ޑޮކްޓަރު ވިޔާދުގެ ޙާލު ރަނގަޅޭ ބުނުމާއެކު ސަމާގެ ހިނިތުންވުން ފުންވިއެވެ.އަދި ނީޝާ ގެއަށް ލައިދޭން، އެމީހުން ގެންގުޅޭ ކާރު ޑްރައިވަރ ކައިރީ ބުނުމުން އެމީހާ އައެވެ.އަދި ނީޝާ ގެއަށް ލައިދިނެވެ. ސަމާ ބޭނުންވީ ލޯބިވާ ފިރިމީހާގެ ޚިދުމަތުގައި ހުންނާށެވެ. ******* “ކަލީޝާ ކާން ހަދައިދީބަ..ވަރަށް ބަނޑުހައި..” “ސާބަސް ޔޫޝައު އަށް…މޭޒު ދޮށުގައި ހުންނާނެ ކުރަފި މަސްހުނި ހަދާފަ..ވަރަށް މީރުވާނެ..”ކަލީޝާ ބުނި ވާހަކަ އިން ޔޫޝައު ފަކުރު ގަތެވެ. “ޗީ..ލީޝް ދޭބަ އޭތި ކާން…މަ ނުދާނަން ތިކުރަފި މަސްހުނިގަނޑެއް […]
ވަރަށް ބޮޑަށް އެކަމާ މެދު ވިސްނުމަށްފަހު އަހަންނަށް އެނގުނީ އެ ކޮޓަރިއަށް ވަދެވެން އޮތީ އެންމެ ގޮތަކުން ކަމެވެ. އެއީ ހަމްދޫނު އަތުން އެތަނުގެ ތަޅުދަނޑި ހޯދުންކަމެވެ. އަދި އެކަން ކުރެވޭނީ ހަމްދޫނާ އެކުވެރި ވެގެންކަމެވެ. މިފަހަރު އެކޮޓަރީގެ ސިއްރު ހޯދާފަ ނޫނީ އަހަރެން ހަމަނޭވާއެއް ނުލާނަމެވެ. އެހެންކަމުން އަހަރެން އެންމެ ފުރަތަމަ ބެލީ ހަމްދޫނާ ބެހޭ ހުރިހާ މައުލޫމާތެއް ހޯދޭތޯއެވެ. އޭނާގެ ދިރިއުޅުން ހުންނަގޮތެވެ. އެނާ އާންމުކޮށް ކުރާ ކަންތަކުގެ މައުލޫމާތެވެ. ހަމްދޫނުގެ ދިރިއުޅުމާ ގުޅިފާވަނީ […]
ޑޮކްޓަރު ވިޔާދުގެ ޙާލު ރަނގަޅޭ ބުނުމާއެކު ސަމާގެ ހިނިތުންވުން ފުންވިއެވެ.އަދި ނީޝާ ގެއަށް ލައިދޭން، އެމީހުން ގެންގުޅޭ ކާރު ޑްރައިވަރ ކައިރީ ބުނުމުން އެމީހާ އައެވެ.އަދި ނީޝާ ގެއަށް ލައިދިނެވެ. ސަމާ ބޭނުންވީ ލޯބިވާ ފިރިމީހާގެ ޚިދުމަތުގައި ހުންނާށެވެ. ******* “ކަލީޝާ ކާން ހަދައިދީބަ..ވަރަށް ބަނޑުހައި..” “ސާބަސް ޔޫޝައު އަށް…މޭޒު ދޮށުގައި ހުންނާނެ ކުރަފި މަސްހުނި ހަދާފަ..ވަރަށް މީރުވާނެ..”ކަލީޝާ ބުނި ވާހަކަ އިން ޔޫޝައު ފަކުރު ގަތެވެ. “ޗީ..ލީޝް ދޭބަ އޭތި ކާން…މަ ނުދާނަން ތިކުރަފި މަސްހުނިގަނޑެއް […]
ދަންވަރުގެ ހަމަހިމޭންކަން ވަނީ މުޅި ދުނިޔެމައްޗަށް ފެތުރިފައެވެ. އޮފީސް ނިމުނީ ވަރަށް ލަހުންކަމުން ގެއައް އައިސް ތާޒާވެލައިގެން ކައިނިމުނުއިރު ހުރީ ދަންވަރު 12 ޖަހާ ބޮޑުވެފައެވެ. ވަރުބަލިވެފައި ހުރިވަރުން އެނދުމަތިގައި އޮށޯވެލާއިރަށް ނިދިއްޖެއެވެ. ސިއްސައިގެން ގޮސް އަހަންނަށް ހޭލެވުނީ މީހަކު އަހަރެންގެ ކަންފަތަށް ފުމެލިހެން ހީވެގެންނެވެ. ލޯ އުނގުޅާލާފައި ރަގަނޅަށް ކޮޓަރިތެރެ ހޯދާލީ މީހަކު އުޅޭހެން ހީވެގެންނެވެ. އެވަގުތު ކުޑަދޮރުގެ ފަރުދާފުރަގަހު މީހަކު ހުރިހެން އަހަންނަށް ހީވިއެވެ. އެނދުން ފައިބައިގެން މަޑުމަޑުން ކުޑަދޮރާ ދިމާލަށް އަހަރެން ހިނގައިގަތްއިރު […]
