Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 27

hygge Level 510 Stories100 Comments100 Login500 Comments
June 15, 2018 11 Mins Read
102 Comments

ޒިވާ އާއި މައިހާ ސުމައްޔާ ގޮވައިގެން ކުރިން ދިޔައިރު ޔައިޝް އާއި ޒަޔާން އެމީހުންގެ ފަހަތުން ދިޔައެވެ. އެންމެންގެ މޫނުމަތިވެސް ވަނީ މިލާ މޯޅިވެފައެވެ. ކާރަށް މައިހާ އަރައިފަ ސުމައްޔާ އަރުވަން އުޅެނިކޮށް ޒިވާ އަރިއަޅާލިއެވެ. “ޒިވް.. ކިހިނެއް ތިހެދީ؟” ޔައިޝް މަޑުމަޑުން ޒިވާ ގާތު އަހާލިއެވެ. ޒިވާ ކަމެއް ނުވާކަމަށް ބުނެ ކާރަށް އެރަން އުޅުނެވެ. ޔައިޝްވެސް ޒިވާ އަވަހަށް ކާރަށް އެރުވީ ގިނައިރު ނުކޮށް އެމީހުން ގެއަށް ގެންދިޔުމަށެވެ.

ހޮސްޕިޓަލުން ފެށިގެންގޮސް ގެއަށް ވަދެވޭންދެން ވެސް ސުމައްޔާގެ ޙާލަކަށް ބަދަލެއް ނާދެއެވެ. ޔައީޝްގެ މައިންބަފައިންނަށް އެ ޚަބަރު ދިނުމުން އެމީހުންވެސް ނުހަނު ހިތާމަ ކުރިއެވެ. ނަމަވެސް މިދުވަސްކޮޅު އާދެވެން ނެތް ވާހަކަ ބުނީ ހިތާމައާއެކުއެވެ. “އައިޝާ.. އައިޝާ ބޭނުންވާނަމަ މައި މިރޭ މިގޭގަ މަޑުކޮށްލަފާނަން.. މައްސަލައެއް ނެތްތަ؟” މައިހާ އޯގާތެރިކަމާއެކު ސުމައްޔާ ގައިގަ ހިފަހައްޓާލަމުން ބުނެލިއެވެ. އެއިރު ޔައީޝް އާއި ޒިވާ އަދި މައިހާ އާއި ސުމައްޔާވެސް ތިބީ އެގޭގެ ސިޓިން ރޫމުގައެވެ. ޒަޔާން ހޮސްޕިޓަލުން ދެން ދިޔައީ ގެއަށެވެ.

ޒިވާ މައިހާގެ ވާހަކައަށް ބޯ ޖަހާލީ އޭނާއާއި އެއްބަސްވުމުގެ ގޮތުންނެވެ. ޒިވާ މައިހާ މެންނާއެކީ ގޮސް އެތަނުން ކޮޓަރިއަކަށް ވަނެވެ. އަދި ގޮސް އެމީހުންނާއެކު އެނދުގައި އިށީނދެލިއެވެ. “އައިޝާ ރެސްޓް ކޮށްލަން ދާންވީނު.. މައި އޮންނާނަން މަންމައާއެކީ.. ވަރަށް ވަރުބަލި ވެފައެއްނު މިހާރު ތިހުރީ.. މިރޭވެސް އަނބުރައިގަތީ.. ނުވެސް ކައި ދޯ ތިހުރީ؟ ދޭ ކާން.. މައި ވެސް ދާނަން.. މަންމަ އަށް ކާންދީފަ މައި ކާނަން..” މައިހާ ޒިވާއަށް އިރުޝާދު ދެމުން ދިޔައީ ދައްތައަކު ކޮއްކޮއަށް އިރުޝާދު ދޭ ފަދައިންނެވެ. ޒިވާވެސް ދެން އިތުރު ވާހަކަތަކެއް ދެއްކުމެއްނެތި ބަސް އަހާ ކުއްޖަކު ފަދައިން ކޮޓަރިން ނިކުތެވެ.

ޔައީޝް ސޯފާގައި އިށީދެލައިގެން އިންދާ އޭނާއަށް ސިހުންގެނުވީ ހަނދާނަށް އައި އެއްޗަކުންނެވެ. ޒިވާ އެއްފަހަރުވެސް މޫނު ނަގައިފިއްޔާ މައިހާ އަށް އޭނާގެ މޫނު ފެންނާނެވެ. އެހެން ވެއްޖެނަމަ ދެން ހަދާނީ ކިހިނެއް ބާވައެވެ؟ ޔައީޝް އޭނާގެ ދެއަތުން މޫނު ފޮރުވާލައިގެން އިންދާ މަޑުމަޑު އަތަކުން އޭނާގެ އަތްތިލައިފައި ހިފާލިއެވެ. ޔައީޝް އިސް އުފުލާލައި ބަލައިލިއިރު އޭނާގެ ކުރިމަތީ ދެކަކޫ ޖަހާލައިގެން އިނީ ޒިވާއެވެ.

“ހިނގާ ކާން.. ނުވެސް ކައެއްނު ތިއުޅެނީ އަދި މިރޭ..” ގިނައިރު ރުއިމުގެ ސަބަބުން ޒިވާގެ އަޑު ވަނީ ކުރެހިފައެވެ. ނަމަވެސް އޭނާ އުޅޭ ގޮތުން ހިތްވަރުގަދަ ކުރަން ވަރަށް މަސައްކަތް ކުރާކަން އިނގެއެވެ. ޔައީޝްވެސް ބޯ ޖަހާލަމުން އޭނާގެ ފަހަތުން ގޮސް ކާބަޔަށް ވަނެވެ.

ޔައީޝް ގާތު ކޮޓަރިއަށް ގޮއްސައި އެބަ އަންނަން ކަމަށް ބުނެ ޒިވާ ކޮޓަރިއަށް ދިޔަ އެވެ. އޭގެ މިނެޓެއް ވަރު ފަހުން ދޮރު ހުޅުވުނު އަޑު ކޮޓަރިތަކަށް ފުރަގަސް ދީގެން އިން ޔައިޝްއަށް އިވުނެވެ. އަދި އެމީހަކު އައިސް އޭނާއާއި ނުހަނު ގާތުގައި ހުއްޓުނު އަޑު އިވުނެވެ. “ޒިވް.. ޔައި އަށް ފެންނަނީ ދެން ތަންކޮޅެއް ފަހުން ޔައިގެ މަންމަމެން ގާތަށް މަންމަ އެކޮޅަށް ފޮނުވަން.. އެއް އުމުރެއްގެ މީހުންނަށް އެ އުމުރުގެ މީހުންނާ އެކު އުޅެން ފަސޭހަވާނެއްނު.. އަނެއްކާ މަންމަ މެންނަށް އިނގޭނެ ވަރަށް މޮޅަށް މިކަހަލަ ސިޗުއޭޝަން ތައް ހޭންޑްލް ކުރަންވެސް..” ޔައީޝް އިން ގޮތަށް އިނދެ ކަމުން ބުނެލިއެވެ. އޭނާ ދެތިން އެއްޗެއް ބުނެލުމުންވެސް ޒިވާ އަނގައިން ނުބުނުމުން ޔައީޝް ޒިވާއަށް ގޮވާލިއެވެ.

“ވެއިޓް.. ދެންމެ ޔައީޝް މިޔޮށް ހުރިހާއިރު ތި ކީ ޒިވާ އޭ ދޯ؟ އެކަމް.. ކީއްވެ؟” ޔައީޝްއަށް ސިހުން ލިބުނެވެ. ކުރިމައްޗަށް އައިސް އެ ހުއްޓުނީ ޒިވާއެއް ނޫނެވެ. ދެންމެ އޭނާއަށް އެ ވާހަކަ ދެއްކުނީ ޒިވާ އަކާ ނޫނެވެ. ނަމަވެސް މައިހާ އާއެވެ. ދެނެއް ސަލާމަތެއް ނުވާނޭ ޔައީޝްގެ ހިތަށް އެރިއެވެ. އަދި މައިހާ ގާތު އެ ސިއްރުގެ ވާހަކަ ބުނަން މިއީ އެންމެ ރަނގަޅު ވަގުތު ކަމުގައިވެސް ޔައީޝްގެ ހިތް ބުނަން ފެށިއެވެ.

“ލުކް.. މައި.. އަމިއްލައަށް ނަފްސު ކޮންޓްރޯލް ކުރާތި.. ޕްލީޒް.. ޒިވް މަރެއް ނުވޭ.. ދެން އައިޝާ އަކީ ޒިވް.. ފަހުން ހުރިހާ ވާހަކައެއް އެއްކޮށް ކިޔާދޭނަން..” ޔައީޝް ވަރަށް މަޑުމައިތިރި ކަމާއެކު ވިސްނައިދޭ މީހެއް ހެން މައިހާ ގާތު ބުންޏެވެ. އެވަގުތު މައިހާގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ހައިރާންކަމުގެ ބޮޑުކަމުންނެވެ. އަދި އަނގަ މަތީ އަތް އަލާލިއެވެ. ހަމަ އެއާއެކު އޭނާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލުނެވެ.

“މަ.. މައި މެންގެ ޒިވް؟” މައިހާ އަށް ޤަބޫލް ނުކުރެވިގެން އަނެއްކާވެސް ޔައީޝްއާއި ސުވާލު ކުރިއެވެ. އެވަގުތު ޔައިޝްވެސް ހިނިތުންވެލަމުން ބޯޖަހާލިއެވެ. “އެކަމް.. މިވާހަކަ ޒިވް ގާތު ނުބުނައްޗޭ.. އޭނާ ހަނދާނެއް ނެތް އަހަރެމެން މިއީ ކޮން ބައެއް ކަމެއް.. ޒިވް ކައިރީ އެ ހުރިހާ ވާހަކަތަކެއް ދައްކަން ހަދައިގެން އޭނާ ސަކަރާތް ވާނީ.. ކޮންމެ ފަހަރަކު އެގޮތަށް ކަންތައް ކުރެވޭނަމަ އޭނާ ހޭނެތޭ.. އެއީ މާ ގަދައަށް ހަނދާން އާކުރަން އުޅޭތީވެ.. ދެން އަނެއްކާ ޖެހެނީ ބޭސް ކާންދޭން.. އަހަރެމެން އެންމެން މަޑުމަޑުން ދުރުދުރުން ޖެހޭނީ ޒިވްގެ ހަނދާންތައް އަނބުރާ ގެންނަން.. އިރާދަކުރެއްވިއްޔާ އަދި ވާނެ.. އަދި.. ޒިވް އަންނަ އިރަށް އޭނާ އާއި ކުރީގެ އެއްވެސް ސުވާލެއް ނުކުރައްޗޭ.. އެކަމް ޔައި ޒިވް ކިޔާތީއޭ ކިޔައިފަ އެނަން ބޭނުން ކުރިޔަސް މައްސަލައެއް ނެތް.. އެއީ މައި މެންނަށްވެސް ފަސޭހަވާނީ އޭނާއަށް ޒިވް އޭ ކިޔަން.. ދޯ؟” ޔައީޝް މައިހާ ގާތު ކަން ކުރަންވީ ގޮތް ބުނެދެމުން ދިޔައެވެ.

