Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

“ހިތް” ލޭ ކޮށެވިފައި……10

Noor💙 Level 710 Stories100 Comments100 Login500 Comments
July 18, 2018 6 Mins Read
65 Comments

ކައިލާން އަވަހަށް ތެދުވެ ދުވެފައިގޮސް އޭނާގެ ސައިކަލުންޖެހި އަނިޔާ ވެފައިވާ އަންހެން ކުއްޖާގެ މޫނުމައްޗަށް އެޅިފައިވާ އިސްތަށިތައް ނަގައި ބަލައިލިއިރު އޭނާގެ ދުނިޔެ ނިމުމަކަށް އައި ކަހަލައެވެ.

*****

މަޑުމަޑުން ބަލިގޮތަކަށް ދެލޯ ހުޅުވާލި ޖަޒްލީއަށް ކައިލާން ފެނުމުން ތެދުވަންވެސް ނޫޅެ ކައިލާންއަށް ބަލަހައްޓައިގެން އޮވެވުނީއެވެ. އެއަތުގެ ތެރޭގައި ވުމަށް ހިތްއެދި ގޮވަމުން ދިޔައީތީއެވެ. ދެމީހުންނަށްވެސް ކުރެވެމުން ދިޔައީ ބުނެދޭން ނޭނގޭ ފުން އިޙްސާސެކެވެ. ކައިލާން ޖަޒްލީ ނަގާ އޭނާގެ އަތުތެރެއަށް ލިއެވެ. އަދި ޖަޒްލީގެ ރޮއިރޮއި ދުޅަވެފައިވާ މޫނުގައި ދެއަތުން ހިފާލުމަށްފަހު ޖަޒްލީގެ ދެލޮލަށް ނުހަނު ލޯބިން ބަލާލިއެވެ. ހީވަނީ އެ ރީތި ބޮޑު ދެލޮލުގެ ތެރެއަށް ފީނަން މަސައްކަތް ކުރާ ހެންނެވެ. ޖަޒްލީ އެންމެ ފަހުން އިސްދަށަށް ޖަހާލީ އޭނާގެ ލޮލަަށް ޖަމާވަމުންދިޔަ ކަރުނަ ތަކުން ކައިލާންގެ ކުރިމަތީގައި އޭނާގެ ހިތުގައި އަދިވެސް ކައިލާންއަށް ޓަކައި ވިންދު ޖަހަޖަހާވާ ލޯބި ހާމަ ވެދާނެތީއެވެ.

“ޖަޒްލީ…. ކޮންތާކަށްތަ ދިޔައީ އަހަރެން ދޫކޮށްލާފަ…. އަހަންނާއި އެކުގައި ވުމަށް ވަޢުދު ނުވަންތަ؟ޖަޒްލީއާއި ނުލާ މިހިތުގެ ވިންދުވެސް ހުއްޓިދާނެ……. ”

ކައިލާން ޖަޒްލީގެ މަޑުމަޑު އަތްތިލައިގައި ހިފާފައި ގެނެސް އޭނާގެ މޭގައި ޖައްސާލާފައި ވާހަކަ ދެއްކިއެވެ. އެވަގުތު ޖަޒްލީ އޭނާގެ އަތް ދަމާގަނެފައި, ތެދުވެ ކައިލާންއާއި ދުރަަށް ދާން ހިނގައިގަތީ ކައިލާންގެ ކެހިވެރި ކަމުގައި ދެވަނަ ފަހަރަށް ޖެހޭނެހާ ހިތްވަރު ނެތުމުންނެވެ. އެވަގުތު ކައިލާންވެސް ތެދުވެ ޖަޒްލީގެ ފަހަތުން ދާންވެގެން މަގު ހުރަސް ކުރަނިކޮށް އެ މަގުން ބާރު ސްޕީޑުގައި އައި ސައިކަލަކުން ކައިލާންގެ ގައިގައި ނުޖެހުނީ ހަމަ ކިރިޔާއެވެ. އެވަގުތުކޮޅު ވެގެން ދިޔައީ ކައިލާންއަށް އޭނާގެ ޙަޔާތުގައިވެސް ލިބުނު އެންމެ އުފާވެރި އެއް ވަގުތުކޮޅަަށެވެ. ވާނީވެސް އެހެންތާއެވެ. ފުރަތަމަ ފަހަރަށް ހިތާއި ފުރާނައިން ލޯބިވި އަންހެން ކުއްޖާގެ ދުލުން ބޭރުކުރި ބަހާއިއެކު އޭނާގެ ނަން މުޅި ހިސާބުގައި ގުގުމައިގެން ދިޔައެވެ. ކައިލާންގެ ތުންފަތުގައި ފުޅާ ހިނިތުންވުމެއް ދުވެލިއެވެ. އެވަގުތު ޖަޒްލީ ދުވެފައި އައިސް ކައިލާންގެ ގައިގަ ދެއަތުން ވަށާލާ ބާރު ބާރަށް ރޯން ފެށިއެވެ. ކައިލާންގެ ހިތުގައި އޭނައާއި ދޭތެރޭ ކޮންމެ އެއްޗެއް އޮތަސް ޖަޒްލީގެ ހިތުގައި ކައިލާންއަށްޓަކައި ލޯބި ނޫން އެއްޗެއް ނުވެއެވެ. ވީއިރު ކައިލާންއަށް އަނިޔާއެއް ލިބެން އެހިތުން އެދެވޭނީ ކިހިނަކުން ހެއްޔެވެ. އެވަގުތު ކުރެވުނު އިޙްސާސަކުން ޖަޒްލީގެ ހިތުގެ އެންމެ ހިމަ ނާރަށްވެސް ވަނީ އަސަރު ކޮށްފައެވެ. ކައިލާންދެކެ ވާ ލޯބީގެ ބާރުގައި އޭނާގެ އަޑުވެސް އަނބުރާ ލިބުނީއެވެ. ކައިލާން އޭނާގެ އަތުން ޖަޒްލީގެ ބޮލުގައި ފިރުމަމުން ދިޔައެވެ. އެ އަތުގެ އުޅަނބޮށިން އޮހޮރެމުން ދިޔަ ލެޔަކަށްވެސް ފަރުވާލެއް ނެތިއެވެ. ޖަޒްލީގެވެސް ނިތްކުރިން މަށައިގެންގެސް އޭނާގެ ކަކުލުންވެސް ބާރަށް ވިންދު ޖަހާ ދިލަ ނަގަމުން ދިޔައެވެ. ނަމަވެސް މިވަގުތު ދެމީހުންކުރެ އެކަކުވެސް އިތުރު އެހެންކަމަކާ ފިކުރެއް ޚިޔާލެއްވެސް ނެތެވެ.

