ރޭގަނޑުގެ ވަގުތު އަމްނާ ފެންވަރަން ހުރި ވަގުތެވެ. ބަނޑަށް ތޫނު ތަނދެއް ވާން ފެށިއެވެ. ބައެއް ފަހަރު ބަނޑު ފަޅާފައި އެއްޗެއް ނުކުންނަން އުޅޭ ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. އެއާ އެކު ހުރި ތަނުން މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސްފާރުގައި ޖެހުމުން ފާރުގައި ކޭއްތެމުން ކަހަލަ ގޮތަަކަށް ތިރީގައި އިށީނދެލީ ބަނޑަށް ވަމުން ދިޔަ ތަދުން ބަނޑުގައި ދެއަތުން އަތް އަޅައިގެން ހުރެއެވެ. ދެން ފެނުނީ ބަނޑު ފުފެމުން ދިޔަ ތަނެވެ. ވަކި ވަރަކަށް ބަނޑު ބޮޑުވުމަށްފަހު ހިނދިގެން ދިއުމާއި އެކު އެތަދުވެސް މުޅިން ހެން ކެނޑުނެވެ. އެއާއި އެކު އަމްނާ ތެދުވެ ފެންމާގަނޑު ދޮށުގައި އިސްޖަހައިގެން ތިރިއަށް ބަލަން ހުރީ ފުން ވިސްނުމެއްގެ ތެރޭގައެވެ.
ފެންވަރައިގެން ގޮސް އަމްނާ އެނދުގައި އޮށޯވެލީ އަނެއްކާވެސް ދަށް ބަނޑުގައި ގަދައަށް ރިއްސަން ފެށުމުންނެވެ. މައްސަރު ކަންތައް ލައިގަތީ އޭ ހިތާ ހިތާ ކިޔާލަ ކިޔާލަ އޮއްވާ ނިދިއްޖެއެވެ. އަދި ހުވަފެނީ ކަނޑަކަށް ފީނަމުން ދިޔައެވެ. ހުވަފެނުގެ ތެރެއިން ތުއްތު ކުއްޖެއް ފެނުމާއި އެކު ނިދުމުގައި ވެސް އަމްނާ ހިނިތުންވެލިއެވެ. ނަމަވެސް ދެން އަމްނާ ދެފަރާތަކަށް ފުރޮޅެން ފެށީ އެކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ބިރުވެރި ގޮތަކަށް ހުރި އެކުއްޖާ ބޮޑަށް ވައްތަރީ ހާތިބާއެވެ. ސިހިގެން ގޮސް ތެދުވެ ދުވެފައި މަންމަމެން ކޮޓަރިއަށް ވަދެ މިރޭ ނިދަން ބޭނުމީ މަންމަމެން ކައިރީގައި ކަމަށް ބުންޏެވެ.
ޖެހިގެން އައި ދުވަހެވެ. ފަތިހު ވަދާ ދާން ތައްޔާރުވެ ކާސިމު ދޯންޏާއި ދިމާއަށް ދަނިކޮށް އޭނާއާއި އެކު ވަދައަށް ދާ ހުސޭނު އައިސް ބުނި އެއްޗަކުން ދުވެފައި ކަހަލަ ގޮތަކަށް އާދަންބެ މެން ގެއަށް ދިޔައެވެ. ނަސީބު ރަނގަޅުކަމުން އޭރު އާދަންބެ އުޅެނީ ހޭލައެވެ.
” އާދަންބޭ. ހުސޭނު ބުނި އާދަންބެ ބުންޏޭ ވީހާވެސް އަވަހަކަށް ބައްދަލުކުރަން ބޭނުމޭ. އެހެންވެ މި އައީ. އަނެއްކާ މަގޭ ދަރިފުޅަށް ކަމެއް ވީތަ؟”
“ކާސިމާ. ހަމަޖެހިބަލަ. ހުރިހާ ކަމެއްވެސް ރަނގަޅު. ދަރިވެސް ވެއްޓިއްޖެ.” ހިނިތުންވެ ހުރެ އާދަންބެ ބުނި އެއްޗަކުން ކާސިމަށް ހީވީ ދެޢީދު އެއްފަހަރާ ލައިގެންހެނެވެ. ހުރިތަނުގައި ނަށާލެވުނީ އިޚުތިޔާރުން ބޭރުގައެވެ.
