Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 16

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
July 18, 2018 5 Mins Read
17 Comments

ޖާޒީލައިގެން ތައްޔާރުވެލުމަށްފަހު އާރާޝް އޭނާގެ ފޯނު ބަލާލީ އަފްރާ ނޫނީ މާނީގެ މެސެޖެއް އިންތޯއެވެ. ނަމަވެސް އޭނާގެ ހިތް މާޔޫސްވީ އެކަކުގެވެސް މެސެޖެއް ނެތުމުންނެވެ. އެންމެ ކުޑަމިންނުން ގުޑްލަކް މެސެޖެއްވެސް ނެތެވެ.

މާއިޒްގެ ހާލުވެސް އާރާޝެކޭ އެއްފަދައެވެ. ލޯބިވާ ކޮއްކޮއާ ލޯބިވެރިޔާގެ އިތުރުން އާއިލާ މެންބަރެއްގެވެސް މެސެޖެއް ނެތުމުން އޭނަ ދެރަވިއެވެ.

އިޝްމާގެ މެސެޖެއް އިންތޯ އެންމެ ފަހުފަހަރަށް އަކްމަލް ބަލާލިއެވެ. އެހެނަސް ހިތުގައި ރިއްސާލީ އިޝްމާގެ މެސެޖެއް ނެތުމުންނެވެ. އެހެނަސް ހިތްހަމަޖައްސާލީ އިޝްމާ މެސެޖުކުރަން އޭނާއަކީ އެއްވެސް ހައިސިއްޔަތެއް ހުރި މީހެއް ނޫންކަން ހިތަށް އަރުވާލަމުންނެވެ.

މާނީ އިންތިޒާރު ކުރަމުން ދިޔައީ މެޗު ފެށޭނެ އިރަކަށެވެ. އޭނާގެ ހަޔާތުގައިވެސް ގައުމީޓީމު ކުޅޭ ފައިނަލް މެޗެށް ބަލާލުމަށްޓަކައި ދަނޑަށްއައި ފުރަތަމަ ފަހަރުކަމުން އާ އިހްސާސްތަކެއް ކުރެވެމުން ދިޔައެވެ. އޭނާ ހުރީ ސަޕޯޓްކުރަން ކެތްމަދުވެފައެވެ. ބެންޗްޓީމް ބެންޗަށް ދިއުމަށްޓަކައި ދަނޑަށް ނުކުތުމުން އޭނަ އެމަންޒަރު އޖޝްމާ އަދި ނަވްޔާއަށް ދައްކާލިއެވެ.

ރެފްރީގެ އެންގުމާއެކު ދެތީމުގެ ކުޅުންތެރިންވެސް ދަނޑަށް ނުކުތެވެ. ހުރިހާ ކުޅުންތެރިންގެ ހިތްވެސް ބާރަށް ތެޅެމުން ދިޔައެވެ. ދަނޑުގައި ތިބި ދިވެހި ސަޕޯޓަރުންފެނި ކުޅުންތެރިންގެ ރޫހު އިތުރަށް އާލާވިއެވެ. ސިޕޯޓަރުންގެ ތެރެއިން އާރާާޝްއަށް މާނީ ފެނުނެވެ. އޭނާ ފުރަތަމަ ހީކުރީ އެއީ އޭނާއަށް ހީވިގޮތްކަމަށެވެ. އެހެނަސް މާނީގާތު ތިބު ނަވްޔާއާ އިޝްމާ އަދި އަޝްވާ ފެނުމުން އެއީ މާނީކަން އާރާޝްއަށް ޔަގީންވިއެވެ. މާނީ އޭނާއަށް މެސެޖް ނުކުރި ސަބަބު އިނގުނެވެ. ދެން އޭނާގެ ލޯ ހޯދާލީ އަފްރާއެވެ. މާނީމެން ތިބި ދިމާ މަތީ ގޮނޑިބަރީގައި ތިބި އަފްރީން އަދި ރައުފާ އޭނައަށް ފެނުނެވެ. އެދެމީހުންގެ މެދުގައި މޫނު އަޅާފައި ހުރި މީހަކީ އަފްރާކަން ދެނެގަންނާކަށް އާރާޝްއަކަށް އުނދަގުލެއް ނުވިއެވެ. އޭނާ ވަގުތުން މާއިޒްއަށް އެމީހުން ދެއްކިއެވެ. މާއިޒް އެދިމާއަށް ބަލާލިއިރު މާނީވެސް ހުރީ އެދިމާއަށް ބަލަންށެވެ. އެމީހުންނަށް ހިނިތުންވެލަމުން މާނީ އެއްލޯ މަރާލިއެވެ. އަދި އަތުގެ އިޝާރާތުން މާއިޒަށް ނަވްޔާ ދައްކާލިއެވެ. މާއިޒްއާ އާރާޝްގެ އަޒުމް އިތުރަށް ވަރުގަދަވިއެވެ.