“ޖަޒްލީ… އަދި އެއްފަހަރު ތި ރީތި އަޑު އިއްވާލަބަލަ… ހާދަހާ ލޯބިކަމެއް އެކުލެވިގެންވާ އަޑެކޭ… ހަމަ ޖަޒްލީހާ ލޯބި…. ”

ކައިލާން ޖަޒްލީ އޭނާގެ މެޔާއި ދުރުކޮށްލުމަށްފަހު ވާހަކަ ދެއްކިއެވެ.

“ކައިލާން.. އަ އަހަންނަށް އެނގިއްޖެ ކައިލާން އަހަރެންދެކެ ލޯބި ނުވާކަން…. އެކަމަކާ އަހަރެންގެ އެ އެއްވެސް ޝަކުވާއެއް ނެތް… އެކަމަކު އަހަރެން ދުވަކުވެސް ކައިލާންގެ ލޯތްބަށް އެދި އާދޭސްކުރިތަ…… އަހަރެން ތިލޯބީގައި ޖައްސާފަ އެހާ އިހާނެތިކޮށް ކަންތައް ކޮށްލަން ކައިލާންއަށް އޮތީ ކޮން ޙައްޤެއް؟”

ޖަޒްލީ ކައިލާންގެ ކުރިމަތީގައި އޭނާގެ ހިތް ކަފަމުންދިޔަ ސުވާލުތައް ބަންޑުން ކޮށްލީ ގިސްލަ ގިސްލާފައި ރޮމުންނެވެ.އެވާހަކަތައް އަޑުއަހަމުން ދިޔަ ކައިލާންހުރީ ހަމަ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާއަށް ޖަޒްލީ އެދައްކާ ވާހަކަ އެއްގޮތަކަށްވެސް ފަހުމް ވާގޮތެއް ނުވިއެވެ. އަދި ޖަޒްލީ އެ ކުރާ ތުހުމަތު ތަކަކީ ތެދެއް ނޫންކަމަށް ބުންޏެވެ. ކައިލާންގެ ދެލޮލުން އެކަނިވެސް އޭނާއަށްޓަކައި އުތުރި އަރަމުން ދިޔަ ލޯބިން ޖަޒްލީއަށް ހިނގާދިޔަ ހާދިސާއާއި ދޭތެރޭ ވިސްނާލަން މަޖުބޫރު ވިއެވެ. އަދި ކައިލާން ފައުޅުގައި އެކަމާ އިންކާރު ކުރާނީވެސް ދޮގެއްވީމާތާއޭ ޖަޒްލީގެ ހިތް ބުނަންފެށިއެވެ.

“އިހަށް ހިނގާ އަވަހަށް ގެއަށްދާން… މިތަނުގައިބޭހެއް އަޅަން..ގެއަށް ގޮސް ހަމަ ޖެހިލައިގެން ތިވާހަކަ ދައްކާނީ… “ޖަޒްލީގެ ނިތްކުރީގައި މަޑުމަޑުން އަތް ޖައްސާލުމަށްފަހު ކައިލާން ވާހަކަ ދެއްކިއެވެ. އޭނާ އެ އަންނަނީ ޑިއުޓީ ނިންމާލާފައި ކަމުން ހުރީ ރަސްމީ ޔުނީފޯމުގައިވެސް މެއެވެ. ޖަޒްލީ ދެނެއް އެގެއަކަށް ދާކަށް ބޭނުމެއް ނުވެއެވެ. އެއްފަހަރާ އެހުރިހާ ހިތާމައެއް ތަހައްމަލް ކޮށްކޮށް އޭނާވަނީ ވަރުބަލި ވެފައެވެ.