ޑިއުޓީއަށް ދިޔައެއް ކަމަކު ކައިލާންގެ ސަމާލުކަން ޖަޒްލީއަށް ފިޔަވައި އިތުރު ކަމަކަށް ނުދެވެއެވެ. ރޭގަނޑުގެ އަދިރިކަން ދުނިޔެމައްޗަށް ވެރިވެފައި ވާއިރު ޖަޒްލީހުރީ ބޮތްކެއް, ހޮޅިބުރިއެއްގެ އަލިކަމެއްވެސް ވާ ތަނެއްގައި ބާވައެވެ. ޖަޒްލީހުރި ހާލެއް ހިތަށް އަރާފައި ކައިލާންގެ ހަޑިގަނޑުގައި އާދަޔާއި ޚިލާފަށް ވިންދުވެސް އަަވަސް ވެފައިވާ ކަހަލައެވެ. ޖަޒްލީ ނުފެންނަނީހެން އެ ހިތަކަށް ހަމަ ޖެހުމެއް ނުލިބޭނެއެވެ. ހާލެއްގައި ޖެހުނަސް އެހީއަކަށް އެދެން ޖަޒްލީ އުޅޭނެ ޙާލު ހިތަށް އަރާފައި ކައިލާންގެ ހިތަށް ނުތަނަވަސްކަން ވެރިވަމުން ދިޔައެވެ. […]
ހަމްދޫނު މިއަދު އެދެއްކި ވާހަކައެއް އަހަރެންގެ ސިކުނޑިއަކަށް ނުވަނެވެ. އަހަންނަށް މިހާރު މިވަނީ ކީއްކަމެއް ޚުދު އަހަންނަށްވެސް ހުރީ އޮޅުން ނުފިލާފައެވެ. އެއްބައި ފަހަރު ކުރެވޭ ކަންތައް ހަނދާން ނުވެސް ހުންނަނީއެވެ. މިހާރަކަށް އައިސް އަހަންނަށް މިކުރެވެނީ ކޮންކަހަލަ އިހުސާސްތަކެއް ކަމެއްވެސް މީހަކަށް ކިޔާދޭކަށް ނޭގެއެވެ. މިއީ އަހަރެން އެކޮޓަރިއަށް ވަން ފަހުން ވާން ފެށިކަމެކެވެ. މިކޮޓަރީގެ ފަހަތުގައި މިވަނީ ކޮން ސިއްރެއް ކަމެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. ރޭގަނޑު ނިދަން އޮތް އިރުވެސް އަހަންނަށް ހަމަ […]
އަހަރެންނަށް ހީވީ އަހަރެން ލާން އުޅުން ނޭވާ ވެސް ހުއްޓުނުހެންނެވެ. އަހަރެންނަށް ކުއްލިއަކަށް ކޮޅަށް ތެދުވެ އާކިފްއޭ ބުނެލެވުނެވެ. އަހަރެންނަށް އާކިފްއޭ ބުނެވުނު ގޮތުން އާކިފް އަހަރެންނަށް ދުވަހަކުވެސް ނުބަލާ ގޮތަކަށް ބަލާލިއެވެ. އެހެންކަމުން އަވަހަށް އިށީނދެ ކަމެއް ނުވާ ކަމަށް ހެދުމުން ވެސް އާކިފްގެ ސުވާލުތަކާ ކުރިމަތިވިއެވެ. ” ކިހިނެއްވީ, އަނެއްކާ ފެންނަން ނުވާ ވަރުގެ މީހަކީތަ މީ, ކުއްލިއަކަށް ދެލޯ ބޮޑުވެފަ ތިހުރީ، އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް” މިހެންބުނެ ދެ އަތުން މޭޒުގައި […]