” ކާސިމު. އަހަރެން ބުނީ މި ގަނޑުކޮޅުގަ މިހިރަ އެއްޗިސް ހިފައިގެން މިރޭ 8 ޖަހާ އިރު މިގެއަށް އާދޭ. ދެން އޮތީ ފަހު މަރުހަލާ.” ކާސިމު އާނއެކޭ ބުނެ ދިޔައީ އުފަލުންނެވެ.
ފަތިސް ނަމާދަށް ތެދުވެގެން އަމްނާ އޭނާގެ ކޮޓަރިއަށް ވަނީ ފެންވަރާލާށެވެ. ކޮޓަރިއަށް ވަދެ ދޮރު ތަޅުލުމާއި އެކުހެން ހާތިބު އައެވެ. ” އަހަރެން ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އޮބޮތް.” އަމްނާ ހިތްވަރުކޮށްލާފައި އިޝާރާތްކުރިއެވެ.
ހާތިބުވެސް ބޯޖަހާލުމަށްފަހު ފެންވަރައިގެން އައުމަށް އެދުނެވެ. ފެންވަރައިގެން ނުކުތް އަމްނާ ހުރީ ކޮނޑުކެނޑި ފާޑުގެ އެއްޗެއް ލައިގެނެވެ. ނަމާދުކުރަން ހަނދާންވެސް ނެތްފަދައެވެ. އަމްނާ އެނދުމަތީ އިށީނދެ ހަމަ ޖެހިލުމަށްފަހު ވާހަކައާއިގެން ކުރިއަށް ދާން އުޅެނިކޮށް ހާތިބަށް އަމްނާގެ އަތުގައި އޮތް ތަވީދު ފެނުނެވެ. އެއާއި އެކު ދެލޯ ދިއްލުނީ ރުޅި އައި ވަރުންނެވެ. ހަމަ އެވަގުތު އަތުގެ ނިޔަފަތިތައް ދިގުވެ ފޭރާ ދެދަތް ބޭރަށް ނިކުންނަން ފެށިއެވެ. އަދި މީހާގެ ކުލަ ރަތަށް ބަދަލުވެ ދެލޯވެސް އަނގުރު އަލިފާން ފަދައިން ރޯވިއެވެ. އަމްނާ ހުރީ ވީގޮތް ނޭނގިފައެވެ. ތުރުތުރުލަމުން ދިޔަ އަތުން ކީއްވީހޭ އަހާލުމާއި އެކު ހާތިބު އަތުގެ އިޝާރާތުން ތަވީދު ނަގަން ބުންޏެވެ. ވާނީވެސް އެހެންވިއްޔާއެވެ. ދަރިފުޅުގެ ހާލު ބެލޭނީވެސް އަމްނާގެ ބަނޑުގައި އަތްލެވިގެނެވެ. ހާތިބު ދެކުނު ގޮތުގައި އޭނާއަށް އަމްނާގެ ގައިގައި ނާތްލެވުނީވެސް އޭގެ ސަބަބުންނެވެ.
