Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި (4)

Sh@_n@ Level 410 Stories100 Comments100 Login
June 16, 2018 4 Mins Read
10 Comments

ވަރަށް ހިތްވަރުކޮށްފައި މައި އާ ދެމީހުން ފިހާރަޔަށް ވަނީމެވެ.

އޭރުވެސް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. ފިހާރަޔަށް ވަދެ ފަރާތް ފަރާތަށް ބަލާލީމެވެ. އަހަރެންގެ ލޮލުން ކަރުނަ ނިރާލީ މިގަޑީގައިވެސް އަޝްފާން ނެތުމުންނެވެ. އަހަރެން ގޮތް ހުސްވެ ކަރު އެލުވާލެވުނެވެ. އަޝްފާން ހޯއްދަން އަހަރެން ވަކި ދާނީ ކޮންތާކަށް ބާއޭ ހިތަށްއެރިއެވެ. ނަން ފިޔަވައި އިތުރުއެއްޗެއް ނޭނގެއެވެ. އަހަރެންގެ ގައިން ވަރުދާހެންވެސް ބައެއް ފަހަރު ހީވެއެެވެ. އަހަރެންގެ އަރުތެރެއިން އެންމެ އެތިކޮޅެއްވެސް ދިރޭނީ އަޝްފާން އަހަރެންގެ ލޮލަށް ފެނުނީމައޭ ބުނިކަން ހަނދާން ހުރުމާއެކު އަހަރެން މިއީ މޮޔައެއް ބާއޭވެސް ހިތަށްއެރިއެވެ. ނުވެސް ދަންނަ މީހަކަށްޓަކައި މިވަރު ވާނޭ ފަހަރެެެއްގަވެސް ހީނުކުރަމެވެ. މައި ހުރިކަންވެސް ހަނދާންނެތި އަހަރެން، އަހަރެންގެ ލޮލުން ނިރާލި ކަރުނަ ތިކި އަތުގެ ނުފުށުން ފޮހެލަމުން ފިހާރައިން ނިކުންނަން ހިނގައިގަތީމެވެ.

“ޖަން……ކީއްވެ ތިދަނީ، މީހަކު ހޯއްދަންތަ މިތަނަށް ވަނީ، އާނ އެހެންޏަ. މިތަނަށް ވަތް ގޮތަށް ފަރާތް ފަރާތަށް ބަލާލާފައި ތިޔަދަނީ. ” އަކުރުތަކަށް ބާރުލާފައި މައި ބުނިގޮތުން އަހަރެންގެ ހިތަށް ދިޔައީ ނުބައި ގޮތްތަކެެއް ވެގެންނެވެ. އަހަރެންގެ އުޅުން ވަރަށް ކައިރިން މައި ބަލާކަން އެ ސުވާލުންވެސް އަހަރެންނަށް ޔަޤީންކުރެވުނެވެ. އެހެންކަމަށް ވުމާއެކު ދެން އުޅެންޖެހޭނީ ވިސްނައިގެންނޭ ހިތަށް އެރިއެވެ. އެއީ އަޝްފާންގެ ކަންތައް އަދި އެއްވެސް މީހަކަށް އެނގެން ބޭނުން ނުވާތީއެވެ. ޝައްކުވާކަށްވެސް ބޭނުން ނުވާތީއެވެ.

އަޝްފާންގެ ކަންތައް އަހަރެންގެ ދެގޮތެއްނުވާ އެކުވެރިޔާއަށް ސިއްރުކުރަން ޖެހުމުން ދެރަވެއެވެ. އެހެންނަމަވެސް މިވަގުތަށް އަހަރެންނަށް އެގޮތަށް ކަންތައް ކުރަން މަޖުބޫރެވެ. މައި ކައިރިއަށް ގޮސް ހަމަޖެހޭގޮތް ދައްކަމުން އަހަރެން ބުނީމެވެ. ” ނޫން. އަަސްލު ވީ ގޮތަކީ އަންނަނިކޮށް މަންމަ ބުނީ މަންމައަށް އެއްޗެއް ގަތްދޭށޭ، މިހިސާބު ފިހާރައެކޭ ބުނީ. އެހެންވެ އެހާވަރަށް ބެލީ، މިތަނެއް ނޫން ކަންނޭނގެ އެތަނަކީ، ޖެހިގެން ހުރި ތަން ބަލަންދަމާ” އަހަރެން މިހެންބުނެ މައިގެ އަތުގައި ހިފައިގެން ފިހާރައިން ނުުކުތީމެވެ.

