އާދޭސް ކުރާ ހިތްވޭ ރޮމުން (43)
“އައިލީ ވީ އާރ މެރީޑް… ދިޒް އިޒް މައި ވައިފް” ދާނިޝް އިއްވާލިއެވެ.
ދާނިޝް އިއްވާލުމާއެކު އައިލީޝް އަށް ދެލޯ ބޮޑު ކޮށްލެވުނެވެ.
އޭނާ ގާތު އެ ފަދަ އެއްވެސް ވާހަކައެއް މިހާ ދުވަސްވިއިރު ނުދެއްކީ ކީއްވެތޯ އަހަން ބޭޏުންވިޔަސް ލިބިފައި ހުރި ޝޮކްގެ ސަބަބުން އެވަގުތު އެއްވެސް ވާހަކައެއް އެހޭ ގޮތެއްނުވިއެވެ.
“އަސްލު އިނގޭ އައިލީ ދެރަވާނެކަންވެސް… އެނގޭ އައިލީ ގެ ހިތުގެ ބައިވަރު ސުވާލް އުފެދޭނެކަނެކަންވެސް… އެކަމަކުވެސް… އެކަމަކުވެސް އިތުރު ގޮތެއްނެތީ އައިލީ… ޒީ އަކީ ދޮންބެގެ ވައިފް… އައިލީ އަށް ނޭނގި މިކަން މިގޮތަށް ކުރަން ޖެހުނީމަވެސް ވަރަށް ދެރަވި… އެކަމަކުވެސް މިފަހަރު ކަންތަށް ދިމާވި ގޮތް މީ” ދާނިޝް ވާހަކަ ކޮޅު ހުއްޓާލިއެވެ.
“އައިލީ އަށް އަދި އެއްވެސް ހަގީގަތެއް ނޭނގޭނެ. މިވަގުތު އައިލީ ގާތު ހުރިހާ ވާހަކައެއް ދެއްކުން ވެސް ރަގަޅެއް ނުވާނެ… ރާސިލް އެވާހަކަތަށް އައިލީ އަށް ކިޔައިދޭނެ އިނގޭ… ދޮންބެ މެން މަޑު ކުރަން ބުނީމަޔާ އެކީ ރާސިލް ވެސް ހުރީ… ހަތަރު އަހަރު ދޮންބެ އާ ރާސިލް އާ ދެމެދު ވީ ރުޅިވެރިކަމުގެ ފާރުވެސް ދާދި މިދާކަށް ދުވަހު މި ފުނޑު ފުނޑު ވީ… އައިލީ ބޭނުންވާނެ ހުރިހާ ކަމެއް އެނގެން… އެކަމަކު އައިލީ އަށް އެ ހުރިހާ ވާހަކައެއް ކިޔައިދޭނޭ ކިހިނެތް ބާއޭ ހިތަށް އަރަނީ…”
“އައިލީ އަށް އެ ވާހަކަތަށް ކިޔައިދެންޏާ ދާން ޖެހެނީ ހަތް އަހަރު ކުރިއަށް… އަހަރެންގެ ކައިވެންޏާ ރާސިލް އާއި ދާނިޝް އާ ދެމެދު ވީ ރުޅިވެރިކަމާ އައިލީ އަށް ތިހާލު ޖެހުނު ސަބަބާ ދާނިޝް ގެ މުޅި ހަޔާތާ ދެން ވެސް ހުރި ކަންތަށް ތަށް ދިމާވީ މީގެ ހަތް އަހަރު ކުރިއާ ގުޅިގެން… އެ ހުރިހާ ވާހަކަ އެއް ކިޔައިދީގެން އައިލީގެ ހިތްވަރު އެލިދާނެ… ދިރިއުޅުން މަތިން ފޫހިވެދާނެ… އިތުރަށް އެއްވެސް ވާހަކައެއް ނޫނީ ދައްކާނެ އެއްޗެސް ވެސް ތި ސިކުނޑިއަށް ނާންނާނެ” ދާނިޝް ގެ ވާހަކަ ތަށް ހުއްޓާލާފައި ޒީޝާވެސް ވާހަކަ ދެއްކިއެވެ. އިވެމުން ދިޔަ ވާހަކަތަކުން އައިލީޝް އަށް ލިބިފައިވަނީ ބޮޑު ނުތަނަވަސްކަމެކެވެ. އެހެންނަމަވެސް ހިތާ ސިކުނޑި ކުރަމުން ދިޔަ ހަނގުރާމަޔާ ދެކޮޅަށް މޫނުމަތިން އެއްވެސް އަސަރުތަކެއް ފާޅުވެ ނުދިޔުމަށް އައިލީޝް މަސައްކަތް ކުރަމުން ދިޔައެވެ.
ރާސިލް އައިލީޝް ގާތަށް ޖެހިލާ އައިލީޝް ގެ އަތުގައި ހިފާލިއެވެ. އޭނާ އެދުނީ އޭނާ އާ ދިމާލަށް ބަލާލުމަށެވެ. އެހެންނަމަވެސް އައިލީޝް ހުރީ ޒީޝާ އަށް ނަޒަރު ހުއްޓައިލައިގެންނެވެ. ދެން އައި ސިކުންތުގައި އައިލީޝް ޒީޝާ އާ ދިމާލަށް އަތް ދިއްކޮށްލަމުން އިޝާރާތް ކޮށްލީ އޭނާ އާ ގާތަށް އައިސް ބައްދާލުމަށެވެ. އޭނާ ހޭ އެރި ދުވަހު ޒީޝާ ބުނި ވާހަކަ ކޮޅެއް އައިލީގެ ހަނދާނަށް އައެވެ. “އޭޒް އަ ސިސްޓާ” އެ ބަސްކޮޅުގެ މާނަ އައިލީޝް އަށް އެނގުނީ އަދި ކިރިއާއެވެ. އޭނާ ޒީޝާ ގެ ގައިގައި ބައްދާލައިގެން އިތް އިރު އުފާވެރިކަމެއް އެ ހިތުގައި ވިއެވެ.
އެހެންނަމަވެސް މާނިއު އާ ވަރިވީ ސަބަބާ ފަހުން ކަންތާށް ވީ ގޮތް އެނގެންވެސް އެ ހިނދު އޭނާ ބޭނުން ވެފައި ވިއެވެ.
