Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެ ވަޢުދު (6)

Nanni Level 210 Stories100 Comments100 Login
June 12, 2018 6 Mins Read
24 Comments

“” އަހަރެންނަށް އަމްނާގެ ދުލުން އާބަސް އިވުމަށްފަހު އަހަރެން އަބަދުވެސް އަމްނާ ގެ ހިޔަނި ފަދައިން ގާތުގައި ހުންނާނަމެވެ. އަހަރެން ދުވަހަކުވެސް އަމްނާގެ ވިސްނުމާއި ބުއްދިއަކާއި ނުކުޅޭނަމެވެ. އަހަރެން އަމްނާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަމެވެ. އަހަރެންގެ އުފަލަށްވުރެން އަމްނާގެ އުފަލަށް އިސްކަންދޭނަމެވެ. އަމްނާއާއި ދުވަހަކުވެސް އަހަރެން ވަތްކެއް ނުވާނަމެވެ. އަދި މިދެމެދަށް ވަންނަން މަސައްކަތް ކުރި ކޮންމެ މީހެއްގެ ވަސްވެސް ފުހެލަން އަތުކުރި އޮޅާލާނަމެވެ. މިއީ އަހަރެން ކުރާ ވަޢުދެއް ކަމަށް ބަލާށެވެ. އަދި މިވަޢުދުތަކަށް ފުރިހަމައަށް ތަބަޢަވާނަންކަމަށް އަހަރެން ވަޢުދުވަމެވެ.” މީ އަހަރެން އަމްނާއާއި ކައިވެނި ކުރަން އެހި ރޭ ކުރި ވަޢުދު. އަހަރެމެންނަށް ކިތަންމެ ބާރެއް ލިބުނަސް އަހަރެން އަމްނާ ޙާޞިލްކުރުމަށް އޭގެ ބާރެއް ނުކުރަން. އަހަރެންގެ ވަޢުދަށް އަހަރެން ކަމޭ ހިތާނަން. ކަލޭމެނަށް ނޭނގުނަސް އަހަރެން އަބަދުވެސް އަމްނާގެ ކައިރީ ހުރިން އަދި ހުންނާނަން. އަހަރެން އަމްނާއާ ވަތްކެއް ނުވާނަން. ކަލޭމެންނަކަށްވެސް އަހަރެމެން ދެމީހުން ދުރެއް ނުކުރެވޭނެ. އެއަށް ވުރެ އަހަރެން ކުރި ވަޢުދުގެ ބާރު ގަދަވާނެ.”

ޙަޤީޤަތުގައި ހާތިބެކޭ އެއްވަރަށް މިޙާލަތުގައި އަމްނާވެސް ކުށްވެރިއެވެ. ކާސިމާއި ނާދިރާވެސް ކުށްވެރިއެވެ. އިރުއޮއްސޭ ވަގުތު އަންހެނުންނާއި ކުޑަކުދިން ގަސްގަސް ދޮށުގައި ޙާއްސަކޮށް އުނި ގަސް ފަދަ ގަސްގަސް ދޮށުގައި ތިބުމަކީ ރަނގަޅު ކަމެއް ނޫންކަން އެނގި ހުރެ ކާސިމާއި ނާދިރާ ފަރުވާކުޑަ ނުކޮށްލިނަމަ މިއަދު މިދުވަސް ދެކޭ ކަށް ނުޖެހުނީހެވެ. ހަމަ މިފަދައިން އަމްނާ ވެސް ކަންތައް ވަމުން ދިޔަ ގޮތް ގޯހުން ގޯހަށް ނުދަނީސް މައިންބަފައިންނާއި ހިއްސާކުރި ނަމަ މިހެނެއް ނުވީހެވެ. ވަގުތު އޮއްވާ މައްސަލައިގެ ހައްލުވެސް ނެރެވުނީހެވެ.

