Skip to content
އެސްފިޔަ

ހުޅުކޮޅު 8

ފަރާތް ފަރާތް ހޯދާލުމަށްފަހު އޭނާ ހިނގައިގަތީ ބައި ވާން ވާއިރަށް އޭނާގެ މަންޒިލަށް ފޯރާތޯއެވެ. ނިކަން ސިއްރު ސިއްރުން އެ ފަޅު ގޭގެ ވަލު މަގުން އޭނާ އެތެރެއަށް ވަނެވެ. ނަަވެސް އޭނާއަށް ނޭނގުނު ކަމަކީ އެ މަންޒަރު އިތުރު ކުއްޖަކަށް ފެނުނު ކަމެވެ. އެ ކުއްޖާ އޭނާގެ ފޯނުން ކޮންމެވެސް މީހަކަށް ގުޅާލުމަށްފަހު އެއްޗެކޭ ބުނެލައިފައި ފޯނު ބޭއްވިއެވެ.

“ޕޮއް..” ރައިފާ އެގޭގެ ކޮންމެވެސް ކޮޓަރިއެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފަހަތުން މީހަކު އައިސް އޭނާ ސިއްސުވާލިއެވެ. ފަހަތަށް އެނބުރިލީއިރު ހުރީ އޭނާގާތު އެތަނަށް އަންނަން ބުނި ކުއްޖާއެވެ. ދެމީހުން އެކި ވާހަކަތައް ދެއްކުމުގައި އެތާ ތިއްބެވެ. “ކޮބާ ޒިވާއަށް އިތުރު ކަމެއް ނުކުރާނަން؟” ދެން އޭނާ ބުނެލި ވާހަކައަކުން ރައިފާގެ ތޫނު ނަޒަރު ގޮސް އެކުއްޖާއަށް ހުއްޓުނެވެ. އޭނާ ދެފަރާތަށް ބޯ ހޫރުވާލީ އެ ކުއްޖާގެ ވާހަކައަށް ދެބަސްވުމުގެ ގޮތުންނެވެ. ރައިފާ އެތާހުރެ އެކުއްޖާއާއި އެހާ ސިއްރު ގުޅުމެއް ބާއްވަމުން ދިޔައިރު ޔައީޝް މަތިން މިހާރު އޭނާ ހަނދާނެއް ނެތެވެ.

ހައެއް ޖަހަން ގާތް ވަނިކޮށް ރައިފާ އޭނާގެ ގަޑި ބަލާލުމަށްފަހު ދެން ދާންވެއްޖެކަމަށްބުނެ އެތަނުން ނިކުންނަން އެނބުރިިލިއެވެ. ނަމަވެސް އޭނާއަށް ހުއްޓެން މަޖުބޫރުވީ އެ ކުއްޖާ އޭނާގެ އަތުގައި ހިފާލުމުންނެވެ. ރައިފާގެ ކުރިމައްޗަށް އައިސް އޭނާގެ އަތްތިލައިގައި އެކުއްޖާގެ ތުންފަތް ޖައްސާލިއެވެ. “ލަވް ޔޫ..” އެ ކުއްޖާ ފުރިހަމަ ހިނިތުންވުމަކާއިއެކު ރައިފާއަށް ބުނެލިއެވެ. ބަދަލުގަައި ރައިފާވެސް ހިނިތުން ވެލީއެވެ. ބޮޑާކަމުގެ އިންތިހާއެވެ. ފިރިހެން ކުދިން އޭނާގެ ފަހަތުން ދުވާތީ އޭނާ ހުންނަނީ ނުހަނު ބޮޑާވެފައެވެ. އޭނާ ވަރުގެ ރީތިކުއްޖެއް ނޫޅޭނެޔޭ އޭނާގެ ހިތް އޭނައަށް އަބަދުވެސް ވިސްނައިދެމުން ދެއެވެ.

ފަޅު ގެއަށް ހަނާއަޅާލުމަށްފަހު ގެއަށް ދިޔަ ރައިފާއަށް އެރުނީ ޔައީޝްގެ ކުރިމައްޗަށެވެ. އޭނާ ކުއްލިޔަކަށް ސިހުނު ގޮތުން ހީވީ ވައްކަމެއް ކުރަން އުޅެނިކޮށް ފަޅާ އެރީހެންނެވެ. ޔައީޝް އޭނާއާއި ދިމާލަށް އެހާ ރީއްޗަށް ބަލައިލީ ރައިފާ ސިހުނުގޮތުންނެވެ. “ރައި ކީއްކުރަނީ؟ މިތާ.. މިގަޑީގަ؟” ޔައީޝް ސުވާލުފައްޗެއް އަމުނާލިއެވެ. ނަމަވެސް ރައިފާ އަތުގައި އެއިން ސުވާލަކަށް ދޭނެ ޖަވާބެއް އޮންނާނެ ބާވައެވެ؟

“މި.. މިއަންނަނީ ކުޑޫ މެން ގެއިން.. ކުޑޫ ގުޅާލީމަ އެހެންވެ ޖައްސާލީ.. މިދަނީ ގެއަށް މިހާރު…” ރައިފާ އެހެން ބުނުމުން އޭނާ ހަމައެކަނި އޯހް އޭ ބުނެލިއެވެ. އެއަށްފަހު އޭނާ ރައިފާ އަކަށް އަޅައެއް ނުލިއެވެ. ރައިފާވެސް ހުރީ ހައިރާން ވެފައެވެ. ޔައީޝް އޭނާއާއި ހަމައެކަނި އެ ސުވާލުކޮށްލައިފައި އެއްގޮތަކަށްވެސް ގޮސްގެން ނުވާނެއެވެ. އޭނާއާއި ވާހަކަދައްކާލަން ޔައީޝް އަށް މަޑުކުރެވެން ޖެހޭނެއެވެ. ރައިފާ ނުރުހުމުގެ ނަޒަރެއް ހިނގާލައިފައި ދިޔަ ޔައީޝް އަށް ދިނެވެ. ނަމަވެސް އެކަމެއް ޔައީޝްއަށް އިނގޭނީ ކިހިނަކުން ހެއްޔެވެ؟

އެގޮތުގައި ދެހަފްތާވަރު ފާއިތުވެގެން ހިނގައްޖެއެވެ. ޒިވާއަށް ދިޔައީ ރައިފާގެ އުނދަގޫތައް ކުރިމަތިވަމުންނެވެ. ޒިވާގެ ހިތުގައި ޝަކުވާ އޮވެއެވެ. ނަމަވެސް އޭނާ އެއިން އެއްކަމެއް ވެސް ބޭރު ނުކުރެއެވެ. ކެތްތެރިވެލައިގެން ހުންނަނީއެވެ.

އާދައިގެ މަތިން ޒިވާ މަޑުމަޑުން ހިނގާލައިފައި ސްކޫލަށް ދާން ދިޔައެވެ. އޭނާ ދިޔައީ އިސްދަށަށް ޖަހައިގެން ކަމުން ކުރިމަތިން މީހަކު އަޔަސް އޭނާއަކަށް ނޭނގޭނެއެވެ. އެވަގުތު އޭނާ މީހެއް ގައިގައި ޖެހި އަރި އަލާލިއެވެ. ދެލޯ ފިއްތާލާ ބާރުކޮށްލީ ބިންމަތީގައި ޖެހޭ ހިނދު ތަދުވާނެ މިންވަރު ހިތަށް އަރައިފައެވެ. ނަމަވެސް އިރުކޮޅެއް ވީ އިރުވެސް އޭނާ ބިންމަތީގައި ނުޖެހުނެވެ. މިވީ ކިހިނެއް ބާއެވެ؟

މަރާ ބާރުކޮށްލައިގެން އޮތް ދެލޯ ޒިވާ މަޑުމަޑުން ހުޅުވާލި ހިނދު އޭނާއަށް ނުހަނު ގާތުން ޔައީޝް ފެނުނެވެ. ޔައީޝް އެހާ ގާތުން އޭނާ ދުށް މިއީ އަދި ފުރަތަމަ ފަހަރެވެ. ޒިވާ އޭނާގެ ފޮތްތަށް މެޔާ ލައި ބޮނޑިކޮށްލައިގެން އޮތް އިރު ޔައީޝް އޮތީ ޒިވާގެ އުނަގަނޑުގައި ހިފަހައްޓާލައިފައެވެ. ޒިވާ ނުވެއްޓުނީ އެހެންވެއެވެ. ޔައީޝްގެ އިސްތަށިގަނޑުން ނިތްކުރިމައްޗަށް ވެއްޓިފަ އޮންނަ ބައި އެވަގުތު ކުޑަކޮށް އެލިފައި އޮތެވެ. އެ ރީތި ފިރިހެން ކުއްޖާގެ ދެލޮލަށް ޒިވާއަށް ބަލައިލެވުނީ ބޭއިޚްތިޔާރުގައެވެ. އެހިނދުވެސް އެ އަސަރުގަދަ ދެލޯ ފެނި ޒިވާގެ ހިތަށް ގޮތެއް ވެލިއެވެ. ޔައީޝް އަނެއްކާ އޭނާގެ ދެލުގެ ޖާދޫގައި ޒިވާ ޖައްސަން އުޅެނީއެއް ނޫންބާވައެވެ؟

