ދީނާ -2
މަގުމަށްޗަށް ނުކުމެ ފަޔަށް ލެވުނު ބާރެއްލާފައި ދުއްވައިގަތީމެވެ. ވަރަށް ފަހުން މާލޭގައި އެފެއްދުނު ބީޗެއް ކަމަށްވާ ރަސްފަންނާ ހަމައަށް ދެވުމުން ވަރުބަލިވެގެން ވެލިގަނޑު މައްޗަށް ވެއްޓުނެވެ. ލޮލުން ކަރުނަ ހުއްޓާނުލާ ފައިބަ ފައިބާ ހުއްޓެވެ. ބޮލަށް އެނބުރުން އެރިއެވެ. މޭނުބައި ކޮށް ހޮޑުލެވެން ފެށުނެވެ. އެންމެފަހުން ޙަބަރު ހުސްވެގެން ވެއްޓުނީއެވެ.
“އޭ.. ހެލޯ؟.. ގާރލް؟”، އަހަންނަށް ހޭވެރިކަން ވީ މީހަކު އަހަރެންގެ މޫނުގައި ދެތިން ފަހަރަކު ޖަހާލުމުންނެވެ. އަހަރެން ލޯ ހުޅުވާލީމެވެ. ކުރިމަތިން ފެނުނީ ފިރިހެނެކެވެ. އޭނާގެ ފަހަތުގައި އތުރު 3 ފިރިހެނުން ވެސް ތިއްބެވެ. އަހަރެން ބިރުން ތެޅިގަތީމެވެ. އެމީހުންނާ ދުރަށް ޖެހެން ފެށީމެވެ.
“ހޭއި.. ބިރު ނުގަނޭ އަހަރެމެން ކަމެއް ނުކުރާނަން. ކޮއްކޮ ދުވެފަ އައިސް އަނބުރައިގަތް ތަން ފެނުނީމަ އަހަރެމެން ކޮއްކޮ އަށް އެހީވާން މިއައީ” ތަންކޮޅެއް ބިޔަ ކޮށް ހުރި މީހާ އަހަންނާ ވާހަކަ ދެއްކިއެވެ.
އަހަރެން ވަށައިގެން ބަލާލީމެވެ. އިތުރު މީހެއްގެ ހިލަމެއް ނުވެއެވެ. ހިސާބުގަނޑު އަދިރިވެފައި އަމާނެވެ. ގަޑިން ވީ ކިހާއިރެއްކަމެއްވެސް ނޭނގެއެވެ. އަހަރެންގެ ކުރިމަތީގައި ތިބީ ބޮޑު 4 ފިރިހެނުންނެވެ. ސަލާމަތް ވާނޭ އެއްވެސް ގޮތެއް އަހަންނަކަށް ނުފެނުނެވެ. ހަމައެކަނި އަންދާރު ގާތުން ވެސް ސަލާމަތް ނުވެވޭ ހިނދު އަމުދުން މިމީހުން ގާތުން ސަލާމަތް ވެވޭނީ ކިހިނެއް ހެއްޔެވެ؟
އަހަރެން ބިރުން ތުރުތުރު އަޅަން ފެށިއެވެ. އަހަރެން ދޫކޮށްލުމަށް އެދި އާދޭސް ކުރަން ބޭނުން ވިއެވެ. ނަމަވެސް ބިރުގެންފައި ހުރި ވަރުން އަޑުވެސް ނުނިކުމެއެވެ. ހޫނު ކަރުނަ ކޯތާފަތް ތެންމަމުން ދިޔައިރު އަހަރެން މަސައްކަތް ކުރީ އެ މީހުންނާ ވީހާވެސް ދުރަށް ދެވޭތޯއެވެ. ފިރުކެން ފެށީމެވެ. ތެދުވާނެހާ ވަރު ގައިގާ ނެތީމައެވެ.
“ޖޭޒް އަށް ގުޅާފަ ގެންނަން ވީއެންނު. އެ މަންޖެ އަށް ވަރަށް ވަރު ވެފަ ކަންނޭގެ އެހުރީ” އެތަނުން އެކަކު ބުނި އަޑު އިވުނެވެ.
ޖޭޒް އަކީ ކާކު ބާއެވެ؟ މިއީ ކީއްކުރާ ބައެއް ބާއެވެ؟ އެމީހުން އަހަންނަށް ހަދާނީ ކިހިނެއް ބާއެވެ؟ އަހަރެން މަރާލާނީ ބާއެވެ؟ ނޫނެކެވެ. އަހަރެން މަރުވާކަށް ބޭނުމެއް ނޫނެވެ.