ވާހަކަ ކިޔައިދީ ނިމުނުތަނާހެން މަންމަ ކުއްލިއަކަށް ބަލާލީ ކައިލާން އަށެވެ. ގޯހެއް އުޅޭ ކަމުގެ ސިގްނަލެއް އަހަރެންނަށް ލިބުނެވެ. ވާން އުޅެނީ ކިހިނެތް ކަމެއް ނޭނގި ވިސްނަން ހުއްޓާ އަހަރެން ސިހިގެން ދިޔައީ މަންމަގެ ހޫނު ‘އެތިފަހަރެއް’ ކައިލާންގެ ކަންކަށިމައްޗަށް އަމާޒުވީ އަޑު އަހާފައެވެ. ދެވަނަ ފަހަރަށް މަންމަ އަތް އިސް ކުރުމުން އަހަރެން މަންމަ ހުއްޓުވީމެވެ. “ކައިނާ.. މަންމަ ދޫކޮށްލާ.. ދޮންބެއަށް މިއަދަބު ލިބުން ހައްޤު.. އަދި މި އަދަބު މާ ކުޑަ.. މިއަށް ވުރެ ބޮޑު އަދަބެއް ލިބެން ޖެހޭނެ ދޮންބެއަށް…” ކައިލާން ބުނެލިއެވެ. ނަމަވެސް އަހަރެން މަންމަ ދުރަށް ލީމެވެ. “ހަޔާތްކުޑަ! އަދި އެބަ ބުނެއެއްނު މަށަށް މި އަދަބު ހައްޤޭ! ލޯބިވެރިޔާއަށް ޓަކާ ތިމާގެ ކޮއްކޮ ދޫކޮށްލާފަ ދާނީ ހާދަ ގޮތްކުޑަ ވީމައޭ! ބޮޑެތި ފާފަ ތަކަށް އަރައިނުގަނެ ރަނގަޅު ކަމަކު ދިޔަނަމަތާ އެވެސް! ކައިނާވެސް މީނައަށް މާފު ކޮށްފިއޭ އަދި.. އެއުޅޭ ޝީންއަށް ވެސް މާފު ކުރީ ކީއްކުރަން؟ މަނަމަ އެކަކަށްވެސް މާފެއް ނުކުރާނަން! އެވަރުގެ ވިޔާނުދާކޮށް އުޅޭކަށް ނުވާނެ ދޯ އެކަމަކު!” މަންމަ އައި ރުޅީގައި ކިޔޭ ނުކިޔޭ އެއްޗެއް އިނގޭ ހެނެއް ހިޔެއް ނުވެއެވެ. “ދެން ހުއްޓާލާ މަންމާ!” އަހަރެން ބުނީމެވެ. ކައިލާން އަދިވެސް ކުށްވެރިއެއް ފަދައިން އިސް ޖަހައިގެން ހުރީއެވެ. އާނއެކެވެ. ހަޤީޤަތުގައި އެއީ ކުށްވެރިއެކެވެ. ނޭނގި ނަމަވެސް ބޮޑު ކުށެއް ކުރެވިފައިވާ މީހެކެވެ. ކައިލް ރޯ އަޑަށް އެންމެނަށް އެދިމާއަށް ބަލާލެވުނެވެ. ކައިލް އުރާލީމެވެ. ކައިލާން އަތަށް ކައިލް ހަވާލު ކުރުމަށްފަހު އަހަރެން މަންމަ ގޮވައިގެން ވަނީ ކޮޓަރިއަށެވެ. ޒުވާބު ގަނޑު އިތުރަށް ހޫނު ކުރަން ބޭނުން ނުވާތީއެވެ. އެނދުގައި އިށީނދެލުމާއެކު އަހަރެންގެ ލޮލުގައި އަޅައިގަތީ ޑްރެސިންގް ޓޭބަލް މަތީގައި ހުރި ފޮޓޯ ލޯގަނޑެވެ. އޭގައި ވަނީ އާއިލާއެއްގެ ފޮޓޯއެކެވެ. އުފާވެރި އާއިލާއެކެވެ. އަހަރެމެންގެ އާއިލާއެވެ. މަންމަ ހުރީ އަހަރެން އުރާލައިގެންނެވެ. ބައްޕަ ހުރީ ކައިސަން ކޮނޑަށް އަރުވައިގެންނެވެ. “ބައްޕަ މަތިން ވަރަށް ހަނދާންވޭ!” އަހަރެންގެ ހިތުގައިވީ ޖުމްލަ ދުލު ކުރިއާ ހަމައަށް އައުމުގެ ބަދަލުގައި ކަރުނަ ތިއްކެއްގެ ސިފައިގާ އަހަރެންގެ ކޯތާފަތް މަތީގައި ދުވެލިއެވެ. އަހަރެންގެ ބައްޕައަކީ ރަށު ސްކޫލުގެ ސާނަވީ ދިވެހި ކިޔަވައިދޭ ޓީޗަރެކެވެ. އެއްދުވަހަކު