Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 5

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
June 18, 2018 5 Mins Read
31 Comments

އާދާގެ މަތިން މިއަދުވެސް ނަވްޔާއާ އިސްރާ ބެންޗުގަ މަޑުކޮށްގެން ތިބީ މާނީއާ އިޝްމާ އަންނަންދެނެވެ. އިސްރާ ކޮންމެސް ކަމަކާ ވިސްނާހެން ނަވްޔާއަށް ހީވިއެވެ. އެއީ އެހެންނާ ހުއްޓާނުލާ އަނގަތަޅާ ކުއްޖާ މިއަދު އަނގައިން އެންމެ ބަހެއްވެސް ނުބުނެެއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީ މާނީމެން އަންނަންދެނެވެ.

ސްކޫލްގޭޓުން އެތެރެއަށް ވަދެގެން އައި އިޝްމާއާ މާނީ ނަވްޔާގެ ލޮލުގައި އަޅާގަތުމުން އިސްރާ ގައިގަ ކޮށްޓާލިއެވެ. ޚިޔާލަށް ގެއްލިފައި އިން އިސްރާ ނަވްޔާ ކޮށްޓާލުމުން ގޭޓާ ދިމާއަށް ބަލާލިއެވެ. އޭރު މާނީ ދުވަމުން ކަހަލަ ގޮތަކަށް އެމީހުންނާ ދިމާއަށް އާދެއެވެ. “ހެއި ހިނގާބަ މިއަދު އާހަރުންގެއަށް ގްރޫޕް ސްޓަޑީ ހަދަން. މިއަދު އޮންނާނެ މެޗުވެސް އޭރުން އެންމެނަށް އެއްކޮށް މެޗުވެސް ބެލޭނެ ސަޅިވާނު” މާނީ ދުވަމުން އެއައީ އެވާހަކަ ބުނަންތާއޭ އިސްރާ ހިތަށް އެރިއެވެ. “އެންމެ ފުރަތަމަ ހިނގާބަ ކްލާހަށް ދެވޭތޯ އެއަށްފަހު ދެން ވާހަކަ ދައްކާނީ” އިޝްމާގެ ފަހަތުން އަނެއް ތިން ކުދިން ގޮސް ކްލާހަށްވަނެވެ. އޭރު ސުމާ ވަށާގެން އަންހެންކުދިންތައް ތިއްބެވެ. ހީވާގޮތުން ވެއްޖެޔާ ކޮންމެވެސް މޮޅު އެއްޗެށް ސުމާ އެކުދިންނަށް ދައްކަނީއެވެ. ސުމާ އެކުދިންނަށް އެ ދައްކާނީ ކޯޗެއްތޯ މާނީ ބަލާލާހިތްވިއެވެ. ދަބަސް ގޮނޑީގަ ބަހައްޓާފަ ސުމާއިންތަނަށްގޮސް ހުއްޓިލިއެވެ. ސުމާ ހިފައިގެން އިންއެތި ފެނި މާނީގެ ދެ ލޯބޮޑުވިއެވެ. އަނގަވެސް ތަންމިނަށް ހުޅުވިގެން ދިޔައެވެ. މާނީއަށް ވީ ގޮތް ފެނި ނަވްޔާމެން ހައިރާންވިއެވެ. އަދި  ކޯޗެއްތޯ އެބަލަނީ އަހާލިއެވެ. ކުއްލިއަކަށް ހީވީ ކްލާހުގައި ހަމެއް ފަޅާލިހެންނެވެ. ބާރު ބާރަށް މާނީ ހޭންފެށިއެވެ. ބަނޑުގައި އަތް އަޅާގެން އޮވެ ހެމުންދިޔައިރު ލޮލުން ފެންވެސް އާދެއެވެ. ސުމާއާ ދެން ތިބި ކުދިންވެސް ފާޑަކަށް މާނީއާ ދިމާއަށް ބަލަހައްޓައިގެން ތިއްބެވެ. “ސުމާ ޔޫއާ ކްރޭޒީ ސީރިއަސްކޮށް ހަހަަހަހަ…ހަހަަ…” މާނީގެ ހުނުމެއް ނުހުއްޓުނެވެ. ނަވްޔާވެސް ސުމާ އަތުގައި އޮތީ ކޯއްޗެއްތޯ ބަލާލިއެވެ. ނަވްޔާ މޫނަށް އަރާފައިބަންފެށި ކުލައިން އޭނާ ނުހޭން މަސައްކަތް ކުރާކަން އެނގެއެވެ. “މާނީ ދޯ މޮޔައެއްހެން ތި ހެނީ މަށެއް ނޫންދޯ. މަ އާރާޝްގެ ފޮޓޮއެއް ގެންގުޅުމަކީ މައްސަލައެއްތަ؟” ސުމާ އޭނަ އަތުގައި އޮތް އާރާޝްގެ ފޮޓޯ ނަގާ ދައްކާލިއެވެ. އެއީ ނޫހެއްގަ އިން އާރާޝްގެ ފޮޓޯއެކެވެ. ސުމާ އޭތި ކަފައިގެން ސްކޫލަށް ގެނެސް އެންމެންނަށް ދައްކަނީއެވެ. މާނީ ހުނުން ކޮންޓްރޯލް ކުރެވޭތޯ ކުރަމުން ދިޔަ މަސައްކަތް ވީ ބޭކާރެވެ. އިސްރާއަށްވެސް ނީންދެވުގެން ހޭންފެށިއެވެ. ނަވްޔާއާ އިޝްމާ ގެންދިޔައީ ނުހޭން ވަރަށްް މަސައްކަތް ކުރަމުންނެވެ. ބެލް ޖެހުމާއެކު ހުރިހާ ކުދިން އެސެމްބްލީއަށް ނުކުތެވެ. ޤުރުއާން ކިޔެވި ގަޑީގަވެސް އިސްރާއާ މާނީއަށް ހެވެމުން ދިޔައެވެ. އެސެމްބްލީ ނިމުމުން ހުރިހާ ކުދިން ގޮސް ކްލާހަށް ވަނެވެ. މާނީއާ އިސްރާ ހޭތީވެ ސުމާ އެ މީހުންނަށް ލޯ އަޅާލުމަށްފަހު އޭނާގެ ގޮނޑީގައި އިށީނެވެ. “ސީރިއަސްކޮށް މި މީހުން މި ތިބެނީ ހަމަ މޮޔަ ވެފަ. އާރާޝްވެސް ހީހީ ހަލާކުވާނެ” މާނީ ހެމުން ހެމުން ބުންޏެވެ. ދެން ތިބި ތިން ކުދިންވެސް އެކަމާ އެއްބަސް ވިއެވެ. އެ ކުދިންނަށް އިތުރު ވާހަކައެއް ނުދެއްކިގެން އުޅެނިކޮށް ބަޔޮލަޖީ ޓީޗަރު ކްލާހަށްއައެވެ. އިތުރު ވާހަކަ ނުދައްކާ ހުރިހާ ކުދިންވެސް ބެލީ ފިލާވަޅާގެން ކުރިއަށް ދެވޭތޯއެވެ.

