Skip to content
އެސްފިޔަ

ދުރުވުމެއް ނޭދެމޭ… 3

އާލިކްގެ ދެލޮލުން ނިއުޝާއަށް ފެނުނީ ލޯތްބާއި އޯގާތެރިކަމެވެ. އާލިކްއަށްވެސް އެ ދެލޮލެއް ނޯޅޭނެއެވެ. އެއީ ހަމަ އެދެލޮލެވެ. އެ ޖާދުވީ ބެލުމެވެ. ނިއުޝާ ދުރުވާން މަސައްކަތް ކުރަން ފެށުމުން އާލިކް ނިއުޝާގެ ގައިން އަތް ދޫކޮއްލިއެވެ. ކެބިންގެ ދޮރު ހުޅުވާލާފާ އާލިކް އެތެރެއަށް ވަތްއިރު ނިއުޝާހުރީ ހުއްޓުން އަރާފައެވެ. ” ނިއުޝާ. އާދޭ އެތެރެއަށް” ހުއްޓުން އަރާފައި ހުރި ނިއުޝާއަށް ސިހުމެއް ލިބުނީ އޭނާ ލަސްވެގެން އާލިކް ނުކުމެ އޭނާއަށް ގޮވާލުމުންނެވެ.

“އަހަރެން މި ވާހަކަ ނިއުޝާއާ ދައްކަން މި ނިންމީ ނިއުޝާ ތީ އަހަރެންގެ ސެކްރެޓަރީ އައް ވީމަ. މިވީ ދެދުވަސް ތެރޭގަ އަހަންނަށް އާދަޔާ ޚިލާފަށް ފާހަގަ ކުރެވުނު ކަމަކީ ނިއުޝާގެ މަޑުމައިތިރިކަން. އެ ވެދާނެ ނިއުޝާގެ މިޒާޖު ކަމަށް ވެސް. އެކަމު އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެއީ ނިއުޝާ އޮފީހުގައި އަހަންނާ ވާހަކަ ދައްކައިގެން އުޅުން.” އާލިކްގެ އަނގައިން ބޭރު ވަމުން ދިޔަ ކޮންމެ ބަހެއް ނިއުޝާގެ ހިތް ކަފާ ކުދި ކުރަމުން ގެންދިޔައެވެ. އެ ރީތި ކަޅުކަން ގަދަ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެކަން އާލިކްއަށް އެނގިދާނެތީ އޭނާ ހުރީ އިސްޖަހައިގެންނެވެ. “ނިއުޝާއަށް އޮފީހުގައި ކަމެއް ދަތި ވިޔަސް އަހަންނާ ހިއްސާކުރަންވެސް އަހަރެން އެދެން. ނިއުޝާ ޕްލީޒް އެންމެ ފަހަރަކު އަހަންނާ އަނގައިން….” އާލިކްއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކެބިންގެ ދޮރު ހުޅުވާލާފައި ނިއުޝާ ދުއްވައިގަނެފިއެވެ. އޮފީހުގައި އެގަޑީ އެކަކު ވެސް ނެތުން އެއީ ނިއުޝާގެ ނަސީބެވެ.

އާލިކްއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އާލިކް ބޭރަށް ނުކުތް އިރު ނިއުޝާ އޭނާގެ ދަބަސް ހިފައިގެން އޮފީހުން ނކުންނަނީއެވެ. އޭނާއާ ވާހަކަ ދައްކަން ނިއުޝާ ބޭނުން ނުވަނީ ކަންނޭގެއެވެ. ކޮންމެއަކަސް ނިއުޝާގެ ފަރާތުން ފެންނަމުންދިޔަ ސިފަ ތަކުން އިތުރައް އޭނާގެ ހަގީގަތް ހޯދަން އާލިކް ބޭނުންވިއެވެ.

