Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 6

hygge Level 510 Stories100 Comments100 Login500 Comments
May 21, 2018 6 Mins Read
40 Comments

އޭގެ ދެދުވަސް ފަހުން ޒިވާގެ ހުންވެސް ރަނގަޅު ވިއެވެ. އެހެންކަމުން އެދުވަހު އޭނާ ސްކޫލަށް ދިޔައެވެ. އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޭނާ ދިޔައީ ހިނިތުން ވެލައިގެންނެވެ. އޭނާ ޑިއުޓީ ނިންމައިފައި ކްލާހަށް ވަތްތަނާ ލިބުނީ ޤަބޫލުކުރަންވެސް ދަތި ވީ ޚަބަރެކެވެ. ލޮލުން ކަރުނަ ފާއްދާލަން އުޅުނީ ނޭނގުމެއްގެ ތެރެއިންނެވެ. ނަމަވެސް ހިތްވަރު ކޮށްލައިފައި އެ ކަރުނަތައް އެތެރެއަށް ހިންދާލިއެވެ. ބޭރުން ހިނިތުންވެލައިފައި ހުއްޓަސް ހިތުގައި އެއަށްވުރެ ބޮޑު ކޫރުމެއް އެޅިއްޖެއެވެ.

ޒިވާއަށް ފުރަތަމަ ލިބުނު ހައިރާންކަމާއި ސިހުމުގެ ސަބަބުން ހުރިތާ ހުރެވުނީއެވެ. އެއަށްފަހު އެހެން ކުއްޖަކަށް ޝައްކު ވެދާނެތީ ހިނިތުންވުމާއި އެކީ އޭނާގެ ޑެސްކާއި ދިމާލަށް މިސްރާބު ޖެހިއެވެ.

“ޗީޑި.. ޔައީޝްއަށް ހަމަ އެނޫން އަންހެނެއް މިއޮށް ބޮޑު ދުނިޔެމަތިންވެސް ނުލިބުނީތަ؟ މައި ކައިރިވެސް ބުނެލިނަމަ ދޯ.. އެއަށްވުރެ ތަންކޮޅެއް ރަނަގޅު އިންސާނަކު ހޯދައިދިނީމުސް.. ތި އަންހެނާ ޔަގީން ހުއްނާނީ މިހާރު ފަޅައިގެން ނުގޮސް.. އާ އެހެންނަ، ފޮނިބޮތްކެއް ވިއްޔަ އެއީ..” މައިހާ ހަމަ ރުޅިގަދަވެގެން ގޮސް އޭނާގެ ކުރިމަތީގައި އިން ޔައީޝް އާއި ދިމާލަށް އެއްޗެހި ކިޔަނީއެވެ. ޔައީޝް އިނީ ހަމައެކަނި ހީލަ ހީލާއެވެ. އަޔާނީވެސް ބިނދި ބިނދިފާ ހޭން އިނެވެ. ދޭތެރެއަކުން މައިހާ އާއި އެއްބައި ވެލައިގެން އަދްޔަން އާއި ޒަޔާންވެސް އުޅެއެވެ.

“ކާކު ކިހިނެއް ވިއްޔޭ.. ޒިވް އައުމުގެ ކުރިން ކޮންމެ ދުވަހަކު މިމީހުން ދައްކާ ވާހަކައެއް ދައްކާ ނިންމާލާނެ.. ވަރަށް ފޫހިވޭ..” ޒިވާވެސް ހިތތްމަތީގައި އަތް އަޅައިގެން ހުރެ ހިނިތުންވެލަމުން އެއިން ކުއްޖަކަށް އޭނާގެ އެއްވެސް އިޙުސާސެއް ނޭނގޭނެ ފަދައަކުން ވާހަކަ ދެއްކިއެވެ.

“ޒިވް.. މަ ފޫހިވެސް ވެއްޖެ ތީނދަ ފިރިހެނާ ދެކެ.. ހުވާ.. އެ ރައިފާ އާއި ރައްޓެހި ވެގެން އައިސް ފޮނިކަނޑަން މަގޭ ކުރިމައްޗަށް އަރާ އެއިނީ.. ހުއް…” މައިހާގެ ރުޅިގަނޑު ކޮންޓްރޯލް ވާ ގޮތެއް ނުވިއެވެ. އޭނާއަށް އިވުނު އަޑު ބިރުވެރި ހުވަފެނަކަށް ވާނެނަމައޭ ކުރިން ހުރީ ހިތަށް އަރުވާލަ އަރުވައެވެ. އެކަމަކު ދެންމެ ހަމަ އެވާހަކަ އެދިޔައީ އަނެއްކާވެސް ތަކުރާރު ވެގެންނެވެ. ހުވަފެނަކަށްވެސް އެޔެއް ނުވިތާއެވެ. ޒިވާގެ ހިތުގައި ޔައީޝްއަށްޓަކައި ދިއްލިފައިވީ އުންމީދުގެ ހުޅުކޮޅަށް ކޮންމެވެސް މީހަކު ފުމެލައިފައި ނިންވާލަން މަސައްކަތް ކުރާ ކަހަލަ އިޙުސާސެއް އެވަގުތު ޒިވާއަށް ކުރެވުނެވެ. ނަމަވެސް އޭނާ ކެތްކުރާނެއެވެ.