އަކްމަލްއަށް އަންހެންކުއްޖަކު ހަނައަޅާހެން ހީވެގެން ބަލާލިއިރު ފެނުނީ އިޝްމާއެވެ. އޭނާ ހީކުރީ ހޭލާ ހުއްޓާ ހުވަފެން ފެންނަނީ ކަމަށެވެ. އެހެންވެ އެސްފިޔަ ޖަހާލުމަށްފަހު ލޯހުޅުވާލިއެވެ. އިޝްމާ ނުގެއްލި ހުރިތާގައި ހުއްޓެވެ. އިޝްމާގެ އިތުރުން ރައުފާއާ ނަވްޔާވެސް އޭނައަށް ފެނުނެވެ. ދާނިޝްއާ އަރްޝާދްވެސް ތަން ކޮލެއް ދުރުގައި ހުރި ގޮނޑީގައި ތިބިތަން އަކްމަލްއަށް ފެނުނެވެ. ރައުފާމެން އޭނައަށް ހަނާއެޅިއެވެ. ލިބުނު އުފާވެރިކަމުގައި އޭނައަަށް އަނގަހުޅުވައިގެން އިނދެވުނެވެ.

އަފްރާގެ ލޮލުގައި ރަންމުތީ ތަކެއް ފަދައިން ކަރުނަ ބަބުޅަމުން ދިޔައެވެ. އޭނާގެ ލޯބިވާ ދަރިފުޅު ބޮޑުވެގެން މޮޅި ޤައުމު ފަޚުރުވެރިކޮށްދޭން އަތުކުރި އިޅާލައިގެން ނުކުމެހުރި މަންޒަރުފެނުމުން އުފާވިއެވެ. އާރާާޝް އޭނާއާ ދިމާއަށް ބަލާލުމުން ބޮޑުވާއިނގިލި ހިއްލާލިއެވެ.

މަންމައާ ކިތަންމެ ދުރުގައި ހުއްޓަސް މަންމަގެ ލޮލުން ފާޅުވަމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް އާރާޝްއަކަށް ސިއްރެއްނުވިއެވެ. އަފްރާއާ ދިމާއަށް ބަލާލުމަށްފަހު ބޯޖަހާލީ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ.

އަރްޝާދްގެ ހިތުގައިވެސް ތަފާތު ޝުޢޫރުތަކެއް ހިނގަމުން ދިޔައެވެ. އެހެނަސް އިސްއުފުލައިލައި އާރާޝްއާ ދިމާއަށް ބަލާލާކަށްވެސް އޭނާއަކަށް ނުކެރުނެވެ. ފަރިފުޅާއޭ ކިޔާ ކިތަންމެ ގޮވާލަން ބޭނުން ކަމުގައިވިޔަސް އެކަން ކުރެވޭކަށެއްނެތެވެ.

އަަހުސަމް އޭނާގެ މަންމަމެން މަތިން ހަނދާންވިއެވެ. މަންމައާ ބައްޕަ އަދި އިސްރާ ދަނޑުގައި މެޗު ބަލަން ނެތްކަމުގައި ވިޔަސް ޓީވީން ބަލާނެކަން އޭނާއަަށް އެނގެއެވެ. އެމީހުން އެންމެ ފަހުވަގުތުގައި ކޮށްފައި ހުރި ހިތްވަރުދިނުމުގެ މެސެޖުތަކުން އޭނާ ހިތްވަރު ލިބިގަތެވެ. މުޅި ޤައުމު ފަޚުރުވެރިވާފަދަ ދަރިއަކަށްވާން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ރާއްގޭގެ ޤައުމީ ސަލާން ކުޅެވުނު ގަޑީ ސަޕޯޓަރުންނާއި ކުޅުންތެރިން ފޯރިއާ ޖޯޝުގައި ޤައުމީސަލާން ކިޔެވެ. ކުޅުންތެރިންގެ ޤައުމީ ޖޯޝާ ލޭ ކެކެމުންދިޔައެވެ.