ނިއުޝާގެ ވިސްނުމުގައި ހުރެ އާލިކް ގެއަށް އައިސް ވަތް އިރު ރަށުގައި ހުރި އޭނާގެ ދައްތަ އާއި އޭނާގެ ދަރިފުޅު ފެނުމުން ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ނިއުޝާގެ ޚިޔާލާ ދުރަށް ދެވުނެވެ. “ތުއްތޫ..” އާލިކް ފެނުމުން 8 އަހަރުގެ ކުޑަ ކުޑަ އައިނީ އައިސް އޭނާގެ ގައިގައި ބައްދާލިއެވެ. ” ތިއްތާ… ކޮންއިރަކު އައީ؟ ނުވެސް ބުނަމެއްނު..” އާލިކް އައިނީ ގޮވައިގެން ގޮސް ސޯފާގައި އިށީނދެލިއެވެ. ” އޯހް.. ސަރޕްރައިޒް އެއް ދޭ އިރު ދެން ކާކުތަ ބުނާނީ.. އަދިވެސް ބޮޑެއް ނުވޭ ދޯ؟” އާލިކް ގެ ތިއްތަ އައިޝާ އަކީ ވަރަށް ސަކަރާތް ބޮޑު މީހެކެވެ. ” މަންމާ ކޮންއިރަކުންތަ މި ސޮރު މީހަކާ އިންނަނީ.. 25 އަހަރު ވީ އިރު ވެސް އަދިވެސް އެ ހުރީ ހުހަށް.. ކޮބާތަ ރައްޓެހި ވެގެން އުޅުން ކުއްޖާ؟ ތިހާ ގިނަ ދުވަހު ރައްޓެހި ވެގެން ނޫޅެ ދެން އިންނަން ވީއެއްނު..” ސަމާސާ ރާގަކަށް ބުނެލި ނަމަވެސް އައިޝާ އެ ބުނީ ވަރަށްވެސް ބޮޑު ތެދެކެވެ. މިހާރު އޭނާ އާއެއްކޮށް ސްކޫލަ ގައި އުޅުން ކުދިންވެސް މީހުންނާ އިނދެފިއެވެ. “ތި ވާހަކަ ދެން ދައްކާނީ ފަހުން ދޯ؟ މި ގަޑީ ވަރަށް ޓަޔާޑް.. ފެންވަރަން މި ދަނީ.” އާލިކް އިންނަން ބޭނުމީ ހަމަ އެންމެ މީހަކާ އެވެ. އަދި މިހާތަނަށް މުޅި އުމުރު ދުވަހު ވެސް އޭނާ ރައްޓެހި ވީވެސް އެންމެ މީހަކާއެވެ. އެ ކުއްޖާއައް އޭނަގެ ހިތްވަނީ ހިބައިން ދީފައެވެ. އޭނާ ނޫން އެހެން މީހަކާ އިނދެގެން އުފާވެރި ދިރިއުޅުމެއް އުޅުމަކީ އާލިކް އަށް ވަރަށް އުނދަގޫ ކަމެކެވެ.

