“ޝަރަފް ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ. އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން ބަހައްޓައްޗޭ. އަހަރެންވެސް އަދި…..ދަރިފުޅުވެސް ވަރަށް ލޯބިވޭ ބައްޕަ ދެކެ.” އަފާފް ރޮވިފައިވި އަޑަކުން ބުނެލި ބަސްތަކުން ޝަރަފަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން އަޑު ނުއިވޭފަދަ ގޮތަކަށް ގިސްލެވެން ފެށިއެވެ. އޭނަ ގިސްލުމުގެ ތެރެއިން އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެ އެއްޗެކޭ ބުނަން އުޅުނު ތަނާހެން އަނެއްކާވެސް ޝިނާޒް އޭނަގެ އަތުގައި ހިފަހައްޓާލިއެވެ. މިފަހަރުވެސް ޝިނާޒާއި ދިމާލަށް ޝަރަފަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް ޝިނާޒް އޭނަގެ ބޮލުން އެއްފަރާތަކަށް ޢިޝާރާތް ކޮށްލުމުން ޝަރަފަށް އެދިމާލަށް ބަލާލެވުނެވެ. އެއާއެކު ފުރަތަމަ ސިކުންތުގައި އޭނަގެ ދެލޯ ބޮޑުވެ ދެވަނަ ސިކުންތުގައި އޭނަގެ ބުމަ ގޮށްޖެހުނެވެ. އެމީހުންނާއި ދާދި ގާތް ހިސާބަކުން އެތާހުރި ރެސްޓޯރެންޓާއި ދިމާލަށް ހިނގާފައި ދިޔައީ ރަމީޒް ނޫން ދެވަނަ މީހެއް ނޫނެވެ. ރަމީޒް ފެނިފައި ހިތުތެރޭގައި ނެގި ނުތަނަވަސްކަމުގެ ރާޅު ބާންޏެއްގެ ސަބަބުން ޝަރަފަށް އޭނަގެ ފޯނު ކަންފަތުން ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ.
“މިއީ ރަނގަޅު ކަމަކަށް ނުވާނެ ޝަރަފް.” ޝިނާޒް ނުހަނު ސީރިއަސްކަމާއެކީ އެހެން ބުނެލުމުން ޝަރަފްގެ ހިތުގައި އިތުރު ބިރުވެރިކަމެއް އުފެދުނެވެ. އެހެނަސް އޭނަ އެކަހަލަ ނުލަފާ މީހަކަށް ބިރުގަންނަން ނުޖެހޭ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީ ﷲ މަތިން ހަނދުމަ ކުރަމުންނެވެ. ﷲ އޭނައާއެކީ ވޮޑިގެންވާނަމަ އޭނައަށް ގެއްލުމެއް ދެވޭނީ ކާކަށްތޯ ހިތަށްއެރިއެވެ. އެ ޚިޔާލުން އޭނަ ހިތްހަމަޖައްސައިގެން ހުއްޓާ ޝިނާޒަށް ފޯނެއް އަންނަން ފެށިއެވެ. އޭނަ ފޯނު ނަގައި ބަލާލަމުން ‘ދޮންބައްޕަ’ އޭ ކިޔާލި އަޑަށް ޝަރަފަށް އޭނަގެ ހުރިހާ ސަމާލުކަމެއް ޝިނާޒަށް ދެވުނެވެ. ޝިނާޒް އެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހެލޯ ޑޭޑް!” ޝިނާޒް ހިސާބެއްގެ ނުތަނަވަސްކަމަކާއެކީ ކިޔާލިއެވެ.
“ހެލޯ ޝިނާޒް! ޑޭޑް ވެސް މިހިރީ މިހާރު މިރަށަށް އައިއްސައޭ. ޝިނާޒް ކޮންތާކުތަ އުޅެމުންދަނީ؟ ޝިނާޒްއާ ވީހާވެސް އަވަހަކަށް ބައްދަލުކޮށްލަން ބޭނުން.” ރަމީޒްގެ ހަމަޖެހިފައިވާ ރާގު އިވިފައި ޝިނާޒަށް ސިއްރުސިއްރުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ މަންޒަރު ފެނިފައި ޝަރަފަށް ވެސް ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
“ޔެސް ޑޭޑް. އަހަރެން އުޅެމުން މިދަނީ ޑައިމަންޑް ކިޔާ ދެބުރިއަށް ނަގާފަ ހުންނަ ގެއެއް ކުއްޔަށް ހިފައިގެން. ބަޔަކު މީހުން ކައިރިން އަހައިގެން ޑޭޑް އެ ގެ ހޯދާލަބަލަ. ވަރަށް މަޝްހޫރު ގެއެއް އެއީ.” ޝިނާޒް ވެސް އޭނަ އާދައިގެ މަތިން ވާހަކަ ދައްކާ ރާގުގައި ވާހަކަ ދެއްކިއެވެ.
“އެހެންތަ؟ ޑޭޑް ކޮންމެހެން ބޭނުމެއްނޫން ތިގެއަށް އަންނާކަށް. ކްލައިންޓަކާއެކީ މިކޮޅަށް އައިއްސަ މިހިރީ. ޝަރަފް ވެސް ތި ރިސޯޓުގަ އުޅޭ ވާހަކަ އިވިގެން އަސްލު މި ގުޅީ. މިރޭ ގެއަށް ގޮއްސަ އެކަމާ ބެހޭގޮތުން ޝިނާޒާއި ވާހަކައެއް ދައްކަންވެފަ އެބައޮތް. ދެން ބޭއްވީ.” ރަމީޒް އެހެން ބުނުމަށްފަހު ޝިނާޒަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. އެއާއެކު ޝިނާޒްގެ ހިތުތެރޭގައި ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. ކުއްލިއަކަށް ދޮންބައްޕައަށް ގުޅާފައި ޝަރަފް މިކޮޅުގައި ހުރިކަން ދޮގުކުރަން ބޭނުންވިއެވެ. އެހެނަސް ދާދި ދެންމެއަކު ދޮންބައްޕަ ފެނިގެން ދިޔަ ގޮތުން އެގޮތަށް ކަންތައް ކުރުން ލަސްވެއްޖެކަން ޝިނާޒަށް އެނގުންވިއެވެ. އަދި އޭނަ އެހެން ނޫނަސް އެއްވެސް މީހަކަށް އޮޅުވާލައި ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ. ޝިނާޒް ވިސްނުމެއްގެ ތެރޭގައި ވަނިކޮށް ޝަރަފް ދެންމެ ދެކެވުނު ވާހަކަތަކަކާމެދު ސުވާލުކުރުމުން ޝިނާޒް ހުރިހާ ވާހަކައެއް ކިޔައިދިނީ ޝަރަފް ވެސް އަދި ޚުދު އޭނަ އަމިއްލައަށް ވެސް ހާސްނުވާނެ ފަދައަކުންނެވެ. އެހެނަސް ކައިރި މުސްތަޤްބަލެއްގައި ވާންއުޅޭ ގޯހެއްގެ އިންޒާރު އޭރުއްސުރެ އޭނަގެ ސިކުނޑި ދޭން ފެށިއެވެ.
އެރޭ ގެއަށް ގޮސް ޝަރަފް ވަގުތުން އޭނަގެ ކޮޓަރިއަށް ވަނީ ރަމީޒް ކޮންމެ ވަގުތެއްގައި ވެސް އައިސްދާނެތީވެއެވެ. ރަމީޒް އައިސް އިތުރު ސުވާލުތަކެއް ނުކުރާނެ ކަމަށް ޝަރަފަށް އުއްމީދު ކުރެވުނެވެ. އޭނަ ފޯނުން ވާހަކަ ދެއްކިއިރު ހަމަޖެހިފައި ހުރިވަރުން އޭނަ އެރޭ އެގެއަށް އަންނާނެ ކަމާއި މެދުގައި ވެސް ޝިނާޒަށް ޝައްކުކުރެވުނެވެ. އެހެނަސް އެރޭ 12 ޖަހަން ގާތްވެފައިވަނިކޮށް އެގޭގެ ބެލް ޖަހާލި އަޑަށް ޝިނާޒް ގޮސް އެ ގޭގެ ދޮރު ހުޅުވާލަން ޖެހުނެވެ. އެއާއެކު ޝިނާޒް ސިހުންވާ ގޮތްވިއެވެ.
“ޑޭޑް!” ކުރިމަތިން ރަމީޒް ފެނިފައި އޭނައަށް ކިޔާލެވުނެވެ.
“ހެހެ….ހާދަ ޝޮކްވެފަ؟ ޑޭޑް ބުނީމެއްނު ޑޭޑް ހުރީ މިކޮޅުގައޭ؟” ރަމީޒް ގޭގެ ތެރެއަށް ވަދެ ވަށައި ނަޒަރު ހިންގަމުން ބުނެލިއެވެ.
“އަ….އާނދޯ؟ ހެހެ….ޑޭޑް ކޮން ވާހަކައެއްތަ ދައްކަން ބޭނުންވީ؟” ޝިނާޒް އަހާލިއެވެ. އޭނަ ދެންވެސް ވީ ނުތަނަވަސްވެފައެވެ. އޭނަ ބިރުގެންފައިވީ އޭނަ ދޮގެއް ހަދަން ޖެހިދާނެ ޙާލަތެއް ކުރިމަތިވެދާނެތީވެއެވެ. ދޮގެއް ނަހަދައި މި ޙާލަތުން ސަލާމަތް ކޮށްދެއްވުމަށް އެދި ޝިނާޒަށް ހިތާހިތުން ދުޢާ ކުރެވުނެވެ. އެނގިހުރެ އެއްވެސް ފާފައަކަށް ނޭރުމުގެ ޢަޒުމުގައި އޭނަ މަހެއްހާ ދުވަސް ހޭދަކޮށްފައިވުމުން އެކަން ބަދަލުވާކަށް އޭނަ ބޭނުމެއް ނުވިއެވެ. ޝިނާޒް ވިސްނުމެއްގެ ތެރޭގައި ހުއްޓާ ރަމީޒް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
“ޝަރަފް ވެސް މިގޭގަ ދޯ އުޅެމުން ދަނީ؟” ރަމީޒް ކުއްލިއަކަށް އަހާލުމުން ޝިނާޒްގެ އަތްފައި ފިނިވިއެވެ.
“އާނ.” ޝިނާޒަށް ބުނެލެވުނެވެ. ރަމީޒް ދެން ސުވާލެއް ނުކުރާނެނަމައޭ އޭނަގެ ހިތް އެ ހިނދު ބުނަން ފެށިއެވެ. ޝިނާޒަށް ސިއްރުން ކުރެވެމުން ދިޔަ ދުޢާތައް ވެސް އިޖާބަވީ ފަދައެވެ. އޭނަ އެހެން ބުނިތާ މާގިނައިރެއް ނުވެ ރަމީޒް ހީލިއެވެ.
