ފާއިތުވިީީ މަދު މިނެޓްކޮޅެކެވެ. ރީޝާއާއި އާދިލް އެގޮތުގައި ތިއްބައި ކޮޓަރީީގެ ދޮރުމައްޗަށް މީހަކު އެރިހެން ހީވެގެން އެ ދިމާއަށް އާދިލް މޫނު އަނބުރައިލިއެވެ. ކުޑައިރުކޮޅަކު ދޮރާއި ދިމާއަށް ބަލަން ހުރެފައި މަޑުމަޑުން ރީޝާގެ ކޮނޑުގައި ހިފާލުމަށްފަހު އޭނާއާއި ދުރުކޮށްލިއެވެ. އޮހެމުން އައި ކަރުނައާއިއެކު ދޮރާއި ދިމާއަށް ބަލަހައްޓައިގެން ހުރި އާދިލްގެ މޫނަށް ރީޝާ ބަލާލިއެވެ. އެއަށްފަހު ހައިރާންވެފައި ދޮރާއި ދިމާއަށް ރީޝާ ވެސް ނަޒަރު ހިންގާލިއެވެ. އެވަގުތު ރީޝާގެ ހިތަށް ހީވީ ޒަލްޒަލާއެއް އައިހެނެވެ. މޭފަޅާފައި ހިތް […]
ކެބިންގެ ދޮރު ހުޅުވުނު އަޑަށް ޔޫހާން އާއި އޭނަގެ އަތުތެރޭގައި އޮތް ނައުރީންއަށް އެދިމާލަށް ބަލާލެވުނެވެ. ކެބިންގެ ދޮރު ހުޅުވައިގެން އެދެ މީހުނަށް ނަޒަރު ހުއްޓާލައިގެން ހުރި އައިލީން ފެނި ޔޫހާންގެ ދެ ލޯ ބޮޑުވިއެވެ. ނައުރީންގެ މޫނު މަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ. އަވަސް އަވަހަށް ޔޫހާން ނައުރީން އާ ދުރުވެލިއެވެ. އައިލީން އެއްވެސް އެއްޗެއް ބުނުމެއްނެތި ކެބިންގެ ތެރެއަށް ވަނެވެ. އޭނަގެ މޫނު މަތީގައިވި އަސަރުތައް ދެނެގަންނާކަށް ޔޫހާންއަކަށް ނޭނގުނެވެ. ” އައިލީ… ލިސެން […]
ޖާޒީލައިގެން ތައްޔާރުވެލުމަށްފަހު އާރާޝް އޭނާގެ ފޯނު ބަލާލީ އަފްރާ ނޫނީ މާނީގެ މެސެޖެއް އިންތޯއެވެ. ނަމަވެސް އޭނާގެ ހިތް މާޔޫސްވީ އެކަކުގެވެސް މެސެޖެއް ނެތުމުންނެވެ. އެންމެ ކުޑަމިންނުން ގުޑްލަކް މެސެޖެއްވެސް ނެތެވެ. މާއިޒްގެ ހާލުވެސް އާރާޝެކޭ އެއްފަދައެވެ. ލޯބިވާ ކޮއްކޮއާ ލޯބިވެރިޔާގެ އިތުރުން އާއިލާ މެންބަރެއްގެވެސް މެސެޖެއް ނެތުމުން އޭނަ ދެރަވިއެވެ. އިޝްމާގެ މެސެޖެއް އިންތޯ އެންމެ ފަހުފަހަރަށް އަކްމަލް ބަލާލިއެވެ. އެހެނަސް ހިތުގައި ރިއްސާލީ އިޝްމާގެ މެސެޖެއް ނެތުމުންނެވެ. އެހެނަސް ހިތްހަމަޖައްސާލީ އިޝްމާ މެސެޖުކުރަން އޭނާއަކީ […]