އެވަގުތު ދެމީހުންގެވެސް ނަޒަރު ހުއްޓިގެން ދިޔައީ ފެންވަރާލައިގެން ކޮޓަރިން ނިކުމެގެން ކާބަޔާއި ދިމާލަށް އަންނަމުން ދިޔަ ޒިވާއަށެވެ. ކަކުލާ ހަމައަށް އަންނަ ވަރުގެ ގޭގައި ލާކަހަލަ ހެދުމަކާއެކު އޭނާ ހުރީ ދޫ ހަރުވާޅެއްގައެވެ. އަދި އެއާއެކު ގޭގައި އަޅާކަހަލަ އާދައިގެ ވަށް ކުޑަ ބުރުގަލެއް އަޅާފައިވުމުން ޒިވާގެ މޫނު ރީއްޗަށް ފެންނަށް ހުއްޓެވެ. ޔައީޝް މައިހާ އަށް ބަލާލައިފައި ހިނިތުން ވެލިއެވެ. މައިހާގެ ލޮލުން ކަރުނަތައް ފައިބައިގަތި އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. ނަމަވެސް ޒިވާއަށް ނުފެންނާނެހެން އަނެއްފަރާތަށް އެނބުރިލުމަށްފަހު ކަރުނަތައް ފުހެލިއެވެ. އަދި ޒިވާއާއި ދިމާލަށް ބަލައިލީ ހިނިތުން ވަމުންނެވެ.

“ހެއި.. އޯކޭތަ އައިޝާ އަށް ޒިވް ކިޔަސް؟ ޔާނީވެސް އެހެން ކިޔަނީ.. މި ޔައީޝް އަށް މާ ރީތި ނަމަކިއޯ އެއީ.. ދެން އެހެންވީމަ އަހަރެމެން އެންމެންވެސް އެ ނަން ބޭނުން ކުރީމަ މާ ފަސޭހަ ވާނެއްނު..” ޔައީޝް އަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާ ހީކުރި ވަރަށްވުރެ މައިހާ ހިތްވަރު ގަދައެވެ. ނިކަން ފަސޭހައިން އޭނާ ވާހަކައެއް ހަދާލިއެވެ.

އަދި ގޮސް ޒިވާ ގައގަ ބައްދާލިއެވެ. “ދެން ނުރޮއްޗޭ.. ވާވަރަށް މިއަދު ރޮއެފީމެއްނު ދޯ.. ވަރަށް ހިތްވަރު ގަދަވާން ވާނެ..” މިއަދުގެ ޙާދިސާ އާއި ގުޅުވާލައިގެން ޒިވާގެ މޯޅިވެފައިވާ މޫނަށް ބަލައިލުމަށްފަހު މައިހާ ބުނެލިއެވެ. އަދި އިތުރަށް ޒިވާގެ ކުރިމަތީ ހުންނަން ވެއްޖެނަމަ އޭނާއަށް ކެތްނުވެދާނެތީ އަވަހަށް ކޮޓަރިއާއި ދިމާލަށް މައިހާ މިސްރާބު ޖެހިއެވެ.

“ޔައީޝް އެންމެން ގާތު އެހެން ކިޔަނީތަ؟ މަށަށް ދީފަ އޮންނަ ނަމަކީ އައިޝާ އޭ.. އެނަން މާ ހަޑީތަ؟” ޒިވާ އޭނާގެ މިލާފައިވާ މޫނުގެ ކުލަވަރު ފޮރުވަން ވެގެން ޔައީޝް އާއި ސަމާސާއެއް ކޮށްލިއެވެ. އެކަން ޔައިޝް އަށް ކިތަންމެހާވެސް ރަނގަޅަކަށް އިގުނެވެ. “ހޫމް އެވާހަކަ ދެން ބާއްވާ.. މަ ބުނީ ދެން ދުވަސްގަނޑެއް އަހަރެމެންނާއެކު ހޭދަކުރުމަށްފަހު މަންމަ އެކޮޅަށް ގެންދަންވީނޫންހޭ.. ޔައި ގެ މަންމަ މެން ކައިރިއަށް.. މާހައުލު ބަދަލުވީމަވެސް ފަހަރެއްގަ ރަނގަޅުވެދާނެ މަންމަ.. ދެން ޔައިގެ އަހަރީ ޗުއްޓީގަ އެކޮޅަށް ދާނީ.. ލިބޭނެ ދެން ދެތިން މަސް ފަހުން އެ ޗުއްޓީ.. މަންމަވެސް ދެން މާ އަވަހަށް ގެންދާ ވާހަކައެއް ނޫން މިބުނީ.. ދުވަސްކޮޅެއް ކޮށްފަ ގެންދާނީ.. އެއިރަށް އެއް އުމުރެއްގެ މީހުންނާއި ޖެހުނީމަ ވެސް ހަމަޔަކަށް އެޅެން ފަސޭހަ ވާނެ އެއްނު.. ކިހިނެއް ވަނީ މިގޮތް؟” ޔައީޝް އޭނާގެ ޚިޔާލު ޒިވާ އާއި ޙިއްސާ ކުރިއެވެ.

ޒިވާވެސް ހިތި ގޮތަކަށް ހިނިތުން ވެލުމަށްފަހު ބޯ ޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. ރޭގަނޑުގެ ކެއުމަށްފަހު ޒިވާވެސް ވަރުބަލި ވެފައި ހުރި ވަރުން ޔައީޝްގެ ފަހަތުން ގޮސް ކޮޓަރިއަށް ވަނެވެ. ނަމަވެސް އެއަށްވުރެ އަވަހަށް އޭނަ ދުވެފައި ގޮސް ފާޚާނާއަށް ވަނެވެ. ޔައީޝްވެސް އެއްބުމަ ހިއްލާލީ ޒިވާއަށް މި ވީ ކަމެއް ނޭނގިގެންނެވެ. “ކިހިނެއް ތި ހެދީ؟” ޒިވާ ފާޚާނާއިން ނިކުމެގެން އައިސް އެނދުގައި އޮށޯވެލި ތަނާ ޔައީޝް ސުވާލު ކޮށްލިއެވެ.

“ހޮޑު ލެވުނީ.. މާ ގިނައިރު ނުކައި ހުރެފަ މިޔޮށް ދަންވަރު ކެއީމަ އެހެން ވާނެއެއްނު.. އެއީ ވީ ގޮތަކީ.. މާބޮޑު ކަމެއް ނުވޭ..” ޒިވާ އެއީ މާބޮޑު ކަމަކަށް ނަހަދާ އެނދުގައި އޮށޯވެލިއެވެ.

އާދުވަހަކަށް އެރި އިރާއެކު ޒަޔާން އޭނާގެ މަސައްކަތް ފެށިއެވެ. “ކޮބާ ގުޅިއްޖެދޯ މިހާރު އެކޮޅުގެ އޮފިސަރުންނާ.. އެއްވެސް ޚަބަރެއް ވެއްޖެތަ؟” ޒަޔާން އޭނާގެ ދަށުން މަސައްކަތް ކުރާ އަކުރަމް އަށްސުވާލުކޮށްލިއެވެ. އެއިރުވެސް އޭނާ އުޅެނީ ކޮންމެވެސް ކަމަކާ ނިކަން ބުރަކޮށެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކޮންމެވެސް ވަރެއްގެ ހާސްކަމެކެވެ. ޒަޔާން ދެބުމަ ގާތްކޮށްލީ އެހެންވެއެވެ.

“ސަރ.. އެމީހުން އަންގަނީ މިހާރު ކެނެޑާއިން އެމީހުން ފުރައިފި ކަމަށް.. އައި މީން އެމީހުން ކެނެޑާއިން މީގެ ދެތިން ދުވަސް ކުރިން ބޭރުވެއްޖެ..” އަކުރަމް ދިން ޚަބަރަކުން ޒަޔާންގެ މޫނުމަތީގައި އެތިފަހަރަކުން ޖެހިހެން ހީވިއެވެ. ރޫޔާމެން އެމީހުންގެ އަތުތެރެއަށް އައިސް އައިސް އޮށްވާ މިވީ ކިހިނެއް ހެއްޔެވެ؟ އެހާ ފަސޭހައިން އެކަން ކާމިޔާބު ވާން އޮށްވާ ކުއްލިޔަކަށް އެވީކަމަކުން ޒަޔާން އަށް ދެން ހަމަ ނޭވާވެސް ނުލެވޭނެއެވެ. “ވަޓް..” ޒަޔާން ގެ އަޑުވެސް ފުދޭވަރަކަށް ހަރުކައްޓެވެ. ނަމަވެސް އޭނާ ދެން ދުލެއް ނުކުރާނެއެވެ. އެކުވެރިޔާއަށް އޭނާ އިންސާފު ހޯދައިދޭނެއެވެ.

“ކޮންމެވެސް ގޮތެއް އޮންނާނެ.. އަދިވެސް އަހަރެމެން ބަލަން ޖެހޭނެ.. ދެން އެކަމަކު އެމީހުން ދާނީ ކޮންތާކަށް ކެނެޑާއިން ބޭރުވެގެން؟” ޒަޔާން ވިސްނަމުން ގޮސް އަކުރަމް ގާތު ބުނެލިއެވެ. އެމީހުންގެ ތަޙުޤީގުތަކަށް ދެން ވާނީ ހައްތަހާ ބުރައެވެ. ނަމަވެސް އެންމެ ތަންފުކެއްވެސް އޭނާ އަދި އޭނާގެ ޓީމް ވެސް ދުލެއް ނުކުރާނެއެވެ. ނަރެއްހާތަން ދޫކޮށްލައިފިއްޔާ ކެނބެއްހާ ތަން ދަމައިގަންނާނޭ ބުނާ އުސޫލު އެމީހުން ދަނެއެވެ.