ދެމީހުން ހިނގަމުންދިޔައީ ވަރަށް މަޑުންނެވެ. ކުއްލިއަކަށް އަހަރެންގެ ފައިގައި ތަޅު އެޅުވިހެން ހީވީ މައި ހެމުން ދެން ބުނި އެއްޗަކުންނެވެ.
“އަސްލު މަ ހީކުރީ ޖަން އެފިހާރަޔަށް ވަނީ އެއްކަލަ ސޮރު ހޯދަންކަމަށް” މައި އެހެންބުނުމުން އަހަރެން ސިއްރުސިއްރުން މައިއަށް ބަލާލީމެވެ. އެއްވެސް ކަހަލަ ސީރިއަސް ކަމެއް މޫނުމަތިން ނުފެނުމުން ކޮންމެވެސް ވަރަކަށް ހަމަޖެހުނެވެ. އެހެންނަމަވެސް އަހަރެންގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަކަށެވެ. އެނގުނު ކަމަށް ނަހަދާ ކޮން ސޮރެއްހޭ އަހަރެން އަހާލީމެވެ.
“ނޭނގޭތަ! އެއްކަލަ ހީރޯ. ޖަން ފެނަށް އެރި ކައްސާލަން އުޅެނިކޮށް ހިފެހެއްޓިއެއްނު، ނުބުނުވޭ ވަރެއް ނޫނޭ، ދުވަހަކުވެސް ޖަން ފިރިހެން ކުއްޖަކަށް ނުބަލާވަރަށް އެކުއްޖާއަށް ބެލި، އަނެއްކާ ޖަހާފަހުރި ބުދެއްހެން އަނގައިން ނުބުނެ، މީހާ ލަދުން މޯޅިވާ ވަރުވެފަ”

” ތިއީ މައި އަށް ހީވާ ގޮތް. މައިއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އަދި އެހެން ފެންނަހާ މީހަކު ފަހަތުން ނުދުވާނެކަން، އަހަރެންނަށް މީހަކު ކަމުދާނީ ވަރަށް ގިނަ ކަންތަކަށް ބަލާފަކަން”
އަހަރެންނަށް ހަމައެކަނި ބުނެވުނީ އެހެންނެވެ. އަހަރެން މިހެން ބުނި އިރު އަހަރެންގެ ހިތަށް ވަމުންދިޔަ ތަދު ބަޔާން ކޮށްދޭނެ ގޮތެއް ނޭގުނެވެ.
މައި އަހަރެންގެ މޫނަށް އެންމެ ފަހަރަކު ބެލިނަމަވެސް އަހަރެން ހެދީ ދޮގެއްކަން އެނގޭހާ އަހަރެންގެ މޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ. އާނ… ތިކަން އެނގޭ. އެހެން ވީމައެއްނު ރައުޝަން، މާނިއު،ނަދީމް،ފައުޒާން ޖަން އާ ގުޅެން އެތައް ފަހަރަކު ބުނީމަ ވެސް ނޫނެކޭ ބުނީ، އެމީހުންނަކީ ބަލާލަން ރީތި، ކިޔަވަން މޮޅު ކުދިން. އަހަރެން މިހާރު މިހުންނަނީ ޖަންގެ ހޮވުން ބަލާލާ ހިތުން ކެތްމަދުވެފަ” މައިގެ އެ ވާހަކައިން އަހަރެންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ހިނިތުންވެލުން ފިޔަވައި އިތުރުކަމެއް އަހަރެންނަށް ނުކުރެވުނެވެ.