ރެފްރީކަށިގަނޑު ފުމުމާއެކު އިންޑީއާ ޓީމުގެ ކުޅުންތެރިން މެޗުފެށިއެވެ. އިންޑިއާ ސަޕޯޓަރުންނަށްވުރެ ދިވެހިސަޕޯޓަރުންގެ އަޑުގަދައެވެ.

ފުރަތަމަ ފަސްމިނެޓްހޭދަވީ ދެތީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ހަމަލާއެއް ނޫފެއްދިއެވެ. މެޗުގެ ހަވަނަ މިނެޓުގައި ރާއްޖޭގެ ފަހަތުން މާއިޒަށް ހެދުނު ގޯހަކުން އިންޑިއާއިން ރަނަގަޅު ހަމަލާއެއް އުފެއްދިއެވެ. މާއިޒް އަކަމްލައަަށް ދޭން ޖައްސާލި ބެކްޕާސް ލިބުނީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީއަށެވެ. ދެކުނު އޭޝިޔާގެ އެންމެ މޮޅު އެކުޅުންތެރިޔާ ގޯލްގެ ތިރީ ކަނާ އަމާޒުކޮށް ފޮނުވާލި ހަމަލާ ހުށިޔާރުކަމާއެކު އަކްމަލް ކޯނަރަކަށް ބޭރުކޮށްލިއެވެ. އެވަގުތު މުޅިދަނޑު ދިވެހި ސަޕޯޓަރުންގެ އަޑުން ގުގުމާލިއެވެ. މާއިޒަށް ހެދުނު ގޯހުން އޭނަ މާޔޫސްވިއެވެ. އެހެނަސް ޓީމުގެ ކެޕްޓަން އަދި ތަޖުރިބާކާރު ޑިފެންޑަރު ނަވީންއައިސް އޭނައަަށް ހިތްވަރުލާދިނުމުން މާޔޫސްކަން ފިލާދިޔައެވެ.

އިންޑިއާއިން ނެގި ކޯނަރު ދިޔައީ ބޭރަށެވެ. އެހެންކަމުން އެތަނުން ގޯލްކިކެއް ލިބުނެވެ. އަކްމަލް ސަައްޕުޖަހާ ފޮނުވާލި ބޯޅަ އެރީ ސީދާ އަހުސަމްގެ ފަޔަށެވެ. އަހުސަމް ހަލުވިކަމާއެކު އިންޑިއާގެ ދެޑިފެންޑަރުން އެކަނިމާއެކަނި ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށްވަނެވެ. އެއަށްފަހު އޭނާގެ ކަނާއަތްފަޅީގައި ހުރި އާރާޝްއަށް ބޯޅަ ޕާސްކުރިއެވެ. އާރާޝް އެއްފަހަރުން ޖަހާ ގޯލާދިމާއަަށް ފޮނުވާލިބޯޅަ އިންޑިއާގެ އިސްކޮޅުންދިގު ކީޕަރު ގުރުޕްރީތް ސިންގް ދިފާއުކުރިއެވެ.

“އާރާޝް އަޅޭ ކީއްތިކުރީ!!” މާނީއަށް އިށީންދެގެނެއް ނީންދެވެއެވެ. ކޮޅަށް ތެދުވެފައި އޭނާ ބިންމަތީގައި ދެފައި ތަޅައިގަތެވެ.

“އަހުސަމް އާރާޝްއަށްލީ ޕާސްވަރަަށް ރީތި އާރާޝްގެ ނިންމުންވެސް ގޯހެއްނޫން. އެ ކީޕަރުގެ މޮޅު ސޭވެއް ފެނިގެން އެދިޔައީ. ދެ ކީޕަރުންގެ ފަރާތުންވެސް ސޭވެއް ފެނިގެން ގޮއްސި” މެޗު އެނަލިސްޓްކުރަމުން ދިޔަ ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ އެނެލިސްޓް ރިވަމް ދެކީޕަރުންގެ ކުޅުން ފާހަގަކުރިއެވެ.

ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުކުރެއް އެއްވެސް ޓީމަކަށް ލަނޑެއްނުޖެހިއެވެ. މާގިނަ ހަމަލާތަކެއްވެސް އުފެއްދޭގޮތެއް ނުވެއެވެ. ދެ ޓީމުގެ ގޯލްކީޕަރުންނަށް މާބޮޑު ނުރައްކަލެއްނުވެއެވެ.

“ކަލޭމެން ކިހިނެއް ތިކުޅެނީ ރާއްޖޭގެ އެ ޓީމުކޮޅަށް ލަނޑެއް ނުޖެހިގެން ތިއުޅެނީ. މަށަށް ޔަގީން ތަންކޮޅެއް ބަލާލާފަ އެކޮޅަށް ހަމަލާއެއް ފޮނުވާފިއްޔާ އެ ވަންނާނެކަން. އެތާ ކީޕަރަކީ އެންމެ އަށާރަ އަހަރުގެ ކުއްޖެއް ތަޖުރިބާ މަދުވާނެ. ޑަމީއެއް ޖައްސާފިއްޔާ އެ ސޮރު ހުންނާނީ ވާނުވާގަ އެންމެ ލަނޑެއް ޖެހުނަސް އަހަރުމެން ކޮޅަށް މުޅި މެޗު އެނބުރޭނެ. އެހެންވީމަ ކަލޭމެން ލަނޑެއް ޖަހަންވީ އަރްނަބްމެން ވެސް ކުރިއަށް ޖެހިގެން ކުޅެންވީ.” ގޯލެއް ނުޖެހި ފުރަތަމަ ހާފް ނިމުމުން އިންޑިއާގެ ކޯޗު ހުރީ ފުދޭވަރަކަށް ރުޅިގަދަވެފައެވެ. އެހެންވެ ދެހާފް ދެމެދުވެސް ކުޅުންތެރިން އެއްކޮށްގެން ހަދަންވީގޮތް ކިޔާދެމުން ދިޔައެވެ.

“ވަރަށް ރަނގަޅު އަހަރުމެން ކޮޅަށް ގޯލެއްނުވަދެ އެއް ހާފްނިންމާލީމަ އަހަރެން ވަރަށް ހިތްހަމަޖެހޭ. އަކްމަލްގެ އެސޭވް އެއީ އެހެން ކުޅުންތެރިންނަށް ލިބުނު ހިތްވަރެއް. އަދި އިދިކޮޅުޓީމް ޕްރެޝަރަށް ވެއްޓުނު. މާއިޒް ބައެއް ފަހަރު މިސްޓޭކްސްވެސް ހެދޭނެ އިނގޭ އަހަރެން ވަރަށް އުފާވެއްޖެ އެހެދުނު މިސްޓޭކްގެ ސަބަބުން މާޔޫސްވުމުގެ ބަދަލުގައި އިތުރު އެފޮޓްލައިގެން މާއިޒް ކުޅުނީމަ. އަހަންނަށް ހީވަނީ އެއީ ކަންނޭންގެ އިދިކޮޅަށް ނުރައްކާ ހަމަލާއެއް ނުފޮނުވިގެން އެއުޅޭ ސަބަބަކީ. އެވެރެޖްކޮށް ހުރިހާ ކުދިންގެ ކުޅުންވެސް ރަނގަޅު” ހުރިހާ ކުޅުންތެރިންނަށް ކޯޗު ހިތްވަރުލައިދިނެވެ.

މެޗުގެ ދެވަނަ ހާފު އިންޑިއާއިން ފެށީ ބަދަލަކާއެއްކޮށެވެ. ފަހަތަށް ކުޅެމުންދިޔަ ހަރްމަންޖީތޯގެ ބަދަލުގައި ފޯވާޑް އާޝިގްކުޅެން ނިކުތެވެ. އެކަމުންވެސް އިންޑިއާ ލަނޑުޖަހަން ބޭނުންވެފައި ހުރިވަރު އެނގިގެންދިޔައެވެ.

