Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 16

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 10, 2018 8 Mins Read
37 Comments

އައިލީންއަށް ހޭލެވުނީ އޭނަގެ ފޯނުން ބަންގީގެ އަޑު އިވުމުންނެވެ. ކަންނެއްކަނާއެކު ދެ ލޯ ހުޅުވާލަމުން އޭނާ އެ އޮފް ކޮށްލިއެވެ. އޭނާ ބަލައިލިއިރު ުފްޝާ އޭރުވެސް އޮތީ ގަދަ ނިދީގައެވެ. ޝައުނާ އޭރު ފާޚާނާއަށް ގޮސް ވަންނަނީއެވެ. އައިލީން ވައިފައި އޮން ކޮށްލީ ޔޫހާންގެ މެސެޖެއް އައިސްފައި އިންތޯ ބަލާށެވެ. އޭނާ ބަލައިލިއިރު ޔޫހާންފެ އެއްވެސް މެސެޖެއް އައިސްފައެއް ނެތެވެ. ރޭގަވެސް ޔޫހާންގެ މެސެޖެއް ނުލިބުނެވެ. މީގެކުރިން ކޮންމެ ރެއަކުވެސް ޔޫހާން މެސެޖުކުރެއެވެ. ރޭގަ މެސެޖެއް ނުލިބުމުން އޭނަގެ ހިތް ނުތަނަވަސްވިއެވެ. އެކަމަކު އިސްވެ ޔޫހާންއަށް މެސެޖު ކުރާކަށް އޭނައަކަށް ނުކެރުނެވެ. ޝައުނާ ފާޚާނާއިން ނިކުތުމުން އައިލީން ރިފްޝާއަށް ގޮވުމަށްފަހު ފާޚާނާއަށް ވަދެ ތަޒާވެލިއެވެ. އަދި ފަތިސް ނަމާދުން ދުވަސްފެށިއެވެ.                                   ހުކުރު ދުވަސްކަމުން ގޭތެރޭގެ ވަނީ ވަރަށް ހަލަބޮލިވެފައެވެ. ޝިޔާ އާއި ޒައުލް ގޭތެރޭގައި ކުޅެ ސަކަރާތްޖަހަމުން ދިޔައިރު އާޒިފްވެސް ދިޔައީ އެކުދިންނާ ބައިވެރިވަމުންނެވެ. އާޒިފް އޭނައަށް ލިބޭ ވަގުތުތައް އުފަލާއެކު އޭނަގެ ކުދިންނާއި އަންހެނުންނާއެކު އަބަދުވެސް ހޭދަކުރެއެވެ. ވަޒީފާގެ ގޮތުން ބައެއް ފަހަރު އެހާ ވަގުތު ނުލިބުނު ނަމަވެސް ލިބޭ ވަރަކުން އޭނަގެ ކުޑަ އާއިލާއަށް ވަގުތުދެއެވެ. ހުކުރު ދުވަސްކަމުން އާޝިޔާ އާއެކު ބަދިގޭގައި އައިލީންމެންވެސް އަވަދިނެތި ހަރަކާތްރިވަމުންވަމުން ދިޔައެވެ. މެންދުރުގެ ކެއުން ތައްޔާރުކުރުމަށްފަހު އަފާޒް އާއި ޒައުލް ހުކުރުން އަންނަންވާއިރަށް އެންމެންވެސް މެންދުރު ނަމާދުކޮށްލިއެވެ. އަދި އަފާޒް އާއި ޒައުލް އައުމުން އެންމެން އެކުގައި މެންދުރުގެ ކެއުމަށް އިންސާފުކުރިއެވެ.                                           ޔޫހާންވެސް އޭނަގެ އާއިލާއާއެކު މެންދުރުގެ ކެއުމަށް އިންސާފުކުރަމުން ގެންދިޔައެވެ. ކާ ގަޑިތަކުގައި ވަރަށް މަދު ފަހަރަކު ނޫނީ އެންމެން ވެސް ކަނީ އެކުއެކީގައެވެ. ބައެއް ފަހަރު މަސައްކަތްތައް ހުންނަ ގޮތުން ޔާސިރުއަށް ނާދެވޭ ފަަހަރުވެސް އާދެއެވެ. މިއަދު ކެއުމުގައި ޔައިޝް ވެސް ބައިވެރިވިއެވެ. ޔައިޝްގެ މަންމަ އާއި ބައްޕަ ރޭގެ ދަންވަރު ފްލައިޓުން އިންޑިޔާއަށް ދިއުމުން އޭނަ ކެއުމަށް ހަމަޖެހުނީ ޔޫހާން ނުވަތަ އިފާންގެ ގެއިންނެވެ. ޔައިޝްގެ މައިންބަފައިން އެގޮތަށް ތަނަކަށް ދާން ޖެހިއްޖެ ނަމަ އަބަދުވެސް ކަންތައް ކުރަނީ އެހެންނެވެ. ޔޫހާންގެ އާއިލާވެސް އަދި އިފާންގެ އާއިލާ އިންވެސް އެކަން ބަލައިގަންނަނީ އުފަލާއި އެކުގައެވެ. އެކުދިންގެ އާއިލާ އިންވެސް އެތިންކުދިންގެ މެދުގައި ތަފާތުކުރުމެއް ނުކުރެއެވެ. ކޮންމެ މީހަކުވެސް ދެކެނީ އެއީވެސް ހަމަ އާއިލާގެ ހިއްސާއެއް ކަމަށެވެ. އެތިން އާއިލާގެ ގުޅުން އެހާވެސް ވަރުގަދައެވެ. އުފާާވެރި މާހައުލެއްގައި ކެއުން ނިންމާލުމަށްފަހު ޔޫހާން އާއި ޔައިޝް މިސްރާބު ޖެހީ ޔައިޝްގެ ގެއަށެވެ. ދެ މީހުން ސައިކަލުގައި މަޑުކޮށްލި އިރު އިފާންވެސް ސައިކަލުގައި މަޑުކޮށްލަނީއެވެ. ސައިކަލު ޕާކުކޮށްލުމަށްފަހު ތިން ޒުވާނުންވެސް ގޭގެ ބޮޑު ގޭޓުން ވަދެގެން ދިޔައެވެ. ތިން މީހުންވެސް އެމީހުން ކުރަން އައި މަސައްކަތް ކުރަން ފެށިއެވެ. ސިޓިންރޫމުގައި ހުރި ސޯފާސެޓް އެއްފަރާތްކޮށް އެހެނިހެން ކަންކަންވެސް ކުރަމުން ގެންދިޔައެވެ. ހީވާގޮތުން ޚާއްސަކަމަކަށް ސިޓިންރޫމު ތައްޔާރުކުރަނީއެވެ.                                     