އިތުރު ވާހަކަ ދައްކަަން އެ ކުދިންނަށް ފުރުސަތު ލިބުނީ ބްރޭކް ގަޑީގައެވެ. ހުރިހާ ކުދިން ވާހަކަ ދެއްކުމަށްފަހު ނިންމީ އެ ދުވަހު މާނީމެން ގެއަަށް ދާށެވެ. “މިއަދު މާނީމެން ގެއަަށް ގޮއްސަ ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފަ އެބައޮތް އިނގޭ.” ވަރަށް ވިސްނަން އިނދެފައި އިސްރާ ބުނެލިއެވެ. “ކިތަންމެ ބޮޑު ވާހަކައަކަސް އަހަރުން މި ތިބީ އަޑުއަހަން ތައްޔާރަށް” އިޝްމާ ބުންޏެވެ.

ސްކޫލް ނިމިގެން ގެއަށް ދިޔަ ގޮތަށް ނަވްޔާ އޭނާގެ މަންމަ ރައުފާގާތު މާނީމެން ގެއަށް ދިއުމަށް ހުއްދަ ހޯދިއެވެ. ރައުފާ ވަގުތުން އެއްބަސްވިއެވެ. ރައުފާއަށް އެކުދިން ވަރަށް ރަނގަޅަށް އެނގެއެވެ. ނަވްޔާދެކެ ވާ ލޯބި އަނެއް ތިން ކުދިން ދެކެވެސްވެއެވެ. “ނަވްޔާ ސްކޫލްގަ ހުއްޓަ ދޮންބެ ގުޅި ބުނި ނަވްޔާއަށް ސަލާން ބުނައްޗޯ. ދެން ބުނި ނަވްޔާގެ ފޯނަށް އިންނާނެއޯ މެސެޖެއް ކޮށްފަ އެ ބަލާލަށްޗޯ.” ރައުފާ ކަމެއް ހަނދާންވުމުން ބުނެލިއެވެ. ނަވްޔާ ދުވެލާފަ ގޮސް އޭނާގެ ކޮޓަރިއަށްވަނެވެ. ފުދޭވަރަކަށް ބޮޑު ކޮޓަރިއެކެވެ. ހަތަރު ފާރުގައި ފިޔާތޮށި ކުލަ ލާފައި ހުރިއިރު ސީލިންގްގައި ވަނީ މަޑު ފިޔާތޮށިކުލަ ލާފައެވެ. ކޮޓަރީގެ މެދަށްވާކަހަލަ ގޮތަކަށް ސިންގަލް އެނދެން ހުއްޓެވެ. އެނދުގެ ވައަތް ފަރާތުގައި ބޮޑު އަލަމާރިއަކާ ރީތިވާ މޭޒެށް ހުއްޓެވެ. އެނދުގެ ކަނާއަތް ފަރާތުގައި ކިޔާވާ މޭޒެށްވެސް ބަހައްޓާފައި ހުއްޓެވެ. ކިޔަވާ މޭޒުމަތީ ދަބަސް ބެހެއްޓުމަށްފަހު އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގައި ވައިފައި ޖައްސާލިއެވެ. އޭނާގެ ދޮންބެގެ ތިން މެސެޖް އައިސްފައި ހުއްޓެވެ. “ހެއި ނާޔާ މީ މާއިޒް އިނގޭ. ވަރަށް ބޮޑަށް ސޮރީ ނާޔާއާ ވާހަކަ ނުދެއްކޭތީވެ. އެކަމު ފޯނު ހަލާކުވެގެން ހަމަ މެސެޖެއްކޮށް ނުލެވިގެން މި އުޅެނީ. ނުންނުއަށް ވެސް ގުޅެނީ ވަރަށް މަދުން. މިއަދު ހަނދާންވީ އަކްމަލްގެ ފޯނުންވެސް ނާޔާއަަށް މެސެޖް ކުރެވޭނެކަަން  އެހެންވެ ނީންދެވިގެން މި މެސެޖް ކުރަނީ. އެނގޭ މިގަޑީގަ ނާޔާ ހުންނާނީ ސްކޫލްގަ ކަންވެސް އެކަމުވެސް… ނާޔާާާާާއަށް މެސްޖް ލިބުނުހާ އަވަހަކަށް ރިޕްލައި ކުރައްޗޭ. ލަވް ޔޫ ނާޔާ” އެންމެ ފުރަތަމަވެސް އޮތީ އަކްމަލްގެ ފޯނުން މާއިޒްކޮށްފަ އިން މެސެޖެކެވެ. މާއިޒްގެ ދިގު މެސެޖްކިޔަމުން ދިޔައިރު ނަވްޔާގެ މޫނުމަތީގައި ނުފިލާ ހިނިތުންވުމެށް ހުއްޓެވެ. މާއިޒްގެ މެސެޖަށްފަހު ދެން އިނީ އަކްމަލްގެ މެސެޖެކެވެ. އަކްމަލް ނަވްޔާގެ ހާލު އޮޅުންފިލުވާފައި އޮތެވެ.އެއަށް ފަހު ބައިވަރު އިމޯޖީސް ތަކެއް ހުރި މެސެޖެށް ފޮނުވާފައި އިނެވެ. އަކްމަލް އަދި މާއިޒްގެ މެސެޖަށް ރިޕްލައި ކުރުމަށްފަހު ނަވްޔާ އަވަސްވެގަތީ ފެންވާރާށެވެ.