ހިނގުނުލެއް ގިނަކަމުން އަހަރެންގެ ފައިގަ ރިއްސަން ފެށުމާއެކު ދެން ނުހިނގޭނޭ ބުުނުމުން މައި އަހަރެން ގޮވައިގެން ސްކޫޕަށް ވަނެެވެ. މައި އަހަރެން ކައިރީ އެއްޗެއް ކާންބުނުމުން ކާ ހިތެެއް ނުވެޔޭ ބުނެ އަހަރެން ހަމަޖެހިލައިގެން އިނީމެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން ދެމީހުން ގެއަށް ދާން ނިކުތީމެވެ. އެހެންނަމަވެސް މައި އަހަރެންކައިރީ މަޑުކޮއްލާށޭ ކިޔާފަ ވަނީ ގެއަށް ގެންދަން ބާރގާއެއް ގަންނާށެވެ. އަހަރެން ސްކޫޕުން ނިކުތްތަނުން ވަރަށް ބާރަށް މީހަކު ގައިގަ ޖެހި އަހަރެންގެ ފޯނު ބިންމައްޗަށް ވެއްޓި މެދުން ތަޅައިގެން ދިޔައެވެ. އަހަރެން ވަރަށް ރުޅިއައެވެ. އެއީ އަހަރެން ވަރަށް ލޯބިން ގެންގުޅޭ ފޯނަކަށް ވާތީއެވެ.

އަރައިގެންހުރި ރުޅީގައި ވަރަށް ރުޅި އައިސަ ކިހާ ދެރަކަމެއްހޭ
ބުނެ ބަލާލެވުނެވެ. އަހަރެން ބުނަން އުޅުނު ބަސް އަރުގައި ތާށިވީ އަހަރެން ކުރިމަތިން ފެންނަން ހުރި މީހާފެނިފައެވެ. ރޯންވީ އުފަލުންކަމެއް ދެރަވެގެން ކަމެއް އަހަރެންނަކަށް ނޭނގުނެވެ.
އަހަރެންގެ ހިތަށް ފިނިކަމެއް ލިބުނު ކަހަލަ އިހުސާސެއް ކުރެވުނެވެ.އަހަރެންގެ ހިތާއި ސިކުނޑިން އެތައް ވާހަކައެއް ދައްކަމުންދިޔައެވެ.
“މިއަދު ހަތަރުދަމު ކޮންތާކު އުޅުނީ، އަހަރެންގެ އަރުން އެއްޗެއް ނުދިރިފަ މިހުރީ އަޝްފާން ނުފެނިގެން. ހާދަ އިންތިޒާރެއް ކުރުވައިފިޔޭ! ތިފިހާރަ ދޮށުގަ ހާދަ ގިނައިރަކު ހުރީމެވެ.”ލޯބިވެރިޔަކު ލޯބިވެރިޔަކާ ކުރާ ޝަކުވާ އެވަގުތުވެސް އަހަރެންގެ ހިތާހިތުން ކުރިއެވެ. ބަލަހައްޓައިގެން އަހަރެންނަށް ހުރެވުނީއެވެ. ބުނާނެ ވަކި އެއްޗެއްވެސް ދުލަށްވެސް ނައިމައެވެ. ކަންދިމާކުރިގޮތުން އެވަގުތަކީ މީހުންވެސް މަދު ވަގުތެކެވެ. ކުރިމަތީ އެހުރީ އެމީހަަކަށްޓަކައި އަރު ތެރެއިން އެއްޗެއް ނުދިރުވަން އަހަރެން ބުނި މީހާއެވެ.

ވެއްޓިފައިވާ ފޯނު ނަގަމުން އަޝްފާން ވަރަށް ހާސްވެފައި ވާހަކަ ދެއްކިއެވެ. ” ވަރަށް ބޮޑަށް ސޮރީ، މަށަށް ބަލާނުލާ އާދެވުނީ، ވަރަށް އަވަހަށް ހޮސްޕިޓަަލަށް ދާން ޖެހިގެން ،ކިހާވަރެއް ދޭންވީ، ނޫނީ ފޯނެއް ގަތްދެން ވީތަ؟ ހިނގާ ފޯނެއް ގަންނަން” އަޝްފާނުގެ އަޑުންވެސް ވަރަށް ހާސްވެފައިކަން އަހަރެންނަށް އެނގުނެވެ. އެއީ އެއްނޭވާއިން ފައްޗަކަށް އަމުނާލީމައެވެ. އަޝްފާން އަތުން ކުޑަވެސް ބަދަލެއް އަހަރެން ބޭނުން ނުވާތީ ބުނީމެވެ.
” ފޯނު ގަތްދޭނެ ކަމެއްވެސް، ފޯނު ހަދަން ރުފިޔާވެސް ދޭނެ ކަމެއްނެތް. މީ ކުރިންވެސް ތަޅައިގެން ގޮއްސަ އިން ތަންކޮޅެއް”
އަހަރެން ހިނިތުންވެލުމެއް ހަދިޔާކުރަމުން ބުނީމެވެ.
“އޯ. އެހެންތަ. އެކަމުވެސް ވަރަށް ބޮޑަށް މާފަށް އެދެން” އަޝްފާން މިހެންބުނެ އަހަރެންގެ އަތުތެރެއަށް ފޯނު ލައި ދިނުމަށްފަހު ޝުކުރިއްޔާއޭ އޭ ބުނެލިއެވެ. އަހަރެން އެއީ އެއްވެސް ކަމެއް ނޫނޭ ބުނުމުން ފަހުން ދިމާވާންވާނޭ ބުނުމަށްފަހު ހިނގައިގަތެވެ.