“ހެހެހެ…..އޭނައަށް ހީވާ ކަހަލަ ދޯ ޝިނާޒް އޭނައަށް އެހީވަނީ އޭނަ ބޭނުންވާ ކަހަލަ ރިސޯޓެއް އަޅާށޭ؟ ހުނ! އޭނައަކަށް ނޭނގޭނެ ޝިނާޒް ތީ ކިހާ ގަދަ ގޮލައެއްކަން. ޑޭޑްއަށް ޔަޤީން ޝިނާޒް ޑޭޑް ދެރަވާ ކަހަލަ ގޮތަކަށް ކަމެއް ނުކުރާނެކަން.” ރަމީޒް އަމިއްލަ އަމިއްލައަށް ކަންވީ ގޮތް ނިންމަމުން ހެވިފައި ހުރެ ޝިނާޒްގެ އެއްކޮނޑުގައި އަތް އެޅިއެވެ. ޝިނާޒް އަޖާއިބުވެފައި ރަމީޒަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ރަމީޒް އެހާ ގިނަ ސުވާލެއްވެސް ކުރުމެއްނެތި ނިންމުމެއް ނިންމާލީތޯ ޝިނާޒަށް އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އިސާހިތަކު ޝިނާޒް ވަގުތުން ވާހަކަ ދައްކަން ބޭނުންވިއެވެ. އޭނަ ރަމީޒް ކަހަލަ މީހަކަށް ދުވަހަކުވެސް އެހީނުވާނެ ކަމަށްބުނެ އޭނަގެ އީމާންތެރިކަން ހަޅޭއްލެވިއެވެ. އެހެނަސް އެ ބަސްތައް އޭނަގެ ދުލުން ބޭރުވާން އުޅުނު ތަނާހެން ރަމީޒްގެ ފޯނު ރިންގުވާން ފެށިއެވެ. ރަމީޒް ވަގުތުން އޭނަގެ ފަޓުލޫނުގެ ޖީބުން ފޯނު ނަގައި އެ ފޯނަށް ޖަވާބުދާރީވަމުން އެތަނުން ދާން ހިނގައިގަތެވެ. އޭނަ ލޯ މަތިން ގެއްލުމުން ޝިނާޒަށް ދެންވެސް ހުރެވުނީ ޝައްކެއްގެ މަތީގައެވެ. ރަމީޒް އެހާ ފަސޭހައިން “މޮޔަ” ހެއްދޭނެހެން އޭނައަށް ހީނުވީތީވެއެވެ.
ޝިނާޒަށް ހީވެފައި އޮތީ ރަނގަޅަށެވެ. ރަމީޒަކީ އެހާ ފަސޭހައިން ހެއްލޭ މީހެއްނޫނެވެ. އޭގެ ބަދަލުގައި އޭނައަކީ ފެންނަ ކިތަންމެ ކުޑަ ނިޝާނަކުން ވެސް ހުރިހާ ޙަޤީޤަތެއް ދެނެގަންނަ ފަދަ ޚުށިޔާރު މީހެކެވެ. އެހާ ދުރުން ޝަރަފް ފޯނެއްގައި ހުރެ ރޯން ހުރިތަން ފެނުމުން އޭނަ ވާހަކަ ދެއްކީ ކާކާއި ކަން ޔަޤީންކަމާއެކީ ދެނެގަންނަން އޭނައަށް އެނގުނީ އެހެންވެއެވެ. ޝިނާޒް ޝަރަފްގެ ކައިރީގައި ހުރުމުން ޝިނާޒް ވެސް ބަދަލުވެއްޖެކަން އޭނައަށް ނަގައިގަނެވުނީ އެހެންވެއެވެ. އެއާއެކު އެރޭ ޝިނާޒްމެން އުޅެމުން ދާ ގެއަށް ދިޔުމުން ޝިނާޒްގެ މޫނުމަތިން ފެނުނު ކުލަވަރުތައް ފެނިފައި އޭނައަށް ހީވެފައިވި ހުރިހާ ހީވުންތައް ޔަޤީނަކަށް ބަދަލުވާން ހިނދުކޮޅެއް ނެގީވެސް އެހެންވެއެވެ. މި ހުރިހާ ކަމެއް އެނގިގެން ދިޔަ ތަނާހެން ރަމީޒަށް އެވަގުތު ގުޅާލީ އޭނައަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ ވިޔާމެވެ.
“ހެލޯ ރަމީޒްބެ. ކޮން ދުވަހަކުތަ އަފާފާއި އިނުމުގެ ޑްރާމާ ޖައްސަންވީ؟ ދެންމެއަކު ހުސެއިން މެސެޖެއް ކުރީމަ ބޭބެ ގެއަށް އައުމުގެ ކުރިން ވެސް ގުޅަން މިޖެހުނީ. އެބަ މެސެޖު ކުރޭ ކޮން ދުވަހަކުހޭ އަންނަނީ ކިޔާފަ. ގުޅަން ވެސް އެބަގުޅާ. އޭތި ދެން މުހިއްމުތަ؟ މިހާރު ޝަރަފް އޭނަގެ މަސައްކަތް ހުއްޓައިފިއެއްނު؟” ވިޔާމް އެހިއެވެ.
“އޭނަ ނުހުއްޓާ. ވިޔާމް އަފާފާއި އިނުން ވަރަށް މުހިއްމު. އެ ޝަރަފް އަދިވެސް އޭނައާއި ވާހަކަ އެބަ ދައްކާ. ވިޔާމް ބުނިގޮތަށް މިހާރު ޝިނާޒް ވެސް ހުރީ ޝަރަފްގެ ކޮޅުގަ. އަހަރުމެން އެބަޖެހޭ ވީހާވެސް އަވަހަކަށް އެ އެންމެން އެކީގަ ބަނޑަށް ޖައްސަން. އެކަން ކުރެވޭނެ އެންމެ ފަސޭހަ އެއްގޮތަކަށް އޮތީ ވިޔާމް އަފާފާއި އިނުން. އަފާފާއި އިނދެގެން އޭނަގެ ޙަޔާތް ނަރަކައަކަށް ހަދާލާ. އޭރުން ޝަރަފަށް ވެސް އެނގޭނެ އޭނަ ކާކާ ދެކޮޅަށްކަން މަސައްކަތް އެ ކުރަނީ.” ރަމީޒް އެވާހަކަ ބުނެލީ، ރަޙުމުން މަޙްރޫމްވެފައިވި ހިތެއްގެ ސަބަބުންނެވެ.
އޭގެ އަނެއްދުވަހު އަފާފަށް ހޭލެވުނު ތަނާހެން އޭނައަށް އިވުނު ޚަބަރަކީ އޭނައާއި ބައްދަލުކުރަން ކޮންމެވެސް ފިރިހެން ކުއްޖަކު އަންނަ ވާހަކައެވެ. ހެނދުނު ސައިބުއި ގަޑީގައި އޭނަގެ އެދުމާއި ދެކޮޅަށް ވެސް އެ ވާހަކަ ތަކުރާރުކޮށް ދެކެވެމުން ދިޔައީތީ އަފާފަށް ރަނގަޅަށް ސައި ބޮވޭ ގޮތެއްވެސް ނުވިއެވެ. އެ ވާހަކަތަކުގެ ކުރީ ކޮޅު އަފާފް އެކަމަށް އިންކާރުކޮށް ވާހަކަ ދެއްކިއެއްކަމަކު އޭނަގެ މަންމައާއި ބައްޕަ ތިބީ ގޮތް ދޫކުރާ ގޮތެއްގައެއް ނޫންކަން ޔަޤީންވުމުން އަފާފް ހިމޭންކަން ޚިޔާރު ކުރިއެވެ. އޭނަ އިތުރަށް ޒުވާބު ކުރަން ބޭނުން ނުވުމުންނެވެ. އެހެނަސް އޭނަ އެމީހުންނަށް މޫނު އަނބުރާލާފައި އެތަނުން ނުދެއެވެ. އޭނަ ދެންވެސް އެތާނގައި އިނދެ ކާއެއްޗެހި ވަރަށް މީރު ވާހަކަ ދައްކައި މަޢުޟޫއު ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. ރޭ ޝަރަފް އޭނަގެ ފޯނު ނެގިކަމަށްޓަކައި ވެސް އޭނައަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވި ފަދައެވެ. ޝަރަފް އޭނަގެ ފޯނު ނަގާނީ އަދިވެސް އޭނައާއިމެދު އަޅާލާތީވެ ކަމަށް އޭނައަށް ނިންމުނެވެ. އެހެނަސް އޭނަގާތު އެއްވެސް އެއްޗެކޭ ނުބުނެ ޝަރަފް ފޯނު ކަނޑާލުމުން އޭނަ މާޔޫސްވިއެވެ. ފޯނު އޮޅިގެން ކެނޑުނީކަމަށް ނިންމައި އޭނައަށް އެތައް އިރެއް ވަންދެން ޝަރަފް ގުޅާނެ އިރަކަށް އިންތިޒާރު ކުރެވުނެވެ. ޝަރަފް ފަހުން އަވަދިނެތިވީއޭ ހިތައި އޭނައަށް އަދިވެސް ހުރެވުނީ ޝަރަފްގެ ފޯނެއްގެ އިންތިޒާރުގައެވެ. ކާމޭޒު ދޮށުގައި އިނދެ އޭނައަށް ދޭތެރެދޭތެރެއިން ފޯނަށް ބެލެމުން ދިޔައީ ޝަރަފްގެ މެސެޖެއް ލިބިދާނެއޭ ހިތާއެވެ. އެހެނަސް އަފާފް އޮފީހަށް ދާން ނިކުންނަން ޖެހުނީ ޝަރަފްގެ އެއްވެސް ޚަބަރެއް ނުލިބިއެވެ.
އެދުވަހު އޮފީހަށް ގޮސް ޝަބާއާއި ދިމާވުމާއެކުހެން ރޭ ކަންތައްވީ ގޮތުގެ ވާހަކަ އަފާފަށް އޭނައަށް ކިޔައިދެވުނެވެ. ފައިހާ އައިސް އޭނައަށް ކިޔައިދިން ވާހަކަތަކުން ފެށިގެން އޭނަ ޝަރަފަށް ގުޅި ހިސާބަށެވެ. ޝަބާ ޤަބޫލުކުރަން ވެސް ދަތިވެފައި އެ ވާހަކަތައް އަޑުއަހަން އިނދެވުނެވެ.
“ސުބްޙާނަ ﷲ! ހަމަ އަސްލުވެސް ޝަރަފްގެ އެއްވެސް ކުށެއްނެތް ދޯ؟ މާތް ﷲ އަޅަމެންގެ ފާފަތައް ފުއްސަވާށި. އަހަރެންގެ ހިތަށްއެރިއޭ ފުރަތަމަ ދުވަހުވެސް. ހާދަ ރުއޭ އޭނަ އަފާފާއި ވަރިވީ ދުވަހު. ދުވަހަކުވެސް ނުދެކެން އޭނަ އެހާ ދެރަވެފަ ހުއްޓާ. އެކަމަކު ވެސް އަހަރެން ހުރީ ހަމަ ދުރު ބަލަހައްޓައިގެން ނޫންކަމަށް ހަދައިގެން…….ޔަޤީންތަ ޝަރަފަށްކަން ރޭ އަފޫއަށް ގުޅުނީ؟” ޝަބާއަށް އަހާލެވުނެވެ.