ޒިވާ ހުރީ އެހިނދު ކިތަނެމެވަރަކަށް ރޯލަން ބޭނުންވެފައި ވި ނަމަވެސް އެކަން އޭނާއަށް ކުރެވޭނެ ހެއްޔެވެ؟ އޭނާގެ ހިތުގައި އޮތް އެއްޗެއް އެކަކަށްވެސް އިނގޭކަށް ބޭނުމެއް ނޫނެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲއެވެ.

ޔައީޝްވެސް އިރުކޮޅަކު އެކުދިންނާއި ވާހަކަ ދައްކާލަން އިނުމަށްފަހު އޭނާ ދާންވެއްޖެކަމަށް ބުނަމުން ކޮޅަށް ތެދުވިއެވެ. “ބާއި ޒިއްޕުޑިން..” ޔައީޝްގެ އެ ކުޑަކުޑަ އަމަލުންވެސް އޭނާގެ ހިތުގައި އެތަކެއް އިޙުސާސް ތަކެއް އުތުރި އަރައިގަތެވެ. އޭނާއަށް އެ އިޙުސާސްތަކަށް ދޭނެ ނަމެއް އަދި އަދަށް ދާންދެންވެސް ވަނީ ކަނޑައަޅަން ނޭނގިފައެވެ.

“މައި.. ޔާނި.. ކޭން އައި އާސްކު ޔޫ ބޯތް އަ ކުއެސްޓަން… އިޓްސް ނޮޓް އެބައުޓް ސްޓަޑީސް.. ތިއީ ޒިވް ސުވާލުކުރަން މިއުޅޭ ކަމާއި ގުޅޭ އެކްސްޕާޓުން ތަކެއް.. ސޯ، އިޓް ވުޑް ބީ ކުއައިޓް އީޒީ ފޯ ޔޫ ޓު އާންސާ.. އައި ތިންކް.. ހެހެހެ..” ޒިވާ ވިސްނުމަކަށް ގެއްލިފައި އިނދެ ސުވާލެއް ކޮށްލަން ނިންމިއެވެ. ނަމަވެސް އޭނާ އިނީ މިސުވާލު ކުރަން އެންމެ ރަނގަޅުތޯ ވިސްނާލަ ވިސްނާލައެވެ.

ނަމަވެސް އޭގައި އޮތީ ކޮން މައްސަލައެއް ހެއްޔެވެ؟ އޭނާ މިއުޅެނީ ހިތުގައި އުފެދުނު ސުވާލަކަށް ޖަވާބެއް ނުލިބިގެންނެވެ. ހައްތަހާ ހިތަށް އުނދަގޫ ކުރަން އޭގެ ޖަވަބު ނުހޯދާ ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟

“އޯކޭ.. ލޯތްބަކީ ކޮބާ؟” ޒިވާ ނިކަން ހަމަޖެހިލަމުން އިނދެ އޭނާގެ ދެ އެކުވެރިންގެ މޫނަށް ބަލައިލަމުން ސުވާލު ކޮށްލިއެވެ. އެ ދެކުދިންގެ މޫނުމަތިންވެސް ފެނިގެން ދިޔައީ ހައިރާން ކަމެވެ. އޭގެ ދެވަނަ ސިކުނތުގައި ކުޑަކޮށް ހިނިއަންނަމުން މައިހާ އޭނާއާއި ސަމާސާ ކޮށްލިއެވެ. “ކަލޭނޭ މައި ގެ ޒިވައަށް އަނެއްކާ ކިހިނެއް ވީ މިއަދު؟ އަނެއްކާ ހުން ގަދަ ވީތަ؟” ޒިވާ ކުޑަކޮށް ތުން ދަމާލިއެވެ. “ނޫނޭ.. ޔާނިގެ ޒިވް އަށް އަނެއްކާ ކުއްޖެއް ދެކެ ލޯބި ވެވުނީތަ؟” އަޔާނީ މައިހާ އާއި އެއްބައިވެލިއެވެ. ޒިވާ އިނީ އެދެ އެކުވެރިން ދައްކާ ވާހަކަތަކާއިމެދު އެއް ބުމަ އަރުވާލައިގެން ހަމަ އިންގޮތަށެވެ. ކީއް ވީ ހެއްޔޭ އަހާލާ ފަދައެވެ.

“ޕިސް ޕިސް… މިކުއްޖާއަށް ނޭނގޭނެ މީހަކު ކޮންމެ ފަދަ އެއްޗެކޭ ކިޔަސް.. އާން ދެން އޯކޭ.. އަޅާނުލާ.. މައި.. ފައްޓާ..” އަޔާނީ ނިތްކުރިމަތީގައި ކުޑަކޮށް ޖަހާލަމުން ދެފަރާތަށް ބޯ ހޫރުވާލި ގޮތުން މައިހާއަށާއި ޒިވާއަށްވެސް ހިނި އާދެވުނެވެ.