*******

އެންމެ ފަހުން އިތުރު ގޮތެއް ނެތުމުން ސަކީނާއަށް ޖެހުނީ އޭނާގެ ދަރިފުޅުގެ ކުރިމަތީގައި ހަތިޔާރު ބަހައްޓާށެވެ. މަންމަ ޖަޒްލީއާއި ދޭތެރޭ ކަންތައް ކޮށްލި އިހާނެތިގޮތް ހިތަށް އަރާފައި ރުހާންގެ ހިތްވަނީ ފިސްފިސް ވެފައެވެ. ރުހާންގެ ދެލޯ ފުސްވެފައިވަނީ ތާޒާ ކަރުނައިންނެވެ.

“ޖަޒްލީގެ ކުށަކީ ކޮބާ؟…… ޖަޒްލީދެކެ ކައިލާން ލޯބިވުންތަ؟…. ނޫނީ އޭނާއަކީ ވާހަކަ ދެއްކުމުން މަޙްރޫމް ވެފައިވާ ކުއްޖަކަށް ވުންތަ؟”

ރުހާން އޭނާގެ ހިތުގައިހުރި ޝަކުވާތައް ފަށްފަށް ކޮށްލިއެވެ. ސަކީނާ ހުރީ އިސްދަށަށް ޖެހި ގޮތަށް ރުހާންއާއި ހަތަރުކަޅި ހަމަކޮށްލަން ނުކެރިފައެވެ. ރުހާން ކުއްލިއަކަށް އޭނާގެ އަތުކުރީގައި އަޅާފައި އޮތް ގަޑި ބަލާލުމަށްފަހު އަވަހަށް ގެއިން ނުކުމެގެން ގޮސް އޭނާގެ ސައިކަލަށް އަރައި ސްޓާޓް ކޮށްލުމުގެ ކުރިން ކައިލާންއަަށްގުޅިއެވެ.

ސަކީނާއަށް ހުރިތަނަށް ތިރިވެވުނީ ކުރެވުނު ކަންތަކުގެ ހިތިރަޙަ އިޙްސާސް ކުރެވުމުންނެވެ. އޭނާ ހިތުން އެހުރީ އެއްވެސް މީހަކަށް ނޭނގި ޖަޒްލީ އޭނާގެ ދަރިފުގެ ދިރިއުޅުމުން ދުރަށް ފޮނުވާލައިގެންނެވެ. ސަކީނާއަށް ދެއަތުން ބޮލުގައި އަތް އަޅާފައި ބާރުބާރަށް ރޯން ފެށުނެވެ. ފަހަރެއްގައިވެސް ޖަޒްލީއަށް ހަދާލެވުނު ގޮތާއި ދެރަވެގެނެއް ނޫނެވެ. އެކަމަކު އޭނާގެ ލޮލުގެ ނޫރުފަދަ ދެކުދިން އޭނާއަށް ކުރާނެ ނަފްރަތު ހިތަށް އަރާފައެވެ. އަޑުން އަޑު ނަގައި ރޮމުން ދިޔައިރު ހީވަނީ މުޅި ހިސާބުގަނޑު އެންމެން އެއްކުރަން އުޅޭ ހެންނެވެ.

******

“ނޫން އަހަރެން ބޭނުމެއް ނޫން ދެން ތިގެއަށް ދާކަށް… އެހެން ނޫނަސް މާދަމާ ނޫން އަނެއް ދުވަހުއެއްނު ކައިލާންގެ ކައިވެނި ކުރަން ހަމަޖެހިފަ އޮތީ… ބޭނުންވަނީ އެމަންޒަރުވެސް އަހަންނަށް ދައްކާ އިތުރަށް އަހަރެންގެ ހިތުން ލޭ ކޮށާލަންތަ؟އާދޭސް ކޮށްފަ މިބުނީ އަހަރެން އަމިއްލަ ޙާލަށް ދޫކޮށްލާ… އަހަންނަކީ ކައިލާން ބޭނުންވީމަ ލޯބިދީފަ, ބޭނުންވީމަ………………………… ”

ޖަޒްލީގެ ދުރުން ބޭރުކުރަމުން ދިޔަ ބަސްތައް ހުއްޓުނީ އޭނާގެ އަނގަމަތީގައި ކައިލާން އަތް އެޅުމުންނެވެ. އެބަސްތަކުން އޭނާގެ ހިތް ތޮރުފަމުން ދިޔައީތީ އިޙްސާސް ކުރެވެމުންދިޔަ ރިހުމަށް ކެތް ނުކުރެވިގެންނެވެ. މިހާރު އެ ދުލަށް އެއްވެސް އުނދަގޫކަމެއް ނެތި ހަރަކާތް ކުރެވެމުން ދާއިރު ކައިލާން އަހަން ބޭނުންވަނީ އޭނާއަށްޓަކައި ލޯބިން ފުރިގެންވި ބަސްތަކެކެވެ. ޖަޒްލީގެ މަޑުމަޑު ތުންފަތުގައި ކައިލާންގެ އަތްތިލަ ބީހިލުމުން އޭނާގެ އެތެރެހައްޓަށް އެނގުން ވެލައިގެން ދިޔައެވެ. ދޫ ތަޅުލެވުނުއިރު, ލަދުންގޮސް އިސްޖަހާލެވުނެވެ. ޖަޒްލީގެ ކޯތާފަތަށް އަރާފައިވާ ޖަންބު ކުލައިން ކައިލާންގެ މޫނުމައްޗަށްވެސް މަޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކޮންފަދަ ފުރިހަމަ ކަމެއް ހެއްޔެވެ؟ކައިލާންއަށް ހިތާއި ހިތުން ކިޔާލެވުނެވެ. އެވަގުތު ކައިލާންގެ ފޯނު ރިންގުވާން ފެށިއެވެ. ކައިލާން ޖަޒްލީގެ އަނގަމަތީގައި އަޅާފައިވާ އަތް ނެގުމަށްފަހު ކޯލަށް ޖަވާބު ދިނެވެ.

