comments100 Login

Other Articles

Previous

ކެތްކުރާނަން އުއްމީދުގައި 15

Next

މާކުންބޭގެ ވާހަކަ ( ފަހުގެ ވަރޝަން )

Next
April 26, 2018

މާކުންބޭގެ ވާހަކަ ( ފަހުގެ ވަރޝަން )

Previews
April 25, 2018

ކެތްކުރާނަން އުއްމީދުގައި 15

67 Comments!

  1. Zeev says:
    April 25, 2018 at 11:03 pm

    Vvvsalhi akamu thankolheh kuree kiyaa hithun indha animunee☺

  2. Kiya says:
    April 25, 2018 at 11:06 pm

    Alhey… haadha kurey.. nut v nice… plx next part dhigu kohladhehchey…

  3. Nasth says:
    April 25, 2018 at 11:11 pm

    Woow

  4. Reet says:
    April 25, 2018 at 11:15 pm

    Thankolheh dhigukoh liyabala

  5. Star says:
    April 25, 2018 at 11:18 pm

    Heii alll. Mi othy new episode . Mi part avahah mi genes dhinee last episode kurukamun gina kudhin thakeh shakuvaa kureema. Enjoy. Hope mi faharu complain nukuraanaekamah.

    1. Hana says:
      April 26, 2018 at 12:42 am

      Fukeh genesfa complain nukuraane kamah unmeedhu ves kohgen nuvaane ennu!

    2. ASU says:
      September 17, 2018 at 1:28 pm

      BRO KONIRAKUN THA NEXT PART UP KURANY!!!

  6. Bumbii says:
    April 25, 2018 at 11:20 pm

    Alhe haadha kurey…..

  7. Anonymous says:
    April 25, 2018 at 11:25 pm

    Kurin vr kiyaahithun mi stry keen.up nuve dhiya dhuvaskolhuves vr vr dheravi. Ekm mihaaru vr foohi. Maa kurukoh liyefa hunnany. Moment describe kohdheefaves hunnanee maa kudakoh.

  8. Mixuhan says:
    April 25, 2018 at 11:26 pm

    Adhivx maa kuru .. Alhe avahah upkh dheeba ..pls …

  9. Hajja says:
    April 25, 2018 at 11:31 pm

    Maa kuree.. v reethi.. dhen anna bayakah inthizaarukuran..tc

  10. ss says:
    April 25, 2018 at 11:32 pm

    v reethi. next part avahah genesdhechay.

  11. beauty saloon says:
    April 25, 2018 at 11:33 pm

    Bunelan othee kurakas avahah up kohdhenyaa ok ey mivaahakaaga mauvan n malaak ge rom thankolheh naanaathi varah dheravejje

  12. Malaa says:
    April 25, 2018 at 11:36 pm

    Mihaavarihyaa vaahakanuliyan v nun hafftaayaku peraguraafeh geneshthi deveni?

    1. ?lam? says:
      May 21, 2018 at 10:46 am

      Nukymaa v nu

  13. Naju says:
    April 25, 2018 at 11:48 pm

    Alhey haadha kurey ☹… but nice mi part ves

  14. Ba See says:
    April 25, 2018 at 11:58 pm

    Masha Allah vvvvvvv reethi

  15. Aamin says:
    April 26, 2018 at 12:00 am

    Alhe haadha kurey ekamu varah reethi

  16. sof says:
    April 26, 2018 at 12:03 am

    vaahaka kithahme haaves reethi …ekum migothah vaahaka nugenes dhinihyaa ragalhee… ehaa kuru… star thee one of the best writer but…

  17. Neem says:
    April 26, 2018 at 12:07 am

    Asluves. Aadheys kuruvan ulheyhen heevany

  18. ???? says:
    April 26, 2018 at 12:46 am

    Ragalhu gothaky cmmnt nukurun.. Ehchky bunefiyaa buna mi meeha gos vaannii bune ehceh kiyaanii eh vaahaka up kndhy iru vx ??