ދާނިޝް ގެ ފޯން ރިންގް ވުމާއެކު އޭނާ ފޯން ނެގިއެވެ. ގުޅަނީ އޮފީސް ނަންބަރަކުން ކަމަށް ވުމާއެކު ތަންކޮޅެއް ދުރަށް ޖެހިލާ އޭނާ ފޯން ނެގިއެވެ. “އައްސަލާމް އަލައިކުމް” ދާނިޝް ބުނެލިއެވެ.
“ވައަލައިކުމް ސަލާމް… މި ގުޅާލީ…….” އެ ކޮޅުން ވާހަކަ ދައްކާ ނިމުމާއެކު ދާނިޝް ޒީޝާ ގާތަށް ޖެހިލިއެވެ. އަދި ވަރަށް އަވަހަށް ދާން ޖެހިއްޖޭ ބުނެލިއެވެ. “އަހަރެންވެސް ދާންޖެހޭނެތަ؟” ޒީޝާ އަހާލިއެވެ. ދާނިޝް ބޯ ޖަހާލިއެވެ. “އައިލީ އަންނާނަން އެނގޭ އަދި… ޓޭކް ކެއަރ” ޒީޝާ ދެވަނަ ފަހަރަށް ވެސް ބައްދާލަމުން ބުނެލިއެވެ. އަދި ދަމުން ވެސް އަތުން ބާއީ އޭ ކިޔާ އިޝާރާތް ކޮށްލިއެވެ.
ހޮސްޕިޓަލް ގެ ތެރެއަށް ވަދެގެން ދިޔަ ދާނިޝް ގެ މޫނުމަތިން ފެންނަމުން ދިޔަ އަސަރުތަށް މާނަ ކުރަންވީ ގޮތެއް ޒީޝާ އަކަށް ނޭނގުނެވެ. އޭނާ ދެފަހަރަކު ދާނިޝް އާއި ސުވާލުވެސް ކޮށްފިއެވެ. އެހެންނަމަވެސް މާ އެދެވޭ ޖަވާބެއް ނުލިބުނެވެ.
އެހެންކަމުން ދެން ސުވާލު ކުރާ ހިޔާލު ދޫކޮށްލާފައި ޒީޝާވެސް ދާނިޝް ގެ ފަހަތުން ހިނގަމުން ދިޔައެވެ. އޭރު ވެސް ދެމީހުންގެ އަތް ވަނީ ގުޅި ލާމެހިފައެވެ.
ދާނިޝް ގެ މިސްރާބުހުރީ ހޮސްޕިޓަލްގެ ލެބޯޓްރީ އާ ދިމާލަށެވެ. ކައުންޓަރަށް ގޮސް ރިޕޯޓް ތަށް ނަގަން އައި ވާހަކަ ދާނިޝް ބުނެލިއެވެ. ޒީޝާގެ ހިތުގައި ސުވާލް އުފެދުނު ކަމުގައި ވިނަމަވެސް އޭނާ އެއްވެސް އެއްޗެއް ނުބުނިއެވެ. ދާނިޝް ނަގާނީ ކާކުގެ ރިޕޯޓެއް ބާއޭ އޭނާގެ ހިތަށް އެރިއެވެ. ރިޕޯޓް ނަގާ ދާނިޝް ވެސް އެ ބަލާލިއެވެ. އެއާއެކު އޭނާ އަށް ވެސް އުފަލުން އަލްހަމްދުލިﷲ އޭ ބުނެވުނެވެ. އަދި އުފާވެރި މޫނަކާއެކު ޒީޝާގެ މޫނަށް ބަލާލިއެވެ. ޒީޝާ ހުރި ވާނުވާ ނޭނގިފައިކަމަށް ވިޔަސް ދާނިޝް ގެ މޫނުމަތިން ފެންނަމުން ދިޔަ އުފާވެރިކަމުން އޭނާ އަށް ވެސް ހަމަޖެހުން ލިބުނެވެ.
ދާނިޝް މެން އެތަނުގައި ތިއްބާ އެތެރޭން މީހަކު ނުކުތެވެ. ޓައީ އެއް އަޅާފައި ވާއިރު ހައިބަތު ދައްކައެވެ. ނަންބަރު އައިނެއް އަޅާލާފައި ވާއިރުވެވެސް އިސްތަށިގަނޑު ސްޓައިލް ކޮށްލާފައި ވާގޮތުން އޭނާގެ ހައިބަތު ވަޒން ކުރެވޭނެއެވެ.
ޒީޝާ އާއި ދާނިޝް އާ ގާތަށް ހުއްޓިލުމަށްފަހު އޭނާ އެދުނީ އޭނާ އާއެކު އައުމަށެވެ. ޒީޝާ އާއި ދާނިޝް އާއި ދެމީހުން އެކަކު އަނެކަކަށް ބަލާލާފައި ދިޔައެވެ. އެމީހާ އާ އެކު ރޫމަކަށް ވަނުމާއެކު އެތަނަށް ވެސް ދެމީހުންނަށް ނަޒަރު ހުއްޓާލެވުނެވެ. އެމީހާ ގޮނޑި ދައްކާލާފައި އިށީންނާށޭ ބުނެލުމާއެކު ދެމީހުންވެސް އިށީނެވެ.
“އަޅުގަނޑަކީ މި ބައިގެ މެނޭޖަރ… ވަރަށް ބޮޑަށް މާފަށް އެދެން މި ދިމާވި ގޮތާ މެދު. ރިޕޯޓް ތަށް އޮޅުމުން އަޅުގަނޑު ވަރަށް ބޮޑަށް މާފަށް އެދެން… މިހާރު ވާނީ އެކަމާ ފިޔަވަޅު އަޅަން ފޮނުވާފަ” މެނޭޖަރު ވާހަކަ ދެއްކިއެވެ. ދާނިޝް އާއި ޒީޝާ އާއި ދެމީހުންވެސް އެ ވާހކައިގައި ބައިވެރިވިއެވެ. ކަންތަށް ދިމާވި ގޮތުން ރުޅި އިސްކުރުމުގެ ހިޔާލެއް އެކަކުވެސް ނެތެވެ.