“ކައީ….. ދޮންބެ މިދައްކާ ވާހަކަ ވަރަށް ކެތްތެރި ކަމާއިއެކު އަޑުއަހާ….. ޖަޒްލީ ގެއްލުމުގަ ވަނީ މަންމަގެ ނުބައި ރޭވުމެއްކަން ދޮންބެއަށް ދެންމެ އެނގިއްޖެ… މަންމައަށް ކޮންމެވެސް މީހަކު ގުޅައިގެން އުޅެނިކޮށް ދޮންބެއަަށް އަޑު އިވުނީ…. މަންމަ ދުލުން އެކަމަށް އެއްބަސްވެސް ވެއްޖެ….”

“އޭހ… މަންމައޭ… އެކަމަކު ކީއްވެ މަންމަ….. ”

ދޮންބެގެ ވާހަކަ އަޑު އަހާފައި ކައިލާން އޭނާގެ ގާތުގައިހުރި ޖަޒްލީއަށް ބަލައިލުމަށްފަހު ވާހަކަ ދެއްކިއެވެ

“އާން…. ދޮންބެ ކައީ ކައިރީ ހަމަ ބުނިހެން އެވީ….. މަންމައަށް ކައީއާ ޖަޒްލީގެ ގުޅުން ފަޅާ އަރާފަ އޮތީ ދަތުރު ދިޔުމުގެ ކުރިން….. އެހެންވެ މަންމަ މީހަކަށް ރުފިޔާ ދީގެން ކުރިކަމެއް އެއީ…… ދެން މިވާހަކަ ދެއްކިދާނެ ފަހުންވެސް….. ޖަޒްލީ ވީ ކަނޑޫމާ ރިސޯޓުގަ… ދޮންބެ މި ލޯންޗު ހަމަ ޖައްސަނީ… ކައީވެސް އަވަހަށް އާ………….”

ހާސްވެފައިވާ ރުހާންގެ ވާހަކަ ނުނިމެނީސް ކައިލާން ޖަޒްލީގެ އަތުގައި ހިފައިލުމަށްފަހު ޖަޒްލީ މިހިރީ އަހަރެން ގާތުގައޭ ބުނެލީ ހިތްހަމަ ޖެހިލައިގެން ހުރެއެވެ. އަދި ހިނގާދިޔަ ހާދިސާގެ އެކި ބައިތައް ލިބިފައި ވާއިރު ތަރުތީބުކޮށް އެކުލަވާލަން ކައިލާން ބޭނުންވަނީ އެއްވެސް މީހެއްގެ އުނދަގުލެއް ނުފޯރާ ހިސާބަކަށް ދާށެވެ. އެހެންވެ އޭނާ ނިންމީ ހުޅުމާލޭގައި ހުންނަ އެމީހުންގެ ރޯ ހައުސްއަށް ދާށެވެ. އޭނާއާއި ޖަޒްލީ އެކުގައި ވާކަން އިހަށް މަންމައަަށް ސިއްރު ކޮށްދިނުމަށް ކައިލާން ދޮންބެ ގާތުގައި އެދުމަށްފަހު އަންނައުނު ކޮޅެއް އޭނައަށް ލިބޭގޮތް ހަދާދޭށޭ ކިޔާފައި ފޯނު ކަނޑާލިއެވެ. އަދި ގޭނި ކޮންމެވެސް ވަރަކަަށް ހަލާކު ވެފައިވާ ސައިކަލް ނަގައި ފޮޅާލުމަށްފަހު ސައިކަލަށް އަރައި ހަމަޖެހިލުމަށްފަހު ޖަޒްލީގާތު ފަހަތަށް އެރުމަށް ބުންޏެވެ. ދެން ކައިލާންއަށް އިތުބާރު ކުރާކަށް އޭނައަކަށް އެހާ ފަސޭހައެއް ނުވާނެއެވެ. ނަމަވެސް އެއްލި ކަޅިއަކުން އޭނާގެ ފަހަތުން ދިމާކުރަމުން އައި ގުރޫޕު ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ތިބިތަން ފެނުމުން ޖަޒްލީ ގޮތްދޫކޮށްފައި އަވަހަށް ސައިކަލަށް އެރިއެވެ. މިވަގުތު އެހެން ގޮތެއް ނެތީމައެވެ. އެކަމަކު ފަހަރެއްގައިވެސް އެއް ދުވަސް ފަހުން އެހެން މީހެއްގެ ފިރިއަކަށް ވާންހުރި މީހެއްގެ އަތުތެރެއަށް ޖަޒްލީ އޭނާގެ އަމިއްލަ ނަފްސު ހަވާލެއް ނުކުރާނެއެވެ.

