Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފަރުދާ 2

Psenhi Level 410 Stories100 Comments100 Login
June 16, 2018 2 Mins Read
8 Comments

މާމައަކީ ވަރަށް ހިތްވަރުގަދަ ކެތްތެރި އިންސާނެކެވެ. ބޮޑު ކަމެއް ދިމާވެގެން ނޫނީ މާމަ އެވަރަކަށް ނުރޯނެކަން އަހަންނަށް އެނގެއެވެ. ކާފައަށް ކަމެއްވީތޯ އަހަރެން ސުވާލުކުރުމުން ދެފަރާތަށް ބޯހޫރާލިއެވެ. އެއަށްފަހު ތުރުތުރު ލަމުންދިޔަ އަތުން އިޝާރާތްކުރީ ހުޅުވާފައިހުރި ޓީވީއާއި ދިމާއަށެވެ. އަހަރެން ހައިރާންކަމާއިއެކު ޓީވީއަށް ބަލާލީމެވެ. އޭރު ދިގު ތުނބުޅިއެއްގެ ވެރިއެއް ޕޯޑިއަމްއެއްގެ ކައިރީގައިހުރެ ވާހަކަ ދައްކަމުން ދާ މަންޒަރު ޓީވީއެމްއިން ދައްކަމުންދެއެވެ. އަހަރެން ވާނުވާ ނޭނގިފައި އަނެއްކާވެސް މާމައާއި ސުވާލުކޮށްލީމެވެ. މާމަ އަހަރެންގެ ކިބައިން އެދުނީ އެދައްކާ ވާހަކަ އަޑުއެހުމަށެވެ. އަހަރެންގެ ސަމާލުކަން އެވާހަކައަށް ހުއްޓުނީ އެހިސާބުންނެވެ.
އޭ އުޚުތާއޭ ބުނެ ދެން ދައްކަންފެށި ވާހަކަތަކަކީ އަހަންނާއި މުޚާތަބުކޮށް ދައްކާ ވާހަކަތަކެއް ކަމުގައި އަހަންނަށް ހީވިއެވެ. އޭނާ ދެއްކީ މުޅީންވެސް އަހަރެންގެ އުޅުން ހުންނަ ގޮތުގެ ވާހަކައެވެ. އެއަށްފަހު މާތް الله އަށް ބިރުވެތިވުމަށާއި ތަޢުބާވުމަށް ގޮވާލިއެވެ. ސުވަރުގެ ލިބުމަށް އެދޭނަމަ އިސްލާޙުވުމަށް ނަޞޭޙަތްތެރިވިއެވެ. ސުވަރުގޭގެ ނިޢުމަތްތަކުގެ ވާހަކައިން ފެށިގެންގޮސް ނަރަކައިގެ ވޭންދެނިވި ޢަޛާބުގެ ވާހަކަ އިއްވާލިއިރު އަހަންނަށް އަޑުއަހަން ހޭދަކުރެވުނީ ކިހާ ވަގުތެއްކަމެއްވެސް ނޭނގެއެވެ. އެ ވާހަކަތަކަށް ބީރު ކަންފަތެއްދީ ދުރަށްދާން މަސައްކަތް ކުރި ނަމަވެސް އަހަރެންގެ ޟަމީރު އަހަރެން ހުއްޓުވީއެވެ. ދަރުސް ނިންމާލިކަން ޢިއުލާނުކުރުމުންވެސް އަހަންނަށް ހުރެވުނީ އެހެން ދިމާއެއް ބަލާލަން ނޭނގިފައެވެ. ފިނި އަތަކުން އަހަރެންގެ އަތް ތިލައިގާ ހިފުމުން އެނބުރުނުއިރު މާމަ އަހަންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީ އުންމީދާއެކުގައެވެ. ސިހުންލިބިފައިވާ އަހެރެންގެ ލޮލަށް ގިނަވެފައިވާ ކަރުނަތައް އޭގެ މަޤާމް ދޫކޮށް އޮހޮރެންފެށީވެސް އެވަގުތެވެ.
ދުވަހުގެ ބާކީބައި އަހަރެން ހޭދަކުރީ ކޮޓަރީގައެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކޮށްފައި މާމަ ގޮވުމުންވެސް އަހަރެން ކާހިތް ނެތްކަމަށް ބުނީމެވެ. އެރޭ އަހަންނަށް ނިދަން އުޅެއުޅެ ނިދޭ ގޮތެއް ނުވިއެވެ. ލޯ މަރާލިއަސް ފެންނަނީ އަލިފާންގަނޑެއްގެ ތެރޭގައި ހައްޔަރުވެ ސަލާމަތަށް އެދި އާދޭސްކުރާ މަންޒަރެވެ. އެންމެ ފަހުން އަހަރެން ޢަޒުމެއް ކަނޑައެޅީމެވެ. އެމީހާގެ ވާހަކަތަކުގެ ތެދުދޮގު ބަލާ ޔަޤީންކުރުމަށެވެ.
އަހަރެން ބެލި ބެލުމުން އެނގުނުގޮތުގައި އެއީ ޓީވީ އިން ވަގުތުން ގެނެސްދިން ރާއްޖޭގެ މަޝްހޫރު ޝެއިޚެއްގެ ދަރުސެކެވެ. އަހަރެން އެ ދަރުސް ޑައުންލޯޑް ކޮށްލުމަށްފަހު ފެށިގެން ނިމެންދެން އެތައް ފަހަރަކު އަޑުއެހީމެވެ. ހިތަށް ލިބުނު ނުތަނަވަސްކަންވީ އިތުރެވެ. އެރޭ އެއްގޮތަކަށްވެސް ނުނިދާ ހުރުމުން ޖެހިގެންއައިދުވަހު އޮފީހުން ޗުއްޓީއެއް ނެގުމަށްފަހު ގޭގައި މަޑުކޮށްލީމެވެ. އެކި ޝެއިޚުން އެމީހުންގެ ދަރުސްތަކުގައި ތަފާތު މަޢުލޫތަކަށް ދައްކާފައިވާ ވާހަކަތައް އަޑުއެހުމުގައި މުޅި ދުވަސް ހޭދަކުރީމެވެ. އެވަރުންވެސް ހުއްޓައެއް ނުލަމެވެ. އެމީހުން އެބުނާ ދަލީލުތަކުގެ ތެދުކަން ބެލުމަށް ގޫގުލްކޮށް އާޔަތްތަކާއި ހަދީޘްތަކުގެ މުރާދު އިނގިރޭސި ފޮތްތަކުގައިވާ ގޮތް ދެނެގަންނަން