އާމިރުގެ ކަށުކަމާ ކެމީގެ ކަންތައް ނިންމާލައިފައި މޫނުވެސް ދައްކާ ނިމިއްޖެއެވެ. ޒިވާގެ ދެލޯ އެހާ ރަތްއިރު ކޮންމެވެސް ވަރަކަށް ދުޅަވެފައިވެސް ހުއްޓެވެ. އަޔާނީވެސް ޒިވާއަށް ހިތްވަރު ދިނެވެ. ޒިވާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިގެން ދިޔަ ނަމަވެސް ސުމައްޔާގެ ހާލަކަށް ބަދަލެއް ނާދެއެވެ. އެތައް މީހުންނެއް އައިސް ހިތްވަރު ލައިދެމުން ދިޔައިރުވެސް ސުމައްޔާއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއެވެ. އޭނާ އެކަންކަމާ ވިސްނަންވެސް ބޭނުން ނުވާ ފަދައެވެ. ހީވާގޮތުން ސުމައްޔާ އެ އިނީ އޭނާގެ އަމިއްލަ ދުނިޔެއެއްގައެވެ.

“ޔައީޝް.. މަންމަ ޑޮކްޓަރ އަށް ދައްކަންވީނު.. ދެން މިހާރު ދެދުވަސް ވަނިއްޔޭ.. އަދިވެސް މަންމަ އަނގައިން ނުބުނޭ..” ޒިވާ ދެރަވެލައިފައި ޔައިޝް ގާތު ބުންޏެވެ. ޔައީޝްވެސް އެކަމާ ދެކޮޅު ހަދަން ބޭނުން ނުވީ އޭނާއަށްވެސް އެތަން ފެނިފައިވާތީއެވެ.

އެޕޮއިންޓްމެންޓް ހަމަ ޖައްސައިފައި ސުމައްޔާ ގޮވައިގެން ޑޮކްޓަރަށް ދައްކަން ދިޔައީ ޒިވާއެވެ. ޔައީޝްގެ ޑިއުޓީ އާ ހެދި އޭޏާއަށް އެތަނަށް ނުދެވުނީއެވެ. ޒިވާ ސުމައްޔާ ގޮވައިގެން ކާރަށް އަރައި ދުއްވާލީ ކުރިމަތީގައި އޮތް ތޫފާނުގެ ކުޑަވެސް ހިލަމެއް ނުވާ ޙާލުއެވެ.

ޑޮކްޓަރަށް ދެއްކުމަށްފަހު ހުރިހާކަމެއް ނިންމައިގެން ޒިވާ ސުމައްޔާ ގޮވައިގެން ހޮސްޕިޓަލުން ނިކުންނަށް ދިޔައެވެ. ދުވަހަކީ ފުދޭވަރެއްގެ ވިއްސާރަ ދުވަހެކެވެ. ބޯކޮށް ވިއްސާރަ ވެހެމުން ދާތީ ޒިވާ ސުމައްޔާ ގޮވައިގެން އިހަށް މަޑުކޮށްލީ ކުޑަކޮށްވެސް ވާރޭ ތުނިކޮށްލާތޯއެވެ.

ދެއަތް އުރާލައިގެން ހުރި ޒިވާގެ ކަޅި ގޮސް ހުއްޓުނީ ހޮސްޕިޓަލް ތެރޭގައި އިން ބަގީޗާގެ ފާރުބުރި މަތީގައި އިށީނދެ އިން އަންހެން ކުއްޖާއަށެވެ. ވެހެމުން އެދާ ބޯ ވާރޭތެރޭ އޭނާ އެ އިނީ ކީއްވެބާވައެވެ؟ ޒިވާގެ ހިތް ސުވާލުތަކުން ފުނިޖެހެމުން ދިޔައެވެ. އެ ވާރޭ ތެރޭ އޭނާ އިނީ ކިހާ އިރެއް ވާންދެން ކަމެއްވެސް ނޭނގެއެވެ. ކޮންމެޔަކަސް އޭނާއަށް ފިނި ވާނެ ވަރު ޒިވާއަށް ކޮންމެވެސް ވަރަކަށް އަންދާޒާ ކޮށްލެވުނެވެ. ޒިވާގެ ހިތް އެ އަންހެން ކުއްޖާ އެގޮތަށް ދޫކޮށްލާކަށް އެއްބަހެއް ނުވިއެވެ.

“މަންމާ.. އެބަ އަންނަން އނގޭ.. މިތާ މަޑުކޮށްލައްޗޭ..” ސުމައްޔާ އޭނާގެ ބަސް އަޑުއަހާނެ ކަމާމެދު އެއްވެސް ޔަގީން ކަމެއް ނެތް ނަމަވެސް ސުމައްޔާ ގާތު ދެތިން އެއްޗެއް ބުނެލުމަށްފަހު ޒިވާ އެ އަންހެން ކުއްޖާ އާއި ދިމާލަށް ދިޔައެވެ. އޭނާ އިށީނދެ އިނީ ފުރަގަސް ދީގެން ކަމުން ޒިވާއަކަށް އަދި އެއީ ކާކުކަމެއްވެސް ނޭނގެއެއެވެ.

“އެކްސް ކިއުޒް މީ..” ޒިވާ އެ އަންހެން ކުއްޖާ ގާތު ހުއްޓިލަމުން އޭނާއަށް ގޮވާލިއެވެ. އަދި އޭނާގެ ޖަވާބަކަށް ބެލުމެއް ނެތި އެ އަންހެން ކުއްޖާގެ އަތުގައި ހިފައިގެން ސުމައްޔާ ހުރި ތަން ކައިރިއަށް އޭނާ އައެވެ. ޒިވާގެ އަތް އެ ކުއްޖާގެ ގާތުގައި ޖެހުނު ތަނުން އޭނާ ގައިންވެސް ހީބިހި ނަގައިގެން ދިޔައެވެ. އެ އަތް ގަނޑުފެންކޮޅެއްހާ ފިންޏެވެ.

ޒިވާ އެކުއްޖާގެ މޫނަށް ބަލައިލިއެވެ. ނަމަވެސް ފެންނަށް އިނީ ދެލޮލެވެ. “ކިހިނެއް ވީ އެތާ؟ މިޔޮށް ބޯ ވިއްސާރަތެރޭ އެހެން އިންނަނިކޮށް ބަލި ވެދާނެއްނު..” ޒިވާ އެކުއްޖާ އާއި ސުވާލު ކޮށްލިއެވެ. “ހެހެ.. އަހަރެންނަށް ކޮންމެ ޙާލެއް ޖެހުނަސް އެކަމަކަށް އެކަކުވެސް ފަރުވާލެއް ނުބަހައްޓާނެ..” އެކުއްޖާ ހިތިގޮތަކަށް ޒިވާ ގާތު ބުނެލިއެވެ. އޭނާގެ އަޑުގައިވި ރިހުން އެނގި ޒިވާގެ ހިތަށްވެސް އަސަރު ކޮށްލިއެވެ.

“މާފުކުރޭ.. އެކަމް އަހަރެންނަށް ތިކުއްޖާގެ ނަމެއްވެސް ނޭނގެ.. އެކަމަކު ތިކުއްޖާއަށް ކޮންމެވެސް ކަމެއް ވެއްޖެކަން އެނގިއްޖެ.. މިއީ ހެޔޮ އެދޭ މީހެއް ކަމަށް ބަލާ.. އައިޝާ..” ޒިވާ އެ އަންހެން ކުއްޖާ އާއި ވާހަކަ ދައްކަމުން ގޮސް އޭނާއާ ސަލާމް ކުރަން އަތް ދިއްކޮށްލިއެވެ. އެކުއްޖާ އެއްފަހަރު ޒިވާގެ އަތަށް އަނެއްފަހަރު މޫނަށް ބަލައިލުމަށްފަހު ސަލާމް ކޮށްލިއެވެ.

“މިއީ އަރޫފާ..” އެކުއްޖާ އޭނާގެ ނަން ބުނެލިއެވެ. އެއަށްފަހު ޖެހިލުންވެފައި ހުރި ގޮތަކަށް އޭނާ ހުއްޓެވެ. “ބިރު ނުގަނޭ.. މިއީ އަހަރެންގެ މަންމަ.. އަހަރެމެން އަރޫފާއަކަށް ގޯސް ކޮށެއް ކަމެއް ނުކުރާނަން.. ކުޑަކޮށް ނަމަވެސް ކަން ވީގޮތް ބުނެލަދޭން ވީނު.. ފަހަރެއްގަ އަހަރެމެންނަށް އެހީއެއް ވެވިދާނެ..” ޒިވާ އޯގާތެރިކަމާއެކު އަރޫފާ ގާތު ބުނެލިއެވެ.

“އަމް.. އަހަރެންގެ މައިންބަފައިން ނުހުރޭ.. އުޅުނީ ބޮޑުދައިތަ ކައިރީ.. މީހަކާ އިނދެގެން މާލެ ބަދަލުވީވެސް.. އިނދެގެން އުޅޭތާ މި ވީ އަދި ކިރިޔާ އަހަރެއް.. އެކަމް އޭނާ އަހަރެން ވަރިކޮށްފަ ގެއިން ނެރެލީ.. މި މާލޭގަ ނެތް އަހަރެން ދާނެ ތަނެއްވެސް.. އެކަމް.. އެކަމްވެސް އޭނާ އަހަންނަކަށް ވިސްނާ ނުލި އެއްފަހަރުވެސް..” އަރޫފާ ކޮންމެވެސް ވަރަކަށް ގިސްލެވެމުން ނަމަވެސް އޭނާ ބުނަނަން ބޭނުންވި ވަރަށް ބުނެލިއެވެ.

ނުލަފާ މީހުންވެސް މި ދުނިޔޭގައި އުޅޭ ތާއެވެ. ވަރިކޮށްފައި ގެއިން ނެރެ އެއްލާލީ އަމިއްލަ ގެދޮރެއް ނެތް އަންހެން ކުއްޖެއް ވިއްޔާއެވެ. ޒިވާ ހިތާހިތުން އެ ފިރިހެން މީހަކާމެދު ކުދި ކިޔާލިއެވެ. ޒިވާގެ މައްސަލައަކީ އެއީއެވެ. ޙަޤީގަތް ބަލައިނުލައި މާ ފަސޭހައިން މީހުންނަށް އިތުބާރު ކުރުމެވެ. ނަމަވެސް ކުރާނީ ކީއް ހެއްޔެވެ؟

“ހާސްނުވޭ.. އަހަރެމެން ގޭގަ އަރޫފާއަށް މަޑުކުރެވިދާނެ.. ހިނގާ އަހަރެމެންނާއެކު..” ޒިވާ އަރޫފާ އަތުގައި ހިފާލީ ތިމަންނަ މިހުރީ ކޮންމެ ޙާލެއްގައިވެސް އަރޫފާއާއި އެކީގައޭ ބުނާ ފަދައަކުންނެވެ. ޒިވާގެ ހިތުގައި އެ އަންހެން ކުއްޖާ އާމެދު ހަމްދަރުދީ އުފެދުނީ ވަރަށްވެސް ބޮޑަށެވެ. އޭނާ ކިތަންމެ އުފަލުގައި އުޅުނު ނަމަވެސް ޙާލުގައި އުޅޭ މީހުންނަށް އެހީ ވާން ވާނެކަން އޭނާ ދަނެއެވެ.

ވާރޭ ތުނިކޮށްލުމާއެކު ޒިވާ ކާރުގައި އަރޫފާ އަދި ސުމައްޔާ ގޮވައިގެން ގެއަށް އައެވެ.

ގެއަށް ވަނުމަށްފަހު އަރޫފާ މަޑުކޮށްލައިގެން ހުރީ ބީރައްޓެހި ގޮތަކަށެވެ. ޒިވާގެ އެ އީހުސާންތެރިކަން އޭނާ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ ބިކަ ވީ ވަގުތު ގެނެސް ގެއަށް އެ ލައިދެނީ ރަނގަޅަށް އޭނާ ނުވެސް ދަސްވަނީހެވެ. އަރޫފާ ހިތާހިތުން ޒިވާއަށް ޝުކުރުވެރިވިއެވެ. “ތިހެން ނުހުރޭ.. މިއީ އަހރެމެން ގޭ.. މީގެ ފަހުން އަރޫފާ އުޅޭނީ މިގޭގަ.. މިގޭގަ އުޅޭނީ އަހަންނާއި މަންމަ އަދި ފިރިމީހާ.. އޭނާ މިވަގުތު ވާނީ ޑިއުޓީގަ.. އޭނާވެސް އޯކޭވާނެ.. ބިރުނުގަނޭ.. އިނގޭ.. އަރޫފާ އުޅޭނީ މިކޮޓަރީގަ..” ޒިވާ އަރޫފާގެ އަތުގައި ހިފައިގެން ގޮސް ސުމައްޔާ އުޅޭ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ދައްކާލިއެވެ. އަދި އެތެރެއަށް ވަނުމަށް ބުނުމަށްފަހު ޒިވާ އައިސް ސުމައްޔާ ކޮޓަރިއަށް ވެއްދިއެވެ.

އެއަށްފަހު ތުވާއްޔަކާއި ޒިވާގެ ހެދުމެއް ހިފައިގެން އައިސް އަރޫފާއަށް ދިނެވެ. އެއިރު އޭނާގެ މޫނު ހުރީ ނަގައިގެން ކަމުން ޒިވާއަށް ވަރަށް ރީތިކޮށް އެމޫނު ފެނުނެވެ. ދޮން ދޮން މޫނެކެވެ. ލޮލުގެ ކަޅި ހުރީ ކަޅު ކުލައިގައެވެ. ނަމަވެސް އެއީ ދަންނަ މޫނެއް ކަމަށް އޭނާގެ ހިތް ބުނަން ފެށީ ކީއްވެކަމެއް ނޭނގެއެވެ. އެހިނދު އޭނާގެ ސިކުނޑީގެ ކަނެއްގައި ފޮރުވިފައިވީ ހަނދާންތަކެއް ކުރިއެކޭ އެއްފަދައިން އާވާން ފެށިއެވެ. ނަމަވެސް ކާކު ކަމެއް ނޭނގެއެވެ. އިވެނީ އަންހެން އަޑެކެވެ. އޭނާއާއި ދިމާލަށް އެއްޗެހި ކިޔާހެންވެސް ބައެއް ފަހަރަށް ހީވެއެވެ. ހޭ އަޑުވެސް އިވެއެވެ. ޒިވާ ދެކޮޅަށް ކުޑަކޮށް ބޯ ހޫރުވާލުމަށްފަހު އަރޫފާއަށް ހިނިތުން ވުމެއް ދީފައި ކޮޓަރިން ނިކުތެވެ.

އެއަށްފަހު ބަދިގެ ބަޔަށް ގޮސް ކާއެއްޗެހި ތައްޓަކަށް އަޅައިގެން ގޮސް ވަނީ ސުމައްޔާގެ ކޮޓަރިއަށެވެ. “މަންމާ.. މިހިރީ މަންމަގެ ފޭވަރިޓް އަޅުގަނޑު ކައްކާފަ.. އެކަމް ކާން ވާނެ އިނގޭ.. ނުކަންޏާ އަޅުގަނޑު ވަރަށް ދެރަވާނެ..” ޒިވާ ކިޔާ އެއްޗަކަށް ސުމައްޔާ އަޅާ ނުލިނަމަވެސް ޒިވާ އޯގާތެރި ކަމާއެކު އޭނާއާއިވާހަކަ ދައްކަމުން ގޮސް ސުމައްޔާއަށް ކާންދެމުން ދިޔައެވެ. އެއަށްފަހު ބޭސްކާންދީފައި އެކޮޓަރިން ނިކުމެގެން ގޮސް އަރޫފާ އުޅޭ ކޮޓަރީގެ ދޮރުގައި ޓަކި ދިނެވެ.

“އާދޭ ކާން.. އަހަރެންވެސް ނުކައި މިހުރީ.. އެކަނިން ނުކެވޭނެ.. ހެހެ..” ޒިވާ އަރޫފާ އާއި ސަމާސާ ކޮށްލަމުން ބުނެލިއެވެ. އެއަށްފަހު އެތަނުން ދިޔައީ އަރޫފާ ބޯ ޖަހާލުމުންނެވެ.

***

“ޔައިޝް.. ހިނގާބަލަ ހަމަ އެއްކަލަ ރޭ އަހަރެމެން ބައްދަލު ކުރި ރެސްޓޯރަންޓް އަށް.. އެރޭ އަދި އެއްބައި ވާހަކަ ނުބުނެވިއޭ ގެއަށް ދެވުނީ..” ލަމާން ނިކަން ސީރިއަސް ވެފައި ޔައީޝްއާއި ވާހަކަ ދެއްކިއެވެ. “އާނ މަވެސް ލަމާން ގާތު ބައެއް އެއްޗެހި އަހާލަން އެބަ ޖެހެޔޭ.. އެކަމް މިގަޑިއަކު ނުދެވޭނު.. ޑިއުޓީ ނިންމާލާފަ ދާނަން.. އިރުކޮޅަކުން ނިމޭނެ.. މަ ދަމުން ގުޅާލާނަން އިނގޭ..” ޔައީޝް ލަމާން ގާތު ބުނެލިއެވެ.

ސައިކަލުގައި ޔައީޝް ދުއްވާފައި ދިޔަ އިރުވެސް ލަމާން އާއި ކުރަން ހުރި ސުވާލުތައް ހަނދާން ކުރަމުން ދިޔައެވެ. އޭނާ ހުރީ އެކަމަށް ވަރަށް ތައްޔާރުވެގެންނެވެ. ލަމާން އަތް ހޫރާލުމުން ޔައީޝް ރެސްޓޯރަންޓް ތެރެއިން ވަދެގެން ގޮސް އެދިމާލަށް ދިޔައެވެ.

“މިއަދު އޯޑަރ ކޮށް ހުރިހާ ކަމެއް ނިންމާފަ ވާހަކަ ފަށާނީ.. ހެހެ.. މެދުކަނޑަން ޖެހެންޏާ ފޯރިއެއް ނުހުންނާނެ..” ލަމާން ކޮފީއަކަށް އޯޑަރ ދެމުން ޔައީޝް ގާތު ބުނެލިއެވެ. ޔައީޝްވެސް އެއްބަސްވީ އެއީ ތެދެއްކަން އިނގޭތީއެވެ.

“އާނ މަ ބުނީ..އެދުވަހު އެއްބައި ވާހަކަ ނުދެއްކުނު.. އެބައިން މިއަދު ފަށާނީ.. ފަށަމާ.. އެ ދުވަހު ހަމަ ކިރިޔާ ޒިވާ ސަލާމަތް ވީ.. ޑޮކްޓަރ އާމިރު އާ އެދުވަހު މަށަށް ދިމާވި.. އަސްލު އެއީވެސް ވަރަށް އެހެން ކަހަލަ ގޮތަކަށް ދިމާވި ކަމެއް.. އަހަރެމެން ގޭގަ އުޅޭނެ ދައްތައެއް.. ހަނދާން ހުންނަން ފެށީއްސުރެވެސް އުޅޭ އެ ދައްތަ.. ހައްވަ ދައްތަ ކިޔާނި.. ގޭގަ މަސައްކަތް ކުރަން ވެގެން އުޅޭ ދައްތައެއް އެއީ.. އަބަދުވެސް އަހަންނާއި ލިމް ދެކެ ވަރަށް ލޯބިވާނެ.. ދައްތަގެ ނުހުރޭ އާއިލާ އެއްވެސް މީހަކު.. ހަމައެކަނި ދަރިއެއް.. ވަރަށް ކުޑަ ތަންކޮޅެއްގަ ދިރިއުޅެނީ ވެސް.. ކޮންމެ ދުވަހަކު މަސައްކަތް ކޮށްފަ ދާނި ގެޔަށް.. ހައްވައްތަގެ ދަރިފުޅު ވާނީ އަހަރެމެން ވަރު.. ވަރަށް ރުޅިވެސް ގަދަވާނެ އޭނާ..

