Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (5

hattey Level 410 Stories100 Login100 Comments500 Login
June 11, 2018 4 Mins Read
13 Comments

ކުޑަ ހިނދުކޮޅެއް އެގޮތުގައި ހޭދަވެގެންދިއެވެ. ނަމަވެސް ދާނިޝްއަށް އޭނާގެ ހަރަކާތްތައް ބެހެއްޓުނުު ގޮތް އިހްސާސް ވުމުން ހަނާއާއި ދުރަށް ޖެހިލިއެވެ. ލިބުނު ހިތްދަތިކަމެއްގެ ސަބަބުން ދާނިޝް ހުރީ ވާނުވާ ނޭނގޭ ވަރުވެފައެވެ. ހަނާއާއި އެފަދަ ގޮތަކަށްް ގާތް ވެވިފައި ހުރުމުން ހަނާގެ ކިބައިން ދާނިޝް މަޢާފަަށް އެދުނީީ އިސް ޖަހައިގެންހުރެއެވެ. އެކަމުގެ ސަބަބުން ދާނިޝް ހުރީ ހިސާބަކަށް ލަދުވެސް ގަނެފައެވެ. ނަމަވެސް ހަނާގެ ފަރާތުން އަޑުއިވުނު ބަސްތަކުން ދާނިޝްއަށް ހަމަޖެހުުމެއް ލިބިގެންދިއެވެ. ބޭއިޚުތިޔާރުގައި ހިނގައިދިއަ އެ ޢަމަލާއިމެދު ހަނާގެ އެއްވެސް ޝަކުވާއެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ޖެހިގެން އައި ދުވަހުުގެ މެންދުރު ވަގުތެވެ. އާދައިގެ ދުވެއްޔެއްގައި ދުއްވަމުން އައިސް ދާނިޝް އޭނާގެ ސައިކަލް ރީޝާގެ ގެއާއި މާދުރުނޫން ހިސާބެއްގައި މަޑުކޮށްލިއެވެ. ކަންވީ ދާނިޝް ޚިޔާލު ކޮށްގެން ހުރި ގޮތަށެވެ. ހަމަ އެ ވަގުތު އެގޭ ދޮރު ހުޅުވާލުމަށްފަހު ރީޝާ ބޭރަށް ނިކުތެވެ. ފުރިހަމައަށް ނަލަހެދިލައިގެން ރީޝާ އެ ނިކުތީ އޮފީހަށްދާށެވެ. ދާނިޝްގެ ނަސީބު ރަނގަޅޭ ހީވާ ކަހަލައެވެ. ރީޝާ އާއި ވާހަކަ ދައްކާލަން އެ ލިބުނީ ފުރުސަތެކޭ ދާނިޝްގެ ހިތަށްއެރިއެވެ. އެހެންކަމުން ސައިކަލް އެއްފަރާތް ކޮށްލުމަށްފަހު އެނބުރި ރީޝާއަށް ބަލާލީ ކުޑަވަރެއްގެ އުއްމީދަަކާއި އެކުގައެވެ. އެހެނަސް ދާނިޝްއަށް ކުރިއަށް އެޅުނީ ހަމަ އެންމެ ފިޔަވަޅެކެވެ. އޭނާއަށް ޖެހުނީ އެ ފިޔަވަޅު މަތީގައި ގަބުވެފައި ހުންނާށެވެ. ރީޝާ އާއި ދާނިޝްގެ ދެމެދުގައިި ހުރީ ފަނަރަ ވަރަކަށް ފޫޓު ދުރުމިނެވެ. ނަމަވެސް އެ ދެމެދަށް ވެސް ހުރަހެއް ކުރިމަތިވިއެވެ. ހުދުކުލައިގެ ޓީޝަރޓް އަކާއި މަޑު ނޫކުލައިގެ ޖިންސެއް ލައިގެން ހުރި ހިތްގައިމު ޒުވާންް ފިރިހެން ކުއްޖަކު ސައިކަލެެއްގައި އައިސް ރީޝާގެ ކައިރީގައި މަޑުކޮށްލިއެވެ. އެއާއިއެކު އެ ޒުވާނާއަށް ބަލާލައިފައި ހިނިތުން ވެލަމުން އޭނާގެ ސައިކަލްް ފަހަތަށް ރީޝާ އެރީ އެ ޒުވާނާއަށް ޝުކުރު އަދާ ކުރުމަށްފަހުގައެވެ. ދާނިޝްއަށް ހުރެވުނީ ގުޑިލަންވެސް ނޭނގިފައެވެ. ޖަވާބު ނުލިބި ހުރި ސުވާލުތަކަށް އެ މަންޒަރުން ދާނިޝްއަށް އެތައް ޖަވާބެއް ލިބުނުފަދައެވެ. ރީޝާގެ ހަޤީގަތަަކީ މިިއީއޭ އޭނާގެ ހިތަށް އެރިއެވެ. ރީޝާގެ ބޭވަފާތެރިކަމުގެ ސަބަބުު ކުރިމަތިން މި ފެންނަނީއޭ ދާނިޝްގެ ހިތަށް އެރީ ރީޝާ އެ ޒުވާނާގެ ސައިކަލް ފަހަތަށް އަރައި ހަމަޖެހިލުމަށްފަހު ދާނިޝްއަށް މަލާމާތުގެ ގޮތަކަށް ކަޅި އަޅާލައިފައި ތުން އަނބުރައިލުމުންނެވެ. ލަސްތަކެއްނުވެ އެ ޒުވާނާ ރީޝާ ގޮވައިގެން ސައިކަލްގައި ނައްޓާލިއެވެ.

