Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 5

hygge Level 510 Stories100 Comments100 Login500 Comments
May 19, 2018 12 Mins Read
36 Comments

ފަޅު ގެއެކެވެ. ދުވާލު ނަމަވެސް މުޅި ގޭތެރޭގައި ވަނީ އަނދިރީގެ ސާލެއް އޮޅާލެވިފައެވެ. ދޭތެރެ ދޭތެއިން ފުރާޅުގައި ހެދިފައި ހުންނަ ލޯވަޅުތަކުންނާއި ފާރުގައި ހުންނަ ބާކޮޅުކޮޅުން ފުރޭނިގެން އައިސްފައިވާ އަލި ފިޔަވާ އިތުރު އަލިކަމެއް ނުވެއެވެ. ތިރީގައިވާ ހިރަފުސް ވެލިގަނޑުގައި ތަފާތު ވައްތަރުގެ ވިނަ ހެދިފައި ވިއެވެ. ތަން އޮތް ގޮތުންވެސް ދިރޭ ސޫފާސޫފި އެތާ އުޅޭނެކަން ޔަގީން ކުރެވެއެވެ. “ތެންކްސް ވަރަށް ބޮޑަށް… ވަރަށް ބޮޑު ކަމެއް ތި ކޮށްދިނީ ޙަޤީގަތުގަވެސް… އެތަށް ދުވަހެއް ވާންދެން ކުރާ އިންތިޒާރަކަށް ނިމުން އަންނަނީ މިހާރު.. ހެހެހެ.. އެހެން ވީމަ ބަދަލުވެސް ދޭން ވާނެދޯ.. ކޯންޗެއް ދޭންވީ؟” އެ ގެއިން އަނދިރި ކޮޓަރިއެއްގައި ތިބީ އަންހެން ކުއްޖެއްގެ އިތުރުން ހަމައެކަނި ފިރިހެން ކުއްޖެކެވެ. “ނޯ ނީޑް ޓު ސޭ ދެޓް ސްވީޓީ.. ތިހާ ރީތި ކުއްޖެއް ބުނާ ކަންތައް ކާކު ނުކޮށްދޭނީ؟ މަ ބޭނުމީ ތި ރީތި ރީތި ރާނީ މަގޭ މީހަކަށް ވާން… ޑީލް؟” އެތެރޭގައި ހުރި ފިރިހެން ކުއްޖާ ނުލަފާ ހިނިތުން ވުމަކާއިއެކު އަންހެން ކުއްޖާ އާއި ދިމާލަށް އަތް ދިއްކޮށްލިއެވެ. އަންހެން ކުއްޖާވެސް ފޫހިކަމާއިއެކު ލޮލުގެ ކަޅި މައްޗަށް ހިންގާކަމުން އެ ފިރިހެން ކުއްޖާ އާއި ސަލާމްކޮށްލިއެވެ. “ފައިން…ޑީލް…” އެއަށްފަހު އަންހެން ކުއްޖާ އެގެއިން ނިކުމެގެން އައިސް ގޭގެ ބޭރުގައި މަގުމަތީގައި މަޑުކޮށްލިއެވެ.

އޭނާގެ އެ ނޫކުލައިގެ ކަޅި އެކަކަށްވެސް ނުއޮޅޭނެވެ. ދެލޯ ސަލާމަތުން ހުރި މީހަކަށްވިއްޔާ ކިތަންމެ ދުރުން ފެނުނަސް އެ ދެލޯ ފާހަގަ ވާނެއެވެ. “ރައި… ކީއްކުރަނީ މިތާ؟” ބޮޑުމަގުން ހިނގާލައިފައި އައި އަރީންއަށް ރައިފާ ފެނިގެން ސުވާލު ކޮށްލިއެވެ. ވާނީވެސް އެހެންތާއެވެ. މިއޮށް މެންދުރު ގަޑީގެ ރަތް ދަކަ އަވީގައި ރައިފާ ފަޅު ގެއެއް ކައިރީ ހުންނަންވީ އެއްވެސް ސަބަބެއް އޭނާގެ ސިކުނޑިއަކަށް ނައި ވިއްޔާއެވެ. ރައިފާ އަކި ހަންގަނޑަށްވެސް ނުހަނު ބަލައިގެން އުޅޭ ކުއްޖެކެވެ. މަންމަ ބުނެގެން ކަމަކުވެސް އޭނާ މެންދުރު ގަޑީގައި މީގެ ކުރިޔަކުން ގެއިން ނުނިކުމެއެވެ.

“މި.. މީ ތިގެއަށް ދަނީނު… މާ ރަނގަޅަކަށްނު މި ވީ.. ރީން އާއި ދިމާ ވީ ވިއްޔަ.. ދެން ބުނަން އުޅުނު އެތިވެސް ތިގެއަށް ނުގޮސް ބުނެވޭނު.. މިއުޅެނީ ފޯނުން ލާރިވެސް ހުސްވެގެން.. އަނެއްކޮޅުން ވައިފައިވެސް ގޭގަ ނެތް މިހާރު.. އެވެސް ހުސްވެފަ… ހުރިހާ އެއްޗެއް އެއްފަހަރާވިއްޔަ ހުސްވާއިރުވެސް ހުސްވަނީ.. ބޮޑު ކަމެއް.. މާދަން ސްކޫލަށް ދާއިރު ރައި ގެ ދިވެހި ކުޑަފޮތް ގެންގޮސްދެއްޗޭ… އޭތި ބޭނުން ވެއްޖެ…” ރައިފާ ރަނގަޅަށް އޭނާގެ ވާހަކައަށް ފޮނިތޮށި ކާފޫރުތޮޅި އަޅާލިއެވެ. އެހާ ފަސޭހައިން އެއްޗެހި ނަގައިނުގަނެވޭ އައިރީންއަށް އެކަމެއްވެސް ފާހަގައެއް ނުވިއެވެ. ހަމަޖެހުމުގެ ނޭވާއެއް ލަމުން ރައިފާވެސް އަވަހަށް އެތަނުން ސަލާމަތް ވެއްޖެއެވެ. އޭނާ ދިޔަފަހުން ގާތްގަނޑަކަށް ދިހަ ވަރަކަށް މިނެޓު ފަހުން އެތެރޭގައި ހުރި ފިރިހެން ކުއްޖާ އެތަނުން ނިކުތެވެ. އެއްވެސް މީހަކަށް ޝައްކެއް ނުވާނޭ ފަދައަކުންނެވެ.

މިއަދު މެންދުރު ސްކޫލުން އައި ފަހުން ޒިވާ އަދި އެ ކޮޓަރިން ނުނިކުމެއެވެ. ނޫރީންވެސް ކަންބޮޑުވެގެން ދޮރުގައި ޓަކި ޖެހުމުންވެސް ޒިވާ ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން ތަޅުގައި ހިފާލީ އެ ދޮރު ހުޅުވައިފަ ހުންނާނެ ކަމަކަށްވެސް ނޫނެވެ. އޭނާގެ ނަސީބު ރަނގަޅުކަމުން ދޮރު ހުޅުވިގެން ދިޔައެވެ. މަޑު ފިޔަވަޅު ތަކެއްގައި އެތެރެއަށް ވަދެގެން ދިޔަ ނުރީން ސިޑިން އަރައިގެން ގޮސް ޒިވާގެ އެނދު ކައިރީގައި ހުއްޓިލިއެވެ. ޒިވާ ވަނީ ފުން ނިންޖަކުން ނިދާލައިފައެވެ. ނޫރީންއަށް ލިބުނީ ހައިރާން ކަމެކެވެ. ޒިވާ އަކި މީގެ ކުރިން ބަލިވެގެން ނޫނީ ދުވާލަށް ނުނިދާ ކުއްޖެކެވެ. އެހެންނޫނީ ވަރަށް ބޮޑަށް ފޫހިވެގެން ފަހަރެއްގަ އޭނާ ނިދައިފާނެއެވެ. ނަމަވެސް މިއަދު މިވީ ގޮތެއް އޭނާއަށް ހަމަ ހިލާ ނޭނގެއެވެ.