ކައިނިމިގެން ތަށިތައް ނަގަން އެހީތެރިވެ ދިނުމަށް ފަހު އައިލީން އާއި ރިފްޝާ އަދި ޝައުނާ ގޮސް ކޮޓަަރިއަށް ވަނެވެ. އާދައިގެ މަތިން ތިން އެކުވެރިންވެސް އަރާމުކޮށްލަން އެނދުގައި ޖައްސާލިއެވެ. މާގިނައިރުތަކެއް ނުވަނީސް އައިލީންގެ ލޮލަށް ނިދި ސަވާރުވެއްޖެއެވެ. ރޭގައި ރަނަގަޅަށް ނުނިދުމުގެ ސަބަބުންކަމަށްވެސް ވެދާނެއެވެ. ރިފްޝާ އާއި ޝައުނާ އައިލީންއަށް ނިދުނުކަމީ ނަސީބެކޭ ހިތަށްއެރިއެވެ. އެމީހުންގެ ޕްލޭނާ އެއްގޮތަށް ކަންތައްކުރަން އޭރުން ވަރަށް ފަސޭހަވާނެއެވެ. އަޞްރު ނަމާދ ވަގުތު ކައިރިވުމުން ރިފްޝާ އާއި ޝައުނާ ފެންވަރާ ތައްޔާރުވާންފެށިއެވެ. ދެ މީހުންވެސް ކޮޓަރީގައި ހަރަކާތްތެރިވަމުން ދިޔައީ ވަރަށް މަޑުމަޑުންނެވެ. އަޞްރު ނަމާދު ވަގުތު ޖެހުމުން ރިފްޝާ އާއި ޝައުނާ ނަމާދުކުރިއެވެ. އައިލީންގެ ފޯނު ނިވިފައި އޮތުމުން ބަންގި ގޮވިއިރުވެސް އައިލީންއަށް އޮތީ ނިދިފައެވެ. ޝައުނާ އާއި ރިފްޝާވެސް ނިންމައިގެން ހުރީ އެމީހުން ނަމާދުކޮށްގެން އައިލީންއަށް ގޮވުމަށެވެ. ގަޔަށް ސެންޓު ޖަހަން ސެންޓު ފުޅި ނެގިތަނާ ރިފްޝާގެ އަތުން ޓްރެސިން ޓޭބަލް މައްޗަށް ސެންޓު ފުޅި ވެއްޓުނު އަޑަށް ނިދިފައި އޮތް އައިލީންއަށް ހޭލެވުނެވެ. ”އައިލީ… ހޭލީ ދޯ… ހަމަ ގޮވަން އުޅެނިކޮށް ތި ހޭލީ… ” އަތްދަބަހަށް އެއްޗިހި އަޅަން އިން ޝައުނާ ބުންޏެވެ. ” މިހާރު ޝައު އާ ރިފޫ އާ ރެޑީވެސް ވީތަ… ކީއްވެ މަށަށް ނުގޮވާ ރެޑީވީ… މަށާއެކު ދާން މަޑުކުރާތި… ” އެނދުން ތެދުވަމުން އައިލީން ބުނެލިއެވެ. ” އައިލީ މާ ރީތިކޮށް ނިދާލާފަ އޮތީމަ ފަހުން ގޮވަން ހުރީ… ” ޖަވާބުގައި ޝައުނާ ބުނެލިއެވެ. ” އައިލީ… އަވަހަށް ފެންވަރައިގެން ނިކުބާ…. ދޮންތަގެ ފްރެންޑެއް އެބަ އާދޭ… ޔޫހާންގެ ދޮންބެދައްތަ… އެއްޗެއް ތައްޔާރުކޮށްލަންވެސް ޖެހޭނެ އަދި… ޝައު އާ ރިފޫ އާ ބޭރަށް ދާއިރު އައިލީ ގޭގަ ހުރެދެންވީނު މިއަދު… ޔޫމިންވެސް ގޮވަައިގެން އަންނާނީ މީޝް… އައިލީ ގާތަށް އަންނާތީ ވަރަށް އުފަލުންނޯ ހުރީ ވެސް މީޝް ބުނީ… އެހެންވީމަ އައިލީ ހުންނަން ވާނެއެއްނު… ” ނިވިފައި އޮތް ފޯނު ޗާޖަރަށް ޖެހުމަށްފަހު ފާޚާނާއަށް ވަންނަން އުޅުނު އައިލީން ހުއްޓުނީ ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަން އާޝިޔާ ވާހަކަ ދެއްކުމުންނެވެ. އައިލީން ބޯ ޖަހާލުމަށްފަހު ޝައުނާ އާއި ރިފްޝާ ގާތު އެމީހުން ދިޔަޔަސް އެންމެ ރަނގަޅު ކަމުގައި ބުނެ ފާޚާނާއަށް ވަނެވެ. އެކަންތައްވެސް އެމީހުންގެ ޕްލޭން އާއި އެއްގޮތަށް ދިޔުމުން ތިން މީހުންވެސް ތިބީ ނުހަނު އުފަލުންނެވެ. ޝައުނާ އަދި ރިފްޝާ ދަނީ ކަމުގައި ބުނެ އަވަހަށް ގެއިން ނިކުމެ އެންމެ ތިރިއަށް ފޭބިއެވެ. އޭރު ޔައިޝްގެ އިތުރުން އިފާން އެމީހުންގެ އިންތިޒާރުގައި ސައިކަލުގައި މަޑުކޮށްލައިގެން އިނެވެ. ދެ މީހުން އައިސް ސައިކަލަށް އަރާ ހަމަޖެހިލުމުން ޔައިޝް އާއި އިފާން ސައިކަލު ދުއްވާލިއެވެ.                                   