“އަޅުގަނޑު މިވަގުތު ޑޮކްޓަރަށް ދައްކަން ހަމަޖައްސާލެވިވެސް ދާނެ… އަޅުގަނޑާ އެކު ދުރުވެލައްވާ” މެނޭޛަރ ގެ އެހީގައި އަންހެނުންގެ ހާއްސަ ޑޮކްޓަރަކަށް ދެއްކުނެވެ. އެ ޑޮކްޓަރު ދިން ނަފަޔާ އެއްގޮތަށް ކަންތަށް ކުރަން ދެމީހުން ވެސް އަތުކުރި އޮޅާލިއެވެ.
މިއީ ހާދަ ދުވަހެއްގެ އުންމީދެކޭ ދާނިޝް ގެ ހިތަށް އެރިއެވެ. ލިބެން އުޅޭ ދަރިފުޅާ ދޭތެރޭ މިހާރުވެސް އެ ހިތުގައި ލޯބި އުފެދެން ފަށައިފިއެވެ. އެތަކެއް އުންމީދެއް ކުރެވެން ފަށައިފިއެވެ.
ދެމީހުން ހޮސްޕިޓަލުން ނުކުތީ ނުހަނު އުފަލުން ތިބެގެންނެވެ.
ގެއަށް ގޮސްފައި ދާނިޝް ކުޑަ ކަމަކު ބޭރަށް ދާން ޖެހުމުން ޒީޝާ އަނެއްކާވެސް ކޮޓަރި ތެރެ ހާވަން ފެށިއެވެ. ހީވަނީ ވަރަށް މުހިންމު އެއްޗެއް ގެއްލިގެން އުޅޭ ހެންނެވެ. “އަޅެ ކޮބާތަ އެ ފައިލް” އޭނާ ފައިލް ބޭންދުނު ތަން ހަނދާން ކުރުމަށް ސިކުނޑިއަށް ބާރުލަމުން ދިޔައެވެ.
“އައިލީ ގެ ކޮޓަރީގަ ބޭއްވުނީތަ” ޒީޝާ އަށް ކުއްލިއަކަށް ހަނދާން ވިއެވެ. ރާސިލް ބުނެގެން އޭނާ އެކޮޓަރިއަށް ކުރިން ދުވަހު އައިލީ ގާތަށް ދިޔައީ އެ ފައިލް ވެސް ހިފައިގެން ކަން ހަނދާން ވުމާއެކު ފިޔަވަޅުތަކަށް ބާރުލަމުން އެ ދިމާލަށް ދުއްވައިގަނެވިއްޖެއެވެ.
އައިލީޝް ގެ ކޮޓަރީގައި ޓަކި ޖެހުމުން މާ ގިނަ އިރެއްނުވެ ރާސިލް އައިސް ދޮރު ހުޅުވާލިއެވެ. ޒީޝާ ކޮޓަރިތެރެއަށް ވަދެފައި ފުރަތަމަވެސް ވަށައިގެން ބަލާލިއެވެ. “ޒީ ކޯންޗެއް ތި ހޯދަނީ” ރާސިލް އަހާލިއެވެ.
“މީ ޓްރާސްޕޭރެންޓް ފައިލް އެއް ދެކުނިންތަ؟” ޒީޝާ ނާހަން ހުރެފައިވެސް އަހާލިއެވެ.
“ޓްރާސްޕޭރެންޓް ފައިލް އެކޭ” ރާސިލް އަށް ކުޑަ ހައިރާންކަމާއެކު އަހާލެވުނެވެ. “ކޮން ފައިލް އެއް” އޭނާ ދެންވެސް ޔަގީން ކޮށްލަން ސުވާލުކޮށްލިއެވެ.
ޒީޝާ ގެ މޫނުމަތިން ހިސާބެއްގެ ހައިރާން ކަމެއް ފެނިގެން ދިޔައެވެ. އެ މޫނުމަތިން އުދާސްކަން ފާޅުވާން ފެށިއެވެ. “ކޮން ފައިލް އެއްހޭ” ރާސިލް ގެ ރުޅިގަނޑުވެސް ގަދަވެގެން ދިޔައެވެ. އަޑު ގަދަވެ މީހާގެ ނަފްސުގެ މައްޗަށް ރުޅިވެރިކަން އިސްވެގެންދިޔައެވެ.
“ޑިވޯސް…” ޒީޝާ އަށް ބުނެވުނީ އެވަރަށެވެ. ރާސިލް އަށް އައިލީޝް އާ ދިމާލަށް ބަލާލެވުނެވެ. “އެއީ އައިލީބޭނުންވެގެން ޒީ ގެނައި ގަނޑުތަށް” ރާސިލް އައިލީޝް އާ ދިމާލަށް ބަލަން ހުރެ އަހާލިއެވެ.
“ނޫން އެއީ އެއެތް ނޫން” ޒީޝާ ބުނެލިއެވެ. ރާސިލް ދެން ކޮންކަމެއް ހޭ އަހާލީ ވެސް ރުޅި އައިސް ހުރެއެވެ.
“ރާސިލް އެ އެތް ނޫނޭ މަޑޫ ކޮށްބަލަ” ޒީޝާ ބޭނުންވީ އައިލީޝް އަށް ނޭނގޭ ހިސާބުގައި އެ ވާހަކަ ދައްކާށެވެ.
“ރާސިލް… އެއީ އަހަރެން ރައްޓެހި ކުއްޖަކު ބުނެގެން ރައްޓެހި ލޯޔަރ އެއްލައްވާ ނެގި އެއްޗެކޭ…” ޒީޝާ ބުނލިއެވެ. އެއާއެކު ރާސިލް ވެސް ހަމަޖެހުނެވެ.
ޒީޝާ އަތަށް އެ ފައިލް ދިނުމާއެކު އޭނާ ދިޔައެވެ. ރާސިލް ވެސް އެނބުރި ގޮސް އައިލީޝް ގާތު އިން ގޮނޑި ދަމާލާފައި އެނދު ކައިރީގައި އިށީނެވެ.
“އެއީ ތަ ރާސިލް ޑިވޯސް ގެ ވާހަކަ ދެއްކި ގޮތަކީ ރާސިލް ހީކުރީ އަހަރެންގެ ކަމެކޭ އެއީ” އައިލީޝް އަހާލިއެވެ. އެއާއެކު ރާސިލް އިސްޖަހާލަމުން ދެފަހަރަކު ބޯ ޖަހާލިއެވެ. އައިލީޝް މިފަހަރު އަމިއްލައަށް ރާސިލް ގެ އަތުގައި ހިފާލިއެވެ.