ފުން ނިދީގެ ތެރެއަށް ގެނބިފައިވާ ޒިވާގެ މޫނުމަތީގައި ވަނީ މައުސޫމު ކަމެވެ. އެއް ފަރާތަކަށް އޮށޯވެލައިގެން އޮތް އިރު ގަދަ ފިޔާތޮށިކުލައިގެ މަޑުމަޑު ބާލީހުގައި ބައްދާލައިގެން އޮތް ގޮތުން އެހާ ލޯތްބެވެ. އެ ލޯބި ލޯބި މޫނުމައްޗަށް ކިތަންމެ އިރެއް ވާންދެންވެސް މީހަކަށް ބަލަން އޮވެވިދާނެއެވެ. ނޫރީންވެސް ލޯބިން ފުރިގެންވާ ނަޒަރަކުން ޒިވާއާއި ދިމާލަށް ބަލަން ހުއްޓެވެ. އެއަށްފަހު އެކޮޓަރިން ނިކުތުމުގެ ކުރިން ޒިވާގެ މޫނުމަތީގައި ބޮސް ދިނެވެ. އެހިނދު ކުއްލިޔަކަސް އޭނާ ފަހަތަށް ޖެހިލިއެވެ. ޒިވާގެ ނިތްކުރިމަތި ހީވަނި އަލިފާން އެތަށް އިރެއް ވާންދެން ޖައްސާފައި އޮތް ހެންނެވެ. އެހާވެސް ހޫނެވެ. އަދިވެސް އެއްފަހަރު އެކަން ޔަގީން ކޮށްލުމުގެ ގޮތުން ޒިވާގެ ދޮން ކަރުގައި އޭނާގެ އަތް ޖައްސާލިއެވެ. ޒިވާ އޮތީ ގަދައަށް ހުން އައިސައެވެ. މިވީ ދެތިން ދުވަހު މާ ފިނިވާތީ އޭނާ މިއުޅުނީ މިހެންވެތާއެވެ. އަތް ހަލާކުވެގެން އުޅެފަ އަތް ރަނގަޅު ނުވަނީސް އަނެއްކާ ހުން އައީއެވެ. އެ ދަރިފުޅުގެ ގައިގައި އަޅާނޭ ވޭން ހިތަށް އަރައިފައި ނޫރީންގެ ހިތަކަށް ކެތެއް ނުވިއެވެ.

ދުން ޖަހައިފައި އެކޮޓަރިން ނިކުމެ ނޫރީން ބަދިގެއާއި ދިމާލަސް މިސްރާބު ޖެހިއެވެ. އެއަށްފަހު ތަށްޓަކަށް ފެން އަޅައިގެން އައެވެ. އެ ފެންތަށިތެރެއަށް ހުދުކުލައިގެ ރުމާލެއް ލައި ފެނުން ތެންމާލުމަށްފަހު ޒިވާގެ މޫނުގައި ފެން ހާކަލިއެވެ. އެއަށްފަހު އެ ރުމާ އޭނާގެ ނިތްކުރިމަތީ ނުހަނު ލޯތްބާއިއެކީ ބާއްވާލިއެވެ. ދަރިއެއް އެހާ ބަލިވެފަ އޮށްވާ މަޔަކަށް ހަމަޖެހިލައިގެން އިނދެވޭނެހެއްޔެވެ؟ އިރުގަނޑެއް ވާންދެން އެހެން އިނުމަށްފަހު ޒިވާ އަރާމުކުރަން ބާއްވައިފައި ނޫރީން ތިރިއަށް ދިޔައެވެ.

ކުޑަކޮށް ކެއްސާލައިފައި ޒިވާ އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް އޭނާއަކަށް ތެދުވެވޭ ގޮތެއް ނުވިއެވެ. ގައިގައި ވަރެއް ނެތެވެ. އަނެއްކޮޅުން ތެދުވަން އުޅޭއިރަށް ތަންތާ ރިއްސަނީ އެފަދަ ގަދައަށެވެ. ކެތްކޮށްލެވެނީ ކިރިޔާއެވެ. ލޮލުންވެސް ދިލަ ނަގައެވެ. އަދި ހުންނަނީ ފާޑަކަށް ފިނިވެސް ވެފައެވެ. ޒިވާއަށް ޝައްކު ކުރެވުނީ އޭނާ ހުން އައީ ކަމަށެވެ. ނިތްކުރިމަތީ އަތްލީ ޔަގީން ކޮށްލުމުގެ ގޮތުންނެވެ. އަތް ކުއްލިޔަކަށް ދަމައިގަނެވުނީ ނިތްކުރި އާދައިގެ ވަރަށް ވުރެ މާ ހޫނުވީމައެވެ. ނަމަވެސް ހިތަވަރު ކޮށްލައިފައި ތެދުވެވޭތޯ ބެލިއެވެ. އޭނާ އެއޮތީ އަދި އަޞުރު ނަމާދު ނުކޮށެވެ.

ބަލީގެ މައްޗަށް ހިތްވަރު ގަދަކޮށްފައި ތަންތާ ހިފަހައްޓަމުން ގޮސް ފާޚާނާއަށް ވަދެ ވުޟޫކުރަން ފެށިއެވެ. ފެނަށް ހީވަނީ އައިސްގަނޑެއް ލައިފައި ހުރިހެންނެވެ. އެހާވެސް ފިންޏެވެ. ނަމަވެސް އޭނާ ހިތްވަރު ކުރިއެވެ. ﷲއަށް އަޅުކަން ކޮށްގެން ނޫނީ އޭނާއަށް އެއްވެސް ކާމިޔާބެއް ނެތެވެ. އެއްވެސް އުފަލެއް ނެތެވެ. ވީއިރު ނަމާދު ނުކުރެވޭވަރުގެ ފިނޑިއަކަށް އޭނާއަކަށް ނުވެވޭނެއެވެ. ޒިވާ ފާޚާނާއިން ނިކުމެ މަޑުމަޑުން ގޮސް ނަމާދަށް ތައްޔާރުވެ ނަމާދު ކުރަން ފެށިއެވެ. ކޮޅަށްް ހުރެވެނީވެސް ކިރިޔާއެވެ. ހީވަނީ ދެންމެ ދެންމެ ވެއްޓިދާނެހެންނެވެ. ނަމާދުކޮށް ނިމުމުން ޒިވާ އަވަހަށް ގޮސް އެނދުގައި އޮށޯވެލިއެވެ. އޭނާއަށް މާގިނައިރު ކޮޅަށް ނުހުރެވުނީއެވެ. އެގޮތުގައި އޮށްވާ އަނެއްކާވެސް ޒިވާއަށް ނިދިއްޖެއެވެ.

އާ ދުވަހަކަށް އިރުއަރައިގެން އައީ ޒިވާ ބަލި އެނދުގައި އޮށްވައެވެ. އޭނާގެ ހުން އަދިވެސް މަޑެއް ނުވެއެވެ. ހުންމަޑުވެލައިފައި އަނެއްކާވެސް ގަދަވަނީއެވެ. އޭނާ އެންމެފަހުން ސްކޫލަށް ނުދާގޮތަށް ނިންމިއެވެ. ކޮޅަށް ނުހުރެވޭ މީހަކަށް ސްކޫލަށް ގޮސް އެތާ ކިޔަވައިދޭ އެއްޗަކަށް ސަމާލުކަން ދެވޭނެހެވެ؟

ސްކޫލުގައި މިއަދު ޒިވާ ނެތުމުގެ ފަޅުކަން އެ ކްލާސް ހުރިހާ ކުދިންވެސް ފާހަގަ ކުރިއެވެ. އެހާ މަޖާ އަދި ކުދިންނާއި އެކުވެރި ކުއްޖެއް ސްކޫލަށް ނައުމުން ފޫހި ނުވާނީ ފަހެ ކާކުހެއްޔެވެ؟ “ޔާނީ.. މައި.. ކޮބާތަ މިއަދު ޒިވާ.. ނާދޭތަ ސްކޫލަކަށް؟” ސްކޫލުން ނިކުމެ ނިކުމެ ތިބި އަޔާނީ އާއި މައިހާ ގާތަށް ދުވަމުން އައިސް ހުއްޓެމުން ޔައީޝް އަހާލިއެވެ. “ހުމްމްމް.. އެހެންވެ އަވަހަށް ގެއަށް ދާން މިދަނީ ޒިވް އަށް ވީގޮތެއް ބަލަން.. ދޯ ޔާނީ..” މައިހާ އަޔާނީ އަށް ދޯ ދެމުން ބުނެލިއެވެ. ޔައީޝްވެސް ދެން އިތުރު އެއްޗެކޭ ނުބުނެ ގެއަށް ދިޔައީއެވެ.

****

މިދުވަސްކޮޅު އިވެމުންދާ ވާހަކަތަކާއި އޭނާގެ ޙަޔާތާއިމެދު ވިސްނޭ ވަރުން ޔައީޝް އަށް ދީނަށް ބޮޑަށް ސަމާލުކަން ދެވެމުން ދިޔައެވެ. އޭނާގެ މަންމަ އާއި ބައްޕަ ހުންނަނީ އެކަމާ ނުހަނު އުފަލުންނެވެ. އެއީ އެ ދެމީހުންނަކީވެސް ނުހަނު ދީނަށް ސަމާލުކަން ދީގެން އުޅޭ ދެމީހުންނަށް ވާތީއެވެ. ޔައީޝް މެންދުރު ނަމާދަށްފަހު ޤުރުއާން ކިޔަވާލަން މިސްކިތުގައި މަޑުކޮށްލިއެވެ. އެއަށްފަހު ގާތްގަނޑަކަށް ބައިގަޑިއިރު ފަހުން ގެއަށް އައެވެ. މަންމަގެ ސުވާލަކާއި ކުރިމަތި ނުވެ ކޮޓަރިއަށްވަދެ ފިލާވަޅުތަކައިގެން ކުރިއަށް ދިޔައެވެ.