ބަދިގޭގައި ކައްކަން އިން އިރު ރައުފާގެ މޫނު މަތީގައި ނުފިލާ ހިނިތުންވުމެށް ހުއްޓެވެ. އޭނާގެ ދެދަރިންވެސް ބޮޑުވެއްޖެޔޭ ހިތަށްއެރިއެވެ. އެކަމު އޭނާއަަށް ހީވަމުން ދިޔައީ އަދި އިއްޔެހެން އަކްމަލް އޭނާގެ އަތުތެރޭގައި ގެންގުޅެމުން ދިޔައީ. އަދި ނަވްޔާއާ ދެކުދިން ގޮވައިގެން ޕާކަށް ގޮސް ހެދީވެސް އިއްޔެހެން އޭނާއަށް ހީވަމުން ދިޔައެވެ. “މަށަށް ހީވަނީ ރައު ހޭލަ އިނދެ ހުވަފެން ބަލަނީހެން. އެހެންވެ ދޯ ކަމެއް ނުވަނީސް ހޭނީ” ރައުފާގެ ފަހަތުން އިވުނީ އޭނާގެ ފިރިމީހާ ދާނިޝްގެ އަޑެވެ. “އަހަރެން މިހިތަށް އަރަނީ ހާދަ އަވަހޭ ދުވަސްތައް ދާލެއް” ” އެހެންދޯ މަވެސް ހަމަ ހިތަށް މިއަރަނީ ތިހެން. އަކްމަލްއާ ނަވްޔާ ހާދައަވަހަކަށޭ އެ ބޮޑެތިވީ. ހަމަ ބަލަބަލާ ތިއްބަ ދޯ. މިހާރު ދެން މިއޮތީ އެ ކުދިން އަހަރުމެން ބަލަންޖެހޭ ދުވަސް އައިސަށް މަށަށް ޔަގީން އަކްމަލްވެސް ނަވްޔާވެސް އަހަރުމެން ބަލާނެކަން. ވަރަށް އުފާވޭ އެހަ ބަސްއަހާ ދެ ކުދިން ތިބީތީވެ.” ދާނިޝްއާ ރައުފާ އެދެމީހުންގެ ކުދިންނާ މެދު އުފާވެއެވެ. އަކްމަލް އަދި ނަވްޔާއަކީވެސް އެމީހުން ބޭނުންވާފަދަ ބަސްއަހާ ދެ ކުދިންނެވެ. އަކްމަލްއަކީ ކިޔެވުމަށް އެހާ މޮޅު ކުއްޖެއްނޫނެވެ. ނަމަވެސް އޭގެ ބަދަލަށް ނަވްޔާއަކީ ކިޔެވުމަށް މޮޅު ހިތްއަލި ކުއްޖެކެވެ. ނަމަވެސް އެދެމީހުން ދުވަހަކުވެސް އަކްމަލްއާ ނަވްޔާ ތަފާތެއްނުކުރެއެވެ. އަދި ކިޔެވުމަށް އަކްމަލްއަށް ޕެރެޝަރެއްވެސް ނުކުރެއެވެ. އެހެނީ އަކްމަލް ކިތަންމެ ވަރަކަށް މަސައްކަތް ކުރިއަސް ނަވްޔާއާ އެއްވަރަކަށް ނަތީޖާއެއް ރަނގަޅެއްނުކުރެވެއެވެ. ނަމަވެސް އޯލެވެލްގައި ހުރިހާ މާއްދާއަކުން އަކްމަލް ފާސްވިއެވެ. އަދި ހަތަރު އޭވެސް ގެނައެވެ. ރައުފާއާ ދާނިޝްއަށް އެވަރު ފުދެއެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި ކޮންމެ ކުއްޖަކު ގަދަ ދިހައެއްގައި ހިމެނޭކަށް ނުޖެހެއެވެ. ހުރިހާ ކުދިންނަކީ ކިޔެވުމަށް އެންމެ މޮޅުކުދިންނެއް ނޫނެވެ. އަކްމަލް ފުޓުބޯޅަ ކުޅޭ ހިތްވާ ވާހަކަ ބުނުމުން އެމީހުން އެކަމަށް އަކްމަލްއަށް ފުރިހަމަ އެއްބާރުލުން ދިނެވެ. އެހެނީ އެ ކުއްޖަކު ކުރާ ހިތްވާ ކަމެއް ކުރުމުގެ ފުރުސަތު ދޭންވާނެއެވެެ. މިއަދު އަކްމަލް ޤައުމީޓީމާ އެއްކޮށް ވީތީވެ އެމީހުން އުފާކުރެއެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި އަކްމަލް ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ އެއް ނަންބަރު ކީޕަރުގެ މަގާމް އަކްމަލްއަށް ލިބޭނެއެވެ. ރައުފާއާ ދާނިޝް ކުދިން ކުޑައިރުގެ ވާހަކަދައްކަމުން ދަނިކޮށް ނަވްޔާ އެތަނަށް އައެވެ. އެ މީހުން ނަވްޔާއާވެސް އެ ވާހަކަތައް ކިޔާދެމުން ދިޔައެވެ.