“މަންޖޭ. އަހަރެމެން ކަމެއް ނުކުރާނަމޭ. ފެންފޮދެއް ބޯލަބަ. ހޭ… ބަލާބަލަ.. އަހަރެމެން މީ ގޯސް ބައެއް ނޫނޭ”، ބޮލުގައި ހުޅިއެއް ޖަހައިގެން، ފެންފުޅިއެއް ހިފައިގެން ހުރި މީހާ ބުންޏެވެ.
ދޮގެވެ. ހުސް ދޮގެވެ. އަންދާރުވެސް ބުނީ ހަމަ އެކައްޗެކެވެ. އަހަންނަށް ކަމެއް ނުކުރާނަމޭ ބުނެފައިވެސް ކުރީ ހުސް އަނިޔާއެވެ. އަހަރެން ރޮއެ ރޮއެ އޮއްވާ އަހަރެންގެ ޅަ ހަށިގަނޑަށް ވެރިވެގަތީ އެވެ. އަނިޔާ ވެރިކަމާ އެކު އަހަރެން އެހާ ޅަ އިރު އަހަރެންގެ އިތްފަތް ފޭރިގަތީއެވެ. އެރޭ އަހަރެންގެ ހަށިގަނޑަށް އެޅި ވޭން ދުވަހަކުވެސް ހަދާނުން ނުފިލާނެއެވެ.
“ދައްތަ އެބަ އާދޭ. އަހަރެމެން ގާތު ބުނީ އެ މަންޖެ އާ ދުރުގަ ހުންނާށޯ އޭނަ ބިރުނުގަންނުވާ. އަހަރެމެން ތިބޭ ވައްތަރުންވެސް މީހަކު ބިރުން ފިއްކަޑައިގެން ގޮސް ދާނެޔޯ. އަޅެ ފަހެ ޒަޔާން ބޯ ދިގުކޮށްފަ ހަތަރެސް ފައިގަ އޭތި މީތި ލާފަ ހުރީމަ މަށާ ދިމާލަށް ކޮން އެއްޗިއްސެއްތަ އެކިޔަނީ ކޮންމެ ފަހަރަކު؟” އަހަރެން ހޭ އެރުވި މީހާ ނުރުހުންވެފައި ބުންޏެވެ.
“ގަރލް.. އަހަންނަށް ކިޔަނީ ޖިޔާން. ދިގު އިސްތަށިގަނޑެއް ލާފަ އެހުރީ ޒަޔާން، އެންމެ ބޮޑަށް އެހުރީ ދިހާން ދެން އެއީ ވާއިލް” ކުރުކޮށް ދޮންކޮށް ހުރި މިހާ ދައްކާލާފައި އަހަރެން ގާތު ޖިޔާން ބުންޏެވެ.
“ކޮން ނަމެއް ކިޔަނީ؟” ޖިޔާން ގެ އަޑުގައި ވީ މަޑުމައިތިރި ކަމެވެ. މިއީ ޒަމާން ތަކަކަށް ފަހު މީހަކު އެހާ ހިތްހެޔޮ ކޮށް އަހަންނާ ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
“ދީނާ” ޖިޔާން ކުރި ސުވާލަށް އަހަންނަށް ޖަވާބް ދެވުނެވެ.
“އަހަރެން ސަލާމަތް ކޮށްދީ. އަހަންނަކަށް އިތުރަކަށް ކެތެއް ނުވާނެ. އަހަރެން ސަލާމަތް ކުރޭ.. ޕްލީޒް” އަހަރެން ރޮއެ އާދޭސް ކުރަން ފެށީމެވެ.
“އަހަރެމެން ދީނާ އަށް އެހީ ވާނަން. ހުއްޓާލަބަލަ.. ދީނާ އަކަށް އެއްވެސް އަނިޔާ އެއް ދެނެއް ނުލިބޭނެ.” ޖިޔާން އަހަންނަށް ހަމްދަރުދީވިއެވެ.
“ޖިޔާން” ނަރުސް ޔުނީފޯމްގައި ހުރި އަންހެނަކު އައެވެ. އަދި ޖިޔާން ދުރުކޮށްލާފައި ދެކަކޫ ޖަހައިގެން އަހަރެންގެ ކުރިމަތީގަ އިށީނެވެ. “ހޭ.. ކިހިނެއްވީ؟ ކޮންނަމެއް ކިޔަނީ؟” އޭނާ އަހަންނާ ވާހަކަ ދެއްކިއެވެ.
“ދީނާޔޯ ކިޔަނީ. ދައްތާ، ހިނގާބަ އޭނަ ފުރަތަމަ ގެއަށް ގެންދަން. އޭނަ ހަމައަކަށް އެޅުނީމަ ވާނުވާ އޮޅުން ފިލުވާނީ. އަހަރެން ބޭނުން އޭނަ އަށް އެހީވާން” ޖިޔާން އޭނާގެ ދައްތަ ގާތު ބުންޏެވެ.