ދުވަސްތައް ހަލުއި ކަމާއިއެކުު ފާއިތުވަަމުން ދިއައީ އެތަކެއް ބަދަލު ތަކަކާއި އެކުގައެވެ. އެހެން އިންސާނުންގެ ދިރިއުޅުމަށް ބަދަލު އައިހެން ދާނިޝްގެ ދިރިއުޅުމަށްް ވެސް ބަދަލުތަކެއް އައެވެ. ރީޝާގެ ލޯބި ބީވެގެން ދިޔައިރު ހަނާގެ އެކުވެރިކަން އިންތިހާއަށް ލިބެެމުން އައެވެ. ވަކި މަޤްޞަދެެއް ނެތި ވެސް ދެމީހުން ބައްދަލު ކުރަންފެށިއެވެ. ފޯނުގައި ތިބެ ވާހަކަ ދައްކާ ވަގުތު ގިނަވާންފެށިއެވެ. ދާނިޝްގެ ވާހަކަ ތަކުން ރީޝާ އެއްކިބާ ކޮށް ހަނާގެ ރަނގަޅުު ވާހަކަ އާއި އޯގާތެރިކަމުގެ ވާހަކަ ދައްކަންފެށިއެވެ. ރީޝާގެ ފަރާތުން ލިބުނު ހިތްދަތިކަމުން އަރައިގަންނަން ހަނާގެ ފަރާތުން ލިބުނު އެކުވެރިކަމަށް ދާނިޝް ހަނާއަށް ޝުކުރު އަދާކުރިއެވެ.