“އަސްލު ލޯތްބަކީ ވަރަށް ތަފާތު އެއްޗެއް… އެއީ ތިމާ ގަސްދުގަ ކުރާ ކަމެއް ނޫން.. ލޯތްބަކީ ވެވޭ އެއްޗެއް… ގަދަ ބާރުން ހޯދޭނޭ އެއްޗެއް ނޫން އެއީ… ވަރަށް ތަފާތު ޝުޢޫރުތަކެއް ހިތުގައި އުފެދޭނެ ތިމާ އެހެން މީހެއް ދެކެ ލޯބިވާ ނަމަ… މިސާލަކަށް އެ ކުއްޖާގެ ޚިޔާލެއް އަންނަ އިރަށްވެސް ހުރެވޭނީ ތިމާގެ އަމިއްލަ ދުނިޔެއެއްގަ.. ވަށައިގެން ވާ އެންމެންނަކީ ތިމާއަށް ނެތް ބައެކޭ ހީވާނެ.. އިޚްތިޔާރަކާއި  ނުލައި ހިނިތުން ވެވޭނެ.. ދެން އެކުއްޖަކާއި އެކީ ހުންނައިރަށް އަދި ނިކަން ލަދުވެސް ގަންނާނެ.. ހެހެ.. ހަމަ އެއްވެސް ސަބަބަކާއި ނުލައި ހުރެފަ ހިނިތުން ވާނެ އެކުއްޖާގެ ޚިޔާލު އަންނައިރަށް.. ނޫނީ އޭނާ ފެނުނީމަވެސް އެހެން ވެދާނެ..” މައިހާ އެ ހުރިހާ އެއްޗެއް ކިޔައިދެމުން ދިޔައިރު ދަތްދޮޅީގައި އަތް އަޅުވާލައިގެން އިންނަ ގޮތުން ހީވަނީ އޭނާވެސް އެ ލޯތްބާއިއެކު ފަޒާގައި އުދުހެން ފެށީހެންނެވެ. “ތިމާދެކެ ލޯބިވާ މީހެއް ނަމަ ތިމާއާއި އަޅާލާނެ.. އެ މީހެއްގެ އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އަނެކާއަށް ހިމާޔަތްދޭން ބޭނުންވާނެ.. އޭނާ ލޮލުން ކަރުނަ ތިއްކެއް ވެއްޓޭތަން ދެކުމަކީވެސް އެމީހަކަށް ކުޅަދާނަ ވާނޭ ކަމެއް ނޫން..” ދީވާނާ ވެފައިވައި މީހެއް ފަދައިން މައިހާ ކިޔައިދީ ނިންމާލިއެވެ.

އެހެން ވިއްޔާ ޒިވާ އަށްވެސް މި ވެވެނީ ލޯބި ހެއްޔެވެ؟ އެ ކިޔާ އިޝްޤީ ލޯބިހެއްޔެވެ؟ ނޫނެކެވެ. އޭނާ އެހެން ވާކަށް ބޭނުމެއް ނޫނެވެ. ޔައީޝްއެއް މިހާރު އޭނާއަކަށް ނުލިބޭނެއެވެ. އެހެން ހިތަށް އެރިތަނާ ލޮލުން ކަރުނަ ހިލެން އުޅުނެވެ. ދެ އެކުވެރިންވެސް އެމީހުންގެ އަމިއްލަ ދުނިޔެއެއްގައި ތިބި ކަމީ އޭނާގެ ނަސީބެވެ. އޭގެ ދެވަނަ ސިކުންތުގައި އަމިއްލަ ނަފްސަށް ވިސްނައިދީ ހަމައަކަށް އެޅިލިއެވެ.

އެގޮތަށް ހިލޭ ފިރިހެނަކާއި ދޭތެރޭ ވިސްނުމުގެ ޙައްޤެއް އެއްގޮތަކަށްވެސް އޭނާއަކަށް ލިބިގެނެއް ނުވެއެވެ. އޭނާ މިދުނިޔެމަތިން އެންމެ ބޮޑަށް ލޯބިވާން ޖެހޭ ފަރާތަކީ މިއުންމަތުގެ މާތް ނަބިއްޔާއެވެ. އަނެއްކޮޅުން މީހެއް ދެކެ ލޯބިވާ ނަމަ ލޯބިވާން ޖެހޭނީވެސް ﷲއަށްޓަކައެވެ.