“ޖިޔާން އެބުނީ ރަނގަޅަށް ޖޭޒް..” ދިހާން އެއްބަސް ވިއެވެ.
“ދީނާ އަހަރެމެންނާ އެކީގަ އަހަރެމެންގެ ގެއަށް ދާނަންތަ؟ ފެންވަރައިގެން ކާލައިގެން ވާހަކަ ދައްކާނީ ދޯ؟ ދެން ނުރޮއެ. އަހަރެމެން އެންމެން ދީނާ އަށް އެހީވަނަން. އެއްވެސް ގޮނާއެއް ނުކުރާނަން.” ޖޭޒް ބުންނެވެ.
އަހަރެން ރުއިން ހުއްޓާލާފައި ވިސްނާލީމެވެ. 6 އަހަރަށް ފަހު އަހަންނަށް އެ ޖަލުން ނުކުމެވިއްޖެއެވެ. އަންދާރުގެ ވަކިތަކުން ރެކެވިއްޖެއެވެ. ޙަރީރާއަށް ހަދާން ނެތި ދޮރާށި ތަޅު ނުލާ ހުރުމުން އަހަންނަށް ސަލާމަތް ވެވުނީ އެވެ. އުފަލުންގޮސް ޖޭޒް ގައިގާ ބައްދާލެވުނެވެ. އަނެއްކާވެސް ރޮވެން ފެށުނެވެ. އުފާވިވަރުންނެވެ. ހެއްދެވި ފަރާތަށް ޝުކުރު ކުރެވުނެވެ.
“އަހަރެން ދާނެ އިތުރު ތަނެއް ނެތް. އަހަންނަށް އެހީވޭ..” އަހަރެން ރުއީމެވެ.
…………….
“އަރާ..” ސައިކަލަށް އެރުމަށް ޖިޔާން ބުންޔެވެ. ޖިޔާން މެންގެ ގެ ހުންނަނީ ހެންވޭރު އާޓިފިޝަލް ބީޗް ކައިރީގަ ކަމަށް ވެފައި، މިހާ ދަން ގަޑިއެއްގައި ކާރެއް ނުލިބޭނެތީވެ އެންމެން ވެސް ސައިކަލުގައި ދާން ނިންމީއެވެ. ޖޭޒް އެދުނީ އަހަރެން ޖިޔާން އާއި އެކީ ދިޔުމަށެވެ. އަހަރެން އެކަމަށް އެއްބަސްވީމެވެ.
އަލަށް ސައިކަލަކަށް އެރި ފަހަރު ކަމުން އެރުނީ ތަންކޮޅެއް އުދަގުލުންނެވެ. ޖިޔާން ސައިކަލު ދުއްވާލި ތަނުން ވެއްޓޭހެން ހީވެގެން ޖިޔާން ގައިގާ ބާރަށް ބައްދާލެވުނެވެ. އިރުކޮޅަކުން ފިނި ވައި ޖެހެން ފެށިއެވެ. ލޯހުޅުވާ ބަލާލީމެވެ. މާލޭގެ މަގުތަށް ފެނުނެވެ. ގެތަކާއި އިމާރާތް ތަކެވެ. އެއްގަމު ދުއްވާ އުޅަދުތައް ޕާކު ކޮށްފައި ވެއެވެ. އަހަންނަށް މާލެ މި ފެނުނީ ހާދަ ދުވަހެއް ފަހުންނެވެ. ޓީވީ އިން ފެންނަ ގޮތަށް ވުރެ ހާސް ގުނަ ތަފާތެވެ. އާށޯހުވެފައި އިދެ އެކި ދިމަ ދިމާ ބަލަމުން ދިޔަ އިރު ޖިޔާން ދެއްކި އެއްވެސް ވާހަކަ އަކަށް ސަމާލުކަމެއް ނުދެވުނެވެ.
ސައިކަލު މަޑުކޮށްލީ ދިގު އިމާރާތެއް ކުރިމަތީގައެވެ. ޖިޔާން ގެ އެހީ އާ އެކު ސައިކަލުން ފޭބި އިރު އެހެން އެންމެން ވެސް އިމާރާތް ކުރިމަތީގައި އަހަރެމެންގެ އިންތިޒާރުގައި ތިއްބެވެ.
“މުޅި މާލޭގަ ދުއްވާފަތަ ތިއައީ؟ އަހަރެމެން މިތާ ތިބޭތާ ކޮން އިރެއް މިހާރު” ކުރުކޮށް ހުރި ވާއިލް ވާހަކަ ދެއްކިއެވެ.