އައިލީން ފާޚާނާއިން ނިކުމެ އަވަސް އަވަހަށް ތައްޔާރުވެލައިގެން އަޞްރު ނަމާދު ކޮށްލިއެވެ. އޭނާ ތައްޔާރުވެގެން ކޮޓަރިން ނިކުން އިރު އާޝިޔާ ބަދިގޭގައި ފިޔާ ކޮށަން ހުއްޓެވެ. ދެންވެސް ބޭނުން ވާނެ އެހެނިހެން އެއްޗެހި އޭރު އޭނާ ހުރީ ކޮށާފައެވެ. ‘ ދޮންތާ… ކޯންޗެއް ހަދަން ތިއުޅެނީ… ” އާޝިޔާގެ ގާތަށް އައިސް ހުއްޓެމުން އައިލީން އަހާލިއެވެ. ” ސޭންޑްވިޗް ހަދަން މިއުޅެނީ… އޯކޭ ވާނެ އެއްނު… ” އާޝިޔާ އެހެން ބުނުމުން އައިލީން ހޫމް ލައްވާލުމަށްފަހު ބިއްލޫރި ތަށިތައް ދޮންނަން ފެށިއެވެ. ތަށިތައް ދޮވެ ނިމުނުތަނާ ގޭގެ ބެލް އަޅާލި އަޑު އިވުމުން އައިލީން ގޮސް ދޮރު ހުޅުވިއެވެ. އޭރު ކުރިމަތީގައި މީޝާ އޭނަގެ ފިރިމީހާ އާއެކު ދެކުދިންވެސް ގޮވައިގެން ހުއްޓެވެ. އައިލީން ހިނިތުންވެލަމުން ގެއަށް ވަންނަަން ތަން ދެއްކިއެވެ. އެމީހުންވެސް ހިނިތުންވެލަމުން އެތެރެއަށް ވަނެެވެ. ސޯފާގައި އިށީނުމަށް ބުނުމަށްފަހު އައިލީން މިސްރާބުޖެހީ ބަދިގެއާ ދިމާލަށެވެ. ބަދިގެއަށް ގޮސް މީޝާމެން އައި ވާހަކަ ބުނެ އާޝިޔާ ގާތު އެމީހުންގެ ގާތަށް ދިއުމަށް އައިލީން ބުންޏެވެ. ސައި ތައްޔާރުކޮށްލުމަށްފަހު އޭނާ ގޮވާލާނެކަމަށް ބުނުމުން އާޝިޔާވެސް އަތް ދޮވެލުމަށްފަހު މީޝާމެންގެ ގާތަށް ސިޓިންރޫމަށް ދިޔައެވެ. އާޝިޔާ ދިޔައިރު ސިޓިންރޫމުގައި އަފާޒްގެ އިތުރުން ޝިޔާ އަދި ޒައުލްވެސް ތިއްބެވެ. ޝިޔާ އާއިއެކު ޔޫމިން ކުޅޭ އެއްޗެހިތައް ގާތު ކުޅެން ތިބި އިރު ޔުމާހު އާއި ޒައުލް ތިބީ ޓީވީން ދައްކަމުން ދިޔަ ކާޓޫނަކަށް ގެއްލިފައެވެ. ބޮޑެތި މީހުން އެކި ވާހަކު ތިބުމަށްފަހު ސައި ބޯން ކާބަޔަށް ދިޔައީ އައިލީން ސައި ތައްޔާރުކުރުމަށްފަހު ސައި ބޯން އައުމަށް ބުނުމުންނެވެ. އުފާވެރި މާހައުލެއްގައި ހަވީރުގެ ސަޔަށް އެންނެންވެސް އިންސާފުކުރަމުން ގެންދިޔައެވެ. އައިލީންގެ ގާތުގައި ތިބެ ޝިޔާ އާއި ޔޫމިންވެސް ސައި ބޮމުން ދިޔައެވެ. އައިލީން ދިޔައީ އެދެކުދިންނަށްވެސް އެހީވަމުންނެވެ. އައިލީންގެ ގާތުގައި ނޫނީ އިންނަން އެދެކުދިން ގަބޫލުވެސް ނުވިއެވެ. ” އާޝި ކޮންތާކުންތަ މީ މިހާ މީރު ކުޅިކާޖާ އަކާއި ތެލުލި ބަނބުކެޔޮ… ” އަސްލަށްވެސް ވަރަށް މީރު…. ހެހެހެ… ” ޔުމާން ހިނިތުންވެލަމުން އަހާލިއެވެ. ” މީ މަންމަ ރަށުން ހަދާފަ ފޮނުވާފަ… ” އާޝިޔާ ޖަވާބުގައި ބުނެލިއެވެ. ޝިޔާ އާއި ޔޫމިންގެ މަޖާ ވާހަކަތަކުން އެންމެވެސް ތިބީ ހީހީ ބަލިވެފައެވެ.                                   މަންޒިލަށް އާދެވުމުން ޔައިޝް އާއި އިފާންގެ ފަހަތުން ޝައުނާ އާއި ރިފްޝާވެސް ގޮސް ޔައިޝްގެ ގެއަށް ވަނެވެ. އެމީހުން ގެއަށް ވަންއިރު ޔޫހާން އަވަދިނެތި މަސައްކަތައިގެން އުޅެއެވެ. ”ކޮބާ ޕްލޭން އާއި އެއްގޮތަށް ކަންތައްތައް ދޭތަ؟” އެމީހުނަށް ބަލާލުމަށްފަހު ހިނިތުންވުމެއް ރައްދުކޮށްލަމުން ޔޫހާން އަހާލިއެވެ. އެއާއެކު ހުރިހާ ކަމެއްވެސް ދަނީ އެމީހުންގެ ޕްލޭންއާއި އެއްގޮތަށް ކަމަށް ރިފްޝާ ބުންޏެވެ. އެންމެންވެސް އަވަހަށް މަސައްކަތައިގެން ކުރިއަށް ދިޔައެވެ. ” ޔޫން… ހާދަ ރީއްޗޭ ފްލާވާސްތައް އެން މި ފޮތިތައްވެސް.. ކާކުގެ ޗޮއިސްއެއް… ” އެ ފޮތިތަކާއި މާތަކަށް ނަޒަރު ހުއްޓާލައިގެން ހުރެ ޝައުނާ ޔޫހާންގެ ގާތު އަހާލިއެވެ. ” ތީ ދޮންބެދައްތަގެ ޗޮއިސް… ގެންނަންވީ ކުލަތައް ބުނެދިނިން… ވަރަށް ސަޅި ދޯ… ޔަގީން ދޯ އައިލީއަށް ރީތިވާނެކަން… ” ފާރުގައި ފޮތިގަނޑެއް ރީތި ގޮތަކަށްް ހަރުކުރަން ހުރި ޔޫހާން ޝައުނާއަށް ބަލައިލަމުން ބުންޏެވެ. ”ހަމަ ޔަގީން އައިލީއަށް ރީތި ވާނެކަން… އެކަމާ ހާސްނުވޭ… ހެހެހެ… ” ރަތް ކުލައިގެ ފިނިފެން މާތަކަކުން ފިޔަތައް ނައްޓުވަންހުރި ޝައުނާ ބުނެލިއެވެ. އެއާއެކު ޔޫހާންވެސް ހިނިތުންވެލަމުން މަސައްކަތައް އެނބުރި ދިޔައެވެ. ފޯނު ކޯލެއް އައުމުން ޔޫހާން އެ މަސައްކަތް އިފާން އާ ހަވާލުކުރުމަށްފަހު އެތަނުން ދުރަށްޖެހިލިއެވެ.                             