ފިލާވަޅު ހެދުނީ ކިރިޔާއެވެ. އޭނާގެ ހިތަށް ޒިވާގެ ނަން ވަނެވެ. ޒިވާގެ ޙާލަކީ ކޮބައިކަމެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އެ ނިކަމެތި އަންހެން ކުއްޖާއަށް ވީ ކިހިނެއް ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. ފޮތްތައް އެއްފަރާތް ކޮށްލުމަށްފަހު އޭނާގެ އުޅަނބޮށި މޭޒުމަތީގައި ވިއްދާލިއެވެ. އެއަށްފަހު މިދުވަސްކޮޅު މި ހިނގާ ޙާދިސާ ތަކާއިމެދު ވިސްނަން ފެށިއެވެ. ކޮންމެގޮތެއް ވިޔަސް މައިހާމެންނަށް އެހީތެރިވެދޭނެކަމަށް އޭނާއަށް އޮތީ ބުނެވިފައެވެ. އެހެން ނޫނަަސް އޭނާ އަމިއްލައަށް ނަމަވެސް މި ކަމަކުން ޒިވާ ސަލާމަތް ކޮށްދޭން ބޭނުމެވެ. އެހެން ކަމުން އޭނާއަށް ޒިވާ ފެނިފަ ވާ ކޮންމެ ތަނެއް ހަނދާނަށް ގެނެސްގެން ވިސްނަން ފެށީ ޒިވާއަށް ޖެއްސުން ކުރާ މީހެއްގެ ކުޑަވެސް ހިލަމެއް ވެދާނެ ކަމުގެ އުންމީދުގައެވެ. އޭނާގެ ހަނދާނަށް ކުއްލިޔަކަށް ކަމެއް މެދުވެރިވާން އުޅުނު ވަގުތު ނުހަނު ގާތުން އަންހެން އަޑަކުން ކަރުކެހިލިއެވެ. “ހާދަ ވަރުގަދަ ވިސްނުމަކަށް ގެއްލިފަ؟” އެމީހަކު ސުވާލު ކޮށްލިއެވެ. ޔައީޝް ބަލައިވެސް ނުލާ އިނދެ ޖަވާބު ދިނެވެ. “ނުވިސްނަން ކަމަކާ..” ނޭނގުމެއްގެ ތެރެއިން އޭނާއަށް އެ ޖަވާބު ދެވުނެވެ. ހަމަ ބިމަށް އޭނާއަށް އާދެވުނީ އެވަގުތުއެވެ.

“ދޮންތާ…” އޭނާގެ ވައަތް ފަރާތުގައި އުނަގަނޑުގައި އަތް ވިއްދާލައިގެން ހުރީ އަންހެނެކެވެ. މޫނު ބުރުގާއިން މޫނު ނިވާކޮށްފައި ވީއިރު ފެންނަން އިނީ ހަމައެކަނި ދެލޮލެވެ. އެހެންނަމަވެސް ފެންނަން އިން ތަންކޮޅުންވެސް އެ އަންހެން ކުއްޖާގެ ދޮންކަން އިނގެއެވެ. ލޯ ހަނިކޮށްލައިފައި ވީގޮތުން އޭނާ ހުރީ ހިނިއައިއްސަކަން ދެނެގަންނާކަށް އުނދަގުލެއް ނޫނެވެ. ކަޅުކުލައިގެ ބަޓަފްލައި ހެދުމުގައި ވީއިރު ދެފައިތިލަ ވަނީ ކަޅު އިސްޓާކީނަކުން ފޮރުވާލައިފައެވެ. އަދި ދެއަތް ވަނީ ކަޅު އަންގިއަކުން ނިވާ ކޮށްލެވިފައެވެ. ޔައީޝް ކުޑަކޮށް ހަޅޭތް ލަވައިގަންނަމުން އޭނާގެ ގާތުގައި ހުރި ޔަންހާ ގައިގައި ބައްދާލީ ނުހަނު އުފަލުން ހުރެއެވެ. ޔަންހާވެސް އޭނާގެ ލޯބިވާ ކޮއްކޮގެ ބޮލުގައި ފިރުމާލިއެވެ. އުފާވެރިކަމުގެ ކަރުނަ އެ ލޯތަކުން ނީރާލައިފައި ވިއެވެ.

“އަނހަ ހާ… ބަލަ ޔައި… ކިހިނެތް ތިވަނީ؟ ދޮންތަ މި އައީއޭ… ދޮންތަގެ ސުޕަމޭން އަށް ކިހިނެތް މި ވަނީ… އަވަހަށް ހުއްޓާލާ… ދެން ތިއީ މިހާރު ބޮޑު ކުއްޖެއްނު… ހިތްވަރު ގަދަކުރަންވާނެއްނު.. ދޮންތަގެ ލޯބިލޯބި ކޮއްކޮ ރޮންޏާ ދޮންތަ ކިހިނެއް ހަދާނީވެސް.. ގެނައި ހަދިޔާތަށް ދޮންތަ އަމިއްލަ އަށް ކާލާނީ އިނގޭ.. ނޫނީ އަވަހަށް ހުއްޓާލާ… ދެން އޮތް ގޮތަކީ ދޮންތަވެސް ތުން ފިއްތާފައި ރޯން ފެށުން..” ޔައީޝް ކިތަންމެ ކެތް ކުރި ނަމަވެސް އޭނާގެ ދޮންތަ ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން އުފަލުން ރޮވުނީއެވެ. ޔަންހާވެސް ރޮވިފައިވީ އަޑަކުން، އެހެން ނަމަވެސް އުފަލުން ހުރެ އޭނާގެ ކޮއްކޮއަށް ވިސްނައިދެމުން ދިޔައެވެ. ޔަންހާ ސަމާސާ ކޮށްލުމުން ޔައީޝްވެސް ހެމުން ހެމުން އޭނާގެ ދޮންތައާއި ދުރުވިއެވެ.

ޔަންހާ އެ އައީ ސައުދީގައި ކިޔަވަން ހުރުމަށްފަހު ދެ އަހަރު ދުވަސް ފަހުންނެވެ. ދެއަހަރަށް އޮތް ކޯހަކަށް ވުމުން ޚަރަދު ބޮޑު ވާނެތީ ކޯސް ނިންމާލައިފަ ނޫނީ ނާންނަން އޭނާ ކަނޑައެޅީއެވެ. ޔަންހާ ދާތީ އެ ދުވަހު ޔައީޝް ރުއި ވަރުން ޔަންހާއަށްވެސް ކެތް ނުވިއެވެ. “ދެން ދޮންތާ.. ދެން ހަމަ ޔޫން މެދު ކުއްޖާވީމަ އެކައްޗެއްވެސް ނުލިބޭތަ؟ ހުރިހާ އެއްޗެއް ޔައި އަށް.. ހުއް.. ޔޫން އެބަ ޖެލަސް ވޭ މިހާރު.. ސަވާބު ކޮޅު ނުގެއްލެނީސް ދޮންތަ ޔޫން އަށް ވިސްނައިދީބަ… ވާހަކަ އަކާއިއެއްކޮށް.. ޕްލީޒް..” ޔައީޝްގެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލި ޔުއާން ދެއްކި ވާހަކަ އަޑުއިވިފައި ޔައީޝް އާއި ޔަންހާ އަށްވެސް ހެވުނެވެ. ކުޑައިރުވެސް ޔަންހާ އެކުދިންނަށް ވާހަކަ ކިޔައިދޭތީ މިހާރުވެސް އެމީހުން ހަމައެގޮތެވެ. ސައުދީގައި އޭނާ ހުރި އިރުވެސް ވީޑިއޯ ކޯލްގެ ޒަރީޢާއިން އެކުދިންނަށް ބައެއްފަހަރު އޭނާ ވާހަކަ ކިޔައިދެއެވެ.