“އާނ….ނުބައި ނަންބަރެއްވިއްޔާ އެމީހަކު ބުނާނެތާ ކޮން ޝަރަފެއްހޭ. އޭނަ ހުރީ އެއްވެސް އެއްޗެކޭ ނުބުނެ. އަހަންނަށް ހީވަނީ ރޭވެސް އޭނަ ހުރީ ވަރަށް ބޮޑަށް ދެރަވެފަހެން.” އަފާފް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ މާޔޫސީ ގޮތަކަށް ބުންޏެވެ.
“ދެން އަފޫ ގުޅިންތަ އޭނައަށް ފަހުން؟” ޝަބާ އެހިއެވެ.
“އަދި ނުގުޅަން. އޭނަ ގުޅާނެ އިރަކަށް މި އިންތިޒާރު ކުރަނީ.” އަފާފް ބުނެލިއެވެ.
“މަ ވެއްޖެ ތިދެމީހުންނަށް ގުޅަން. އަދި އޮސްޓްރޭލިޔާއަށޭ ކިޔާފަ މަށަށް އޮޅުވާލާފަ ގޮއްސިއެއްނު އެ ޝިނާޒްވެސް؟! ކުޅިއެއް ދައްކާލާނަން މިއަދު!!” ޝަބާ ނުރުހުމުގެ ރާގަކަށް އެހެން ބުނެލީ ލޯތްބެއް އެކުލެވޭ ފަދަގޮތަކަށެވެ. ޝަބާ ވާހަކަ ދެއްކި ގޮތުން އަފާފަށް ހީލެވުނެވެ. ޝަބާ ދިޔަތަން ބަލަން އޭނައަށް އިނދެވުނީ ވެސް ހެވިފައި އިނދެއެވެ. ޝަރަފް ހަނދާން ކުރެވުނު އެ ވަގުތުކޮޅުގައި އޭނަ މިރޭ ކުރިމަތިލާންޖެހޭ ކަންތައްތަކާމެދު ހިނދުކޮޅަކަށް ނަމަވެސް އަފާފް ހަނދާން ނެތުނެވެ.
ޝަރަފް އެ ހެނދުނުގެ ވަގުތުގައި ގޭގައި އިނދެގެން އޭނަގެ ލެޕްޓޮޕުން ހިސާބުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުން ދޮންތަގެ ނަން ފެނިފައި ޝަރަފްގެ ހިތަށް ސިހުމެއް ލިބުނެވެ. އެތައް ދުވަހެއް ފަހުން ދޮންތަ އޭނައަށް ގުޅަނީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. އެ ސުވާލުގެ ޖަވާބު ޝަރަފަށް ލިބެން މާ ގިނަ ވަގުތެއް ނުނެގިއެވެ. ރޭ އޭނައަށް އަފާފްގެ ފޯނަށް ޖަވާބު ދެވުނުކަން ހަނދާންވުމުން އޭނައަށް ހުރިހާ ކަމެއް ނަގައިގަނެވުނެވެ. އަފާފް އޭނަގެ ވާހަކަ ދޮންތައަށް ކިޔައިދޭނީ އުފަލުން ހުރެކަން އެނގުންވީ ހިނދު އެތައް ޒަމާނެއް ފަހުން ޝަރަފްގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އެއަށްފަހު އޭނަ ދޮންތަގެ ކޯލް ނަގައި ފޯނު ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.
“ހޫމް….ވަޢަލައިކުމުއްސަލާމް. ދޮގު ހަދާފަ ގޮއްސަ ސަލާމް ގޮވާތި!” ޝަބާ ގުނަން ފެށިއެވެ.
“ކިހިނެއްތަވީ ދޮންތާ؟ ކޮން ދޮގެއް؟” ދޮންތަ ވާހަކަ ދެއްކި ރާގަކީ އެންމެ ކުޑައިރުވެސް އޭނައާއި މުޚާތަބު ކުރާ ރާގަށް ވުމުން ޝަރަފް މީގެ ދުވަސްކޮޅެއް ކުރިން އޭނަގެ ބޮލުގައި ދޮންތަ އެޅުވި އިލްޒާމްތަކުގެ މަތިން ހަނދާން ނެތުނެވެ. ދޮންތަ އެ ދައްކަނީ އެ ދޮގުގެ ވާހަކަތޯ ހިތަށްއެރީ ހިނދުކޮޅެއް ފަހުންނެވެ.
“އޮސްޓްރޭލިޔާއަށޭ ކިޔާފަ ކޮން ރަށަކަށް ގޮއްސަ ތިހިރީ؟!” ޝަބާ އެހިއެވެ. އެ ވާހަކަ އިވިފައި ސިކުންތުކޮޅަކަށް އިނދެފައި ޝަރަފަށް ހީލެވުނެވެ.
“ހެހެ….އޮސްޓްރޭލިޔާއަށޭ އޭރު ދިޔައީ ދޮންތާ. މިހާރު މިހިރީ ރާއްޖެއަށް އަނބުރާ އައިއްސަ.” ޝަރަފް ކިޔައިދިނެވެ.
“ދެން ކީއްވެ އަހަރުމެން ލޮލުން ތި މީހުން ނުފެންނަނީ؟” ޝަބާ އަހާލިއެވެ.
“މިހާރު…..މިހިރީ ކޮންމެވެސް ރަށެއްގަ.” ޝަރަފް ޙަޤީޤަތުގެ ބޮޑުބައި ފޮރުވީ ޝިނާޒް މިއަދު ހެނދުނު އޭނައަށް ކިޔައިދިން ވާހަކަތައް ހަނދާންވެފައެވެ. ރަމީޒަށް އެމީހުންގެ ރޭވުން ފަޅާއަރައިފިކަމީ ވެފައި އޮތުން ކިތަންމެ ގާތްކަމަކަށް ވިޔަސް ޝަރަފް ދެންވެސް ސަލާމަތީ ފިޔަވަޅު އަޅަން ބޭނުންވިއެވެ. ރަމީޒް މަތިން ހަނދާންވެފައި ޝަރަފަށް ސީރިއަސް ވެލެވުނީ ކުއްލިއަކަށެވެ.
“ކޮން ރަށެއްގަ؟” ޝަބާ އަހާލިއެވެ.
“ދޮންތާ ދެން މިހާރު ބާއްވަންވެއްޖެ އިނގޭ.” ޝަރަފް އެހެން ބުނެ ފޯނު ކަނޑާލަން އުޅުނެވެ. އެހެނަސް ޝަބާ އޭނަ ހުއްޓުވިއެވެ.
“މަޑުކޮށްބަލަ ޝަރަފް. ދޮންތަ ވާހަކައެއް ބުނަންވެފަ އެބައޮތޭ……..ސޮރީ.” ޝަބާއަށް ބުނެލެވުނީ އެންމެ ބަހެކެވެ. އެހެނަސް އެ އެންމެ ބަހުން ޝަރަފްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އެ އެންމެ ބަހުން އޭނަގެ ދޮންތަގެ ފަރާތުން އޭނަގެ ހިތަށް ލިބުނު ހުރިހާ ޒަޚަމެއްގައި މަލަން އެޅުނު ފަދައެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ ދޮންތަ އިތުރަށް ވާހަކަ ދެއްކިއެވެ.
“އަފޫ ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދީފި. ދެން އަނބުރާ އާދޭ ޝަރަފް. ދޮންތަ ދެން ދުވަހަކުވެސް ޝަރަފް އަފާފާއި ދުރުކުރަން މަސައްކަތް ނުކުރާނަން. އަފޫ ވަރަށް ހަނދާންވޭ ޝަރަފް މަތިން. އޭނަ މި ހުރިހާ ދުވަހު އުޅުނީ ވެސް ވަރަށް ބޮޑަށް ބަލިކޮށް. އޭނަ އޮފީހަށް އަންނަން ފަށައިފި އެކަމަކު މިތަނަށް އައިއްސަ ވެސް އޭނައަށް ގިނަދުވަހު ރަނގަޅަށް ނުވެސް ކެވޭ. މިއަދު އޭނަ ކިރިޔާވެސް ހަމަޖެހިފަ އެހެރީ. އެއީ ހަމަ ޝަރަފްއާ ގުޅުނީމައޭ ދޮންތަ ބުނާނީ. އޭނަ ވަރަށް ބޭނުންވޭ ޝަރަފްއަށް މި ޙާލަތުގަ.” ދޮންތަގެ ވާހަކަތައް އިވެމުން ދިޔަދިޔަހެން ޝަރަފްގެ މޭގައި ރިހުމެއް އުފެދި އޭނަގެ ދެލޯ ރަތްވާން ފެށިއެވެ. އަފާފް އޭނައަށް ބޭނުންވާ މިންވަރު ތިމަންނައަށް އެނގެއޭ ބުނެ އޭނަ ރޮއިގަންނަން ބޭނުންވިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅަމުން ބުނެލީ އެހެން ބަސްތަކެވެ.
“ދޮންތަ އަފޫ ރަނގަޅަށް ބަލައްޗޭ.” ޝަރަފަށް އެހެން ބުނެވުނީ ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އެއަށްފަހު އެކޮޅުން ޝަބާއަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ އޭނަ ފޯނު ކަނޑާލިއެވެ. އޭގެ މާގިނައިރެއްނުވެ ޝިނާޒް ޝަރަފްގެ ކައިރިއަށް އައެވެ. ޝަރަފްގެ ކޮނޑުގައި އަތް އަޅާލަމުން ގުޅީ ކާކުތޯ ޝިނާޒް އަހާލީ އޭނަ ގެނައި ޚަބަރު ދިނުމުގެ ކުރިން ޝަރަފް އޭރު ހުރި ޙާލަތު ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. ޝަރަފް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އާދައިގެ މަތިން ޝިނާޒް ޝަރަފަށް ހިތްވަރު ލައިދިނެވެ. އެއަށްފަހު އޭނަ ގެނައި ވާހަކަ ޙިއްސާ ކުރުމަށްޓަކައި ދުރުދުރުން ފެށީ އެ ވާހަކައަކީ ޝަރަފް ވަރަށް ހިތްދަތިވާނެ ޚަބަރެއްހެން އޭނައަށް ހީވީތީވެއެވެ.
“ޝަރަފް ސުވާލެއް ކޮށްލަންތަ؟” ޝިނާޒް އެހިއެވެ. ޝަރަފް އޭނައަށް ބަލާލަމުން ބޯޖަހާލިއެވެ.
“އަފާފަކީ ވަރަށް އެހެން މީހުންގެ ބަހަށް ހެއްލޭ ކުއްޖެއްތަ؟” ޝިނާޒް ކޮށްލި ސުވާލުން ޝަރަފަށް ޙައިރާންކަމެއް ލިބުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.