ޔައީޝްވެސް ހުރީ ޒިވާ މިހާ ގާތުން ފެނުމުން ހުއްޓުން އަރާފައެވެ. ޒިވާ އަކީ މިއޮށް ހާ ދުވަހުވެސް އޭނާ އާއި އެހާ ގާތް އެކުވެރިޔަކަށް ވީ ނަމަވެސް މިއަދު އޭނާއަށް ޒިވާ އާއި މެދު ތަފާތު ގޮތަކަށް ދެކެވުނެވެ. އެ ރީތި ދެލޮލެވެ. އެ ކުޑަކުޑަ ތުންފަތެވެ. އެ ލޯބި ދޮން ވަށް މޫނެވެ. ޒިވާ ދެލޯ ފިއްތާލައިގެން އޮތް ގޮތުން ޔައީޝް ގާތަށް ހިނި އައެވެ. ނަމަވެސް ޒިވާ މަޑުމަޑުން ދެލޯ ހުޅުވާލި ހިނދު އޭނާއަށް ޒިވާގެ ދެލޮލަށް ބަލައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ އެ ހިނދުކޮޅުގައެވެ. ޒިވާގެ ލޮލުން ފެނުނީ ކޯންޗެއް ކަމެއް ޔައީޝްއަށް ނަގައި ނުގަނެވެނީސް ޒިވާ އޭނާގެ ލޮލުން ނަޒަރު ވަކިކޮށްލައިފިއެވެ. ޒިވާގެ އެ ޢަމަލުނވެސް ޔައީޝްގެ ހިތަށް ތަދުވިއެވެ. ނަމަވެސް ކީއްވެ ހެއްޔެވެ؟ އޭނާއާއި ޒިވާ އާއި ކޮން ބެހޭ ކަމެއް ހެއްޔެވެ؟

“އަމްމް.. ސޮރީ… އިސްދަށަށް ޖަހައިގެން އައީމަ ނުފެނުނީ..” ޒިވާ ލަދުން ހުރެ ނަމަވެސް ހިތްވަރު ލަމުން ޔައީޝް ގާތު ބުނެލިއެވެ. ޒިވާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރު ޔައީޝްއަށް ވަރަށްވެސް ރީތިކޮށް ފެނުނެވެ. އެ ދެކޮލަށް ޖަންބު ކުލަ އަރާލައިފައިވިއެވެ. ލަދުގަތީ ކަންނޭނގެއެވެ. ދެތުންފަތުގައި ދަތް އަޅާލައިފައި އިސްދަށަށް ޖަހައިގެން ހުރީ ޔައީޝް އާއި ދިމާލަށް ދެން ދުވަހަކުވެސް ނުބަލަން ހުވާ ކުރި ފަދައަކުންނެވެ.

“އިޓްސް އޯކޭ.. ޔައި ވެސް ނުބަލާ ނިކުމެވުނީމަ އެހެން އެވީ.. ޒިއްޕުޑިން އައީ ޕުޑިން ކޮޅެއް ފެނޭތޯ ބިންމަތިވެސް ހޯދަމުން ވިއްޔަ.. ޔައި ނިކުތީ ގަޑިއަށް ބަލަމުން ގަޑިޖެހޭތީވެ.. އެންމެފަހުން ބަލާ މި ވީ ގޮތް.. އެކްސިޑެންޓް..” އެތަށް ދުވަހަކަށް ފަހު ޔައީޝް ޒިވާއާއި އަނެއްކާވެސް ސަމާސާ ކޮށްލިއެވެ. މިހާރަކަށް އައިސް ޒިވާގެ މޫނުމަތިން ފިލައިފައިވި ހިނިތުންވުން އަނބުރާ މިއަދު އެ ދެތުންފަތަށް ވެރިވެ ގަނެއްޖެއެވެ. ޔައީޝް އަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ އޭނާގެ ސަބަބުން ޒިވާ އަށް ހިނި އާދެވުމުންނެވެ.

ސްކޫލަށް ދިޔަ މަގުމަތީގައި ދެން ދިޔައީ އެ ދެމީހުން އެއްކޮށެވެ. ޒިވާ އަށް ރައިފާ އާއި ދޭތެރޭ އެވަގުތު ޚިޔާލު ކޮށްލެވުނީ ބޭ އިޚްތިޔާރުގައެވެ. ރައިފާއަށް އޭނާ ޔައީޝްއާއި އެކު ވާތަން ފެނިއްޖެނަމަ މިއަދުގެ ދުވަސް ދެން އެދިޔައީއެވެ. އޭނާ މަރާނުލައިފިއްޔާ ވަރިހަމައެވެ. ޒިވާ ފަރާތް ފަރާތް ބަލަން ފެށީ އެއްވެސް ދިމާލަކުން ރައިފާގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް އޭނާގެ ނަސީބުގަދަކަމުން ރައިފާގެ ވަސްވެސް އެތާކު ނެތެވެ.

ގޭޓުން ވަދެވަދެ ހުއްޓާ ޔައީޝް ކޮށްލި ކަމަކުން ޒިވާ ސިއްސައިގެން ދިޔައެވެ. ޒިވާ ގޮސްގޮސް ހުއްޓާ ޔައީޝް އޭނާގެ އަތުގައި ހިފީއެވެ. ފަހަތަށް އެނބުރިލަމުން ޒިވާ އޭނާގެ އަތުން ދޫކޮށްލާށޭ ޔައީޝް ގާތު ބުނީ މަޑުމައިތިރި ކަމާއިއެކުއެވެ. ނަމަވެސް ޔައީޝް އޭނާގެ އަތުން ދޫކޮށްލާ ޚިޔާލެއް ނުކުރިއެވެ. “ޔައީޝް ޕްލީޒް ދޫކޮށްލަބަ ޒިވްގެ އަތުން… ކިހިނެއް ވެގެންތަ ތިއުޅެނީ؟ ޔައީޝް ތިއީ ޒިވްގެ ވަރަށް ކްލޯޒް ފްރެންޑެއް ވީމަ ވަރަށް ރީތިކޮށް މި ވާހަކަ ދައްކަނީވެސް.. ހެޔޮ ނުވާނެ.. ދޫކޮށްލަބަ.. މީހަކަށް ފެނިވެސް ދާނެ..” ޒިވާ އާދޭހާއިއެކު ކިޔަމުން ގެންދިޔައެވެ. ޔައީޝް ހުރިގޮތަށް ލާނެއް ހިންޏެއް އައިއްސަ ހުރީއެވެ. އޭނާާއަށްް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއެވެ. ކޮންކަހަލަ އިންސާނެއް ހެއްޔެވެ؟ އެހެން ކުއްޖަކާއި ރައްޓެހިވެގެން ހުރެ އޭނާ މިކުޅިވަރު ކުޅެން ޖެހޭ ހެއްޔެވެ؟ ޒިވާގެ ހިތަށް އެފަދަ އެއްޗެހިތަކެއް އަރަމުން ދިޔައެވެ. ޒިވާގެ ދެލޯ ބޮޑުވެގެން ދިޔައީ ޔައީޝްގެ ފަހަތުގައި އެމަންޒަރުތައް ބަލަން ހުރި ރައިފާ ފެނިގެންނެވެ. އޭނާގެ ދެއަތް މުށްކެވިފައި ވީއިރު ދެ ލޮލުން ހީވަނީ ޒިވާ ފިއްސާލަން އުޅޭހެންނެވެ.

“ޔައީޝް.. ޕްލީޒް… ރަ.. ރައިފާ އެބަހުއްޓޭ..” ޒިވާ އާދޭހާއިއެކު ދަމާލައިފައި ޔައީޝް ގާތު ބުންޏެވެ. އޭނާއަށް ރައިފާ ކުރާވަރު އެނގޭނީ އޭނާއަކަށް ނޫންހެއްޔެވެ؟ އެއިން ޒައްރެއްގެ މިންވަރުވެސް ޔައީޝް އަކަށް ނޭނގޭނެއެވެ. ޒިވާ އަނެއްކާ އެއަށްވުރެ ކަންބޮޑު ވީ ޔައީޝް ދެން ކުރި ކަމަކަުންނެވެ. “ޒިވާ… ކިހިނެއް ވެގެންތަ ތިއުޅެނީ؟ އަހަރެން މިއުޅެނީ ރައިފާ އާއި ރައްޓެހި ވެގެން… އެހެން ނޫނަސް ޒިވާ ޖެހޭތަ މަގޭ މޫނުމައްޗަށް އަތް ލާން؟” ޒިވާގެ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ޔައީޝް އޭނާގެ ބޮލުގައި އެޅުވި އިލްޒާމުންނެވެ. އެއީ ހަމަ މިއޮށް ހުރިހާ ދުވަހު އޭނާ އާއި އެކު އުޅުނު ޔައީޝް ހެއްޔެވެ؟ އޭނާ އާއި ސަމާސާކޮށް ސަކަރާތް ޖެހި ޔައީޝް ހެއްޔެވެ؟