އެއާއެކު ރާސިލް އައިލީޝް އާ ދިމާލަށް ބަލާލިއެވެ. އަހަރެން ނުބުނަން ޒީ ކައިރީ އެ ގެނެސް ދޭށޭ” އައިލީޝް ބުނެލިއެވެ. އޭނާގެ ހަރަކާތް ތަކުގައި އަދިވެސް ލަސްކަމެއް ހުއްޓެވެ.
“އަހަރެން އެދިގެން ދުވަހަކުވެސް ރާސިލް ގާތުން ވަރިއެއްނުވާނަން…” އައިލީޝް ފަހުފަހަރަށް އިޝާރާތް ކޮށްލިއެވެ.
އެދެމީހުން އެތަނުގައި ތިއްބާ އަންޖުމް އައެވެ. އެއާއެކު ރާސިލް އާއި އައިލީޝް ގެ ތުންފަތް މައްޗަށް ވެސް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ދެން މަންމި ވާހަކަ ދައްކަބަލަ… ޑެޑީ މަންމި ގާތު ބުނެބަ… މިހާރު ކޮން ދުވަހެއް” ރާސިލް ގާތު އަންޖުމް ބުނެލިއެވެ. އެއާއެކު އައިލީޝް ގެ ތުންފަތް މަތީގައި ވި ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ރާސިލް އައިލީޝް ހިންހަމަ ޖެއްސުވަން އެވަގުތު އެއްޗެއް ބުނެލި ކަމުގައި ވިނަމަވެސް އެކަމުން އައިލީޝް އަށް މާ ބޮޑު އަސަރެއްނުކުރިއެވެ.
“އަންޖޫ… އާދެބަލަ މާމަ އާ އެކު… އަދި ނުވެސް ކަމެއްނު” އެވަގުތު ދޮރުމަށްޗަށް އެރި ހިޝްމާ އަށް ވެސް އެ އަޑު އިވުނެވެ. އެހެންނަމަވެސް އޭނާ އެ އަޑު އިވުނު ކަމަށް ނުހަދާ އަންޖުމް އަށް ގޮވީ އަންޖުމް ހަވިރުވެސް އެއްޗެއް ނުކައި ހުރީތީ އެވެ.
ހިޝްމާ އައިސް އަންޖުމް ގެންދިޔުމާއެކު ރާސިލް އާއި އަންޖުމް އެކަނިވިއެވެ. “އަހަރެން ކިހިނެތް ވާހަކަ ދައްކާނީ” ރާސިލް ގާތު އައިލީޝް އަށް ފުރަތަމަ ފަހަރަށް ޝަކުވާ ކޮށްލެވުނެވެ. އޭރު އެ ދެލޮލުން ކަރުނައިގެ އަސަރު ފެނިލިއެވެ. އައިލީޝް ގެ މޫނުގައި ދެއަތުން ހިފައްޓާލަމުން ރާސިލް އައިލީޝް ގެ ކަރުނަތަށް ފޮހެލިއެވެ. އަދި ދެފާރާތަށް ބޯ ހޫރާލިއެވެ.
ނުރޯށޭ ބުނި ކަމުގައި ވިނަމަވެސް އައިލީޝް އަށް ވެސް ކެތް ކުރަން ދަތި ވާނެކަނ ރާސިލް އަށް އެނގެއެވެ. އޭނާ އައިލީޝް ގެނެސް އެމޭގައި ބޮނޑި ކޮށްލިއެވެ. އައިލީޝް ހަމައަކަށް އެޅުމުން ވެސް އޭނާ އައިލީޝް ދުރުކޮށްލާ ހިޔާލެއް ނުކުރިއެވެ.
“އައިލީ އަހަރެން ވާހަކައެއް ބުނަން ބޭނުން” ރާސިލް ބުނެލުމާއެކު އެ އޮތް ގޮތަށް އޮވެ އައިލީޝް ބޯ ޖަހާލިއެވެ. ރާސިލް ދެންވެސް ވާހަކަ ދެއްކިއެވެ.
“ދެރަ ނުވައްޗޭ ބޭބީ” ރާސިލް ގެ ވާހަކަ ގެ މިސްރާބު ދިޔަ ގޮތުން އައިލީޝް ގެ ހިތަށް ވެސް ބިރުވެރިކަމެއް ވަދެގެން ދިޔައެވެ. އެހެންނަމަވެސް އޭނާ އެކަންތަށް ނުދައްކާ މި ފަހަރުވެސް ބޯ ޖަހާލިއެވެ. ރާސިލް ވާހަކަ ދައްކަން ފެށިއެވެ. “އައިލީ އަށް އެނގެއެއްނު އަހަރެމެންގެ ލައިފް ގެ ވަރަށް ބޮޑުބައި ގުޅިފައިވަނީ މީހެ ހަތް އަހަރު ކުރިއާކަން… އައިލީ އަށް އެނގެއެއްނު އަހަރެންގެ ދޮންތަގެ ވާހަކަ… ދޮންބެ ގެ ވާހަކަ… މިކަންތަށް މިހެން ދިމާވާން މެދުވެރިވި ސަބަބު… އައިލީ އަހަރެން މި ހާމަ ކުރާ ހަގީގަތުން އައިލީއަށް ފަހަރުގައި ހިތްދަތިކަން ލިބިދާނެ… އެކަމަކު މާދަމާގެ ކުރިން އަހަރެން ބޭނުން އައިލީ އަށް މިކަން އެނގެން… އަހަރެންގެ ދޮންތަ ރޭޕް ކުރުމުގައި ބައިވެރިވި މީހުން އެނގިއްޖެ… މާދަން އެމީހުންނަށް ހުކުމް އިއްވިގެން ދާނެ… އައިލީ… ބައެއްފަހަރު އަހަރެން ހީނުކުރާހާ ގޮތަށް ކަންތަށް ތަށް ވެގެން ގޮސްދާނެ… އެކަން ގަބޫލް ކުރައްޗޭ… އައިލީ ދޮންބެ ގެ ގައިގައި އެ ތުހުމަތު އެޅުނީ ވަރަށް ބޮޑު ބަޔެއްގެ ރޭވުމުން… އައިލީ ނެތް މި ހަތަރު އަހަރު ގެ ތެރޭގައި ވެސް ވަރަށް ބައިވަރު ކަންތަށް ތަށް ބަދަލް ވި… ހުދު އަހަރެމެންނަށްވެސް ގަބޫލް ކުރަން ދަތި ހަގީގަތް ތަކެއް އެނގިގެން ދިޔަ… އައިލީ އަށް ވެސް ގަބޫލް ކުރަން ދަތިވާނެ… ބަޔަކު ދުރާލާ ލާވައިގެން ކުރި އެ ނުބައި އަމަލް ގެ ސަބަބުން އެތަކެތް ބަޔެއްގެ ދިރިއުޅުން ވަނީ އެ ފުށް މިފުށަށް ޖެހިފަ… އަހަރެން ނަށް އައިލީ ޔޫސް ކުރެވުނީ ވެސް ބަދަލް ހިފަން ވެގެން… އޭރު އަހަރެންނަށް ނުވިސްނުނީ… އައިލީދެކެ އަހަރެންވެސް ލޯބިވީން… އެކަން ރިއަލައިޒް ނުވީ… އައިލީ އަށް އެނގޭތަ މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ކާކުކަން… އައިލީ… ދެރަ ނުވާތި… ކުރިން ބުނިހެން ބައެއްފަހަރު އަހަރެމެން ހީނުކުރާހާ ގޮތަށް ވެސް ކަންތަށް ތަށް ވެގެން ގޮސްދާނެ… މިހުރިހާ ކަމެއްގެ ފަހަތުގައި ހުރީ އައިލީގެ… އައިލީ ގެ ބައްޕަ” ރާސިލް ދެލޯ މަރާލާފައި އިއްވާލިއެވެ. ބާރަށް ތެޅެމުން ދިޔަ އައިލީޝް ގެ ހިތްވެސް ހުއްޓުނުހެން ހީވިއެވެ.