“އަފާފް؟ ހެއްލޭ ކުއްޖެއް؟ އޭނަ ހައްދަން އުޅޭ މީހެއްގެ ބޯ ކާލަފާނެ އޭނަ ހެއްލުމުގެ ކުރިން. ހެހެ…” ޝަރަފްގެ ވާހަކައަށް ސަމާސާ ރާގެއް އެޅުވުނީ އަފާފްގެ އެމިޒާޖު އެނގޭ މާޒީގެ ހަނދާނެއް އިއްޔެ ވީ ކަމެއްހެން ސިކުނޑިއަށް ވެރިވުމުންނެވެ.
“އެހެންތަ؟ އަސްލު އެހެން އެހީ ޝަރަފްއާ ބެހޭގޮތުން ވެސް ވާހަކައެއް އިވުނީމަ އޭނަ އެ ވާހަކަ ޤަބޫލުކުރީތީ. އެނީވޭސް، އަސްލު މި ވާހަކަ މި އެހީ ވަރަށް އެހެން ކަހަލަ ޚަބަރެއް އިވިގެން. މިރޭ ވިޔާމް ދާނެ އަފާފްގެ ގެއަށް. އޭނައާއި ކައިވެނިކުރަން އެދެން. އޭނަ ދާނީ ތައުބާވެފައިވާ މީހެއްގެ ގޮތުގަ. ދޮންބައްޕަ އަދިވެސް ހީކުރަނީ އަހަރެން ހުރީ އެމީހުންގެ ކޮޅުގަ ކަމަށް. އެހެންވެ އަހަންނަށް މި ހުރިހާ ޚަބަރުތައް ދެނީ. ދެން ނޭނގެދޯ އަފާފް ހަދާނެ ގޮތެއްދޯ…..ދޮންބައްޕަ ބުނި ޝަރަފް މި ރިސޯޓާއި ދުރަށް ދިޔައިއްޔާ ތިމަންނަ ވިޔާމް ލައްވާ އެކަން ނުކުރުވާނަމޭ. ވިޔާމް އަފާފާއި އިނދެފިއްޔާ އަފާފަށް އަނިޔާތަ….” ޝިނާޒްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ރުޅިން ރަތްވެގެން ދިޔަ ޝަރަފަށް ކޮޅަށް ތެދުވެވުނެވެ.
“އިނގިލި ކުރިވެސް ނުޖެއްސޭނެ އޭނައަށް އަފާފްގެ ގައިގަ! އެމީހުން ހީވަނީތަ އެފަދަ ކަމެއް އެހާ ފަސޭހައިން އެމީހުންނަށް ޙަޤީޤަތަކަށް ހަދާލެވޭނެހެން؟ އެމީހުންނަށް ހީވަނީތަ ތިކަހަލަ ބިރެއް ދައްކައިގެން އަހަރެން ފަހަތަށް ޖެހޭނެހެން؟ އެމީހުންނަށް ހީވަނީތަ އެހާ ފަސޭހައިން އަފާފް އެމީހުންގެ އަތްދަށަށް އަންނާނެހެން؟ އަފާފް އެމީހުންގެ ބަހަށް ހެއްލުނީ އަފާފް އަނދިރިވެފައިވީ ދުވަސްވަރު! އެހެންނޫންނަމަ އަފާފް އޭރުވެސް އެމީހުންނަކަށް ނުހެއްލުނީސް. ﷲ ގެ ޙަޟްރަތުން ވާގިއަށް އެދޭ މީހުންގެ ހިތަށް ލިބޭ ސާބިތުކަމަކީ އެމީހުންނަށް ދޭހަކުރެވޭ އެއްޗެއްނޫން…” ޝަރަފް ވާހަކަ ފެށީ ގަދަ ރުޅިއަކާއެކީ ކަމަށްވިޔަސް ވާހަކަ ނިންމާލީ މަޑުމައިތިރި އަޑަކުންނެވެ. ޝަރަފް އެންމެ ފަހަކަށް ބުނި ބަސްތަކާއި އެއްބަސްވުމުގެ ގޮތުން ޝިނާޒް އޭނައަށް ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ.
**
އެރޭގެ ވަގުތެއްގައި އަފާފް ހުރީ އެރޭ އޭނައާއި ބައްދަލު ކުރުމަށްޓަކައި އަންނަން އުޅޭ މެހުމާނަށްޓަކައި ގަދަކަމުން ރީތިވާށެވެ. ބުރުގާ އަޅުވާ އެތިން އާދައިގެ ކަޅުކުލައިގެ ބުރުގާއެއް ނަގައި ބޮލަށް މަހާލި ގޮތުން އޭނަ ހުރީ ރީތިވާ ހިތުންނެއް ނޫންކަން އެނގެއެވެ. އޭނަގެ ޙަރަކާތްތައް އަވަސްވެފައިވި ގޮތުންނާއި އޭނަގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން އޭނަ ވަނީ ކޮންމެވެސް ވިސްނުމެއްގެ ތެރޭގައިކަން އެނގެއެވެ. އެއީ ހަމައެކަނި އެރޭ އޭނަ މި ދާންއުޅޭ ބައްދަލުވުމުގެ ސަބަބުންނެއްނޫނެވެ. އަދި މިހާތަނަށް އައިއިރު އޭނަ މިރޭ ބައްދަލު ކުރަން އުޅެނީ ކާކާކަން އެނގިފައިވުމުން އެކަންޏެއްވެސް ނޫނެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ މިއަދު އޭނަ އޮފީހުގައި ހުއްޓާ ކަންތައްވީ ގޮތުގެ ހަނދާންތަކެވެ.
**7 ގަޑިއިރު ކުރިން**
އަފާފް އާދައިގެ މަތިން އޭނަގެ ކެބިންގައި އިނީ އޭނަގެ މަސައްކަތަށް ގެއްލިފައެވެ. އެވަގުތު ޝަބާވެސް ބްރޭކް ގަޑިއަށް ގެއަށް ގޮސްފައިވުމުން އެގަޑީގައި އަފާފް ކެބިންގައި އިނީ އެކަންޏެވެ. އޭނަ އިންގޮތަށް އިންދާ ކެބިންގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް އަފާފް ކުޑަކޮށް ސިހުންވާ ގޮތްވިއެވެ. އާއްމު ގޮތެއްގައި އޭނަގެ އަންހެން މުވައްޒަފުން އޭނަގެ ދޮރުގައި ޖަހާ ޓަކީގެ އަޑަށްވުރެ ބަރު އަޑަކަށްވުމުން އޭނަ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ.
“ކާކު؟” އަފާފަށް ބޭރަށް އިވޭނެވަރަށް އަހާލެވުނެވެ. އެއާއެކު އެ ދޮރު ހުޅުވިގެން ދިޔައެވެ.
“ހާއި ބޭބް.” ހުޅުވިގެން ދިޔަ ދޮރުން ވަދެގެން އައީ ވިޔާމް ނޫން ދެވަނަ މީހެއްނޫނެވެ. ފުރަތަމަ ފަހަރަށް އޭނަގެ ކެބިންއަށް ހިލޭ ފިރިހެނަކު ވަދެގެން އައި މަންޒަރު ފެނިފައި ލިބުނު ސިހުމާއެކީ އަފާފަށް ގޮނޑިން ތެދުވެވުނެވެ. އަދި އެއީ ވެސް ކޮން ކަހަލަ ފިރިހެނެއްކަން އެނގުންވީ ހިނދު ބިރުވެރިކަމާއެކީ އޭނަގެ ހިތުގެ ތެޅުން އަވަސްވެ އޭނަގެ ދެލޯ ބޮޑުވިއެވެ.
“އޯ އެމް ޖީ! އަހަރެން ހޭންޑްސަމް ކަމުން ހަމަ ނުވެސް ހުރެވޭދޯ ލޯބިއަށް؟” ވިޔާމް ކެބިންގެ ދޮރު ލައްޕާލަމުން ކެބިންއަށް ވަދެގެން އަންނަން ފެށިއެވެ. އެއާއެކު ވީ ފޫއްސާއެކީ އަފާފް ވަގުތުން އޭނަގެ ފޯނުގެ މޭޒުމަތީގައި އޮތް ކޯޑްލެސް ފޯނު ނަގައި ސެކިއުރިޓީއަށް ގުޅަން އުޅުނެވެ. އެ ހިނދު ވިޔާމް ދިގު ފިޔަވަޅުތަކެއްގައި ގޮސް ފާރުގައި ހަރުކޮށްފައި ހުރި އެ ފޯނުގެ އަނެއްބައިގެ ކަރަންޓާއި ގުޅާފައިވި ވައިރު ނައްޓާލިއެވެ. އެއާއެކު އަފާފްގެ އަތުގައި އޮތް ފޯނު ނިވުނެވެ. އަފާފް ވިޔާމަށް ބަލާލަމުން އެތާ ދުރުގައި ޗާޖަށް ގުޅާފައި އޮތް އޭނަގެ ފޯނަށް ބަލާލިއެވެ. އޭނަ އޭތި ނަގަން އުޅެފިނަމަ ވިޔާމް އެ ފުރުޞަތުގެ ބޭނުން ހިފާނެ ގޮތެއް ޚިޔާލަށް ގެނެވުމުން އޭނަ ހުރިތާ ހުންނަން ނިންމިއެވެ. އަދި ވިޔާމް ބޭނުންވާ ކަމެއް ދެނެގަންނަން ބޭނުންވިއެވެ.
“މި އޮފީހުގެ ޤަވާއިދު ބުނާ ގޮތުން ފިރިހެނުން ވަންނަން ޖެހޭނީ މި އޮފީހުގެ އަނެއްފަޅިން.” ނޫންކަމަށް ހަދާފައި އަފާފް ކަންއޮތް ގޮތް ކިޔައިދިނީ ވީހާވެސް ރަސްމީ ވުމަށެވެ.
“އޯންވް…….ނޭނގުނީއޭ. ސޮރީ! އެކަމަކު އަފޫއާ ބައްދަލު ނުވާނެއެއްނު އެފަޅިން؟ އެގޮތަށް ވިސްނާފަ އަސްލު މި ފަޅިން މި ވަނީ. އެހެންނޫނަސް މެރީކުރަން އުޅޭ ދެމީހުން މިގޮތަށް ވެސް ބައްދަލުކުރަން ވާނެއެއްނުދޯ؟” ވިޔާމް ހެވިފައިހުރެ ކޮށްލި ސުވާލުން އަފާފްގެ އަތް ފައި ގަނޑުވެގެން ދިޔައެވެ. އޭނަގެ ހަނދާނަށް އައީ މިއަދު ހެނދުނު މަންމައާއި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކެވެ. އޭނަގެ ކައިވެނީގެ ވާހަކަތަކެވެ. އެއީ ވަރަށް ރަނގަޅު ކުއްޖެކޭ ބުނެ ދެއްކި ވާހަކަތަކެވެ. މަންމަމެންގެ ނަޒަރުގައި ވިޔާމް އަނެއްކާވެސް ރަނގަޅުވީ ކޮން ދުވަހަކުތޯ އަފާފްގެ ހިތަށްއެރިއެވެ. އޭނަ ވިޔާމްގެ ޙަޤީޤަތް ކިޔައިދީފައި ވަނިކޮށެވެ. ވިޔާމް ކަހަލަ މީހަކާ އޭނަ ދެވަން އެމީހުން ޚިޔާލު ކުރީ ވެސް ކިހިނެއް ހެއްޔެވެ؟
“ސަޕްރައިޒް!!! އަސްލު އަފޫގެ މޯމްއާ ޑޭޑް މިރޭ އަފޫއަށް މި ސައިޕްރައިޒް ދޭން އުޅުނީ. އެކަމަކު އަހަރެން ކެތްނުވެގެން ހަމަ މިއައީ.” ވިޔާމް އެހެން ބުނެ ކުރިއަށް ފިޔަވަޅެއް އަޅާލުމުން ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ އަފާފަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަފާފްގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ވިޔާމް އިތުރަށް ކުރިއަކަށް އަންނާކަށް ނޫޅެ ދުރުގައި ހުރީއެވެ.