ދެވަނަހާފް ފެށީ ރާއްޖެއިންނެވެ. ޔުއާން އަރިމަތިން ހިފައިގެން ދިޔަ ބޯޅަ ޖައްސާލީ އާރާޝަށެވެ. އާރާޝް ރީތިކޮށް ބޯޅަ ކޮށްޓާލުމަށްފަހު ޒަޔާނަށް ނަގާދިނެވެ. ޒަޔާން ބޮލުންޖެހި ބޯޅަދިޔައީ  އަރިމަތިން ގޯލްކިކަކަށް ބޭރަށެވެ. އިންޑިއާގެ ކީޕަރު އަވަހަށް ބޯޅަ ކުރިއަަށް ފޮނުވާލިއެވެ. ނަމަވެސް އިންޑިއާ ކުޅުންތެރިއަކަށް ލިބުމުގެ ބަދަލުގައި ބޯޅަލިބުނީ ފާއިންއަށެވެ. ފާއިން ހަމަޖެހިލައިގެން ބޯޅަ ކޮންޓްރޯލް ކޮށްފަ ޝައިމަށް ދިނެވެ. އަވަހަށް ކުރިއަށް ބޯޅަފޮނުވުމުގެ ބަދަލުގައި ފަހަތުން ރީއްޗަށް ބޯޅަހިފަހައްޓައިގެން ރާއްޖެއިން ކުޅެމުންދިޔައެވެ.

އަކްމަލް ވައަތްފަޅީގައި ހުރި މާއިޒަށް ބޯޅަދިނެވެ. މާއިޒް މަޑުމަޑުން ބޯޅަހިފައިގެން ކުރިއަށް އެރުމަށްފަހު އަހުސަމްއަަށް ދިނެވެ. އަހުސަމް އިންޑިއާ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު އާރާޝްއަށް ބޯޅަ ޕާސްކޮށްލިއެވެ. އާރާާޝް ބޯޅަޖެހުމުގެ ކުރިން އިންޑީއާގެ އަރްނަބް އާރާޝްފައިގަ ދަތިއަޅުވާ ވައްޓާލިއެވެ. ނަމަވެސް ރެފްރީ ދެއްކީ ޕްލޭއޮންއެެވެ. ދިވެހި ސަޕޯޓަރުންގެ ލޭހޫނުވިއެވެ. މުޅި ދަނޑު ގުޑައިގެން ދާވަރަށް ހަޅޭއްލަވަންފެށިއެވެ.

މާނީގެ ލޮލުން ހީވަނީ އަރްނަބް އަންދާލަފާނެ ހެންނެވެ. ކުދިކިޔަމުން ދިޔައިރު އޭނާއަށް ކިޔެނީ ކީކޭކަންވެސް ނޭންގެއެވެ.

އާރާޝް ވެއްޓުމާއެކު މަގޭދަރިއޭ އަފްރާއަށް ބުނެވުނެވެ. ނަސީބަކުން އެއަޑު އިވޭ ވަރަށްވުރެ ދަނޑުގައި ސަޕޯޓަރުންގެ އަޑުގަދައެވެ. އާރާޝްވެއްޓުމުން އަފްރީނަށް މޭގައި އަތްއަޅާލެވުނެވެ. އަފްރާއެކޭ އެއްވަރަށް އޭނަވެސް އާރާޝްދެކެ ލޯބިވެއެވެ.

ދާނިޝްގެ ފަޔަށް އަރްޝާދް އަތުގެ ހަމަލާއެއް އެރިއެވެ. ދާނިޝަށް ވީތަދުން ހަޅޭއްވެސް ލަވައިގަނެވުނެވެ. އެއްޗެކޭ ބުނަންވެގެން އަރްޝާދާ ދިމާއަށް ބަލާލިއިރު އޭނާގެ ރުޅިވެރި މޫނުފެނިފައި ދާނިޝް ހިމޭންވިއެވެ.

ސުމާ ތޫލި އަޑަކުން ހަޅޭއްލަވައިގަތީ އާރާޝްވެއްޓުމުންނެވެ. އޭނާ އުޅެމުންދިޔަ ވައްތަރުން ހުރިހާ ކުދިންވެސް ތިބީ އޭނާދެކެ ހިތްހަމަ ނުޖެހިފައެވެ.

