Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނުހައްގުލޯބި (5)

Sh@_n@ Level 410 Stories100 Comments100 Login
June 19, 2018 5 Mins Read
6 Comments

އަހަރެންގެ ހިތުގައި އަތްއަޅާ ބާރުކޮއްލެވުނީ ހިތަށްވި ތަދެއްގެ ބޮޑުކަމުންނެވެ.

ޤަބޫލް ނުކުރެވިފައި އެތައް އިރަކު ހުރެވުނެވެ.އަޝްފާން ހަމަ
އަހަރެންނާ ވަކިވީބާއޭ ހިތަށް އަރަމުންދިޔައެވެ. އެންމެފަހުން އަހަރެން އެތާ އިތް ކުއްޖާއަށް އެހީމެވެ.”ސަމާސަ ކުރަނީ ދޯ، ކާކު ދެެއްކި ވާހަކައެއްތީ” އެކުއްޖާ ވަރަށް ހައިރާންވެފައި ބުންޏެވެ. “ކޮންކަމަކާ އަހަރެން ސަމާސަ ކުރަންވީ، އަހަރެންނަކަށް ނޭނގޭ ތީ ކާކު ކަމެއްވެސް، އަހަރެންކައިރީ އެހީތީ އަހަރެން މި ބުނީ އަހަރެންނަށް އެނގޭ މިންވަރަކަށް،” މިހެން ބުނެ އެކުއްޖާ ކުރަން އިން މަސައްކަތަށް ސަމާލުކަންދިނެވެ. އަހަރެން ލޮލުގެ ތެރޭގައި ހުރި ކަރުނަތައް ފައިބަން ނޭނގިފައި ހުރިކަހަލައެވެ. ހުރިހާ ކަރުނައެއް ލޮލުގެ ތެރޭގައި ބޮޑިވެފައި ހުއްޓެވެ. ވަރަށް ހިތްވަރު ކުރަމުން ގަދަކަމުން ކަހަލަ ގޮތަކަށް ފިޔަވަޅު ނަގަމުން އަހަރެން ފިހާރައިން ނިކުމެ ގެއާ ދިމާލަށް މިސްރާބު ޖެހީމެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެކުއްޖާ ދެއްކި ވާހަކަތަކެވެ.

އަހަރެންގެއަށް ވަތްއިރު މަންމަގެ އިތުރުން މައިވެސް ސިޓިންގްރޫމްގައި އިނެވެ. އަހަރެން ފެނުމާއެކު ދެމީހުން ކޮޅަށް
ތެދުވިއެވެ. އެދެމީހުން ފެނުމުން އަހަރެންގެ ލޮލުގެ ތެރޭގައި ގިނަވެފައި ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮއް ފައިބަންފެށިއެވެ. އަހަރެން ދުވެފައިގޮސް މަންމަ ގައިގަ ވަރަށް ބާރަށް ބައްދާގަތްފަ އަޑުން އަޑު ނަގާ ރޯންފެށީމެވެ. ލޮލުން ކަރުނަ ހުސްކުރަން އުޅޭ ކަހަލައެވެ. އަހަރެން ރޯންފެށުމުން ދެމީހުން ވަރަށް ހާސްވެ، އެތަކެއް ސުވާލެއް ކުރަންފެށިއެވެ. އަހަރެން ވަކި ބުނާނީ ކީކޭ ކަމެެއް ހުދު އަހަރެންނަކަށް ވެސް ނޭނގުނެވެ. މަންމަވެސް އަހަރެންގެ މޫނުގަ ފިރުމަ ފިރުމާފަ ވީ ގޮތް އޮޅުންފިލުވަން މަސައްކަތްކުރިއެވެ.

ކުއްލިއަކަށް އަހަރެންގެ އަތުގަ އޮތް ގަނޑުކޮޅު ފެނި މަންމަ އެ ބަލާލިއެވެ. އަދި އަހަރެން ސޯފާގައި ބައިންދާލިއެވެ. އަހަރެން މަންމަގެ ލޮލުންވެސް ކަރުނައައެވެ. މައި ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. މަންމަ ހިނިތުންވެލަމުން ބުންޏެވެ. ” ދަރިފުޅާ މިކަމާތަ ތި ރޮނީ. މީ މީހުން ރޯވަރުގެ ކަމެއްތަ، މަންމައަކަށް އަދި ނޭނގޭ ދަރިފުޅު އުުފަލުން ތިވަރަށް ރޮއެ ހަދާކަމެެއް. ދަރިފުޅު ކުރި ބުރަމަސައްކަތުގެ ނަތީޖާއޭ މިއީ. މަންމަ ވަރަށް އުފާވެއްޖެ، ދެން ހުއްޓާލާ” މިހެންބުނެ ގަނޑުކޮޅު މައި އަތަށް ދިނެވެ. މައިވެސް ގަނޑުކޮޅު ބަލާލިއެވެ. އަދި ހިނިތުންވުމަށްފަހު ދެން ނުރޯށޭ ބުނެލިއެވެ.