ފޮތޮގަނޑު ހަރުކުރަން އިފާން އަރަން އުޅެނިކޮށްވެސް ތިމަންނައަށް ވާނެކަމަށް ބުނެ ރިފްޝާ މާ އަވަހަށް ގޮސް ހަރުގަނޑަށް އެރިއެވެ. ” ރިފޫ… ފައިބާ ވެއްޓިދާނެ… ރިފޫއަކަށް ނުވާނެ ތިކަމެއް… ” ރިފްޝާ ހަރުގަނޑަށް އެރުމަށްފަހު ފޮތިގަނޑު ހަރުކުރަން އުޅުމުންވެސް އިފާން އޭނަ ގާތު ފައިބަން އެދުނެވެ. ފާރާ ހިސާބަށް ރީތިކޮށް ނުފޯރުމުން އަދިވެސް މައްޗައް އަރަން ރިފްޝާ އުޅުނެވެ. އެވަގުތު ފައި ސީދާ ނުވުމުގެ ސަބަބުން ރިފްޝާ ވެއްޓެން ދިޔައެވެ. ވެއްޓެން ދިޔަ ވަގުތު އޭނައަށް ކުޑަކޮށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އެހެނަސް ވެއްޓުމުގެ ކުރިން ހަރުގަނޑުގެ ކައިރީގައި ހުރި އިފާން އޭނަގެ ބާރުގަދަ ދެއަތުން ރިފްޝާ ހިފެހެއްޓިއެވެ. ރިފްޝާގެ ދެއަތް އިފާންގެ ކަރުގައި ވަށާލެވިފައިވީއިރު ރިފްޝާ އޮތީ އިފާންގެ ދެއަތް މަތީގައެވެ. އެވަގުތު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ރިފްޝާގެ އަޅި ކުލައިގެ އެބޮޑު ދެލޯ އެހާގާތުން ފެނުމުން އިފާންގެ ހިތަށް އެނގުންވެލައިގެން ދިޔައެވެ. ކަޅި ޖަހައި ނުލައި ރިފްޝާގެ ލޮލަށް ގެއްލިފައި އިފާންއަށް ހުރެވުނީއެވެ. ރިފްޝާއަށްވެސް އިފާންގެ އެ އަސަަރުގަދަ ދެ ލޮލަށް ބަލަން ގެއްލިފައި އޮވެވުނެވެ. އިފާންގެ ހޫނު ނޭވާތައް އޭނަގެ މޫނަށް އެޅެމުން ދިޔުމުން ކުރެވެމުން ދިޔައީ މުޅިން ތަފާތު އިހުސާސެކެވެ. ރިފްޝާގެ ހިތް ހީވަނީ ދެންމެ ދެންމެ ނިކުމެދާނެ ހެންނެވެ. ” އެހެމް އެހެމް…” އަމިއްލަ ދުނިޔެއަށް ގެއްލިފައިތިބި ދެ މީހުންނަށް ހޭވެރިކަންވީ ފަހަތުގައި ތިބި ޔޫހާން އާއި ޔައިޝްގެ އަޑަށެވެ. އިފާން އަވަސް އަވަހަށް ރިފްޝާ ތިރީގައި ބެހެއްޓިއެވެ. ” އޭރުވެސް ބުނިން ދޯ ރިފޫއަކަށް ތިކަމެއް ނުވާނޭ… ނާރާށޭ… ވެއްޓިދާނެ… ދެންމެ ވެއްޓިފަ ތަނަކަށް ތަދުވި ނަމަޔޯ… ” ރިފްޝާ ތިރީގައި ބެހެއްޓުމަށްފަހު ނުރުހުންތެރިކަމާއެކު އިފާން ބުނެލިއެވެ. ” އިފާން އަށް ކީއްވާނީ އަހަރެން ވެއްޓުނަސް… އިފާން އަކަށް ތަދެއް ނުވާނެއްނު… އަހަންނަކަށްނު ތަދު ވާނީ… ” ރިފްޝާވެސް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. އޭނަވެސް ރުޅިވެރިކަން އެކުލެވޭ ރާގެއްގައި ބަސްތައް ބުނެލުމަށްފަހު އެހެން ކަމަކައިގެން މަޝްއޫލުވިއެވެ. އިފާން ދެ ފަރާތަށް ބޯ ހުރާލުމަށްފަހު އިތުރު އެއްޗެކޭ ނުބުނެ ހަރުގަނޑަށް އަރައި ފޮތި ހަރުކުރުމައިގެން އުޅުނެވެ. އޭނާ އަސްލު އެހެން ބުނީ ރިފްޝާ އާމެދު ކަންބޮޑުވެފައި ހުރުމުންނެވެ. ރިފްޝާއަށް ދެރަގޮތެއްވާކަށް އޭނަގެ ހިތެއް ނޭދެއެވެ. މިހާރަކަށް އައިސް އިފާން އާއި ދެކޮޅަށް ނޫނީ ޖެއްސުމަށް ރިފްޝާ ބައެއް ފަހަރު ބަސްބުނެ އުޅެއެވެ. މާޝާ ހުންނަ ވަގުތެއްގައިނަމަ އެކަން އިތުރުވާހެންވެސް އިފާންއަށް ހީވެއެވެ. އެދެމީހުންގެ ހަރަކާތްތަކަށް ބަލަން ހުރި ޔޫހާން އާއި ޔައިޝް އެކަކު އަނެކަކަށް ބަލައިލުމަށްފަހު ދެކޮނޑު އަރުވާލަމުން އެނބުރި އެމީހުންގެ މަސައްކަތަށް ދިޔައެވެ.                              