ހަދާނެ ގޮތް ހުސްވެފައި ހުރި އަމްނާ ބިރުން ހުރެ ދެފަރާތަށް ބޯހޫރުވާލީ އެއީ އޭނާއަށް ރައްކާތެރިކަން ލިބޭނެ ހަމައެކަނި ގޮތް ކަމަށް ވީތީއެވެ. އަމްނާގެ ޖަވާބުވީ އަނދައަނދާ ހުރި އަލިފާނަށް ޕެޓުރޯލު އެޅުން ފަދަ ކަމަކަށެވެ. ހާތިބުގެ ރުޅިގަނޑު އިންތިހާއަށް ގަދަވިއެވެ. އަދި ކުރި އިޝާރާތަކާ އެކު އަމްނާގެ މަންމަ އެތަނަށް ގެނުވިއެވެ. އަދި އަތުގެ އިޝާރާތުން ގޮތްތަކެއް ހަދަން ފެށުމުން އަމްނާގެ ގާތުގައި ހާތިބާއި ދުރުގައި ހުރި އަމްނާގެ މަންމަ އެނދު މައްޗަށް ވެއްޓުނެވެ. އަދި މައްޗަށް އުފުލުނެވެ. ހާތިބު އިތުރު ފުރުސަތެއް އަމްނާއަށް ދިނެވެ. އަމްނާ މަންމައަށްޓަކައި ތަވީދު ނެގިއެވެ. އެއާއި އެކު ނާދިރާ އެނދު މައްޗަށް ވެއްޓުނެވެ. ނާދިރާގެ ހެޔެއް ނެތެވެ. އަމްނާ ނާދިރާގެ ކައިރީ އިނދެ ރޮމުން ދިޔައެވެ. ހާތިބު ރުޅިގަނޑު ހިންދާލުމަށްފަހު އަމްނާގެ ކައިރިއަށް އައިސް އަމްނާ ގެ އަތުގައި ހިފާ ކޮޅަށް ނެގިއެވެ. އަދި ދެވަނަ ސިކުންތުގައި އަމްނާގެ ބަނޑުގައި އެކި ގޮތް ގޮތަށް އަތް ހާކަން ފެށިއެވެ. ރުޅި ވެރި މޫނަކާއި އެކު އެތަނުން ހާތިބު ނުކުތުމާއި އެކު އަމްނާ އޭނާގެ މަންމައާއި ދިމާއަށް ދިޔައެވެ. ނަމަވެސް އޭރު އެތާނގައި ނާދިރާ ފެންނާކަށް ނެތެވެ. އެނދުގައި އަޅާފައި އޮތް ފޮތިގަނޑުވެސް ވަނީ އޭނާ ފާޙާނާއަށް ވަންނަމުން ރީތިކުރި ގޮތަށެވެ. އެންމެ ރުލެއްވެސް ނެތެވެ.
ދުވެފައި ބަދިގެއަށް އައި އަމްނާ ފެނި ނާދިރާ ހުރީ ހައިރާންވެފައެވެ. އަމްނާގެ މޫނުމަތިން ހާސްވެފަ ހުރިކަން އެނގެއެވެ. އެހެން ކަމުން ރޮށި ފިހަން ހުރި ނާދިރާ އުނދުން ނިވާލުމަށްފަހު އަމްނާއާއި ދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ. އަދި ވީ ކީއްތޯ އަހަން ފެށިއެވެ. އަމްނާ ކުރަތްޕެއް ފެނުނީކަމަށް ބުނެ އެތަނުން ދިޔައީ ނާދިރާއަށް ހިނިތުން ވުމެއް ހަދިޔާކޮށްފައެވެ. ނާދިރާވެސް އޭނާގެ މަސައްކަތަށް އެނބުރި ރުޖޫޢަވީ އެއީ ތެދު ކަމަށް ޤަބޫލުކޮށްފައެވެ.
ތުނޑީގައި ހުރި އުނިގަހުގައި އިން އައްބާސްގެ ކައިރީ ހާތިބު އިށީނދެލިއެވެ. ހާތިބުގެ މޫނުމަތިން ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުމާއި އެކު ހާތިބަށް ސަމާލުކަން ދިނެވެ. ހާތިބު ވާހަކަ ދައްކަން ފެއްޓިއެވެ. ” އައްބާސް. މަގޭ ދަރިފުޅެއް ނެތް.”
” ނެތޭ. އެ ކިހިނެއް ވީ ކަމެއް؟ ” އައްބާހަށްވެސް ވީ ހާތިބަށް ވީ ވަރެވެ.