ގެއަށް އައިސް ވަތް ނިއުޝާގެ މޫނުމަތީގައި ވަނީ މާޔޫސް ކަމެވެ. “ދަރިފުޅާ.. އާދޭ ކާން.” ނިއުޝާގެ މަންމަ އަށް ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން އެނގުނީ އަނގައިންވެސް ނުބުނެ އޭނާ ގޮސް ކޮޓަރިއައް ވަނުމުންނެވެ. މީގެ 4 އަހަރު ކުރިން އެ މައުސޫމް މޫނުމަތީގައި ވި ހިނިތުންވުން ވަނީ ގެއްލިފައެވެ. އޭނާގެ ޑައިރީއަށް ފިޔަވާ އިތުރު އެއްވެސް މީހަކަށް އޭނާގެ ހިތާމަތަކެއް ހިއްސާއެއް ނުކުރެއެވެ. ހިކިގެން ގޮސް މުޅި މީހާ އެދަނީ އަނަރޫފަ ވަމުންނެވެ. އަމިއްލަ ނަން ބަދަލުކޮށް ހަށިގަނޑަށް އެހާ ބޮޑެތި ބަދަލުތަކެއް އޭނާ ގެނައީވެސް މާޒީ ހަނދާން ނައްތާ ނުލެވިގެންނެވެ. އެންމެ ފަހުން މިވީ ކިހިނެއް ހެއްޔެވެ؟ މީގެ ހަތަރު އަހަރު ކުރިން ގެއްލިފައި ވީ ލޯބިވެރިޔާ މިއަދު އޭނާ އާ މި ކުރިމަތިލީ ކޮންފަދައަކުން ހެއްޔެވެ؟ އާލިކް އެއީ އޭނާގެ ގެއްލިފައި ވީ ލޯބިވެރިޔާ ކަމަށް ހިތް ބުނަމުން ދިޔައިރު ސިކުނޑި ދިޔައީ އެކަމާ ދެކޮޅު ހަދަމުންނެވެ. ހަމަ އެ އަޑެވެ. އެ ނަމެވެ. ހަމަ އެ ސިފަ އެވެ. އެކަމަކު ތަންކޮޅެއް ފަލަވެފައި ހުރި ކަމެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ދާ ގަޑި ގެހުން އިރު އާލިކް ހުރީ ތައްޔާރު ވެގެންނެވެ. އިއްޔެ ނިއުޝާ ދުވެފައި އެ ދިޔައީ އޭނާއަށް ދެއްކުނު ވާހަކަ އަކުން ކަމަށް ވާނަމަ މާފަށް އެދެންށެވެ. އޮފީހުގެ ސައިން އިން ވާ ގަޑި ހަމަވި އިރުވެސް ނިއުޝާ އެއް ނައެވެ. އާލިކްގެ މޫނުމަތިން ކަންބޮޑު ވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. “ނިއުޝާ މިއަދު ނާންނަނީތަ؟” އާލިކްގެ ކެތްތެރިކަން ކޮޅުންލާން ފެށުމުން އޮފީހުގައއި މަސައްކަތް ކުރާ އަންހެން ކުއްޖެއް ކައިރީ ނިއުޝާ އާ ބެހޭ ގޮތުން ސުވާލު ކޮށްލިއެވެ. “ލައްބަ. މިއަދު ނިއުޝާ ހުރީ ސަލާމްގަ.” “ވެއިޓް. ނިއުޝާ އާ ގުޅޭނެ ނަމްބަރެއް ލިބިދާނެތަ؟ ކުޑަ ކަމެއް ނިންމާލަން އެބަ ޖެހޭ މިއަދު. އެހެންވެގެން އޭނަ އާ ވާހަކަ ދައްކާލަންވެގެން.” އާލިކްއަށް މި ވަމުންދާ ގޮތް ޚުދު އޭނާއަށް ވެސް ނޭނގެއެވެ. ” ލައްބަ. މުއައްޒަފުންގެ ލިސްޓްގަ ނަމާ ދިމާލިގަ ނަމްބަރު އިންނާނެ.” ނަމްބަރު ލިބޭނެ ގޮތް ބުނުމަށް ފަހު އެ އަންހެން ކުއްޖާ އޭނާގެ މަސައްކަތައި އެކީ އުޅެން ފެށިއެވެ.

އޮފީހުގެ މުއައްޒަފުންގެ ލިސްޓުން އޭނާ ނިއުޝާގެ ނަމްބަރު ނަގާ ފޯނުގައި ސޭވް ކޮށްލިއެވެ. އެވަގުތު އޭނާގެ ލޮލުގައި އަޅައިގަތީ ފޯނުގެ ކޮންޓެކް ލިސްޓްގައި ޒެލް ޖަހާ ސޭވް ކޮށްފައި އިން ނަމްބަރެވެ. ނިއުޝާގެ ނަމްބަރަށް އޭނާ ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނަގައެވެ. އާލިކް ހުރީ އުންމީދު ކަނޑާލާ ގޮތަކަށް ނޫނެވެ. ދެވަނަ ފަހަރަށް ވެސް ގުޅާލިއެވެ. ކާމިޔާބުވެސް ވިއެވެ. ނިއުޝާ ފޯނު ނެގިއެވެ. “ހަލޯ. ކާކު؟” ކަންފަތުގައި ޖެހުނު އަޑުން އާލިކްގެ ގައިން ހީބިހި ނެގިއެވެ. އެއީހަމަ އެ އަޑެވެ. އެއަޑެއް އާލިކް އަކަށް ނޯޅޭނެ އެވެ. “ޒެލް” ބޭއިޚްތިޔާރުގައި އާލިކްއަށް ބުނެވުނެވެ. އެއާ އެކު އޮފީހުން ނިކުތީ އޮފީސް ތެރޭ ތިބި މީހުންނަށް އަޑު އިވިދާނެތީއެވެ.