ބިރުން ވިރިވިރި ހުރި އަމްނާ އެންމެ ފަހުން ހަރަކާތް ކުރަން ފެށިއެވެ. ދެރަވެފައި ހުރިވަރުން އެކުއްޖާގެ ތުންފަތް ވެސް ދިޔައީ ތުރުތުރު ލަމުންނެވެ. ލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔަ އިރު ދޭތެރެއަކުން ނޭފަތް ދަމާލާ އަޑުވެސް އިވެމުން ދިޔައެވެ. ހާތިބުގެ އަތުގައި ހިފާލުމުން ހާތިބުގެ ނަޒަރު އަމްނާއަށް ސީދާވެފައި ހުރިކަން ޔަޤީން ކުރުމަށްފަހު އިސްޖަހާލައި ދެފަރާތަށް ބޯހޫރާލީ ޒުވާބު ނުކުރާށޭ ބުނާ ފަދައަކުންނެވެ. އަދި އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި ގޮސް ކާސިމްގެ ދެމަފިރިންގެ ކުރިމައްޗަށް އެރުމަށްފަހު އިސް އުފުލާލައި ބަލާލީ ކުށްވެރިއެއް ފަދައިންނެވެ. އަދި މަޑުމަޑުން އޭނާގެ ތުރުތުރު ލަމުން ދިޔަ ދެއަތުން ކާސިމާއި ނާދިރާގެ އަތުގައި ހިފައިގެން ހިނގައިގަތީ ގެއަށް ދިއުމުގެ ބޭނުމުގައެވެ. ކާސިމުގެ ދެމަފިރިންވެސް އިތުރަށް މަޑުނުކޮށް ދިޔައީ ދަރިފުޅަށްޓަކައި ހަމްދަރުދީ ވާޙާލުގައެވެ. އެމީހުނަށް މިކަމުގައި ކުށްވެރީ ހާތިބެވެ. އެމީހުންގެ ނަޒަރުގައި ހާތިބު އަމްނާގެ ބުއްދިއާ ކުޅެނީއެވެ.

އަމްނާގެ އެ ޢަމަލުން ހީވީ އަނދައަނދާ ހުރި އަލިފާންގަނޑަކަށް ޕެޓުރޯލު އެޅިހެނެވެ. ހާތިބުގެ ރުޅިގަނޑު ކެކިގަތީ އެޔެއް މިއެއް ބަލާފައެއް ނޫނެވެ. އެދިމާލަށް ދާން އެޅި ފުރަތަމަ ފިޔަވަޅާއި އެކު ހުއްޓުމެއް ލިބުނީ ފަހަތުން މީހަކު ކޮނޑުގައި އަތް އެޅުމުންނެވެ. ފަސް އެނބުރި ބަލާލި އިރު ކުރިމަތިން ފެނުނު ސޫރައަކުން އިތުރަށް ރުޅިގަނޑު ގަދަވިއެވެ. ނަމަވެސް އެކަމަށް ސަމާލުކަމެއް ނުދީ އައްބާސް ހާތިބު ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. މިގަޑީގައި ހާތިބު ނުހުއްޓުވައިފިނަމަ އަމްނާގެ މައިންބަފައިންގެ ފުރާނަ ހަށިގަނޑާއި ވަކިކޮށްލާކަށްވެސް އެ އަނިޔާވެރި ހިތެއް ނޭދޭނެއެވެ.

” ހާތިބު. ވާހަކަ ދައްކައިގެން ޙައްލުވާނީ. ހާތިބު ކުރިއަށް ފިޔަވަޅެއް އަޅައިފިނަމަ އެމީހުންވެސް ފިޔަވަޅު އަޅާނެ. އޭރަށް ތިގުޅުން ކަނޑާލަން ކުރެވެން ހުރި ހުރިހާ މަސައްކަތެއްވެސް އެމީހުން ކުރާނެ. ފުރަތަމަ އަމްނާގެ ކައިރިއަށް ދާނެ ރަނގަޅު ފުރުސަތެއް ހޯދައިގެން އަމްނާ ލައްވަ އެމީހުނަށް ވިސްނަދެވޭތޯ ބަލާބަލަ. ރުޅި އައިސްގެނެއް ހުރިހާ ކަމެއްގެ ހައްލެއް ނުހޯދޭނެ.” މިފަހަރު އައްބާސް ގެ ވާހަކަތައް ހާތިބު ޤަބޫލު ކުރީ ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އޭނާގެ ރުޅި ފިނި ކުރެވޭތޯ އައްބާހާއި އެކު އުނިގަހެއްގެ ދޮށަށް މިސްރާބުޖެހިއެވެ.