******

ރުހާން އައިސް ގެއަށް ވަތްއިރުވެސް ސަކީނާ ހަމަ އެއިން ފިޔަވަޅުމަތީ ގަނޑުވެފައި އިނީއެވެ. އޭރު ގަޑިން ބާރަޖަހާ ދެމިނެޓް ހިނގައިފިއެވެ ރުހާން މަންމައަށް ބަލާލުމެއްނެތި މައްޗަށް އަރައިގެންގޮސް ކައިލާންގެ ރޫމަށް ވަދެ ދަބަސް ޕެކް ކޮށްލިއެވެ. އެކަމަކު މަންމަ ތިރީގައި އިނީމަ ޖަޒްލީގެ ރޫމުން އެއްޗިހި ނެރެވޭގޮތް ނުވުމުން މަންމަ ނިދަން ދަންދަން އޭނާގެ ރޫމަށްވަދެ އެނދުގައި ޖައްސާލުމަށްފަހު ކައިލާންއަށް މެސެޖު ކޮށްލިއެވެ

*******

ކައިލާންއާއިއެކު ހުޅުމާލެއަށް ދިޔުމަށް ފެރީގައި އިން ޖަޒްލީގެ ހިތަށް އާދަޔާ ހިލާފު އުނދަގޫ ތަކެއް ވަމުން ދިޔައެވެ. އޭނާގެ ދިރިއުޅުމުގައި ކަންތައްތައް ވަމުން އެދަނީ އޭނާ ފަހަރެއްގައިވެސް އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އޭނާ އަބަދުވެސް ބޭނުންވީ ވަރަށް އާދައިގެ ސާދާ ދިރިއުޅުމެެވެ. އޭނާދެކެ ޙަޤީގީ ލޯބިވާ ބައިވެރިއެކެވެ. ނަމަވެސް އެކަން ޙަޤީގަތަށްވީ ކަމުގެ ފެހި ސިގުނަލް ލިބިފައި އޭނާގެ އުފާތައް އެފުއް މިފުށަށް ޖެހިގެން ދިޔައީއެވެ. މޮޅިވެރި ކަމާއިއެކު ޖަޒްލީ އޭނާއާއި ނުހަނު ގާތުގައި އިށީނދެލައިގެން އިން ކައިލާންއަށް ބަލައިލިއެވެ. އެވަގުތު ދެމީހުންގެ ކަޅިއާއި ކަޅި ބައްދަލްވިއެވެ. ކައިލާންއަށް ބޭ އިޚްތިޔާރުގައި ޖަޒްލީގެ ނިތްކުރީގައި އަތް ޖައްސާލެވުނެވެ. ނިތްކުރީގެ އެއްފަރާތުން ކުޑަކޮށް ގޮނބި ލާފައި ވާއިރު އަނެއް ފަރާތުން މެށިފައިހުރި ތަނުން ހުރީ ލޭ ހިލިލާފައެވެ. އޭނާގެ މަންމަ ޖަޒްލީއަށް ދިން އަނިޔާތަކުގެ ބަދަލު ނުވެސް ދެވޭނެއެވެ. މަޔަކަށްވެހުރެ އަމިއްލަ ދަރިފުޅުގެ އުފާތައް ފޭރިގަންނަން މަސައްކަތް ކުރީތީ ކައިލާންގެ މަންމައަށް ޓަކައި އޭނާގެ ހިތުގައިވި ލޯބި ފަނޑުވެގެން ދިޔައެވެ. ޖަޒްލީއަކީ ކައިލާންގެ އުފާކަން އެނގިހުރެ އެ ނުބައި މީހާއާއި ޖަޒްލީ ހަވާލުކުރީތީ އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. ޖަޒްލީ މަޑުމަޑުން ކައިލާންގެ އަތުގައި ހިފައި ދުރަށްލީ އެ ފާރުގަނޑުން ނަގަމުން ދިޔަ ދިލައަށްވުރެ, އޭނާގެ ހިތުގައި ކައިލާންގެ ބޭވަފާތެރިކަމުން ނަގަމުން ދިޔަ އުދާހުގެ ދިލަ މާ ގަދަވީމައެވެ. ޖަޒްލީ ކައިލާންއާއި ދުރުވާން ކުރަމުން ދިޔަ މަސައްކަތުން މަރުވަމުން ދިޔައީ ހަމައެކަނި ކައިލާންގެ ހިތެއް ނޫނެވެ. އެކަމުން ޚުދު ޖަޒްލީގެ ހިތުގައިވެސް ވޭން އަޅަމުން ދިޔައެވެ.