“ހެހެހެ.. ތީ ކޮންކަހަލަ ލޯތްބެއް.. ތީގަ ބައެއް ކަންތައް އެބަހުރި ކަންނޭނގެ ތެދު.. އެކަމަކު މީހަކާ ނުއިނދެ ތިހެން ލޯބިވުމަކީ ރަނގަޅު ކަމެއް ނޫން.. މީހެއް ދެކެ ލޯބި ވަންޏާ ވާން ޖެހޭނީ ﷲއަށް ޓަކައި.. އަދި ތިކަހަލަ ލޯބި ވާން ޖެހޭނީ މީހަކާ އިނުމަށްފަހު އެމީހެއް ދެކެ.. މާތް ﷲ ތިމާ އުފަން ނުވަނީސް މީގެ އެތަށް އެތަށް އަހަރެއް ކުރިން އެމީހަކާއި އެކު މިދުނިޔެ މަތީގައި ވާނޭ މީހެއްގެ ނަން ވަނީ ކަނޑައަޅުއްވާފައެއް ނޫންތަ؟ ކޮންމެ ގޮތެއް ވިޔަސް އެ ދެ ހިތެއް މާތް ﷲ ވަތްކެއް ނުކުރައްވާނެ.. އަނެއްކޮޅުން ތިމާ ކައިވެންޏަށް ފަހު ވެސް އެމީހެއް ދެކެ ލޯބިވެވޭނެ… އިން ޝާ ﷲ.. ދެން ކީއްކުރަން މިހާރު ކައިވެންޏަކާއި ނުލާ ވާ ލޯތްބެއް؟ ކޮން ބޭނުމެއް އޮތީ؟ ކުރެވޭ ފާފައަށް ނޫން ގޮތެއް ނުވާނެ.. އެކަހަލަ ކަންކަމުގެ ސަބަބުންނޭ ކުދިންގެ އިއްޒަތާއި ޤަދަރު ވެއްޔާ މޮޑެވިގެން ދަނީ.. އެކަމަށް ދެވޭ ދަޢުވަތެއް ކުރިން މީހުންނާ ރައްޓެހި ވުމަކީ.. ބަލާ ބެލުމަށް ހީވެދާނެ ވަރަށް ކުޑަ ކުޑަ ކަމެކޭ އެއީ.. ހީވެދާނެ ކޮބާހޭ މައްސަލައަކީ.. އެކަމަކު ވެސް އެ ކުޑަ ކުޑަ ކަންތައް ދެން ދޮރު ހުޅުވަ ދޭނީ އެންމެ ބޮޑު ފާފަތަކަށް… ޝައިޠާނާ ހުންނާނެ ތިމާ ގާތުގަ ޖައްސައިފަ.. އެކަމަށް ހިތް ވަރު ދޭން… އެހެން ވީމަ ﷲ އެންގެވި ގޮތަށް އުޅުނީމަ ނިމުނީއެއްނު.. ދެން ކީއްކުރަން އިތުރަށް އެރިގަންނަ ފާފައެއް؟” ޒިވާ އޭނާގެ ނަޒަރުގައި ވީ ކަންތައް ކިޔައިދީ ނިމުން އިރު މައިހާ އާއި އަޔާނީ ވެސް ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

ޙަޤީގަތުގައިވެސް ޒިވާ އެބުނީ ވަރަށް ބޮޑު ތެދެކެވެ. މި މުޖުތަމަޢުވެސް ހަލާކުވަނީ ކުޑަކަމަކަށް ދެކިގެން މިގޮތަށް ކުރެވޭ ކަންތައްތަކުގެ ސަބަބުންނެވެ. “އެކަމް ތެންކް ޔޫ ދެން ލޯތްބަކީ ކޮބައިކަން ބުނެދިނީމަ.. ހެހެހެ.. އަސްލު ލޯތްބަކީ ﷲއާއި އެކަލާނގެ ރަސޫލާ ދެކެ ވާ ލޯބި..” ޒިވާ އަނެއްކާވެސް ބުނެލި ބަހުން އެ ދެކުދިންގެ މޫނަށް މިފަހަރު ގެނުވީ ހިނިތުން ވުމެކެވެ. އުޖާލާ ކަމެވެ. ޒިވާއަށްޓަކައި އުފަލުން ހުރެ ހިތާހިތުން ހެޔޮ ދުޢާ ކޮށްލެވުނެވެ.

އެފަދަ ގޮތަކަށް އެދުވަހުގެ ކިޔެވުން ނިމިގެން ދިޔައެވެ. ޒިވާއާއި އޭނާގެ އެންމެ ގާތް ދެއެކުވެރިން ސްކޫލުން ނިކުމެގެން ދިޔައެވެ. ކުރީދުވަހެކޭވެސް އެއްފަދައިން ތިންކުދިންގެ ގޭ ތިން ދިމާލުގައި ހުންނާތީ، ދިޔައީ ތިން ދިމާލަށެވެ. ޒިވާ އިސްޖަހާލައިގެން ހިނގާފައި ދިޔައިރު ހީވަނީ ވަރަށް ބޮޑު ފިކުރެއްގައި ވާހެންނެވެ. ޙަޤީގަތުގައިވެސް އޭނާ ދިޔައީ ވިސްނަމުންނެވެ. ޔައީޝް އޭނާއާއި އެހާ ރައްޓެހި އިރުވެސް އޭނާ ގާތު ބުނެނުލައި ހަމަ އެ ރައިފާ އާއި ރައްޓެހި ވީ ހެއްޔެވެ؟

ނިކަން ބާރަށް އަންހެން ކުއްޖަކު ހިނިގަނޑެއް ޖަހާލި ހެން ހީވެގެން އޭނާ އިސް އުފުލާލައި ބަލައިލިއެވެ. ޔައީޝްމެން ގޭ ކައިރީގައި އެ ތިބީ ޔައީޝްއާއި ރައިފާއެވެ. ރައިފާ އާއި ޔައީޝް ދިޔައީ ކޮންމެވެސް ސަމާސާއެއް ކުރަމުންނެވެ. ރައިފާގެ މޫނުމަތިން އެއްވެސް ވަރަކަށް ނުތަނަވަސް ކަމެއް ނުފެނެއެވެ. އޭނާއަށް މުޅި މިދުނި ރަންވެގެން އުޅޭ ފަދައެވެ. ޒިވާގެ ހިތަށް ތަދުވިއެވެ. ނަމަވެސް އެއީ ކީއްވެ ކަމެއް ނޭނގެއެވެ. ޒިވާއަށް ޔައީޝް ދެކެ ލޯބި ވެވޭކަމަށް އޭނާ ޤަބޫލު ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ހަމަ ހިތްދަތި ވަނީއެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބެލީ ހިނިތުން ވެވޭތޯއެވެ. އެކަން ކާމިޔާބު ކުރިވެސް މެއެވެ.