ކައިލާން އަވަހަށް ތެދުވެ ދުވެފައިގޮސް އޭނާގެ ސައިކަލުންޖެހި އަނިޔާ ވެފައިވާ އަންހެން ކުއްޖާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ނަގައި ބަލައިލިއިރު އޭނާގެ ދުނިޔެ ނިމުމަކަށް އައި ކަހަލައެވެ. ***** މަޑުމަޑުން ބަލިގޮތަކަށް ދެލޯ ހުޅުވާލި ޖަޒްލީއަށް ކައިލާން ފެނުމުން ތެދުވަންވެސް ނޫޅެ ކައިލާންއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އެއަތުގެ ތެރޭގައި ވުމަށް ހިތްއެދި ގޮވަމުން ދިޔައީތީއެވެ. ދެމީހުންނަށްވެސް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ ފުން އިޙްސާސެކެވެ. ކައިލާން ޖަޒްލީ ނަގާ އޭނާގެ އަތުތެރެއަށް ލިއެވެ. އަދި ޖަޒްލީގެ ރޮއިރޮއި […]
ލާމިންއަށްވެސް ވީ ހަމަ އެވަރެވެ.މިހާ ރީތި ހޫރު ޕަރީއެއް އޭނާ ދުވަހަކުވެސް ނުދެކެއެވެ. މީ އަނެއްކާ ހުވަފެނެއް ނޫންބާއޭ ލާމިންގެ ހިތަށްއެރިއެވެ.މީހަކަށް ފެނުމުގެ ކުރިން ދެމީހުން ކޮޅަށްތެދުވެލިއެވެ.ނީޝާ އަވަސް އަވަހަށް އޭނާ ކިޔަވަމުންދާ ކްލާސް(12 ސީ)އަށް ވަނެވެ. ******** ދުވަހަކީ ހޮނިހިރު ދުވަހަށް ވުމާއެކު އަންހެންވެރިން އެމީހުންގެ މަސައްކަތް ކުރަމުން ދިޔައީ ހުއްޓުމެއްނެތި ގޮނޑުދޮށަށް ބިންދާލާ ރާޅުތަކެއް ފަދައިންނެވެ.މުސްކުޅިން ފުރައިގެ މީހުންވެސް،ހޮޅުއަށީގައި އޮލަ ވާހަކައިގައި ޖެހިފައި ތިއްބެވެ.ބ.ދަރަވަންދޫ ޑޮމެސްޓިކް އެއަރޕޯޓަށް ޖެއްސި ފްލައިޓުން ކަޅުކުލައިގެ އަތްދިގު ޓީޝާޓަކާއި […]
އޮފީސް ޑޮކިއުމެންޓުތަކެއްގެ ތެރެއަށް ގެނބިފައި އިންދައި ކުއްލިއަކަށް މީހަކު އައިސް ފަހަތުން ބައްދައިގަތުމުން އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. “މޫމިން! ކިތައް ފަހަރު ބުނާނީ ތިހެން ކުއްލިއަކަށް ނުސިއްސުވާށޭ! ހިތް ހުއްޓިއްޖިއްޔާ ކިހިނެއް ހަދާނީ؟” އަހަރެން ހަަޅޭއްލަވައިގަތީމެވެ. ނަމަވެސް ފަހަތުން ގައިގައި ބައްދައިގެން ހުރި މޫމިންގެ ޖަވާބެއް ނައެވެ. ގައިގައި ވެށިފައިވީ ދެއަތް ދުރަށް ޖައްސައިލުމަށްފަހު އަހަރެން މޫމިންގެ މޫނަށް ބަލައިލީމެވެ. ފެނިގެންދިޔައީ އޭނާގެ މޫނުން އެންމެ ބަލަން ބޭނުންނުވާ، ހިތާމަވެރިކަމެވެ. “އަނެއްކާ ސުހާޔާ މައްސަލަޖެހުނީ؟” މޫމިން […]
