Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ޝިއުރާ

Nanni Level 210 Stories100 Comments100 Login
June 15, 2018 3 Mins Read
12 Comments

އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ލޯތްބާއި އެކު ލޮލުގެ ކޮއި ފަދައިން ބަލާބޮޑުކުރި ކާމިޔާބު ފިރިހެން ކުއްޖެކެވެ. މާތް ﷲ އެންމެ ފުރިހަމަ ސޫރައިގައި ލެއްވި އިންސާނަކީމެވެ. މީހުންގެ ނަޒަރުގައި އަހަންނަކީ އައިބުކަމެއް ހުންނަ ކުއްޖެކެވެ. އަހަރެންގެ ދެފައިގެ ބޭނުން ނުކުރެވޭތީއެވެ. އާނއެކެވެ. އަހަންނަކީ ހިނގާ ބިނގާވެ އުޅުމުގެ ނިޢުމަތުން މަހުރޫމުވެފައިވާ މީހެކެވެ. ދެފައިގެ އެއްވެސް ބޭނުމެއް ނުކުރެވެއެވެ. ފެށުމުގައި ދަތިތަކާއި ކުރިމަތި ލިޔަސް ބޮޑު ވަމުން އައި ވަރަކަށް އަހަންނަށް އެކަން އިހުސާސް ނުކުރެވެއެވެ. އަހަންނަކީވެސް އާދައިގެ ކުޑަ އާއިލާއަކަށް އުފަންވި ކުއްޖެކެވެ. އަހަރެންގެ ވެސް ހުވަފެންތަކެއްވެއެވެ.

އެގޮތުން އަހަރެންގެ ފުރަތަމަ ހުވަފެން އަހަރެން ހަޤީޤަތަކަށް ހެދީ ނުހަނު ގިނަ މަސައްކަތެއް ކޮށްގެނެވެ. މިޒަމާނުގައި ރަނގަޅު ނަތީޖާއަކާއި އެކު ގުރޭޑު 10 ނުނިންމައިފިނަމަ، ކުރިއަރައިގެން ދިއުމުގައި ދަތިތަކާއި ކުރިމަތިވެދެއެވެ. އެހެން ކަމުން އަހަރެން އެތައް މަސައްކަތެއް ކޮށްގެން ސުކޫލުގެ ޑެޕިއުޓީ ކެޕްޓަނުގެ ގޮތުގައި ކިޔަވައި ނިންމި އިރު އޯ ލެވެލް ނަތީޖާގައި 4 އޭ އާއި 2 އޭ ޕްލަސް އަދި 2 ބީ ލިބުނު އިރު އޭ ލެވެލްގައި 3 އޭ އަދި 4 ބީ ލިބުނެވެ. މީ އަހަރެން ދިންހާއި އަތްވަކާއި ވެހުނުވާ ވާރެއެއްގައި އެތައް މަސައްކަތުން ހެއްދި ގަހުގައި އެޅި ފޮނި މޭވާއެވެ. އަހަންނަށްވުރެ ބޮޑަށް އުފާވީ އަހަރެންގެ މައިންބަފައިންނެވެ.
މިއަދު އަހަންނަކީ ކާމިޔާބު ނޫސްވެރިއެކެވެ. އައި ޓީގެ ރޮނގުން ދިވެހި ރާއްޖޭގައި ތިބި އެންމެ މޮޅެތި މީހުންގެ ލިސްޓުގެ ކުރީގައި ރަންގަލަމުން ފަވާލެވިފައިވާ މީހެކެވެ. އަމިއްލަ ވެބްސައިޓެއް ހިންގަމުން ދާ ކުޅަދާނަ ލިޔުންތެރިއެކެވެ. ދިވެހި ބަހުގެ އެކޭޑެމީގައި މަސައްކަތް ކުރަމުންދާ މުވައްޒަފެކެވެ. ކާމިޔާބަކީ މީހެއްގެ ސިފައަކުން ހޯދޭ އެއްޗެއް ނޫނެވެ. ކާމިޔަބު ލިބޭނީ މަސައްކަތް ކުރީމައެވެ.