އަހަރެންނަށް އަޝްފާން ދިޔަ ދިމާލަށް ބަލަން ހުރުމުން މައި އައި އިރެއްވެސް ނޭނގުނެވެ. އަހަރެން ސިއްސައިގެން ދިޔައީ ކޮންކަމަކަށް ކަށް ގެއްލިފަހޭ ބުނެ މައި އަހަރެންގެ ގައިގައި ޖަހާލުމުންނެވެ.
ކަމެއް ނުވާކަމަށް ބުނެ އަހަރެން ގެއަށް ދިއުމަށް ދިޔައީމެވެ. އަދި ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ދެންމެވީ އެއްވެސް ކަމެއް މައި
އަށް ނޭނގުމުންނެވެ

ދުވަސްތައް ފާއިތުވަމުންދަނީ ހީ ނުކުރާހާ ހަލުއި މިނުގައެވެ. އަދިވެސް އަހަރެންގެ ލޯބިވަނީ ސިއްރުކުރެވިފައެވެ. ދުވަސްދުވަހުން އަޝްފާން އުޅޭ ފިހާރަ ދޮށަށް އަހަރެން ދަމެވެ. އެއްޗެއް ގަންނަން ކަމަށް ހަދާފަ ގޮސް މަދުމަދުން ގޮވާލާ ހާލުބަލަމެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ އަހަރެންގެ ނަތީޖާ އާ އެކީ އައިސް ލޯބި ހުށަހެޅުމަށެވެ. އަންހެން ކުއްޖަކު ލޯބި ހުޝައެޅުމަކީ މައްސަލައެއްކަމަކަށް އަހަރެން ނުދެކެމެވެ.

ނަތީޖާ ދޫކުރާ ދުވަސް ކައިރިވާ ވަރަކަށް އަހަރެންގެ ހިތް ދިޔައީ ބާރަށް ތެޅެމުންނެވެ. މީހާ ހާސްވެ ކަންބޮޑުވާން ފެށީ އެއްވެސް ކަމެއްނުވެ ހުއްޓައެވެ. މަންމަމެން ސުވާލުކުރުމުން ނަތީޖާއާ ދޭތެރޭ މާ ބޮޑަށް ވިސްނެނީ އެ ބުނެ އެ ވާހަަކަ އޮއްބާލަމެވެ.

ދުވަހަކީ ނަތީޖާ ދޫކުރާ ދުވަހެވެ. މައިއަށް އަހަރެން ދާން އުޅުން ގަޑީގައި ނުދެވުމުން ނަތީޖާ ނަގަން ދިޔައީ އަހަރެން އެކަނިއެވެ. މަންމައާއި ބައްޕަ ދާން ބުނުމުންވެސް އަހަރެން ދެކޮޅު ހެދީ ގެއަށް އަންނަ މަގުމަތީ އަޝްފާން ކައިރިއަށް ދާން ބޭނުންވާތީއެވެ. އަހަރެންގެ ދިގު އިންތިޒާރަކަށް ނިމުން ގެންނަން ބޭނުންވާތީއެވެ.
ނަތީޖާ ހިފައިގެން ނިކުމެ އަހަރެންނަށް ނަތީޖާއަށް ބަލާލެވުނެވެ. އުފަލުން ރޮވެންފެށީ ހުރިހާ މާއްދާއަކުން އޭ ސްޓާރ ލިބިފައި ހުރީމައެވެ. އަހަރެންނަށް އެވަރު ހައްގުކަން އަހަރެން ގަބޫލްކުރަމެވެ. އެއީ އަހަރެންނަށް އެހާވަރަށް މަސައްކަތް ކުރެވުނީތީއެވެ.