****************

“ނުދެވޭނެ ސާފު ދިވެހި ބަހުން އިސްރާގާތު މަ މިބުނީ ނުދެވޭނޭ. ކިޔަވަންށޭ ކިޔާފަ ދާނީ އެކަމު މަށަށް ޔަގީން ނުކިޔަވާނެކަން. އެހެންވީމަ ނުދެވޭނެ އިސްރާ ޖެހޭނީ ގޭގަ އެކަނި އިނދެ ކިޔަވަން” އިސްރާ ފަރުހާ ގާތު ހުއްދައަށް އެދުމުން ފަރުހާ ދެކޮޅު ހެދިއެވެ. އިސްރާ ދެވަނަ ފަހަރަށް އެހުމުންވެސް ފަރުހާ ދެކޮޅު ހެދިއެވެ. ފަރުހާ ހުއްދަނުދިނުމުން އިދްރާ ވަރަށް ދެރަވިއެވެ. އޭނާއަކީ ވަރަށް ފަސޭހައިން ރޮވޭ ކުއްޖަކަށް ވުމުން ރޮވެން ފެށުނެވެ. އޮފީސް ބްރޭކް ގަޑީގައި ގެއަަށް އައި ނައުޝާދުއަށް އިސްރާ ރޯމަންޒަރު ފެނުނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ރޯތަން ފެނުމުން ވީ ކިހިނެއްތޯ ބެލުމަށް އަވަސްވެގަތެވެ. “ދަރިފުޅާ ކިހިނެއްވީ؟” ނައުޝާދް ވަރަށް ލޯބިން އައިސް އިސްރާ ގަތު އެހިއެވެ. ” މާނީމެން ގެއަށް ނުފޮނުވާނަމޭ ބުނީމަ އެ ރޮނީ. މިހާރު ޓެސްޓު…” ފަރުހާ އެހީސާބަށް ބުނުމާއެކު ނައުޝާދް އޭނަގެ ވާހަކަ ހުއްޓުވިއެވެ.” އިސްރާ ކިހާއިރަކު ދާންހެނީ؟ ތައްޔާރުވެގެން ބައްޕައަަށް ގުޅާލާ އޭރުން ބައްޕަ ބަލާއަންނާނަން” ނައުޝާދް އެހެން ބުނުމާއެކު އިސްރާ ބޯޖަހާލިއެވެ. އަދި ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. “ފަރުހާ ޓެސްޓޭ ކިޔާފަ ކޮންމެހެން އިސްރާއެގެއަށް ނުފޮނުވަން އުޅޭނެކަމެއް ނެތް. ފަރުހާއަށްވެސް ހަމަ ރަނގަޅަށް އެނގޭނެ އެކުދިންނަކީ ކިޔަވާ ކުދިންކަން އިސްރާ އޯލެވެލް ހެދިއިރުވެސް އެކުދިންނާ އެކީ ކަން ކިޔެވީ. ހަތަރު ކުދިންވެސް އެއްވަނައަށް އެރީ އެހެންވީމަ މިއަދުވަކި ކީއްވެ ނުކިޔަވަންވީ؟ ފަރުހާގެ ސަބަބުން ވޭތުވެ ދިޔަ ދިހަ އަހަރު އިސްރާ ސްކޫލްގެ އެއްވެސް އިތުރު ހަރަކާތެއްގަ ބައިވެރިނުވޭ. އަހަރެންވެސް އަޅާ ނުލާ ހުރީ އެއީ ފަރުހާ އެހެން ހަދަނީ ރަނގަޅަކަށް ކަމަށް ބަލާފަ. އެކަމު މިއަދު އަހަންނަށް ވިސްނިއްޖެ އެއީ އަހަންނަށް ހެދުނު ބޮޑު ގޯހެއްކަން.” ނައުޝާދް އެހެން ބުނުމަށްފަހު އެތަނުން ދިޔައީއެވެ. ނައުޝާދް އެގޮތަށް ކަންތައް ކުރުމުން ފަރުހާ ހިތްހަމަނުޖެހުނެވެ.