“ދީނާ ބިރުގަނެދާނެތީވެ ވަރަށް މަޑުންނޭ ދުއްވީ. ގެއަށް ވަތް ނަމަ” އެ އިމާރާތް ތެރެއަށް ވަންނަމުން ޖިޔާން ޖަވާބު ދިނެވެ.
އެތެރެއަށް ވަދެގެން ގޮސް އެންމެން ލިފްޓަކަށް އެރިއެވެ. “ދީނާ އަށް ކިތަށް އަހަރު؟” 8 ވަނަ ފިތަށް ފިތާލަމުން ޖޭޒްމިން ސުވާލް ކުރިއެވެ. ލިފްޓު ކުއްލިއަކަށް މަށްޗަށް އަރަން ފެށުމުން އަހަރެން އަރި އަޅާލިއެވެ. ޖޭޒް އަހަރެން ހިފެހެއްޓިއެވެ.
“19” ޖޭޒް ކުރި ސުވާލަށް ޖަވާބު ދިނީމެވެ. “އަލަށްތަ ލިފްޓަކަށް ތިއެރީ؟” ޒަޔާން ސުވާލު ކުރިއެވެ. އަހަންނަށް އެއަށް ޖަވާބް ނުދެވިގެން އުޅެނިކޮށް ވާއިލް ޒަޔާން ދަމާ ފަހަތަށް ލާފައި އަހަރެންގެ ކުރިމަށްޗައް އެރިއެވެ.
“އަސްލުތަ؟ އަހަންނަށްވެސް 19 އަހަރު. އަހަންނަށް ކިޔަނީ އިބްރާހިމް ވާއިލް. ބައެއްމީހުން އިއްބެވެސް ކިޔާނެ، ވައްޑެ ވެސް ކިޔާނެ، އެކަމް ދީން ބޭނުމިއްޔާ އަހަންނަށް ވާއިލް ވެސް ކީދާނެ. އޯކޭތަ ދީން ކިޔަސް؟ އަސްލު ދީން ކިޔަން މާ ލޯބި..” އެއްނޭވާއިން އެ ހުރިހާ އެއްޗެއް ކީ އިރު ވާއިލް ހީވަނީ އަލަށް އެއްޗެއް ފެނިގެން އުފަލުން އުޅޭ ކުޑަކުއްޖެއް ހެންނެވެ.
“ދެން އެމަންޖެގެ ބޯ ނުގޮއްވަބަލަ ރާކަންޏާ..އަލަށް މަންޖެއަކާ ދިމާ ވެއްޖެއްޔާ ހީވާނީ އެހެން ފަދަ ކަމެއްހެން” ވާއިލްގެ އަނގަ މަތީގައި އަތް އަޅަމުން ފަހަތުގައި ހުރި ޒަޔާން ބުންޏެވެ. ދެންތިބި އެންމެން ހޭން ފެށިއެވެ. އަހަރެން ހީލީމެވެ.
ލިފްޓު އޭތީގެ މަންޒިލަށް އާދެވުމުން މަޑުޖެހިލިއެވެ. އެވަގުތު އަހަރެންގެ ބޮލަށް ފާޑެއްގެ އެނބުރުމެއް ވެސް އެރިއެވެ. ޖޭޒް ގެ އަތުގައި ބާރަށް ހިފަހައްޓާލީ ވެއްޓިދާނެތީއެވެ. ލިފްޓުގެ ދޮރު ހުޅުވުމުން އެންމެން ލިފްޓުން ފޭބިއެވެ. އަދި އެ ބުރީގައި ހުރި ދޮރާ ދިމާލަށް ހިނގައިގަތެވެ. އެތާގައި އިތުރު ބިއްލޫރި ދޮރެއްވެސް ހުއްޓެވެ. ހީވާގޮތުން އެއީ ޓެރަހަށް ނުކުންނަން ހުރި ދޮރެވެ. ބޭރު އަނދިރި ވުމުން އެއްވެސް ވަރަކަށް ބިއްލޫރިގަނޑު ތެރެއަކުން ނުފެނެއެވެ.
ޖިޔާން ގޮސް ތަޅުދަޑިން އެމީހުންގެ އެޕާރޓްމަންޓް ދޮރު ހުޅުވާލުމަސްފަހު އެތެރެއަށް ވަނެވެ. ޖިޔާން ގެ ފަހަތުން އެންމެންވެސް ވަނެވެ. އެއީ ރީތި އެޕާރޓްމެންޓެކެވެ. ބޮޑެވެ. ކަޅު، ހުދު އަދި އަޅި ކުލައިގެ ފަރްނީޗަރު ހުއްޓެވެ. ބޮޑު މަސްޓޭންކެއްވެސް އެއްކަނެއްގައި ހުއްޓެވެ. ޓީވީ ސެޓަކާއި ގޭމް ކުޅޭ ސެޓެއް ހުރި އިރު އެކިކަހަލަ ފޮޓޯތަކުން ފާރުތައް ޒީނަތްތެރި ކުރެވިފައިވެއެވެ.