މަންމަ ހީކުރީ އަހަރެން ރުއީ އަހަރެންގެ ނަތީޖާ ރަނގަޅުވުމުން ކަަމަށެވެ. އަހަރެން ބުނާނީވެސް ވަކި ކީކޭ ހެއްޔެވެ. އަހަރެން މި ރުއީ ކޮންސަބަބަކާހުރެ ބުނާނެ ހިތްވަރެއް އަހަރެންގެ ނެތެވެ. އަނެއްކާވެސް އަހަރެންނަށް ރޮވެންފެށުނެވެ. އެެހެންކަމަށްވުމާއެކު އަހަރެން ދުވެފަގޮސް ކޮޓަރިއަށްވަދެ ދޮރުތަޅުލީމެވެ. އަދި އެނދުމައްޗަށް ވެއްޓި އޮވެ ރުއީމެވެ. ކިތަންމެ ވަރަށް ރުޔަސް މިއަދު އަހަރެންގެ ލޮލުން ކަރުނަ ނުހިކޭނެކަން އަހަރެންނަށް އެނގެއެެވެ. އަހަރެންގެ ހިތާ އެތައްފަހަރަކު ޝަކުވާ ކުރެވުނެވެ. އެހެންނަމަވެސް މިއަދު އަހަރެންނަށް އަހަރެންގެ އަމިއްލަ ނަފްސަށްވެސް ހިތްވަރުދޭހާ އަހަރެން މިވަނީ ބަލިކަށިވެފައެވެ. އަހަރެން ހަޔާތުގަވެސް
ލޯބިވި ފުރަތަމަ މީހާޔާ މިގޮތަށް ވަކިވާން ޖެހިދާނެ ކަމަކަށް އަހަރެން ހިޔެއްނުުރަމެވެ. އެހެންނަމަވެސް މިއަދު އަހަރެން ބާކީ ވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ.

އެދުވަހަށްފަހު އަހަރެންގެ ދިރިއުޅުން އެކީ ބަދަލުވެގެންދިޔައެވެ. މީހުންނާ ވާހަކަދެއްކުން މަދުވެ އަބަދު ކޮޓަރީގައި އޮންނަން ފެށުނެވެ. މީގެ ނަތީޖާއަކަށްވީ ހަފްތާއެއްގެ ތެރޭގައި އަަހަރެންގެ ހަށިގަނޑަށް އައި ބަދަލުންނެވެ. ކާން ކިތަންމެ ބޭނުންވިޔަސް ހިތްވަރުނެތި އަބަދު ކޮޓަރީގައި އޮވެވެނީއެވެ. އަހަރެންގެ މިބަދަލުވުމުން ކޮންމެވެސް ގޯހެއް އުޅޭކަން މަންމަމެންނަށް އެނގުނެވެ. ކިތަންމެ ސުވާލެއް ކުރެވުނަސް ހަނު އިނުން ނޫން ކަމެއް ނުުކުރެވެ. މަަންމަ އަހަރެންގެ މި އައި ބަދަލުގެ ސަބަބުން ކަންތައް ބޮޑުވާން ފެށިއެވެ. މަންމަ ދުރުކޮއްލާ އެއްވެސް ކަމެއް ހިއްސާ ނުކުރާ ކަމުގައި ބުންޏެވެ. މީހަކު ކައިރީ ބުނެގެން ވާނެ ފައިދާއެއް ނޯންނާނެކަން އަހަރެންނަށް އެނގޭތީ އަހަރެން ހަނު ހުރީމެވެ.