މަސައްކަތްކުރީމެވެ. ލިބުނީ ހަމަ އެއް ޖަވާބެކެވެ. އާއެކެވެ! އަހަންނަށް މިއުޅެވެނީ އަދި މުޅިއަކުން ރަނގަޅަކަށް ނޫނެވެ. އަހަރެންގެ ހެދުންއެޅުމުގެ ވައްޓަފާޅި އިސްލާމްދީނާއި މުޅިން ޚިލާފެވެ. އަހަރެން ފަދައިން ހެދުންލައިގެން އެހެނަސް އޮރިޔާމުން އުޅޭ އެއްވެސް މީހަކަށް ސުވަރުގެއާއި ގާތަކަށްވެސް ނުދެވޭނެކަން އެ ދަލީލުތަކުން އެއޮތީ ފެންނާށެވެ. ޢިއްފަތްތެރިކަމާއި ޢަބުރު ރައްކާތެރިކުރުމަށް ތިމާގެ ޢަމަލުތައް ބައްޓަންކުރަންވީ ކިހނެތްކަމާއި އެކަން އެގޮތަށް ނުކޮށްފިނަމަ ދުނިޔެއާއި އާޚިރަތުގައިވެސް ރައްކާތެރިކަމެއް ނެތްކަމެވެ. ނަމާދުއަޅާމީހާށް ކަށްވަޅުގައި ލިބިގެންދާނެ ޢަޒާބާއި ނާމާދުކުރުމަކީ ދީނުގެ ތަނބުކަމާއި އެކަން ދޫކޮށްލުމުން ދެދުނިޔޭގައިވެސް މަޚްރޫމްވަނީ އެތަށް ނިޢުމަތްތަކަކުންކަން އަހަންނަށް އެނގިގެންދިޔައެވެ. ދޫ ރައްކާތެރިކުރުމުގެ މުހިއްމުކަމާއި ރިވެތި އަޚްލާޤެއްގެ މަތީގައި ހުރުމަކީ ސުވަރުގެއަށް ދިއުމަށް ހުޅުވޭ ދޮރެއްކަން މާމައާއި ކާފަވެސް ކުޑައިރުއްސުރެ ބުނެދިންކަން ހަނދާންވީވެސް އެދުވަހުއެވެ. ދުނިޔެމަތީގައި الله ހަނދުމަކުރުމުން އެއްކިބާވެ ހިތުހުރިގޮތަކަށް އުޅެފިނަމަ އާޚިރަތުގައި އެމީހަކަށް ޔަޤީންވާތަނަކީ ނަރަކަކަމާއި ނަރަކައިގެ ބިރުވެރި ޚަބަރުތަކުގެ ވާހަކައިން އަހަރެންގެ ހިތް ބިރުން ވިރިގެންދާހެންހީވިއެވެ. މާތް الله އެންގެވިގޮތަށް އެމީހެއްގެ އުޅުން ބައްޓަންކޮށްފިމީހަކީ الله ލޯބިވެވޮޑިގެންވާ މީހެއްކަމާއި ދުނިޔެއާއި އާޚިރަތުގެ ނަސީބުވެރިއެއްކަމަށް ތަކުރާރުކޮށް ޝެއިޚުންގެ ވާހަކަތަކުގައި ބުނެދީފައިވެއެވެ. ސުވަރުގޭގެ މަތިވެރި ނިޢުމަތްތަކުގެ ވާހަކަ އަޑުއިވުމުން އަހަރެންވެސް އެތަނަށް ދިއުމަށް ދަހިވެތިވިއެވެ. ނަމަވެސް އުމުރުގެ ވޭތުވެދިޔަ ދުވަސްތައް ހޭދަކުރެވުނުގޮތުގެ ހަނދާން އާވުމާއިއެކު މާޔޫސްވާގޮތްވީ އަހަރެންފަދަ ފާފަވެރިއަކަށް ސުވަރުގެ ނުވަދެވޭނެހެން ހީވުމުންނެވެ. ކިތަންމެ ގިނަ ފާފައެއް ކުރިން ކުރެވިފައިވިއަސް ތަޢުބާގެ ދޮރު ހުޅުވިފައިވާކަން އެނގުނުހިނދު އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ. އަދި އަހަރެންގެ ދިރިއުޅުން އިސްލާޙުކުރުމަށް އަތުކުރި އޮޅާލީމެވެ.
އާދައިގެ މަތިން އެދުވަހުވެސް ނަތާޝާ އަހަންނަށް ގުޅީ ބައްދަލުކޮށްލުމަށެވެ. ބޭރަށް ގޮސް މަޖާކޮށްލާށެވެ. ނަމަވެސް އަހަރެން އިންކާރުކުރީމެވެ. ކުޑަކޮށް ބަލިކަމާއި އެއްވެސް މީހަކާއި ބައްދަލުކުރަން ބޭނުންނުވާކަމަށް ބުނީމެވެ. ނަތާޝާ އިތުރަށް ކުރި އެއްވެސް ސުވާލަކަށް ޖަވާބުނުދީ ފޯނު ކަނޑާލުމުން އޭނާ އިތުރަކަށް ނުގުޅައެވެ.
ހަމަ އެދުވަހު މާމަގެ ފަރާތުން އަހަރެން ދީނީ ކަންކަމާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވީމެވެ. އެންމެ ފުރަތަމަ ކަމަކަށް އައުރަ ނިވާކުރީމެވެ. ހަށިގަނޑުގެ ވަނާތައް ފާޅުނުވާ ގަޔަށް ދޫ ޖިލްބާބާއިއެކު ބުރުގާ އެޅުމުން އަހަންނެކޭ އެއްފަދައިން މާމަވެސް އުފާވެފާވަނިކޮށް އަހަރެން ދުށީމެވެ.
ޖެހިގެންއައިދުވަހު އަރައިގެންއައި އިރާއެކީ ނަތާޝާ އަހަރެންގެ ގެއަށް ޒިޔާރާތްކުރިއެވެ. ބެލްޖެހުމުން ދޮރުހުޅުވީ އަހަންނެވެ. އަހަންނަށް އައިސްފައިވާ ބަދަލުފެނި އޭނާހުރީ އަނގަ ހުޅުވިގޮތަށް ލައްޕާލަންވެސް ހަނދާންނެތިފައެވެ. އައީ ވަރަށް އުފާވެރި ޚަބަރަކާއި އެއްކޮށޭ ބުނީ ދެޚިޔާލެއްގައިހުރެކަން ނަތާޝާގެ މޫނުމަތީގައިހުރި ކުލަވަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ.
-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Psenhi