“ޕާސްތާ މީރުތަ؟” ޒަޔާން ސުވާލުކުރިއެވެ. އެބުނީ ކީކޭކަން ރަނގަޅަށް ދޭހަ ނުވުމުން ބޯ އަރި ކޮއްލާފައި ސުވާލުގެ ނަޒަރުން އޭނާއާ ދިމާލަށް އަހަރެން ބަލާލީމެވެ. “މިބުނީ ޕާސްތާ ހަދައިފިއްޔާ ކާނަންހޭ؟” ހިނިގަނޑެއް ޖަހާލަމުން ޒަޔާން އެހިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލީމެވެ.
ޒަޔާން ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ. ވާއިލް ގޮސް ސޯފާ މައްޗަށް ވެއްޓި ގެނެގެން އޮވެ ފޯނާ ކުޅެން ފެއްޓިއެވެ. ޖިޔާން އާއި ދިހާން ނުކުތީ ބޭރަށެވެ.
“ޒަޔާން އަކީ މިގްރޫޕްގެ މާސްޓާ ޝެފް އިނގޭ.. ވަރށް މީރުކޮށް ކައްކާނެ.. އާދޭ ރޫމްއަށް” ޖޭޒް މިހެން ބުނުމަށް ފަހުު ކޮޓަރިތަކާ ދިމާލަށް ހިނގައިގަތެވެ. ޖޭޒް ގެފަހަތުން އަހަރެންވެސް ހިނގައިގަތީމެވެ. ޖުމްލަ ހަތަރު ކޮޓަރި ހުރިއިރު ޖޭޒް ގޮސް ވަނީ އެންމެ އެތެރޭގަ ހުރި ކޮޓަރިއަށެވެ. ދަނބުކުލައިން ދިއްލިފައިވާ ކޮޓަރިއެވެ. ބޮޑު އެއްދެއް ހުރެފައި ފާހަނާ އެތެރެ ފެންނަ ބިއްލޫރިގަނޑެއް ހުއްޓެވެ. ފާހަނާ ތެރޭގައި ހުރި މޫނު ދޮންނަ ތައްޓާއި ދޮންނަ މެޝިން ހުރީ ރީއްޗަށް ފެންނާށެވެ. އެތާ ތެރޭގައި ދޮރުފޮތި ދަމާފައި އިތުރު ބިއްލޫރި ގަނޑެއްވެސް ހުއްޓެވެ.
“އަން.. މިއީ ޖޭޒްމިން ވަރަށް ފަހުން ގަތް އެއްޗިހިސް ތަކެއް. ދަތުރަކު ދާން އޮތީމަ ބޭނުންވާ ހުރިހާ ސާމާނެއް އާކޮއްލީ. ދިނާ އަށް މިއެއްޗެހި ބޭނުން ކުރެވިދާނެ. ހީވަނީ ދީނާ އަށް މިއެއްޗެހި ހެޔޮވަރުވާނެހެނ.ް ދެން އެއޮތީ ޖޭޒް ގެ ތުވާލި. ފެންވަރާލައިގެން ނުކުމޭ އިނގޭ ކާން..”މަޑު ހުދަށް ދާ ދަނބު ކުލައިގެ ސޯފާ މަތީގައި އޮތް ތުވާލި ދައްކާލާފައި ޖޭޒްމިން ކޮޓަރިން ނުކުންނަން ދިޔައެވެ. “އެއްޗިހިސް ދޮންނަން މެޝިނަށް އަޅާ އިނގޭ.. އިތުރު އެއްޗެއް ބޭނުންތަ؟” ދަމުން އަހާލިއެވެ. އަހަރެން ނޫނެކޭ ބުނުމުން ކޮޓަރިން ނުކުތެވެ.
އަންނައުނު ބާލާ ދޮންނަން އެޅީމެވެ. އޭގެން ދުވަނީ ހުސް ހޮޑު ވަހެވެ. ޖޭޒްމިން މެންނަށް އަހަރެން ގާތު ހުންނަން ކެއްކުރެވުން ކަމެވެ. ޖޭޒްމިން ދިން ބުރުހުން ދަތް އުގުޅަން ވެގެން މޫނު ދޮންނަ ތަށި ކައިރިއަށް ދިޔައީމެވެ. އަދި ބޮޑު ލޯގަނޑުން އަމިއްލަ ސޫރަ ބަލާލީމެވެ.