މެޗުގެ ދެވަނަ ހާފްވެސް ނިމިގެންދިޔައީ ސުމެއް ސުމެއްގެ ނަތީޖާއަކުންނެވެ. ނަތީޖާ ނެރުމަަށްޓަކައި ފަނަރަ މިނެޓުގެ ދެހާފް ކުޅެންޖެހުނެވެ.

އެމީހުންނަށް ލަނޑު ނުޖެހުމުން އިންޑިއާ ކުލުންތެރިން ރުޅިގަދަވަމުން ދިޔައެވެ. ކޯޗުވެސް ހުރީ ސައިކުރައެއްހެން ކެކިކެކިއެވެ. މެޗުގެ ތަފާސްހިސާބަށް ބަލާއިރު ފައުލްކުމުން ފިޔަވާ ރާއްޖެ އުޅެނީ ކުރީގައެވެ.

އިތުރުވަގުތުގެ ތެރޭގައި އިންޑީއައިން ކުޅެމުން ދިޔައީ ފިޒިކަލްގޭމެކެވެ. ނަމަވެސް ރާއްޖޭކުޅުންތެރިން އެކުޅުންތެރިންގެ މެންޓާލިޓީ  ގޭމުން އިންޑިއާގެ ފިޒިކަލް ގޭމްގެ މައްޗަަށް ކުރި ހޯދަމުންދިޔައެވެ. ރާއްޖޭ ކޯޗު ކުޅުންތެރިންނަށް ހިތްވަރު ލައިދެމުން ދިޔައިރު އިންޑިއާ ކޯޗުދިޔައީ ރާއްޖޭގެ ޒުވާންކުޅުންތެރިންނަށް ތައުރީފް ކުރަމުންނެވެ. ރާއްޖޭގެ ސަޕޯޓަރުންވެސް ދެގޮތެއްނެތި ދިވެހިޓީމަށް ސަޕޯޓްކުރަމުންދިޔައެވެ.

ސަތޭކަ ނަވާރަމިނެޓު ކުޅެވިގެން ދިޔައިރު އިންޑިއާގެ ކުޅުންތެރިން ތިބީ ވަރުބަލިވެގެން ހަލާކުވާން ކައިރިވެފައެވެ. އެހެނަސް އެމީހުން މަސައްކަތްކުރީ ލަނޑެއް ޖެހޭތޯއެވެ.

އިތުރުވަގުތުގެ އެންމެ ފަހު ސުކުންތު ތެރޭގައި އިންޑިއާގެ އާޝިޤް ސުނިލް ޗެތްރީއަށް ބޯޅަ ނަގައިދިނެވެ. އެވަގުތު ދިވެހި ހުރިހާ ސަޕޯޓަރުންތިބީ ނޭވާ ހިފަހައްޓާލައިގެންނެވެ.

ސީދާ ޗެތްރީގެ ފަޔަަށް ވެއްޓުނު ބޯޅަ އެއްވެސް ހުަރަހެއް ނެތި ގޯލްގެ މަތީކަނަަށް ވަނެވެ. އެއާކު އިންޑިއާގެ ސަޕޯޓަރުންނާއި ކުޅުންތެރިންގެ އަޑު ގަދަވިއެވެ. ހުރިހާ ކުޅުންތެރިން ޗެތްރީގަޔަށް އެރިއެވެ. ކޯޗުވެސް ހީވަނީ އެހެން ފަދަކަމެއް ވެގެން އުޅުނުހެންނެވެ.

އަކަމަލް ހުރީ ޝޮކެއްގައެވެ. އެންމެ ފަހުވަގުތު އޭނާކޮޅަށް ލަނޑެއް ވަނުމުން ޤަބޫލުނުކުރެވިފައެވެ. މުޅި ދިވެހި ރާއްޖެވެސް އެކީ ހިމޭންވެގެން ދިޔައެވެ.

އާރާޝްގެ ލޮލުން އިޚްތިޔާރަކާ ނުލާ ކަރުނަ ފައިބަން ފެށިއެވެ. އެއޮށް މޮޅަށް ކުޅެ އަދި އެންމެ ފަހުވަގުތުގައި ބަލިވުމުން ހިތަށް ބަޔާންކުރަންދަތި ދަތިކަމެއް ލިބުނެވެ.