ޔައިޝް ހަރުގަނޑަށް އެރުމަށްފަހު ތަންކޮޅެެއް ދުރުގައި ފޯނެއްގައި ހުރި ޝައުނާއަށް ގޮވާލުމަށްފަހު އޭނާ ނެއްޓުވި ފިނިފެންމާ ފިޔަތަށް ޔައިޝްއަށް ދިނުމަށް އެދުނެވެ. ޝައުނާ ފޯނު ކުރުކޮށްލުމަށްފަހު އޭނާ ނެއްޓުވި ފިނިފެންމާ ފިޔަތަށް އަޅާފައިހުރި ބިއްލޫރި ބޯތަށި ޔައިޝްއަށް ދިއްކޮށްލިއެވެ. ޔައިޝް އޭގައި ހިފުމަށްފަހު ލާާނެއް ހިނިތުންވުމެއް ވެރިކުރުވަމުން ޝައުނާގެ ބޮލަށް އެތަނުން ފިނިފެންމާ ފިޔަކޮޅެއް އަޅާލިއެވެ. ޝައުނާ ދެބުމަ ގޮށްޖަހާލަމުން އިސްތަށިގަނޑުން ފިޔަތަށް ނައްޓުވާލިއެވެ. އަދި ފެން ހުންނާނީ ކޮންތަނަކުތޯ އަހާލިއެވެ. ޔައިޝް ކާބައި ހުރިތަން ކިޔައިދިނުމުން ޝައުނާ ކާބަޔަށް މިސްރާބު ޖެހިއެވެ. ޝައުނާ ގޮސް ބިއްލޫރި ތަށްޓެއް ނަގައި ފްރިޖުން ފިނި ފެން ފުޅިއެއް ނެގުމަށްފަހު ރައްޓަށް އަޅާލިއެވެ. ފެން ތަށި ބޯލުމަށްފަހު އެތަށި ސިންކުން ދޮވެލުމަށްފަހު ތަށި ބަންޑުންޖެހިއެވެ. އެއަށްފަހު އޭނާ ފްރިޖުން ނެގި ފިނ ފެން ފުޅި ފުރިޖަށް ލިއެވެ. ފެން ފުޅި ފުރިޖަށް ލުމަށްފަހު ދާން އެނބުރުނު ޝައުނާ ސިހުނީ ކާމޭޒު ކައިރީ ހުރި ޔައިޝް ފެނިފައެވެ. ޝައުނާއަށް ވީގޮތް ފެނި ޔައިޝްގެ ގާތަށް ހިނި އައެވެ. އެއާއެކު ޝައުނާ އަދި ބޮޑަށް ބިރުގަންނުވާލަން އޭނާ ބޭނުންވިއެވެ. ޝައުނާ ކުރިއަށް ދެތިން ފިޔަވަޅު އަޅާލިތަނާ ޔައިޝް އޭނައާއި ދިމާލަށް ހިނގައިގަތެވެ. ޔައިޝް އޭނަ އާއި ދިމައަށް އަންނަތަން ފެނުމުން ޝައުނާއަށް ހުރިތާ ހުރެވުނީއެވެ. ޔައިޝް ގޮސް ސީދާ ޝައުނާގެ ކުރިމައްޗަށް ހުއްޓުނެވެ. އެކުޑަ ވަގުތުކޮޅުގެ ތެރޭގައި ޔައިޝް ވަނީ އޭނަގެ ސިކުނޑީގައި ވަރަށް މޮޅު ރޭވުމެއް ރާވައިލާފައެވެ. ޝައުނާއަށް ވަގުތުން ޔައިޝްއަށް ބަލާލެވުނެވެ. އެއާއެކު ދެ މީހުންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ޔައިޝް ޝައުނާ އާ ގާތަށް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކަށް ޝައުނާ ދިޔައީ ފަހަތައް ފިޔަވަޅު އަޅަމުންނެވެ. ” ޔަ.. ޔައި.. ކީއް… ޔައިޝް… ކީއްކުރަން ތިއުޅެނީ… ” އަޅައަޅައިގަންނަމުން ޝައުނާ ބުންޏެވެ. އެއާއެކު އޭނާ ގޮސް ފުރިޖުގައި ލައްވިއެވެ. ދެން އެންމެ ތަންކޮޅެއްވެސް ފަހަތަށް ޖެހެވޭކަށް ނެތެވެ. ޔައިޝް އައިސް ޝައުނާގެ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލުމަށްފަހު ޝައުނާއަށް ނުދެވޭނެ ހެން ދެފަރާތުން ދެއަތް ފުރިޖުގައި އަޅުވާލިއެވެ. ”ޔައި… ޔައިޝް… ދުރުވެ…. ” ދެވަނަ ފަހަރަށް ޝައުނާ އަޅައަޅައިގަންނަމުން ވާހަކަ ދައްކަން ފެށިތަނާ ޔައިޝް ޝައުނާގެ ތުންފަތުގައި އޭނަގެ ޝަހާދަތް އިނގިލި ކުރި ޖައްސާލިއެވެ. ޔައިޝްގެ އެ ތޫނު ދެލޮލުން ފެންނަމުން ދިޔަ އަސަރަކުން ޝައުނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނަގެ ހިތް އޭރު ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. އަތް ފައި ވަނީ މުޅިން ފިނިވެފައެވެ. ނޭވާ ކުރުވެ އަވަސް އަވަހަށް ނޭވާ ލެވެމުން ދިޔައެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އިހުސާސުވާހާ ގާތުގައި ވުމުން ދެހިތަށްވެސް ދިޔައީ ބަޔާންނުކުރެވޭފަދަ ފުން އިހުސާސެއް ކުރަމުންނެވެ. ޝައުނާއަށް ގުޑިލަންވެސްް ނުކެރިފައި ހުރިތާ ހުރެވުނެވެ. ޔައިޝް އޭނަގެ ޝަހާދަތް އިނގިލި ޝައުނާގެ ތުންފަތާ ދުރުކޮށްލަމުން ޝައުނާގެ ބޮލާ ދިމާލަށް އޭނަގެ އަތް ގެންގޮސް ޝައުނާގެ ބޮލުގެ އިސްތަށިގަނޑުގައި ހަރުލާފައިވާ ފިނިފެންމަލުގެ ފިޔައެއް ނެގުމަށްފަހު ޝައުނާއަށް ދައްކާލަމުން ކުޑަކޮށް ދުރުވެލިއެވެ. އެއާއެކު ޝައުނާ ދެ ލޯ ބޮޑުކޮށްލަމުން އަވަސް އަވަހަށް