ބައްޕަ ސްކޫލަށް ދާންވެގެން ސައިކަލުގަ ރަށު ބޮޑު މަގަށް އެޅި ތަނާ އެ މަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލަކާ ޖެހި އެކްސިޑެންޓެއް ވިއެވެ. މިއެކްސިޑެންޓުގެ ސަބަބުން 2 މަސް ދުވަހުގެ ކޯމާއެއްގައި އޮވެފައި ވަރަށް ކުއްލި ގޮތަކަށް ބައްޕަ ނިޔާވީއެވެ. އެއީ އަހަރެންގެ އުމުރުން އެންމެ 9 އަހަރުގައެވެ. ********************* “ކީއްވެ ދަރިފުޅު ދޮންބެއަށް މާފު ކުރީ؟” ޚިޔާލުތަކުން ބޭރު ވެވުނީ މަންމަ ވާހަކަ ދެއްކި އަޑަށެވެ. “މަންމާ!” އަހަރެން މަންމަ ގައިގާ ބައްދާލީމެވެ. “ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ ދޯ! ފުރަތަމަ ފަހަރަށް އެކުށް ކުރީމަ މާފު ދޭންވާނެ.. އޭރުން އެމީހަކަށް ވިސްނިގެން ދެވަނަ ފަހަރަށް އެކަން ތަކުރާރު ނުކުރާން މަސައްކަތް ކުރާނެ… ތިމާގެ ކުށް ތިމާއަށް ޤަބޫލު ކުރެވިގެން މާފަށް އެދުމަކީ ކިހާ ރަނގަޅު ސިފައެއް.. ނޫންތަ؟ އެހެން ނޫނަސް އަހަރެންގެ ހިތުގަ ނެތް ދޮންބެއާ ނޫނީ ޝީންއާ ދޭތެރޭ އެއްވެސް ބަދު ބަހެއް.. އެދެމީހުންނަށް ވިސްނުނު ކަމަށްޓަކައި އެކަމާ އަހަރެން އުފާ ކުރަން..” އަހަރެން ބުނެލީމެވެ. “މަންމަ ވަރަށް އުފާވެއްޖެ.. ތީ އަބަދުވެސް މަންމަ ފަޚުރުވެރިވާނެ ކުއްޖެއް! މަންމަމެން ދިން ތަރުބިއްޔަތުގެ ބޭނުން ހިފީތީ މަންމަ އެހެންނޫނީ ހިތްހަމަ ނުޖެހޭ ވަރަށް ހިތްހަމަ ޖެހިއްޖެ.. މަންމަ ވަރަށް ލޯބިވޭ ދަރިފުލު ދެކެ!” މަންމަގެ ބަސްތަކުން އަހަރެންނަށް ހިތްވަރު ލިބޭ ކަހަލައެވެ. ބުނެލަން ކިތަންމެ ފަސޭހައަކަސް މައެއްގެ ފަރާތުން ލިބޭ […]
(ނޯޓް:މިއީ މީގެ ކުރިން ވާހަކަ.ކޮމް ގައި ޝާއިއު ކުރެވިފައިވާ ވާހަކައެއް) ވިއްސާރައިގެ އިންޒާރު ދީގެން ކަޅުވިލާތަކުން ބަނަވެފައިވާ އުޑުމައްޗަށް ކަޅިއެއްލަމުން ލީވާން ނިކުތީ އޮފީހުންނެވެ.އަތުކުރީގައިވާ ގަޑިއަށް އަވަސް ނަޒަރެއް ދެމުން އޭނާ ގޮސް އެރީ ދުރުގައި ޕާކްކޮށްފައިވާ ސައިކަލަށެވެ.އެއާއެކު ތުނިތުނިކޮށް ވާރޭކަނި ޖަހަންފެށުމުން ލީވާން ސައިކަލު ދުއްވާލީ ވާރޭ ބޯނުކުރަނީސް މަންޒިލަށް ފޯރާތޯއެވެ.ނާސަރީއިން ލޯބިވާ ދަރިފުޅު ނިމޭގަޑިއަށް ކޮންމެހެންވެސް ނުދެވިއްޖާ ފަރިފުޅު ދެރަވެ މައްސަލަޖައްސާނެތީއެވެ.އެކަނިވެރި ބައްޕައެއްގެ ގޮތުގައި މަންމައަކާ ނުލާ ތުއްތު ދަރިއަކު ބެލުމަކީ ކުޑަކަމެއްނޫނެވެ.ބޮޑު […]