“ހެހެހެހެ.. ޔޫން ދައްކާ ވާހަކަ… އާ އާދޭ މިތާ އެނދުގަ އިށީންނަން.. ދޮންތަގެ ލޯބި ލޯބި ދެ ކޮއްކޮ އިށީންނާނީ ދޮންތަގެ ދެފަރާތުގަ… އޭރަށް ހަމަ ހަމަ ވާނެއްނު؟ އޯކޭ ދޯ އެގޮތް؟ ވަރަށް ވާހަަކަ ދައްކަންވެފަ އެބަހުއްޓޭ އަސްލުގަވެސް..” ހިނިތުން ވެލަމުން ނުހަނު ލޯތްބާއިއެކީ ޔަންހާ އޭނާގެ ދެ ކޮއްކޮއަށް އެހެން ބުނެލުމަށްފަހު ޔައީޝްގެ މަޑު އެނދުގައި އިށީންދެލިއެވެ. “ފަސްޓް އޮފް އޯލް… ކިހިނެއް ވަނީ ސަޕްރައިޒް؟” ޔަންހާ ހިނިގަނޑެއް ޖަހާލަމުން އޭނާގެ ދެ ކޮއްކޮއަށް މުޚާތަބުކޮށް ބުނެލިއެވެ. ޔުއާން އާއި ޔައީޝް އެ ދެމީހުންނަށް އިޙުސާސް ކުރެވުނު އުފާވެރިކަން ކިޔަިދީ ނިމުމުން އޭނާ އަނެއްކާވެސް އޭނާގެ ވާހަކައައިގެން ކުރިއަށް ދިޔައެވެ. “ދޮންތަ ހަމަ ސަޕްރައިޒެއް ދޭންވެގެން ޔޫން ގާތުވެސް ނުބުނީ.. ވީޑިއޯ ކޯލް އެންމެ ފަހުން ކުރި ރޭ ރަށަށް ނާދެވޭ ވާހަކަ ބުނި އިރު ޔޫން އަށް ވީ ގޮތް ފެނި ދޮންތަ އިނީ ހީހީ ބަލިވެފަ… އެހެންނު ވާނީ ޔޫން ހާދަ ފަސޭހައޭ ކަންކަން ގަބޫލު ކޮށްލާލެއްވެސް ދޯ… އޯކޭ.. އެނީވޭސް.. ދޮންތަ މިއަދު ޔޫން އާއި ހެދި އަނެއްކާވެސް ސްޓޯރީއެއް ކިޔައިދޭނަން.. މި ކަންފަތް ތަކުން ރަނގަޅަށް އަޑުއަހަށްޗޭ…” ޔައީޝް އާއި ޔުއާންގެ ކަންފަތުގައި ލޯބިން ހިފާލަމުން ޔަންހާ އެހެން ބުނެލި ވަގުތު އެ ދެ ފިރިހެން ކުދިންގެ ތުންްފަތުން ވެސް ބޭރުވީ “އައުޗް..” އެވެ.

އެއަށްފަހު ޔަންހާ ލަސްތަކެއް ނުކޮށް އޭނާ ކިޔައިދޭން އުޅުނު ވާހަކަ ކިޔަިއދޭން ފެށިއެވެ. އޭނާ ކިޔައިދިނީ އަހަރެމެންގެ މާތް ނަބިއްޔާ ޙަސަދައާއި ގުޅިގެން ބުނެފައިވާ ޙަދީސް އާއި ގުޅުވާލުމަށްފަހު ފަހުގެ ތާރީޚެއްގައި ހިނގައިފައިވާ ޙާދިސާއެކެވެ. ޔައިޝްއާއި ޔުއާން އިނީ ނުހަނު ފަރުވާތެރި ކަމާއިއެކު އެކުދިންގެ ދޮންތަ ކިޔައިދޭ ވާހަކައަށް އަޑު އަހާށެވެ. އެއިރު އެ ކޮޓަރީގެ ދޮރުމަތީގައި ކަޅުކުލައިގެ ބޮޑު ބުރުގަލަކާއި އަބާޔާއެއް ލައިގެން ހުރި ހައިފާ، އަދި އާދައިގެ ވަރަކަށް ތުނބުޅި ބަހައްޓާފައިވި ޔާސިން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލީ އެ އުފާވެރި ޢާއިލާގެ އުފާވެރިކަން އެގޮތުގައި ދެމެހެއްޓެވުމަށް އެދި ﷲގެ ޙަޟްރަތުގައި ހިތާހިތުން ދުޢާ ކޮށްލަމުންނެވެ.

“ވާއު… ވަރަށް ރީތި ސްޓޯރީ… އެހެންވެ އޭރުވެސް ޔައި ބުނީ ޔައި އާއި އެހާ ދުރަށް ބޭރަށް ނުގޮސް ރާއްޖޭގަ ހުރެގެން ދޮންތަ ޓީޗިން ހަދާށޭ.. ދޮންތަ ވަރަށް މޮޅު… ދެން ނުދައްޗޭ ދޮންތަ… ޔައި މާ ބޮޑަށް މިސް ވަނީ…” ޔައީޝް ޔަންހާ އަށް ތަޢުރީފުކޮށްލުމަށްފަހު އެހިތުގައި ވީ ޝަކުވާތައް ބޭރުކޮށްލިއެވެ. ޔަންހާވެސް ހިނިތުންވުމަށްފަހު ބޯ ޖަހާލިއެވެ. “ސޭމް ހިއަރ.. އައި މިސްޑް ހާރ ޓޫ…” ޔުއާންވެސް ޔައިޝްގެ ވާހަކައަށް އިތުރުކޮށްލިއެވެ. “ދަރިފުޅާ ޔަން… އިރުކޮޅަކުން މިތާ ސިޓިންގް ރޫމަށް އަންނައްޗޭ… މަންމައާއި ބައްޕަ ކުޑަ ވާހަކައެއް ދައްކާލަން ވެގެން..” ހިނިތުންވެލައިގެން ހުރި ހައިފާ ޔަންހާ އަށް ގޮވާލަމުން ބުނެލިއެވެ. ޔަންހާވެސް ބޯ ޖަހާލުމަށްފަހު ދާނަމޭ ބުންޏެވެ.

“ދަރިފުޅާ… ދަރިފުޅަށް މިހާރު މިހާރު ތޭވީސް އަހަރު ވީ… ކިޔަވާވެސް ދެން ތި ނިމުނީ… ވަޒީފާއަށް ދެން ވީހާވެސް އަވަހަކަށް ކުރިމަތި ލާން ވީ… އަދި އެއަށްވުރެވެސް މުހިއްމު ކަމެއް އެބައޮތް އެކަމަކުވެސް… ދަރިފުޅު ތިއީ މިހާރު ފުރާ ފުރިހަމަ ވެފަ ހުރި އަންހެން ކުއްޖެއް… ދަރިފުޅު ކައިވެންޏަކާއި ހަމައަށް ދާކަށް ނުވިސްނަންތަ؟” ޔަންހާގެ ހިތް ކުޑަކޮށް ތަޅުވާލުމަށްފަހު ޔާސީން ސީދާ މައުލޫއަށް ދިޔައެވެ. ޔަންހާ އިނީ ދެއަތް ދެއަތާއި މޮޑެލަ މޮޑެލާއެވެ. ކައިވެނީގެ ވާހަކަ ބުނުމުން ފިނިވީއެވެ. އެއިރު ޔުއާން އާއި ޔައީޝް އައިސް ހައިފާމެން ތިބި ސޯފާ ކައިރީ މަޑުކޮށްލަނީއެވެ. “ބައްޕައަށް އެއްވެސް މައްސަލައެއް ނެތް އަދި ކުޑަ ތަންކޮޅެއް ދަރިފުޅު ބޭނުމިއްޔާ ލަސްކޮށްލިއަސް… އެކަމަކު ބައްޕަގެވެސް އަދި މަންމަގެވެސް ވަރަށް ބޮޑު އުންމީދެއް އެއީ މިއަހަރު ތެރޭގައި ޔަންހާގެ ކައިވެނި ވެވިގެން ދިޔުން… ދަރިފުޅު ވިސްނާލައިފަ ޖަވާބެއް ދެއްޗޭ… ދަރިފުޅަސް ކަމުދާ ކުއްޖަކު ހުރި ނަމަ ބައްޕަމެން ގާތު ވީހާވެސް އަވަހަކަށް ބުނެލާތި… އެހެން ނޫނީ ބައްޕަމެންވެސް ރަނގަޅު ކުއްޖަކު ހޯދަފާނަން..” ޔާސީން އާއި ހައިފާ ހުރީ އެވާހަކައަށް ވަރަށް ކުރިއްސުރެ ތައްޔާރު ވެގެންކަން ދެންމެ ދެއްކި ވާހަކަތަކުން ވަރަށް ރަނގަޅަށް ހާމަވެގެން ހިނގައްޖެއެވެ.

“ހޯ ހޯ… ދޮންތަ ގަނޑާ… ކޮން ދުވަހަކަން ވެޑިން؟ މިޑް ޓަރމް ބްރޭކަށް ހަދައްޗޭ… އެއިރުން ޔައި އަށްވެސް ތަން ރެޑީކުރަން އުޅެވޭނީވެސް.. ސްކޫލް ވީމަ ބުރަ ވާނެ..” ޔާސީން އާއި ހައިފާގެ ވާހަކަ ނިމުމުން ޔައީޝް އޭނާގެ ޚިޔާލު ފާޅު ކޮށްލިއެވެ. އެއިރު ޔަންހާ ހުރީ މޫނުފޮތިކޮޅު ނަގައިގެން ކަމުން އެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ވަރަށްވެސް ރީއްޗަށް ހާމަވަމުން ދިޔައެވެ. އޭނާ ތުންފަތް އޫ ކޮށްލުމަށްފަހު ޔައީޝްއަށް ގޮވާލައިފަ އޭނާ ގައިގަ ބޮނޑިއެއް އަޅާލިއެވެ. އެއަށްފަހު ހަމަޖެހިލީ ތަނާ އަނެއްކާ ޔުއާން ދިމާކުރަން ފަށައިފިއެވެ. އެންމެ ފަހުން ޔަންހާވެސް ދުލެއް ނުކުރިއެވެ. ސޯފާއިން ތެދުވެ ޔުއާން އާއި ޔައީޝްގެ ފަހަތުން ދުއްވައިގަތެވެ.