އުނަގަނޑާއި ހަމައަށް އަރާ ތިރި އަށް ބުޅިވެފައިވާ ކަޅު އިސްތަށިގަނޑު ވަނީ ހޮޑާއި ވެއްޔާ މޮޑެވިފައެވެ. ރުއިމުގެ ސަބަބުން ދެލޯ ރަތް ވެފައި ވާއިރު ތުންފަތް ހިކިގެން ގޮސް ވަނީ ކުލަ ގޮސްފައެވެ. އަހަންނަށް މިވީ 10 އަހަރު ލިބެމުން ދިޔަ އަނިޔާގެ ހެކި ދައްކުވައިދޭ ލަކުނުތަކާއި ޒަހަމްތަށް ހަށިގަނޑުގެ އެކި ތަންތާގައި ހުއްޓެވެ. އެ ޒަހަމް ތައް އަހަންނަށް މަލާމަތް ކުރާ ކަހަލައެވެ. އަމިއްލަ ސޫރަ ދެކެ އަހަރެން ނަފްރަތު ކުރަމެވެ. ލޯގަނޑެއް ކުރިމައްޗަށް ނާރާ ވޭތޯ ބަލަނީ މިހެން ވެގެންނެވެ. ޙަރީރާ ދީފާވާ އަނިޔާތަކާއި އަންދާރުގެ ވަކިތަށް ފެންނާތީއެވެ. އަހަރެންގެ ބަދުނަސީބު ދިރިއުޅުން މަތިން އަބަދުމެ ހިތާމަ ކުރެވޭތީއެވެ.
ދެލޯ ކަރުނުން ފުރުނެވެ. ކިތަންމެ ވަރަކަށް ނުރޯން ހުއްޓަސް އަޅާ ވޭނަށް ކެތް ކުރަން ދަތިވުމުން ރޮވެނީއެވެ. ކަރުނަތަށް ފޮހެލާފައި ދަތް އުނގުޅަން ފެށީމެވެ. ދަތް އުނގުޅާ ނިންމުމަށްފަހު ފާހަނާ އެތެރޭގައި ހުރި ދޮރުފޮތިގަނޑު ކަހާލާފައި ބިއްލޫރި ދޮރުވެސް ކަހާލީމެވެ. އެއް ކަނެއްގައި ބިލިގާ އެއް ވާއިރު އަނެއް ކަނުގައި ފާހަނާ ކުރާ ތައްޓެއް ހުއްޓެވެ. ބިލިގާ ކައިރީގައި ފެންމާގަނޑަކާއި ކުޑަ އިސްކުރެއް ހުއްޓެވެ. މާގަނޑުން ބޮލަށް ފެންއަޅާ ފެންވަރަން ފެށީމެވެ. އާދައިގެ މަތިން ލިބިފައިވާ ޒަހަމްތަކުން ދިލަނަގައި މުޅި ގައިގާ ރިއްސަން ފެށިއެވެ. އަޅާ ވޭނަށް ކެއްކޮށްގެން ފެންވަރާ ޠާޙިރު ވެގެން ފާހަނައިން ނުކުތީމެވެ.
ޖޭޒްމިން ދީފައިވާ ރަތްކުލައިގެ އަތްދިގު ޓީޝާޓާއި ކަޅު ހަރުވާޅު ލީމެވެ. ހުރިހާ އެއްޗެއްވެސް ހެޔޮވަރެވެ. ބޮލުގައި ފުނާ އަޅަންވެގެން ލޯގަނޑު ކުރިމަތީ ހުރި ވަގުތު ކޮޓަރި ދޮރު ހުޅުވާލައިފާ ޖިޔާން ވަދެގެން އައެވެ. އަހަރެން ފެނުމުން އޭނާ ހުރިތަނަށް ހުއްޓުނެވެ.
ދެލޯ ބޮޑު ކޮށްގެން އަހަންނާ ދިމާލަށް ޖިޔާން ބަލަން ހުރި ގޮތުން އަހަންނަށް ހުރެވުނީ ހިރިލަން ނޭނގިފައެވެ. އަންދާރު އަހަންނާ ދިމާލަށް ބެލުމުން ވާ އުދަނގުލާ ޙިލާފަށް ޖިޔާން އަހަންނަށް ބަލަން ހުރި ގޮތުން އަހަރެން ގަތީ ލަދެވެ.
ދޮންނަ މެޝިނުން ނިވުން އަޑަށް ޖިޔާން ސިއްސައިގެން ގޮސް ކަރުކެހިލިއެވެ. “އަނެއް… އަމް.. މީ.. ދައްތަ ކޮބާ؟” އިސްތަށިގަނޑުގައި އަތް ހާކާލަމުން ޖިޔާން އެހިއެވެ.