ޒިވާ އަޅާވެސްނުލައި ދިޔަ ގޮތަށް ދިޔައީ ޔައީޝް ހީކޮށްފާނެ އެޗަކާ ހެދިއެވެ. އޭނާއަކީ މީހުން ދޭތެރެޖައްސާ ހިތްވާ މީހެއް ނޫނެވެ. އެ ދެމީހުން ވާހަކަދައްކަން ތިއްބާ ޒިވާގޮސް އަނގަތަޅުވަން ފަށައިފިނަމަ ޔައީޝް ހީކުރާނީ ކީކޭހެއްޔެވެ؟ ރައިފާ އަންނާނީ ކިހާ ރުޅިއެއް ހެއްޔެވެ؟

ވިސްނުމުގައި ދަނިކޮށް ފަހަތުން މީހަކު ކަރުކެހިލިހެން އޭނާއަށް ހީވެގެން ހުރި ފިޔަވަޅުމަތީ ހުއްޓިލިއެވެ. އެއަށްފަހު ފަހަތް ބަލައިލިއެވެ. އެއިރު ފުޅާ ހިނިތުން ވުމެއްގައި ޒިވާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެ އެ އަންނަނީ ރައިފާއެވެ. ޒިވާއަށް އެންމެ ފުރަތަމަވެސް އަޅައިގަތީ ރައިފާގެ އެ ރީތި ނޫކުލައިގެ ދެލޮލެވެ. އެއީ ހަމަ އަޖައިބެއް ފަދަ ކުއްޖެކެވެ. އެ ދެލޮލުގެ ސަބަބުން ބައެއްފަހަރަށް އެއީ ދިވެއްސެއް ބާއޭވެސް އޭނާގެ ހިތަށް އަރައެވެ.

“ކޮބާ ‘ޒިއްޕުޑިން’ގެ ޙާލު ކިހިނެއް؟ ކިހިނެއް ހާލު ރަނގަޅު ވާނީވެސް ދޯ؟ އެ މީހެއްގެ ފަހަތުން ނެއްޓެން ނޭނގިގެން އުޅެނިކޮށް ތިމާއާއި ދިމާލަށް ބަލައިވެސް ނުލާ އެހެން މީހެއްގެ ގާތަށް ދިޔައީ ވިއްޔަ.. އަހަރެން ވެސް ކުރާ ސުވާލު ދޯ..” މަލާމަތުގެ ރާގަކަށް ރައިފާ އެހެން ބުނެ އޭޏާގެ ނިތްކުރީގައި ޖަހާލިއެވެ. އެވަގުތު ޒިވާގެ ހިތަށް ކުރީ ބުނެދޭން ނޭނގޭ ކަހަލަ އަސަރެކެވެ. އަދި ޒިއްޕުޑިން އޭ ބުނީމަ އޭނާ ރުޅިވެސް އައެވެ. އެއީ އެންމެ މީހަކަށް އޭނާއާއި ދިމާލަށް މުޚާތަބު ކުރެވޭނެ ނަމެކެވެ. ރައިފާއަކަށް އެނަން ޒިވާއާއި ދިމާލަށް ބޭނުންކުރުމުގެ ލައިސެންސް އޭނާ ނުދެއެވެ. ދެން މީނާ މިއުޅެނީ ކޮން ފޮންޏެއް ވެގެން ހެއްޔެވެ؟

ދެތުންފަތުގައި ދަތް އަޅާލީ ލޮލުން ކަރުނަ އަންނަން އުޅޭތީ ހިފަހައްޓާލާށެވެ. ރައިފާގެ ކުރިމަތީގައި ބަލިކަށިވާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެން ވެއްޖެނަމަ އެކަމުގެ ނާޖާއިޒް ފައިދާ ރައިފާ ކިތަންމެހާވެސް ފުރިހަމަކޮށް ނަގާނެއެވެ. ﷲގެ ޙަޟްރަތުން އޭނާ ދުޢާ ކޮށްލީ ކެތްތެރިކަން ދެއްވުމަށް އެދިއެވެ.

“ރައި ބުނަންތަ ވާހަކައެއް.. ހެޔޮ ނުވާނެ ޒިވްގެ ފަހަތުން ތިގޮތަށް ނޫޅޭ.. ކޮބާތަ މައްސަލަ އަކީ؟ ދެން ނޭނގެ ރައި ތިހެން ޒިވް ދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް ހަމަ އެއްގޮތަކަށްވެސް…” ޒިވާ އާދޭހާއިއެކު ރައިފާއަށް ބުނެލިއެވެ.