” އަހަރެން ހަނާދެކެ ލޯބިވެޔޭ ބުނެފިއްޔާ ޤަބޫލު ކުރާނަންތަ..؟ ” ފޯނުގައި ހުރެ ހަނާއާއި ދައްކަމުން އައި ވާހަކައެއްގެ ތެރެއިން ދާނިޝް ބުނެލިއެވެ. ފާއިތުވި ދުވަސްތަކުގައި އެ ދެމެދުގައިި އުފެދިފައި ވަނީ ރަޙުމަތްތެރި ކަމުގެ ގުޅުމަށްވުރެ ގާތް ގުޅުމެއްކަން ނަޒަރު ހިންގާލި ކޮންމެ މީހަކަށް ވެސް ދޭހަވާނެކަން ގައިމެވެ. އެ ގުޅުން ބަދަހިވެެގެން އައީ އެހާވެސް ހަލުއި ކަމާއި އެކުގައެވެ. ” ދާނިޝް ތިބުނީ ތެދެއްކަން ކިހިނެއް އަހަރެންް ޤަބޫލުކުރާނީ..؟ ” ހަނާއަށް ދާނިޝްގެ ހިތުގައި ފޮރުވިފައިވާ ކެކުޅުން ތަކާއި އުދާސްތައް އިހްސާސް ކުރެވުނެވެ. ނަމަވެސް އެކަން ފުރިހަމައަށް ޔަޤީން ކުރަން އޭނާ ބޭނުންވިއެވެ. ” އަހަރެން ހަނާއަށްޓަކައި ކޮންމެ ކަމެއް ވެސް ކޮށްފާނަން…ހަމަ އެންމެ ފަހަރަކު ލޯ މަރާލާފަ ލޯ ހުޅުވާލާ…އޭރުން އަހަރެން ހުންނާނީ ހަނާގެ ކުރިމަތީގަ… ” ހަނާގެ ސުވާލަށް ދާނިޝް ޖަވާބުދިނީ ހެވިފައިިހުރެއެވެ. އެހެންކަމުން ދާނިޝް އެ ކުރީ ސަމާސާއެއް ކަމަށް ހަނާއަށް ހީކުރެވުނެވެ. ހަނާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހުރުމުން ދާނިޝް ސީރިއަސް ވިިއެވެ. ” އެކަން ނުކުރެވުނަަސް ހަމަގައިމު ވެސް އެއްކަމެއް އަހަންނަށް ކުރެވިދާނެ…މަޑުމަޑުން އައިސް ހަނާމެން ގޭގެ ދޮރު ހުޅުވާލާ…އޭރުން އަހަރެންް ހުންނާނީ ހަނާގެ ކުރިމަތީީގަ.. ” ދާނިޝް ބުނެލިއެވެ. މެންދަމުގެ އެ ވަގުތުގައި ދާނިޝްގެ ދުލުން ބޭރުކުރި އެ ޖުމްލައިން ހަނާ ސިއްސުވާލިއެވެ. މިހާރު ދާނިޝް އެބުނީ ތެދެކޭ އެނާގެ ހިތް ބުނި ކަހަލައެވެ. އެހެންކަމުން ކޮޓަރިން ނިކުމެގެން ގޮސް މަޑުުމަޑުން ގޭ ދޮރު ހުޅުވާލީީ އެކަމުގެ ހަޤީގަތް ދެނެގަންނާށެވެ. ތެދެކެވެ. އެ ފުރަ މެންދަމުގައި ދާނިޝް މިހާރު އެހުރީ އޭނާ ބުނިފަދައިން ހަނާގެ ލޯ ކުރިމަތީީގައެވެ. ” މިވަރުން ޤަބޫލު ކުރެވޭނެތަ..؟ ” ފޯނު ކަންފަތާއި ދުރުކޮށްލުމަށްފަހު އެތެރެއަށް ވަންނަމުން ދާނިޝް އަހާލިއެވެ. އެއިރު ކަޅި ޖަހައިވެސް ނުލައި ދާނިޝްއަށް ބަލަހައްޓައިގެން ހަނާ އިނެވެ. ދާނިޝްގެ ލޮލުން ހަނާއަށް ފެންނަން ހުރީ ތެދުވެރިކަމެވެ. ދާނިޝްގެ އެ ސުވާލުގެ ޖަވާބަކަށް ހަނާއަށް ދެވުނީ ހިނިތުންވުމެކެވެ. އިންތިހާއަށް އުފާވެރިކަން އެކުލެވިފައިވީ ހިނިތުންވުމެކެވެ. ހަނާގެ އެ ޖަވާބުން ދާނިޝްގެ ހިތަށް ފިނިކަން ލިބިގެންދިއެވެ. ހަމަ އެހެންމެ ހަނާގެ ހިތް އޮތްގޮތް ވެސް އޭނާއަށް އެ ވަގުތުކޮޅުގައި އެނގިގެންދިއެވެ. ދެމީހުން ވެސް އެކަކު އަނެކަކަށް ނަޒަރު ހުއްޓައިލައިގެން ތިބެ އެ ދެ ހިތުގެ އުދާސްތައް ނަޒަރުގެ އެހީގައި އަޑުއިއްވަމުން ގެންދިއެވެ. އެހެނަސް މާގިނަ އިރަކު އެގޮތުގައި ތިބޭކަށް ދާނިޝްގެ ޒަމީރެއް ނޭދުނެވެ. އެ ދެމެދުގައިި ހުރި ކުޑަކުޑަ ދުރުމިން ވެސް އޭނާއަކަށް ބަރުދާސްތެެއް ނުކުރެވުނެވެ. ދާނިޝް މަޑުމަޑުން ހަނާ ގެނެސް އޭނާގެ މޭތެރޭގައި ފޮރުވާލިއެވެ. ހަނާ ވެސް ދާނިޝްގެ އެ ޙަރަކާާތަށް އުފަލާއިއެކު މަރުޙަބާކިއެވެ.

އާ ދުވަހެކެވެ. އާ ފެށުމެކެވެ. އާ ކުލަ ތަކަކާއިއެކު ފަޒާގައި އިވެމުން ދިޔައީ އާ މިއުޒިކީީ އަޑުތަކެކެވެ. އުފަލުން ފުރިގެންވީ ހިތް ތަކެއް ވީއިރު ރުއިމާ ހިތާމައިގައި ވާނެ ހިތްތަކެއް ވެސް އުޅޭނެ ކަން ކަށަވަރެވެ. ދާނިޝްއާާއި ހަނާ ވީ އުފަލުން ފުރިގެންވީ މީހުންގެ ތެރޭގައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އުފެދުނު ރަޙުމަތްތެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައީ ބަލަބަލާ ތިއްބައެވެ. ހަނާ އެ ހުރިހާ ވާހަކައެއް އޭނާގެ އެންމެ ގާތް އެކުވެރިޔާ ރީޝާއަށް ކިޔައިދިނެވެ. އެ ދެމީހުންގެ ގުޅުމަށް ރީޝާ މަރުޙަބާކިއެވެ. އުފަލާއިއެކުގައެވެ. ހިތުގައި އެއްވެސް ރުޅިވެރިކަމެއް ނެތިއެވެ. ހަނާ އުފަލުގައި ހުރުމުން ރީޝާ ވެސް ހުރީ ނުހަނު އުފަލުންނެވެ.