ދާނިޝްއާ އަރްޝާދް ޖޯޒީލައިގެން ތިބިއިރު އުމުރަށްވުރެ ހަގުކަމަށް ދައްކައެވެ. ވިއްސަކަށް އަހަރުގެ ކުދިންނަށް އެދެމީހުން ދޫނުކުރާނެއެވެ. ވޭން އަންނަންދެކަށް ތިރީގައި މަޑުކޮށްގެން ތިބިއިރު އެތައް އަންހެން ކުދިންނެއްގެ ލޯތައް އެދެމީހުންނަށް އަމާޒުވަމުން ދިޔައެވެ. ************ ބަހުން ފައިބައިގެން ދަނޑަށް ވަންނަން ދިޔައިރު ކެމޭރާތަށް ހުރިހާ ކުޅުންތެރިންނާށްވެސް އަމާޒުވަމުންދިޔައެވެ. ނޫސްވެރިން މައިކްތައް ހިފައިގެން މެޗާ ބެހޭ މައުލޫމާތުތަށް ގެނެސްދެމުންދިޔައެވެ. އެމީހުންގެ އެންމެ ބޮޑު ސުވާލަކީ އިންޑީއާގެ ތަޖުރިބާހުރި ވަރުގަދަ ޓީމް […]
“އޯ ޝިޓް! ޔަޝަލް ސައިކަލުގަ ގެއަށް ލައިދެވުނުނަމަ… އޭރުން އުޅޭ ގެވެސް އިނގުނީސްނު! މަމީ މޮޔައެއްތަ؟” ގެއަށްގޮސް ވަނުމާއެކު ޖީލާންހިތަށް އެރިއެވެ. ކުރެވުނު މޮޔަކަމާއިހެދި އަމިއްލަ އިސްތަށިގަނޑުގައި ހިފައިވެސްގަނެވުނެވެ. “ސަޅި ނަމެކޯ! އޭތި ކަޑައެންނު! އާއާއާރ!!!! އެއަށްވުރެ މޮޅު އެއްޗެއް ބުނަން ނޭންގުނީތަ މަށަށް؟” ޖީލާން އިތުރަށް އޭނާގެ ބޯ ހާވައިގަތެވެ. ގޭތެރޭ ދެކޮޅަށް ހިނގަމުންނެވެ. ޖީލާންއަކީ ދުވަހަކުވެސް މިވަރަށް ކަމަކާއި ވިސްނި މީހެއް ނޫނެވެ. މިޒަމާނުގެ ގޮތުން ބުނާނާމަ ވަރަށް ޗިލް މީހެކެވެ. ނަމަވެސް މިވަރަށް […]
އެހާ ގިނަދުވަސް ވަންދެން ދޮރު ނުހުޅުވަ ހުރުމުން ދޮރުހުރީ ތާށިވެފައެވެ. ތަންކޮޅެއް ބާރުލާފައި އަހަރެން ދޮރު ކޮއްޕާލީމެވެ. ދޮރު ހުޅުވުމާއެކު ސިކުންތަކަށް އަހަންނަށް ހީވީ އަހަރެންގެ ހަށިގަނޑު ތެރެޔަށް ހޫނު ވައިރޯޅިއެއް ވަދެގެން ދިޔަހެނެވެ. އެއީ މާގިނަ ދުވަސް ވަންދެން ކޮޓަރި ބަންދުކޮށްފައި ހުރުމުން އާވި ވެފައި ހުރުމުން ހީވިއެއްޗެއް ކަމަށް ނިންމާ ކޮޓަރި ތެރެއަށް ވަނުމަށް އަހަރެން ފިޔަވަޅެއް ނެގީމެވެ. އޭރު އަހަރެންގެ ހިތް ހީވަނީ އަހަރެންގެ އަނގައިން ނުކުމެދާނެހެންނެވެ. އަހަރެންގެ ހިތް ދިޔައީ އެހާވެސް […]