Level 410 Stories100 Comments100 Login

Writing is my hobby. I love to read and write stories of different styles. An informative writing come from lot of readings.

Other Articles

Previous

ހުޅުކޮޅު 27

Next

ނުހައްގުލޯބި (4)

Next
June 16, 2018

ނުހައްގުލޯބި (4)

Previews
June 15, 2018

ހުޅުކޮޅު 27

8 Comments!

  1. shiman says:
    June 16, 2018 at 11:55 am

    Masha allah vvv reethi mi part..waiting for next part

  2. Roxy says:
    June 16, 2018 at 12:24 pm

    Vvv reethi whn nxt prt buddy?? ??

    1. Psenhi says:
      June 16, 2018 at 3:53 pm

      Tomorrow InSha Allah

  3. Flwr says:
    June 16, 2018 at 12:58 pm

    V reethi….bt haadha kurey

  4. unique says:
    June 16, 2018 at 2:36 pm

    vv reethi

  5. Nunnu says:
    June 16, 2018 at 4:32 pm

    vv reethi
    thankolheh kuree
    when next part

  6. Livee says:
    June 16, 2018 at 5:14 pm

    Vv reethi when next part

  7. Amee says:
    June 16, 2018 at 10:00 pm

    Vvvvv salhi???
    When next part

Comments are closed.

Next Episodeފަރުދާ 3←


All Right Reserved!