ވިއްސަކަށް މިނެޓަށް ދެމިގެންދިޔަ އެވަގުތުކޮޅު ނިމުމަކަށް އައީ ފެރީއިން މީހުންތައް ފައިބަން ފެށުމުންނެވެ. ކައިލާން ޖަޒްލީގެ ފަހަތުން ޖެހޭ ނުޖެހޭ ހިސާބުގައިއެހެން މީހަކަށް ކައިރި ނުވެވޭނެހެން ހިމާޔަތުގައި ހުއްޓެވެ. ކައިލާންއަށް ނުފެނުނަސް ޖަޒްލީގެ މޫނުމައްޗަށް ހިނދުކޮޅަކަށް ނަމަވެސް އެކަން އިޙްސާސް ވުމުން މަޑު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ގެއަށް ދިޔަ މަގުމަތީގައި ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ދެމެދަށް ވެރިވެފައި ވަނީ މަރުފަދަ ހިމޭން ކަމެކެވެ. ކައިލާން އެޕާޓްމެންޓުގެ ދޮރުހުޅުވާފައި އެތެރެއަށް ވަނުމުން ޖަޒްލީވެސް މަޑުމަޑުން ކައިލާންގެ ފަހަތުން އެތެރެއަށް ވަދެ ތަނަވަސްކޮށް ހަދާލާފައިވާ އެ އެޕާޓްމެންޓަށް ނަޒަރު ހިންގާލިއެވެ.

“ވަރަށް ބަނޑުހައި ވެއްޖެ…. ހިޔެއްނުވެ މިހާ ދަންވީމަ އެއްޗެއް އޯޑަރުކޮށްގެން ގެނެވޭނެ ހެނެއް… ދެން ޖެހޭނީ މިކަހަލަ ގޮތެއް ހަދާލަން”

ތަނަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން ދެ ކަޕްނޫޑުލްސް ތަށި ދައްކާލާފައި ކައިލާން ވާހަކަ ދެއްކިއެވެ. ޖަޒްލީހުރީ ކައިލާންއަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އެ ވަރު ބޮޑު ހާދިސާއަކަަށްފަހުވެސް ކައިލާން އެހާ ހަމަޖެހިލާފައި އުޅޭތީއެވެ. އޭނާގެ ހަރަކާތްތަކުން ކަމެއް ވެގެން އުޅޭހެން ހީވެސް ނުވެއެވެ. ޖަޒްލީ ހަމަ އަނގައިންވެސް ނުބުނެ ގޮސް ސޯފާގައި އިށީނދެލީ އޭނާވެސް ވަރަަށް ވަރުބަލި ވެފައި ހުރީތީ މިވަގުތު ކައިލާންއާއި ޖަދަލު ކުރުމަކީީ ބޭކާރު ކަމެއްކަން އިނގޭތީއެވެ. ޖަޒްލީ ތުންކޮޅު އަނބުރާލާފައި ދިޔަ ގޮތުން ކަބަޑުސެޓު ކައިރީގައި ހުރި ކައިލާންގެ ތުންފަތުގައިވެސް ލާނެތް ހިނިތުން ވުމެއް ދުވެލިއެވެ.

ކައި ނިމުމުން ކުޑަކޮށް އެތެރެހަށި އުދާސްވަމުން ދިޔައީތީ ކައިލާން ޔުނީފޯމްގެ ބެގީ ނައްޓުވާލުމަށްފަހު ގަމީހުގެ ގޮށްތައް ނައްޓުވަން ފެށިއެވެ. ޖަޒްލީއަށް ފެންނަމުން ދިޔަ މަންޒަރުން އުނދަގޫވަމުން ދިޔައީތީ އިން ތަނުން ތެދުވެ ހިނގައިގަތީ ކައިލާންއަށް ޕްރައިވެސީ އެއް ދިނުމުގެ ގޮތުން ކައްކާ ބަޔަށް ދިޔުމަށެވެ. ނަމަވެސް ކައިލާން ހުށިޔާރު ކަމާއިއެކު ޖަޒްލީގެ އަތުގައި ހިފައި އޭނާއާއި ކުރިމަތިވާ ގޮތަށް އެނބުރާލިއެވެ. ޖަޒްލީއަށް ބޭ އިޚްތިޔާރުގައި ކައިލާންގެ ބާމަތިފުޅާ ރީތި އޮމާން ހަށިގަނޑަށް ބަލައިލެވުނެވެ. ކައިލާން ޖަޒްލީ އަތުގައި ހިފައިގެން ގެންގޮސް ގޮނޑިއެއްގައި ބޭންދުމަށްފަހު ފަސްޓް އެއިޑް ބޮކްސް ނަގައިގެން އައިސް އޭގެ ތެރެއިން ސްޕިރިޓް ފުޅިއެއްނަގައި ކަފަކޮޅެއް ތެންމާލުމަށްފަހު ޖަޒްލީގެ ނިތްކުރީގައިހުރި ލޭތައް ސާފުކޮށްލާ އެތަނުގައި ބޭސް އަޅައިދޭންފެށިތަނާ ކުއްލިއަކަށް ދެމީހުންގެ ސަމާލުކަން ހޯދީ ރިންގު ވަމުން ދިޔަ ކައިލާންގެ ފޯނެވެ.ފޯނުގެ ސްކްރީނަށް ރީޝް އަރާފައި އިންތަން ފެނުމުން ކައިލާންގެ ދެބުމަ ގޮށް ޖަހާލެވުނުއިރު, ޖަޒްލީގެ ތޮބީޢަތުވެސް ގޯސްވާގޮތް ވިއެވެ.