ސޯފާގައި އެ ކުދިންގެ މަޖާ ޢަމަލުތަކަށް ހެވިފައި ތިބި ހައިފާ އާއި ޔާސީން އިތުރަށް ހެވެމުން ދިޔައެވެ. ޔާސިންވެސް ހައިފާގެ ކޮނޑުގައި ހިފަހައްޓާލީ ލޯބިންނެވެ. އެދެމީހުން ހިތްހަމަ ޖެހޭގޮތަށް ދަރިން ތަރުބިއްޔަތު ކުރެވެމުން އެބަދެއެވެ. “މި ކުދިންގެ ސަމާސާއަކަށް ދުަވަހަކުވެސް ނިމުމެއް ނާންނާނެ..” ހައިފާ ހެމުން ހެމުން ދެފަރާތަކަށް ކުޑަކޮށް ބޯ ހޫރުވާލުމަށްފަހު ބުނެލިއެވެ.

****

ހުން އައިސް ރަތްވެފައި އޮތް ޒިވާގާތުގައި އޭނާގެ ޚިދުމަތުގައި އެތަށް އިރެއް ވާންދެން އިންދާ ޒިވާގެ ކޮޓަރީގައި މީހަކު ޓަކި ޖަހާލި އަޑު އެކޮޓަރީގައި އިން ނޫރީންއަށް ވަރަށް ރީއްޗަށް އަޑު އިވުނެވެ. އެ އަޑަށް ސަމާލުކަން ދީގެން މިއޮށްފަދަ މެންދުރު ގަޑީގައި އަންނާނީ ކާކު ކަމާމެދު ސުވާލު އުފައްދަމުން ސިޑިން ފައިބައިގެން ދިޔައެވެ. އެއަށްފަހު ޒިވާގެ ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދޮރު ކުރިމަތީގައި ފުރިހަމަ ހިނިތުން ވުމަކާއިއެކު ތިބީ އަޔާނީ އާއި މައިހާއެވެ.

“އަނހަ.. ދެކުދިން ކީއްކޮށްލަނީ މިގަޑީގަ؟” އެކުދިން އަންނާނެ ސަބަބު ހީވި ނަމަވެސް އިތުރަށް ޔަޤީން ކޮށްލުމުގެ ގޮތުން ނޫރީން އެދެކުދިންނާއި ސުވާލު ކުރިއެވެ. “ޒިވް މިއަދު ސްކޫލަށް ނުދާތީވެ ކިހިނެއް ވީތޯ ބަލައިލަން ވެގެން މިއައީ..” މައިހާ ނޫރީން އަށް ބަލަން ހުރެ ބުނެލިއެވެ. “ނޫރީން ދައްތާ ކޮބާތަ ޒިވް؟” އަޔާނީ ކުޑަކޮށް އެ ކޮޓަރީގެ އެތެރެއަށް ނަޒަރު ހިންގާލަމުން ނޫރީން އާއި ސުވާލެއް ކޮށްލިއެވެ.

“އާދޭ އެތެރެއަށް.. ދެކުދިން ބޭނުމިއްޔާ.. ޒިވް އެބޮތް.. ހުން އައިއްސަ އޮތީ.. އެހެންވެ ނުދެވުނީ ސްކޫލަށް..” ނޫރީން ތަން ދެއްކުމުން ބަލާކަށްނުހުރެ ދެކުދިން ގޮސް އެ ސިޑިން މައްޗަށް އަރަން ފެށިއެވެ. ނޫރީންވެސް ހިނިތުން ވެލީ އޭނާގެ ދަރިފުޅަށް އެހާ ހިތްހެޔޮ އެކުވެރިންތަކެއް ﷲ ދެއްވުމުން ދަރިފުޅަށްޓަކައި އުފާކުރާ ޙާލުއެވެ. އެއަށްފަހު އެކުދިންނަށް ވަގުތު ދިނުމުގެ ގޮތުންނާއި އެއްކޮށް އެނާގެ ކޮޓަރިއަށްވަދެ ސޯފާގައި ހަމަޖެހިލިއެވެ.

“ޒިވް… ކިހިނެއް ވެފަ މިއޮތީ..” ލޯ ހުޅުވާލައިގެން އޮތް ޒިވާ އެއްފަރާތަކަށް ބަލައިލީ މައިހާ އާއި އަޔާނީގެ އަޑު އިވުމުންނެވެ. މައިހާ ކަންބޮޑުވެހުރެ ސުވާލު ކުރަން ފެށިއިރު އަޔާނީ އައިސް އޭނާގެ ކަރުގައާއި ނިތްކުރިމަތީގައި އަތްލައިފައި ހުން ހުރި ވަރެއް ބެލިއެވެ. “ދެމީހުންވެސް.. ދެން ޒިވް އަށް މާ ބޮޑުވަރެއް ނުވެޔޭ.. ކުޑަކޮށް ހުން އައީ.. މިހާރު އެބަ ރަނގަޅުވޭ…” ހިތި ހިނިތުން ވުމަކާއިއެކު ހިތްވަރު ކޮށްލަމުން ޒިވާ ބުނެލިއެވެ. ޙަޤީގަތަކީ ހަށިގަނޑުގައި އަޅާ ވޭނުން އޭނާއަށް ކެތްކުރެވެނީވެސް ކިރިޔާ ކަމެވެ. އެއާއި އެއްކޮށް އަތުން ވެސް އެވަރަށް ދިލަ ނަގަމުން ދިޔައެވެ.

“ޝްޝްޝް.. ޗުޕް.. އެކައްޗެކޭވެސް ކިޔާނެ ކަމެއް ނެތް.. ބަލި ވިޔަސް ދުވަހަކުވެސް ޤަބޫލެއް ނުކުރާނެ.. ރީތިކޮށް މަޑުން އޮވޭ..” މައިހާ ޒިވާއަށް އިނގިލި ދިއްކޮށްލަމުން ނުރުހުންވާގޮތަށް ބުނެލިއެވެ. އޭނާ އެހެން ބުނީ ޒިވާއާއި ދޭތެރޭ ކަންބޮޑުވާ މިންވަރުންނެވެ. “ތެދުވަން ހިތަށްވެސް ނާރުވާތި.. މިއަދު ޖެހޭނީ އަހަރެމެން ދިން އެއްޗެއް ކައިގެން ބޮއެގެން ބަސް އަހައިގެން އޮންނަން.. ނޫރިން ދައްތަ ކައިރީ ގަދަ ހެދިޔަސް އަހަރެމެން ކައިރީ ގަދަ ދައްކާކަށް ލާހިކެއް ނޫން..” އަޔާނީވެސް މައިހާއާއި އެއްބައި ވެލައި އެހެން ބުނެލިއެވެ. ޒިވާވެސް އެންމެ ފަހުން ހަތިޔާރު ބެހެއްޓުމަށްފަހު ހިނިތުން ވެލައިގެން އޮތީއެވެ. “މަ އެބަ އަންނަން.. ޔާނި މި އަންހެނާއަށް ބޭސް ރެޑީ ކުރޭ.. ނަމަނަމަ ތެދުވިޔަ ނުދޭތީ..” މައިހާ އަޔާނީ ގާތު ކަންތައް ކުރަންވީ ގޮތް ބުނެލުމަށްފަހު ދެ އިނގިލި އޭނާގެ ލޮލާއި ކައިރި ކޮށްލުމަށްފަހު ޒިވާއާއި ދިމާލަށް ހަމަ އެ ދެއިނގިލި ދިއްކޮށްލީ ޒިވާ ކުރާ ކަންތައް ތިމަންނަ ބަލާނަމޭ ބުނާ ފަދައަކުންނެވެ. ޒިވާއަށް އެވަގުތު ހެވުނެވެ.

އަޔާނީވެސް ބޭސްތައް ސައިޑް ޓޭބަލް ކައިރީ ބެހެއްޓުމަށްފަހު ފެން ފޮތިން ޒިވާގެ ނިތްކުރި މައްޗާއި މޫނު ފުހެދެމުން ދިޔައެވެ. އޭނާގެ ދެލޯ މަރާލައިގެން އޮތީ ނިދިއަންނަ ވަރުންނެވެ. ޒިވާ އެހެން އޮތުމަށްފަހު ކަމެއް ހަނދާންވެގެން ކުއްލިޔަކަށް، ނަމަވެސް މަޑުމަޑުން ތެދުވަން ފެށިއެވެ. “ޒިވް.. ހަމަ މިހާރު އޮށޯވޭ.. ޒިވް އާ ދޭތެރޭ ވިސްނާތީއޭ ޔާނީ މެން މިހެން މި ކިޔަނީ..” އަޔާނީ ޒިވާގެ ދައްދޮޅީގައި ހިފަހައްޓާލުމަށްފަހު ބުނެލިއެވެ. “އެކަމް.. ޒިވް އަދި މެންދުރު ނަމާދު ނުކުރެވޭ… އެހެންވިއްޔާ ޔާނީ ހިނގާބަ ޒިވް ގޮވައިގެން ފާޚާނާއަށް.. ވުޟޫކުރަންވެގެން..” ޒިވާ އަސަރާއިއެކު އެހެން ބުނުމުން އަޔާނީ މިފަހަރު އޭނާ ގޮވައިގެން ދާން ނިންމިއެވެ. އެހެން ނޫނަސް މާތްﷲ ކުރަން ފަރުޟު ކުރެއްވި ކަމެއް ކުރުމަށް އެޅޭ ހުރަހަކަށް އޭނާ ވާކަށް ބޭނުމެއް ނޫނެވެ.