*******************

ހަވީރު ކުދިން އަންނަން ވާއިރަށް މާނީ ރީތިވެގެން ސިޓިންރޫމްގައި ފޮތްތައް ހަމަޖައްސާލިއެވެ. އޮނަގަނޑާހަމައަށް އަންނަ ފަން އިސްތަށިގަނޑު ވަނީ ވޫލް ކޮޅަކުން އައްސާފައެވެ. މިއަދަކީ މެޗު އޮންނަ ދުވަސްކަމުން މާނީ ހުރީ ގައުމީ ޓީމުގެ ޖޯޒީއެއް ލައިގެނެވެ. ޖޯޒީގައަ ވަނީ މާއިޒްގެ ނަން ޖަހާފައެވެ. ތިރިން ކަޅު ޓައިޓެއް ލާފައިހުރިއިރު މާނީއާ ނުހަނު ގުޅެއެވެ. ގޭގެ ބެލް ޖެހުމާއެކު މާނީގިސް ދޮރު ހުޅުވިއެވެ. އޭރު ނަވްޔާއާ އިސްރާގެ އިތުރުން އިޝްމާވެސް ދޮރު މަތީގައި ހުއްޓެވެ. ތިން ކުދިން އެކީ ގޮސް ސޯފާގައި އިށީނެވެ. އޭރު މާނީ ތަބަކެއްގެ ތެރެއަށް ހޫނު ހޫނު ހަތަރު ކޮފީތަށި ލައިގެން އައިސް ސޯފާކުރި މަތީ ހުރި މޭޒުމަތިގަ ބެހެއްޓިއެވެ. “ފުރަތަމަ ކޮފީ ބޯނީ އެ ގަޑީގަ އިސްރާ ދައްކަން އުޅުނު ބޮޑު ވާހަކަ ދައްކާނީ އޯކޭނު؟” ފަހަރަކު މީހަކަށް ކޮފީތަށި ދެމުން މާނީ ބުންޏެވެ. ނަވްޔާއާ އިޝްމާ ބޯޖަހާލިއެވެ. ނަމަވެސް އިސްރާ އިސްޖަހައިގެން އިނީއެވެ. ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު އިސްރާ ފުން ނޭވައެއް ލިއެވެ. “ތި އެންމެންނަށްވެސް އިނގޭނެ މަގޭ މަންމަ ފުޓުބޯޅަ ކުޅޭ މީހުންނާ މެދު ދެކޭ ގޮތް. އަހުސަމްއަކީ ވެސް ފުޓްބޯލް ޕްލޭޔަރެެއްނު ތި މީހުންނަށް ހީވޭތަ މަންމަ މަށާ އަހުސަމްއާ އޯކޭ ވާނެހެން؟” އިސްރާ އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލު ކޮށްލިއެވެ. ނަވްޔާ މާނީ އަދި އިޝްމާ ތިން ކުދިންނާ ދިމާއަށް ބަލާލިއެވެ. އެމީހުންނަށް ވެސް ފަރުހާގެ ގޮތް ރަނގަޅަށް އެނގެއެވެ. އެއްވެސް ކުއްޖަކު އިސްރާ ދެރަ ކުރާކަށެއް ބޭނުމެއްނޫނެވެ. މިއީ ދުވާލުކަން އެކުދިންނަށް އެނގޭ ފަދައިން ފަރުހާ އަހުސަމްއާ ގަބޫލުނުވާނެކަން އެކުދިންނަށް އެނގެއެވެ. އެހެންވެ އެއްޗެކޭ ނުބުނެ ތިއްބެވެ. “އަހަރެން ބޭނުމެއްނޫން އަހުސަމް ގެއްލޭކަށެއް. އަހޫދެކެ ވަރަށް ލޯބިވޭ.” އިސްރާއަށް ރޮވުނެވެ. ލޯބީގަ އެއްފަހަރު އޭނާ ނާކާމިޔާބު ވެއްޖެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުވާކަށް އިސްރާ ބޭނުމެއް ނޫނެވެ. އިސްރާ ރޯންފެށުމާއެކު ދެންތިބި ތިން ކުދިން އެކި ވާހަކަ ދައްކާގެން އިސްރާ ހަމަޖެއްސޭތޯ އުޅުނެވެ. ނަސީބަކުން ދިހަ ވަރަކަށް މިނެޓް ތެރޭ އިސްރާ ހަމައަކަށް އެޅުނެވެ.