ނަތީޖާ ހިފައިގެން ދުވަމުން ގޮސް އެފިހާރައަށް ވަތް އިރު އަޝްފާންއެއް ނެތެެވެ. އަހަރެންގެ ހިތަށް ތަދުވެގެން ދިޔައެވެ. އަނެއްކާވެސް މަށަށް ގެއްލުނީބާއޭ ހިތަށްއަރާ އަތްފައި ތުރުތުރު އަޅަމުންދާހެން ހީވިއެވެ. އަނެއްކާ އެންމެ ފަހުން ދިމާވި ދުވަހުވެސް ތަނަކަށް ދާ ވާހަކަ އެއް ބުނި ހަނދާނެއް ނުވެއެވެ.

ވަރަށް ހިތްވަރުކޮށްފައި ކައުންޓަރގަ އިން ކުއްޖާ ކައިރީ މިތާ އިންނަ އަޝްފާން ކޮބައިތޯ ސުވާލު ކޮއްލީމެވެ. އެކުއްޖާގެ ޖަވާބުން އަހަރެންނަށް ހީވީ އަހަރެންގެ ހިތުގަ ތޫނު އެއްޗަކުން އެތައް ފަހަރު ޅިޔަ އަޅާލިހެންނެވެ. އަހަރެންގެ ވަށައިގެން ދުނިޔެ އެނބުރެމުންދާ ކަހަލަ އިހުސާސެއް ކުރެވުނެވެ. އަހަރެންގެ ހިތުގައި އަތް އަޅާ ބާރުކޮއްލެވުނީ ހިތަށްވި ތަދެއްގެ ބޮޑުކަމުންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ފަރުދާ 2

Next

ދުރުވުމެއް ނޭދެމޭ… 3

Next
June 16, 2018

ދުރުވުމެއް ނޭދެމޭ… 3

Previews
June 16, 2018

ފަރުދާ 2

10 Comments!

  1. unique says:
    June 16, 2018 at 11:36 pm

    yayy.. upvy dhw thanks

  2. unique says:
    June 16, 2018 at 11:45 pm

    alhey haadha sad koshey edhimaavee…………… feel soo bad…….. pis pis how bad ……knme gotheh viyas story vvv reethi hama cant wait to read next part

    1. Sh@n@ says:
      June 17, 2018 at 12:06 am

      Hii all kudhin. Uhmeedhukuran mi part vess reethi vaane kamah.and guess, what happen ashfaan?

  3. Anonymous says:
    June 17, 2018 at 12:04 am

    Hii all kudhin. Uhmeedhukuran mi part vess reethi vaane kamah.and guess, what happen ashfaan?

  4. unique says:
    June 17, 2018 at 12:06 am

    i guess he went erashun or hes gonna marry

  5. Nunnu says:
    June 17, 2018 at 12:10 am

    Masha Allah vv reethi
    Ekam kuda Thankolheh kuru
    Alhey ashfan maruveetha
    Or is he married
    When next part
    I can’t wait to see what happened

  6. Kitty says:
    June 17, 2018 at 12:13 am

    He is dead

  7. lotus says:
    June 17, 2018 at 6:49 am

    Alhe fahe efakeera kihine thi hadhee.. eyo hivvarun esoru hoadhan aeema vx.. sooo sad.. btw, story v nice

  8. FAISAL says:
    June 17, 2018 at 12:51 pm

    Aslu ves varah habeys mi story varah salhi. … anehkaa esoruge kaavenige habarubaa edlibunee? ehen nahadhaathi ingey?

  9. Amee says:
    June 17, 2018 at 1:01 pm

    Esoru kobaa?? Is he married or having some own family problem…nd may be he is sick…btw, story is awsome?..when next part?….

Comments are closed.

Next Episodeނުހައްގުލޯބި (5)←


All Right Reserved!