“ކިހިނެއް މަންމައާއި ބައްޕަ މި ކައިވެންޏަށް އެއްބަސްވީ؟” ވިޔާމް ކައިރިވާން ނޫޅުމުން ލިބުނު ހިސާބެއްގެ ހަމަޖެހުމާއެކީ އަފާފް ދެނެގަންނަން މަސައްކަތް ކުރިއެވެ.
“އެއީ ފަސޭހަކަމެއްނު؟ ﷲ އަށް ތައުބާވުމުގެ އެކްޓެއް ޖައްސާއިރަށް ކާކު އެއްބަސްނުވާނީ؟” ވިޔާމް ތައުބާވުމަށް މަލާމާތް ކުރާ ރާގަކަށް ބުނެލިއެވެ. އެ ވާހަކައިން އަފާފްގެ ހިތަށް ވެރިވި ރުޅިވެރިކަމާއެކީ އޭނަގެ ހިތް ހިތާމަވެސް ކުރިއެވެ. އޭނަގެ ޢުމުރުގެ ބޮޑު ބައި މިދަނީ އެފަދަ ޚިޔާލުތައް ހުރި މީހުންގެ އެ ޚިޔާލުތައް ބަދަލުކުރުމުގެ މަސައްކަތުގައެވެ. އެ އެންމެންގެ ޚިޔާލުތައް އޭނަ ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެކަން އެނގުނަސް ޚުދު އޭނަގެ ލޯ ކުރިމަތިން އެފަދަ މީހެއް ފެނިގެން ދިޔުމުން އޭނަގެ ހިތަށް އުނދަގޫވާ ގޮތްވިއެވެ. އޭނައަށް ދެން ބުނެވުނު ބަސްތައް ބުނެވުނީ ހިތަށް ދަތިވީ މިންވަރުންނެވެ.
“ވިޔާމް….ކުޑަކޮށް ވެސް ބިރެއް ނުގަނޭތަ ﷲ އަށް؟ ތި ބަސްތައް ތިގޮތަށް ތި ބުނެވެނީ ވެސް ﷲ ދެއްވި ދުލުންނޭ. އެކަލާނގެ އިރާދަކުރައްވައިފިނަމަ މިވަގުތު ވެސް އެކަލާނގެއަށް އެ ދޫ މަސައްކަތް ނުކުރެވޭ ގޮތްވީސް. އެކަމަކު އެކަލާނގެ ރަޙްމަތުން ވިޔާމަށް އަދިވެސް ވާހަކަ ދެއްކޭ. ކިތަންމެ ފާފައެއް ކުރެވުނަސް ވިޔާމްގެ ހިތް އަދިވެސް ތެޅެމުން އެބަދޭ. ވިޔާމަށް އަދިވެސް ނޭވާ އެބަލެވޭ. އެއިން ކޮންމެ ނޭވާއަކީ، އެއިން ކޮންމެ ހިތުގެ ތެޅުމަކީ އެކަލާނގެ އިރާދަފުޅުން އެކަލާނގެ ދެއްވާ ފުރުޞަތެއްކަން ވިޔާމަށް ނުފެންނަނީ ކީއްވެ؟” ހިތުގެ ފުން މިނުން ވިޔާމަށް ހެޔޮ ގޮތް ފެނުމަށް އެދޭ ޙާލުގައި އަފާފަށް ވާހަކަ ދެކެވުނެވެ. އެކަން ވިޔާމަށް ވެސް އިޙްޞާޞް ކުރެވުނީ ކަންނޭނގެއެވެ. އޭނައަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި، ފާޑަކަށެވެ. އަފާފްގެ ބަސްތަކުން ވިޔާމަށް ކުޑަނަމަވެސް އަސަރެއް ކުރިހެން ހީވިއެވެ. އެގޮތުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމަށްފަހު އަނެއްކާވެސް ވިޔާމް އޭނަގެ މޫނުމައްޗަށް ރުޅިވެރިކަން ވެރި ކުރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ނުބައި ބަހެއް ކިޔާލިއެވެ.
“ކަލޭމެން ތިގޮތަށް ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ! ތިކަހަލަ މީހުންނަކީ އެހެން މީހުންނާމެދު ނުވިސްނާ ދަހިވެތި ބައެއް. އަހަރެންގެ މަންމަ މި ދުނިޔެއިން ވަކިވެދިޔައީ ތިކަހަލަ ބައެއްގެ ސަބަބުން! ތިގޮތަށް އަބަދު ޒިކުރު ތަޞްބީޙައިގައި އުޅޭ ބައެއްގެ ސަބަބުން. މަންމަ އަހަރެން ކުޑައިރު ގޮތް ނޭނގޭ ބައްޔެއް ޖެހިގެން އެނދުމަތިވީ ދުވަސް އަހަރެން ހަނދާނެއް ނުނެތޭނެ! ބައްޕަ ބޯޓު ދަތުރު ކުރަން ދިޔައީ އަހަންނާއި މަންމަ ތިކަހަލަ ޢާއިލާއަކާ ޙަވާލުކޮށްފަ. އެމީހުންގެ އަތުގަ މަންމައަށް އެހީވެވޭނެ ވަރަށް ލާރިވެސް ހުރި. އެކަމަކު އެ މީހުން އެހީއެއްނުވޭ. މަންމައަށް ބޭސް ދޭ ގަޑީގަ ބޭހެއްވެސް ނުދޭ. އަހަރެން ދޭންވީ ކޮން ބޭހެއްތޯ އެހީމަ އަދި ފަހުންނޭ ކިޔަކިޔާ ތިއްބާ މަންމަ…..” ވިޔާމް ކުރެހިފައިވާ އަޑަކުން ދައްކަމުން ދިޔަ ވާހަކަ އެހާ ހިސާބުން މެދުކެނޑުނެވެ. އެ ހިނދު އޭނަ ހުރީ ރޮވެން ކައިރިވެފައިކަން އަފާފަށް އެނގުންވިއެވެ. ވިޔާމްގެ މިސިފަ އޭނައަށް ފެނިދާނެކަމަށް އަފާފް ދުވަހަކުވެސް ހިއެއްނުކުރެއެވެ. ވިޔާމް ކިޔައިދިން ވާހަކަތަކާމެދު އޭނައަށް ވިސްނުނެވެ. ހަމައެއާއެކު ވިޔާމް އެހާ ދީނާއި ދުރީ ކީއްވެކަން އޭނައަށް އެނގުންވިއެވެ. އެންމެ މީހަކު ދައްކާ ނުބައި މިސާލަކުން ވެސް ކިހާ ގިނަ ގޯސް ނަތީޖާތައް ނިކުމެގެން އަންނަކަން އަފާފަށް އެނގުންވީ އެ ހިނދެވެ. އޭނަ ވަގުތުން ވިޔާމްގެ ޚިޔާލު ބަދަލުކުރެވޭ ފަދަ ވާހަކައެއް ބުނަން ބޭނުންވިއެވެ.
“އެންމެން އެއްގޮތެއް ނުވާނެ ދޯ ވިޔާމް؟” އަފާފް ދެންވެސް ސީރިއަސް ރާގަކަށް އަހާލިއެވެ. އެއާއެކު އަނެއްކާވެސް ވިޔާމް ދަތްކުނޑި ވިކާލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި އައިސް އަފާފާއި އެއްފިޔަވަޅު ދުރުގައި ހުއްޓިލިއެވެ. އެކަމާމެދު އަފާފް ޙައިރާންވިއެވެ. ވިޔާމް އައިގޮތުން އަފާފް ހީކުރީ އޭނައަށް ވިޔާމްގެ އަތްދަށުން ސަލާމަތް ނުވެވޭނެކަމަށެވެ. އެހެނަސް އޭނަ ދެންވެސް ކައިރިވާން ނުއުޅެ އޭނަ ދައްކަން ބޭނުން ވާހަކައެއް ދެއްކިއެވެ.
“މަ ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ…..ޖެހޭނީ….އެއްބަސް…ވާން!” ވިޔާމް ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ. އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ.
ނުނިމޭ
25 Comments
Comments are closed.
Assalaam’alaikum. dhen oiy bai saturday ga In Sha Allah. kuree faharu kan dhimaavi gothun evves kiyuntheriaku jana ah hiy bura vefaivaanama hiy heyo kolladhinun edhen In Sha Allah. evves meehaku jana ah hiy bura vaahen heevumaky jana varah dheravaakameh. haqeeqathuga ves kiyuntheringe varah vaguthu gosfa hunnaany erey vaahaka ah inthizaaru kurumuga. comment nukuriyas heyo hithun jana ah maafu kolla dhinumaky varah bodu edhumeh 🙂 Maai Allah alhamennaky ekaku anekakah loaibaa eky maafu dhey bayaku kamugai lavvai ekamuge savaabaai dharuma dhevvaashi. Ameen!
fb post thah kiyaalumaky jana ge varah bodu edhumeh 🙂
https://www.facebook.com/Asr-1445208739121696/
Jazakallah khairan jana! ❤
Baarakallah Feeki! 🙂 <3
Masha allah ❤❤❤.. Jazakallahu kairan jana..
Baarakallah Feeki! <3 <3 <3 🙂
HOW many parts remaining
dhen maigandu othy dhe haadhisaa. e dhe haadhisaa dhe bain genesdheveytho jana mi balany. mihen bunyma mihaaru qaboolehves nukureveyne kanneynge dho? hehe…ekamaku In Sha Allah dhen huri baithah genesdheynvy varah genesdheveytho balaanan 🙂
V. Furihama dear
Alhamdhulillah! 🙂
Masha Allah .. Hama habeys.. Haadha ryhchey janaa
Alhamdhulillah! 😀
Ameen.. Mashaa Allah .. v furihama mi baives.. v ufaavejje mi part dhigukohla dheefa othyma.. curiously waiting for the next part…?