  19. Nunama says:
    April 26, 2018 at 5:20 am

    Very nice Waiting for next part please upload fast

  20. Shaaab says:
    April 26, 2018 at 5:23 am

    Mi part ves vaki dhigeh noonennu!

  21. Saifeena says:
    April 26, 2018 at 6:53 am

    Faadu kiyun thakakee masakathai libe kuri erume …..vaahaka varah reethi masalaakee emme sean akun upload nimaaleethee

    1. illy says:
      April 26, 2018 at 8:57 am

      faadu kiyunthakh star repsect nukuraathi massalaki. what ever board alhuvaigen

  22. Shaxy says:
    April 26, 2018 at 7:04 am

    Vaahaka nimenee hen heevanee dhen last episode dho ekamaku kurukoh genes dheythee thin dhuvasves nagaafaane dho

  23. Blue beauty says:
    April 26, 2018 at 7:29 am

    Star haadhahaa kurey akam v reethi…dhen next part avahah up kohdheeba…??????❤

  24. lotus says:
    April 26, 2018 at 9:35 am

    Nice… nxt prt avah up kolladhe chey???

  25. beauty saloon says:
    April 26, 2018 at 11:25 am

    Kurukamun up kohdhin baives ehaa kuru boa halaak kon irakun aneh paragraph genes dheynee loll??

  26. sheen says:
    April 26, 2018 at 12:23 pm

    nuvannyaa kurinves huttali gotha huttala! namegga vahaka liyane kamene

  27. Eleven says:
    April 26, 2018 at 2:05 pm

    Story is nice, but thankolheh kury
    And mihaaru ehaa reethikoh describe koh dheefa evves nuhurey…hope kuran mithankolhu rangalhu kohlaane kamah?

  28. aisha says:
    April 26, 2018 at 3:04 pm

    vv rythi.dhen faharakun dhigu koh genes dhehchey plz

  29. ނަސީ says:
    April 26, 2018 at 9:11 pm

    ވާހަކަ ވަރަށްރީތި . އެކަމަކު މާކުރުކޮށް ގެނެސްފައިވާތީ ކަމުނުދަނީ.އަނެއްބައި އަވަހަށް ގެނެސްދޭނެކަމަށް އުންމީދުކުރަން.

  30. Blue beauty says:
    April 28, 2018 at 11:23 am

    Star vaakaka koba konirakun tha upload kuranee haadha lasvanee pls avaskohdheeba….

  31. Shaa says:
    April 30, 2018 at 4:48 am

    Star haadha lahey vaahaka up kuraaleh aneith episode avahah genes dheebala malaak aai mauvan gulhuvaafa avahah ninmaalabala

  32. maya says:
    April 30, 2018 at 1:20 pm

    Star where is the story?✨

  33. (´∀`)♡ says:
    April 30, 2018 at 2:17 pm

    When next part

  34. . says:
    April 30, 2018 at 2:53 pm

    seriously? avahah up kohdheyn buhneemah adhives next part up eh nuhkohdhehvey

  35. Ainy says:
    April 30, 2018 at 8:07 pm

    Seriously varah salhi please next part upload kohdheeba

  36. beauty n the beast says:
    April 30, 2018 at 8:14 pm

    Kobatha aneh part

  37. nish says:
    May 2, 2018 at 12:33 pm

    Anehkaa ves nidhi hama kohlany, thi varun vaahaka liyaa kah nufeney. Hama bunely.

  38. Shooting Star says:
    May 2, 2018 at 3:23 pm

    amaa buneethee farah dhaahen vahaka nuliyanveenu…. aharaku ehfaharu eh part up vanee.. ehen kamakaa ulhen fennanee vaahak anuliye.

  39. Sam says:
    May 2, 2018 at 5:03 pm

    Kobaatha aneh part.haadhahaa lahy dho .

  40. Malaak says:
    May 3, 2018 at 8:56 am

    Koniraku dhen in part gennany??
    haadha lahey -_-

  41. beauty n the beast says:
    May 3, 2018 at 3:28 pm

    Peeeees avas kohla dheeba star ??????????