ޔައިޝްގެ ކައިރިން ދުރައްޖެހިލިއެވެ. ޝައުނާ އިތުރު އެއްޗެކޭ ނުބުނެ ޔައިޝްއަށް ބަލައިލުމަށްފަހު އަވަހަށް އެތަނުން ނިކުމެގެން ދިޔައެވެ. އެ ފިނިފެންމަލުގެ ފިޔަ އިނީ ޝައުނާގެ ބޮލުން ކުރިން ނުނެއްޓިއެވެ. އޭނައަށް ނޭނގުނީ ކަމުގައިވެސް ވެދާނެއެވެ. ޔައިޝްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ޝައުނާ އޭނަ އާއި ހަތަރު ކަޅި ހަމަކުރަން ނޫޅޭ ގޮތުންނާއި އޭނާ ޝައުނާ އާއި ގާތްވުމުން ޝައުނާއަށް އެވާ ގޮތްތަކުން މިހާރު އޭނައަށްޓަކައި ޝައުނާގެ ހިތުގައި އެހެން އިހުސާސެއް އުފެދިފައިވާކަން ޔައިޝްއަށް އިނގެއެވެ. ޝައުނާގެ ހިތުގައި އޭނައަށްޓަކައި ވިންދެއް ޖަހައިކަން ޔައިޝްއަށް ވަނީ މިހާރު އިނގިފައެވެ. ވަރަށް މަދު ފަހަރަކު ނޫނީ ޝައުނާ އޭނަ އާއި ހަތަރު ކަޅި ހަމަނުކުރާނެއެވެ. ޝައުނާ ކިތަންމެ ވަރަކަށް އެ އިހުސާސްތައް ފޮރުވަން މަސައްކަތްކުރިޔަސް އެކަން އޭނައަށް ވަރަށް ރަނގަޅަށް ވެސް އިނގެއެވެ. މިކަހަލަ ހިޔާލުތަކެއްގައި ހުރުމަށްފަހު ޔައިޝް ފްރިޖުން ފެން ފުޅިއެއް ނަގައި ފެން ބޯ ފެށިއެވެ. ޝައުނާ އެދިޔަ ގޮތަށް ގޮސް ހުއްޓުނީ ތަންކޮޅެއް ދުރުގައި ހުރި ތަނބެއް ކައިރީގައެވެ. އޭނާއަށް ތަނބުގައި ލެނގިލުމަށްފަހު މޭގައި އަތް އަޅާލަމުން ދެ ލޯ މަރާ ބާރުކޮށްލެވުނެވެ.  އެއަށްފަހު ދެ ލޯ ހުޅުވާލުމަށްފަހު ފުން ނޭވާތަކެއް ލަމުން ގެންދިޔައެވެ. އޭރުވެސް އޭނަގެ ހިތުގެ ހިނގުން މުޅިއަކުން މަޑެއްނުވެއެވެ. ޔައިޝް މިގޮތަށް ކަންތައް ކުރާނަމަ އޭނަ ބޭޒާރުވެދާނެކަން ޝައުނާއަށް އިނގެއެވެ. އެ އިހުސާސްތައް ފޮރުވޭތޯ އޭނާ އެދަނީ ކުރެވޭ ހުރިހާ މަސައްކަތެއްވެސް ކުރަމުންނެވެ. އެހެނަސް މާގިނަ ދުވަހު މި އިހުސާސްތައް ފޮރުވައިގެން ދެން އޭނައަށް ހުރެވޭނެ ކަމާއިމެދު  ޚުދު އޭނައަށްވެސް ޝައްކެވެ. އެތާ ހުރެ ކުޑަކޮށް ހަމަޖެހިލުމަށްފަހު ޔައިޝް އަންނަން ވާއިރަށް އޭނާ އަވަސް އަވަހަށް ސިޓިންރޫމަށް ގޮސް މަސައްކަތައިގެން ކުރިއަށް ދިޔައެވެ.                                                 ޝައުނާ އައިސް އިރުކޮޅެއް ވީތަނާ ޔައިޝްވެސް ސިޓިންރޫމަށް އައެވެ. އޭނާ ޝައުނާއަށް ބަލާލުމުން ޝައުނާވެސް ޔައިޝްއަށް އަވަސް ނަޒަރެއް ދިނެވެ. އަދި އެއަށްފަހު މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އެއަށްފަހުން ރިފްޝާ އަދި އިފާން އާއި ދެމެދުވެސް މާ ބޮޑު ވާހަކައެއް ނުދެކެވެއެވެ. އެހެން މީހުންގެ ގުޅުން ކުރިލާ ހެދެމުން ދިޔައިރު ރިފްޝާ އަދި އިފާންގެ ގުޅުން މިދަނީ މަޑުމަޑުން ހީނަރުވަމުންނެވެ. ކުރަން ހުރި ކަންތައްތައް ކޮށް ނިންމާލުމަށްފަހު ރިފްޝާ އަދި ޝައުނާއަށް ގެއަށް ދެވުނުއިރު ހުރީ ހައެއް ޖަހައި ބޮޑުވެފައެވެ.                               ގެއަށް ގޮސް ވަންއިރު އައިލީން ހުރީ ކާބައިގައި ތަށިތަކެއް ދޮންނާށެވެ. ޝައުނާ އާއި ރިފްޝާ އައިގޮތަށް އައިސް ފެށީ ސައިބޯށެވެ. އައިލީންވެސް ތަށިތައް ދޮވެލުމަށްފަހު އައިސް އެމީހުނާ ބައިވެރިވިއެވެ. ސައިބޮއެ ނިމުނު ތަނާއި ބަންގި ގޮވުމުން ތިން ކުދިންވެސް ނަމާދުކުރަން އަވަސްވެގަތެވެ. ނަމާދުކޮށްގެން އެނދުގައި އަރާމުކޮށްލަން ޖައްސާލި އައިލީން ސިހުނީ އޭނަގެ ފޯނު ރިންގުވި އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލި އައިލީންގެ ދެ ލޯ ދިޔައީ ބޮޑުވެގެންނެވެ. އޭނައަށް ލިބުނީ ހައިރާންކަމެކެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ފުން ހިތާމަ

