Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ލޯބިކަން 13

Maikaa Level 310 Stories100 Comments100 Login
June 17, 2018 4 Mins Read
11 Comments

“ޔޫ އަގެއިން”ދޮރު މަތީގައި ހުރި ޒުވާން ފިރިހެން ކުއްޖާ ފެނުމާއި އެކު މާޔާ ދެ ބުމަ ގޮށް ޖަހައިލަމުން އެހެން ބުނެލިއެވެ.އަޅި ކުލައިގެ ދެލޮލެވެ.ކަޅުކަން ގަދަ އެ ރީތި އިސްތަށިގަނޑު ވަނީ މައްޗަށްނަގައިފައެވެ.ހަމުގެ ކުލަ އަލި ޒުވާނެކެވެ.ލާފައިވާ ހުދު ކުލައިގެ އަތް ކުރު ޓީޝާޓް އާއި ލާފައި ހުރި ކަނޑު ނޫކުލައިގެ ސޯޓް އެ ކަސްރަތީ ހަށިގަނޑާ ނުހަނު ގުޅެއެވެ.އެވަގުތު ޒުވާނާ އަނގަ ހުޅުވާލާފައި ވެސް އަނގަ ލެއްޕިއެވެ.އަދި ޒުވާނާ ފޯނު ނެގުމަށްފަހު ކޮން މެސް މީހަކަށް ގުޅާލިއެވެ.އަދި އައިއްސި ކަމަށް ބުނަމުން ފޯން ކަނޑައިލިއެވެ.އެވަގުތު މީހަކު ފަހަތުން ކަރު ކެހެލި އަޑަށް މާޔާ ބަލައިލިއެވެ.ކުރިމަތީ ހުރި ކައިލާން ފެނުމާއި އެކު މާޔާ ދެލޯ ބޮޑު ވިއެވެ.
“ބޮޑީގާޑް ތަ މީމި ގޭގެ..”އެ ޒުވާނާ ހިނިތުން ވެލަމުން ކައިލާން އާއި ދިމާ ބަލައިލާފައި އެހެން ބުނެލިއެވެ.އަދި ދެމީހުން ހޭން ފެށިއެވެ.އެއާއެކު މާޔާ އަނެއް ކާވެސް ގެ ބުމަ ގޮށް ޖަހައިލިއެވެ.
“އެއީ މާޔާ…ފުރެންޑް އެތް…މާޔާ..މީ ކަލަޒް….”ކައިލާން ދެ މީހުން ނަށް އެކަކު އެނެކަކު ތައާރަފް ކޮއްދިނެވެ.އެއާއި އެކު މާޔާ ކަލަޒް ވަންނަން ތަން ދެއްކުމަށް ފަހު ކާކޮޓަރިއާއި ދިމާއަށް ދިޔައެވެ.މާޔާ ގެ ފަހަތުން ކަލަޒް އާއި ކައިލާން ވެސް އަމިއްލަ ވާހަކައިގައި ތިބެގެން އައެވެ.މާޔާ ގޮސް އިށީއިން ނަމުން ކަލަޒް އާއި ދިމާއަށް ބަލައި އިރު ކަލަޒް ވެސް ހުރީ މާޔާ އާއި ދިމާއަށް ބަލަހައްޓައިގެން ނެވެ.ކައިލާން ވަދެގެން އައި ދިމާއަށް ބަލަންއެންމެން ނަށް ބިބެވުނީ ވާނުވާގައެވެ.ކަލަޒް ފެނުމާއި އެކު ޔޫހާ އާއި ޒެލް ދެލޯ ބޮޑު ކޮއްގެން ބަލަން ތިއްބެވެ.
“ގާއިޒް…މީ ކަލަޒް…ޔޫ ކޭން ކޯލް ހިމް އަހޫ…މިއަދު ބޭރަށް ދާނަމެއްނު ހަވީރު…އަހޫ ގޮވައިގެން ދޯދާނީ…. މީ ކައި ގެ ފޮރެންޑް އެތް….”ކައިލާން އެތް ނޭވާމަތިން ހުރިހައި އެއްޗެއް އަޅައިލިއެވެ.އެއާއެކު ޔޫހާއާއި ޒެލް ތިބެފަ “އޯ”މިހެން ބުނެލިއެވެ.