“މައްސަލަ؟ މައްސަލައަކީ ކޮބާހޭ ދޯ ތިބުނީ؟ ތި ޒިވާގެ ސަބަބުން ހުރީ ހައްތަހާވެސް މައްސަލަ.. އެންމެ ހިނދުކޮޅަކަށްވެސް މަށަށް ހަމަ ނޭވާ ނުލެވޭ ތި ޒިވާގެ ސަބަބުން.. ކިއްވެތަ ކޮންމެ ކަމަކުން މަށަށް ވުރެ ކުރި ހޯދަން ތި ދުވަނީ؟ އޭނ.. ބުނެބަލަ.. ޖަވާބެއް އެބައޮތްތަ؟” ރައިފާ މިއީ ކޮންކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ ހަސަދައިގެ ހުޅުގަނޑުތެރޭގައި އޭނާ އެދަނީ އަނދާ އަޅިއަށް ވަމުންނެވެ. ނަމަވެސް އޭނާއަށް މިކުރެވޭ ފާފައިގެ ބޮޑުކަން ރޭކާ ނުލައެވެ. ޒިވާ އޭނާއަށް ވިސްނައިދެވޭތޯ ކިތަންމެ ފަހަރަކު އުޅެއެވެ.

“ޒިވް ހިއެއް ނުކުރަން ތިހާ ރުޅި އައިއްސަ ހުރެދާނެ ކަމަކަށް.. އިނގޭތަ؟ ޒިވް އަމިއްލައަށް ކުރާކަމެއް ނޫނޭ އެއީ ރައި އަށްވުރެ މަތިން މާކްސް ހޯދުމަކީ.. ޒިވް ފޮތް ކިޔައިގެން ބަރާބަރަށް މަސައްކަތް ކުރީމަ ޒިވް އަށް ލިބޭ ނަތީޖާއޭ އެއީ… ކީއްވެތަ ރައި އަށް ޤަބޫލު ނުކުރެވިގެން ތިއުޅެނީ؟ ދެން ރައި ތިހެން ބުންޏޭ ކިޔައިފަ ޒިވް ހުންނަން ވީތަ ނުކިޔަވާ؟ ޒިވްގެ އަމިއްލަ މުސްތަޤުބަލު މި ދެއަތުން ހަލާކުކޮށްލަން ވީތަ؟” ޒިވާ ކިތަންމެ ވިސްނައިދޭން އުޅުނެއް ކަމަކު ރައިފާގެ އެ ހަރު ހިތަށް އެއްޗެއް ވަންނާނެ ހެއްޔެވެ؟ އޭނާ އެހުރީ އެހާވެސް ރުޅި އައިއްސައެވެ.

“އޯކޭ… ސްޓަޑީސް އެއްފަރާތް ކޮށްލާފަ ދެން ބަލާބަލަ ޔައީޝް އަށް.. އޭނާގެ ފަހަތުގަ އަބަދު ތިއުޅޭ ސަބަބެއް ނިކަން ބުނެބަލަ..” ރައިފާ އަނެއްކާވެސް ޒިވާއަށް ބަހުގެ ޙަމަލާތަކެއް ރައްދު ކޮށްލިއެވެ. ޒިވާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ އަތުގައި އެ ސުވާލުގެ ޖަވާބު އޮންނާނެ ބާއެވެ؟

(ނުނިމޭ)

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އެ ވަޢުދު… ޓްރެއިލަރ

Next

ދައްތަ

Next
May 21, 2018

ދައްތަ

Previews
May 20, 2018

އެ ވަޢުދު… ޓްރެއިލަރ

40 Comments!

  1. Shiman says:
    May 21, 2018 at 1:52 pm

    Yey me first….Masha Allah mi part vvvv reethi??❤❤??

    1. noor says:
      May 21, 2018 at 1:55 pm

      yesss.. shiman dear first mifaharuves dhw.. congrats dear.. 🙂 jazakillah khairan.. 🙂

  2. noor says:
    May 21, 2018 at 1:54 pm

    Assalaamu a’laikum readers.. miothy story ge 6 vana bai… ekam iyye ves nugenevunya ehnve avahah up kohladhiny mee.. noor beynun vi varah vure kurukoh mi genesdhevuny.. noor ah maafu kohdhinun edhen ekamah takaa.. nxt episode miah vre dhigu kolladheveytho balaanan iraadhakureviyyaa.. 🙂

  3. Twingirl says:
    May 21, 2018 at 2:23 pm

    Wowwo vv rythi story masha allah ??? v intresting story dhaagoii n keep it up… ??❤❤

    1. noor says:
      May 21, 2018 at 3:33 pm

      Aww.. jazakillah khairan dear… 🙂 jazakillah khairan for the support Twingirl dear.. 🙂

  4. zoa says:
    May 21, 2018 at 2:25 pm

    vv reethi
    when next part
    keeve yaeesh ehen e hedhee
    anehkaa raifaa ge goi balaalantha
    I hate raifaa and mi vee gothun yaeesh dheke ves v foohi vejje
    hehe
    v avahah next part upload kohdhehchey

    1. noor says:
      May 21, 2018 at 3:36 pm

      jazakillah khairan zoa dear.. noor ah liyevunuhaa avahakah in sha allah up kohdheveytho mi balany.. 🙂 hingaa dhw balamaa dhn vaa gotheh.. 🙂 noor try kuran eba, dear.. 🙂

  5. No one says:
    May 21, 2018 at 2:56 pm

    I guess raifaa eulheny yaish ah blackmail kohgen kanneynge?.. anyway vr vr interesting mi story..maasha allah.. ???❣️?♥️waiting for the next part??❤️