ހައިރާން ވީ ވަރުންނާއި ލިބުނު ޝޮކުގެ ބޮޑުކަމުން ޒިވާއަށް އެއްޗެއްވެސް ނުބުނެވުނެވެ. އިރުކޮޅެއްގައި ކަޅިވެސް ޖަހާނުލައި އޭނާ ޔައީޝް އާއި ދިމާލަށް ބަލަން ހުއްޓެވެ. ރައިފާ އެތާ ހުރި ކަންވެސް އޭނާ ހަނދާން ނެތިފަ ވީ ފަދައެވެ. އެހިނދު ޒިވާގެ ހަށިގަނޑަށް ނޭނގޭ ބާރެއް ވެރިވެގަތް ހެން އޭނާއަށް ހީވިއެވެ. ގައި ހުރި ބާރެއް ލައިފައި ޔައީޝްގެ އަތް ފޮޅުވާލިއެވެ. އެއަށްފަހު އެތާ ހުރި އެކަކަށްވެސް ބެލުމެއް ނެތި އޭނާގެ ކްލާހަށް މިސްރާބު ޖެހިއެވެ. ޔައީޝްގެ ކުރިމައްޗަށް ދުވަހަކުވެސް ދެން އޭނާ ނާރަން އަޒުމު ކަނޑަ އަޅައިގެންނެވެ. މިއޮށް ހުރިހާ ދުވަހު ދެގޮތެއް ނުވެ އޭނާގެ އެކުވެރިޔަކަށް ހުރުމުން އޭނާއަށް މި ލިބުނީ ކޮންފަދަ ހިތާމައެއް ހެއްޔެވެ؟ ރައިފާ އޭނާގެ ބޮލުގައި އެޅުވި އިލްޒާމް ގަބޫލުކޮށްގެން ޔައިޝް ހަމަ އޭނާއަށް އެކަމުގެ ސަޒާ ދެނީހެއްޔެވެ؟

ޒިވާއަށް ކްލާހަށް ވަދެވުނީ ކިރިޔާއެވެ. ދެލޮލުން ކަރުނަތައް އޮހޮރިގަތެވެ. ހެޔޮކަމެއްގެ ބަދަލުގައި އޭނާއަށް މިއަދު މި ލިބުނީ ތެޔޮ ހަމެކެވެ. އޭނާގެ މޭޒުދޮށުގައި އިށީނދެ ޑެސްކުގައި ބޯ އަލާލިއެވެ. ލައްކަ ދުވަހު ރައިފާގެ ގޯނާތަކަށްވެސް އޭނާ ކެތް ކޮށްފިއެވެ. މިއަދު އެންމެ ގާތް އެއް އެކުވެރިޔާ އޭނާގެ ބޮލުގައި ދޮގު ތުހުމަތު އަޅުވަން ފެށީމަ ދެން އިތުރަށް ކެތް ނުވީއެވެ. ޔައީޝް އަކީ ހިތެއް އޮތް އިންސާނެއް ހެއްޔެވެ؟ ނޫނީ ހިތެއްގެ ބަދަލުގައި އޭނާގެ އޮތީ ހަރު ހިލަގަނޑެއް ހެއްޔެވެ؟ އޭނާ ދެން ޔައީޝް އަކަށް މާފެއް ނުކުރާނެއެވެ. އޮޅިގެންވެސް ނުކުރާނެއެވެ.

ޒިވާއަށް ޑެސްކުން ބޯ ހިއްލާލަން މަޖުބޫރުވީ އަޔާނީ އާއި މައިހާ ކްލާހަށް ވަނުމަށްފަހު އޭނާ ގާތު ކިޔަން ފެށުމުންނެވެ. ނަމަވެސް އެ ދެކުދިން އަހާ އަހާވެސް ޒިވާ ވީ ގޮތް ކިޔައެއް ނުދިނެވެ. ޔައީޝް އާއި ދެކޮޅަށް އެހެން މީހުން ގާތު އޭނާ ވާހަކަ ދައްކަން ބޭނުން ނޫނީއެވެ.

ގަޑިތައް ފެށިގެން ކުރިޔަށް ދެއެވެ. ކްލާހުގައި އިން ނަމަވެސް ޒިވާއަށް މިއަދު ފިލާވަޅާއި ދޭތެރޭ ވިސްނޭ ގޮތެއް ނުވެއެވެ. އެންމެ ފަހުން ކްލާހުގައި ހުންނެވި މުދައްރިސް ގާތުން ހުއްދަ ހޯދައިގެން އޭނާ ސްކޫލުގެ ފާޚާނާ ބަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެތަނަށް ވަދެގެން ގޮސް ލޯގަނޑެއް ކުރިމަތީ ހުއްޓި އަމިއްލަ ސޫރައަށް ބަލައިލިއެވެ.

“ކީއްވެ ވަކި ޒިވް އަށް މިހެން ވަނީ؟ ކީއްވެ އަބަދު ޒިވް ކަންކަމާއި ހިތާމަ ކުރަން ޖެހެނީ؟ ޒިވްގެ ބޮލުގައި އެންމެން އަބަދު އެކި އިލްޒާމްތަށް އަޅުވަނީ ކީއްވެ؟ ކޮންކަމެއް ގޯސް ކޮށް ކުރެވިގެން އެހެން ހަދަނީ؟ ޒިވްގެ ކޮން ކުށެއް އޮތީ؟” ޒިވާ އޭނާގެ ހިތާހިތުން ކިޔަމުން ދިޔައެވެ. ޚިޔާލީ ދުނިޔެއިން ޙަޤީގީ ދުނިޔެއަށް ނޭވާއެއް ލެވުނީ މީހަކު އޭނާގެ އަތުގައި ހިފައި އެމީހަކު ހުރި ދިމާލަށް އަނބުރާލުމުންނެވެ. އެވަގުތު އޭނާގެ މޫނުމައްޗަށް ވަރުގަދަ ޙަމަލާއެއް އެރިއެވެ.

“ޚަބަރުދާރު.. ޚަބަރުދާރު ކަލޭ ދެން ޔައީޝް އާއި ވައި އެޅިގެން ވެސް ނުވާނެ… ކިހިނެއް އުޅޭނަމޭ ހިތާތަ ތިއުޅެނީ؟ އޭނ.. މަގޭ އަތުން ފައިން ގޯހެއް ނަހަދައިގެން ދޯ ތިއުޅެނީ؟ ކަލެއަށް އަހަންނެއް އިންޒާރެއް ނުދެންތަ؟ ނުބުނަންތަ ޔައިޝް އާއި ދުރުގަ ހުންނާށެކޭ؟” މޫނުމައްޗަށް ތަދުވީ ވަރުން ޒިވާއަށް ކޮލުގައި އަތް ލެވުނެވެ. ރައިފާ އޭނާއާއި ދިމާަލަށް އޭތި މީތި ގޮވަން ފެށީ ޒިވާގެ ވެސް ހިތެއް އޮންނާނެކަން ވިސްނާ ނުލައެވެ. ޒިވާ އޭނާގެ ދިފާއުަގައި އެއްޗެއް ބުނާކަށް ނޫޅުނެވެ. ރައިފާ އަށް ވިސްނައިދީދީ އޭނާ މިހާރު އެހުރީ ވަރުބަލި ވެފައެވެ. އަނެއްކޮޅުން އޭނާ ދައްކާ ވާހަކަ ރައިފާ ޤަބޫލު ނުކުރާނެކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ.

އޭނާއާއި އެވަރަށް ޖައްސާލައިގެން އުޅޭ މީހަކު އޭނާއާއި ދެކޮޅަށް ދައްކާނެ ވާހަކައެއް ލިބުމުން ކިހާ ފޯރިއެއް އަރާނެ ހެއްޔެވެ؟ ޒިވާ ޗުއްޕުވެސް ނުބުންޏެވެ. ޒިވާގެ އެ މަޑުމައިތިރިކަން ހީވީ ރައިފާގެ ރުޅީގެ އަލިފާންގަނޑަށް ޕެޓުރޯލު އެޅުން ހެންނެވެ. އޭނާގެ ރުޅިގަނޑު ހައްތަހާ މައްޗަށް ދިޔައެވެ. އޭނާ ހިތްފުރޭންދެން ޒިވާއާއި ދިމާލަށް އެއްޗެހި ގޮވުމަށްފަހު ދުން ޖަހާފައި އެތަނުން ނިކުމެގެން ދިޔައެވެ. ރައިފާ ދިޔަ ދިމާލަށް ޒިވާ ބަލަން ހުރީ ހިތި ހިނިތުން ވުމަކާއިއެކުއެވެ. ރައިފާއާށް ވިސްނޭނީ ކޮން ދުވަހަކުން ހެއްޔެވެ؟ ފިރިހެން ކުއްޖެއްގެ ސަބަބުން އޭނާ މިހާރު އެވަނީ ހަމަ ރަނގަޅަށްވެސް މޮޔަވެފައެވެ.