އަސުރު ނަމާދަށް ބަންގި ގޮވުމާއި އެކު ހުރިހާ އެންމެން ނަމާދު ކޮއްލައިގެން ދެން އަވަސް ވެގަތީ ހަވީރު ބޭރަށް ދިއުމަށް ތައްޔާރު ވާށެވެ.ފަހަރަކު މީހަކު ތައްޔާރު ވެގެން ސިޓިން ރޫމްއަށް އަންނަމުން ދިޔައެވެ.ނަސީބު ދިމާކުރި ގޮތުން އެންމެ ފުރަތަމަ ތައްޔާރު ވެގެން ނިކުމެ ވުނީ ވިޝާލް އަށެވެ.ހުދު ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ އެތް ލާފައި އަރާފައި ވަނީ ސްނިކާ ބޫޓަކަށެވެ.ވިޝާލް ނިކުން އިރު އެއްވެސް މީހަކު އަދި ނުނިކުމެއެވެ.އެހެން ކަމުން ހަމަޖެހި ލައިގެން ސޯފާގައި އިށީނެވެ.އަދި ފޯން ނަގައި ފޭސްބުކް އަށް ވަދެލިއެވެ.އެއާއި އެކު އެންމެ ފުރަތަމަ ވެސް ވިޝާލް ގެ ލޮލުގައި އަޅައިގަތީ މާޔާ މިއަދު ކޮއްފައި އިން ޕޯސްޓެކެވެ.އެއީ މިއަދު ފުރަން ދަމުން ނަގާފައި އިން ސެލްފީއެކެވެ.ވިޝާލް އަށް އެކަނި އިނދެ ހީލެވުނެވެ.
“މަށަށް ހީވަނީ މި ވިޝް މޮޔަ ވީ ހެން…އަޅެ ހަމަ އެކަނި އެބަ އިނދެގެން ހޭ ވިއްޔާ…”ހިނިތުން ވެފައިން ވިޝާލް ސިއްސައިގެން ދިޔައީ މީހަކު ވާހަކަ ދައްކަން ފެށި އަޑަށެވެ.އިސްޖަހައިގެން އިނދެ ފައި އިސްނަގައި ބަލައިލި ވަގުތު ވިޝާލް ގެ ދެލޯ ދިޔައީ ތަރަތަރަ ޖަހައިގެން ނެވެ.ކުރި މަތީ ގައި ހުރި މާޔާ ފެނިފައެވެ.އަޅި ކުލައިގެ ޓީޝާޓަކާއި ކަޅު ކުލައިގެ ސްކިނީ އެތްގައި ހުރި މާޔާ ވަނީ އޭނާ ގެ އެރީތި އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލާފައެވެ.ތުންފަތުގައި މަޑު ފިޔާ ތޮށިކުލައެތް ޖައްސާފައިވެއެވެ.ހާދަ މައުސޫމް މޫނު ކޮޅެކެވެ.ވިޝާލް ކަމެއް ނުވެ އޭ ބުނެލިއެވެ.
“އަދި އެތް ސުވާލް..މި ސުވާލަށް އާންސަރ ދޭން ހަމަ މަސްޓް…ހާދަ ކަޓާފަ…ކިހިނެތް ވީ އޯ…”މާޔާ އެހެން އެހުމާއި އެކު ވިޝާލް ގެ ހިތް ތެޅިގަތީ ވަކިވަރެއް ބަލާފައެތް ނޫނެވެ.މާޔާ ގާތު އޭނަ މާޔާ ގެދެވަރަށް ކޯބިވެއޭ ބުނާނީ ކޮންދުލަކުން ހެއްޔެވެ.ވިޝާލް ވިސްނާ ގޮތުގައި މާޔާ އަށް އޭނަ ލޯބި ހުށައަޅައި ފި ނަމަ އެ އެކުވެރި ކަމަށް ހުރަސް އެޅިދާނެއެވެ.ނަމަވެސް އަބަދަކު އެކަން ހިތު ތެރޭގައި ސިއްރު ކޮއްގެނެއް ވެސް ނުހުރެވޭނެއެވެ.ލަދަކާ ހުރެ ތަދެއް ނުފިލާނޭ ބުނާ އަޑު އޭނަ ވެސް އަހައެވެ.ކާކުގެ ނަސީބެއް ކަމެއް ނޭނގެ އެވެ.އެ ވަގުތު ޒެލް އާއި ކައިލާން އަދި ޔޫހާ އައެވެ.އެއާއި އެކު މައުލޫ ބަދަލު ވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ.
“އެ އާނާ ހާދަ ލަހޭ…ހުވާ…މަންމަ ބުނީ ފަސްގަނޑި ބައިގެ ކުރިން އަންނަންޗޯ ގެއަށް”ކައިލާން ގަޑިއަށް ބަލާލަމުން ޝަކުވާ ކޮއްލިއެވެ.އެވަގުތު އާނާ އައިސް ކައިލާން އާއި އަރާ ހަމަ ވަނީ އެވެ.ކައިލާން ހުރީ ސިޑިއަށް ފުރަ ގަސް ދީގެން ކަމުން އެ މަންޒަރެއް އޭނާއަކަށް ނުފެނެއެވެ.އެވަގުތު އާނާ އައިސް ކައިލާން ގެ ބޮލުގައި މަޑުމަޑުން ޖަހައިލިއެވެ.އެއާއި އެކު އެން މެން ހޭން ފެށިއެވެ.އެންމެން ގެއިން ބޭރަށް ނުކުން އިރު ކަލަޒް އައިސް އެ ގެއާއި އަރާ ހަމަ ވަނީއެވެ.