ގެއަށް ދިޔަ މަގުމަތީގައިވެސް ތިން މީހުން ކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. އަމްނާ ހުރީ ހަތަރު އުދަރެސް ފެނުޖެހިފައިވާ މީހެއް ފަދައިންނެވެ. ކަންފަތް ދޮށުގައި ހޮނުގުގުރިއެއް ފަދައިން އަޑު އިވެމުން ދިޔަ ޖުމްލަތަކަކުން އޭނާގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. ބޯ ގޮވާ ވަރުވެފައެވެ. އަދިވެސް އެލޮލުން ތާޒާ ކަރުނަ ފައިބަމުން ދިޔައެވެ. ހީވަނީ ހިތާމައިގެ ތަސްވީރެއް ހެނެވެ. ގެއަށް ވަދެވުމުން އެހުރި ގޮތަށް މަޑުމަޑުން ކޮޓަރިއާއި ދިމާއަށް މިސްރާބު ޖެހިއެވެ. ކާސިމާއި ނާދިރާވެސް ދަރިފުޅާ ސުވާލުކުރާ ޚިޔާލެއް މިވަގުތު ނުގެންގުޅެއެވެ. އެދެމީހުންވެސް އެމީހުންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ.

ކާސިމާއި ނާދިރާ ދެމީހުން ކުރެ އެކަކުގެ ދުލުންވެސް ބަހެއް ބޭރެއް ނުވެއެވެ. ދުލުގައި ތަޅެއް ލެވިފައި ވާފަދައެވެ. ކޮޓަރިއަށް ވަތް ގޮތަށް ދެމީހުންވެސް ބެލީ ނިދޭތޯއެވެ. އަމްނާ ގެ ރައްކާތެރިކަމާ މެދު ވިސްނުނަސް އެދަރިފުޅު ހިތުގަ ޖެހިފައިވާ ގަޑިއެއްގައި ކައިރިވާކަށް ހަމަ ހިލާ ނުކެރޭނެއެވެ. ދެރަވެފައިވާ ގަޑިއެއްގައި މީހެއްގެ ހަމްދަރުދީ ލިބިއްޖެނަމަ އިތުރަށް ދެރަވާނީކަން އެނގޭތީ އެގޮތް ބޭނުންނުވާތީއެވެ. ހާތިބާއި މެދު އެދެހިތުގައި ރޯވި ނަފްރަތުގެ ހުޅުގަނޑަށް ދަރު އަޅަމުން ލޯ މަރާލީ ނިދޭތޯއެވެ. އަދިވެސް އެދެމީހުންނަށް ކުށްވެރިވީ ހާތިބެވެ. އަމްނާގެ ކުށެއް ނުފެނުނެވެ.

އަމްނާ މަޑުމަޑުން ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމަށްފަހު އެނދުގައި ކުރުގެޅިލައިގެން އަރިއަކަށް އޮވެލީ ހިތަށް ކުރަން ފެށި އަސަރަކުންނެވެ. އޭނާ ކޮންމެ ގޮތަކަށް ކަންތައް ކުރިއަސް މިވީހާތައް ދުވަހު އޭނާގެ މައިންބަފައިންގެ ލޮލުން އޭނާއާއި މެދު ކަރުނަ އޮހޮރި ދުވަހެއް ދެކެފައެއް ނުވެއެވެ. ނަމަވެސް މިރޭ އޭނާގެ ހިތަށް އެވަނީ އާދައިގެ ތަދެއް ނޫނެވެ. އަމްނާ ނުރައްކަލުން ސަލާމަތް ކުރަން އެދެމަފިރިން ކުރި މަސައްކަތް އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އަމްނާއަށެވެ. އަމްނާގެ އެދުންތައް ފުރިހަމަ ކޮށްދެމުން ދިޔައީ ހުކުރެއް ހޮނިހިރެއް، ރެއެއް ދުވާލެއް ބެލުމެއް ނެތިއެވެ. ކިތަންމެ ގޯސް ކަމެއް ކުރިއަސްވެސް އެދެމަފިރިން ދެމުން އައި ލޯތްބަށް އަދި އަދަށްދާންވެސް އުނި ކަމެއް ނާދެއެވެ. އޭގެ ބަދަލުގައި އެލޯބި ދަނީ އުތުރި އަރަމުންނެވެ. މީ އެމީހުންނަށް ދޭން އެންމެ ރަނގަޅު ބަދަލު ހެއްޔެވެ؟ އެކަންތައްތަކުގެ އަގު ވަޒަންކުރަން ޖެހޭ ގޮތަކީ މިއީ ހެއްޔެވެ؟ ކިހާ ހިތްހަރު އިންސާނެއް ހެއްޔެވެ؟ އެދެމަފިރިންގެ ކުރިމައްޗަށް އަރަންވެސް މިއަދު އޭނާއަކަށް ނުކެޜޭނެއެވެ. މިފަދަ މައިންބަފައިންނަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނިޢުމަތެއް ނޫނެވެ. މި ނިޢުމަތުގެ އަގު ވަޒަންކުރުމުގެ ބަދަލުގައި އޭނާ އެދަނީ އެނިޢުމަތް ދެއްވި ފަރާތަށް ހަރާންކޯރުވަމުންނެވެ. ކޮންމެއަކަސް އަދި ވަގުތު ފާއިތެއް ނުވެއެވެ. އެތައް ވަގުތެއް އޭނާއަށް މިއަދު މިވަނީ އިސްރާފު ކުރެވިފައެވެ. ބުއްދިއަކީ ކިހާ ބޮޑު ނިޢުމަތެއްކަން މިއަދު އަމްނާއަށް ވިސްނިއްޖެއެވެ.