” އަހަންނަކަށް ނޭނގެ. އިނގޭހާވެސް އެއްޗަކީ އަމޫގެ މައިންބަފައިން އެބަ މަސައްކަތް ކުރޭކަން އަހަންނާއި އަމޫ ދުރުކުރުވަން. އެކަމު އެއީ ވާނެ ކަމެއް ނޫން އަހަރެން މިދުނިޔޭގަ ހުރިހާ ހިނދަކު. އަދި އިނގޭތަ. އަމޫގެ އަތުގަ އޮތް ތަވީދެއްވެސް.” ހާތިބު ބުނަމުން ދިޔައެވެ.
” އެކަމަކުވެސް އެމީހުން ކުރާ ކަމެއް ބަލަމާ ދޯ. އަހަރެމެން ސަމާލުވެ ތިބޭނީ. އިނގިދާނެ އެއްނު. ” އައްބާސް ޖަވާބުން ހާތިބަށް ލިޔުއް ނުލިބުނެވެ. ވިސްނެނީއެވެ.
ރޭގަނޑު އިޝާ ނަމާދުކޮށްގެން ގެއަށް އައި އާދަންބެ ސިހުނީ ގޭތެރޭގައި މީހަކު އިންތަން ފެނިފައެވެ. ބިރުގަތް ނަމަވެސް ރަނގަޅަށް ބަލައިލި އިރު ކާސިމުކަން އެނގުމުން ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ” އާދަންބޭ އަށެއް ޖެހީ.” ކާސިމުގެ އަޑު އިވުމާ އެކު ބޯ ޖަހާލުމަށްފަހު ކާސިމާއި ދެމީހުން ބޭނުންވާ ތަކެތި ހިފައިގެން މިސްރާބު ޖެހީ ތުނޑިއަށެވެ. ތުނޑިއާއި ކައިރިވުމުން އާދަންބެގެ އެދުމުގެ މަތިން ކާސިމު ނާދިރާއާއި އަމްނާ ބަލާދިޔައެވެ. 4 މީހުން އެއްކޮށް ތުނޑިއަށް ދެވުމާއި އެކު އާދަންބެ ދަނޑިކޮޅަކުން ވެލިގަނޑުގައި ބުރެއް ކުރެހިއެވެ. އަދި ކާސިމު ގެނައި ތަނުން ކުޑަ ތެއްޔެއް ނެގުމަށްފަހު ދެލި އަޅައި ރޯކުރުމަށްފަހު ބުރުގެ ކުރިމަތީ ބޭންދުމަށްފަހު އިށީނެވެ. އަދި އިޝާރާތުން އަމްނާ ގެނެސް މެދުގައި ބަހައްޓަން ކާސިމު އެންގިއެވެ. ބަސްއަހާ ކުޑަކުއްޖެއް ފަދައިން އަމްނާ ބުރުގެ ތެރެއަށް ވަނުމާއި އެކު އާދަންބެ ތުން ތަޅުވަން ފެށިއެވެ. އަދި ކައިރީ ހުރި ކޮތަޅުން ކަޅުކުލައިގެ އޮއްތަކެއް ފަދަ އެއްޗިހި ތަކެއް އަލިފާންގަނޑު ތެރެއަށް އެޅުމާއި އެކު ދުންގަނޑެއް އެރުމަށްފަހު އެދުމުން އަމްނާ ފޮރުވައިލިއެވެ.