ހައްވައްތަ ކިޔާނެ އޭނާގެ ވާހަކަ މަދުމަދުން.. އޭނާ އެއްޗިއްސަށް ކިޔާ ވާހަކައާ ރުޅި އައިސްފިއްޔާ ހައްވައްތަޔާ ދިމާލަށްވެސް އެއްޗެހި ކިޔާ ވާހަކަ ދައްކާނެ.. އެކަމްވެސް ވަރަށް ބޮޑަށް ލޯބިވާނެ އޭނާދެކެވެ.. ދެން އެއީ ޒިވް ބިލްޑިންގް އިން ވެއްޓުނު ދުވަސް ނޫން އަނެއް ދުވަސް.. އެދުވަހު ހެނދުނު ހެނދުނާ އަހަންނަށް އައީ ފޯނު ކޯލެއް.. ގުޅި ހައްވައްތަ.. ބުނީ މަންމައަށްވެސް އަދި ބައްޕައަށްވެސް ގުޅާ ގުޅާ ފޯނު ނުނަގައިގެންނޯ މި ގުޅީ.. އެއިރުވެސް ހައްވައްތަ ހަމަ ރޮނީ.. ދެން ކިހިނެއް ވީހޭ ބުނީމަ ބުނީ ހައްވައްތަގެ ދަރިފުޅު މިޔޮށް ހުރިހާ ދުވަހު ހައްވައްތައަށް ނޭނގި އުޅުނީ މީހަކާ ރައްޓެހި ވެގެންނޯ.. ދެން އެ މީހަކާ އެކީ ރޭގަ ކޮންމެވެސް ތާކަށް ދިޔައިއްޔޯ ފިލައިގެން.. ދެން އޭނާ ގެޔަށް އައި އިރު މުޅި މީހާ ގައިގަ ހުރީ ތަޅައިފަޔޯ.. އަސްލު ކާރެއްގަޔޯ އެމީހާ އޭނާ ގޮވައިގެން އައީ.. އައިސް ގޭތެރެއަށް ކޮށްޕާލީ.. ދެން ހައްވައްތަ ސިޓިންގް ރޫމުގަ އެއިރު އިނީ.. ބިންމައްޗަށް ވެއްޓިފަޔޯ އޮތީ އެކުއްޖާ.. އޭނާގެ ހެޔެއް އެއިރަކު ނެތޯ.. ދެން ހައްވައްތައަށް ހަދާނެ ގޮތެއް ނޭނގުނޯ.. އަވަހަށް އޭނާ ގޮވައިގެން ޓެކްސީއެއްގަ ހޮސްޕިޓަލަށޯ ދިޔައީ.. ނަމަވެސް ހޮސްޕިތަލުގައި ފަރުވާދޭން ފެށިތާ އިރުކޮޅެއް ފަހުން އޭނާ ނިޔާވެއްޖެޔޯ..

އެތެރެހައްޓަށް ހުރީ ވަރަށް ބޮޑަށް ގެއްލުން ވެފަޔޯ.. ދެން އަވަސް އަވަހަށް އެދުވަހު ހެނދުނު އަހަރެން ހޮސްޕިޓަލަށް ދިޔައީ.. ދިޔައިރު ހައްވައްތަ ހަމަ ރޮނީ.. ކިހާ ދެރައެއްވާނެ.. ދުނިޔޭގައި ހުރި ހައްވައްތަގެ ހަމައެކަނި މީހާ މިދުނިޔެ ދޫކޮށް ދިޔައީ.. އަދި އަދަށް ދާންދެންވެސް ނޭނގެ އެއީ ކާކުކަމެއް އެކުއްޖާ މަރާލީކީ.. މިބުނީ އޭނާ އަށް އަނިޔާކުރީ.. އަދި އޭނާގެ ބީއެފް އަކީ ކާކުކަމެއްވެސް ނޭނގެ.. އެދުވަހު އަހަރެން ހައްވައްތަ ކައިރީ ހުރެފަ ބޭރަށް ނިކުތީ.. ދެން އަނެއްކާ އެތެރެއަށް ވަދެގެން ދަނިކޮށް ޑޮކްޓަރ އާމިރު އާއި ދިމާވި.. ވަރަށް ހާސްވެފަ ހުރީ.. އަހަންނަށް އިނގުނު އެއީ ޒިވާގެ ކަންކަމުގަ އުޅުނު ޑޮކްޓަރ އެއްކަން.. އެހެންވެ އަނެއްކާވެސް އަހަންނަށް ނުހުރެވިގެން ޑޮކްޓަރ އާއި ސުވާލު ކުރިން.. އަހަރެންގެ ހިތް އެއްވެސް އިރަކު ނުބުނޭ ޒިވާ މަރުވިއެކޭ..

ހިތް ބުނަނީ ޒިވާ ދިރި އެބަހުއްޓޭ.. އަހަންނަށް އަމިއްލަ ނަފްސު ވަރަށް ބޮޑަށް ކުއްވެރި ކުރެވެމުން ދިޔައީ.. ދެން ޑޮކްޓަރ އާމިރު ކައިރީ އެހީމަ ބުނަން ނުބުނަން ހުރެފަ ޒިވާގެ ވާހަކަ ކިޔައިދިނީ.. އަހަރެން ވަރަށް ވިސްނައިފަ ބުނިން އެބައޮތޭ ގޮތެއް.. ދެން އަހަރެން ހައްވައްތަގެ ވާހަކަ ބުނީ.. އަހަރެން ހައްވައްތަ ކައިރިއަށް ދިޔައިން.. ވަރަށް އާދޭހާއެކު ކިޔައިގެން ހައްވައްތަ ޤަބޫލު ވި.. އެދުވަހު އެތާ އޮތީ ޒިވާ އެއް ނޫން.. އެއީ ހައްވައްތަގެ ދަރިފުޅު.. ހަނދާންވޭތަ އެދުވަހު އެތާ ދޮރުކައިރީ ހުއްޓެއްނު އަންހެނެއް.. ރޮވިފަ؟ ޔައީޝްއަށް ފެންނާނެ ކަންނޭނގެ ޔައިޝް އެތަނުން ނިކުތް ގަޑީގަ.. ލިމްއަށްވެސް އެކަން ނޭނގޭނެ.. އެދުވަހު އަހަރެން ވަރަށް ދެރަވި.. އަހަންނާއި ލިމް އެދުވަހު ތައުބާވި.. ވަރަށް ބިރުގަތް.. އަހަރެން ހައްވައްތަ އޯކޭ ކުރި އިރު ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނިން..

ހައްވައްތަ ބުނި އަހަރެމެން އަވަހަށް ތައުބާވާށޭ.. އަދި އަހަރެމެން މަންމަ ގާތު އެވާހަކަތައް ބުނަން ވެސް ބުނި.. އެކަމް އަހަރެން ބިރުގަތް.. އެހެން ނަމަވެސް ލިމްއާއި ވާހަކަ ދައްކާފަ ލިމްވެސް އެގޮތަށް ބޭނުންވުމުން ކޮންމެ ގޮތެއް ވިޔަސް ހެޔޮ ކަމަށް މަންމަ މެން ގާތު ބުނީ.. އެކަމް ކަންތައް ވީ އެންމެ ބިރުގަތް ގޮތަށް.. ބައްޕަ އާއި މަންމަ އަހަރެމެން ދެކެ ރުޅި އައީ.. އެއީ ޙައްޤު ރުޅިއެއް ކަންނޭނގެ.. އެހެންވެ އަހަރެންވެސް އަމިއްލަ ދިފާއުގަ އެއްވެސް އެއްޗެއް ނުބުނަން.. އަދި ބުނި ތިއީކީ ތިމަންނަގެ ދަރިންނެއް ނޫނޯ.. ބައްޕަ ބުނީ އެހެން.. ބައްޕަވެސް އަސްލު ވަރަށް ދެރަވެފަ ހުރީ އަހަރެމެން ކަންތައް ކުރި ގޮތުން.. މަންމަވެސް ބުނި ޒިވާ މަންމަމެންނަށް ތިމަންނަމެން ދައްކާނީ ކޮން މޫނެއްހޯ.. އެ ދުވަހުން ފެށިގެން އަދި އަދަށް ދާންދެންވެސް މަންމަމެންނާއި އަހަރެމެން ބައްދަލު ނުވޭ..

އަހަރެމެން އެއިރުން ފެށިގެން މިއުޅެނީ ހައްވައްތަ ކައިރީ.. އުޅެފަ ވަޒީފާއަށް ގޮސްގެން ރުފިޔާ އެއްކުރީ.. ހައްވައްތަވެސް އަހަރެމެން ދެމީހުންޤަބޫލު ކުރީ އަމިއްލަ ދަރިން ފަދައިން.. ދެން ހައްވައްތަ ކުރިން އެއްކޮށްފަ ހުރި ރުފިޔާ އާއި އަހަރެމެނ ްގެ ރުފިޔާ އެއްކޮށްގެން ހައްވައްތަ އަހަރެމެން ކިޔަވަން ބޭރަށް ފޮނުވީ.. އެއީ އަހަރެމެން އެހާ ބޭނުންވި ގޮތެއްވެސް ނޫން.. އެކަމްވެސް ގޮތްދޫނުކޮށް ހައްވައްތަ އެގޮތަށް ކަންތައް ކުރުވި.. މިއަދު އިރާދަކުރެއްވިއްޔާ އަހަރެމެންނަށް ހަމަ ތަނަވަސް ދިރިއުޅުމެއް އެބައުޅެވޭ.. އެކަމް އަދިވެސް އެކަތި މަދު..” ލަމާންއަށް ވާހަކަ ދައްކަން އުނދަގޫ ވުމުން އިރުކޮޅަކަށް ހުއްޓާލިއެވެ.

ޔައީޝް އިނީ ބަސް ހުއްޓިފައެވެ. ބުޏާނީވެސް ވަކި ކީއްހެއްޔެވެ؟ އޭނާގެ ހިތުގައި ވީ ހުރިހާ ސުވާލެއްގެ ޖަވާބު މިއަދު އޭނައަށް ލިބިއްޖެއެވެ. ޒިވާއަށް ފުރަތަމަ އެހާ ބޮޑު ގެއްލުމެއް ދޭން ރޭވުމަށްފަހު އަދި އެ ގެއްލުން ދީފަ ދެން އެ ވެދިނީވެސް އެހާ ބޮޑު އެހީއެކެވެ. ލަމާން މިއީ އެހެން މިހުންނާއި ހާދަހާ ތަފާތު ޒުވާނެކެވެ. ލަމާންގެ އެ ހެޔޮކަން ޔައީޝް ހިތާހިތުން ޤަބޫލު ކުރިއެވެ.