ނުނިމޭ

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Other Articles

Previous

ލޯބިކަން 14

Next

އެދުވަސް

Next
June 19, 2018

އެދުވަސް

Previews
June 18, 2018

ލޯބިކަން 14

31 Comments!

  1. Kiyara says:
    June 18, 2018 at 10:37 pm

    Slm hurihaa kudhin miothy storyge 5vana part. Mi bain mi storyga ulhey e kuhjje aneh kujjakaa oii relation engigen dhaane kamah ummedhu kuran

  2. Oool says:
    June 18, 2018 at 10:43 pm

    Am i first….

    1. Kiyara says:
      June 18, 2018 at 10:47 pm

      Congrats Oool ure first

  3. Akuu says:
    June 18, 2018 at 10:54 pm

    Alhey.. amsxin stry.. luv this one ♥️✨

    1. Kiyara says:
      June 18, 2018 at 11:02 pm

      Thanks akuu❤️❣️♥️

  4. Shiman says:
    June 18, 2018 at 10:57 pm

    Vvv reethi

    1. Kiyara says:
      June 18, 2018 at 11:01 pm

      Thanks shiman

  5. Nunnu says:
    June 18, 2018 at 11:18 pm

    Vv reethi mi part ves
    Mihaaru Kommes varakah vaanuvaa ingey eba
    When next part

    1. Kiyara says:
      June 19, 2018 at 1:00 am

      Thanks Nunnu varah ufaavehjje Nunnu ah getvaa goii vyma. Ummedhu kurany foohikameh nethi vaahaka nimendhekah story kiyaane kamah♥️

  6. unique says:
    June 18, 2018 at 11:53 pm

    vvv reethi hama luv it vvv cool story eh miee……….. kiyara ge idea vvv hama amazin n fab

    1. Kiyara says:
      June 19, 2018 at 1:01 am

      Thanks unique. ♥️

  7. Maii says:
    June 19, 2018 at 4:53 am

    Maaiz aky maany ge bro right

    1. Kiyara says:
      June 19, 2018 at 8:17 am

      Yes maii

  8. Amee says:
    June 19, 2018 at 8:43 am

    Vvv reethi♥❤..when next part…

    1. Kiyara says:
      June 19, 2018 at 12:39 pm

      Thanks. Amee♥️♥️next part Fridayga kamah balamaa

  9. Stry kiyaa man says:
    June 19, 2018 at 9:23 am

    Masha allah v furihama.
    Miyy STM ge first comm mi stry ah kuraa.dear ge kury stry ekey eh gothah mi stry vex salhi koh gen dhaane kamah heekuran.ey dear mi stry ga goathiyy kon kudhin neh thr.kuda koh e bai olhun araa eheh noony hama ok.kon irakun next part up vaany.waiting ..
    -Salaam dear-????