އޮތް ތަނުން ތެދުވެ ފާޙާނާއަށް ވަދެ ވުޞޫ ކޮށްގެން އަމްނާ އައީ މިއަދު ކީކޭ ހިތަށް އަރައިގެން ކަމެއް ނޭނގެއެވެ. އެތައް ޒަމާނަކަށްފަހު އޭނާ ހެއްދެވި ފަރާތް މަތިން ހަނދުމަ ވުމާއިއެކު، މިއޮއްހުރިހާ ދުވަހު އެހާ ޖާހިލުކޮށް އުޅެވުމުން އަމިއްލަ ނަފްސު ކުށްވެރި ކުރެވުނަސް އެހިތަށް ވަނީ ކުޑަނަމަވެސް ހިތްހަމަ ޖެހުމެއް ލިބިފައެވެ. ފަތިސް ވަގުތު ކައިރިވެފައިވުމުން ނަމާދު ކޮށްގެން ނިދުމުގެ ނިޔަތުގައި އޭނާ އެނދުމަތީ އޮށޯވެލީ ރޮއެ ރޮއެ ވަރުބަލި ވެފައިވާ ވަރުންނެވެ. މާތް ﷲ އެއްވެސް އަޅަކަށް ނުއުފުލޭ ވަރުގެ ބުރައެއް ނުޖައްސަވާނެކަން އޭނާއަށް ވެސް އެނގެއެވެ. އޭނާ ކެތްތެރިވެވެތޯ މަސައްކަތް ކުރާނެއެވެ. އަމިއްލަ ނަފްސު ސީދާ މަގުން ހިނގުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެއެވެ.

ފުންމިން ނޭނގޭ ޙިޔާލީ ކަނޑަކަށް ޣަރަޤުވެފައި އޮތް އަމްނާގެ އެސްފިޔަތަކަށް ބަރުވެ ނިދުނީ ކޮން ވަގުތަކު ކަމެއްވެސް ނޭނގެއެވެ.
ހާތިބު އަމްނާގެ ކޮޓަރިއަށް އައީކީ އެއްގޮތަކަށްވެސް އަމްނާ އެކަނި އުޅޭނެ ކަމަކަށް ނޫނެވެ. މިރޭގެ އެޙާދިސާއަށްފަހު އޭނާ ހީކޮށްގެނަ ހުރީ އަމްނާގެ މައިންބަފައިން އެންމެ ހިނދުކޮޅަކަށްވެސް އަމްނާ އެކަނި ދޫކޮށްނުލާނެ ކަމަށެވެ. ހާދަ ފަރުވާކުޑަ ބައެކޭ އެނާގެ ހިތަށް އެރިއެވެ. ކޮންމެއަކަސް ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފޭތޯ އޭނާ ބެލިއެވެ. ވަގުތަކީ އަމްނާއަށް ނިދިފައި އޮތް ވަގުތެއް ކަމުން ކުޑަ އިރުކޮޅަކު އަމްނާ ހޭލާތޯ ދުރުގައި ހުރެލިއެވެ. ފަތިސް ނަމާދު ބަންގި ގޮވި އިރުވެސް އަމްނާގެ ހިލަމެއް ނުވުމުން އަމްނާއަށް ގޮވަން އަމްނާއާއި ދިމާއަށް ފިޔަވަޅު ތަކެއް އަޅަން ފެށިއެވެ. އަމްނާގެ ކޮލުގައި ބީހިލަން އަތް ގެންގޮސް ގޮސް ހުއްޓާ ވަކި ހަމަޔަކުން އޭނާއަށް ކަރަންޓުގެ އިހުސާސެއް ކުރެވިގެން ދިޔުމުން ފަހަތަށް ޖެހިލެވުނީ ސިހުނު ވަރުންނެވެ. މިވަނީ ކީއްބާއޭ ހިތާ އަނެއްކާވެސް އަތް ލާން އުޅުމާއި އެކު އެފަދަ އިހުސާސެއް ކުރެވުނެވެ. ބިރުން ފަހަތަށް ޖެހިލެވުނީ ބޭއިޚުތިޔާރުގައެވެ. ހަމަ އެވަގުތެވެ. އަމްނާ އެސްފިޔަތައް ތަޅުވާލުމަށްފަހު ލޯ ހުޅުވާލިއެވެ. ސިހުންވެފައި ހުރި ހާތިބާއި ދިމާއަށް ބަލާލުމަށްފަހު ތެދުވެ އެދިމާލަށް ދިޔައެވެ.