****

މެންދުރު ނަމާދަށް ބަންގި ގޮވުމުން ސްކޫލުން އައިސް ފެންވަރާލި ޔައީޝް، ޔުއާން އަދި ޔާސިން މިސްކިތަށް މިސްރާބު ޖެހިއެވެ. ނަމާދަށް އެރި ގަޑީގައި ޔާސިންގެ ލޮލުގައި ނުހަނު ފިރިހެން ވަންތަ ޒުވާނެއް އަޅައިގަތެވެ. އޭނާ ލައިފައި ވީ އަޅި ކުލައިގެ އަތްދިގު ގަމީސް އުޅަންބޮށްޓާ ހަމައަށް އޮޅާލައިފައި ވި އިރު އެ ބާރުގަދަ މުލައްދަނޑި އޮތީ ހާމައަށެވެ. ތިރިން ލައިގެން ހުރި ކަޅު ކުލައިގެ މިޒަމާނުގެ ފަޓުލޫނުން އެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އޭނާގެ ފަން އިސްތަށިގަނޑު ވަނީ އެއްފަރާތަކަށް ސްޓައިލް ކޮށްލައިފައެވެ. އަދި އާދައިގެ ވަރަކަށް ފަޅާފައިވި ތުނބުޅިން އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށް ދޭއިރު އެ ދޮން މޫނުގެ ރީތިކަން އިތުރު ކޮށްދެނީ ކަލުކުލަައިގެ ދެ ބުމައެވެ.

ޔާސިންއަށް އެ ޒުވާނައާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ ފުރިހަމަ ކަމުންނެވެ. އޭނާ މިސްކިތަށް އަރައިގެން ދިޔައިރުވެސް ޔާސިންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ކޮންމެޔަކަސް އެންމެ ފަހުން އޭނާގެ ދެދަރިންނާއިއެކު އޭނާވެސް މިސްކިތަށް އަރައިގެން ދިޔައެވެ.

ސަލާން ދިނުމުން ސުންނަތް ކޮށް ނިންމުމަށްފަހު ޔާސިން އެނބުރިލި ގަޑީގައި ލޮލުގައި އަޅައިގަތީ މިސްކިތުގެ ކަނެއްގައި މުސްޙަފެއް ހިފައިގެން ކިޔަވަން އިން ޒުވާނާއެވެ. އެއީ ހަމަ ދެންމެ އޭނާއަށް ފެނުނު ޒުވާނާއެވެ. މި ގޮތްނޭނގޭ ޒުވާނާއާއި ދޭތެރޭ އޭނާގެ ހިތުގައި ޝައުޤުވެރިކަން އުފެދުނެވެ.

ދުވަސްގަނޑެއް ވާންދެން ޔާސިން އެ ޒުވާނާގެ މައުލޫމާތު ހޯދަން އުޅުނެވެ. ޔާސިން ބެލި ބެލުމުން އެނގުނު ގޮތުގައި އެއީ ވަރަށް ދީންވެރި އަޚްލާޤް ރަނގަޅު ކުއްޖެކެވެ. ފަރުޟު ފަސް ނަމާދު ބަރާބަރަށް ކުރެއެވެ. އޭނާގެ މައިންބަފައިން ދުނިޔޭގައި ނެތުމުން އޭނާ އުޅެނީ އޭނާގެ ދޮންތަ ގާތުގައި ކަމަށްވެސް ވެއެވެ. އެ ގޮތްނޭނގޭ ޒުވާނާ މަސައްކަތް ކުރަނީ ޕައިލެޓެއްގެ ގޮތުގައި ކަމަށްވެސް އޭނާ ހޯދި ހޯދުމުން އެނގިގެން ދިޔައެވެ. ޒިންމާދާރު ވަޒީފާއެކެވެ. ހަރުދަނާ ދީންވެރި ރަނގަޅު ޒުވާނެކެވެ. ހޮޅު އަށީގައި އިނދެ އޭނާ ގާތުގައި އިން ގާތް އެކުވެރިޔާގެ ފަރާތުން އޭނާ މިއަދު އެ ޒުވާނާގެ ހުރިހާ މައުލޫމާތެއް އެބަ ހޯދައެވެ. ގާތުގައި އިން ޚާލިދު ކައިރީ ދެން އޭނާ އަހާލީ އެ ޒުވާނާގެ ނަމަކީ ކޮބައިތޯއެވެ. “ނައިޝަމް” ޚާލިދު ޖަވާބު ދިން ތަނުން އޭނާ ހިނިތުންވެލިއެވެ. ނައިޝަމް އޭނާގެ ހިތުން ޚާއްސަ މަޤާމެއް ހޯދައިފިއެވެ.

“ހައިފާ..” ގެއަށް ވަދެ ސޯފާގައި ހަމަޖެހިލަމުން ޔާސިން ހައިފާއަށް ގޮވާލިއެވެ. ހައިފާވެސް އައިސް ޔާސިން ގާތުގައި ސޯފާގައި އިށީނދެލިއެވެ. “ކޮބާތަ ޔަންހާ؟ ގޮވާލަބަލަ އޭނާއަށް..” ޔާސިން ހައިފާ ގާތުގައި ފުރަތަމަވެސް ބުނެލީ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް ގޮވާލުމަށެވެ. ޔަންހާއާށް ގޮވާލުމުން އިރުކޮޅެއް ނުވެ ސިޓިންގް ރޫމުގައި އޭނާގެ ބައްޕަމެންނާއި ޖެހިގެން އިން ސޯފާގައި އިށީނދެލިއެވެ. އެއީ އެތަނަށް ޔުއާންވެސް އައިސް ހުއްޓިލި ވަގުތެވެ.

“ދަރިފުޅު ގާތު ބައްޕަ މީގެ ދުވަސްކޮޅެއް ކުރިން ބުނީމެއްނު ކައިވެނީގެ ވާހަކަ.. ދަރިފުޅު ނުބުނަމެއްނު ދަރިފުޅަށް ކަމުދާ ކުއްޖެއް ހުރިއްޔާ ހުރިވާހަކަވެސް…” ޔާސިން މަޑުކުރުމެއް ނެތި ސީދާ މައުލޫއަށް ދިއައެވެ. އެވަގުތު ޔަންހާގެ މޫނު ރަތްވީ ކައިވެނީގެ ވާހަކަ ދެއްކުމުން ލަދުގަތް ވަރުން ކަންނޭނގެއެވެ. ދެއަތް ދެއަތާ މޮޑެން ފެށިއެވެ.

“ބައްޕާ.. އަޅުގަނޑުގެ ނެތް ވަކި އެގޮތަކަށް ކަމުދާ ކުއްޖެއް..” ނެތް ހިތްވަރު ލައިގެން ވަރަށް މަސައްކަތުން ޔަންހާ ބުނެލިއެވެ. ޔުއާން އޭރު އޭނާގެ ގާތުގައި ހުރެ ޔަންހާގެ މޫނުމައްޗަށް އަރަމުން ދިޔަ ކުލަވަރުތައް ބަލަމުން ދިޔައެވެ. އޭނާ އިނީ ދޮންތަ އިން ގޮތް ފެނި މަޖާވެފައެވެ. ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލައިގެން އިނީ ވަރަށް މަސައްކަތުންނެވެ.

ޔަންހާގެ ޖަވާބުން ޔާސިންގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ހައިފާ ވެސް އިނީ މި ވާނުވާ ނޭނގިފައެވެ. އޭނާ ޔާސިންގެ އުޅަނބޮށީގައި ކުޑަކޮށް ކޮށްޓާލުމަށްފަހު ލޮލުން އިށާރާތް ކޮށްލީ ކިހިނެއް ވީ ހޭ އަހާލާ ފަދަ ގޮތަކަށެވެ. ޔާސީންވެސް ދެލޯ މަރަލީ އިހަށް މަޑުކޮށްލާށޭ ބުނުމަށެވެ.

“ބައްޕަ ދައްކާ ކުއްޖަކާ ދަރިފުޅު ކައިވެނި ކުރާނަންތަ؟” ޔާސީން ސީދާ ޔަންހާގެ މޫނުމައްޗަށް ބަލަހައްޓައިގެން އިނދެ އަހާލިއެވެ. ޔަންހާ ހައިރާން ކަމާއިއެކު އިސް އުފުލާލިއެވެ. “ލައްބަ.. އަޅުގަނޑަށް އިނގޭ ބައްޕަމެން ގޮތެއް ނިންމާނީ އަޅުގަނޑާއި ދޭތެރޭ ވަރަށް ވިސްނާފަކަން.. އަޅުގަނޑުގެ ނެތް އެއްވެސް މައްސަލައެއް..” ޔަންހާ ކަށިން ހިތްވަރު ނެރެލައިގެން ބުނެލިއެވެ. ޔާސީންވެސް އިނީ ހިނިތުން ވެފައެވެ. “އޯހް.. ކޮންގްރާ ދޮންތާ…” ގާތުގައި އިން ޔުއާން ޔަންހާ ލަދުގަންނަވާލުމުގެ ގޮތުން އަތްތިލަ ބަޑިޖަހަން ފެށުމުން ޔަންހާ ސިހުނެވެ. އަދި ޔުއާން އާއި ދިމާލަށް ކަޅި އަޅާލިއެވެ. އެވަގުތު ވީ ޔައީޝްއަށްވެސް ކޮޓަރިން ނިކުމެވުނު ވަގުތަށެވެ. ޔުއާން ވީ ގޮތް ކިޔައިދިނުމުން ޔައީޝްއަށް އަދި މާ ފޯރި އެރިއެވެ. ޔަންހާ ރުޅި ގަދަވެގެން ދަތް ވިކާލީ އެމީހުން އެކަން ހުއްޓާލާތޯއެވެ. ނަމަވެސް އެކަން ވީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. އޭނާއަށް ލިބިފައި މިވަނީ ސަކަރާތް ބޮޑު ކޮށްކޮއިން ތަކެކޭ އޭނާގެ ހިތަށް އެވަގުތު އެރިއެވެ.