އެއްރޭގެ ރޭގަނޑުގެ ވަގުތެވެ. އަހަރެން އޮތީ އަހަރެންގެ ޑައިރީ ހިފައިގެންނެވެ. އެކަންތައް ގަނޑަށްފަހު އަހަރެން ޑައިރީގައި އެއްވެސް އެއްޗެއް ނުލިޔެވެ. އަހަރެންގެ ހާލަތު ރަނގަޅު ނޫންވީމައެވެ. އެހެންކަމަށް ވުމާއެކު އަހަރެން މަސައްކަތް ކުރީ އެދުވަހުގައި ކަންތައް ހިނގި ގޮތް ލިޔެލުމަށެވެ. އެހެންނަމަވެސް އަހަރެން ހިތަށް އެރީ ފުރަތަމަ ފެންވަރައިލައިގެން އައިސް އެކަން ކުރުމަށެވެ. އެހެންކަމުން އަހަރެން ފާހާނާއަށް ވަނީ ފެންވަރާލާށެވެ.

ފާހާނާއިން ނުކުތްތަނުން އަހަރެންގެ ފައިދަށުން ހީވީ ބިންގަނޑު ދަމައިގަތްހެންނެވެ. މައި އަހަރެންގެ ޑައިރީ ހިފައިގެން ހުރިތަން ފެނުމުންނެވެ. މައިގެ މޫނުމަތީގެ އަސަރެއް ދެނެގަންނާކަށް އަހަރެންނަކަށް ނޭނގުނެވެ. އަހަރެންނަށް އިސްޖަހައިގެން ހުރެވުނީއެވެ. އޭރު ކޮޓަރީގައި އަހަރެންގެ މަޑު ގިސްލުމުގެ އަޑު ވަނީ ހިފާލާފައެވެ.

މައި އަހަރެންގެ އަތުގައި ހިފައިގެންގޮސް އެނދުމަތީ ބައިންދާލިއެވެ. އަދި ބުންޏެވެ. ” ޖަން. ކީއްވެ މަށަށް ސިއްރުކުރީ. މަށަށް އޭރުވެސް ހީވި. އެކަމް ޖަން އަމިއްލައަށް ކިޔައިދެންދެން މަޑުކުރީ. އެދުވަހު ޖަންއަށް އެހެން ބުނެވުނީމަތަ ސިއްރުކުރީ، ބަލަަ އެހެން މީހުންވެސް ދުލުންބުނެވޭ ބަހުގަ ހިފައިގެން ނޫޅެޔޭ. ޖަންއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ކަޒިން. ލިމް މެރީކުރި ކުއްޖާ އެއީ ލިމް ދުވަހަކުވެސް ރައްޓެހިވެސް ނުވާނަމޭ ބުނި ކުއްޖެއްކަން. އެކަމް އޭނަ އެހެން ބުނެވުނީތީ ސިއްރެއް ނުކުރެއެއްނު.ލޯބިވާތީ މެރީވެސް ކުރީނު. މަށަށްވެސް އެނގުނޭ އެދުވަހު ޖަން އުފަލުން ނޫންކަން ރުއީ. އެކަމް އަހަރެން އެވަގުތު އެއްޗެކޭ ނުބުނީ ޖަން މަންމަ ހުރީމަ.” މައި އެހުރިހާ އެއްޗެއް ކީ އިރުވެސް
އަހަރެންނަށް އިސްޖަހައިގެން އިނދެ ރުއިން ނޫންކަމެއް ކުރާކަށް ނޭނގުނެވެ.
“ޖަންގެ ޑައިރީން ކިޔުނު ތަންކޮޅުން އެނގުނު އެކުއްޖާއަށް ކިޔަނީ އަޝްފާންކަން. އިތުރަކަށް ނުކިޔަން، އިތުރަށް ކިޔާކަށް ބޭނުމެއްވެސްނޫން. ޖަންގެ އަނގައިން ހުރިހާ ވާހަކައެއް އަޑުއަހަން ބޭނުމީ.ބުނޭ އޭނަ ކީއްކުރީ، އަމިއްލަ މީހާ ހުރި ނިކަމެތިކަން ބަލާބަލަ. މަށަށް އެނގޭ ވަަރަށް ބޮޑުކަމެއް ވީމަކަން، އަވަހަށް ބުނޭ، އެހެންނޫނީ އަހަރެންނަށް ޖެހޭނީ ތިޔަ އަޝްފާން އޭނަގެ ސައިޒަށް ކަނޑާލަން” ފަހަރަކަށް ވުރެ
ފަހަރެއް މައިގެ އަޑު ދިޔައީ ބާރުގަދަވެ ރުޅިގަދަވަމުންނެވެ. އަހަރެން އިނީ މައިގެ ވާހަކަތަކުން ނަގަންވީ މާނައެއް ނޭނގިފައެވެ.