އިރުގަނޑެއް ފާއިތުވެގެން ދިޔަ އިރުވެސް އެކަކުވެސް ވާހަކަ އެއް ނުދައްކައެވެ. ރާސިލް ގެ މެއަށް ފިނިވާހެން ހީވުމާއެކު އޭނާ އަށް ސިހިފައި އައިލީޝް ދުރުކޮށްލިއެވެ. އަދި ކަރުނަތށް ފޮހެދިނެވެ. “އައި އެމް ސޮރީ” ރާސިލް ބުނެލިއެވެ. “އަހަރެން ބޭނުން ހުރިހާ އެއްޗެއް އެނގެން” އައިލީޝް ބުނެލިއެވެ. “އައިލީ ރޮންޏާ އަހަރެންނަކަށް ނުކެރޭނެ…” ރާސިލް ދެކޮޅު ހެދިއެވެ. އެހެންނަމަވެސް އައިލީޝް ހަމަ ޖެހި ލުމުން އޭނާ ދެންވެސް ވާހަކަ ދެއްކިއެވެ.
“ޒީގެ ކުރީގެ ފިރިމީހާ މާނިއު ގެ އަތް ވެސް ހިމެނޭ… އަދި ދާނިޝް ގެ ކުރީގެ ގާލްފްރންޑް ރާއިދާ ކިޔާ ކުއްޖއްވެސް ހިމެނޭ…” ރާސިލް ބުނެލިއެވެ.
“އެމީހުންނަށް ހުކުމް އިއްވުން މާދަމާ އޮންނާނެ” ފަހުން ރާސިލް ވާހަކަ ދެއްކިއރު އައިލީޝް ރޯކައް ނޫޅުނެވެ. އޭނާ ގެ މޫނުމަތިން އެއްވެސް އިހްސާސް އެއް ފާޅެއް ނުކުރިއެވެ.
“މަންމާ… މީ… މިއޮތީ ޕޭޕާރސް…” ޒީޝާ ކާގެއަށް ވަތް އިރު ހިޝްމާ އަންޖުމް އަށް ކާންދޭން ވެގެން އިނެވެ. ޒީޝާ އޭނާގެ އަތުގައި އޮތް ޓްރާސްޕޭރެންޓް ފައިލް ހިޝްމާ އަށް ދިއްކޮށްލިއެވެ. “މަންމާ ކިރިޔާ ސަލާމަތް ވީ އިނގޭ… އައިލީ އަށް އަދި އިނގިގެތް ނުވާނެ އެއްނު…” އޭނާގެ އަޑުގައި ހިސާބެއްގެ ހާސްކަމެއްވިއެވެ.
“އަދި ބުނާނަން… އެކަމަކު ފަހުން… ރާސިލް ގާތު ބުނަން އެބަޖެހޭ އެކަމަކު….” ހިޝްމާ ވިސްނަން އިނދެ ޖަވާބްދިނެވެ. “ރާސިލް ވަރަށް ރުޅިއައިސް އެބަހުރި” ޒީޝާ ބުނެލިއެވެ. އަންޖުމް އަށް ކާން ދީ ނިންމާފައި ހިޝްމާ ވެސް އަންޖުމް ގޮވައިގެން އެތެރެއަށް ވަނެވެ.
ހެނދުނުގެ ވަގުތެވެ. އުނޑުމަތި ސާފުވެފައިވިއެވެ. ފަތިހުގެ ވަގުތުގައި ކޮންމެވެސް ވަރަކަށް ވާރޭގެ އަސަރު ކުރިނަމަވެސް މިހާރު އޭގެން އެއްވެސް އަސަރެއްނެތެވެ. އެހެންނަމަވެސް އާދަޔާ ހިލާފް ތެތް ކަމެއް އިހްސާސްވަމުން ދިޔައެވެ. ފަތިހު ހޭލިގޮތަށް އެކަކުވެސް ނިދާކަށް ބޭނުމެއް ނުވިއެވެ.
އެދުވަހު ހުރިހާ އެންމެވެސް ވެސް ކޯޓަށް ދިޔައެވެ. އައިލީޝް އާއި ހިޝްމާ ފިޔަވައެވެ. ހިޝްމާ ގާތު އަންޖުމް ވެސް ބަހައްޓާފައެވެ.