Alhamdhulillah! next part saturday night ga In Sha Allah <3
It’s ok! Thanks mi part dhigukolladhineema
n mi story v reethi
mee varah iburaitheri ves vaahaka eh waiting 4 nxt part
Alhamdhulillah! next part maadhamaa rey In Sha Allah. shifu ah mihaaru dhivehi post thah kiyeytha? mirey jana genesdheynan ingey dhivehi post thah. nukiyenya bunahchey ingey 🙂
salaam, maa shaa allah! ehkala reethi vaahaka dhw mee.. vrh vrh vrh vrh vrh reethi mi part ves… hama bunaane ehcheh ves neyge.. vrh reethi.. 🙂 well done & keep it up!!! mi vaahakain libey iburaiyythakuge sababun varah kiyaa hiyy vaa vaahakaeh miee… kon irakun dhen oiyy bai? vrh reethi reethi reethi baeh anehkaa ves gensdhehchey jana… 🙂
Wa’alaikumussalaam. hehe….Alhamdhulillah! dhen oiy bai saturday night ga In Sha Allah. reethi kureveytho eba balan In Sha Allah 😉
JANA ehwes hih bura kameh neih .all clear ?❤️And Ma sha allah for the beautiful story ?
Alhamdhulillah! (All praise and thanks belong to Allah) 😀 <3 Jazaakillah Khairan maafu kolladhinythy 🙂
Mihaaru dhen varah vai vejje. Jana liyefa huri ehen vaahaka thakaa mi vaahaka aa kairi ves nuvey. Ehen vahaaka thah kiyaafa varah asaru kurey. Mivaahaka kiyaafa hama ehves asareh nukurey. Up vaaleh ves ehaa las. Ehaa dhigu dhanmaa eba. Rulhi ais eh noon mi bunanee. Hama ekkon foohi vejje. Dhen liyaa vaahaka akah inthizaaru kuran. Mi vaahaka eh dhen nukiyeyne. Sorry Jana
its ok Yashfa. jana ahves understand vey. haqeeqathuga ehaa busy koh ulhemun dhaathy jana ahves jana ge best dhevunu heneh hiyeh nuvey. vaahakaige medhu therein ekahala gothakah vegen dhiyaee kuran huri hurihaa kanthahthakaa eky ves avasavahah up kuran ulhunyma. hehe…
hithah evves asareh nukure ey buneema varah dheravejje. Yash thihen bunanya yash ge nazariyyathu hunna ethah kiyuntherin thibeyne hama gaimuves. thiya kiyuntheringe hithah asareh nukury jana ah vaahaka genesdhevunu gothun kamahvaanama maai Allah mi alhaage faafathah fussavaashi. jana ge edhumaky mi vaahakain asareh nukuriyas dhuvas dhaavarakah alhamen emmennah hidhaayaiy ithuru vegen dhiyun. Ameen!
FB Post (English)
What is it like, when Allah strengthens your heart?
This might be a question that ran through your head as you read the last episode. To get the answer to this question, let’s look at the story of As-haabul kahf (The people of the cave).
I don’t know about you but the first time I heard about As-haabul Kahf, I imagined a group of older men with baggy clothes. (Thanks to the TV show ‘Muhammadhu Rasoolullah’). And I assumed that there was nothing so special about them since they were not Prophets and we were not taught about them in school. Little had I known.
I only got to know how wrong my assumptions were, when I finally stumbled upon the explanation of Suratul Kahf. And I was absolutely mind-blown by their story in that surah. This was the first story from the Quran that had such an impact on my heart. Why? Well here goes.
The story of As-haabul Kahf, begins with a community of people who sacrificed their deen because of an evil king who took over them. The king ordered all of community to worship idols and anyone who went against that order was going to get persecuted. In fear of that punishment, the whole community started bowing down to the idols. Except for a group of young men.
Wait…..what?! A group of YOUNG men? Out of all the people in the community, were they the ones who stood up for their faith? I was even more shocked when I found out that they were in their teenage years and in their early twenties! Even more baffled to find out that they belonged to rich families and had all the luxuries in the world at their fingertips!!!
I don’t even have more words to describe the shock I was in. All my life, I saw older people taking their religion seriously and young people getting further and further away from deen. And I thought that nothing could be done about it because that’s just how it is. Young people are those who get carried away by what happens in society. They don’t have time to think about Akhirah because that seems too far for them. But there I was, listening to a story of a group of young people, who gave up all of their pleasures and were ready to face a tyrannical king just for their faith. Just because their iman was more beloved to them than even their own life. And they stood up, not just against the king. But against their own families and all of their community.
What happened next is what I really want to share with you. As I said before, the order from the king was anyone who goes against the king’s religion will get persecuted. So obviously those young people were going to get killed. But before that, they were arrested. And they were brought to the king just like criminals would be brought into court.
I want you to imagine the fear that those young people will have in their hearts at that moment. Let me remind you that these are just a group of teenagers. They have gone against their OWN families and everyone in their society. And now they were going to get a death sentence just because they said they will not worship anything besides Allah. Imagine the nervousness, as the well-built soldiers are dragging them into the palace towards the angry king. With some other soldiers standing at the side with weapons. And with their families and other elders in the court looking at them with sympathy almost telling them to give up their faith then and there. Imagine how their hearts would race as they finally face the king. How their legs would feel weak as they try to stand straight. How absolutely impossible it would feel to speak, when the king would question about their ‘crime’ right at that moment. But look at what Allah did for them, as they felt weak in their hearts.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا قُلْنَا إِذًا شَطَطًا لَقَدْ
“And We made their hearts firm when they stood up and said, “Our Master is the Master of the heavens and the earth. Never will we invoke besides Him any other God. If we did, we would have certainly spoken, an excessive transgression.” Suratul Kahf, ayah 14
In that seemingly impossible situation, Allah reaches out to their hearts that were shaking and makes them firm, so that those young people can speak the truth that they always wanted to. As a result, they confidently face the king and start telling him about their Master. And tell him without any hesitation about how wrong it is to associate partners with Allah. Look at how the tables have turned. The king was going to ask them about why they did wrong. But now they are asking the king why he is doing wrong. Subhaanallah!
This, brothers and sisters, is how Allah strengthens the hearts. When those hearts have a firm faith in Allah, He is the One Who will give them strength when they need it. And especially the hearts of young people, who stand up for their faith, against all odds.
May Allah make us of those who stand up for Him, no matter how many challenges we come across and may He keep our hearts firm on His deen. Ameen!
PS: I only shared just the beginning of that awesome story! Go through suratul Kahf, if you want to know more about As-haabul Kahf In Sha Allah!
FB Post (English)
When we give someone advice, what is our motivation? Is it to gain the pleasure of Allah? Is it to emulate the Prophet (SAW)? Or is it to appear ‘pious’ in front of others? Or to get more likes, followers and comments if it’s on social media?
As scary as this might sound, whatever the intention we have when we give advice, it will actually show from the outside. Though we may not feel it, the person on the receiving end, will see it. If all we want is a show of arrogance, little will that advice enter the heart of a person. But if we have sincerity in our hearts, it is that sincerity that will impact the heart of a person hearing the words by the Will of Allah.
So what should be our motivation to give someone advice? Getting the pleasure of Allah and attempting to follow Rasool (SAW) are good intentions. But we learn one more beautiful intention of giving advice from Nuh (AS).
وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ
“And indeed, every time I invited them that You may forgive them….” Surah Nuh, ayah 7
In this ayah, Nuh (AS) is talking to Allah about his nation. And what was the reason that he invited them? So that Allah could forgive them. They were the most stubborn of nations. And yet Nuh (AS), called them for 950 YEARS, hoping that they will have Allah’s forgiveness one day. Hoping that they will be saved from the punishment. Hoping they will see the difference between right and wrong one day and hence Allah will put barakah in their lives because of that.
Now think. If we had this attitude, wont we have a completely different mindset when we give advice? Wont it completely change our perspective when we see one of our brothers or sisters talking against deen, committing a sin, or stuck in an addiction that we ourselves were in before? If we truly wanted Allah to forgive them, just like we want Allah’s forgiveness for ourselves, will we just say to them what they are doing is haram and leave? Or leave a comment full of hatred under the picture/video and scroll down the newsfeed? Or will we truly care? And approach them with love? And stay? And do whatever we can to make them listen? And help them get out of it? Subhaanallah this is exactly what we are missing today. And we are seeing the consequences of it right in front of our eyes.
Now you might say that some people just wont listen though we have the sincerity. If there was anyone who had the right to say this, it would be Nuh (AS), whose nation just didn’t listen. And yet it is from him we are learning that we must care about the people we are giving advice to.
May Allah make us of those who care about each other and hence are guided because of each other’s advice by the Will of Allah. Ameen!
Fb post (dhivehi)
އެހެން މީހަކަށް ނަޞޭޙަތެއް ދިނުމަށް އަހަރުމެންނަށް ހިތްވަރު ލިބެނީ ކޮން ކަމަކުން ހެއްޔެވެ؟ އެއީ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ހެއްޔެވެ؟ ނޫނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ކުރެއްވި ކަމެއް ކުރުމަށްޓަކައި ހެއްޔެވެ؟ އެހެންނޫނީ އެހެން މީހުންގެ ލޯ ކުރިމަތީގައި “ޞާލިޙު” މީހަކަށް ވުމަށްޓަކައި ހެއްޔެވެ؟ ނޫނީ ނަޞޭޙަތް ދެވެނީ ސޯޝަލް މީޑިޔާގައި ކަމަށްވާނަމަ ލައިކާއި، ކޮމެންޓާއި ފޮލޮވާސް ހޯދުމަށްޓަކައި ހެއްޔެވެ؟
މި ވާހަކަ އަޑުއަހަން ކިތަންމެ އުނދަގޫވިޔަސް ޙަޤީޤަތަކީ ނަޞޭޙަތް ދޭއިރު އަހަރުމެންގެ ހިތުތެރޭގައި އޮންނަ ނިޔަތް ބޭރުފުށުން ފެންނާނެކަމެވެ. އަހަރުމެންނަށް އެކަން އިޙްޞާޞް ނުކުރެވުނަސް އެ ނަޞޭޙަތް އަޑުއަހާ މީހަކަށް އެކަން ފެންނާނެއެވެ. ނަޞޭޙަތް ދީގެން އަހަރުމެން ކުރަން ބޭނުންވާހާ ކަމަކީ އެމީހެއްގެ މައްޗަށް ގަދަކަން ހޯދައި ކިބުރުވެރިވުން ކަމަށްވާނަމަ އެ ނަޞޭޙަތުން މާ ބޮޑު ފައިދާއެއް ނުކުރާނެއެވެ. އެހެނަސް އިޚްލާޞްތެރިކަމާއެކީ ނަޞޭޙަތެއް ދީފިނަމަ އެ އިޚްލާޞްތެރިކަމުގެ ސަބަބުން ﷲ ގެ އިރާދަފުޅުން މީހެއްގެ ހިތަށް އަސަރެއް ކޮށްފާނެއެވެ.