މައިހާ ތިރިއަށް ގޮސް ނޫރީންގެ އެހީ އާއިއެކު ސޫޕެއް ތައްޔާރު ކޮށްލައިގެން އޭތި ޒިވާއަށް ބޯންދިނުމަށްޓަކައި ހިފައިގެން ކޮޓަރިއަށް އެރި އިރު ޒިވާ ހުރީ ނަމާދު ކުރާށެވެ. އެ މޫނުމަތިން ފެންނަނީ ވަރުބަލި ކަމެވެ. ނަމަވެސް އޭނާ އެބަ ހިތްވަރު ކުރެއެވެ. މައިހާ ސޫޕްތަށި ގެންގޮސް ސައިޑް ތޭބަލް މަތީ ބަހައްޓާލިއެވެ. އެއަށްފަހު އެތާ ހުރި ތައްޓަކަށް އެ ތޭބަލް މަތީ ހުރި ބިއްލޫރި ޖަގުން ފެން އަޅާލިއެވެ.

ދެމީހުންގެވެސް ނަޒަރު ކުއްލިޔަކަށް ހުއްޓުނީ ސަލާން ދިނުމަށްފަހު ތެދުވަން އުޅުނު ޒިވާ އަރިއަޅާލިތަން ފެނުމުންނެވެ. އަވަހަށް ގޮސް ދެކުދިން ވެގެން އޭނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ގެނެސް އެނދުގައި ބޭންދިއެވެ. “މި ބޮއެގެން ދެން ޒިވް އޮށޯންނަން ވާނީ.. ދެންމެވެސް ތި އަރިއަޅާލީ.. ގައިގަ ވަރު ޖެހޭނީވެސް އެއްޗެއް ކާލީމައޭ… އަން.. މައި އާއި ޔާނިގެ އަތުން މިއަދު ޒިވް މީތި ބޯނި… އޯކޭ؟” ޒިވާގެ ޖަވާބަކަށް ބެލުމެއް ނެތި އެ ދެކުދިން ޒިވާއަށް އެ ސޫޕް ބޯންދޭން ފެށިއެވެ. ޒިވާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ނީރާލީ މައިހާ އާއި އަޔާނީ އޭނާއަށް އަޅާލާ މިންވަރުންނެވެ. ދުރުގައި އެ މަންޒަރުތައް ބަލަން ހުރި ނޫރީންގެ ހިތުގައިވެސް އެކުދިންނަށްޓަކައި ލޯބި ފުރިގެން އައެވެ. ހިނިތުންވެފެއި އެތާ އިރުކޮޅެއް ވަންދެން ހުރުމަށްފަހު އޭނާ ބަދިގެއަށް ދިޔައެވެ.

މައިހާ ހުރީ އޭނާ ސޫޕް ކައްކަން ގެންގުޅުނު ސާމާނުތައްވެސް ދޮވެފަ ކަމުން ނޫރީންއަށް އެކަންވެސް ކުރާކަށް ނުޖެހުނެވެ. ނަމަވެސް މެންދުރު ކާނެ އެއްޗެއް އަދި ތައްޔާރުނުކޮށް ހުރުމުން އޭނާ އެކަމައިގެން އުޅުނެވެ. ތަރުކާރިކޮޅެއް ކޮށަން އޭނާ ހުރިއިރު އެ ތުންފަތުގައި ވީ ހިނިތުންވުމެކެވެ. އެގޮތުގައި ހުރި ނޫރީންގެ ހިތުގެ ހަމަޖެހުން ނަގާލީ ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑުގައި އަތް ލުމުންނެވެ. ސިހުނުވަރުން އޭނާއަށް ފުންމައިގެން ފަހަތަށް އެނބުރެވުނެވެ. “ހެހެހެ… ދޮންތާ.. މީ ވަގެއް ނޫނޭ…” ނޫރީން އަށް ވީ ގޮތުން ފަހަތުގައި ހުރި ނައިޝަމްއަށް މަޖާވިއެވެ. ނޫރީންވެސް ދެބުމަ ގޮށްޖަހާލަމުން ނައިޝަމްގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. އެ ދެމެދުގައި ދޮންތައަކާއި ކޮއްކޮއަކަށްވުރެ ބޮޑަށް އޮންނަނީ މަންމައަކާއި ދަރިފުޅެއްގެ ގުޅުމެވެ. އެއީ ނޫރީންއާއި ނައިޝަމްގެ ދެމެދުގައިވައި އުމުރުގެ ފަރަގު ބޮޑުކަމުން ކަމަށްވެސް ވެދާނެއެވެ. ނައިޝަމް އަށް އަދި ވީ ސައްވީސް އަހަރެވެ. ނޫރީން މިހާރު ގުނަމުން އެދަނީ ތިރީހުގެ ފަހުކޮޅެވެ. އެ ދެމީހުންގެ މައަިންބަފައިން މަރުވި އިރު ނޫރީން އުޅެނީ ޒައިފްއާއި އިނދެގެން ކަމުން ދެން ނައިޝަމް ބެލީ އޭނާއެވެ. އެދެމީހުންގެ މައިންބަފައިންގެ ތިބެނީ ނޫރީން އާއި ނައިޝަމްއެވެ.

ނައިޝަމްއަކީ މޫނުގެ ކުލަ އަލި ޒުވާނެކެވެ. ކަޅުކުލައިގެ ފަށްބޯ ފަން އިސްތަށިގަނޑު ވަނީ އާދައިގެ ވަރަކަށް ކުރުކޮށް ކޮށާލައިފައެވެ. ކުޑަކޮށް ދިގުކޮށް ބަހައްޓާފައިވާ ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ލައިފައި ހުރީ މަޑު މުށިކުލައަކަށްދާ ގަމީހަކާއި ކަޅު ފަޓުލޫނެކެވެ. “ސިއްސައިގެން ނުދިޔައްޔާ ދެރައެއްނު… ތިހިރީވިއްޔަ އައި ގޮތް.. ނުވެސް ބުނެލައި ހަމަ ކުއްލިޔަކަށް ތި ފާޅުވަނީ… ސާބަސް ދަރިޔާ… ނަސީބެއް ދޮންތަގެ ހިތް ނުހުއްޓުނުކަން…” ނޫރީންވެސް ކުޑަކޮށް ސަމާސާކޮށްލަމުން ބުނެލިއެވެ. ނައިޝަމް ހުރީ އެއިރު ހީހީ ބަލިވެފައެވެ. “ދޮންތަވެސް ދެން… ކިހިނެއް ވަނީ ސަޕްރައިޒް؟ ކޮބާ ޒިވްކޮ؟” ނައިޝަމް ޒިވާއާއި މުޚާތަބުކުރަނީ އެންމެންނާއި ތަފާތުކޮށެވެ. އެއީ އޭނާ ޒިވާދެކެ ވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. “ސަޕްރައިޒް ސަޕަރައިޒްވެގެން ގޮސް މިއޮތީ އޯވާވެފަ… ދެން ޒިވް އެބޮތް ކޮޓަރީގަ… ހުން އައިސްގެން..”

ނޫރީން އޭނާ ބުނަން ބޭނުންވި ވަރަށް ބުނެ ނިމުންތަނާ އިތުރު ވާހަކައަކަށް ބެލުމެއްނެތި ނައިޝަމް އެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެތަން ބަލަން ހުރި ނޫރީންވެސް ހިނިތުންވަމުން ކުޑަކޮށް ދެފަރާތަކަށް ބޯ ހޫރުވާލިއެވެ. ކޮޓަރީގައި އޮތް ޒިވާއަށް ހަޅޭތް ލަވައި ގަނެވުނީ ދޮރުމައްޗަށް އެރި ނައިޝަމްގެ ސަބަބުންނެވެ. ޒިވާގެ އެ ޢަމަލުން މައިހާ އާއި އަޔާނީވެސް ދިޔައީ ސިއްސައިގެންނެވެ. ޒިވާގެ ގައިގައި ކުޑަކޮށް ވަރުޖެހިލައިފައި ވުމުން މިހާރު ކުޑަކޮށް ރަނގަޅެވެ. ނަމަވެސް ނައިޝަމް ފެނުމުން އޭނާއަށް ހީވީ ގައިގައި އިތުރު ބާރެއް އުފެދިގެން ދިޔަ ހެންނެވެ. އޭނާ އަވަހަކަށް އެނދުގައި އިށީންދެލިއެވެ. “ތުއްތު ކޮން އިރަކު އައީ؟” ބައްތިރީސް ދަތް ފެންނަވަރަށް ހިނިތުންވެލައިގެން އިނދެ ޒިވާ ނައިޝަމް ގާތު އެއްސެވެ.