ކޯޓް ގައި މާނިއު އަށާއި ޒާހިދު ގެ އިތުރުން ރާއިދާ އަށް އުމުރު ދުވަހުގެ ޖަކުގެ ހުކުމެއް އިއްވިގެން ދިޔައެވެ. އެވަގުތު އެންމެ ބޮޑު ފިނިކަމެއް ލިބުނީ ދާނިޝް ގެ ހިތަށެވެ. ހަތް އަހަރު ފަހުން އިފްޝާ އަށް އިންސާފު ލިބިގެން ދިޔައީއެވެ. އަނެއްކޮޅުން ޒީޝާ އަށް ވެސް ލިބިފައިވަނީ އާދަޔާހިލާފް ހިންހަމަޖެހުމެކެވެ. މުސްކާން ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އޭނާ އަށް ވެސް އިންސާފް ލިބުނީތީއެވެ އެ ހިތަށް ވެސް އެހެންމީހުންނެކޭ އެއްގޮތަށް ފިނިކަމެއް ލިބިފައިވިއެވެ. އޭނާ އިޒިކް އަށް ބަލާލިއެވެ. އެއީ އޭނާހެ ހިތްވަރެވެ. މިހިސާބަށް އައުމަށް އެންމެ ބޮޑަށް އެހީތެރިކަމެއް ފޯރުކޮށްދިން މީހާއެވެ. ދުވަހަކުވެސް އިޒިކް އެ ކޮށްދިން ކަންތައް މަތިން އޭނާ އަށް ހަނދާން ނައްތައެއް ނުލެވޭނެއެވެ. ރާސިލް އަށް ވެސް ފުންނޭވާއެއް ދޫކޮށްލަމުން މޭގައި ފިރުމާލެވުނެވެ. ހީވީ މެއަށް ފިނިވެ މީހާ ހަމަޖެހުނު ހެންނެވެ. މިހުރިހާ ދުވަހު ފެންފޮދަކަށް ކަރު ހިއްކައިގަނެފައިވަނިކޮށް ފެންފޮދެއް ލިބުމުން ކުރެވޭ އިހްސާސް އޭނާއަށް ކުރެވިގެން ދިޔައެވެ. އޭނާ ދާނިޝް އަށް ބަލާލިއެވެ. އަދި ހިނިތުންވެލިއެވެ.
ދާނިޝް ވެސް ރައްދުގައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.
ރާސިލް މެން ނިމިގެން ގެއަށް އައި މަގުމަތީގައި ޒީޝާ ދާނިޝް އާއި ރާސިލް އާ ވާހަކަ ދެއްކިއެވެ.
“ދާން… ރާސިލް…” ކާރުގެ ތެރެއަށްވެރިވެފައި އޮތް ހަމަހިމޭންކަން ފޫ ދުއްވާލަމުން ޒީޝާ ގޮވާލިއެވެ. ދެމީހުންވެސް ސަމާލް ކަން ދިންކަން ޔަގީން ކޮށްދެމުން ހޫމް އެއް އަޅުވާލިއެވެ. ދިގުކޮށް ދަމާލާފައި ކީ ގޮތުން ޒީޝާ ގާތަށް ހިނި އައި ކަމަށް ވިޔަސް ނިކަން އަވަހަށް ސީރިއަސް ކަން ވެރިކޮށްލިއެވެ.
“މަންމަ ބޭނުން ވަނީ ވަރިވާން…”
(ނުނިމޭ)
87 Comments!
Comments are closed.
V nice
Thankyou dear. ❤?
Assalaam alaikum. Kobaa tha kudhin. Mi part ah himi reply kuramun gendhaanan. In Sha Allah. Comment on dhen vaani kihinehbaa?.
Thankyou for ur love support and care. Much loves.
Jazakallah Khairan. ❤
Masha Allah v salhi mi part ves
Thanks dear someone. Vvv ufaavejjje. ❤❤❤❤❤
??????????????????????❤️❤️❤️❤️❤️❤️❤️❤️❤️?
Thankyou suney. ❤❤❤❤❤???????????????❤❤❤❤❤
am i second
seriously dhw yay
Yesh. Unique. Ur second mifaharu. Dhen faharakun first ah try kohlaano dw. Thanks dear. ❤❤❤
Himii.. mi story up veythw hama check kolla kollaa mi inee vx…thankyou sm???waiting for next.. lysm??
Thanks awa dear. Vvv ufaavehjje comment kiyaalaafa. Next ep on tuesday. Awa ge story akah hama kei theri kameh nethi waiting. In Sha Allah. Much loves. ❤❤❤
So hapy that the misundrstandin between ailee n rasil is solvd n all the criminals r getin punishd finaly.. story nimumaka dhanee dhw mihaaru.. hitha aranee anju ah ailee ah vaahaka nudhekkeykan egumun vaanee kihine baavaey.. waitin fr the nxt prt.. keep up the gud wrk himi???
Hehe. Thanks lotus. V ufaavehjje lotus ge comment fenifa. Thankyou so much dear. Lotus dear men beynun vi gothah e meehun nah ves haggu adhabu libijje dw. Hehe. Anyway keep waiting ingey next ep ah. Much loves. ❤?❤?❤?
Mi story fothegge gothuga neren v nu
Hehe. Oh dear vain. Vvv ufaavehjje. Ekam adhi visnaafa in kameh nun thy. Thanks ingey. V ufaavehjje. ❤❤❤
V salhi mi part vx mashaa allah? keep it up? can’t wait nest part?
Thanks yash. Vvv ufaavehjje. Next ep on tuesday. In Sha Allah. Keep waiting. ❤❤❤
Himi next oart kon irakun tha? ?
Story varah reethi ??
Hama kiyaahithun fashaairah nimey hen heevanii ?
Alheyh. Maa kuree dw. Much loves ingey. Fir the support ah hana bod koh thanks ingey. Next ep on tues. Keep waiting. ❤❤❤
as i told dhw kan mivany yesss…………… heheheh im sooo happy n story is amazing n fab ingey just luv it heheh……… hi mi missed yuh
Hehe. Dw unique. Eba dhimaa vey dw. Sorry ingey reply nukoh dhevunu dhuvad thakah. Much loves from me. Much more missed. ❤❤❤❤❤❤❤
hihih its ok…… im happy cox u replied now
finally. varah reethi. hehe poor criminals. life ga baaki bai dhen ves islaahu vegen ulhe veytho balachey jaluga. hi mi story nimeni dhw. wait zeesha is preg dhw. hehe varah reethi. aili ah tlk kureveyne goiy hadhachey eyrun anju ves happy vaani. love it
Hehe. Yh annoying reader. Finally mi oh punishment ves libuni. Hehe. Emeehunah afhives visnuniyya rangalhu. Ekamakuves criminals ah ves adhabu libijje dw. Much more loves from himi. And thanks dear. ❤?❤?❤?