އަހަރެންގެ ތަޢާރަފް އެއްފަރާތް ކޮށް މަޢުލޫއަށް ދަމާ ހިނގާށެވެ. ވާހަކައިގެ ސުރުޙީގައި ވާނަމަށް އަލި އަޅުވާލާނަމެވެ. “ޝިއުރާ” އަކީ ޤުދުރަތީ ރީތި ކަމެއް ލިބިފައިވާ އަންހެން ކުއްޖެކެވެ. އެމޫނުމަތިން އެކަނިވެސް އެކަން ދޭހަ ކޮށްދޭނެއެވެ. އެ ނަލަ ނަލަ މޫނު މަތީގައިވާ ރީތިކަމަކީ މޭކަޕަކުން ހޯދާފައިވާ ރީތިކަމެއް ނޫނެވެ. މޫނުމަތީގެ ހަންގަނޑު އޮމާންވެފައި ދޮނީ 50 ފަށަލައިގެ ފައުންޑޭޝަން އުނގުޅާތީކީ ނޫނެވެ. އެއީ ހަމަ ޤުދުރަތުގެ ރީތިކަމެވެ. ޝިއުރާ ފެނި ގިނަ ފިރިހެން ކުދިން ތިބެނީ މަށަށް މަށަށް ގޮވާލަ ގޮވާލައެވެ. ނަމަވެސް މީގެ އަޖައިބުވާ ތަންކޮޅަކީ އެކުއްޖާފުޅުގެ އަޅާލުން ކުޑަކަމެވެ. ފިރިހެން ކުދިންނާ މާ ކައިރިވެ ނޫޅުމެވެ. އެމީހުންނާ އެހާ ވާހަކަ ދައްކައި ނަހަދާކަމެވެ. މިޒަމާނުގައި މިފަދަ ކުއްޖެއް ހޯދުމަކީ ނާދިރު ކަމެކޭ ނުބުނާނަމެވެ. ނަމަވެސް އުނދަގު ކަމެކެވެ.

މިއާ ޚިލާފަށް އަހަންނަކީ އެތައް ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދަފައި ވީ މީހެއް ނަމަވެސް އަހަރެންގެ އެކުވެރިންނާއި އެކު ކުޅޭ ކުޅިވަރު އިނގޭނީ މާތް ރަސްކަލާނގެއަށެވެ. އަހަންނަށް އެކަންވެސް އިނގެއެވެ. މީހުން ބުނާ ގޮތުން އިނގި ހުރެ ކުރާ ފާފަތަކުގެ ޢަޒާބު ބޮޑުވާނެއެވެ. ނަމަވެސް އަހަރެންގެ ވިސްނުން އެ ކަމަކަށް ތަނެއް ނުދެއެވެ. އަހަރެން ބެލީ އަހަރެންގެ ރައްޓެހިން ފަދައިން އަހަންނަކީވެސް އަންހެން ކުދިން ކާމިޔާބުކުރުމަގައި ވަކި ދަށް މީހެއް ނޫންކަން ދަށްކާށެވެ. އެގޮތުން ސޯޝަލް މީޑިއާގެ އެކި ތަންތަނުގައި އުޅޭ ރީތި އަންހެން ކުދިން އަހަރެންގެ މަޅީގައި ޖައްސަނީއެވެ. އެންމެން ކައިރިވެސް ދައްކަނީ އެއް ވާހަކައެކެވެ.
އަހަންނަކީ ނުކުޅެދޭ މީހެއް ކަމުން އަހަންނަށް އަންހެން ކުދިން ނުލިބޭ ވާހަކައެވެ. އެންމެންވެސް އަހަރެން އެކަނި ކޮށްލާ ވާހަކައެވެ. މިފަދަ ވާހަކަތަކެކެވެ. ނަސީބު ދިމާ ކުރާ ގޮތުން ކޮންމެ އަންހެން ކުއްޖެއްވެސް އަހަރެންގެ މި ވާހަކަތަކަށް ހެއްލެއެވެ. މިއަދާ ހަމައަށް އެގޮތަށް އަހަރެން އަހަރެންގެ މަޅީގައި ޖެއްސީ ކިތައް އަންހެން ކުދިން ކަމެއްވެސް ނޭނގެއެވެ.

ކޮންމެއަކަސް މި މަޅީގައި ޝިއުރާވެސް ޖެހުނެވެ. އަހަރެމެން ދެމީހުން އުޅެނީ މާލޭގައި ކަމުން ދެމީހުންވެސް ދިމާވާން އެއްބަސް ވީމެވެ. ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކާ ބައްދަލުކުރަން ދާންވުމުން އަހަރެން ހާސްވާގޮތްވިއެވެ. ނަމަވެސް ހަމަޖެހޭ ގޮތް ދައްކަމުން ޝިއުރާއާއި ބައްދަލުކުރަން ދިޔައީ ބޯ މަތީ އޮތް ކަޅު ވިލާގަނޑުގެ ބޮޑުކަން ނޭނގޭ ހާލުގައެވެ. ދުއްވާ ގޮނޑިގެ އެހީގައި ގެ ކައިރީ ހުރި ރަސްފަންނުގެ ހަޓެއްގެ ދަށުގައި އިން އިރު ފުރަތަމަ ފަހަރަށް އަންހެން ކުއްޖަކަށް އިންތިޒާރު ކުރެވުނެވެ. އާނއެކެވެ. އަހަންނަށްވަނީ ނޭނގުމެއްގެ ތެރޭގައިވެސް އަންހެން ކުއްޖެއް ދެކެ ލޯބި ވެވިފައެވެ.