ދުވަސްތައް ހަފުތާތަކަށް, ހަފުތާތައް މަސްތަކަަށް ބަދަލު ވަމުން އައިސް ދާނިޝްއާއި ހަނާގެ ލޯތްބަށް ތިން މަސް ވީ ދުވަހު އެ ދެމީހުން ކައިވެނީީގެ ވަރުގަދަ ގޮށުން ބަނދެވިގެންދިއެވެ. ވަރަށްވެސް އުފާވެރި ރެއެކެވެ. ވަރަށްވެސް ހިތްގައިމު ޚަފްލާއެކެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުން ދަނީ ހިނިތުންވުމެވެ. އެ ޚަފްލާގައި ދާނިޝްގެ މަންމަގެ އިތުރުުން ހަނާގެ ބޮޑުބޭބެ އާއި އޭނާގެ އަންހެނުންގެ އިތުރުން އެ ދެމީހުންގެ ދަރިފުޅު ވެސް ބައިވެެރިވިއެވެ. އެ ޚަފްލާއަަށް އަޒީލް އައިއިރު ދާނިޝްގެ އޮފީހުގެ ބައެއް އެކުވެރިން ވެސް އައިސް ތިއްބެވެ. ހަނާގެ ދަޢުވަތަަށް ރީޝާ އާއި ވިއާޒް އައިއިރު ހަނާމެން އޮފީހުގެ އެހެން މުއައްޒަފުުން ވެސް ހަނާގެ ކައިވެނީގެ ޚަފްލާގައި ބައިވެރިވިއެވެ. އެރޭ ހަނާގެ މޫނުމަތިން ފެންނަން ހުރީ މީގެ ކުރިން ދުވަހަކުވެސް ނުފެންނަފަދަ އުފާވެރިކަމެކެވެ. ހިނިތުންވުމެކެވެ. ވިދާ ބަބުޅަމުން އައި ތަރިއެއްފަދައެވެ. ދާނިޝް ވެސް ހުރީ ހެވި ދިލިފައެވެ. އެ ދެ މީހުންގެ މޫނުމަތިން ފާޅުވާން ހުރި އުފާވެރިކަން ފެނިފައި ރީޝާ ވެސް ހުރީ ނުހަނު ހިތްހަަމަ ޖެހިލައިގެންނެވެ. އެހެނަސް ވިއާޒްްއަށް އެ ކައިވެނި ބަލައިގަންނަން އުނދަގޫވިއެވެ. އެ ޚަފްލާއަށް ވިއާޒްް އައީ ރީޝާގެ އިތުރުން އޮފީހުގެ އެހެން އެކުވެރިންގެ އެދުމުގެ މަތިންނެެވެ. ދާނިޝް އާއި ހަނާގެ އެ ކައިވެނި ވީ ވިއާޒްްގެ ހިތަށް ލިބިގެންދިއަ ވޭނަކަށެވެ. ވިއާޒްްގެ ހުވަފެންތައް ވަޔާާ އެކުވެގެން އެ ދިޔައީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެކަމަށް އޭނާ ކެތްކުރިއެވެ. އެނޫން އެހެން ގޮތެއް ނެތޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ހުޅުކޮޅު 23

Next

ލޯބިކަން 11

Next
June 11, 2018

ލޯބިކަން 11

Previews
June 11, 2018

ހުޅުކޮޅު 23

13 Comments!

  1. unique says:
    June 11, 2018 at 1:01 pm

    nice

    1. unique says:
      June 11, 2018 at 4:44 pm

      vv reethi waiting for next part

    2. hattey says:
      June 11, 2018 at 5:43 pm

      thanx..

  2. No one says:
    June 11, 2018 at 1:56 pm

    Wow.. nice..maasha allah♥️

  3. maya says:
    June 11, 2018 at 2:01 pm

    reethi

    1. hattey says:
      June 11, 2018 at 5:46 pm

      thanx

  4. Zaari says:
    June 11, 2018 at 3:11 pm

    Nimuneetha???

    1. hattey says:
      June 11, 2018 at 5:50 pm

      nun..

  5. Nunnu says:
    June 11, 2018 at 3:34 pm

    Vvv vv reethi
    Ekam Adhives maa kureege
    When next part

    1. hattey says:
      June 11, 2018 at 5:49 pm

      thanx

  6. Xaxee says:
    June 11, 2018 at 10:58 pm

    Asluves v salhi. Heekury nimuny kamah. Ehenve v dheravefa mi in

  7. Virasha says:
    June 12, 2018 at 6:58 pm

    Wowww v rythi
    whn is nxt part

    1. hattey says:
      June 12, 2018 at 10:49 pm

      thanx

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (6←


All Right Reserved!