ބޭރުގައި އުޅެލައިފައި ނައިޝަމް ގެއަށް ވަތް އިރު ނޫރީން ބަދިގޭގައި އުޅެއެވެ. “ދޮންތަ ހަމަ އެކަނި ތަ؟ ހާދަ މީރުވަސް ދުވައޭ.. ކޮން އެއްޗެއް ކައްކާލަނީ؟” ނައިޝަމް ނޫރީން އާއި ސަމާސާ ކޮށްލަމުން ހިނިތުން ވެފައި ހުރެ ބުނެލިއެވެ. “އާން.. ދޮންތައަށް ފަސޭހަ ވެދާނެތީ ދޮންތައަށް އެހީތެރިވެދޭނެ އިތުރު ކުއްޖަކު މިގެއަށް ގެންނާކަށް ނައިޝަމްވެސް ނޫޅެމެއްނު…” ނޫރީން މޫނަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. ނައިޝަމް އަށް ސިހުން ލިބުނީ ހަމަ ހުރެފަ ދޮންތަ މިއަދު ދައްކަން އެ ފެށި ވާހަކައެއްގެ ސަބަބުންނެވެ. އޭނާ އަދި ދުވަހަކުވެސް ކުއްޖަކާ ރައްޓެހި ނުވެއެވެ. ދެން ކައިވެނި ކުރާނީ ކިހިނަކުން ހެއްޔެވެ؟ “ބަލަ ކައިވެނި ކުރަން ކޮންމެހެން މީހަކާ ރައްޓެހި ވާކަށް ނުޖެހޭ… ނައިޝަމް އަށް ކަމުދާ ކުއްޖަކު ހުރިނަމަ ދޮންތަ ގާތުގަ ބުނެލަބަލަ.. އޭރަށް ދޮންތައާއި ޒައިފްބެ ވެގެން ހަމަޖައްސަދެވޭތޯ ބަލާންނަ ތިކަންތައް.. އެކުއްޖަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލައިފަ އެކަމަކު.. އެހެން ނޫނީ ދޮންތަ ހޯދައިދިފާނަން ކުއްޖެއް.. ނައިޝަމް ބޭނުން ގޮތެއް…” ނައިޝްމަ ހައިރާން ވީ އޭނާގެ ހިތުގައި އޮތް އެއްޗެއް ނޫރީން އަށް އެނގުނީމައެވެ. އޭނާއަށް އަނެއްކާ ބާރަށް މި އެއްޗެހި ބުނެވުނީ ބާއެވެ؟ “ހުމްމްމް.. ބާރަށް ތި ކިޔަނީ.. ނައިޝަމް ހިތުން އަމިއްލައަށްތަ ތި ވާހަަކަ ދައްކަނީ؟ ދޮންތައަށް އެބަ އަޑު އިވޭ އެކަމަކު ތި ދައްކާ ވާހަކަ… ހެހެހެ…” ނޫރީން ދެން ބުނެލި ވާހަކައިން ނައިޝަމް އަނގަ ސަކަރާތްވާ ގޮތްވިއެވެ. އޭނާގެ އިސްތަށިގަނޑަށް އަތް މަހާލީ ހަމަޖެހިލެވޭތޯއެވެ.

“ނައިޝަމް ކިޔަވާ ނިންމާއިފަ ބޭނުންވީ ޕައިލެޓަކަށް ވާން.. ޒައިފްބެއާއި ދޮންތަ ވެގެން ނައިޝަމް އަށް މިހާރު އެކަން ހަމަ ގައިމުވެސް ކޮށްދެވިއްޖެ… އަނެއްކޮޅުން މިހާރު ފަންސަވީސް އަހަރު ތިވީ.. ފިރިހެން ކުދިން އާންމުކޮށް ކައިވެނި ކުރާ އުމުރަށް ގޮސްފަ ތިހުރީ.. ދޮންތައަށް ހީވަނީ ނައިޝަމް ވެސް ދެން ކައިވެންޏާ ހަމައަށް ދާން ވީހެން.. ނައިޝަމް އަށް މިހާރު އެނގޭނެ އަމިއްލައަށް ޒިންމާ ނަގަން.. ދޮންތައަށް އެކަންތައް ދަސްކޮށްދެވިފައެއް ނޫންތަ ހުރީ ނައިޝަމް އަށް.. ދެން ޚަރަދުތައް ބެލެހެއްޓޭނެ ނައިޝަމް އަށް މިހާރު.. ތި ވަޒީފާއަކީ މި ރާއްޖޭގަވެސް އެންމެ މުސާރަބޮޑު ވަޒީފާތަކުގަ ހިމެނޭނެ އެއްޗެއް.. އެހެން ވީމަ ދޮންތައަށް ފެންނަނީ ދެން ގިނަ ދުވަސް ނުކޮށް ނައިޝަމް ކައިވެނި ކުރަން.. މަންމަމެން ދުނިޔޭގަ ތިބި ނަމަވެސް މިދުވަސް ދެކެން ވަރަށް ބޭޏުންވާނެ.. ދޮންތަވެސް ވަރަށް ދެކެން ބޭނުންވާ ދުވަހެއް އެއީ..” ނޫރީން ޓޮމާޓޯ ތަކެއް ކޮށަމުން ގާތުގައި ހުރި ކޮއްކޮއަށް ވިސްނައިދެމުން ދިޔައެވެ.

ދޮންތަ އެ ދެއްކީވެސް ތެދު ވާހަަ ތަކެކެވެ. ޙަޤީގީ އުފާވެރިކަން ލިބެނީ ކައިވެންޏަށް ފަހުއޭ ކިޔާ އަޑު އޭނާވެސް އޮތީ އަހައިފައެވެ. އެހެން ވީމަ އަވަހަށް އޭނާ ހަމަ ކައިވެންޏެއް ކުރަން ވީ ހެއްޔެވެ؟ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރާއިރުވެސް އޭނާއަށް މާ އުފާވެގެންނެއް ނޫޅެވެއެވެ. އެކަނި ވީމައެވެ. އެ އެކަނިވެރިކަން ފިލުވަދޭނެ ޙަޔާތުގެ ބައިވެރިއެއް އޭނާ ހޯދަން ވީ ބާއެވެ؟

“ވިސްނާލާނަން އިނގޭ ދޮންތާ.. ހިޔެއް ނުވޭ ދޮންތަ ތި ދެއްކީ މުޅިއަކުން ދޮގު ވާހަކައެއް ހެންނެއް..” ނައިޝަމް އެހުރިގޮތަށް އެއް އަތް ބޮލަށް މަހާލަމުން އަނެއް އަތް ޖީބަށް ޖަހާލައިގެން ބަދިގެއިން ނިކުމެގެން ގޮސް އޭނާގެ ތަނަވަސް ކޮޓަރިއަށް ދިޔައެވެ. ނޫރީންވެސް އޭނާގެ ލޯބިވާ ކޮއްކޮ ދިޔަ ދިމާލަށް ބަލަން ހުރީ ހިނިތުން ވެލައިގެންނެވެ. ކޮއްކޮއަކަށްވުރެވެސް ބޮޑަށް އޭނައަށް ނައިޝަމް އާއި ދޭތެރޭ ދެކެވެނީ އުފަން ދަރިއެއް ހެންނެވެ.

ކޮޓަރީގައި ކިޔަވާ މޭޒުކައިރީގައި އިން ޒިވާ ނިކަން އަވަސް އަވަހަސް ކޮންމެވެސް އެއްޗެހި ތަކެއް ލިޔަމުން ގެންދިޔައެވެ. ބައެއްފަހަރަށް އަދި އެއަށްވުރެ ލިޔުން އަވަސްވެގެން ދެއެވެ. އެހެން އިނދެފައި ނޭފަތް ދަމާލަފާނެއެވެ. އަހެން ނޫނީ ހުސްކޮށް އޮތް އަތުގެ ނުފުށުން ލޯ ފޮހެލަފާނެއެވެ. އޭނާއަށް ސިހުން ގެނުވީ ފަހަތުން މީހަކު ކަރުކެހިލިހެން ހީވެގެންނެވެ. ޒިވާއަށް ކޮޓަރީގެ ދޮރު ތަޅުނުލެވެނީ ބާއެވެ؟ އެކަމަކު އޭނާ ސްކޫލުން އައިއްސަ ކޮޓަރި ތަޅުލި ހަނދާނެއް ހާދަހާ އެބަވެއެވެ. ދެން ވާނީ ކިހިނެއް ކަމާމެދު ބިރުން އިނދެ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ފަހަތަށް އެނބުރި ލިއެވެ.