ވީދެރައިން އަހުސަމް ދަނޑުމައްޗަށް ދެމުނެވެ. ނުރޯން މަސައްކަތް ކުރިއެއްކަމަކު ހިތުގައި ޖެހިގެން ބާރަށް ރޮވެން ފެށުނެވެ.

މާއިޒް ޖާޒީގެ ނަގައި މޫނުގައި އަޅާލިއެވެ. އެންމެ ފަހުވަގުތު ކޮޅަށް އެކަހަލަ ލަނޑެއް ވަނުމުން ހިތްކުދިކުދިވިއެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ޖާޒީ ތެމުނެވެ.

ރެފްރީގެ ކަށިގަނޑުގެ އަޑާއެކު ހުރިހާ ކުލުންތެރިންވެސް ނުތަނަވަސްވިއެވެ.

ނުނިމޭ

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

“ހިތް” ލޭ ކޮށެވިފައި……10

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 25

Next
July 19, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 25

Previews
July 18, 2018

“ހިތް” ލޭ ކޮށެވިފައި……10

17 Comments!

  1. Kiyara says:
    July 18, 2018 at 8:43 pm

    Slm readers miothy mi vaahakaige 16vana bai. Lasvikamahtakai varah bodah maafah edhen kudakoh busy vegen lasvy. Matchah kihineh mi vy? Enme fahu vahuthu baikolhah landu evany. Enmen rohvvalaafa

  2. Dandelion says:
    July 18, 2018 at 8:47 pm

    Me first dhw ??Buddy ,this prt is wndrfl stry….

  3. Maya says:
    July 18, 2018 at 8:55 pm

    I am the first.
    Varah reethi mi part vs .

  4. naash says:
    July 18, 2018 at 9:11 pm

    maasha allah…. hama v habeys stry

  5. naash says:
    July 18, 2018 at 9:13 pm

    nd i’m second dhw… hehe mayathaa v baraabaru ngey first hoadhy viyya

    1. maya says:
      July 19, 2018 at 12:53 pm

      eyy naash eii ahen maya ekey

    2. Twinkle? says:
      July 19, 2018 at 9:37 pm

      That means our maya ge m akuru einy simple khney dhw…

    3. Twinkle? says:
      July 19, 2018 at 9:38 pm

      Stry vrh rythi n so interesting football v ma… hehhe

    4. Twinkle? says:
      July 19, 2018 at 9:38 pm

      Stry vrh rythi n so interesting football v ma… ❤❤

  6. Akuu says:
    July 18, 2018 at 9:17 pm

    OMG! Mi prt ves vrh rythii ekamm.. India molhu V ???? No No No ???????????? Dhen… maaiz aa Aaraasha aa Ahusam men kihaa varakah masakkaiy kuri.. alheyyy.. Akmal ves kihaa dhera vaane.. enme fahu sikunthuga viyyya ??? even m sad too.. ?????.. BTW vaahaka assu ves vrh salhi ingeyyy.. ??

  7. Aany says:
    July 18, 2018 at 9:26 pm

    Ofside hahahaha

  8. Stry Kiyaa Man says:
    July 18, 2018 at 11:06 pm

    Masha allah.eii off side goal eh dhw.ehen noony kada vaane.waiting 4 nw part.-salaam-????

  9. Baby girl ❤ says:
    July 19, 2018 at 12:01 am

    Vrh vrh loabi…..when next part. ….. curiously wating waiting ……. nd vrh kiyaa hivaa hisaabakun thi ninmaaly?….. so sad india molhu v ma….but I think akmal boalha mathakuri?……

  10. Jacqueline says:
    July 19, 2018 at 12:22 pm

    Haadha inthizaareh kurymey mi vaahaka ah. this story amazing.

  11. yann says:
    July 19, 2018 at 2:15 pm

    off side ekoo….haha india balivaane i am sure….vaahaka v habeys nge….waiting for next part

  12. MAL❤ says:
    July 19, 2018 at 8:11 pm

    Masha allah vrh vrh reethi story..? I’m waiting for the nxt part….???

  13. unique says:
    July 21, 2018 at 12:09 am

    mi partvx hama osm

Comments are closed.

Next Episodeރާސްތާ 17←


All Right Reserved!