އެހެންކަމަށްވާނަމަ ނަޞޭޙަތްދޭން އަހަރުމެންނަށް ހިތްވަރު ލިބެންޖެހެނީ ކޮންކަމަކުން ހެއްޔެވެ؟ ﷲ ގެ ރުހިވޮޑިގަތުން ހޯދުމާއި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ސުންނަތަށް ތަބާވުމަކީ ރަނގަޅު ނިޔަތްތަކެވެ. އެހެނަސް ނޫޙް ޢަލައިހިއްސަލާމްގެ ފަރާތުން ނަޞޭޙަތް ދިނުމަށްޓަކައި އަދި އިތުރު ވަރަށް ރީތި ނިޔަތެއް އަހަރުމެންނަށް ދަސްވެގެން ދެއެވެ.
وَإِنِّي كُلَّمَا دَعَوْتُهُمْ لِتَغْفِرَ لَهُمْ
“އިބަރަސްކަލާނގެ އެމީހުންނަށްޓަކައި ފާފަ ފުއްސަވައިދެއްވާތޯ ހަމަކަށަވަރު ތިމަންކަލޭގެފާނު ދަޢުވަތު ދެއްވި ކޮންމެ ފަހަރަކު….” ސޫރަތް ނޫޙް، 7
މި އާޔަތުގައި ނޫޙް ޢަލައިހިއްސަލަމް ވާހަކަ އެ ދައްކަވަނީ އެކަލޭގެފާނުގެ ޤައުމުގެ މީހުންނާއި ބެހޭގޮތުންނެވެ. އެކަލޭގެފާނު އެމީހުންނަށް ދަޢުވަތު ދެއްވި ސަބަބަކީ ކޮބައި ހެއްޔެވެ؟ އެއީ ﷲ އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވާތޯއެވެ. އެ ޤައުމުގެ މީހުންނަކީ އެންމެ ބޮޑަށް ގޮތް ދޫނުކުރި ޤައުމުތަކުގެ ތެރެއިން ޤައުމެކެވެ. 950 އަހަރު ވަންދެން ނޫޙް ޢަލައިހިއްސަލާމް އެމީހުންނަށް ދަޢުވަތު ދެއްވިއެވެ. އެމީހުންގެ ފާފަތައް ފޮހެވޭތޯއެވެ. އެމީހުން ޢަޒާބުން ސަލާމަތްވޭތޯއެވެ. އެމީހުންނަށް ހެވާއި ނުބައިގެ ތަފާތު ފެނި އޭގެ ސަބަބުން އެމީހުންގެ ޙަޔާތުގައި ބަރަކާތް ލެއްވިގެން ދާނެކަމުގެ އުއްމީދުގައެވެ.
ދެން ވިސްނާލާށެވެ. ނަޞޭޙަތް ދިނުމުގައި އަހަރުމެންވެސް މިފަދަ އުޅުމެއް ގެންގުޅޭ ނަމަ އަހަރުމެންގެ ވިސްނުމަށް ބަދަލެއް ނާންނާނެ ހެއްޔެވެ؟ މީގެ ސަބަބުން އަހަރުމެންގެ މުޅި ނަޒަރިއްޔާތު ބަދަލު ނުވާނެ ހެއްޔެވެ؟ އަހަރުމެންގެ އަޚުންނާއި އުޚްތުންގެ ތެރެއިން ދީނާއި ދެކޮޅަށް ވާހަކަ ދައްކާ، އެހެންނޫނީ ކޮންމެވެސް ފާފައެއް ކުރާ އެހެންނޫނީ ޚުދު އަހަރުމެން ވެސް ކޮންމެވެސް އެއްދުވަސްވަރެއްގައި ވީ ފަދަ ދެވިހިފުމެއްގެ ތެރޭގައި ވި އަޚެއް ނުވަތަ އުޚްތެއް އަހަރުމެންނަށް ފެންނާނީ މުޅިން ތަފާތު ނަޒަރަކުން ނޫންހެއްޔެވެ؟ ﷲ އަހަރުމެންގެ ފާފަތައް ފުއްސަވަން އެދޭ ފަދައިން އެކަލާނގެ އެމީހުންގެ ފާފަތައް ފުއްސަވަން އެދޭނަމަ، އެމީހުން އެކުރާ ކަމަކީ ޙަރާމް ކަމެކޭ ބުނެފައި އަހަރުމެން އެމީހުންނަށް ފަސްދޭނީ ހެއްޔެވެ؟ އެހެންނޫނީ އެ ފޮޓޯ/ވީޑިޔޯގެ ދަށަށް ނަފްރަތުން ފުރިގެންވި ކޮމެންޓެއް ދޫކޮށްފައި ހަމަ ސްކްރޯލް ކުރަމުން ދާނީ ހެއްޔެވެ؟ އެހެން ނޫނީ އަހަރުމެން އަޅާލާނީ ހެއްޔެވެ؟ އަދި ލޯތްބާއެކީ އެމީހުން އެ ކުރާ ކަންތައްތަކާމެދު ވާހަކަ ދައްކަން މަސައްކަތް ކުރާނީ ހެއްޔެވެ؟ އަދި އެމީހުންނަށް ހިތްވަރު ދިނުމަށްޓަކައި ތިބެ އެކަމަކުން ސަލާމަތް ވުމަށް އެމީހުންނަށް އެހީވެދޭނީ ހެއްޔެވެ؟ އަހަރުމެންގެ މުޖުތަމަޢުއިން މިއަދު ނުފެންނަ ކަމަކީ މިއީއެވެ. އޭގެ ނޭދެވޭ ނަތީޖާތައް ޚުދު އަހަރުމެންގެ ލޯ ކުރިމަތިން މިދަނީ ފެންނަމުންނެވެ.
ދެން މީހަކަށް ބުނެވިދާނެއެވެ. އިޚްލާޞްތެރިކަމާއެކީ ނަޞޭޙަތެއް ދިނަސް ބައެއް މީހުން އަޑެއް ނާހައެވެ. މި ޝަކުވާ ކުރުމުގެ ޙައްޤު އެންމެ ބޮޑަށް އޮތީ ނޫޙް ޢަލައިހިއްސަލާމްއަށެވެ. އެކަލޭގެފާނުގެ ޤައުމުގެ މީހުންނަކީ އެތައް ޤަރުނެއްގެ ދަޢުވަތަށް ފަހުވެސް އަޑު ނޭހި ބައެކެވެ. އެހެނަސް ނަޞޭޙަތް ދޭ ބަޔަކާމެދު އަޅާލާން ވާނެކަން އަހަރުމެންނަށް މި ދަސްވަނީ ޚުދު އެކަލޭގެފާނުގެ ބަސްފުޅަކުންނެވެ.
މާތް ﷲ އަޅަމެންނަކީ އެކަކު އަނެކަކާމެދު އަޅާލާ ބަޔަކު ކަމުގައި ލައްވާށި! އަދި އަޅަމެން އެކަކު އަނެކަކަށް ދޭ ނަޞޭޙަތްތަކުގެ ސަބަބުން ﷲ ގެ އިރާދަފުޅުން އަހަރުމެންނަށް ހިދާޔަތް ދައްކަވާށި! އާމީން!
Fb post (dhivehi)
ﷲ ތިބާގެ ހިތަށް ސާބިތުކަން ދެއްވުމުން ވާނީ ކިހިނެއް ހެއްޔެވެ؟
މިއީ ވާހަކައިގެ މި ބައި ކިޔުނުއިރު ތިޔަ ކިޔުންތެރިންގެ ހިތަށްއެރި ސުވާލަކަށް ވެދާނެއެވެ. މި ސުވާލުގެ ޖަވާބު ލިބިގަތުމަށްޓަކައި ބަލާލަން ޖެހެނީ “އަޞްޙާބުލް ކަހްފު” ގެ ވާހަކައަށެވެ.
ތިބާގެ ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އެހެނަސް އަޅުގަނޑަށް އެންމެ ފުރަތަމަ ފަހަރު “އަޞްޙާބުލް ކަހްފު” ގެ ނަން އިވުމުން ޚިޔާލަށް ގެނެވުނީ ދޫ، ޤަދީމީ ހެދުންތަކެއް ލައިގެން އުޅޭ ދުވަސްވީ ފިރިހެނުންނެވެ. އަދި އެމީހުންނަކީ އެހާ ޚާއްޞަ ބައެއްކަމަށް އޭރު އަޅުގަނޑު ހިއެއްނުކުރަމެވެ. އެމީހުންނަކީ ރަސޫލު ބޭކަލުންނަށް ނުވެފައި ސްކޫލްގައި އެމީހުންގެ ވާހަކަ ކިޔައި ނުދެވޭތީވެއެވެ.
އެ ހީތަކަކީ ކިހާ ބޮޑު ކުށްހީތަކެއްކަން އަޅުގަނޑަށް އެނގުންވީ ކަހްފު ސޫރަތުގެ ތަފްސީރު އަޑުއަހަން ފެށުމުންނެވެ. އެ ސޫރަތުގައިވި އެ ވާހަކަ އިވިފައި އަޅުގަނޑު އަޖާއިބުވެ އަންތަރީސްވިއެވެ. އެ ވާހަކައަކީ ޤުރުއާނުގެ ވާހަކަތަކުގެ ތެރެއިން އަޅުގަނޑުގެ ހިތަށް އެންމެ ބޮޑަށް އަސަރު ފޯރުވި ވާހަކައެވެ. އެއީ ކީއްވެތޯއެވެ؟ އަޅުގަނޑު ކިޔައިދޭން މިއުޅެނީ އެ ސަބަބެވެ.
އަޞްޙާބުލް ކަހްފުގެ ވާހަކަ ފެށިގެންދަނީ ނުބައި ރަސްކަލަކު ކޮންމެވެސް ރަށެއްގެ މައްޗަށް ވެރިކަން ކުރަން ފެށި ހިސާބުންނެވެ. އެ ރަސްގެފާނު ބުދަށް އަޅުކަން ކުރުމަށް އެރަށުގެ އެންމެންނަށް އަމުރުކުރިއެވެ. އެ އަމުރަށް ތަބާ ނުވެއްޖެ މީހަކު ޤަވާޢިދުގެ ދަށުން މަރާލެވޭނެ ކަމަށް އަންގަމުންނެވެ. މީގެ ސަބަބުން އެރަށުގެ އެންމެންހެން އެމީހުންގެ ދީން މަތިން ހަނދާން ނައްތާލައި ޝިރުކުކުރަން ފެށިއެވެ. އެ ރަށުގެ އަހުލުވެރިންގެ ތެރެއިން ޒުވާން ފިރިހެން ކުދިންތަކެއް ފިޔަވައެވެ.
ވާހަކައިގެ މިހާ ހިސާބަށް އަޑުއިވުމުން އަޅުގަނޑު ހުއްޓުން އެރިއެވެ. އެއީ ހަމަ ޒުވާން ކުދިން ހެއްޔެވެ؟ އެ ރަށުގައިވި އެންމެންގެ ތެރެއިން އެ ބައެއްގެ ދީނަށްޓަކައި ތެދުވާނެ ބަޔަކަށްވީ ޒުވާން ފިރިހެން ކުދި ބަޔަކު ހެއްޔެވެ؟ އަޅުގަނޑު އިތުރަށް ޙައިރާންވެގެން ދިޔައީ އެއީ ފުރާވަރުގެ ކުދިންކަން އެނގުމުންނެވެ. އެއަށްވުރެ ވެސް ބޮޑަށް އަންތަރީސްވީ އެކުދިންނަކީ މުއްސަނދި ޢާއިލާތަކަށް ނިސްބަތްވާ އެމީހުން ބޭނުން ހުރިހާ ކަމެއް ފުދިގެންވާ ކުދި ބަޔަކު ކަން އެނގުމުންނެވެ!