  42. Malaak says:
    May 3, 2018 at 10:48 pm

    Vaahaka kiuntherinves foohivaane ma bodah lasvanyya vaahaka kiyanves dhen fahun bunaane data husvey v vai dhen

  43. Kohki says:
    May 6, 2018 at 8:20 pm

    Where is next part

  44. Kohki says:
    May 6, 2018 at 8:25 pm

    Where is next part
    ?

  45. Amu ❤️ says:
    May 7, 2018 at 12:00 am

    Where is the next part? When up vaaany??

  46. Shaya says:
    May 7, 2018 at 2:46 pm

    Hurihaa kiyun therin waahaka kobaahey ahany kiyaahih waathy
    Thihaa lahun up kuranya konme meehaku wes foohi waane . Aadheys kuran viyya mi jeheny ehme ba eh up kuran viyas. Waahaka up nukohdhevenya then up waane thaareehu wes atleast buneladhinun adhen . Eyrun konme dhuvahaku aadheys kuraakah nujeheyne.

    1. ivaa says:
      May 24, 2018 at 11:33 pm

      Your right , star we all love the story and we don’t want another big break again ,pls upload the next part of the story

  47. Kohki says:
    May 12, 2018 at 10:39 am

    Kobaa next part

  48. Aki says:
    May 14, 2018 at 11:09 pm

    next part avahah up kohla dheebaa pls pls

  49. Rau says:
    May 19, 2018 at 10:02 pm

    Star…i like this story so very much….part eh up veytho knme dhuvahaku vx balan…when is the next part…. haadha dhuvaheh vejjey…

  50. muss says:
    May 20, 2018 at 8:14 am

    Next part avahah up kohal sheeba pls pls

  51. Asu says:
    June 11, 2018 at 9:30 pm

    Hey when next part coming :’c

  52. Aimy says:
    June 12, 2018 at 5:38 pm

    Starrrrrr next part up kohbaaaaaaa
    Heyo nuvaaane

  53. Zaanzaan says:
    June 20, 2018 at 8:06 pm

    Alhe dhankolhe avàha up kohladheeba next pàrt. Can’t wait to read

  54. Rosy says:
    June 24, 2018 at 8:34 am

    Star pls dhen avahah up kohdhyba. Pls pls pls. Vaahaka varah luv.

  55. liyaa says:
    June 27, 2018 at 10:39 am

    alhe ehnyaa vaahaka liyeninmaafa afaharaa up kohlabala miehen ards kuraakhae a rakhae nujeheyne dhw ????

  56. liyaa says:
    June 27, 2018 at 10:44 am

    alhe ehnyaa vaahaka liyeninmaafa afaharaa up kohlabala miehen ardeys kuraakhae a rakhae nujeheyne dhw ????

  57. Rosy says:
    July 27, 2018 at 7:49 pm

    Starrr pls vaahakaige next part upkohdhyba pls pls pls?????

  58. Aisha says:
    August 29, 2018 at 9:23 pm

    Alhe haadha inthixaareh thikuruvany star mivaahaka nimen dhn kiyaalan v beynun….

  59. ASU says:
    September 17, 2018 at 1:26 pm

    WHEN IS THE NEXT PART PLS AVAHA UPLOAD KOHBA ANEHBAI

  60. Aisha says:
    September 27, 2018 at 11:26 am

    Alhe mioh reethi vaahaka huttaalytha……plx nimendheka genesdhyba…..

  61. Kudaa says:
    October 17, 2018 at 12:47 am

    Varah dheravey mihaa reethi vaahakaeh medhu kandaaleema. Star ge reply akah inthuzaaruga !!!

  62. ަައާތު says:
    June 6, 2019 at 2:22 pm

    mi vaahaka dhen kuriah nugendhanytha

Comments are closed.

Next Episodeނޭނގިހިތޭ ތި އަތުލީ 34←


All Right Reserved!