“ބައްޕަ އާއި މަންމަ މިހާރު މެލޭގަ އުޅެނީ.. މަންމަމެން އެދުވަހުން ފެށިގެންވެސް އަހަރެމެންނާ ވާހަކަ ނުދައްކާ.. އެކަމް އަހަރެމެން ކޮންމެ ދުވަހަކު ވާހަކަ ދައްކަން މަސައްކަތް ކުރަން.. އެކަމް ވެސް އެކަން ވަނީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމަކަށް.. މިއީ ހުސްވެސް ހަމަ އަހަރެމެންގެ އަމިއްލަ އެދުން ބޮޑުކަމުން ވާ ކަންތައްތައް..” ލަމާން އެންމެ ފަހު ބައި ބުނެލީ ވަރަށްވެސް އަސަރާއެކުއެވެ. އޭނާ މިހާރު އޭނާގެ އަމިއްލަ ނަފްސު ދެކެވެސް ރުޅި އާދެއެވެ.

“ނޫނޭ ލަމާން.. ހަމަ އެދުވަހުވެސް އަހަރެން ބުނިން ދޯ ކުށް ކުރެވޭނީ އިންސާނުންނަށޭ.. ލަމާން މިހާރު އެކުށުން ތައުބާވެއްޖެ.. ދެން އެންމެން ގާތުން މައާފް ހޯދީމަ ހުރިހާ ކަމެއް އެނިމުނީއޭ.. އެކަމް އަދި ލަމާން ޒިވާގެ މައިންބަފައިން ގާތު މާފަށް އެދެން ނުފެނޭ އަހަންނަކަށް.. އަދި އެމީހުން ގާތު އަހަރެން ނުބުނަން އެއީ ޒިވް އެކޭ.. ކިހާ އަސަރެއް ކުރާނެ އެމީހުންނަށް ޒިވްގެ ހަނދާން ނެތް ވާހަކަ ބުނީމަ.. އެހެންވެގެން މި މަޑުކުރަނީ އޭނާގެ ހަނދާންތައް އަނބުރާ އަންނަންދެން.. އަދި އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ ހުރިހާ ކަމެއްވެސް..” ޔައީޝް ލަމާން ގާތު ބުނެލިއެވެ. ލަމާން އެވަގުތު އިސްދަށަށް ޖަހާލީ ކުއްވެރިއެއް ފަދައިންނެވެ.

“އަހަރެންވެސް ލިމްޔާވެސް ދުޢާ ކުރާނަން ޒިވާއަށް ހެޔޮ ގޮތް މިންވަރު ކުރެއްވުމަށް އެދި..” ލަމާން ހިނިތުން ވެލައިފައި ބުނެލިއެވެ. އެދުވަހު އެހެން ކަންތައް ނުކުރެވުނު ނަމައޭ މިހާރު ލަމާންގެ ހިތަށް އަރައެވެ. ނަމަވެސް ނަމަ ނަމައަކު ރިހައެއް ނުކެއްކޭނަކަން އޭނައަށް މިއަދު ރޭކާލައިފިއެވެ. ދެމީހުންވެސް އެތަނުން ދާންވެގެން ތެދުވެލި ހިނިތުން ވުމަކާއެކުއެވެ. ލަމާން އަށް ނޭނގުނު ކަމަކީ ލަމާން ދެއްކި ހުރިހާ ވާހަކައެއް ޔައީޝް އޭނާގެ ފޯނުގައި ރައްކާކުރިކަމެވެ. ފަހުން ބުނަން ހުއްޓާ ޔައިޝްވެސް ލަމާން ގާތު އެވާހަކަ ބުނަން ހަނދާނން ނެތުނީއެވެ.

ވަރުބަލި ކަމާއެކު ގޮސް ގެއަށް ވަތް ޔައީޝްއަށް ހުރިތާ ހުއްޓިލެވުނީ ގޭތެރެއިން ފެނުނު މަންޒަރަކުންނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ހުޅުކޮޅު 26

Next

ފަރުދާ 2

Next
June 16, 2018

ފަރުދާ 2

Previews
June 15, 2018

ހުޅުކޮޅު 26

102 Comments!

  1. Reader says:
    June 15, 2018 at 8:44 pm

    Awwnn. THANKS A LOT NOOR DEAR ❤️

    1. Reader says:
      June 15, 2018 at 8:56 pm

      emme furathama comment kuran vaahaka kiyaaves nulaa cmnt kury. Mi part ves varah reethi ?? alhey zeev ge ah name olhuvaalaigen e dhiyaee miulhey raifaa dho ? noor dear mi faharu zeev salaamai kurachey raifa ge faraathun ? koniraku dhn next part kiyaalan libeyny? ❤️❤️

    2. GREEN ?? says:
      June 17, 2018 at 6:37 am

      Hjjff

    3. noor says:
      June 17, 2018 at 7:17 pm

      Marhabaa dear.. 🙂 alhey.. hehe.. ehntha? 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 balamaa dhw.. hehe.. in sha allah.. noor abadhuves balamey ziv salaamaiyy kureveytho.. hehe.. ekam ziv ah hama konme faharakuves ameh kurimathi vanee dhw.. ekam buneyehnu dhw dhigu inthizaaruge nimun fonivaaney? vedhaanehnu ehn vany kamah ves.. hehe.. 🙂 dhn balamaa dhw vaagotheh.. 🙂 on the way ga 28th part.. 🙂

    4. Reader says:
      June 17, 2018 at 9:50 pm

      Hehe yea. On the way , so that means tonight or tmrw right? Hehe ❤️

    5. noor says:
      June 18, 2018 at 4:51 pm

      hehe.. on the way mean submit kohfa.. 🙂

    6. noor says:
      June 18, 2018 at 4:52 pm

      means*

  2. unique says:
    June 15, 2018 at 8:48 pm

    is this the gift thanks a lot noor

    1. unique says:
      June 15, 2018 at 8:50 pm

      im second dhw yayy.. ly noor for this lovely gift

    2. noor says:
      June 17, 2018 at 7:21 pm

      yeah! miee e gift aky.. hehe.. 🙂 yess dear. congrats!!! noor bunymehnu kuda masahkatheh kollaifiyyaa kaamiyaab vaaney.. dhw? mifaharu dear ah thiyothy second libifaehnu.. 🙂 so don’t give up ingey… this is a message from noor to all of my readers.. evves kuhjaku evves kamehga ehaa faseyhain hiyyvaru eluvaa nulaathi.. emme fahu vaguthaa jehendhen ves keiyytheri kamaaeku saabithuve hunnan vaane.. abadhuves handhaanuga bahattan vaane ekaku nuviyas allah ekuhjakaa eku vaanekan.. ehn v ma keiyytherikan khiyaaru kuran vaane.. ingey mu dear readers.. 🙂 anyways, jazakillah khairan unique dear.. 🙂

    3. noor says:
      June 17, 2018 at 7:22 pm

      my*

  3. Ako says:
    June 15, 2018 at 8:54 pm

    I’m second or first

    1. me says:
      June 15, 2018 at 9:48 pm

      Ako ah mi buru libifa thyny third ey ☺next time try kohlaa first or second libey tho ☺☺

    2. noor says:
      June 17, 2018 at 7:23 pm

      dear mifaharu third.. congratss dearr!! 🙂 top 5 ga ebaulhey ehn v ma Ako.. 🙂

  4. Livee says:
    June 15, 2018 at 9:07 pm

    Wow what a surprising gift
    Me 3 rd dho mifaharu

    1. me says:
      June 15, 2018 at 9:50 pm

      Livee ah mi buru libifa thyny fourth☺ekam top five ga himenijjeh nun dho ☺next time try kohlaa first libey tho ☺☺

    2. noor says:
      June 17, 2018 at 7:25 pm

      hehe.. 🙂 nooney dear.. dear ah mifaharu thi libuny 4th ehnu dhw.. congrats dear.. 🙂 thedheh! me dear ebuny rangalhu vaahakaeh.. 🙂

  5. Mate says:
    June 15, 2018 at 9:15 pm

    Nice……keep it up….

    1. noor says:
      June 17, 2018 at 7:26 pm

      jazakallah khair Mate dear.. 🙂

  6. unique says:
    June 15, 2018 at 9:21 pm

    vvv loabi loabi gift eh noor thidhiny thanks a lot just luv it… cant wait for next part

    1. noor says:
      June 17, 2018 at 7:27 pm

      jazakillah khairan dear.. 🙂 keep waiting dear.. 🙂 28th episode in sha allah vrh avahah up vaane kamah balamaa dhw.. 🙂 sorry ingey e part las v ma..

  7. ?penguin says:
    June 15, 2018 at 9:36 pm

    Thanku…wat a surprising eid gift❤

    1. noor says:
      June 17, 2018 at 7:28 pm

      jazakillah khairan dear.. 🙂 aww..

    2. noor says:
      June 17, 2018 at 7:40 pm

      marhabaa dear.. :-)*

  8. Areen says:
    June 15, 2018 at 9:40 pm

    Wow…this story is just amazing…I really love it…❤

    1. noor says:
      June 17, 2018 at 7:29 pm

      aww.. jazakallah khair dear.. 🙂

  9. Eleven says:
    June 15, 2018 at 9:47 pm

    ❤mi part ves varah reethi
    Loved your gift?