    1. Kiyara says:
      June 19, 2018 at 12:37 pm

      W.salaam.Thanks story kiyaa man. Varah ufaavehjje comment kohllyma. Srory kiyaa man ah neyngeny mi story ga goahy kon kudhinneh kantha or main characters tha?
      Next part ISA fridayga kamah balamaa. ????

    2. Stry kiyaa man says:
      June 19, 2018 at 2:02 pm

      I mean family kudhin naky kba heyyy

    3. Kiyara says:
      June 19, 2018 at 2:21 pm

      Oh ehen dho.
      Maaiz and Maany aky siblings and e dhekudhinge cuxineh Ishma aky.
      Akmal and Navya aky vx siblings.

  10. Alhey says:
    June 19, 2018 at 12:26 pm

    Maany aa ishma aa ey cousins tha? Maany ge bro maaiz? Navya ge bro akmal?
    V confuse vey.. adhi vs neyge vaanuvaa ehaa rangalhakah.. maany ge mom nethyma ishma ge mom tha maany balany? Dhnneyge mivaagotheh.. arash ge mom aky kaaku?

    1. Kiyara says:
      June 19, 2018 at 12:33 pm

      Ya. Maany and ishma aky cousins. Maaiz aky maanyge bro Akmal aky navya ge bro. Aarashge mom aky afraa.

  11. Livee says:
    June 19, 2018 at 1:35 pm

    Vv reethi ekamu kodakoh confused

    1. Kiyara says:
      June 19, 2018 at 2:16 pm

      Thanks Livee?

  12. Unknown girlll.. says:
    June 19, 2018 at 8:43 pm

    Mi part ves v reethi…kiyaadheba mivaahakaiga gulhey partners and sibling ,cousins or other relative……4 the first time im reading a story of yours…..and thankyuo explain kohdhineema kurrege doubt…by the way how many years old are you?☺☺?❤❤❤❤ love ya ..more.. all the best…?

    1. Kiyara says:
      June 19, 2018 at 9:34 pm

      Awwwwwn thanks unkown girlll.i am going to be 17 this year. Mi story kuriah gendhan inna gothun adhi neii hurihaa couples eh bunedheveykah akam story kuriah dhaa varakah hurihaa ehcheves ingemundhaane ISA. LY2 unkown girlll❤️❤️❤️❤️?❣️

  13. Eemyaa says:
    June 19, 2018 at 11:17 pm

    Hello kiyara ? U r doing a grt job. Well done ???
    V v v reethi mi vaahaka.. i lov it ❤❤❤
    I think aaraash nd ishma has a dark secret,
    And maany nd aaraash are couxins.. ??
    Eagerly waiting for next part
    Good luck dear ???

    1. Kiyara says:
      June 20, 2018 at 8:23 pm

      Hello Eemyaa. Thanks fr the lovely comment. Hingaa dho balamaa. So many questions right?❤️❤️❤️❤️????

  14. reader says:
    June 20, 2018 at 8:12 pm

    For your kind info, football ga neennaane formation 4-4-3 eh since I’m a u16 football player ??‍♂️

    1. Kiyara says:
      June 20, 2018 at 8:20 pm

      Thanks reader for pointing out the mistake. Its 3–4–3 right? Eii olhumakun sry fr that

  15. $@@t#!! says:
    June 22, 2018 at 3:10 pm

    When nxt prt

  16. Anonymous says:
    June 22, 2018 at 7:16 pm

    8 ga dhw nxt prt??

Comments are closed.


All Right Reserved!