އަޅުގަނޑު އަޖާއިބުވީ ވަރު ސިފަކުރަން އިތުރު ބަސްތަކެއް އަޅުގަނޑަކަށް ނޭނގެއެވެ. މުޅި ޢުމުރު ދުވަހު އަޅުގަނޑަށް ފެނިފައިވަނީ މުސްކުޅިން ދީންވެރިވެގެން އުޅޭ މަންޒަރެވެ. އަދި ޒުވާނުން ދުވަހުން ދުވަހަށް ދީނާއި ދުރުވަމުންދާ މަންޒަރެވެ. އެކަމާމެދު ކުރެވޭނެ ކަމެއް ނޯންނާނެކަމަށް އަޅުގަނޑުގެ ހިތް ބުންޏެވެ. އެހެނީ ޒުވާނުންނަކީ މުޖުތަމަޢުގައި ހިނގާ ކަންތައްތަކާއެކީ ބަދަލުވާ ބައެކެވެ. އަދި އެއީ އާޚިރަތާއި މެދު އެހާ ވަރަކަށް ވިސްނާނެ ބައެއް ނޫނެވެ. އާޚިރަތް އެމީހުންނަށް ފެންނަނީ އެހާ ދުރު މުސްތަޤްބަލަކުން ކަމަށްވާތީވެއެވެ. އެހެނަސް އެދުވަހު އަޅުގަނޑު އަޑުއަހަމުން ދިޔައީ ހަމައެކަނި އެމީހުންގެ އީމާންތެރިކަމަށްޓަކައި އެމީހުންގެ ހުރިހާ ލައްޒަތަކަށް ފުރަގަސްދީފައި ނުލަފާ ރަސްގެފާނަކާއި ކުރިމަތިލާން އުޅޭ ޒުވާނުންގެ ވާހަކައެކެވެ. އެމީހުންނަށްޓަކައި އެމީހުންގެ ދިރިހުރުމަށްވުރެ ވެސް އެމީހުންގެ އީމާންތެރިކަން ލޮބުވެތިވެގެން ވި ފަދައެވެ. އަދި އެމީހުން ތެދުވިއެވެ. ހަމައެކަނި އެ ރަސްގެފާނާއި ދެކޮޅަށް ނޫނެވެ. އެ މީހުންގެ އަމިއްލަ ޢާއިލާތަކާއި އެ ރަށުގެ އެންމެންނާއި ދެކޮޅަށެވެ.
އަޅުގަނޑު ޙަޤީޤަތުގައި ޙިއްޞާކުރަން ބޭނުންވަނީ ދެން ވީ ގޮތެވެ. ކުރީގައި ވެސް ކިޔައިދެވުނު ފަދައިން ރަސްގެފާނުގެ އަމުރާއި ދެކޮޅަށް ދާ ބަޔަކަށް އޮތީ މަރުގެ ޙުކުމެވެ. އެހެންކަމުން ދެން އެ ޒުވާނުންގެ މައްޗަށް ވެސް އަންނާނީ އެ ޙުކުމްކަން އަހަރުމެންނަށް އެނގެއެވެ. އެހެނަސް އޭގެ ކުރިން އެމީހުން ރަސްގެފާނުގެ ކުރިމައްޗަށް ގެނެވުނެވެ. މުޖުރިމުން ކޯޓެއްގެ ތެރެއަށް ގެނެވޭ ފަދައިންނެވެ.
އެވަގުތު އެ ޒުވާން ފުރާވަރުގެ ކުދިންގެ ހިތުތެރޭގައިވާނެ ބިރުވެރިކަން ތަޞައްވުރުކުރާށެވެ. އެމީހުން އެމީހުންގެ ވަށައިގެންވި އެންމެންނާއި ދެކޮޅަށް އެހާ ބޮޑު ފިޔަވަޅެއް އަޅާފައި ވަނިކޮށެވެ. މީގެ ވަގުތުކޮޅެއްފަހުން އެމީހުންގެ މައްޗަށް މަރުގެ ޙުކުމް އިއްވިގެން ދާނެއެވެ. އެއީ ހަމައެކަނި އެމީހުން ﷲ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ނުކުރާނެކަމަށް ބުނި ކަމަށްޓަކައެވެ. ރަސްގެފާނަށްޓަކައި މަސައްކަތް ކޮށްދޭ ލަޝްކަރުގެ ބިޔަ ބޮޑެތި މީހުން، އެ ޒުވާނުން ދަމަމުން ރަސްގެފާނުގެ ގަނޑުވަރުގެ ތެރެއަށް ވައްދަމުން ދާ ހިނދު އެމީހުންގެ ހިތުގައި ވާނެ ނުތަނަވަސްކަން ޚިޔާލަށް ގެންނާށެވެ. އެ ލަޝްކަރުގެ އެހެނިހެން މީހުން އެކި ހަތިޔާރު ތަކާއެކީ ދެފަރާތުގައި ރޭވިގެން ތިބޭ ހިނދެވެ. އަދި އެވަގުތު އެތާނގައި އެމީހުންގެ ޢާއިލާއާއި، ދެންވެސް އެ ރަށުގައި ތިބި އެމީހުންނަށްވުރެ ބޮޑެތި މީހުން އެމީހުންނަށް ޙަމްދަރުދީގެ ނަޒަރުތަކުން ބަލަހައްޓައިގެން ތިބި ހިނދެވެ. ހަމަ އެ ވަގުތުން ވަގުތަށް ވެސް އެމީހުންގެ އީމާންތެރިކަން ދޫކޮށްލަން އެ ނަޒަރުތައް އެދެމުންދާ ޙާލުގައެވެ. ރަސްގެފާނުގެ ކުރިމަތީގައި ހުއްޓޭ ހިނދު އެ ޒުވާނުންގެ ހިތުގެ ތެޅުން އަވަސްވާނެ މިންވަރު ތަޞައްވުރު ކުރާށެވެ. ސީދަލަށް ތިބެން ބޭނުންވާ ހިނދު ދެފައިން ވާގި ދޫވާން އުޅޭނެހެން ހީވާނެ ގޮތް ތަޞައްވުރު ކުރާށެވެ. ރަސްގެފާނު އެމީހުން ކުރި “ކުށާއި” މެދު ސުވާލުކުރުމުން ވާހަކަ ދައްކަން ދަތިވާނެ މިންވަރު ހިތަށް ގެންނާށެވެ. އެހެނަސް، ހިތްތައް ބަލިކަށިވި އެވަގުތުގައި، ﷲ އެމީހުންނަށްޓަކައި ކަންތައް ކޮށްދެއްވި ގޮތް ބަލާށެވެ.
وَرَبَطْنَا عَلَىٰ قُلُوبِهِمْ إِذْ قَامُوا فَقَالُوا رَبُّنَا رَبُّ السَّمَاوَاتِ وَالْأَرْضِ لَن نَّدْعُوَ مِن دُونِهِ إِلَـٰهًا لَقَدْ
قُلْنَا إِذًا شَطَطًا
” އަދި އެއުރެން ތެދުވެ، ތިމަންމެންގެ ވެރިރަސްކަލާނގެއީ، އުޑުތަކާއި ބިމުގެ ވެރިރަސްކަލާނގެއޭ، ތިމަންމެން އެކަލާނގެނޫން إله އަކަށް އަޅުކަމެއް ނުކުރާނޫއޭ ބުނިހިނދު، ތިމަންރަސްކަލާނގެ އެއުރެންގެ ހިތްތަކަށް ގަދަކަން ދެއްވީމެވެ. (އެނޫން ގޮތަކަށް ތިމަންމެން ބުނެފިނަމަ) ތިމަންމެން އޭރުން އެބުނީ، އަނިޔާވެރިކަމާއި، كفر ގެ ނިހާޔަތަށް ގޮސްފައިވާ ބަހެއްކަން ކަށަވަރެވެ” ސޫރަތުލް ކަހަފް، 14
އެމީހުންނަށް ގަދަކަން ލިބުން ނާދިރުހެން ހީވާ އެ ޙާލަތުގައި ﷲ އެމީހުންގެ ރޫރޫއަޅަމުން ދިޔަ ހިތްތަކަށް ސާބިތުކަން ދެއްވިއެވެ. އެއީ އެ ޒުވާނުން ބުނަން ބޭނުންވެފައިވި ޙައްޤުގެ ބަސްތައް ބުނެވޭނެ ފަދައަކުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެމީހުން ހިތްވަރާއެކީ އެ ރަސްގެފާނާއި މުޚާތަބުކޮށް ވާހަކަ ދައްކަން ފެށިއެވެ. އަދި އެމީހުންގެ ވެރިރަސްކަލާނގެއާއި މެދު އެ ރަސްގެފާނަށް ކިޔައިދޭންފަށައެވެ. އަދި ﷲ އާއި އެހެން ފަރާތެއް ޝަރީކުކުރުމަކީ ކިހާ ނުބައި ކަމެއްކަން ޖެހިލުމެއް ނެތި ރަސްގެފާނަށް ކިޔައިދެއެވެ. ޙާލަތް ބަދަލުވީގޮތް ނިކަން ދެކެބަލާށެވެ. ނުބައި ކަމެއް ކުރީ ކީއްވެތޯ އަހަންޖެހިފައިވީ ރަސްގެފާނެވެ. އެހެނަސް އޭގެ ބަދަލުގައި ރަސްގެފާނު ގޯހެއް ހަދަނީ ކީއްވެތޯ މި ސުވާލުކުރަނީ އެ ޒުވާނުންނެވެ. ސުބްޙާނަ ﷲ!
ﷲ ހިތްތަކަށް ސާބިތުކަން ދެއްވާ ގޮތަކީ މިއީއެވެ. ސާބިތު އީމާންތެރިކަމުން ފުރިފައިވި ހިތްތައް ބަލިކަށިވާ ހިނދު އެ ހިތްތަކަށް ސާބިތުކަން ދެއްވަނީ ﷲ އެވެ. ވަކިން ޚާއްޞަކޮށް ދަތިތަކާއި އެކީގައިވެސް ސާބިތު ހިތްތައް ޤާއިމްކުރަން މަސައްކަތް ކުރާ ޒުވާނުންނަށްޓަކައެވެ.
މާތް ﷲ އަޅަމެންނަކީ ކިތަންމެ ދަތިތަކާއި ކުރިމަތިވިޔަސް އެކަލާނގެއާއި އެކަލާނގެ ދީނަށްޓަކައި ތެދުވާ ބަޔަކު ކަމުގައި ލައްވައި އެކަލާނގެ ދީން މަތީގައި އަޅަމެންގެ ހިތްތައް ސާބިތު ކުރައްވާށި! އާމީން!