****ނުނިމޭ****

Share Article

Follow Me Written By

Noor💙

Level 710 Stories100 Comments100 Login500 Comments

Other Articles

Previous

އަބަދުވެސް ލޯބި ދޭނަން….4

Next

ރާސްތާ 16

Next
July 18, 2018

ރާސްތާ 16

Previews
July 18, 2018

އަބަދުވެސް ލޯބި ދޭނަން….4

65 Comments!

  1. Dandelion says:
    July 18, 2018 at 8:29 pm

    Yey me first dhw. .stry is awesome ngey. .can’t wait to c nxt prt ???ly?????

    1. Noor??? says:
      July 19, 2018 at 6:58 pm

      ThanQ dear..

  2. Maya says:
    July 18, 2018 at 8:31 pm

    Wow varah reethi mi part vs. I am the first dhw

    1. Noor??? says:
      July 18, 2018 at 9:25 pm

      Yap. ThanQ dear

  3. Afy says:
    July 18, 2018 at 8:42 pm

    Vv reethi mi part vs Masha Allah.me first tha? Waiting to next part ❤️❤️

    1. Noor??? says:
      July 18, 2018 at 9:25 pm

      ThanQ dear.

  4. Polyp says:
    July 18, 2018 at 8:43 pm

    Yayyyyy… Nice.. Fifth to like second to comment woohooo 😀

    1. Noor??? says:
      July 18, 2018 at 9:26 pm

      Woohooo. Hehe. ThanQ dear

  5. Reen says:
    July 18, 2018 at 8:47 pm

    Masha allah mi part vvvvvvv salhi….next part kiyaalaa hithun hama kehmadhuvefa mi huryyy☺☺☺avahah next part up kohla dehcheyy❤❤❤

    1. Noor??? says:
      July 18, 2018 at 9:27 pm

      Will try dear. ThanQ

  6. Livy❤ says:
    July 18, 2018 at 8:59 pm

    Its awsome i love this story i really appriciated your work keep going like this waiting for the upcoming part ??????????????????????❤❤

    1. Noor??? says:
      July 18, 2018 at 9:28 pm

      ThanQ for the cute comment dear

  7. Hshaa says:
    July 18, 2018 at 9:17 pm

    Wow varah reethi thanks

    1. Noor??? says:
      July 18, 2018 at 9:29 pm

      ThanQ dear

  8. naash says:
    July 18, 2018 at 9:38 pm

    maayaa aakolhakn tha iru ery… hahah… anyways stry vvv baraabaru ngey

    1. Noor??? says:
      July 18, 2018 at 9:43 pm

      ThanQ dear

  9. naash says:
    July 18, 2018 at 9:40 pm

    dhuvahaku vx mihaa salhi stry eh nukiyeh kanneynge adhi….. maasha allah… vvv reethi koh kuri ah dhaa stry eh mii.. keep it up dear

    1. Noor??? says:
      July 18, 2018 at 9:44 pm

      Happy that u liked the way story is going. ThanQ

  10. Xaaaan says:
    July 18, 2018 at 10:11 pm

    Thnx dear???❤❤❤up kohdhinyma vvvvv kiyaahithun indhaa up thikury??????Masha Allah mi partves vvvvvvv reethi??????waiting next part?????????

    1. Noor??? says:
      July 18, 2018 at 10:33 pm

      ThanQ 4 the cute comment dear

  11. dhonkanbulo says:
    July 18, 2018 at 10:22 pm

    VvvvvvvvvvvV reethi??❤❤❤❤???.eagerly waiting for another splendid part.

    1. Noor??? says:
      July 18, 2018 at 10:34 pm

      ThanQ dear

  12. Aaan says:
    July 18, 2018 at 10:36 pm

    Thanks mihaa dhiguko adhi mihaa avaha kiyaalan libuneema vaahaka hama v v v reethi keep going like that.

    1. Noor??? says:
      July 18, 2018 at 10:37 pm

      ThanQ 4 the support dear.

  13. Noor??? says:
    July 18, 2018 at 10:42 pm

    Mi story ge update kurevifaivaa part thakuge post view above 4000 ah araafai vaathy Varah ufalaai eku hurihaa Readers ah V. V. V. Bodah ThanX & i just hope to get support from my dear readers till the end of the story.. Without ur support its not possible to bring it up. Luv u all. ???

  14. Its me says:
    July 18, 2018 at 11:08 pm

    Yes. Insha allah we ll support u till the end.. we love u so much❤ ur stories r awesome ..masha allah.. v reethi! I donno wat to say as usual.. migothah vaahaka kuriah gendhahchey.. gudluk sis

    1. Noor??? says:
      July 18, 2018 at 11:41 pm

      Ohhh.. So happy to c ur cute comment dear.. ThanQ..

  15. Mixoo says:
    July 18, 2018 at 11:32 pm

    V salhi??????

    1. Noor??? says:
      July 18, 2018 at 11:42 pm

      ThanQ dear. ?

  16. Baby girl ❤ says:
    July 18, 2018 at 11:41 pm

    Vvvvvvvvvv reethi…speech less..when next part

    1. Noor??? says:
      July 18, 2018 at 11:45 pm

      ThanQ dear.. Can’t promise.. Maadhamaa alhuganduge dharifulhuge ‘star’ huvaa kurun onnaathy will b little bit busy.. But varah try kuraanan night update kohdheveytho.