ހާތިބު އޭނާގެ އަމިއްލަ ސަލާމަތާމެދު ވިސްނުމަށްފަހު އަމްނާ ގާތު ކުރިއަށް ނައިސް މަޑުކުރަން އެދުނެވެ. އަމްނާ ހައިރާންވެހުރެ ބަލަން ފެށުމުން ބިރުންހުރެ ހާތިބު ބޯހޫރާލުމަށްފަހު އެތަނުން ގެއްލުނެވެ. އެއްގޮތަކަށްވެސް ވީގޮތެއް އަމްނާއަކަށް ފަހުމެއް ނުވިއެވެ. ހާތިބަށް ވިސްނައިދޭން ލިބުނު މިފުރުސަތު އަތުން ދޫވުމުން އަމްނާ ހުރީ މޫނު ކުނިކޮށްލައިގެނެވެ. ކަށީން ހިތްވަރު ނެރުނު ފަހަރު މިހެން ވުމުން އޭނާ ހުރީ ފޫހިވެ މާޔޫސް ވެފައެވެ. ހާތިބު ދެކެ ރުޅި އައިއްސައެވެ. އޭނާ ޤަބޫލު ކުރި ގޮތުގައި އަމްނާ ދައްކަން އުޅޭ ވާހަކަ ހާތިބަށް އެނގުމުން ރުޅިގަދަވެވިދާނެތީ ދިޔައީއެވެ. ހުރެބަލާށެވެ. އަދި އަންނާނުން ހެއްޔެވެ؟ އައިމަވެސް ދައްކާނީ ހަމަ އެވާހަކައެވެ. ދާ ގޮތަށް ނާންނާނެ ނަމައޭ ވެސް ހިތަށް އެރިއެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ކާސިމު އަވަސް އަރުވާލައިގެން ސައިބޮއެގެން ގެއިންނިކުތް ގޮތަށް ހަލުވި ފިޔަވަޅު ތަކެއްގައި ހިނގަމުންދިޔައެވެ. ހީވާ ގޮތުން ވަރަށް އަވަހަށް ތަނަކަށް ދިއުމަށެވެ. ރަށުގެ އެންމެ ހުޅަނގުން އެންމެ އިރުމައްޗަށް ހިނގި އިރުވެސް ދެފައި ވާޅު ނުވާ ކަމެވެ. ވަރުބަލިވެސް ނުވާ އިންސާނެއްބާއެވެ؟ ކާސިމު އެދިޔަ ބާރު މިނުގައި ގޮސް ހުއްޓިލީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައި ހުރި ގެއެއްގެ ދޮރުމަތީގައެވެ. އަދި ދެފަހަރަކު ސަލާން ގޮވާލީ އިސްލާމީ ރިވެތި ސަލާމުންނެވެ. އެތެރިން ވަރަށް މުސްކުޅި ފުރައިގެ ފިރިހެނަކު ސަލާން ބަލައިގަތުމާއި އެކު އެންމެ ސިކުންތެއްވެސް ލަސްނުކޮށް ކާސިމު އެތެރެއަށް ދެމިގަތެވެ.

“އާދަންބޭ. ވަރަށް ބޮޑު ކަމަކު މި އައީ.” މަސައްކަތުގައި ބުރަކޮށް އުޅެމުން ދިޔަ އާދަންބެގެ ސަމާލުކަން ހޯދަން ކާސިމު އޭނާގެ ވާހަކަ ފެށިއެވެ.