“ނޭނގޭ. ދީނާ ގާތު ފެންވަރަން ދާށޭ ކިޔާފަ ބޭރަށް ނުކުތީ..” އަތުގައި އޮތް ފުނާ މޭޒުމަތީގައި ބާއްވަމުން ޖަވާބު ދިނީމެވެ. ޖިޔާން ބޯ ޖަހާލަފައި ބޭރަށް ނުކުތެވެ. މެޝިނުގައި ހުރި އަންނައުނު ނަގާ އެތަނުން ރޯނެއްގައި އަޅުވާލާފައި އަހަރެންވެސް ނުކުތީމެވެ.
ޕާސްތާގެ މީރުވަސް މުޅި ގޭތެރެއަށް ފެތުރިފައި ވެއެވެ. ބަދިގެއާ ހަމައަށް ދިޔައިރު މޭޒުމަތި ތަތްޔާރު ކުރުމުގައި ޒަޔާން އާއި ޖޭޒްމިން އުޅުނެވެ. ޖޭޒްމިން ހުރީ ފެންވަރާ ތާޒާ ވެލައިގެންނެވެ. އެއްވެސް މޭކަޕެއް ނެތް ދޮން މޫނު އޮމާން ވެފައި ނަލައެވެ. ރަތް ކުލަ ޖައްސާފައިވާ ދިގު، ބުޅި އިސްތަށިގަނޑުގައި ތެތް ކަމެއް ހުއްޓެވެ.
ޖޭޒްމިން އަށް އަހަރެން ފެނުމުން ހީލިއެވެ. “އިށީނދެ ކާން. ކޮބާ އީލް އާއި ދިހާން؟ އާދެ އެންމެން ކާން” ޖޭޒްމިން ގޮވާލި އަޑަށް ވާއިލް އާއި ދިހާން ސިޓިންގްރޫމްގައި ގޭމް ކުޅެން ތިބެފައި ބަދިގެއަށް އައެވެ.
“އަޅެ އީލް ނުކިޔާށޭ.. ވާއިލް އޭ ކިޔަނީ!” ވައިލް ނުރުހިފައި ޖޭޒްމިން ގާތު މިހެން ބުނުމުން ޖޭޒްމިން ހިނިގަނޑެއް ޖަހާލިއެވެ. “ވާއު.. ދީނާ ފެންވަރާލީމަ ދީނަ ރީތިކަން އިނގެނީ..” ވައިލް އަށް އަހަރެން ފެނުނީމަ ބުންނެވެ. އަހަރެން ލަދުގަތެވެ. ވާއިލް އެކުރާ ތައުރީފުގައި އެއްވެސް ނުބައި ނިޔަތެއް ނުވާކަން އިނގެއެވެ. މި އެންމެންނާ އެކީ އުޅެން އަހަންނަށް އުނދަގޫ ނުވަނީ އެންމެންވެސް އެހާ ހިތްހެޔޮ ވީމައެވެ.
ކެއުމައިގެން ކުރިއަށް ދިޔަ އިރު އެކި އެކި ވާހަކަ ދެކެވުނެމެވެ. ކޮންމެ މީހެއްގެވެސް ކުޑަ ތަޢާރަފެއް ދިނެވެ. ޖޭޒްމިން އަކީ ޖިޔާން އަށް ވުރެ 3 އަހަރު ބޮޑު އެއްބަނޑު އެއްބަފާ ދައްތައެވެ. ދެމީހުންގެވެސް މައިންބަފައިންނަކީ މުއްސަނދި ބައެކެވެ. ދުނިޔޭގެ އެކި ކަންކޮޅު ތަކަށް ވިޔަފާރި ކުރުމަށް ދަތުރު ކުރާ ބައެކެވެ. ނަމަވެސް ޖޭޒްމިން ބޭނުންވީ އަމިއްލަ އަށް ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދައިގެން ދިރިއުޅޭށެވެ. ޖިޔާން ޖޭޒްމިން އާއެކު އުޅެން ބޭނުން ވުމުން ދެބެން ނިންމީ މާލެއިން އެޕާރޓްމެންޓްް އެއް ގަނެގެން ކިޔަވައިގެން ވަޒީފާ އަދާކުރާށެވެ. ޒަޔާން އާއި ޖޭޒްމިން އަކީ ކުޑައިރުން ފެށިގެންވެސް ވަރަށް ގާތް ރަހުމަތްތެރިންނެވެ. ދިހާން އަކީ ޒަޔާން ގެ ގާތް ރަހުމަތްތެރިއެކެވެ. އަދި ވާއިލް އަކީ ޖިޔާން ސްކޫލް ދައުރުގައި ދިމާވި އެކުވެރިއެކެވެ. މި އެންމެންގެ މެދުގައިވެސް އެހާ ގާތް ގުޅުމެއް އުފެދިފައި ވާތީ ގިނަވަގުތު އެންމެން އުޅެނީ އެކީގައެވެ. ވާއިލް އަށް 19 އަހަރު ވެފައިވަ އިރު ޖޭޒްމިން އާއި ޒަޔާން އަށް 24 އަހަރެވެ. 25 އަހަރުގެ ދިހާން އަކީ މިގުރޫޕުން އެންމެ ބޮޑަށް ހުންނަ މީހާއެވެ.