Next

ތިޔަ ހަނދާނުގާ..އިންތިޒާރުގާ…

Next
June 10, 2018

ތިޔަ ހަނދާނުގާ..އިންތިޒާރުގާ…

Previews
June 10, 2018

ފުން ހިތާމަ

37 Comments!

  1. Stry kiyaa man says:
    June 10, 2018 at 6:20 pm

    first

    1. Stry kiyaa man says:
      June 10, 2018 at 6:57 pm

      Masha allah mi part vex vvv nice. Ekam mi part ga typing mistake v bodah faahaga veyy.like afaaz jahan jehey than thaa aazif jehun. Mi kahal kan thah.
      Kuriyy dhe part vex vv salhi igey. Sorry comm nukure nuviyyma.
      Keep it up ifoo.
      Dear dhen inn part ga kuda koh rifsha ge mom ge bai genass lahchey.+ dhen nubai bai kulheyne meehaku avahah gennah cheyy igey.haha.waiting 4 next part.
      -salaam-???

    2. Ifoo ifoo says:
      June 13, 2018 at 4:28 am

      Yesss… Mifaharu story kiyaa man first ???… Congrats ???… Thankyou so much story kiyaa man mistakes thah faahaga kohla dhinyma ???❤️❤️❤️?????????… Ifoo ah check nukoh up kohlevunyma typing mistakes e huri… Sorry… Last two parts ga story kiyaa man ge comment mathin ifoo v v miss vi ???… It’s ok comment nukohlevunas… Story kiyaalikan ingunyma v v ufaavehje ???… Mifaharu comment kohleema adhi v v v ufaavehje ???❤️❤️❤️… Thankyou so much for the support ❤️❤️❤️????????????…

  2. thoo says:
    June 10, 2018 at 6:22 pm

    yah me second dhw…varah nice mi part vx ?❤❤

    1. Ifoo ifoo says:
      June 13, 2018 at 10:47 am

      Yahh ???… This time thoo second ???… Thankyou so much thoo ❤️❤️❤️?????????

  3. Ifoo ifoo says:
    June 10, 2018 at 6:43 pm

    Salaam dear readers ❤️❤️❤️??????????????????… Here is the 16th part ???… Hope all will like this part too ???… If there is any mistakes please point out for me so that I can improve ???… Ifoo ge story kiyaa like dhee n comment kuraa hurihaa kudhinnah vx ifoo ge faraathun v v v bodah shukurihyya ❤️❤️❤️??????????????????… Thankyou so much all… Waiting for comments… Love you all ❤️❤️❤️???????????????…

  4. Ahaana says:
    June 10, 2018 at 6:54 pm

    Than kolhe dhigu kolinama vvvvv reethi❤❤❤❤❤❤❤❤love this part

    1. Ifoo ifoo says:
      June 13, 2018 at 7:10 pm

      This part will be longer than the last part ???… Thankyou so much Ahaana ❤️❤️❤️???????????????… V v v ufaavehje story reethi v ma ??????..

  5. unique says:
    June 10, 2018 at 7:08 pm

    omg wow this story dhw luv it

    1. Ifoo ifoo says:
      June 13, 2018 at 7:11 pm

      Thankyou so much unique dear ❤️❤️❤️??????????????????…

  6. Maya says:
    June 10, 2018 at 7:09 pm

    Vvvvv reethi . When is the next part????????hama habbu ingey ifooo????? . Keep it up !

    1. Ifoo ifoo says:
      June 13, 2018 at 7:13 pm

      Thankyou so much Maya ❤️❤️❤️???????????????… So happy to see ur comment in every part ???… Now next part kiyaaleveyne ???…

  7. unique says:
    June 10, 2018 at 7:24 pm

    ow its sooo nice osm……. aslu its dhigu ehnvma vvv nice thanks ifoo

    1. Ifoo ifoo says:
      June 13, 2018 at 7:14 pm

      Most welcome and thankyou so much dear ❤️❤️❤️???????????????… V v ufaavehje story reethi v ma ❤️❤️❤️???…

  8. Mixuhan says:
    June 10, 2018 at 8:19 pm

    Alhe miahvure dhigu khli nama..kiyaa hithun huhta e nimuny…alhe thankolheii avahah upkh dheeba…pls

    1. Ifoo ifoo says:
      June 13, 2018 at 7:15 pm

      This part will be longer than the last part ???… Thankyou so much Mixuhan ❤️❤️❤️???????????????…

  9. nunnu says:
    June 10, 2018 at 9:59 pm

    masha allah vv reethi
    mifaharu kudathankolheh dhigu ekam adhives hama kuru
    dhen ok dho
    ekam ebahuri typing mistakes
    ekanthah rangalhu kollaathi
    when next part

    1. Ifoo ifoo says:
      June 13, 2018 at 7:18 pm

      Thankyou so much Nunnu ❤️❤️❤️????????????… So happy to see ur comment in every part ??????… Mistakes thah ragalhu kureveythr vee varakun balaanan ???… Thanks faahaga kohla dhinyma ???…

  10. Nash says:
    June 10, 2018 at 10:48 pm

    Me Nash ge first comment?…ifoo ge story ah…ifoo ge mi story varah nice.???..ifoo thee girl eh tha.???just asking
    ?..story vvvvvvvvvvvvvvvvvv varah reethi.?..?..hama next Parr kiyaa laa hih vanee?…can’t wait…but waiting??Whn next????