Wooww speechless ?? Masha Allah varah reethi mi part. Miss anju baby a lot. Hehe story dhn nimen kairi vehjje dho ?
Yh dear. Thankyou ingey. Vvv ufaavehjje. Gonna miss them all. Himi ves. Yh. Nimen kairi v. Gonna miss yh too. Much loves. ❤?❤?❤?
Gonna miss them and gonna miss you too. ❤?❤?❤?
Wonderful ❤️❤️❤️… Superb ???… Mi part vx v v v reethi ingey Hi Mi ❤️❤️❤️???????????????… I just love your stories Hi Mi ❤️❤️❤️????????????… Hi Mi ge knme story ehvx v v v reethi n ehaame furihama vefaa interesting ❤️❤️❤️??????… Hi Mi is the best ???❤️❤️❤️… I think there is a mistake… Eh thankolhuga ebain name change vefa… Ailee liyanvee thanah anjum liyevifa… Finally divorce paper ge hageegai inguny dhw ??????… Haadha inthizaaru kohfymey divorce paper ge hageegai ingeyne irakah ???… Finally ailee ah hurihaa ehcheh vx inguny dhw n criminals ah hahgu adhabu vx dhevuny ???❤️❤️❤️??????… Ifoo n muskaan ah vx insaafu libuny ???❤️❤️❤️??????… V v v ufaavehje mi part kiyaalaafa ??????❤️❤️❤️… Ragalhu adhabeh Hi Mi criminals ah thi dhiny ?????????… Good job Hi Mi ❤️❤️❤️??????… Zee preg dhw ???❤️❤️❤️… I’m soooooo happy ???❤️❤️❤️?????????… Mi part kiyaaleema v baivaru happy news libihje ???❤️❤️❤️???… Heheh… So dhen ailee n raasil vx dhurehnuvaane ehnu dhw ???… Dhn enme beynun vany ailee ah vaahaka dhehkeyne gotheh vunn ???… Plxx Hi Mi ???… Story nimumuge kurin ailee ah talk kureveyne goi hadhahchey ???… Keep up the good work ???❤️❤️❤️??????… Hi Mi akee hama v v v molhu n ehaame ragalhu writer Maa Sha Allah ?????????❤️❤️❤️?????????… Abadhuvx thigothugai kuriah dhaashey bunelaanee ❤️❤️❤️??????… Ehaa bxy koh ulhemunvx vaahaka up kohdheythy v v v ufaavey ???… Thankyou so much Hi Mi ❤️❤️❤️?????????… I really appreciate your hard work ???… Ingey liyumakee v time beynun vaa kameh kann ???… Curiously waiting for the next part ??????… Lots of love and take care pinky ge favourite Hi Mi ❤️❤️❤️??????????????????…
Pinky dear ge long comment eh dw again… vvv ufaavehjje. Vvv dhuvas fahun dw mi reply eh kohkrvruni. As usual ibam speechless. Much loves from me dear. Ur hama one of thr best ey bunrvryni. ❤?❤?❤?
V reethi
Thankyou dear. ❤?❤?❤?
Emeehunnah hama thidhiny enme rangalhu adhabu… Story nimen ulheyhen haadha heevey hi mi dhoonyaa… Anehkaa nimentha miulheny… Hurihai gothakunves rythi story eh mee… Hi Mi haal kihinehtha???… Hi Mi thiulheny male kolhugatha???
Awwwn shann. Himi hama varah baraabaru. In Sha Allah. Shann kihineh?. And babies?. Yh dear. Story nimen miulheny. Dhen nimeyne ehnu dw konmeves dhivahakun. Hehe. B ufaavehjje mihaa dhuvas v iruves support dhi himi aa eki hureethy. Thanks. ❤?❤?❤?
Woooooooooooooo????????????????woooooooooo??????w Masha Allah mi part haadha reechey❤❤❤❤haadha furihamayey????himi dhooooony hama????????????????????????yey yey vvvvv ??????vey muskaan n ifoo ah insaaf libunyma????????vvvvv????????eh e aily beyvi ehchakah nuveema himi dhooni xaan bunymehnun mi part ma reethi vaaney vvvv nala??????????????himi dhooni xaan vvv bodukoh mis vey himi mathin vvvv ginafaharu balan story up vithw??????????????waiting next part sweet??????????????himi ge next story ahves xaan vvv inthixaar kuran ingey???????? luv u dear vvvv reethi mipart???⚘⚘⚘???????
Alheyh xaaaan… vvv ufaavehjje. Thankyou so much mihaa dhuvahuves himi aa eki hureethy and support kureethy. Vvv ufaavehjje. Himi ge faraathun bodu koh shukuru ingey dear. Much loves. ❤?❤?❤?
Vvvvb reethi… mi story ge inthizaaruga mi hunnanee…
Thanks naxy. ❤?❤?❤?❤?❤?❤?❤?❤?❤?
Vrh..nice mi partves…love it..❤.himi ur stories are amazing…?
Thanks areen. Vvv ufaavehjje. It means a lot. Much loves. ❤?❤?❤?
Alheyy dhen ailee ah hama vahaka nudhehkeyne tha.. story v reethi..
Hehe. Hingaa balamaa dw nunnu. Story gr next ep on tuesday nyt ga 11 ga. In Sha Allah. ❤?❤?❤?
Make aily speak ???
Alheyh. Me. Hingaa dw balamaa dhen vaane gotheh. Next ep mirey 11 ga. In Sha Allah. ❤?❤?❤?
Yes
Dhen e nulafaa meehunnakah ehves meeheh ge dhiriulhu makaa nukulheveyne
Alhey Aily ah talk kureveyne nema
Story vv reethi vaane konmes kama kaa gulhuvaalaigen aliy ah talk kurevey goi veema
Akam dhen himi beynun gotheh hadhaa
Ey nunnu ge hiyaal
Ingey himi story hadivaavaru kameh nukuraanekan
Any ways
Story hama vv perfect
Vv reethi hama
Masha Allah
Kuda Thankolheh kuru Ekam
When next part
Hey dear. Vvv ufaavehjje. Thankyou so much. Ingey nunnu. Ingey reply las v kan. Rkamah v bodah sorry ingey dear. Himi ah ini reply nukohlevi nunnu ge comment ah. Vvv hfaavey thifhey support ah. Thanks bofu koh dear. Much loves. ❤?❤?❤?