” އަނހަ އެކޮއެ. އަނެއްކާވެސް މަސްވެރިކަން ދަށްވަނީތަ؟” ހެވިލާފައި އާދަންބެ އޭނާގެ މުންޑުގަނޑު ރަނގަޅު ކޮށްލަމުން ކާސިމު ކައިރީ ހުރި އަށީގައި އިށީނދެލަމުން ބުނެލިއެވެ.

“ނޫނޭ އާދަންބޭ. އެއަށްވުރެން މާ ބޮޑު ކަމަކު މި އައީ. ޖިންނިއެއް އަހަރެންގެ ދަރިފުޅު ފަހަތު އަޅައިގެން. ” ކާސިމުގެ ބަޑި ފަޅައިގެން ދިޔައެވެ. ނަމަވެސް އާދަންބެގެ މޫނުމަތިން ހައިރާންކަމެއް ނުފެނެއެވެ. ހީވާގޮތުން އޭނާއަށް އެނގިފައިވާ ކަމެކެވެ.

” ކާސިމް. އަހަންނަށް އެނގޭ ކަމެއްތީ. އަހަރެން މިހުންނަނީ ކާސިމާއި ދިމާނުވެފަ. އާދަންބެއަށް އެހާ ދުރަށް ނުހިނގޭތީ ނުދެވިފަ މިހުންނަނީ. ދެން ކާސިމަށް އެނގޭނެ އާދަންބެގެ އަތުގަ ފޯނެއް ނެތްކަންވެސް.” ކާސިމު ޝަކުވާގެ ނަޒަރުން ބަލަން ފެށުމުން އާދަންބެ ހަޤީޤަތް ހާމަކޮށްލިއެވެ. އެއާއެކު ކާސިމުވެސް ބޯޖަހާލުމަށްފަހު ރޭގެ ހާދިސާ އަލިފުން ޔާއަށް ތަފްސީލާއި އެކު އާދަންބެއަށް ކިޔައިދިނެވެ.

” މިހާރު ތިއިއް ހާލަތުގެ ގޮތުން ވަރަށް އުނދަގުވާނެ. އެއީ މިހާރު އަމްނާ އެއިނީ ޖިންނީގެ ދަރިއަކަށް ބަލިވެ. އަމްނާ ވިހަންދެން މަޑުނުކޮށް ޖިންނި ނައްތާލަން މަސައްކަތްކޮށްފިނަމަ އެދަރިއާއި އެކީ އަމްނާގެ ފުރާނަވެސް ގޮސްދާނެތީ. އެކަމަކު ހާސްނުވެ އާދަންބެ ތިކަން ކޮށްދޭނަން.. އަދި ބަދަލުގަ އެކޮއެ އަތުން އެއްވެސް އެއްޗެއް އާދަންބެ ނޭދޭނަން.” އާދަންބެ ބުނެލީ ސާބިރުކަމާއި އެކުގައެވެ.

” ދެން ހަމަ އިތުރު ގޮތެއް ނޯންނާނެތަ؟ އަހަރެން ބޭނުން މިވަގުތުވެސް އެ ޖިންނީގެ ކިބައިން އަހަރެންގެ ދަރިފުޅު ސަލާމަތް ކުރަން.” ކާސިމު މާޔޫސީ ރާގަކަށް ބުނެލިއެވެ.

” އެބޮތް ގޮތެއް. އެދަރި ވައްޓާލަންވީ. ތިދިން މަޢުލޫމާތުގެ އަލީގަ އަދި އެދރިއަށް 1 މަސް ނުފުރޭ. އެހެންވީމަ ދަރި ވައްޓާލަން ފަސޭހަ ވާނެ. އޭރުން ތި މައްސަލައިގެ ޙައްލު ނެރޭކަށް އުނދަގުލެއް ނުވާނެ.” ކާސިމު ވަރަށް ފުންކޮށް ވިސްނުމަށްފަހު ބުނެލީ ހިނިތުންވުމަކާއި އެކުއެވެ. ކާސިމުވެސް އެގޮތަށް އެއްބަސްވުމުން އާދަންބެ ކުޑަވަރެއްގެ ބިއްލޫރި ތައްޓަކަށް ފެންއަޅައިގެން އައިސް އެގޭގެ ވަލުދޮރޯށި ދޮށުގައި ހުރި ހުވަނދުމާ ގަސްތަކުން ހުވަނދުމާކޮޅެއް ބިނުމަށްފަހު އެހިފައިގެން އެތެރެއަށް ވަނެވެ. އަދި ކާސިމު އަތަށް އެފެންތަށި ދިނުމަށްފަހު ކޮޓަރިއަށް ވަދެ ވަރަށް ދުވަސްވީ ޒާތުގެ ފޮތެއް ހިފައިގެން އައީ އޭގެން ހިރަފުސް ފޮޅަމުންނެވެ. ކާސިމު އިން އަށީގެ ކުރިމަތީގައި ގޮނޑިއެއް ބައިންދައިގެން އިނދެ ފޮތުގައި ވާ އެއްޗެހި ތަކެއް ކިޔަމުން ދިޔައީ ވަރަށްވެސް މަޑުންނެވެ. ދޭތެރެއަކުން އެ ފެންތައްޓަށް ފުމެލާ ތަންވެސް ފެނެއެވެ. އެންމެ ފަހުގެ ކިޔެވެލި ކިޔެވުމަށްފަހު އަތުގައި އޮތް ހުވަނދުމާކޮޅު ފެންތައްޓަށް އަޅާލިއެވެ.