“ހާދަ ލަހޭދޯ….ތައްބައެތް ދޯމީވާ…މިހާރު މިގޭ ދޮށުން ދެތިން ބުރު އަޅައިފިންގައިމު ހިނގާ ދަމާ”ކަލަޒް އައިސް އެހެން ބުނުމާ އެކު ހުރިހާ އެންމެން ހޭން ފެށިއެވެ.
މަޑު ހިނގުމެއް ގައި ހިނގާ ފައި ދިޔަ ޒުވާން ފުރައިގެ ކުދިންތަކަށް ރަށުގެ ގިނަ ބައެތްގެ ނަޒަރު ވަނީ ހުއްޓިފައެވެ.ރަށުގެ ބޮޑު މަގުން ލާފައި ގޮސް ރަށުގެ ގޮނޑުދޮށަށް ފޭބުމާއި އެކު ހުރިހާ އެންމެން އަށް ފުންނޭވާއެތް ލެވުނެވެ.އެންމެ ފުރަތަމަވެސް އެމީހުން ގެ ލޮލުގައި އަޅައި ގަތީ އެހުދު ކުލައިގެ ދޮންވެލި ގަނޑާއި ނޫކަން ގަދަ ކަނޑެވެ.އެމަޑު ދޮންވެލި ގަނޑެވެ.ފެހިކަން ގަދަ ރުއް ތަކާއި ގަސްތަކެވެ.ދޮންވެލި ގަނޑުމަތީގައި ހިނގާލާފައި އުޅޭ ފިނދަނަ ތަކާއި މާކަނާ ތަކެވެ.ކުދިކުދި ކިރު ކަކުނި ތަށް ވެސް އެދުން ވެލިގަނޑު މަތީ ގައި މިނިވަން ކަމާއެކު ދުވެލަ ދުވެލާ އުޅޭ ތަން ފެނެއެވެ.
“އޯ…ހާދަ ރީއްޗޭ…ވާވް…”ޔޫހާ ފުރަތަމަވެސް ދުއްވައިގަތީ ދޮންވެލިގަނޑު މަތީގައި ދުވަން އުޅުނު ކުދި ކިރު ކަކުނި ތަކާއި ދިމާއަށެވެ.އެއާއެކު ޔޫހާ ކައިރީގައި ހުރި މާޔާވެސް މަޑު ހިނގުމެއް ގައި ގޮސް ރާޅުޖަހާ ހިސާބައް ގޮސް ހުއްޓުނެވެ.އެއާއެކު ރާޅުތަށް އައިސް އެ ދޮންފައިގައި އެތްވެސް ހުރަހަކާ ނުލައި ބީހެން ފެށިއެވެ.ހުރިހާ އެންމެން އެކި ދިމަދިމާލަށް ދާންފެށިއެވެ.ނަމަވެސް ވިޝާލް އައިސް ހަމަޖެހި ލައިގެން އެތާ ދޮންވެލި ގަނޑު މަތީ ގައި އިށީނެވެ.ވިޝާލް ގެ ނިޒަރު ހުއްޓިފައި ވަނީ ކުރިމަތީ ގައި ކުޑަކުއްޖެއް ފަދައިން ރާޅާ ތޮޅެން އުޅުމު މާޔާ ގެ ހަރަކާތް ތަކަށެވެ.އިރު ކޮޅަކު އެހެން އިނުމަށް ފަހު ޖީބުން ފޯނެގުމަށް ފަހު މާޔާގެ ފުޓޯގަނޑެއް ނަގައި ލިއެވެ.ވިޝާލް އަށް ނޭނގުނީ އެ ހުރިހާއިރު ވެސް މާޠާ ގެ ހަރަކާތް ތަކަށް ބަލަން މީހަކު ފަހަތު ގައި ހުރިކަމެވެ.
“އޭ..ބުރޯ..ތިހެން އިންދާ ތެޔޮ ނާށި ކާޅު ޖަހައިގަންނަ ތަން ފެންނާނީ އިނގޭ”ފަހަތުން މީހަކު އައިސް ވިޝާލް ގެ ކޮނޑުގައި ޖަހާލުމަށް ފަހު އެހެން ބުނުމުން ވިޝާލް ސިއްސައިގެން ގޮސް ފަހަށް ބަލައިލިއެވެ.
“ކަލަޒް…ހެހެ..އެއީ އެކަހަލަ ކަމެއް ނޫނޭ…”ވިޝާލް ކަލަޒް ފެނުމުން ސިހުންލިބުނު ނަމަވެސް ހަމަޖެހޭ ކަން ދައްކަމުން ހިނިތުން ވެލިއެވެ.