    1. noor says:
      May 22, 2018 at 7:47 pm

      hehe.. hingaaba dhw dhn vaagotheh balamaa No one.. 🙂 jazakillah khairan dear.. 🙂 innaane mihaaru 7th episode up vefa.. 🙂

  6. Reader says:
    May 21, 2018 at 3:31 pm

    Dhen mihaa dheeny nukohba… Mi raajjeyga eh noolhe thihaa. Dheeny kudhinneh… Beyru gaumeh nama Ves rangalhu

    1. noor says:
      May 21, 2018 at 4:03 pm

      vrh dhera vehje Reader ge thi comment fenifa.. raajjeyga dheeny kan kamah mihaaru faruvaa kuda kuraakan noor ah ves vrh rangalhah ingey.. 🙁 aee badhalu kuran jehey kameh dear… noor mi story mi liyany ves vrh bodu maqsadhegga.. miee hamaekani munifoohi filuvaalumahttakaa liyaa vaahakaeh noon.. noor beynun mi vaahakain thiya kiyuntherinnah iburaiyy thakeh ves liben.. 🙂 aslu hageegathuga miadhu thimaa dheeny kan kamah faruvaa kuda kohfi nama dhn kon dhuvahakun eyah faruvaatheri vaany? gaimuves allah ge hazarathuga thimaa kuri amalu thakah javaabudhaary vaan jeheyne dhuvaheh annaane.. aee badhalu vumeh neiyy hageegatheh.. qabool kuran jehey hageegatheh.. edhuvahun thimaa mi dhuniyeyga kuri amalu thakah ekani allah jazaa dhevvany.. “fahe zarrehje minvaru viyas heyo kameh koffi meehaa eynaa ekan dhekeyne eve.. adhi zarregge minavaru viyas nubai kameh koffi meehaa, eynaa ekan dhekeyne eve..” – surat al-zalzalaa. migothah nubai kamuge thilafaiyy baruvaa meehakah vaan reader ves beynun nuvaane kan yageen… fahathun naai vaaiyy faraathun thimaage faiyy libeyne meehakah vaan beynun nuvaane kan yageen thibaa ves.. ehen noontha? ehn v ma miadhu muhimmy heyo amalu thah kurun… dhehtho? thimaa ah islam dheenuge mathiveri hidhaayaiyy libifa v thee shukuru veri nuvantha? mi dhuniyeyga kaafiruve ulhey kithanme bayaku vanikoh thibaa ah e mathi veri hidhaayaiyy dhehkevi kamahtakaa ufaa kurey, reader… allah ah hamdhu kurey.. dhn, goas amalu thah kuraa meehunge fahathun nooney aharumen hingan vaany… dheeny meehun noolhenyaa ekuhjakah ingunu minvarakun dhn huri meehaa ah visnaidheveytho masahkaiyy kollaa.. in sha allah, kaamiyaabu libynee hama thibaa ah. 🙂 allah loabive vodigen vany mu’minun dheke… ingeytha? thibaa ah faafaeh kurevihje nama thibaa ah e faafa in thaubaa vaan ekalaange thibaa ah vaguthu dhevvaa.. allah ge oagaavantha kan visnaalabala.. ekalaange ah alhukan khaalis koh ekalaange engevi gothah mi dhuniye mathyga ulhunu meehunnah kendigen nudhaaney dharuma ekalaange dhevvaa… 🙂 mikamun ves ingeny ekalaange mu’minu alhuthakun dheke loabive vodigannavaa minvaru… aneh kolhun miee maaiyy vegen vaa ramadan mas.. mi mahaky thibaa ah ekalaange levvi rahmatheh.. mi mahu thibaa ah dhiri hurevunu kamah takaa ves ekalaange ah shukuru veri nuvanatha? miee aharemennah kurevunu kuh faafathakun thaubaa ve ekalaange hazrathuga kuhthan vumah libunu bodu furusatheh noontha? ufaakurey e furusathu dear ah libunu kamahtakaa.. 🙂 allah alhamen emmen ge eemaantherikan varugadha kohdhevvaashi.. adhi alhamenge faafa fussavaa alhamen emmennah heyo visnun dhevvaashi.. 🙂

  7. shaha says:
    May 21, 2018 at 4:09 pm

    Nice

    1. noor says:
      May 22, 2018 at 12:15 am

      Jazakillah khairan shaha dear.. 🙂

  8. Ary says:
    May 21, 2018 at 4:30 pm

    Masha Allah v reethi..

    1. noor says:
      May 22, 2018 at 12:16 am

      jazakillah khairan Ary.. vrh happy vehje ary mi story kamudhaa vaahaka bunelyma.. 🙂

  9. Alisha says:
    May 21, 2018 at 4:43 pm

    Masha Allah ?????
    Varah furihama mi part
    Raifaa keehvetha abadhu ziv aa jahsaalagen ulhenee??
    Yaeesh ves haadha goohey
    Varah foohi vehje yaeesh kanthah kuri gothun ??
    Yaeesh dheke foohi viyas mi story deke fooseh nuvaane
    Pls avahah next part up kohdehcheyy ????