“އަން. މި ފެންތަށި އެމަންޖެއަށް ބޯންދީ. އަދި 12 ގަޑިއިރު ތެރޭ މިކަމުގެ ރާހަތެއް ނުކޮށްފިނަމަ އަހަރެންގެ ކައިރިއަށް އަލުން އާދޭ.” އާދަންބެ މިހެން ބުނުމަށްފަހު އަތުގައި އަޅާފައި އޮތް 7 ވަރަކަށް ތަވީދުގެ ތެރެއިން އެންމެ އާކޮށް އޮތް ތަވީދު ކާސިމު އަތަށް ދިނުމަށްފަހު ކަންތައް ކުރަންވީ ގޮތް ކިޔައިދިނެވެ. އާދަންބެ ދެމުން ދިޔަ އިރުޝާދުތައް ރަނގަޅަށް ކަނުލާ އެހުމަށްފަހު އޭނާ ގެއާ ދިމާއަށް ދާން މިސްރާބުޖެހިއެވެ.

ހާތިބު ދިޔައީ އަމްނާގެ ހަރަކާތްތަކަށް ރަނގަޅަށް ބަލަމުންނެވެ. މެންދުރު 11 ޖެހި އިރުވެސް އަމްނާގެ ފަރާތުން އާދަޔާ ޚިލާފު ކަމެއް ނުފެނުނެވެ. ދެން އެހެންވީއިރު އޭނާއަށް ކުރެވުނީ ކުށްހީއެއް ހެއްޔެވެ؟ ނޫނެކެވެ. އޭނާގެ ހިއްސުތައް ހުރީ ސަލާމަތުންނެވެ. މެންދުރު ނަމާދު ބަންގި ގޮވުމާއި އެކުހެން އޭނާ އައްބާސް ކުރެން އެވީ ކިހިނެއްތޯ އޮޅުން ފިލުވަން ދިޔައެވެ. ހަމަ އެވަގުތެވެ. އަމްނާ ވުޟޫކުރަން ފާޙާނާއަށް ވަނެވެ. ހާތިބު ކުޑަ ވަގުތުކޮޅަކަށް މަޑުކޮށްލިނަމަވެސް އެމަންޒަރު ފެނުނީހެވެ. އަދި އޭރުވީ ކީއްކަންވެސް ފަޙުމް ވީހެވެ. ފާޙާނާއިން ނުކުތް އަމްނާ ސިހުނީ އެނދުމަތީ އިން އޭނާގެ ބައްޕަ ފެނިފައެވެ. ޒާތެއްގެ ޕްލާސްޓިކް ހިނިތުންވުމެއް އަމްނާއަށް ދިނުމަށްފަހު ކާސިމު އަމްނާ އަތަށް ފެންތަށި ދިނުމަށްފަހު ބޯލަން އެދުނެވެ. އަމްނާވެސް ބައްޕަގެ އެދުން ފުރިހަމަ ކޮށްދޭން އެއްވެސް ދެކޮޅު ހެދުމެއް ނެތި އެބޯލިއެވެ. ކާސިމު އޭނާގެ ދަރިފުޅުގެ އަތުގައި އާދަންބެ ދިން ތަވީދު އެޅުވުމަށްފަހު ހުރީ ދަރިފުޅު ނަމާދުކުރަން ދިޔަ މަންޒަރު ފެނި އުފާވެފައެވެ. އެތައް ދުވަހަކު ދެކުނު ހުވަފެނެކެވެ. އެ ލާނެތް އުޅުމަށް ބަދަލުތަކެއް އައިއްސިކަން ފަހުމްވުމާ އެކު ހިނތުންވެލެވުނެވެ. އަދި ނާދިރާއަށް އެންގުމަށްޓަކައި ދިޔައީ ނާދިރާ ވާނެ އުފާ އިހުސާސް ވާޙާލުގައެވެ.