“ކޮބާ ޒިވްކޮ ފިލާވަޅު ހަދާ ނުނިމޭތަ؟ ހާދަ ލަހޭ ދޯ މަސައްކަތް ކުރިއަށް ދާލެއް…” އޭނާގެ ކޮޓަރީގެ ދޮރުމަތީގައި ދެޖީބަށް އަތް ޖަހާލައިގެން ހުރި ނައިޝަމް ޒިވާއާއި ގާތަށް އަންނަމުން ދިޔައެވެ. އަވަސް އަވަހަށް އެނބުރިލައި ފޮތް ލައްޕާލީ ނައިޝަމް އަށް އޭގައި ހުރި އެއްޗެހި ފެނިދާނެތީއެވެ. އޭގައި އެހުރީ ހުސް އޭނާގެ ހިތުގެ ޝަކުވާއެވެ. އެ ހިތުގެ އަޑު އެހެން މީހެއްގެ ކަންފަތަށް ފޯރަން ހަމަ ހިލާ އޭނާ ނޭދެއެވެ.

“ނޫން.. މި ނިމުނީ… ކިހިނެއް ވީ ތުއްތު؟” ޒިވާ ހަމަޖެހިލަމުން ނައިޝަމް އާއި ސުވާލު ކޮށްލީ ހިނިތުން ވެލަމުންނެވެ. “ޒިވްކޮ ލޯ ހާދަ ރަތޭ… އަނެއްފަހަރު ލޯ ސަކަރާތް ވާން ފެށީތަ؟ ބޭސް ނާޅަން ދޯ މިހާރު ލޮލަށް… ހުރޭ.. މިފަހަރު ތިހެން އުޅެންޏާ ދެން މަންމަ ކައިރި ބުނާނަން މިފަހަރު ޗުއްޓީގަ މެލޭއަށް ދާއިރަށް ޒިވްކޮ ނުލައި ދާށޭ..” ޒިވާ އަށް ނައިޝަމްގެ ވާހަކައިން ފުރަތަމަ ސިހުން ގެނުވި ނަމަވެސް ނޭވާ ހިފަހައްޓާލައިގެން އިންދާ ނައިޝަމް އަށް ހީވި ގޮތް ކިޔައިދިނުމުން ފަސޭހަ ކަމާއިއެކު ހިފަހައްޓާލައިގެން އިން ނޭވާ ބޭރުށްލެވުނެވެ. އޭނާ އަކީ ދޭތެރެ ދޭތެރެއިން ލޯ ހިރުވާފަ ލޯ ދުޅަވާ ކުއްޖެކެވެ. ނައިޝަމް އެބުނި ބޭހަކީ ޒިވާ ޑޮކްޓަރަށް ދެއްކުމުން އެ މައްސަލަ ޙައްލުވަންދެން ބޭނުން ކުރަން ޑޮކްޓަރު ދީފައިވާ ބޭހެވެ. “ދެން ނޯ… ތުއްތުއަށް ހީވި ގޮތޭ ތީ.. ޒިވް މިހާރު ވަރަށް ބަސް އަހަމޭ..” ނައިޝަމް އަށް ޝައްކު ވެދާނެތީ ޒިވާވެސް އަވަހަށް އެ ސަމާސައިގައި ބައިވެރި ވެލިއެވެ.

“އާން ދެން އޯކޭ… ހިނގާބަލަ ތުއްތުއާއި އެއްކޮށް ހިނގާލަން ދާން.. ޒިވްކޮ މަންމަ ވެސް ތުއްތު ކިޔާ ކިޔާ އެއްބަހެއް ނުވި… ދެފައިގައި ހިފާ އާދޭސް ކުރިން.. އެކަމަކުވެސް ޤަބޫލެއް ނުވި…” ނައިޝަމް ނިކަން ދެރަވާ ކަމަށް ހަދަމުން ބުނެލި ވާހަކައިން ޒިވާއަށް ހިނި އާދެވުނެވެ. ރަނގަޅަށް ވިއްޔާ ނައިޝަމް އެހެން އެ ބުނީ ނޫރިން ގާތު ނުވެސް އަހައޭ ޒިވާގެ ހިތަށް އެރިއެވެ. ނައިޝަމްގެ ވެސް ސަމާސާ އެހާ ބޮޑުވާނެއެވެ. “ދޮގުހަދާ ތުއްތު.. މަންމައަށް އެހެން ނޫނަސް މިއަދު ނުދެވޭނޭ.. މިއަދު ހަވީރު އެބޮތް ޕޭރެންޓް މީޓިންގް އެއް.. އެތަނަށް ދާން ރެޑީ ވާން އުޅޭނީ މިހާރު.. ޒިވް އަކަށް ހިނގާލާކަށް ނުދެވޭނެ ދެން.. ދުއްވާލަން ދާންވިނު..” ޒިވާވެސް ތުންފަތް އޫކޮށްލަމުން ބުނެލިއެވެ. “ވަރިހަމަ… ކަންނެއް ފުޅަ ތަންކޮޅެއް އަވަހަށް ތައްޔާރުވެގެން އާދޭ ތިރިއަށް..” ނައިޝަމް ދެން ބުނެލި އެއްޗަކުން ޒިވާ އޭނާގެ ބުރަކަށީގައި ވަރުގަދަ ބޮނޑިއެއް އަލާލިއެވެ. ނައިޝަމް ވެސް ހެމުން ހެމުން ތިރިއަށް ފައިބައިގެން ގޮސް އެ ކޮޓަރިން ނިކުތެވެ.

ޒިވާ ތައްޔާރުވެގެން ސިޓިންގްރޫމަށް އައި ވަގުތަކީ ނޫރީންވެސް އެބުނާ ބައްދަލުވުމަކަށް ދާން ތައްޔާރުވެގެން ނިކުތް ވަގުތެވެ. “ޒިވާ ދަރިފުޅު ކޮންތާކަށް ދާން ހާދަ ރީތިވެލައިގެން؟” ނޫރީން ޒިވާއާއި ސުވާލު ކޮށްލީ ހައިރާންވެ ހުރެއެވެ. ޒިވާ ތާކަށް ދަންޏާ އެހެންޏާވެސް އޭނާގާތު ބުނާނެއެވެ. “މަންމަ ބިރުން ދޯ ތިހުރީ ޒިވް ނުބުނެ ދާން އުޅޭތީ؟ ރެޑީވެގެން އައިސް ބުނަން ވެގެން މަޑުކޮށްލީ.. ތުއްތުއާއި އެކީ ދުއްވާލަން ދަންތަ؟ ގޭގަ ހުރެހުރެ ފޫހިވެއްޖެ..” ޒިވާ ދާން ބޭނުންވެފަ ހުރިލެއް ބޮޑުކަމުން ނޫރީން އޭނާއަށް ހުއްދަ ދިނެވެ. އެހެން ކަމުން ހިނިތުން ވެލައިގެން ހުރެ ނައިޝަމް އާއި އެކީ އޭނާ ގެއިން ނިކުތެވެ.

ހަވީރުގެ ފިނިފިނި ވައިރޯޅިތަކުން ހިތްތަކަށް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ. ޔަންހާވެސް އޭނާގެ ގާތް އެކުވެރިޔަކާއިއެކު ހިނގާލަން ވެގެން އަތިރިއަށް ގޮސް އުޅެއެވެ. އަތިރީގައި އިން ބުރެއްގައި އިށީނދެލައިގެން އިނީ ޖެހޭ ވައިރޯޅިތަކުން ހިތްހަމަ ޖެހުނު ވަރުންނާއި އެކުވެރިޔާއާއި ދިމާނުވެ ގިނަ ދުވަސްވީވަރުން އޭނަ އާއި ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. “މާހީ މިހާރު ޖޮބަކަށް ދަންތަ؟” ޔަންހާ ހަމަޖެހިލަމުން އިސްވެ ވާހަ ދައްކަން ފެށީ ގާތުގައި ކަޅު ހެދުމަކާއިއެކު ގަދަ ރަތްކުލައިގެ ޝޯލްއެއް އަޅައިގެން އިން މާހީ އާއެވެ. އެއީ ސްކޫލު ދުވަސްވަރުއްސުރެ ވެސް ޔަންހާގެ އެންމެ ގާތް އެކުވެރިޔާއެވެ. ދިމާނުވެ ގިނަ ދުވަސްވުމުން ދެމީހުން އެއްކޮށް ވަގުތު ކޮޅެއް ހޭދަ ކޮށްލުމުގެ ބޭނުމުގައި މިއަދު އަތިރިއަށް އައީއެވެ.