ދުންގަނޑު ފިލުމާއި އެކު އާދަންބެ ކޮތަޅުން ފަންވަތްތަކަކާއި ރޮދިކޮޅެއް ނެގުމަށްފަހު ތުންތަޅުވަމުން އެފަންވަތުން އިލޮށި ނެގުމަށްފަހު ގޮތްތަކެއް ހަދާނިމުން އިރު އިނީ 5 ފިޔަ ލީ ތަރި އެއް ހެނެވެ. އަދި އިރުކޮޅަކު ކިޔެވުމަށްފަހު ކޮތަޅުން ތެޔޮފުޅިއެއް ނަގައި އަލިފާންގަނޑު ތެރެއަށް އަޅާލިއެވެ. އަދި ވާހަކަތަކެއް ދެއްކުމަށްފަހު ތެދުވިއެވެ. އެއާއި އެކު އަމްނާއާއި ދާދި ކައިރިން ފެނިގެން ދިޔައީ ހާތިބު ނޫން ދެވަނަ މީހެއް ނޫނެވެ. އާދަންބެ ތުންތަޅުވަމުން އެ ތަރިއެއްގެ ޒާތަށް އިން އެތީގެ އެއް ފަތުގައި ހިފައި އަނބުރާލުމާއި އެކު ހާތިބުގެ ވައަތު އަތް އެނބުރިގަތެވެ. އެއާއި އެކު އެޅި ވޭނުން ހާތިބު ހަޅޭލަވައިގަތެވެ. ދުރުގައި މަންޒަރު ބަލަން އިން އައްބާހަށް ކެތެއް ނުކުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
46 Comments!
Comments are closed.




yayy..
im first dhw
heheh hooray… u got the first……
Thn Q unique………
V reethi story..wen nxt part?? Thankolheh avaskohla dhehcheyy..cnt wait nww ???
Thn Q Shiya… ufaavejje vhk kamudhiyaiima….. the next part will be uploaded soon…..
vvv reethi nanni…………. hoping to see the next part soon BTW Eid Mubarak……..
Thn Q n Eid mubarak unique dear……..
Mi prt hama awesome buddy ?? vvvvv intrestin whn nxt prt sissy??
Next part hama vrh avahah………. n yes… m totally excited cx u really luved my story……… Thn Q buddy………
Vrh vrh salhi vaahaka… when next part… eid mubarak
Soooon…… N thn Q Amee… Eid mubarak……..
v v salhi
Glad to knw tht u luved my story livee… Thn Q alot…..
V rythi mi partvx n eid mubaarik nanni
Eid mubarak naju………. Thn Q alot
Vv reethi mi part ves
When next part
Thn Q nunnu.. next part sson
Awesome.. no more words???♥️♥️♥️
Heheheh…. Thn Q No one
feeling soo happy u knw cox ur my age
Hehe me 2 cox i wil be ur age this year ??
heheh we r same dhw……. heheh soo happy to see a frnd in this site dhw
Heheheh great dhw…. ly guys
same nanni lets be frnds dhw heheh
Yh juzt mail me. [email protected]
There, u can b my frnd too
Hehe yhh
actually i dnt have an email acct vvv sad but create kollaafa mail eh kollaanan
Yap owkeii dear
ur 16 dhw??? which means u r doin olevel this year right????
Heheheh yh m 16.. n 16 v mi haaru.. bt skool nimijje last year ga… hehehe
ur 16 dhw??? which means u r doin olevel this year right???? so vaahaka regular koh up koh dheveynetha????
vaa varakun up kuraanan. v haa vs avahakah up uramun midhany.. mihaaru ramazan mas nimunyma avas vaane…..
m nt in skool……. 15 years ga skool nimijje…..
serious koh tha nanni just like me dhw the difference is i will be 17 this november heheh so im 16 right heheh
heheheh thts grt… found smone like meh…
but i still study hahahah
heheh.. nanni vs mnth ga kiyavan dhan……
i mean next mnth ga…….
grt sooo happy
We can talk more fahun
hmm aslu site vma dhw i wanna talk are u using viber??? aslu massala aky number share kuran beinumas dhw then u knw naa really wanna talk u
i can only b contacted by mail.. m sorry
Mivaahakaage anehbai ahnaanee konirakuntha? Mivaahaka vvv reethi
Vv nice story…. waiting for next part… next part avah genshdheyneh kama heykuran
whn is nxt part?????