“އާކް..” ނިއުޝާ އަށް ވެސްވީ ހަމަ އާލިކްއަށް ވީވަރެވެ. އަނެއްކާ މީ މީހަކު އޭނާއާ ކުރާ ސަމާސާއެއް ބާވައެވެ؟ އެހެންނަމަވެސް ގެއްލިފައިވި އޭނާގެ ހިތުގެ ރަސްގެފާނު އާލިކް ނޫން އެހެން މީހަކު އޭނާއާ އެނަމަކުން މުޚާތަބެއް ނުކުރާނެއެވެ. “ވަޓް؟ ތީ ހަމަ ޒެލް ތަ؟” އާލިކް އަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ތީ ޒެލް ކަމަށް ވަންޏާ އަހަރެން ބޭނުން ހަމަ މިހާރު ބައްދަލު ކޮށްލަން”. “ކޮންތާކުން؟” ނިއުޝާގެ ލޮލުން ކަރުނަ ހިލުނެވެ. ” ރަސްފަންނަށް.. ގޮސް މި ނަމްބަރަށް ގުޅާތި” އާލިކް ފޯނު ކަނޑާލީ ރަސްފަންނަށް ދާން ސައިކަލަށް އަރަމުންނެވެ. ނިއުޝާގެ ގެ ހުރީ ރަސްފަންނާ މާދުރަކު ނޫނެވެ. އަތުން އިސްތަށިގަޑު ރީތިކޮށްލުމަށްފަހު ކަޅު ކުލައިގެ ސްކިނީ އަކާއި ރަތް ކުލައިގެ ގަޔައް ދޫ އަތްދިގު ޓީޝާޓެއް ލައިގެން ރަސްފަންނަށް ދާން ނިއުޝާ ނުކުތެވެ. ނާޝިދާއަށް ހުރީ ވާނުވާ ނޭނގިފައެވެ. މީގެ ހަތަރު އަހަރު ކުރިން އެ މޫނުމަތިން ގެއްލުނު ހިނިތުންވުން އަލުން އަނބުރާ އައީ ކިހިނެއްބާވައޭ ހިތުގައި ސުވާލު އުފެދިފައެވެ.

ތެޅި ތެޅި އޮތް ހިތަކާއި އެކު ރަސްފަންނަށް ވަދެ ފޯނު ނަގާ ދެންމެ ގުޅި ނަމްބަރަށް ނިއުޝާ ގުޅާލިއެވެ. އޭރު އެތާހުރި ޖޯލީގައި އިށީދެލައިގެން ނިއުޝާގެ ހަރަކާތްތަކަށް ބަލަން އާލިކް އިނެވެ. ފޯނު ރިންގުވާން ފެށުމުން ފޯނުނަގާ ކަންފަތުގައި ޖަހާލުމަށް ފަހު ތެދުވެ ނިއުޝާ އާ ދިމާލަށް އޭނާ މިސްރާބު ޖެހިއެވެ. “ކޮންތާކު.. ތި… ހުރީ؟” ހިތް އަވަސް ވެފައި ހުރި ވަރުން ވާހަކަ ދައްކަން ވެސް ނިއުޝާ އަށް އުނދަގޫ ވިއެވެ. ” އަހަރެން މި ހުރީ ޒެލްގެ ފަހަތުގަ”. ނިއުޝާ ފަހަތް ބަލާލި އިރު ނުހަނު ފިރިހެން ވަންތަ ގޮތަކަށް ހުއްޓިލައިގެން އެ ހުރީ ނިއުޝާގެ މެނޭޖަރ އާލިކް އެވެ. ” އާކް.. ކި…ކިހިނެތް އަހަރެން އެނގުނީ” ނިއުޝާ އަށް ކުރިން ކުރެވުނީ ކުށް ހީއެއް ނޫނެވެ. އެއީ ހަމަ ހަގީގަތެވެ. “ޒާލް ކީއްވެ އަހަންނާ ފިލައިގެން ތި އުޅެނީ…. ކުރިންވެސް އަހަރެން ބުނިންދޯ ޒާލްގެ ކިޔެވުން ކޮމްޕްލީޓް ކުރީމާ އަހަރެން އެނބުރި އަންނާނަމޭ. އެކަމް އަހަރެން އައި އިރު އަހަންނަށް ޒާލް ގެއްލިއްޖެ. ޒާލްގެ ނަމްބަރަކަށް އަހަންނަކަށް ނުގުޅުން. ޒާލް ހޯދަން އަހަރެން ނުކުރަނީ ކޮން ކަމެއް… ކީއްވެތަ ދެން ޒާލް އަހަންނާ ފިލީ؟ އަހަރެން ޒާލް ދެކެ ލޯބި ވާވަރު ޒާލްއަށް ނޭނގެނީތަ؟” ހުރިހާ ވާހަކައެ ދެއްކި އިރު ނިއުޝާ އަށް ހުރީ ރޮވިފައެވެ. “އަހަރެން އާކް ދޫކޮށްލާފައެއް ނުދަން. އެކަމު އަހަންނަށް މަޖުބޫރުވީ. އަހަންނަށް އެނގޭ އާކް އަހަރެންދެކެ ލޯބި ވާވަރު. އަހަރެން ވެސް އާކް އަށް އިންތިޒާރު ކުރީމޭ. އަހަރެންވެސް ހާދަ ލޯބި ވެޔޭ އާކް ދެކެ.” ނިއުޝާ އަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެ އެވެ. އާލިކް އޭނާގެ އަތުން ނިއުޝާގެ ކޯތާފަތް މަތީ ބޮސް ދެމުން ދިޔަ ކަރުނަ ތިކިތައް ފޮހެލަދިނެވެ. “ދެން ކީއްވެ؟ ކާކު މަޖުބޫރު ކުރީ؟ ގެއްލިފައި އަހަންނަށް ޒެލް ލިބުން އިރު ތި ހުރީ މުޅިން އެހެން މީހެއްގެ ގޮތުގަ. މުޅިން އެހެން ނަމެއްގަ. އެ ކީއްވެގެން؟” އާލިކް ކޮށްލި ސުވާލުން ނިއުޝާއަށް ލިބުނީ އިތުރު ރިހުމެކެވެ. ގިސްލެވެން ފެށިއެވެ. “ޒެލް މިތާކު ނޫން. ހިނގާ އަހަންނާއެކީ ދާން” އާލިކް ނިއުޝާގެ އަތުގައި ހިފައިގެން އެތަނުން ނުކުންނަން ދިޔައެވެ.