“ނޫން.. ނާސިން ނިންމާލައިފަ އައިސް މިހާރު މިކޮޅުގަ ހޮސްޕިޓަލްގަ މިއުޅެނީ… މިހާރު ތިން މަސްވަރު ވަނީ މި ދެން ޖޮއިން ކުރި ފަހުން..” މާހީ ހިނިތުން ވެލައިގެން ހުރެ ބުނެލިއެވެ. “ޔަން ނިމިގެންތަ މިހާރު ތިއައީ؟” އޭނާއަށް ޔަންހާ ކުރި ސުވާލަށް ޖަވާބު ދިނުމަށްފަހު މައިހާ ޔަންހާ އާއި ސުވާލު ކޮށްލިއެވެ. “ހުމްމް.. މިއަހަރު މި ނިމުނީ.. އެކަމަކު ޔަން އަކަށް ވަޒީފާ ނުލިބޭނެއްނު ކިތަންމެ މަތީ ފާހެއް ނަގައިގެން އަޔަސް… ވަރަށް ދެރަވި އަސްލު އެހެންވެ… މީހުންނަށް ހެލްޕް ވެދޭން އަސްލު ވަރަށް ބޭނުންވޭ.. ޑޮކްޓަރ އަކަށް ވާން ބޭނުންވީ ވެސް އެހެންވެ އެހާ ބޮޑަށް..” ޔަންހާ ދެރަވެލައިފައި އޭނާގެ ހިތުގައި އޮތް ގޮތް ބުނެލިއެވެ. ޔަންހާއަށް ޑޮކްޓަރީކަމުގެ އެ ކޯސް އެހާ ފަސޭހައިން ހެދުނީ ސައުދީއިން ވީމައެވެ.

“ޑޯންޓް ވޮރީ.. ދެންތަ އައިޑިއާ އެއް.. ޔަން އަމިއްލަ ކްލިނިކެއް ހުޅުވަން ވީނު؟ ސަރުކާރު ތަންތަނުގައެއްނު ނޫޅެވެނީ މޫނު އެޅީމަ.. ޔަންގެ އަމިއްލަ ތަނެއް ހުޅުވީމަ މައްސަލައަކަށް ނުވާނެއެއްނު..” މާހީ އޭނާއަށް ފެނުނު އެންމެ ރަނގަޅު ގޮތް ބުނެލިއެވެ. ޔަންހާވެސް ހަމައެކަނި ބޯ ޖަހާލީއެވެ. އެވަގުތު އޭނާގެ ކުރިމަތިން ތަންކޮޅެއް ދުރުން ސައިކަލުގައި ދިޔަ ޒުވާނެއް ޔަންހާގެ ލޮލުގައި އަޅައިގަތެވެ. ހުދުކުލައިގެ އަތްކުރު ޓީޝާޓެއް ލައިފައި ވީއިރު ތިރިން ލަައިފައި ވަނީ ނޭވީ ބްލޫ ކުލައިގެ އެންމެ މިހާރުގެ ފަޓުލޫނެކެވެ. ސައިކަލުގައި ދެއަތުން ހިފަހައްޓާލައިފައި ވީއިރު ލައިފައިވި އަތްކުރު ޓީޝާޓުގެ ސަބަބުން އޭނާގެ އާދައިގެ ވަރަކަށް ދޮން، ވަރުގަދަ މުލައްދަނޑި އޮތި ހާމައަށެވެ. އާދައިގެ ވަރަކަށް ބަހައްޓައިފައި ހުރި ތުނބުޅި އާއި އެއްފަރާތަކަށް ސްޓައިލް ކޮށްފައިވި އޭނާގެ ވަރުގަދަ އިސްތަށިގަނޑުގެ ސަބަބުން އެ ރީތިކަން ދެގުނަ ކޮށްދެއެވެ. ޒުވާނާގެ ސައިކަލު ފަހަތުގައި ފުރާވަރުގެ އަންހެން ކުއްޖެއް އިނެވެ. ހީވާގޮތުން އެއީ އޭނާގެ ކޮއްކޮއެކެވެ. އެއީ އަދި ކުރިން އޭނާއަށް ފެނުނު މީހެއް ހެނެއް ހިޔެއް ނުވެއެވެ. އެހެން ނަމަވެސް އެ ޒުވާނާ ފެނި ޔަންހާގެ ހިތަށް ގޮތެއް ވެލިއެވެ. ކީއްވެ ކަމެއް ނޭނގެއެވެ.

“މާހީ.. ކާކުތަ އެއީ؟ ކުރިން އަދި ނުފެންނަ މީހެއް.. ބީރައްޓެއްސެއްތަ އެއީ؟” ކިތަންމެ ހިފަހައްޓައިގެން އިން ނަމަވެސް ނުބުނަން އިން ޖުމުލަ ދެ ތުންފަުތުގެ ދޭތެރެއިން ނިކުތީ ޔަންހާގެ އިޚްތިޔާރުން ބޭރުގައެވެ. “އެއީ ދޯ.. ސުބުހާނައްﷲ.. އެވާހަކަ ބުނަން އަދި ހަނދާން ނެތުނީއްޔޭ… އެސޮރު ގަދަ ކޮށްލައިފި އިނގޭ… އެއީ އެއްކަލަ ނައިޝަމް.. އަހަރެމެން އެއިޓްގަ އުޅުނު އިރު ޓެންގަ އުޅުނެއްނު.. ވަރަށް ކިޔަވަން މޮޅުވާނެ.. ވަރަށް ހިކި ހިކިކޮށް ހުންނާނީ.. އޭނާ ހިކިކަމުންވެސް ވަރަށް ކުދިން މަލާމާތް ކުރެއެއްނު.. އެކަމަކު ބަލާބަ.. މިއަދު އޭނާ ވަރަށް ހިތްވަރު ގަދަ.. ދިހައެއް ނިންމާފަ ކިޔަވައިގެން ދިޔަ ގޮތަށް އޭނާ ބޭރަށް ދިޔައީ… ގޮއްސަ ޕައިލެޓަކަށް ވެގެން މިހާރު އެހުރީ.. އަންނާނެ ދޭތެރެ ދޭތެރެއިން ރަށަށް.. ހީވެސް ނުވޭ ދޯ އެއީ ނައިޝަމް އޭ..” މާހީ ނިކަން ފޯރީގައި ކިޔައިދެމުން ދިޔައެވެ. ޔަންހާ ކުޑަ ހިތްވަރެއް ކޮށްލި ތަނަ އެބުނާ ނައިޝަމް އެއް ހަނދާން ވިއެވެ. އޭނަވެސް ހައިރާންވީ ނައިޝަމް ގެ އެ ހަށިގަނޑަށް އައިއްސަ ހުރި ބަދަލު ފެނިފައެވެ.

“ޒިވްކޮ… މިރަށު މީހުން މޫނުބުރުގާ އަޅަން ފެށިކަމެއް ތުއްތު ނުދެނަހުރިން.. އެއީ ކާކު؟” ސައިކަލުގައި ތަންތަން ބަލަމުން ދިޔަ ނައިޝަމްގެ ލޮލުގައި އަޅައިގަތީ އަތިރިމަތީގައި ހުރި ބުރެއްގައި ކަޅުކުލައިގެ ގެދުމެއް ލައިގެން ނިޤާބް އަޅައިފައި އިން އަންހެން ކުއްޖާއެވެ. އޭނާ ގާތުގައި އިން ކުއްޖާ އާއި އެއިރު ކޮންމެވެސް ވާހަކައެއް ދައްކަމުން ދިޔައެވެ. “މަންމަގެ ފްރެންޑެއް ހުރެޔެއްނު ހައިފާ ދައްތަ.. އެ ދައްތަގެ ދޮށީ ދަރިފުޅު އެއީ.. ޔަންހާ ދައްތަ.. ޒިވް މެން ގްރޭޑްގަ އުޅޭ ޔަ.. ޔައީޝް ގެ ދައްތަ..” ޔައީޝްގެ ނަން ކިޔަން ވުމުން ޒިވާ އިނީ ފޫހިވެފައެވެ. އޭނާ މިހާރު ޔައީޝް އުޅޭ ގޮތުން ޔައީޝްދެކެ ފޫހިވާން ފަށައިފިއެވެ. ދައްކަން މިޖެހުނު ވާހަކައެއްގެ ސަބަބުން މުޅި މޫޑު ޚަރާބުވީއެވެ. ފެންނަމުން ދިޔަ ގުދުރަތީ ރީތި މަންޒަރުތަކަށް ސަމާލުކަން ދެވޭތޯ ޒިވާ ބެލީ ވެސް ޔައީޝް މަތިން ހަނދާން ނައްތާލެވޭތޯއެވެ.