“އަދިވެސް ތުއްތު އައި އިރެއްތަ ބަލަން ވީ؟ ބަސް އަހައިގެން އޮވޭ މިތާ ރީތިކޮށް… ނޫނީ ތުއްތު ގެނައި ޗޮކޮލެޓްތައްވެސް މިތާ ކައިރި ކުދިންނަށް ބަހާލައިފަ ބޮޑުއެތި ތުއްތު ކާލާނަން… އަދި ނުލާހިކު މީރު ޗޮކޮލެޓް އެއްވެސް އޮތް… ތުއްތު ވަރަށް ކާހިތުން ހުރީ އޭތި ގަތް އިރުވެސް.. ދެން އެކަމް ތުއްތު ބުނާގޮތް ޒިވްކޮ ނަހަދަންޏާ ތުއްތުއަށް މާ ރަނގަޅު.. އޭތި ޒިވްކޮ ކުރިމަތީގަ ހަމަ މީރުމީރުކޮށް ކާލާނީ..” ނައިޝަމް ޒިވާގާތު ދެއްކި ވާހަކައިން މައިހާ އާއި އަޔާނީ ތިބީ ހިނިގަނޑު ގަދަކަމުން ހިފަހައްޓާލއިގެންނެވެ. ޒިވާވެސް ތުން އޫކޮށްލުމަށްފަހު ތުއްތުވެސް ވަރަށް ފޮނިވާނޭ ބުނެ އޮށޯވެއްޖެއެވެ. އެވަގުތު ވީ ނޫރީންވެސް އެތަނަށް އައިސް ހުއްޓުނު ވަގުތަށެވެ. ޒިވާ ނޫރީންގާތު ޝަކުވާ ކޮށްލުމުން ނޫރީން ނައިޝަމްގެ ބޮލުގައި ކުޑަކޮށް ޖަހާލިއެވެ.

“މަންމާ ހިނގާ ހޮސްޕިޓަލަށް ދާން… އޭރަށް އަވަހަށް ރަނގަޅުވާނީ…” ޒިވާ އަމިއްލައަށް ބުނި ވާޙަކައިން މައިހާ އާި އަޔާނީ ވެސް އުފަލުން ދެއަތް ދެއަތާއި ޖަހާލިއެވެ. މިއޮތް ހުރިހާއިރު ނޫރީން ކިޔާ ކިޔާވެސް އޭނާ ހޮސްޕިޓަލަށް ދާކަށް ޤަބޫލެއް ނުވިއެވެ. ނަމަވެސް ނައިޝަމް ބުނެލި އެންމެ އެއްޗެއްގެ ސަބަބުން ޒިވާގެ ހިތްވަރު ގަދަކޮށްލައިފިއެވެ. ނޫރީންވެސް ދެން އިތުރަށް ވާހަކަ ދެއްކުމެއް ނެތި ބޯ ޖަހާލީ ހަވީރުން ޒިވާ ގޮވައިގެން ހޮސްޕިޓަލަށް ދާން ނިންމައިގެންނެވެ. މައިހާ އާއި އަޔާނީވެސް ދެން ދަނީ ކަމަށް ބުނެ އެތަނުން ނިކުމެގެން ދިޔައެވެ.

އެ ދެކުދިންވެސް މިއަދު ގެއަށް ދާނީ ވަކި ހިސާބަކަށް އެއްކޮށް ކަމަށް ނިންމަމުން އެއް ދިމާލަކަށް ހިނގައިގަތެވެ. “މައި… އަސްލު ޒިވް އަށް އެހެން އެ ހަދަނީ ކާކުބާ؟ ޔާނީއަށް ހަމަ އެއްގޮތަކަށްވެސް ނުުވިސްނުނު…” ހިންޏެއްހާ މަޑުމަޑުން ހިނގަމުންދިޔަ ދެކުދިންގެ ތެރެއިން އަޔާނީ ސުވާލު ކޮށްލިއެވެ. “ކީކޭ ބުނާނީ ދޯ ޔާނީ.. މައިވެސް މި ހިތަށް އަރަނީ ކީއްވެބާއޭ އެމީހަކު ވަކި ޒިވްއާއި ޖައްސާލީ.. އަހަރެމެންވެސް މި ތިބީއެއްނު.. ދެން ކީއްވެ؟” މައިހާވެސް ފުން ވިސްނުމަކަށް ގެއްލިފައިވާ މީހެއް ފަދައިން ބުނެލިއެވެ. “އޭ އަދި ހަނދާން ނެތިފައޭ މިހުރީ.. ނާއިޝް ބުނި އެ ކްލާސް ކުދިން ވަރަށް ދައްކަޔޯ އެ ވާހަކަ… ޒިވްގެ ވާހަކަ.. ދެން ސްކޫލަށް ދާ ދުވަހަކުންވެސް އެމީހުން ވަރަށް ޒިވް އާއި ދިމާ ކުރާނެ… އެމީހުންނަށް ހީވަނީ ޢީދެއް އައިސްގެން އުޅޭހެން… ދައްކާނެ މޮޅު ވާހަކައެއް ލިބުނީމަ.. ފިރިހެންނުންނަކަސް އެއީ ވާ ކަންތައް ބޮޑު ބައެއް.. ދެން ޔާނި ބުނީ ނާއިޝްވެސް ހަމަ ގަބޫލުކުރަންޙޭ އެ ވާހަކަ.. ބުނީމަ އޭނާވެސް ވާހަކަ ދެއްކީ ގަބޫލުކުރާގޮތަށް.. ދެން ޔާނީ ރުޅިގަދަވެގެންގޮސް އެއްޗެހި ކިޔާލީމް ވިސްނިއްޖެ.. ޔާނީ ބުނިން ހީވޭހޭ ޒިވް އެކަހަލަ ކަމެއް ކޮށްފާނެހެން.. ދެން އެންމެ ފަހުން ބުނީ އާން ދޯ ޔޯ.. ޒިވް އެއީ އެކަހަލަ ކުއްޖެއް ނޫން ދޯޔޯ.. މިހުރީ ޙާލަތު..” އަޔާނީ ނިކަން ފޯރިޔާއި އެކީ މައިހާ އަސް ކިޔަިދިނެވެ. ދެމީހުންވެސް ދިޔައީ ނާއިޝްމެން ކުލާސް ކުދިންނާއި ދިމާލަށް ކުދިކިޔަމުންނެވެ.

“ތެންކް ޔޫ ހަނދާން ކޮށްދިނީމަ.. މައި ވެސް އަލްޔަން ކައިރި އެ ވާހަކަ ދެއްކިން… އޭނާ ހަމަ ހިލާ މައި ދެއްކި ވާހަކައެއް ޤަބޫލެއް ނުކުރި.. ވަރަށް މައްސަލަ ބޮޑުވެފަ މިހާރު އޮތީ.. ބުނީ ޒިވްކަހަލަ ގޯސް އެކުވެރިއެއް ކީއްކުރަންހޯ ގެންގުޅެނީ.. ދެން މައި ރުޅި އައިސްގެން ފޯނު ކަނޑާލީ… އެހެންޏަ.. އޭނާގެ އަންބެއް ނޫންވިއްޔަ މީ ބުނާހާ ގޮތެއް ހަދައިގެން އުޅޭކަށް.. އަދި އެ ބާރެއް އޭނާގެ ނެތޭ..” އަޔާނީގެ ވާހަކައިން މައިހާއަށްވެސް ފޯރިއަރައިގެން ގޮސް އޭނާއަށް ވީ ގޮތް ކިޔައިދިނެވެ. މައިހާ ވާހަކަ ދެއްކި ގޮތުން އަޔާނީއަށް ނުހީ ހުރުން ވީ ދަތިކަމަކަށެވެ. ދެކުދިން އެވާހަކަތަކުގައި ވަކި ހިސާބަކަށް ގޮސް ދެމީހުންގެ މަންޒިލަށް ފޯރަން އޮތް މަގުތަކުން މިސްރާބު ޖެހިއެވެ.