“ދެން ދޮގު ނުހަދާދޯ..ދެންމެ މަގޭ ދެލޮލުން ދުށީ ވިޝާލް އޭނަގެ ފޮޓޯ އެތް ނެގިތަން…ހެހެ..އެތް ދޮގު ހަދައި ފިއްޔާ އެދޮގުން ސަލާމަތް ވާން ޖެހޭނެ އެތްހާސް ދޮގު ހަދަން އިނގޭ”ކަލަޒް އެހެން ބުނުމުން ވިޝާލް ގެ އަނގަ ހަމަ ރަނގަޅަށް ވެސް ބަންދު ވިއެވެ.
“ދޮންބޭ….ދޮންބޭ…އާދެ ބަލާ..ވަރަށް އަވަހަށް…ބަލާބަލާ..ދޮންބޭ”ނަސީބު ރަނގަޅު ކަމުން އެގަޑީގައި ޔޫހާ ވިޝާލް އަށް ގޮވަން ފެށިއެވެ.ވިޝާލް ތެދުވެ ދުވެފައި ޔޫހާ އާއި ދިމާއަށް ދިޔައީ ޔުހާއަށް ކަމެއް ވީ ކަމަށް ހީކޮށެވެ.އެވަގުތު އެހެން އެންމެން ވެސް ވިޝާލް އެކޭ އެތް ފަދައިން ޔޫހާ އާއި ދިމާއަށް ދު ވެފައި އައި ޔޫހާއަށް ކަމެއް ވީ ކަމަށް ހީކޮށެވެ.
“ކިހިނެތް ވީ ޔޫހާ..”ވިޝާލް ހާސްކަމާއި އެކު ޔޫހާ ކައިރިއަށް ގޮސް ހުއްޓުނެވެ.
“ދޮންބޭ….ލުކް…ޑޯލްފިންސް…”ވިޝާލް އެވަގުތު ދެބުމަ ގޮއްޖަހާލިއެވެ.
“ދޮންބެ ޔޫހާ ގާތު ކިތައް ފަހަރު ތަ ބުނާނީ ތިހެން ނުގޮވާށޭ ….ތިހެން ގޮވާއިރު ހީވަނީ ބޮޑު ކަމެއް ވެގެން ގޮވާ ގެން ނޭ”ވިޝާލް ހިތް ހަމަ ނުޖެހިފަ ހުރިކަން އިނގުމުން ޔޫހާ ދެރަ ވިއެވެ.އަދި ސޮރީ އޭ ބުނެލިއެވެ.
އިރުއޮށްސެން ކައިރި ވެފައި ވުމާއި އެކު ހުރިހާ އެންމެން ގެއަށް ދާން މިސްރާބް ޖެހިއެވެ.އިރުއޮށްސުމުން ހުރިހާ އެންމެން ނަމާދު ކޮއްލައި ގެން އެމީހެއްގެ ކޮޓަރިއަށް ގޮސް ވަނެވެ.ނަމަވެސް ވިޝާލް ނުކުތީ ބެލްކަންޏަށެވެ.އަދި ފޯން ނަގައިގެން ކޮންމެސް މީހަކަށް މެސެޖެއް ކޮއްލިއެވެ.އެއާއެކު ފުންނޭވާ އެތް ދޫކޮއްލިއެވެ.
“ދޮންބޭ..ކިހިނެތް ވީ އޯ…މިގަޑީގަ…ޔޫހާ ބުނީމެއްނު ސޮރީ އޭވެސް….ދެން…”ޔޫހާ އައިސް ދެރަވެލާ ފާއެހެން ބުނުމުން ވިޝާލް ގާތަށް ހިނިއައެވެ.
“އެއީ…އެހެން ވެގެން ނެތް ނޫން….އުމްމްމް…އެހެން ވާހަކައެތް…ދޮންބެ ބޭނުން ޔޫހާގެ ހެލްޕް…ހެލްޕް ވެ ދޭނަން ދޯ”ވިޝާލް ނުތަނަވަސް ވެފަ ހުރި ގޮތަކަށް އެހެން ބުނުމުން ޔޫހާ ވިޝާލް ގެ މޫނަށް ބަލައިލިއެވެ.އޭރު ވިޝާލް ގެ މޫނު މަތީގައި ދާތިކިތަށް ވިދާލަ ވިދާލާ ހުއްޓެވެ.
“ފޯރ ވަޓް…”ޔޫހާ ނިތް އަރުވާލާފައި އަހައިލީ ވާނުވާ ގައި ހުރެގެން ނެވެ.
“ދޮންބެ މިއުޅެނީ އުމްމްމް..މާޔާ އަށް ޕުރޮޕޯޒް ކުރަން..”ވިޝާލް ބުނަން ނުބުނަން ވެގެން ހުރެފައިވެސް އެހެން ބުނެލިއެވެ.އެވަގުތު ޔޫހާ ގެ ދެލޯ ބޮޑުވެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Maikaa