އިރުއޮއްސެން ގާތް ވުމުން ނަމާދު ގަޑިވެސް ކައިރި ވާތީއާއި އެއްކޮށް ނައިޝްމަ ޒިވާ ގެއަށް ލައިފައި ނަމާދަށް ދާންވެގެން ސައިކަލުގެ މިސްރާބު ގެއާއި ދިމާލަށް ޖެހިއެވެ. ދިހަ ވަރަކަށް މިނެޓުން ގެއާއި ހަމައަށް އެމީހުންނަށް ފޯރައިފިއެވެ. މުށިކުލައިގެ ފިލާ ދޮރޯށި ހުޅުވާލުމަށްފަހު ނައިޝަމް އާއި ޒިވާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ދެމީހުންވެސް ހައިރާން ވީ އެވަގުތު ނޫރީން އެމީހުންކުރިމައްޗަށް އަރައި ހިނިތުން ވެފަ ހުރިލެއް ބޮޑޫކަމުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (55)

  1. Lumina

    Vvvv nyc…maasha allah..kyp it up dear?

    1. noor
      Lumina

      jazakillah khairan dear.. 🙂 thank you soo much for the support.. 🙂

  2. Shimko

    Masha Allah mi part vvvvvv reethi

    1. noor
      Shimko

      jazakillah khairan Shimko.. 🙂

  3. Mal

    Mashaa Allah..vaahaka varah reethi

    1. noor
      Mal

      jazakillah khairan Mal.. 🙂 vrh ufaavehje mi vaahaka kamudhaa vaahaka bunelyma.. 🙂

  4. ira

    v cute…masha allah……waiting for next part….

    1. noor
      ira

      hehe.. jazakillah khairan ira dear.. 🙂 keep waiting….. 🙂

  5. Pinky shifoo

    Maasha Allah mi part vx v v v reethi ????❤️❤️❤️❤️. Haadha interesting ey mi story ????????… Yaish haadha goahey dhw ????… N this raifaa vx ????… Yaish kihineh vegentha miulheny ????… Kurin 2 parts ah comment nukurevunas story kiyaalin ????… Mihaaru kiyamundhaa vaahaka thakugetherein mi vaahaka akee enme reethi eh vaahaka ????????… Keep up the good work noor ❤️❤️❤️❤️????????????…

    1. noor
      Pinky shifoo

      aww.. anehkkaaves Pinky Shifoo ge colorful comment eh dhw.. ma sha allah.. 🙂 asluvestha? vrh ufaavehje dear.. hehehe… it’s ok dear.. 🙂 aww.. jazakillah khairan dear.. 🙂 hageegathugaves noor vrh vrh vrh happy vehje ingey.. 🙂

  6. nau

    mashaa allah…..kon irakun next part???

    1. noor
      nau

      al’hamdhulillah! vrh ufaavehje nau ah mi part kamudhiyaeema.. 🙂 in sha allah, maadhan ves up kohdheveytho noor try kuraanan.. 🙂

  7. Sofy

    Masha Allah mivaahaka v reeth…….

    1. noor
      Sofy

      jazakillah khairan sofy… 🙂 vrh ufaa veheje dear ah story reethi v ma.. 🙂

  8. No one

    Wow.. vr rythi. Maasha allah.. keep it up??♥️

    1. noor
      No one

      jazakillah khairan No one dear… 🙂

  9. Twingirl

    Vvvv rythi story …? masha allah.. keep it up dear… mi story ah waiting waiting???.❤

    1. noor
      Twingirl

      aww Twingirl.. jazakillah khairan dear.. 🙂 hehe.. keep waiting dear.. 🙂

  10. Mishy

    Alheyy…??.. woww???… i love this prt❤❤❤??… whn nxt? Curiously waitnn…. ??????

    1. noor
      Mishy

      alhey mishy dear.. dhuvaskolheh vehje mishy aa dhimaa nuvaathaa.. dhw? hehe.. 🙂 jazakillah khairan dear.. in sha allah, maadhan up koh dheveytho noor mi balany.. 🙂

  11. Ahana

    Noor ge vaahaka vidhaa nooreh haa reethi adhi ibraiiy theri..Noor ge thi masakkathu ga Allah barakaiiy lavvashi! Aameen

    1. Ary
      Ahana

      Aameen

    2. noor
      Ahana

      awwwwn.. maa sha allah, haadha reethi ibaaraiyy kolhekey dear.. 🙂 vrh vrh vrh vrh vrh ufaavefa noor mihury dear ge thi comment fenifa.. 🙂 noor ah hama neynge buanaane ehcheh ves.. vrh vrh ufaavehje.. jazakillah khairan dear, for the support.. Ameen.. 🙂 Maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. again, jazakillah khairan sister! 🙂

  12. Sana

    Masha Allah??????
    Beautiful
    Waiting for next part???

    1. noor
      Sana

      jazakillah khairan Sana dear.. 🙂 keiyytheri kamaai eku ihah madukollaa ingey.. 🙂 hehe..

  13. Alisha

    Alheyy Haadha rangalheyy noor?????????
    Masha Allah vaahaka varah varah reethi
    Good job
    Keep going
    Waiting for next part

    1. noor
      Alisha

      🙂 jazakillah khairan dear.. vrh ufaavey Alisha dear noor ge story ah comment kuraathy.. 🙂 noor ah vrh hiyyvaru libey aslu.. al’hamdhulillah! 🙂

  14. yaanu

    furathama vaahaka feshi kolhu varah foohi koh dhiyaee ekam mihaaru part akah fahu part eh shaugu veri kuruvamun dhany varah reethi mivaahaka keep it up and next part ge inthixaaruga mi iny 🙂 good job 🙂

    1. noor
      yaanu

      hehe.. ehntha yaanu? 🙂 varah bodah shukuriyyaa yaanu dear.. 🙂 hehe.. 🙂

  15. Hamdha

    Maasha allah…..story is awsome and noor is the best…..this is my favourite story….. I wanna now your age…..pls pls

    1. noor
      Hamdha

      jazakillah khairan hamdha dear.. 🙂 hehe.. vrh vrh ufaavehje dear thihen bunelyma.. 🙂 awwww.. 🙂 hehe.. guess kollaba.. 🙂

    2. Anonymous
      Hamdha

      I think 14 ?? am i right???

    3. noor
      Hamdha

      hehe.. nooney dear.. 🙂

    4. Jazlee
      Hamdha

      Dhn plssss tell us ur age noor……pls pls

    5. noor
      Hamdha

      Hehehe… 15 aa 18 aa dheytherey.. i’m a teenager.. hehe 🙂

  16. ???

    Varah reethi mi vaahaka noor..
    MASHA ALLAH????

    1. noor
      ???

      jazakillah khairan dear… 🙂

  17. Afy

    Masha Allah reethi mi vaahaka.v Kiya hiyyvejje miha avahah vaahaka up kuraathi . keep it up. ??????

    1. noor
      Afy

      jazakillah khairan Afy… al’hamdhulillah.. 🙂 vrh vrh ufaavehje dear ge comment kiyaalaifa.. 🙂

  18. Felix

    Mi story Haadha furihama eyy masha Allah ????
    Bunaane ehcheh ves neh
    Noor thee boy eh tha???

    1. noor
      Felix

      vrh bodah shukuriyyaa Felix.. 🙂 hehe.. kihineh heevany? 🙂

    2. Felix
      Felix

      a girl…. I think this is a truth.???

    3. noor
      Felix

      hehe… yeah.. 🙂

  19. Anonymous

    Wow noor vvv reethii beynunvany story ehkoh kiyaalan.. Bt nuvanehnu dhw ekameh???????keep it up.

    1. noor
      Anonymous

      jazakillah khairan Anonymous dear.. hehe.. 🙂 vrh ufaavehje dear ah thihaa rangalhah visnunyma.. 🙂

  20. Blackaholic

    Masha Allah.. vv reethi.. curiouslywaiting for the next part ????

    1. noor
      Blackaholic

      jazakillah khairan dear.. 🙂

  21. Mate

    Maasha Allah.vrh reethi?? waiting for next part.

    1. noor
      Mate

      jazakillah khairan dear.. keep waiting dear.. 🙂

  22. hawwa

    v reethi vaahaka eh. ane bai up veytho bala bala mi innanee

    1. noor
      hawwa

      jazakillah khairan hawwa dear.. 🙂 aww.. noor ah vrh bodah maaf kohdhehchey.. noor miadhu kudakoh bxy vegen 9 vana episode up nukohdhevuny.. ekamaku mihaaru dear mennaa hamayah ebai hama on the way ga… hehe.. 🙂

  23. ukhty

    masha Allah v reethi story eh…comment nukuriyakas mi story ukhty kiyan ingey.

    1. noor
      ukhty

      jazakillah khairan dear sister (ukhthy)… 🙂 it’s ok dear.. vrh ufaavehje story kiyaa vaahaka dear bunelyma.. 🙂 thank you for the support ukhthy.. 🙂

  24. Yaanu

    9 neribadho avahah ?

    1. noor
      Yaanu

      alhey yaanu dear.. noor ves mi balaaly 9th episode up vefa in tho… ekamaku adhi neiyydho… noor reyga nidhi thaayyaa jehemun ves innaany 9th episode submit koffa.. hehe.. in sha allah, heeevey miadhu up vaane hen.. 🙂

Comments are closed.