    1. noor says:
      May 22, 2018 at 12:18 am

      jazakillah khairan Alisha.. 🙂 aan dhw dear.. aslu noor ves vrh dhera veyey ziv ah raifa ehn hadhaathy… hehe.. asluvestha? haadha loabi comment ekey Alisha dear.. in sha allah, noor ah veehaa avahakah balaanan ebai up kohdheveytho.. 🙂

  10. Maya says:
    May 21, 2018 at 6:03 pm

    Ahcheedi! Raifa ulhey gotheh. ??????????????Ziv keihkurey keihtheri kamuge meyvaa foni vaane.. Insha Allah ??????dhen Yaeesh kihineh e hedhy ??????????bt story hama fantastic.. Vvv reethi ingey ??????????

    1. noor says:
      May 22, 2018 at 12:23 am

      hehe… vrh thedhu vaahakaeh Maya dear.. noor vrh thaaeedhu.. 🙂 noor ves expect nukuramey yaeesh ehn hadhaa faane kamakah.. hehe.. dhn hingaa dhw balamaa vaa gotheh.. 🙂 jazakillah khairan dear.. 🙂

  11. Hamdha says:
    May 21, 2018 at 7:48 pm

    Omg…..yaeesh…kihineh thi hedhy…..ziv haadha dhera vaane ey……ziv kehtherii vey…allah vanee kehtherin naa eku…..noor, when is next part??? waiting……varah ufaavey dheeny story genes dhey thy…..

  12. Hamdha says:
    May 21, 2018 at 7:53 pm

    this is my first time to comment your story….story is amazing….. Jazaakillah Khairan noor

    1. noor says:
      May 22, 2018 at 12:20 am

      aww Hamdha dear… hmm, maaiyy allah vodigen vanee keiyytherynnaa ekyga.. in sha allah, maadhan ves up kohdheveytho eba balan.. 🙂 asluvestha? noor ves vrh ufaavehje dheeny story dear ah ves kamudhaa vaahaka bunelyma.. 🙂

    2. noor says:
      May 22, 2018 at 12:21 am

      jazakillah khairan dear.. 🙂 marhabaa.. 🙂

  13. IRA says:
    May 21, 2018 at 8:23 pm

    v cute….next part mi part ah vureh dhigukohla dee…..plx.

    1. noor says:
      May 22, 2018 at 12:24 am

      jazakillah khairan IRA dear.. yeah, in sha allah.. noor ah mi part dhigu nukurevunyma aslu dhera vefaey mihury.. dh nxt episode ga ebai rangalhu kollaanan, in sha allah.. ingey.. 🙂

  14. Sana says:
    May 21, 2018 at 8:26 pm

    Fantastic???????
    Haadha reechey mi part
    Masha Allah ???
    Yaeesh hadhaan e ulhey goh get vehje?
    But raifaa gandaa rahtehi veema varah kada ?
    When is the next part??
    Waiting for next part

  15. Sana says:
    May 21, 2018 at 8:34 pm

    Varah varah varah reethi mi part masha Allah
    Bunaane ehcheh ves neh ???????????
    Wheh is the next part?

    1. noor says:
      May 22, 2018 at 12:26 am

      jazakillah khairan Sana dear.. ehn tha? noor adhives mihunnany olhun bolhumehga.. yaeesh kohfaane kamakaa medhu mihaaru mi visneny.. hehe.. 🙂 anehkaaves jazakillah khairan dear.. for the lovely comment.. vrh ufaavey dear mn thihaa supportive v ma. 🙂

  16. Pis pis says:
    May 21, 2018 at 8:41 pm

    hyvany yaeesh raifa aa rahtehi v ziv ah ehen hedhi myhaku hoadhan hen..
    story vvvv reethi..

    1. noor says:
      May 22, 2018 at 12:27 am

      hingaa dhw balamaa vaa gotheh… jazakillah khairan dear.. 🙂

  17. sad says:
    May 21, 2018 at 11:03 pm

    Masha Allah v v v reethi

    1. noor says:
      May 22, 2018 at 12:28 am

      jazakillah khairan dear… vrh ufaavehje dear ge thi comment fenifa.. 🙂

  18. Naanu says:
    May 22, 2018 at 12:09 am

    Nice??

    1. noor says:
      May 22, 2018 at 12:29 am

      jazakillah khairan Naanu dear.. noor vrh ufaavefa mihury thi comment fenifa.. 🙂

  19. yaanu says:
    May 22, 2018 at 10:51 am

    next part please 🙂

    1. noor says:
      May 22, 2018 at 2:16 pm

      hehe.. on the way ga hama yaanu dear.. 🙂

  20. thaara says:
    May 22, 2018 at 1:19 pm

    varah nice kniraku next part

    1. noor says:
      May 22, 2018 at 2:16 pm

      jazakillah khairan thaara dear.. 🙂 miadhu in sha allah ebai up vaanekamah noor mi balany.. 🙂

  21. Zelll says:
    May 22, 2018 at 2:54 pm

    Vrh salhi?

    1. noor says:
      May 22, 2018 at 7:49 pm

      jazakillah khairan Zell.. i’m really sorry dear.. but, innaane Zell ge story ah noor comment koffa.. ekam adhives Zell ah fenna vareh nuvey kanneynge.. 🙁

Comments are closed.


All Right Reserved!