އަނެއްކާވެސް މައި ވާހަކަފެށިއެވެ. ޖަން. ހިނގާ މަށާ އެކީ އެ ފިހާރައަށް އެންމެންގެ ކުރިމަތީ ތިޔަ މީހަކު މިއަދު ލަދުގަންނަވަރު ކޮއްލާނަން. ފަހަރަކު އަންހެން ކުއްޖަކާ ރައްޓެހިވެފަ އޭނަޔަކަށް ނޫޅެވޭނެ. ކުޅި ދައްކާލަން. މިހެން ބުނުމާއެކު އަހަރެންނަށް މައިގެ އަނގަމަތީ އަތްއަޅާލެވުނެވެ. އަދި ދެފަރާތަށް ބޯ ހޫރުވާލީ އެއްވެސް އެއްޗެއް ނުބުނުމަށެވެ. މައި އަހަރެންނާ ދޭތެރޭ ވިސްނާކަންވެސް އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް ކުށެއްނެތި މީހަކާ ދިމާލަށް ްއެއްޗެއް ބުނާކަށް އަމުދުން އަހަރެންގެ ހިތް ނުރުހެވެ. އަދި އެވެސް އަހަރެން އެންމެ ލޯބިވި މީހާއެވެ.

މައިގެ އަނގަމަތިން އަހަރެންގެ އަތް ނައްޓުވާލުމަށްފަހު ކޮޓަރި ތެރޭގައި މައި ހިނގަންފެށިއެވެ. އަދި ބުންޏެވެ. “ސާބަސް ޖަން. އޭނަ ހުރިހާ ކަމެއް ކުރީމަވެސް ތިޔައުޅެނީ އޭނަ ދިފާއުކުރަންތަ. އޭނަ ބިރުދެއްކީ ދޯ، އޭނައަކަށް ނޭނގޭތަ ކާކާ ކަމެއް އެ ބެހެވުނީ”. މައި އަޝްފާން އާ ދިމާލަށް އެއްޗެހި ގޮވަމުންދިޔައީ އަހަރެން ހުއްޓާލާށޭ ބުނެ ބުނެ އޮއްވައެވެ. އެންމެފަހުން އަހަރެން ވަރަށް ބާރަށް ބުނީމެވެ.

“މައި، އަހަރެން އަޝްފާން ދެެކެ ލޯބިވާކަން އަހަރެން ނޫން އެކަކަށްވެސް ނޭނގޭނެ”. މައި ކުއްލިއަކަށް ހުއްޓުން އެރީ އަހަރެން ބުނި ވާހަކައިންނެވެ.ކީކޭހޭ ތިބުނީ މައި އަހާލީ އިތުރަށް އެނގެން ބޭނުންވާ ފަދަ ގޮތަކަށެވެ. އަދި މައި އަހަރެންނަށް ބަލަމުންދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އަހަރެން ދެންމެ ބުނި ބަސް ތަކުރާރުކުރަމުން ބިންމަތީ ދެކަކޫ މައްޗަށް ތިރިވެ އަނގަމަތީ އަތް އެޅުމަށްފަހު ރޯން ފެށީމެވެ. މައި ވެސް އައިސް އަހަރެންގެ ކައިރީ ދެކަކޫ މައްޗަށް ތިރިވެ އިށީނެވެ. އަދި އަހަރެން ވާހަަކަ ދައްކަން ފެށީމެވެ.

“އާނ. މައި. އަހަރެން މިހަދަނީ ތެދު. އޭނަގެ އެއްވެސް ކުށެއްނެތް. އަޝްފާން ފެނުނު ފުރަތަމަ ދުވަހުވެސް އަހަރެން އޭނަގެ ޖާދޫގަ ޖެހުނީ. އަހަރެންގެ ނިދިވެސް އަހަރެންނާ ވަކިވެފަވާ ކަހަަލަ. އަބަދުވެސް އަޝްފާންގެ ހިޔާލްގަ އަހަރެންގެ ދުވަސްތައް ދިޔައީ. އަހަރެން އެހާ މޮޅަށް ކިޔެވީވެސް އަޝްފާން ބުނީތީ”. މިހެން ބުނެ އެދުވަހު ކަންތައް ވީ ގޮތް ކިޔައިދިނީމެވެ. އަދި މައިގެ މޫނަށް ބަލާލީމެވެ. މައިގެ ލޮލުންވެސް އަހަރެންނަށް ފެންނަމުންދަނީ ކަރުނައެވެ. އަނެއްކާވެސް އަހަރެން ވާހަކަދެއްކޭތޯ މަސައްކަތް ކުރީމެވެ. އޭރު އަހަރެންގެ އަޑު ދިޔައީ ތުރުތުރު އަޅަމުންކަން އަހަރެންނަށް ފާހަގަވިއެވެ. މަ މަ މައި، އަހަރެން ވަރަށް އުނދަގުލުން މައިއަށް ގޮވާލީމެވެ. މައި ބޯ ޖަހާލީ އަޑު އެބަހަމޭ ބުނާ ކަހަލަ ގޮތަކަށެވެ.