    1. noor says:
      June 17, 2018 at 7:29 pm

      jazakillah khairan dear.. 🙂 asluvestha? vrh ufaavehje.. 🙂

  10. me says:
    June 15, 2018 at 9:56 pm

    Alhey haadha rangalhey noor dear ☺☺ varah rethi mi part ves❤?????????? eiy raifa tha geyah genaiy? Eyna name badhalu kohgen dho e ulheny??
    Zivaa ah dhera gotheh nahadhah chey dhen ?? yaish dhen hadhaany kihineh baa dho

    1. noor says:
      June 17, 2018 at 7:32 pm

      jazakillah khairan dear.. 🙂 asluvestha? vrh ufaavehje dear ah mi part kamudhiyaeema.. 🙂 hingaabala dhw aee kaakukan balailan.. 🙂 in sha allah.. noor urin ves ulhemey ziv salaamaiyy kureveytho hama.. ekam hurihaa kameh molhah dhenevodigen vaa faraathaky maaiyy allah eh nu dhw.. dhn hingaaba dhw vaagotheh balailan.. ingidhaanethaa.. hehe.. 🙂

  11. $#@@ says:
    June 15, 2018 at 10:47 pm

    Abadhu raifa ah molhu goiyy… Zeev n yai ah dhera goiyy noony abadhu vx knmevx kanthah gandeh ga… Plxx make it different… Dhn raifaa ge kulhi gandu madu madun ninman vejje eh nun… No offence … Bt I hate it wen the villain get success in his/her plan….n that’s way too many times… Bt u r the writer so yuh better knw hw the story shuld go… Btw story v rythi…

    1. noor says:
      June 17, 2018 at 7:35 pm

      noor hama msahakaiyy kurany mee mi story vrh thafaathu koh gendheveytho.. kuriyah huri baithah kiyamun dhaa varakah dear ah hurihaa kameh ves ingemun dhaane ingey.. in sha allah.. 🙂 hehe.. evves meeheh beynumeh nuvaane ehnu dhw villain akah kaamiyaabu libeykah.. ekam dhn ingidhaanethaa dhw vaagotheh.. 🙂 hehe.. buneyehnu dhw dhigu inthizaaruge nimun fonivaaney.. vedhaanehnu ehn vaan othy kamah ves.. hehe.. dhn hingaabala dhw vaagotheh balailan.. 🙂 jazakillah khairan dear.. 🙂 vrh ufaavehje dear ah kamudhiyaeema.. plus dear ge khiyaal faalhu kollyma.. 🙂

  12. Aish says:
    June 15, 2018 at 10:51 pm

    Varah reethi aley ziv ah dera gotheh nahadhahche dhn adhi kithah part ebaanthr nunimi

    1. noor says:
      June 17, 2018 at 7:37 pm

      jazakillah khairan dear.. 🙂 balamaa dhw dhn vaagotheh.. 🙂 exactly ehn bunaakah noor akah neynge.. ekam adhi ulheyne episode kolheh.. 🙂 avahah nimmaalan v tha? hehe.. hama ahaaly ingey.. ehchekey heenukollahchey.. hehe.. 🙂

  13. Maya? says:
    June 15, 2018 at 11:06 pm

    Wowwww. Noor… varah reethi mi part vs ?????….. and i am very happy mi part noor varah avahah up kohdhinee theeve… best of luck noor????????..

    1. noor says:
      June 17, 2018 at 7:39 pm

      jazakillah khairan dear.. 🙂 alhey, vrh ufaavehje noor ves dear thihen bunelyma.. 🙂 dear mn ufaa vehjiyyaa dhn e nimuny.. aee noor story liyumuge reason thakuge thereyga himeney eh reason ves me.. hehe.. 🙂 jazakillah khairan dear.. 🙂

  14. Juu says:
    June 16, 2018 at 12:23 am

    Thank u for the eid gift ??????…..v nice….???maasha aĺlah…????????looking forward to the next part……waiting???? …ekam I’m so happy that ehaa avahah up kohdhinyma …..?????thanks…??

    1. noor says:
      June 18, 2018 at 1:20 pm

      marhabaa dear.. 🙂 jazakillah khairan Juu.. 🙂 hehe.. marhabaa dear.. 🙂

  15. Amee says:
    June 16, 2018 at 12:49 am

    Loved your gift….. story vrh vrh vrh vrh vrh vrh vrh reethi….bunnaany keekay.. no words can explain how perfact your story is?…

    1. noor says:
      June 18, 2018 at 1:22 pm

      aww.. jazakillah khairan dear.. 🙂 alhey.. vrh vrh vrh vrh vrh ufaavehje dear thihen bunelyma.. 🙂 vrh ufaavey dear mn thihaa supportive v ma.. 🙂

  16. Nunnu says:
    June 16, 2018 at 1:34 am

    Alhey noor dear
    You are the best
    Dhe part thi up kolladhinee
    V ufaavejje
    Kuree part akah comment eh nukurevey
    So dhe part ashaa ehkoh mi comment mi liyanee
    Vv reethi mi dhe part ves
    Alhey amir and sumayyaa haadha rangalhey dho
    Nunnu ah heevanee aneh kaa ves nan badhalu kohgen e ulheny Raifaa hen
    Zivaa ah olhu vaa laigen
    I hate that nonsense
    When next part

    1. noor says:
      June 18, 2018 at 1:25 pm

      yess dear.. alhey. dear mn ves thy hama best.. 🙂 hehe.. aee eid gift ey.. ehnve hama up kolly.. 🙂 thihen viyyaa mu e v.. dear mn ufaavehjiyyaa evves massala eh nethehnu dhw? 🙂 it’s ok dear.. jazakillah khairan Nunnu dear.. 🙂 🙂 balamaa dhw dhn vaagotheh.. hehe.. on the way ga.. 🙂 vrh bodah sorry ingey e part las v ma N reply ves las v ma.. 🙁 noor iyye up vaane kamah hury.. ekam nueh vi.. dhn balamaa dhw miadhu up veytho.. 🙂 keiyytherivelaigen thibemaa dhn.. 🙂

  17. lotus says:
    June 16, 2018 at 5:59 am

    saabahey writer.. thivare neh??? anekka ey raifa ba? Evves meehaka evves zaathegge gellume dhinumakee one of the things i hate most in the world but story kiyaa iru sometimes hitha araa e elhey raifa ah gothe hadhaafanamey.. raifa ah heyo visnun liben hama netheebaa….

    1. noor says:
      June 18, 2018 at 1:26 pm

      alhey.. vrh ufaavehje.. 🙂 hingaabala dhw aee kaakutho balailan.. 🙂 ehn tha dear? haadha rangalhu kuhjekey.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂

  18. Reader says:
    June 16, 2018 at 10:53 am

    Raifaa again ??‍♂️??‍♂️

    1. noor says:
      June 18, 2018 at 4:51 pm

      🙂 hehe.. hingaabala dhw aee raifaa tho noony ehn meeheh tho balailan.. 🙂

  19. It's me says:
    June 16, 2018 at 11:24 am

    V reethi mi part ves… Maashaa Allah

    1. noor says:
      June 18, 2018 at 4:53 pm

      jazakillah khairan dear.. 🙂

  20. Fathimath says:
    June 16, 2018 at 2:14 pm

    Maasha Allah mi part ves varah reethi…Curiously waiting for the next part…

    1. noor says:
      June 18, 2018 at 4:53 pm

      jazakillah khairan dear.. 🙂

  21. Kokee says:
    June 16, 2018 at 3:47 pm

    dear vrh vrh vrh bodah sorry….kokee ah maaf kohdhee….eid vy ma kokee busy vy ma comment ves nukurevunu adhi nuves kiunu mi two parts ves…..vrh vrh bodah maafah edhen…..but mihaar kiyaalaafa comment mi kohly two parts ves….maasha allah…..maasha allah……story is awsome…..noor dear… thanks for the eid gift….shukuru adhaa kuraane gotheh ves neynge…hehe….waiting for next part…..ly

    1. noor says:
      June 18, 2018 at 4:56 pm

      alhey dear sorry bunaane kameh neiyy ingey.. 🙂 noor ves story daily koh up nukohdheveyehnu dhw.. ekam dear mn noor ah ves hama maaf kohdhenynu dhw. ehn v ma kokee ge evves massala eh nethey.. aee hama evves massala eh noon ingey dear.. 🙂 and, noor ge hiyy dear ah hama vrh saafu, in sha allah n al’hamdhulillah! 🙂 jazakillah khairan dear.. 🙂 aww.. marhabaa dear.. 🙂 alhey.. noor ves vrh ufaavey dear konme faharaku thikahala loabi loabi comment kollaathy.. 🙂 <3<3<3<3<3

  22. Mixuhan says:
    June 16, 2018 at 4:52 pm

    E Raeefa aneh faharu aiii??‍♀️ Xiva ah ufaluga ulhevey vareh nuve eii nun dhuvahaku..xiv protect kuraathi mifaharu ..anyway story is awesome.maasha Allah..interesting story ..kiyaa hithun keii madhu vefa mihunnany mihaaru vx…when is the next part ?

    1. noor says:
      June 18, 2018 at 4:59 pm

      hehe.. balamaa dhw aee raifaa tho noony ehn meeheh tho.. 🙂 hehe.. dhigu inthizaaruge nimun foni vaaney buneyehnu dhw dear? ehn vany kamah ves vedhaanehnu? 🙂 jazakillah khairan dear.. 🙂 hehe.. asluvestha? vrh ufaavehje dear ah mi part ves kamudhiyaeema.. 🙂 keekey thi suvaal ge javaabakah noor bunaany? hehe.. on the way ga ey buneveynee.. noor hury iyye ves up vaane kamah.. dhn hingaabala dhw miadhu up veytho balailan.. 🙂

  23. ss says:
    June 16, 2018 at 5:47 pm

    commemt nukuriyas abadhuves vaahaka kiyan. mihaar story gendhaa goiy varah reethi. waiting for next part . mihaar e nulafaa raifaage faraathun ziv ah varah dheragoiy vejje. komme faharak raifaa ah kurilibey gothah vaanama vaahaka huthuruvaane. anekkaa eyna ee dheenaa hilaaf kankan kuraa viyaa nudhaa baeh. eaa hilaafah ziv men ee dheenverin. efadha farainthakah kaamiyaab dhevvaane. molhu gothakah raifaage hageegaiy haama kollaanekamah ummeedhu kuran. mee hiyaaleh. vaahaka kuriah gendhaane goiy egaynee writer ah. happy to read your story. go ahead

    1. noor says:
      June 18, 2018 at 5:02 pm

      oh, it’s ok dear.. 🙂 jazakillah khairan dear.. 🙂 alhey dear.. abadhu eh gotheh ves nuvaanehnu dhw? dhn vaagotheh balamaa.. hehe.. 🙂 dear ge idea faalhukolly thy varah bodah shukuriyyaa ingey.. vrh ufaavehje dear ge khiyaal noor aa share kollyma.. 🙂 dhn ingidhaanethaa dhw vaagotheh kuriyah huri part thah kiyaalyma.. 🙂 vrh ufaavehje dear ah mi story kamudhiyaeema.. ingey.. 🙂 adhi maa ufaavehje furathama comment in ves dear ge idea share kollyma.. 🙂 jazakillah khairan.. 🙂

  24. Maya says:
    June 16, 2018 at 5:52 pm

    Awwwww.. Best Eid gift kanenge mi iyyy ?????bt adhi kiriyaa mi kiyuni hehe ?????….. ??????story hama fantastic.. Noor vareh nethey hama buneveynyy….. ??????anehka d raifa gandu aii dhw idiot. .????????????.. Noor plyxx mi faharu ziv protect kurahcheyyyy. ??????vvv habeys u r the best… My favorite… ??????❤️???????