ރޭގަނޑުގެ ވަގުތު އަމްނާ ފެންވަރަން ހުރި ވަގުތެވެ. ބަނޑަށް ތޫނު ތަނދެއް ވާން ފެށިއެވެ. ބައެއް ފަހަރު ބަނޑު ފަޅާފައި އެއްޗެއް ނުކުންނަން އުޅޭ ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. އެއާ އެކު………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ހައިރާ?(ހަވަނަބައި)

Next

ލިޔުންތެރިއެއްގެ ތަޖުރިބާ

Next
June 12, 2018

ލިޔުންތެރިއެއްގެ ތަޖުރިބާ

Previews
June 11, 2018

ހައިރާ?(ހަވަނަބައި)

24 Comments!

  1. unique says:
    June 12, 2018 at 12:11 pm

    wow seriously upvy dhw thanks

    1. Nanni says:
      June 12, 2018 at 6:49 pm

      Thn Q unique dear…..

  2. riya says:
    June 12, 2018 at 12:13 pm

    varah reethi

    1. Nanni says:
      June 12, 2018 at 6:50 pm

      Glad to knq tht u luved my story riya

  3. unique says:
    June 12, 2018 at 12:31 pm

    vvv reethi cant wait for next part

    1. Nanni says:
      June 12, 2018 at 6:51 pm

      Inthixaarukollaaaa….. Thn q unique anekkaaa vs

  4. eekko says:
    June 12, 2018 at 12:47 pm

    v rythi whn nxt

    1. Nanni says:
      June 12, 2018 at 6:52 pm

      next part vs sooon………

  5. Thushaa says:
    June 12, 2018 at 1:29 pm

    V reethi mi part

    1. Nanni says:
      June 12, 2018 at 6:53 pm

      hehehehe. finally u liked my story… thnq thushaa dear

  6. No one says:
    June 12, 2018 at 2:19 pm

    Mi part vx vr rythi ingey.. keep it up.. when next??♥️♥️♥️♥️

    1. Nanni says:
      June 17, 2018 at 9:59 pm

      Thn Q No one…..

  7. Nunnu says:
    June 12, 2018 at 3:00 pm

    Masha Allah
    Vvv reethi mi part ves
    Amana namaadh kureemadho ehen e vee
    E meehaa dhin fenthasheege asaru kuree dho e Amana ah
    Koba baa e Haathib eh
    Inge dhaanethaa e kuri vaudheh ge huri baaru gadhakameh
    When next part
    Next part Thankolheh Avahah up kolladhechey
    Vvv vvv kiyaahiy vey eba

    1. Nanni says:
      June 12, 2018 at 6:55 pm

      Yh hingaaa dhw balamaaa vaa gotheh.. kaakuthw baaru gadha eee…. Thn Q nunnu

  8. Roxy says:
    June 12, 2018 at 3:28 pm

    As usual itx wndrful buddy ?? vvvvvvvvv reeeethi vv intrestin ky on goin my sissy ???

    1. Nanni says:
      June 12, 2018 at 6:56 pm

      Thn Q Roxy…. ufaaavejje Roxy ah vhk kamudhiyaeeema……….

  9. Naju says:
    June 12, 2018 at 3:36 pm

    Haadhahaa reechey story.. When is next…

    1. Nanni says:
      June 12, 2018 at 6:58 pm

      Thn Q Naju… dhn in part maaadhamaa up kollaanan insha allah

  10. Amee says:
    June 12, 2018 at 5:29 pm

    Vvvv reethi mi part vess … when is nxt part…??

    1. Nanni says:
      June 12, 2018 at 6:59 pm

      Thn Q Amee… hopefully maadhan

  11. Rish says:
    June 13, 2018 at 12:41 am

    V kamudhey mivaahaka. .

    1. Nanni says:
      June 17, 2018 at 9:58 pm

      Thn Q Rish

  12. Jinn says:
    June 14, 2018 at 1:03 pm

    Nice story. Keep it up!

    1. Nanni says:
      June 17, 2018 at 9:58 pm

      Thn Q Jinn

Comments are closed.

Next Episodeއެ ވަޢުދު (7)←


All Right Reserved!