މިހުރިހާ ވާހަކަ އެއް ދެކެވުން އިރުވެސް އެކަކުވެސް އަހަރެންނާ އެއްވެސް ސުވާލެއް ނުކުރެއެވެ.އެކަމަށް އަހަރެން ޝުކުރުވެރި ވަމެވެ. އަހަރެންގެ ވާހަކަތައް ދައްކާނެހާ ހިތްވަރެއް އަދި ނެތެވެ.
ކައި ނިންމާފައި އެންމެން ދިޔައީ ފަތިސް ނަމާދަށް އަރާށެވެ. ޖޭޒްމިން އާއިއެކު ތަށިތައް ދޮވެ ނިންމާފައި އަހަރެންވެސް ދިޔައީ ޖޭޒްމިން އާއެކު ނަމާދަށް އަރާށެވެ.
“ދީނާ މިގަޑިގަ ނިދާލާ. މާދަމާ ހޭލާފަ ވާހަކަ ދައްކާނީ ދޯ. ޖޭޒްމިންގެ ޑިއުޓީ އިނީ މާދަމާ ހަވީރު މާދަމާ ހަވީރު. ސޯ ދީނާ އާއެކީގަ އުޅެވޭނެ ހަވީރު ވަންދެން. ޖިޔާން މެން އެންމެން ނިދާނީ މިގޭގަ ކަންނޭގެ މިރޭ . ދީނާ އެކަންޏެއް ނުވާނެ އިނގޭ އެއްވެސް އިރެއްގައި. ދީނާ އަކަށް އުދަގުލެއްވެސް ނުވާނެ. ކަމެއް ބޭނުން ވީމަ އަހަރުމެން މީހެއް ގާތު ބުނެލާ. ދެން އެހަށް ނިދާލާ.” އޯގާވެރިކަމާއެކު ޖޭޒްމިން އަހަންނާ ވާހަކަ ދެއްކިއެވެ.
އަހަރެން ނިދަން އެރީމެވެ. އެހަށް އެއްވެސް ކަމަކާ ނުވިސްނާ ނިދާލަން ވެގެންނެވެ. ޖޭޒްމިން ވެސް އަހަރެން ގާތުގައި އޮށޯތެވެ. އޭސީގެ ފިނީގައި މަޑު ރަޖާގަނޑެއް ދަށުގައި އޮވެ އެއްވެސް ފިކުރަކާނުލާ އަހަންނަށް ނިދުނެވެ.
25 Comments!
Comments are closed.

Varah reethi.. Waiting 4 the next part.. Btw Kon irakun nxt part?? Luv u.. With luv..?❤❤
Thank You So Much ((:
Sorry for the late update
Will try to update sooner
<3
wow vvv reethi Maasha Allah keep the work love this story
Thank You So Much ((:
Sorry for the late update
<3
wow vvv reethi Maasha Allah keep up the good work love this story
Thank You So Much ((:
<3
Mash allah …. vrh reethi hama habu….keep it up dear…when next part dear… waiting….?
Thank You So Much ((:
Will try to update sooner
varah reethi??
Thank You So Much ((:
Vvv vvv reethi
Ekam Thankolheh lahee up kollileh
Dhen ok tha dho mi part lahun up kuriyas dhiguveema
So when next part
Thank You So Much ((:
Sorry for the late update
Will try to update sooner
<3
V reethi. Vaahaka liyumuge faadu verikan eba huri. Keep up the goodwork. ❤️
Thank You So Much ((:
I will try my best 😀
Story is osm!
Thank You So Much ((:
Wow vv interesting story.. v nice.. waiting for next part
Thank You So Much ((:
Will try to update soon
<3
Wow v furihama story ??when next part
Thank you :))
Wow varah reethi❤?
Waiting for next part…
Thank you :))
Wow ❤❤❤ hama habeys ????? when is the nxt part
Thank you :))
Note to all readers: I am very sorry to inform that I cannot continue this story anytime soon due to some problems I’m facing. However, I promise that I will finish this story and I will upload 4 new chapters next time I write. I am very sorry 🙁