އޭގެ ދެދުވަސް ފަހުން ޒިވާގެ ހުންވެސް ރަނގަޅު ވިއެވެ. އެހެންކަމުން އެދުވަހު އޭނާ ސްކޫލަށް ދިޔައެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާ ދިޔައީ ހިނިތުން ވެލައިގެންނެވެ. އޭނާ ޑިއުޓީ ނިންމައިފައި ކްލާހަށް ވަތްތަނާ ލިބުނީ ޤަބޫލުކުރަންވެސް ދަތި ވީ ޚަބަރެކެވެ. ލޮލުން ކަރުނަ ފާއްދާލަން އުޅުނީ ނޭނގުމެއްގެ ތެރެއިންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. ބޭރުން ހިނިތުންވެލައިފައި ހުއްޓަސް ހިތުގައި އެއަށްވުރެ ބޮޑު ކޫރުމެއް އެޅިއްޖެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އެހަނދާން ނުދާނޭ ފިލާ 10

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 8

Next
May 19, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 8

Previews
May 19, 2018

އެހަނދާން ނުދާނޭ ފިލާ 10

36 Comments!

  1. Zelll says:
    May 19, 2018 at 9:40 am

    Me first. yayyyyy. vrh salhi dear, keepit up, mashaallah

    1. noor says:
      May 22, 2018 at 7:50 pm

      hehehe.. yesss.. Zell dear mifaharu first dhw.. congrats dear.. 🙂 jazakillah khairan Zell.. 🙂

  2. Alyssa says:
    May 19, 2018 at 10:01 am

    Alhey hama bala bala huttaa thi uup kohlee thanks for that
    v nice story eh ❤

    1. noor says:
      May 20, 2018 at 9:13 am

      hehe.. ehn tha Alyssa? you’re welcome dear… jazakillah khairan… 🙂

  3. No one says:
    May 19, 2018 at 10:02 am

    Alhe kn habareh baa dhw. Zivaa prefect kamun kandaalany kanneynge… ?Noor u re so talented.. maasha allah.. ??❣️♥️curiously waiting for the next part?❣️?♥️??

    1. noor says:
      May 22, 2018 at 7:52 pm

      hehe… aww.. al’hamdhulillah! miee allah noor ah minvaru kurevvi goiyy.. No one ves try kuraathi ingey mihaarah vureves bodah.. practice makes you perfect, dear.. 🙂 vrh vrh happy vehje dear ge comment fenifa.. thank you for the support dear.. 🙂

  4. Aish says:
    May 19, 2018 at 10:10 am

    V nice… Maasha Allah… V ufaavey mikaha dheenee vaahakathah genesdheythee.

    1. noor says:
      May 22, 2018 at 7:54 pm

      jazakillah khairan Aish dear.. 🙂 maa sha allah, vrh ufaavehje dear thikan noor aa share kollyma.. 🙂

  5. Shai says:
    May 19, 2018 at 10:22 am

    Wow varah reethi mi part ves

    1. noor says:
      May 20, 2018 at 9:15 am

      jazakillah khairan Shai… mi bai kamudhiyaeema vrh ufaavefa noor mihury.. 🙂

  6. reader says:
    May 19, 2018 at 10:44 am

    Prefect kamun kandaaly? Helll no?

    1. noor says:
      May 22, 2018 at 7:54 pm

      hehe.. neynge dhw.. hingaaba vaa gotheh balamaa.. 🙂

  7. Shiman says:
    May 19, 2018 at 10:47 am

    Vvv reethi

    1. noor says:
      May 20, 2018 at 9:16 am

      jazakillah khairan Shiman dear.. 🙂 vrh ufaavehje thi comment fenifa.. 🙂

  8. Pinky shifoo says:
    May 19, 2018 at 10:52 am

    alhey anehkaa kihineh v baa ??? Next part kiyaalan curious vehje ????… yanhaa n naisham hennn heevany marry kuraaneee ????… mi partvx hama v v v reethi ❤❤❤❤… falhugey thereyga e ulhuny hama raifaa dhw… keep up the good work noor ????????????… curiously waiting for next part?????

    1. noor says:
      May 22, 2018 at 7:56 pm

      hingaa dhw balamaa vaa gotheh.. hehe.. jazakillah khairan dear.. for the support too.. 🙂

  9. zoa says:
    May 19, 2018 at 11:06 am

    thanks dear vaahaka up kohdhineema
    next part maadhandho
    vv reethi mi part ves
    keehve baaa ziv ehaa dheraveee
    anehkaa yaeesh e raifaa aa rahtehi veebaa
    noonee yaaneemen meehakah kameh veeba
    lets see dho
    vv kiyaahiyvey eba next part
    dhen vaagotheh balaahithun indheveny ih noon

    1. noor says:
      May 20, 2018 at 9:19 am

      maruhabaa dear.. 🙂 jazakillah khairan zoa… hehe.. hingaaba dhw vaagotheh balaalan… thigothuga keiyy kollaa ihah zoa… keep waiting dear.. 🙂

  10. mishy says:
    May 19, 2018 at 11:08 am

    Wowwww… vrh vrh reethi… yuh hv improved alt in ths prt…. wow… ham obi… ♥♥♥♥♥

    1. noor says:
      May 20, 2018 at 9:20 am

      jazakillah khairan mishy… alhamdhulillah! 🙂

  11. suty??? says:
    May 19, 2018 at 11:22 am

    Alhey varah reethi ingey mi part???♥♥?? dhn inna part kon irakun tha alhey????? avahah up korahvhey?❤❤❤♥♥♥???? hiy tgalhuvaalaafa thi nimmaaalyy

    1. noor says:
      May 20, 2018 at 9:23 am

      maa sha allah! colorful comment… 🙂 jazakillah khairan suty dear… miadhu ves up kohdheveytho noor eba masahkaiyy kuran.. allah iraadhakurevvi gotheh… ekalaange dhenevodigen vany.. 🙂 hehe.. asluvestha? hiyy ihah hamayakah alhuvaalaa suty dear.. 🙂

  12. Sana says:
    May 19, 2018 at 3:47 pm

    Thank you so much up koh Dhineema????❤❤❤
    Varah varah reethi mi part ves❤❤❤❤❤❤❤❤❤❤❤❤❤❤
    Waiting for next part❤❤❤❤

    1. noor says:
      May 20, 2018 at 9:24 am

      awww… maruhabaa dear… jazakillah khairan sana dear.. 🙂 keep waiting dear.. 🙂

  13. friend says:
    May 19, 2018 at 5:17 pm

    aslu mivaahaka mi kiyaa hithun mi kiyanee avahah up kuraa thee
    mi gotha up kuranyya varrah rangalhu

    1. noor says:
      May 20, 2018 at 9:26 am

      al’hamdhulillaah! jazakillah khairan friend dear.. 🙂

  14. Maya says:
    May 19, 2018 at 6:42 pm

    Varah molhu noir.. Haadha reehcheyy and ehaa interesting ??????????kyhve baa zeev ehaa dheravi ??????enme hih thelhey. Hisaabun thu ninmaalyy… ??????????????

    1. Maya 2 says:
      May 19, 2018 at 8:39 pm

      Noor*

    2. noor says:
      May 20, 2018 at 9:28 am

      jazakillah khairan Maya dear.. 🙂 asluvestha? vrh vrh ufaavehje ingey noor.. 🙂 noor ves hithah araifiyey thihen.. ziv dhera vaa sababeh hingaa dhw balamaa.. 🙂 hehe… hiyy ihah hamayakah alhuvaalaafa baidhaa dear.. 🙂

  15. Alisha says:
    May 19, 2018 at 8:46 pm

    Masha Allah ?????
    Mi vaahaka kiyany varah kiyaa hithun?????
    Varah ufaa vehje avahah up kohla dhineema????
    Varah hihtheley dhen vaane gotheh neygeythee???
    Dhontha and two kohko ge bai genes dheefa inleh varah furihama ????
    Keep it up ❤❤❤❤❤❤❤❤❤❤

    1. noor says:
      May 20, 2018 at 9:31 am

      jazakillah khairan Alisha dear… al’hamdhulillah! noor ves vrh ufaavehje readers ufaa kohdhevunyma… 🙂 hehe.. ihah hiyy hamayakah alhuvaalaa ingey dear.. 🙂 aww.. jazakillah khairan dear.. 🙂 thank you for the support… 🙂

  16. noor says:
    May 20, 2018 at 9:37 am

    assalaamu a’laikum dear readers… noor emme furathamaves thiya hurihaa kiyuntheringe faraathun maafah edhen… noor ah vrh dhera gotheh dhimaa vegen miadhu ehaa avahah readers ah nxt episode nugenesdhevigen miulheny.. 🙁 noor liyefa in bai up kolan balaili iru mi innany delete vefa ebai… dhn noor alun ebai liyelan jeheynee… liyelaifa veehaa ves avahakah up kohdheveytho balaanan.. in sha allah… ummeedhu kuran hurihaa readers ves noor ah maafu kohdheyne kamah.. 🙂

    1. reader says:
      May 20, 2018 at 2:38 pm

      Kobaa :(:

  17. Reader says:
    May 21, 2018 at 1:08 pm

    Still? 🙂

  18. IRA says:
    May 21, 2018 at 7:51 pm

    V NICE…….i can’t wait for next part

    1. noor says:
      May 22, 2018 at 7:57 pm

      jazakillah khairan dear. 🙂

Comments are closed.

Next Episodeހުޅުކޮޅު 6←


All Right Reserved!