Varah reethi mi part. Varah inthizaaru kuran mi vaahaka up kohlaane irakah . Then oiy partah inthizaaru kuramun … ….
Thanks dear. Mirey libeyne. In Sha Allah. ❤?❤?❤?
Aily wahaka dhehkeyne gotheh hadhaaba like shock eh aissgen hospital ah gen goss Operation eh ehcheh Kohgen wiyas ….
Hehe. Hingaa dw balamaa xeyboooo. Thanks so much ingey dear. ❤?❤?❤?
Varah reethi hi mi ge hurihaa vaahaka that…. Special mi vaahaka
Awwwwn. Alhey. Sam. It means a lot. Thankyou so much. Much loves from me ingey. ❤?❤?❤?
Wow v v ufaa vehje story up kohdhieema
Wow v v ufaa vehje story up kohdhineema
Thanks naadhee. Himi ves v ufaavehjje comment fenifa. ❤?❤?❤?
Varah reethi mipart ves…. ??? dhen konirakun up vaanee hi mi dhooni…finally insaafu libey meehunnah insaafu libihje dhw.. vaahaka nimenee dhw hi mi?? keep it up…
Dhen in part up vaani. In Sha Allah. Tuesday ga. Till dhen keep waiting ingey dear. Vvv ufaavey thidhey support ah. Yh dw. Insaaf e libuni adhi kiriyaa. 7 years fahun dw. Hehe. Thanks again ingey dear. Much loves. ❤?❤?❤?
Dhn avahah story nimmaalaa hi mi
Ithurah dhigu dhanmanyaa hadi vedhaane. I love your stories specially how you bring the emotions it’s so real ? next part avahah genesdhy ????????? love you
Alheyh. Khaleesi. Thankyou so much. Story miulheny mihaaru nimen vegen dhen. Ekamakuves adhives ingen jehey dhethin kameh eba ulhey. Ekanthah ingunima story nimigendhaane. In Sha Allah. Himi mihaar plan kohfa in gothunnama 45 episode in nimigen dhaane. Thanks dear. Much loves. ❤?❤?❤?
V reethi mibaives hadhamolhey vahaka liyan masha Allh himi uummm???
Thankyou Any. V ufaavehjje. Keep waiting for the next part ingey. ❤?
Thank you HiMi! You’re the best!!! ❤❤?
Alheyh betty. It means a lot. Thankyou. ❤?❤?❤?
Ifusha kyvetha dhaanis ah ehen hedhy adhi ves nubunameh nu ………but story v reethi ……
Adhi ebai ingigendhaane ingey dear. Vvv ufaavehjje. Thankyou so much. ❤?❤?❤?
mudhigandu dhigu dhamaa vareh dhww
Thi vaahaka dhigu nukoh avahah ninma bala
Vhk midhani nimumakaa gaathah. Avas atuvaalaakah nimmaalaakah beynumeh nun. So vhk kuri ah dhaani himi kurin ves plan kohfa in gothah. Thankyou hiyaalah. ❤?❤?❤?
Vvvv nice… Woww grt job himii… loves u
Thankyou dear. Much loves. ❤?❤?❤?
Varah inthizaaru kohfin varah salhi
Thanks livee. ❤?❤?❤?
asluves tha hi mi???? alhey haadha sad ey i’ll miss u a lot dear just vvvv bodah lyssm
Hehe. Loves u more dear. ❤?❤?❤?
Himi… Mi story nimuneema alhugadah ehkon mi story fonuvaa dheveyne thr through mail? Vrh beynun mi story ehkon
Of cours3 dear himi gr mail ah mail eh kohlaa. ❤?❤?❤?
Alhe… Nimanytha.. Vvv Reeth mi story❤️❤️❤️❤️❤️????
Yh dear. Nimeny. Thankyou so much. ❤?❤?❤?
Hey himi …..long time dhw…..miss vi Tha anjel mathin?? Hehe….himi vaahaka varah salhi Masha Allah…. I love himi ge stories comment nukuriakas kiayfin hurihaa part thank ves….and my cute little anju…..she’s so cute…. Midhia parts thakuga mistakes huri kan faahaga kollan and as always himi ge,,,,sazaa,,,,ahh shazaa liyumuge aadha adhives nu dhey dhw hehe…..vaahaka ekam. HABEYSSS ingey….himi ehenma aily hey eri iru vaahaka ehh nu dhekkun dhw sad …. Mi haaru adhi kihaa dhera vaane anju little abadhu mammi vaahaka nu dhakka vaahaka kiaatheeve… Aily is so cute and raasil and aileesh ge bodu bai onnaathyve I reallii love it. Sorry ingey himi mi libun term break ga himi ge vaahaka kiaala comment kollan vaguthu nu hiadhunyma…..anjel ves innaane mihaaru vaahaka ehh liyany fashaafa insha Allah kommes dhuvahaku mi site ahh up kollevey tho balaanan himi kiacche ingey..hehehe adhives ehhfaharu comment nu kurevunyma sorry ey aslu anjel varahh bodahh Bali vegen…. Ekam mihaaru hisaabakahh rangalhu…love u ñ ur stories.anjël….????????????????????????????????????????????????????????????????????? mi hurihaa dhuvahaku miss v heart that???????????????????❤❣
Vvv miss v dear. Hehe. Dw. E varah avas aruvaalaigen liyelaafa hureema mistakes thah huree ehen tha dear. Adhives rangalhrh nukureveytha. Thikamaa visnan dw mi jehuni. Hehe. Vvv ufaavehjje. Mirey bixi kamun long koh reply kuraakah ves infhrveykah nethey. Ekamakuves much loves from me. And thanks. ❤?❤?❤?
Kihaa iraku vaahaka kiyaalan libeynee?
Mirey 10 30 or 11 00 ga dear.
Himi can’t wait anymore
Thankyou dear. ❤? alheyh just a lil while. 15 mins. ❤?
Thankx hi mi…..????????
Thankyoudear. ❤❤
Himi Ma Sha Allah vvvvreethi mi part vx wen next part
waiting