އަނެއްކާވެސް އަހަރެންގެ ވާހަކަ ކުރިއަށް ގެންދިޔައީމެވެ. “އަހަ…އަހަރެންގެ ފުރާނަޔަށް ވުރެ ވެސް ބޮޑަށް އަޝްފާން ދެކެ ލޯބިވިން. އަހަރެން ހީކުރީ އަޝްފާންދެކެ ލޯބިވާ ވާހަކަ އަަހަރެންނަަށް ބުނެވޭނެ ކަމަށް. އެކަމު އެ ނަސީބުވެސް ނުލިބުން. އަހަރެން ހާދަ ފޮނި ހުވަފެނެއް ދެކުނީމޭ މައި. މިހިތަށް ހާދަ ތަދުވޭ، ހާދަ ވޭނެއް އަޅައޭ.”
” އަހަރެން ލޯބީގެ އެތައް ގަނޑުވަރެއް ބިނާކުރިން. އެކަމު ހިތާމައަކީ އެ ހިޔާލީ ގަނޑުވަރު ބިނާކުރެވުނީ ރާޅު ޖަހާފުށީގައި ވެލިންކަން. އިސާހިތަކު އައި ރާޅަކާއެކީ އެ ގަނޑުވަރު ބިމާ ހަަމަވީ. އެންމެ ހީއެއްގެ މައްޗަށް. އަހަރެން ހީކުރީ އަޝްފާންވެސް ލޯބިވާކަމަށް. މައި އަހަރެން ކިހިނެއް ހަދާނީ. އަހަރެން ހާދަ ލޯބިވޭ އަޝްފާން ދެކެ.” އެހުރިހާ ވާހަކައެއް ދެއްކި އިރުވެސް އަހަރެންނަށް ދިޔައީ ރޮވެމުންނެވެ. އަހަރެން މައި ގައިގަ ބައްދާލާ މާފް ކުރާށޭ ބުނެ މާ ބާރަށް ރޮވެންފެށުނެވެ.

މައި އަހަރެންގެ ބުރަކަށީގައި ފިރުމާލަމުން ބުންޏެވެ. “ހިނގާ އޭނަ ހޯދަންދާން. މީހަކުދެކެ ލޯބިވެވުން އެއީ މައްސަލައެއްނޫނޭ. އޭނަ ލޯބިނުވިޔަސް އޭނަ ޖެހޭނީ ޖަން ގަބޫލްކުރަން..ހިނގާދާން، މިހާރު މިވަގުތު.” މިހެންބުނެ ދާން ތެދުވިއެވެ. އެހެންނަމަވެސް އަހަރެން މައި ހުއްޓުވީމެެވެ. އަދި އެއްވެސް އަސަރެއްނެތް ގޮތަށް ބުނީމެވެ.
“އެއްވެސް ފައިދާއެއްނެތް”. އަދި އެދުވަހު ކައުންޓަރގަ އިން ކުއްޖާ ދެއްކި ވާހަކަ ހަނދާން ކުރަމުން އަހަރެން ބުނީމެވެ. “އެއީ މީހެއްގެ ހައްގެއް، އެއްމަސް ނުފުރޭ ތުއްތު ތުއްތު ކުއްޖެއްގެ ބައްޕައެއް. މީހެއްގެ ފިރިއެއް، މައި ތިބުނަނީ އެ ތުއްތު ކުއްޖާގެ އަތުން އޭނަގެ ބައްޕަ ފޭރި ގަންނާށޭތަ. އަހަރެން ކިހިނެއް އެކުއްޖާގެ އަތުން އެކުއްޖާގެ ހައްގު ފޭރި ގަންނާނީ. އެކުއްޖާގެ ހައްގު ފޭރިގަނެގެން އަހަރެންނަށް ކޮން އުފަލެއް އޮތީ. އެހެން ކަންތައް ކޮއްފިނަމަ އަހަރެންހާ ނުބައި މީހަކު ނުހުންނާނެ. ކުއްވެރި އަކީ މަށޭ. އެ ހިތްހެޔޮ ކަމާއި ގާތްކަން އެހެން މާނައަކުން ނެގުނީ މަށަށް،” މިހެން ބުނަމުން ހިތާ ދިމާލުގައި ދެތިންފަހަރު މޮޔައެއްހެން ޖަހާލެވުނެވެ. މައި އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.