    1. Ifoo ifoo says:
      June 13, 2018 at 7:22 pm

      Nash ❤️❤️❤️… Ifoo v v v ufaavehje ingey story kiyaalaafa comment eh kohlyma ??????… Thankyou so much dear ❤️❤️❤️???????????????… Yesss… I am a girl ???… V v v v ufaavehje Nash ah story reethi v ma ???❤️❤️❤️??????… Hope to see your comment in the remaining parts too ??????… Now next part kiyaaleveyne ???…

  11. Maya says:
    June 10, 2018 at 10:50 pm

    Wowwwww varah habbu . Waiting waiting waiting….. the next part! Keep it up!?????????☺????❤❤

    1. Ifoo ifoo says:
      June 13, 2018 at 7:24 pm

      Maya ❤️❤️❤️… Haadha loabi colourful comment ekey ❤️❤️❤️??????… Thankyou so much dear for the support ??????❤️❤️❤️???…

  12. Mal says:
    June 10, 2018 at 11:23 pm

    Wooow❤…. Sooo beautiful?❤… Masha Allah?? waiting for next part??

    1. Ifoo ifoo says:
      June 13, 2018 at 7:26 pm

      Mal ❤️❤️❤️… Knme faharakuvx Mal ge comment v loabi ???❤️❤️❤️?????????… Thankyou so much for the support ❤️❤️❤️????????????…

  13. Afa says:
    June 11, 2018 at 12:23 am

    Masha Allah V v reethi. Emme kiyan beynun vi hisaabun nimuni.? waiting for next part?

    1. Ifoo ifoo says:
      June 13, 2018 at 7:27 pm

      Thankyou so much Afa ❤️❤️❤️????????????…

  14. Naju says:
    June 11, 2018 at 9:39 pm

    V rythi mi partvx n enme interesting vi hisaabunney dhw thi ninmaaly hehehe… Dhn knirakun tha next up vaany..

    1. Ifoo ifoo says:
      June 13, 2018 at 7:29 pm

      Thankyou so much Naju ❤️❤️❤️???????????????… So happy to see ur comment in every part ??????… Thanks a lot dear ❤️❤️❤️??????…

  15. Maya? says:
    June 12, 2018 at 12:14 am

    Haadha lahey ifooooo????????????waiting waiting waiting waiting for the next part??????? . Mihaaru mi story khiyaa hithun mi iny ????. Plxxxxxxxx thankolheh avah up kohdheene kamah ummeedhu kuran .??? . Anyway ifoo ge story hama habbu..????????

    1. Ifoo ifoo says:
      June 13, 2018 at 7:32 pm

      Maya ❤️❤️❤️… Haadha loabi loabi colourful comment ekey ❤️❤️❤️???????????????… Sorry mi part lasvyma ???… Ifoo ah time nuvaathy hama lasvy ???… V v v ufaavehje story ah inthizaaru kurikan ingunyma ???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️???????????????… It really means a lot for me ❤️❤️❤️???…

  16. Maakko says:
    June 12, 2018 at 12:16 am

    Haadha lahey ifooooo????????????waiting waiting waiting waiting for the next part??????? . Mihaaru mi story khiyaa hithun mi iny ????. Plxxxxxxxx thankolheh avah up kohdheene kamah ummeedhu kuran .??? . Anyway ifoo ge story hama habbu..????????

    1. Ifoo ifoo says:
      June 13, 2018 at 7:33 pm

      Maakko ❤️❤️❤️… Haadha loabi loabi colourful comment ekey ❤️❤️❤️???????????????… Sorry mi part lasvyma ???… Ifoo ah time nuvaathy hama lasvy ???… V v v ufaavehje story ah inthizaaru kurikan ingunyma ???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️???????????????… It really means a lot for me ❤️❤️❤️???…

  17. Livy says:
    June 13, 2018 at 12:57 am

    Wowww varah reeethi ???❤❤ emmen ves ailee ah yoon propose kuraa than ready koh plan thah kurany dho.. But ailee ah kaaku baa gulhy mi.. Soo excited ifoo.. Love you ❤❤???????????

    1. Ifoo ifoo says:
      June 13, 2018 at 7:39 pm

      My dear Livy ❤️❤️❤️???????????????… Abadhuvx Livy ge comment v colourful n loabi ❤️❤️❤️???????????????… Thankyou so much dear ifoo ah thidhey support ah ?????????… Kury two parts ah livy kuri comment vx ifoo kiyaalin ??????… V v v v v v bodah thanks livy ifoo ah thidhey support ah ❤️❤️❤️??????… Ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma hama v v v ufaavehje n thanks a lot dear ❤️❤️❤️???????????????… Livy akee ifoo ah libun enme best eh reader hama ❤️❤️❤️????????????… So happy to have a reader like you ?????????… Love you too dear ❤️❤️❤️????????????…

  18. Ifoo ifoo says:
    June 13, 2018 at 10:16 am

    Dear readers… Ifoo next part last night around 7 haairu submit kohlaifinn bt still not published dhw ???…

    1. unique says:
      June 13, 2018 at 11:49 am

      its okey dear

    2. Ifoo ifoo says:
      June 13, 2018 at 7:41 pm

      Thankyou unique dear ❤️❤️❤️??????????????????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 17←


All Right Reserved!