  17. shanha says:
    July 19, 2018 at 1:13 am

    varah reethi ?? vaahaka yah laafa huri pic ves varah reethi?vaahaka thankolheh kuruvu eykamakuves vvv nice

    1. Noor??? says:
      July 19, 2018 at 6:20 am

      ThanQ dear

  18. Ram says:
    July 19, 2018 at 7:35 am

    Mivaahaka VVVV reethi mihaaru hulhukolhu nimuneetha

    1. Noor??? says:
      July 19, 2018 at 8:16 am

      ThanQ dear.. & Hulhukolhu is not my story..

  19. just me says:
    July 19, 2018 at 9:47 am

    Vrh vrh reethi????❤❤ BT I think miadh vuren reethi kn genehevunisss kanneynge maa avahy falhaa aruvaalileh ehnve aslu readers curious khlinama ekam vxx I liked it??
    Kithah part thr in any mi stryga vrh nimeny ulheyhn heevaathyve

    1. Noor??? says:
      July 19, 2018 at 7:00 pm

      Still hama liyany.. Adhi hama nenge bunaakah

  20. just me says:
    July 19, 2018 at 9:58 am

    Vrh vrh reethi ??????❤❤bt I think maa avass kanneynge falhaa aruvaalileh readers thankolheh curious khlaafa kuriah gendhiya nama it will perfect… Ekm vxx vrh reethi hama I like this story so much?? don’t take it negative its my view

    1. Noor??? says:
      July 19, 2018 at 7:01 pm

      Its ok dear.. Readers comments r always welcome. ThanQ dear

  21. Kitty says:
    July 19, 2018 at 11:33 am

    Wow. Vaahaka vv NYC.. ???? when is next part?? Curiously waiting ??

    1. Noor??? says:
      July 19, 2018 at 12:10 pm

      ThanQ dear.. Adhi hama varah busy koh Midhany.. Type kollaane vaguthu kolhehves vaany haveeru 5:30 ge fahun.. Sorry dear

  22. Kitty says:
    July 19, 2018 at 6:19 pm

    No prob

    1. Noor??? says:
      July 19, 2018 at 7:02 pm

      Sorry??

  23. just me says:
    July 19, 2018 at 6:44 pm

    Nice

    1. Noor??? says:
      July 19, 2018 at 7:02 pm

      ThanQ

  24. Yoon says:
    July 20, 2018 at 12:31 am

    Awesome ?????????❤

    1. Noor??? says:
      July 20, 2018 at 1:08 am

      ThanQ Yoon

  25. Aish says:
    July 20, 2018 at 7:48 am

    Hulhukolhu ei kaaku story eh? But your id in ebain up kohfa

    1. Noor??? says:
      July 20, 2018 at 3:04 pm

      Hulhukolhu Author is Aish noor. Aee admin in araafa in error eh. I have already asked admin to correct it.

  26. Twinkle? says:
    July 20, 2018 at 12:16 pm

    The best…masha allah❤❤❤

    1. Noor??? says:
      July 20, 2018 at 1:56 pm

      ThanQ dear

  27. Mona says:
    July 20, 2018 at 12:33 pm

    Story koba,,writer ves story ves gehluny dhaw…
    Asusual…

    1. Noor??? says:
      July 20, 2018 at 1:58 pm

      Nooney dear.. I’m here. But dharifulhuge star outing kanthakuga ulhen jehunyma adhi story update nukurevigen miulheny.. ThanQ

  28. Maaaj says:
    July 20, 2018 at 7:37 pm

    Next episode please 🙁

    1. Noor??? says:
      July 22, 2018 at 12:56 am

      Just now I have updated dear..

  29. Beauty Queen says:
    July 20, 2018 at 8:59 pm

    keehve hulhukolhu ge aneh part thah upload nukurany?

    1. Noor??? says:
      July 22, 2018 at 12:56 am

      Its not my STORY dear

  30. Xaaaan says:
    July 20, 2018 at 9:39 pm

    Hellow dear story kiyaahithun kehmadhuvegen miulheny?????

    1. Noor??? says:
      July 22, 2018 at 12:57 am

      Alheyyy.. Varah bodah sorry lasveema. Just now I have updated

  31. Sal says:
    July 21, 2018 at 8:12 pm

    Alhe koniraku tha next part up vaany ? mihaaru mi story kiyaa hithun mi site ah vadhevunu vareh ge adadhu neyge?? alhe plx avahah up kohdhyba ??? mi v v salhi story eh ???

    1. Noor??? says:
      July 22, 2018 at 12:59 am

      Sorry dear.. I was so busy.. Dhemme innaane update kollaafa

  32. Eekko says:
    July 21, 2018 at 8:20 pm

    Yur story is awsome.. i luv it.. ❤❤❤❤❤?????

    1. Noor??? says:
      July 22, 2018 at 12:59 am

      ThanQ dear

  33. Anonymous says:
    July 21, 2018 at 9:29 pm

    Dhen mi story mathin handhaan nahthaala…writer filaifi…dhen nuliyeveyne…nuvaa varun ves myhun liyaa thyve liyan ulheny?????✍️

    1. Noor??? says:
      July 22, 2018 at 1:02 am

      ThanQ 4 the comment. But In sha Allah story nunimenees writer nugelleyne.. And writing is my passion I’m not forced to write..

Comments are closed.


All Right Reserved!