މާ ގިނަ އިރަކު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ޝިއުރާ އަންނަތަން ފެނުނެވެ. އެއާއެކު އަހަރެންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެހނިތުންވުން ހާސްކަމަށް ބަދަލުވީ ޝިއުރާގެ ކައިރީ ހުރި މަންޖެ ފެނިފައެވެ. އާނއެކެވެ. އެވެސް އަހަރެންގެ މަޅީގައި ޖެހުނު ކުއްޖެކެވެ. އަހަރެންގެ ހިތް ނެގިނެގިފައި ޖެހުނެވެ. ކައިރީ ހުރި މީހަކަށް އެހިތުގެ ވިންދު އިވޭހާ ބާރަށް ހިތް ތެޅެމުން ދިޔައެވެ. ޝިއުރާއަށް ޙަޤީޤަތް އެނގިދާނެތީއެވެ. އަހަރެން މިކަމާ މެދު ކުރިން ނުވިސްނީ ކީއްވެ ހެއްޔެވެ؟

ކަންތައް ވީވެސް އެގޮތަށެވެ. ޝިއުރާއަށް ޙަޤީޤަތް އެނގުނީއެވެ. އަހަރެންގެ ބަދުނަސީބުކަމެވެ. އަތުން ބީވެގެން އެދިޔައީ އަގުހުރި ޖަވާހިރެކެވެ. އެދުވަހަށްފަހު އަހަންނަކަށް ޝިއުރާއަކާއި ދިމައެއް ނުވެއެވެ. ޝިއުރާގެ ހަބަރެއްވެސް ނުވެއެވެ.

އަހަރެންގެ ބޮލުތެރޭގައި ގިނަ ވެފައި ހުރި މި އުދާސްތައް ބޭރުކުރަން ފެށީ އަހަރެންގެ މި ގަލަމުގެ ޒަރިއްޔާއިންނެވެ. އަހަރެންގެ ނޫސްމަޖައްލާތަކުގައި ވާހަކައިގެ ގޮތުގައި ލިޔެގެންނެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ރާސްތާ 3

Next

އެ ވަޢުދު (7)

Next
June 15, 2018

އެ ވަޢުދު (7)

Previews
June 15, 2018

ރާސްތާ 3

12 Comments!

  1. unique says:
    June 15, 2018 at 8:02 pm

    vv reethi story eh nanni

    1. Nanni says:
      June 16, 2018 at 8:51 pm

      Thn Q unique……. ufaaavejje nanni ge mi vaahaka vs unique ah kamudhiyaeema….

  2. Roxy says:
    June 15, 2018 at 8:16 pm

    Vvvvvvvvvvvvvvvvvv reeethi i jst lv u buddy ummwh ????

    1. Nanni says:
      June 16, 2018 at 8:54 pm

      Aye.. Thn Q Buddy… ly tooo…….. Roxy ah vaahaka kamudhiyaeeema m so happyyyyyyyy…

  3. Roxy says:
    June 15, 2018 at 8:18 pm

    Ckh hma vv reethi nanni vv mlhu u hv tht amazin talent buddu u cn do adhvx bettr kyp on goin drlin nvr giv up ??

    1. Nanni says:
      June 16, 2018 at 8:55 pm

      You too have that amazing talent Roxy… Juz go girl…… u can do it tooo. keep going.. never look back…..

  4. Livee says:
    June 15, 2018 at 8:37 pm

    Great job NANNI

    1. Nanni says:
      June 16, 2018 at 8:52 pm

      I noticed thth u write Nanni in block in ur comments. cn i ask y? btw thn q Livee

  5. Nunnu says:
    June 16, 2018 at 12:53 am

    V nice

    1. Nanni says:
      June 16, 2018 at 8:56 pm

      Thn Q Nunnu. thn Q for ur luvly comment……

  6. Saadhu says:
    June 16, 2018 at 9:33 pm

    Wow v furihama?

    1. Nanni says:
      June 16, 2018 at 9:48 pm

      Thn Q Saadhu

Comments are closed.



All Right Reserved!