 

ނުނިމޭ

Comments (26)

  1. unique

    yeyy. thanks serjii

    1. serrrjiii
      unique

      welcome unique 🙂

  2. unique

    haadha happy ey dhw after all they met each other nice vvvvv reethi mi story… waiting for next part

    1. serrrjiii
      unique

      insha allah next part up kuraanan v avahah.. the thing is i’m in grade 10.. so extra and skwl kankamaa hedhy ehaa time eh nulibe stry liyaakah.. libey free time ga mi liyany.. enve kudakoh las vany.. hope all my readers can understand

  3. Nunnu

    Alhey Emme fahun dhemeehun gulhunee dho
    I am s o happy
    Vv reethi mi part ves
    When next part
    I can’t wait to know the truth
    Vv kiyaahiy vey eba

    1. serrrjiii
      Nunnu

      thank you.. insha allah v soon dear.. keep waiting 🙂

  4. Heyo edhey faraatheh

    OMGG.. so cute… how nice.. whn next part girl??
    Vv cute

    1. serrrjiii
      Heyo edhey faraatheh

      thnk you.. v soon dear.. 🙂 🙂 🙂

  5. Livee

    Oh woww!Aalik ah gellununu loabi fenunee dho

    1. serrrjiii
      Livee

      yea insha allah… hurihaa kameh vx vaany rangalhah

  6. Naush

    When nxt prt serjii???

    1. serrrjiii
      Naush

      may be tonight or tommorow.. nimun haa avahakah up kuraanan

  7. unique

    its ok i understand…… heheh

    1. serrrjiii
      unique

      hehe

  8. Heyo edhey faraatheh

    Its OK serrrjiii
    And good luck in your studies
    ❤❤??☺☺??✍✍??????????

    1. serrrjiii
      Heyo edhey faraatheh

      thnk u so much 🙂

  9. ZZZZ

    Like zaal complete your studies.. ?
    May allah bless in your studies ??

    1. serrrjiii
      ZZZZ

      yea.. thank you 🙂 🙂 🙂

  10. ZZZZ

    And story kuriyah dhaa goii v cute kinda related to my life ??☺☺?

    1. serrrjiii
      ZZZZ

      oww really. but this is just hama hiyaaly story eh… 🙂

  11. Amee

    Vvv reethi story……
    Masha allah serjii you will be good in ur exam and every thing that you try hard to get…..

  12. serrrjiii

    thankyou so much… insha allah i will try my best

  13. Kudu

    V rythi. Maasha Allah ❤ in sha allah you can do it. ??

  14. No one

    Vr vr vr salhi mi part vx ingey serjii.. maasha allah..??❤️?♥️♥️ by the way, it’s really awkward to call u serjii??.. by any chance, is ur full name saajidha?????♥️

  15. Nebula

    Darling, Its okay take your time to update.I can totally understand how hard grade 10 can be since I am also in grade 10.Study hard, get good grades okay

  16. Zelll

    Varah reeeeeeeethi saajige mi vaahaka, keep it up!!! Darling when next part?

Comments are closed.