މައި އަހަރެން މިކަމުން ދުރުކޮއްދީ. މައި އަހަރެންގެ މަންމައާއި ބައްޕައަށް މިކަން ސިއްރުކޮއްދީ، އެމީހުން ހާދަ ދެރަވާނޭ. މަށަށް އެނގޭ އަހަރެން އުފަލުގަ ބަހައްޓަން ކޮންމެ ފަދަ ކަމެއްވެސް ކޮއްފާނެކަން. އެމީހުން މޮޔަވާނެ މީހަަކަށްޓަކައި އަހަރެންނަށް މިވަރު ވީމަ. މިހާ ތަނަށް އަހަރެން ބޭނުންވި ހުރިހާ ކަމެއް ކޮއްދިން . ފަހަރެއްގަ އަޝްފާން ހޯދަންވެސް އުޅެފާނެ. އެކަމަކު އަހަރެންގެ އުފާތައް ހާސިލްކުރުމަށް މީހެއްގެ ލައިފްއެއް ހަލާކު ކުރާކަށް ބޭނުމެއް ނޫން. އަޝްފާން އުފަލުގަ ހުރިއްޔާ އަހަރެންނަށް އެ ނިމުނީ. އަހަރެންގެ އެހާ ހިތްވަރެއްނެތް މީހެއްގެ ލައިފަށް ވަންނަހާ”. އަހަރެން ދައްކަމުން ދިޔަ ވާހަކަ ހުއްޓާލީ އަހަރެންނަށް ވަރުބަލިކަން އިހުސާސްވާން ފެށުމުންނެވެ. އިރުކޮޅެއް ކޮއްލުމަށްފަހު އަހަރެން އިންތަނުން ތެދުވެ ހިނގައިގަތީ އެނދުމަތީ އިށީނުމަށެވެ. އެހެންނަަމަވެސް އަހަރެންގެ ބޮލަށް ކުއްލިއަކަށް އެނބުރުން އަރައިގެން ވެއްޓުނެވެ.

އަހަރެންނަށް ހޭވެރިކަންވީއިރު އަހަރެން އޮތީ ހޮސްޕިޓަލްގައެެވެ. މަޑުމަޑުން ދެލޯ ހުޅުވާ ފަރާތް ފަރާތަށް ބަލާލީމެވެ. އޭރު އަހަރެން ކައިރީ މަަންމަ އާއި ބައްޕަގެ އިތުރުން މައިވެސް ހުއްޓެވެ. ކުއްލިއަކަށް އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައީ އެތަނަށް ވަތް މީހާ ފެނިފައެވެ.

ނުނިމޭ

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

އެދުވަސް

Next

ހުޅުކޮޅު 28

Next
June 19, 2018

ހުޅުކޮޅު 28

Previews
June 19, 2018

އެދުވަސް

6 Comments!

  1. Handi says:
    June 19, 2018 at 2:36 am

    Wow i am first story hqma habeys keep it up dear

  2. Amee says:
    June 19, 2018 at 6:32 am

    Vrh reethi vaahaka. When next part dear..

  3. unique says:
    June 19, 2018 at 8:06 am

    alhey aslu vvv beinun mistory ge aneh part kiyaalan vvv bodah its like i was in her world dreaming……… pls pls meege aneh part vvv avahah upkohdhehchey……. story is osm

  4. cuty says:
    June 19, 2018 at 11:19 am

    wow. varah reethi igey mi part vx. hama next part kiyaalaa hithun nuvx hurevey. waiting igey,

  5. Nunnu says:
    June 19, 2018 at 12:11 pm

    V reethi
    Alhey haadha dherakoshey dho mi dhimaavee
    Alhey ummeedh kuranee Jan ah Jan ge loabi libeyne kamah
    Ekam vaahakaige namuge gothun nuheevey libey hehenneh
    Ekam ves vaahaka hama vv reethi

  6. Livee says:
    June 19, 2018 at 7:50 pm

    Vv salhi story when next part???

Comments are closed.


All Right Reserved!