Level 310 Stories100 Comments100 Login

Other Articles

Previous

ފަރުދާ 3

Next

ލޯބި ވީމޭ ސިއްރު ސިއްރުން (7

Next
June 17, 2018

ލޯބި ވީމޭ ސިއްރު ސިއްރުން (7

Previews
June 17, 2018

ފަރުދާ 3

11 Comments!

  1. eekko says:
    June 17, 2018 at 1:41 pm

    nice…whn nxt

    1. Maikaa says:
      June 17, 2018 at 5:29 pm

      thank you eekko..inshaa allah Tuesday ga gesen dhevey tho try kuranee mi

  2. Mate says:
    June 17, 2018 at 3:35 pm

    Nice…….keep it up……

    1. Maikaa says:
      June 17, 2018 at 5:29 pm

      thank you Mate..

  3. Maya says:
    June 17, 2018 at 4:58 pm

    Reethi ❤️?????nimen dhen story genesdhehchey
    .. ??????

    1. Maikaa says:
      June 17, 2018 at 5:31 pm

      thank you Maya…and inshaa allah mi srty nimen dhn genes dheyy nan

  4. Maikaa says:
    June 17, 2018 at 5:27 pm

    slm all…miothyy mi stry ge 13th vana part up vefa..hope hurihaa kudin ah ves kamudhaane kamah…..

  5. Livee says:
    June 17, 2018 at 6:03 pm

    Wowww! Awesome when next part???

    1. Maikaa says:
      June 18, 2018 at 8:11 am

      thank you so much livee..inshaa allah Tuesday ga

  6. unique says:
    June 17, 2018 at 6:13 pm

    alhey… vvv loabi enme kiyaa hihvi hisaabun minimuny……. i just want maayaa n vishaal to be together

    1. Maikaa says:
      June 18, 2018 at 8:19 am

      hehe…lets see dho…btw thank you dear

Comments are closed.

Next Episodeލޯބިކަން 14←


All Right Reserved!