    1. noor says:
      June 18, 2018 at 5:04 pm

      alhey… asluvestha? vrh ufaavehje dear mn ufaa v ma.. 🙂 hehe.. it’s ok yey dear.. 🙂 aww.. vrh ufaavehje dear thihen bunelyma.. 🙂 hehe.. balamaa dhw.. 🙂 alhey.. asluvestha? vrh vrh vrh ufaavehje dear thihen bunelyma.. neynge hama bunaane ehcheh ves.. 🙂 jazakillah khairan dear.. 🙂

  25. Mal says:
    June 16, 2018 at 8:06 pm

    Hurihaakameh ngunii dhw yaiah….??????? dhn eiiii raifaa kan falhaa aran v.. mihaaru varah intresting ngy ⚘⚘varah reethi vaahaka???..??????????????….masha allah.?????. Next part whn… waiting hama ???

    1. noor says:
      June 18, 2018 at 5:06 pm

      hehe.. yess dear.. 🙂 hehe.. balamaa dhw dhn vaagotheh.. 🙂 jazakillah khairan dear.. 🙂 noor ah thi suvaaluge javaabu hama eh gothakah ves dheyn nukerifa mi hunnany.. noor ves hury iyye up vaane kamashey 28th episode.. dhn balamaa dhw miadhu up veytho.. 🙂 kiyytherikamaaeku thibemaa.. 🙂

  26. serrrjiii says:
    June 16, 2018 at 8:39 pm

    alheyyy…. thnkx noor for the loveliest eid gift
    vvvv loabi mi part vx..
    waitting for next part 🙂

    1. noor says:
      June 18, 2018 at 5:07 pm

      aww.. marhabaa dear.. 🙂 jazakillah khairan serrrjiii.. 🙂

  27. friends says:
    June 16, 2018 at 8:39 pm

    Vvvvvv reethi mi part ves??
    Kon irakun next part????

    1. noor says:
      June 18, 2018 at 5:08 pm

      jazakillah khairan dear.. 🙂 balamaa dhw dhn miadhu up veytho.. hehe.. 🙂

  28. kitty says:
    June 16, 2018 at 10:13 pm

    konmme faharaku curious kohffa thi ninmaalany.. but story hama fantastic.. best story i have ever red

    1. noor says:
      June 18, 2018 at 5:08 pm

      hehe.. jazakillah khairan dear.. 🙂 alhey vrh ufaavehje dear thihen bunelyma.. 🙂

  29. Nunnu says:
    June 17, 2018 at 12:30 am

    Ss thi bune rangalhu vaahaka eh
    Ekam Allah imthihaan kurah vaanee dheen veri rangalhu meehun
    Mee Allah emeehun nah kurimathi kuruvaa imthihaan thah
    Mi imthihaan thakakah fahu zivaa men imthihaan in faas vegen insha Allah ufaaveri dhiri ulhumakah rojooa vaane
    Adigandakah fahu usgandeh annaaneyey bunaane fadhain
    Kuh verinnah haggu adhab libeyne iraadha kurevviiyyaa
    Ss ves thi bune rangalhu vaahaka eh
    Ekam Nunnu ah hama vv reethi noor mi story kuri ah gendhaa goi
    Noor ah ithubaar ebaoi story hadivaa vary ehves kameh noor nukuraanekan ingey

    1. Raayaa says:
      June 17, 2018 at 11:03 am

      True

    2. noor says:
      June 18, 2018 at 5:12 pm

      alhey vrh ufaavehje dear ah understand v ma.. 🙂 vrh rangalhu vaahakaeh.. allah emme bodethi imthihaan thah kuravvaany ekalaange emme loabi vaa alhun dheke.. dhw? yess, adi gandakah fahu usgandeh annaane.. hama efadhain us gandakah fahu anehkaa ves adi gandeh annaane.. ekahala gotheh kanneynge mi vany.. dhw? hehe.. 🙂 alhey vrh ufaavehje dear ah mi story kamudhaathyve.. N dear konme faharakuves thikahala loabi loabi plus ehaa supportive comments kollaathyve.. 🙂 aww.. kihineh dear ah shukuru dhanna vaanyves.. bodukoh JAZAKILLAH KHAIRAN Nunnu dear.. 🙂 vrh ufaavehje dear noo ah trust kuraathyve.. 🙂

    3. noor says:
      June 18, 2018 at 5:13 pm

      jazakillah khairan for both Nunnu and Raayaa dear.. 🙂

  30. kitty says:
    June 17, 2018 at 12:37 am

    story vvvvv nyc.. whn is nxt part

  31. kitty says:
    June 17, 2018 at 12:38 am

    story is fantastic.. whn is nxt part

    1. noor says:
      June 18, 2018 at 5:14 pm

      jazakillah khairan dear.. 🙂 balamaa dhw miadhu up veytho.. 🙂

  32. Rimee says:
    June 17, 2018 at 9:21 am

    Whn nxt part??

  33. Rimee says:
    June 17, 2018 at 9:21 am

    Whn nxt part???

    1. noor says:
      June 18, 2018 at 5:14 pm

      miadhu up vaane kamah noor mi ummydhu kurany.. 🙂

  34. Nau says:
    June 17, 2018 at 11:16 am

    Masha allah noor dear……mi part vx varah reethi…..kn irakun nxt part kiyaalan libeynyy…???

    1. noor says:
      June 18, 2018 at 5:15 pm

      jazakillah khairan Nau dear.. 🙂 miadhu libeyene kamah noor mi ummeedhu kurany.. dhn balamaa dhw.. 🙂

  35. serrrjiii says:
    June 17, 2018 at 1:30 pm

    masha allahh.. vvvvvv cute mi part vx.. when next part noor?
    cant wait to know what happens next

    1. noor says:
      June 18, 2018 at 5:16 pm

      jazakillah khairan dear.. 🙂 miadhu kiyaalan libeyne kamah mi balany.. 🙂 dhn balamaa dhw.. hehe.. alhey.. dhn mifaharu keiyytheri velaigen madukollaany dhw.. hehe. 🙂

  36. B says:
    June 17, 2018 at 5:09 pm

    ???

  37. unique says:
    June 17, 2018 at 7:48 pm

    thanks noor…… for the lovely advice it means a lot….. n late viyas ok vaane heheheh

    1. noor says:
      June 18, 2018 at 5:17 pm

      marhabaa dear.. 🙂 aww.. vrh ufaavehje dear ah understand v ma.. 🙂

  38. Reethi says:
    June 17, 2018 at 9:59 pm

    Nice story.. luved it..When next part?

    1. noor says:
      June 18, 2018 at 5:18 pm

      jazakillah khairan dear.. 🙂 miadhu up vaane kamah mi balany.. 🙂

  39. Unkown says:
    June 18, 2018 at 9:58 am

    Kobaa next part

  40. Hello says:
    June 18, 2018 at 12:17 pm

    Story vvvvvvvvvvv reethi???❤️????❤️❤️❤️❤️❤️☺️☺️☺️☺️When next part? ❤️❤️?????

  41. Aishu says:
    June 18, 2018 at 4:00 pm

    Vrh reethi kba next part

  42. RS says:
    June 18, 2018 at 4:37 pm

    Noor koba 28th episode

    1. noor says:
      June 18, 2018 at 5:19 pm

      on the way ga ey buneveynee noor ah.. hehe. 🙂 noor innaany e episode submit kollaafa iyye.. miadhu heevey up vaanehen.. 🙂 balamaa dhw dhn.. 🙂

  43. oooo says:
    June 18, 2018 at 9:04 pm

    noor….I m just waitin hama….haadha gina ireh dho pending ga….alun submit kohlaba…eyrah avas vedhaane…. ;]

    1. noor says:
      June 18, 2018 at 10:04 pm

      Yess dear.. 🙂 ehn tha? vrh bodah sorry ingey.. 🙁 dhefaharah submit kohfin mihaaru.. dhn jehynee thin vana faharah anehkaa submit kollan.. 🙂

  44. Reader says:
    June 18, 2018 at 9:57 pm

    hey noooooor….. kobaatha 28th vana part… cant wait.. heheheh… avas kollah dhehchey… 😉 🙂 🙂 :)… u r the best best.. yrh alun submit kollabala… dhooooooooooooooon luv u

    1. noor says:
      June 18, 2018 at 10:08 pm

      yess dear.. 🙂 submit kohfa v.. 🙂 hehe… noor ves ethah faharegga balaifin up vefa in tho.. noor ah kureveyne kamaky submit kolla kollaa inun.. keeh kuraany.. adhi up vaane.. in sha allah.. 🙂 aww.. vrh ufaavehje dear thihen bunelyma.. dear mn ves thy hama best ey.. keiyytheri kamaaeku mioh hurihaa iru ves hama thi thibenynu dhw.. vrh ufaavehje.. 🙂 alhey dear, alun submit kollaafa ey innaanee.. 🙂 awww.. <3<3<3<3<3

  45. kitty says:
    June 18, 2018 at 9:58 pm

    kobaatha??? alun submit kohbba noor.. i cant wait

    1. noor says:
      June 18, 2018 at 10:10 pm

      alhey dear 2 faharah noor mihaaruves submit kohlaifa ey iny.. hehe.. 🙂 keiyytheri kamaaeku thibemaa dhw.. 🙂 noor ves ethah faharaku balailafin up vefa in tho.. 🙂

  46. Kokee says:
    June 18, 2018 at 10:05 pm

    28 vana part kobaa? alun submit kohllaa….eirun up vedhaane…..pls noor dear…..haadha dhigu inthixaarekey

    1. noor says:
      June 18, 2018 at 10:12 pm

      alhey dear submit kohfa ey iny mihaaruves 2 faharah… dhn jeheynee 3 vana faharah anehkaa ves submit kollan.. ekam ves dhn 3 vana faharah ves alun submit kolleveytho noor try kollaanan ingey.. 🙂 vrh bodah sorry las vaathyve.. 🙁 noor ves beynumeh noon dear mn ehaa gina iru inthizaaruga baithibbaakah.. ehn v ma adhives try kollaanan ingey.. in sha allah.. 🙂

  47. kitty says:
    June 18, 2018 at 11:58 pm

    allah vodigen vany keitherinna eku.. ehn v ma keitheri kamaaeku wait kuraany.. 🙂

    1. unique says:
      June 19, 2018 at 12:13 am

      dhw…….. 🙂

  48. Anonymous says:
    June 19, 2018 at 12:58 am

    hmmmmm

  49. kitty says:
    June 19, 2018 at 1:04 am

    aslu mi vaahaka kiyaafa v motivate vey dheynah ulhen..

Comments are closed.

Next Episodeހުޅުކޮޅު 28←


All Right Reserved!